Skip to content
އެސްފިޔަ

ވޭން ( ޕާޓް 2)

 

ވޭން (ޕާޓް2)
ކޮންމެ އަކަސް އާހިލްގެ އެޙިޔާލް ތަކުން އޭނާ ދުރުކޮށްލީ ލޯބިވާ އޭނާގެ މާމައެވެ. މާމަ ފެންނަ ކޮންމެ ފަހަރަކުވެސް އާހިލްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މާމައެކެވެ. އާހިލް ހަދާން ހުންނަން ފެށީއްސުރެ މި މާމަ އަކީ ވަރަށް ބަލިކޮށް އުޅޭ މީހެކެވެ. މާމަ ގޮވައިގެން މިރަށަށް އައުމުގެ ބޭނުމަކަށްވީ މާމަގެ މާޒީ އާ މާމަ ދުރުކުރާށެވެ. މާމަގެ ޝަކުވާއަކަށް ވެފާވަނީ އެންމެ ކަމެކެވެ. އެއީ އާހިލް މީހަކާ ކައިވެނިނުކޮށް ހުންނާތީއެވެ. ނަމަވެސް އާހިލް ގެ ހަދާންތައް ގުޅިފައިވަނީ އޭނާގެ އަލަތު ލޯބިވެރިޔާ ނަތާ އާއެވެ. އެދެމީހުންގެ ލޯބީގެ ސަފްހާތަކަށް ނިމުންގެންނަންޖެހުނީވެސް އާހިލްގެ މަންމަގެ ނުގަބޫލުގެ ސަބަބުންނެވެ. މަންމަ ނަތާ ދެކެ ހިތްހަމަ ނުޖެހެނީ ނަތާއަކީ ނިކަމެތި ކުއްޖަކަށްވާތީއެވެ. ނުކިޔަވައި އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ ކުއްޖާކަމަށްވީތީއެވެ. ނަމަވެސް ލޯތްބަކީ ވަކި ޝަރުތުތަކެއްކަނޑައަޅައިގެން ވެވޭ އެއްޗެއް ނޫނެވެ. އެއީ ހިތުގައި އުފެދޭ ވަރަށް ފުން ޖަޒުބާތެކެވެ. އާހިލް އަތުގައި އެވާ ކަރުދާސް ކޮޅަކީ އެ ހިތާމައިގައި މި ދުނިޔެ ދޫކުރި ލޯބިވާ ނަތާގެ އެންމެ ފަހުގެ ހަދާނެވެ.

 ކަރުނަތައް ފޮހެ ލާފައި އާހިލް ފާހާނާއަށް ވަނެވެ.

ޒީން ” ނިހާއަށް، ހާދަ ބަދަލްތަކެއް އައިއްސި ހެން ހީވެއޭ، އަނެއްކާ ކިހިނެއްތަ ވެގެންތިއުޅެނީ؟

ނިހާ ” ޒީން ، އަހަރެން މިވާހަކަ ބުނަންޖެހިލުންވޭ އެކަމަކު ނުބުނެ ހުރީމަ ހިތަށްވަރަށް އުދަގޫވެސްވޭ”

ޒީން ” ބުނެބަލަ ކޮންވާހަކައެއްތަ؟”

ނިހާ ” އަހަންނަކަށް ނޭގެ މުޅިދުވާލު ހަތަރުދަމު އަހަންނަށް ފިކުރުކުރެވެނީ…”

ޒީން” ސާބަސް ސާފުކޮށް ތިބުނަން އުޅޭ އެއްޗެއް ބުނީމަ ދޯ މަށަށްއިގޭނީ”

ނިހާ ” އަހަރެންނަށް އާހިލް ގެ ހިޔާލު ކުރެވެނީ”

ޒީން  “(ހައިރާންކަމާއެކު) ކީކޭ؟!”

ނިހާ ” އާ .. އޭނާގެ ރީތިކަން ، ވާހަކަ ދެއްކުމުގައި އެގެންގުޅޭ ވައްޓަފާޅި އޭނާ ބަލާގޮތް..”

ޒީން ” ހްމް ދެން ހެޔޮ، ތިޔަ ހުރީ ހަމަ ރަގަޅަށް ހިތާވެފައި”

ކޮންމެ ދުވަހެއްވެސް ވޭތުވެގެން ދަނީ އާހިލް ގެ ހަދާންތަކުންނެވެ.  ކޮންމެ ދުވަހެއްގެ ހަވީރަކީ އާހިލް އާ ނިހާ އަށް ލިބޭ އީދެކެވެ. ދެމީހުންގެ އެކުވެރިކަން އިހުނައްވުރެ ބަދަހި ވިއެވެ. އެކަކު އަނެކަކުގެ ވާހަކަތަކުން އެދެމީހުންވެސް އެކަކު އަނެކަކާ ގަޔާވާކަން އިގެއެވެ. ނަމަވެސް ދެމީހުންކުރެ މީހަކަށް މިވާހަކަ ބުނެލާކަށް ނުކެރުނެވެ.

ނިހާ ގެ ޙަޔާތަށް ވަރަށް ރީތި ކުލަތަކެއް ދައްކުވަމުން ދިޔައެވެ. ނަމަވެސް މިއުފާވެރި ކަމަށް ނިމުމެއް އައިސްދާނެއޭ އޭގެތެރެއިން އެކަކުވެސް ހިއެއްނުކުރައެވެ.

 ރަށުތެރޭ ގައި ނިހާ އާ އާހިލް ގެ ވާހަކަ ހިލިއްޖެއެވެ. މަންމަ އާއި ބައްޕަގެ މަޑުމޮޅި މިޒާޖު ބަދަލު ވެއްޖެއެވެ. ސަބަބަކީ ކޮބަބާވައެވެ. ނިހާ އަކީ ސްކޫލް ނިންމާފައިވާ ދަރިވަރެކެވެ. ހަޔާތެއްފަށާ އުމުރައް އަޅިފައިވާ މީހެކެވެ. ނަމަވެސް މަންމަމެން މިކަމާ ނުގަބޫލީ ފަހެ ކީއްވެބާއެވެ. ނިހާ އަކީ ދުވަހަކުވެސް މަންމަ ގެ އެދުމަށް ފުރަގަސް ދީފައިވާ މީހެއްނޫނެވެ. މަންމަގެ އެދުމަކަށްވީ އެންމެ ކަމެކެވެ. މަޔަކު ދަރި އަކަށް ދެރަ ގޮތެއް މެދުވެރިވިޔަ ދޭނެ ބާއެވެ؟. މަންމަގެ އެދުމަކީ ނިހާ ދެކެމުން އައި ކުލަރީތި ހުވަފެންތައް ފަނޑުކޮށްލި ކަމެކެވެ. އެއީ މިރަށު އެންމެ ބަސްވިކޭ އޮޑި އާދަނުގެ ހާޝިމް އާއި ނިހާ ކައިވެނި ކުރާށެވެ. ނިހާ އަކަށް މަންމަގެ އެދުމުގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ. ހިތް ހަލާކު ނުވާނީ ފަހެ ކީހިނެއްތޯއެވެ. ތިމާއަށް ތިމާގެ ލޯބި ހާސިލްވެވެންއޮއްވާ އެލޮތްބަށް ފުރަގަސްދޭނީ ފަހެ ކާކުބާއެވެ.

ކައިވެނި ކުރެވުނީ ވަރަށް ފުރިހަމަ ކޮށެވެ. ކައިވެންޏަށްފަހު ވަރަށް ކުލަ ގަދަ ޕާޓީއެއް ރަށުފެންވަރުގައި އޮތެވެ. މި ޕާޓީއަށް އާހިލް އަށް ވެސް ދައުވަތު ދީފައި ވެއެވެ. ޕާޓީގައި ހުއްޓެއްކަމަކު ނިހާ ގެ މޫނުމަތިން ހިތާމައާއި ފުންއަސަރު ފެންނަންހުއްޓެވެ. ހަމައެހެންމެ އާހިލް ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ. ކޮންމެއަކަސް ނިހާގެ މަންމައާއި ބައްޕަ ހުރީ ވަރަށް އުފާ ވެފައެވެ. ލޯބިވާ ރަންކޮޅަށް ހޯދާދެވުނު ދިރިއުލުމުގެ މައްޗަށެވެ. ހާޝިމަކީ ބޭރުން ތަޢުލީމް ހާސިލް ކޮށްފައިވާ ކުއްޖެކެވެ. މަންމަ އާއި ބައްޕަ ދިރި އުޅެނީ ސިންގަޕޫރުގައެވެ. މާލޭގައި ބޮޑުގެއެއް ހުރެއެވެ. ދުނިޔޭގައިވާ ހުރިހާއުފަލެއް ހޯދާދެވުނީ ކަމަށް ނިހާގެ މައިންބަފައިން އުއްމީދުކުރިއެވެ. ހާޝިމް ވަރަށް ރަގަޅެވެ. ލޯބިވާ ނިހާ އަށް ވަރަށް އިހްތިރާމްކުރެ އެވެ. ނިހާ އެކަމާ ޝުކުރު ކުރެއެވެ. ނަމަވެސް ހާޝިމަށް ނިހާގެ ހިތުން ޖާގައެއްދެވޭނެބާވައެވެ؟. އެހިތުގާ ވަނީ މީގެ ކުރިން ރޯ ފުން ލޯތްބެއް އާވެފައެވެ. އެ ލޯބީގައި އެތަކެއްފޮނި ހުވަފެން ދެކެފައެވެ. ތަގުދީރު އިގޭނީ ފަހެ ކާކަށްތޯއެވެ. އެކުގައި އުޅޭ ދެލޯބި ވެރިންމެ އެއްވެސް ސަބަބަކާ ނުލާ ވެސް ވަކިވަނީ ތާއެވެ.

 ނިހާ އާއި ހާޝިމް ގެ ދިރިއުޅުން ހާޝިމް އުއްމީދުކުރިހާ ފޮންޏެއްނޫނެވެ. ނިހާ އަބަދުވެސް އޮންނަނީ ފިކުރެއްގައެވެ. ކޮންމެވެސް ޚިޔާލަކަށް ގެއްލިއެވެ. ބައެއްފަހަރު ކުރަންޖެހޭ ކަންތައްތައްވެސް ހުންނަނީ ނުކުރެވިއެވެ. ނިހާ އަށް މި އައި ބަދަޅު ހާޝިމަށް  އެގޭކަށް މާގިނަ ދުވަހެއްނުވިއެވެ. ރައްޓެހިންނާ އެނޫން މީހުންގެ ފަރާތުން ނިހާގެ މާޒީ ހާޝިމް ދިޔައީ އޮޅުންފިލުވަމުންނެވެ. އެ ޚިޔާލުތަކާއި ދުރުކުރުވުމަށް ހާޝިމް ނިންމީ ނިހާ ގޮވައިން މާލެ ދާށެވެ. މާހައުލު ބަދަޅުކޮށްލުމަށެވެ. ނަމަވެސް ވަކި ތަފާތެއްނުވިއެވެ. ހާޝިމަށް އަޅާލަންޖެހޭ ވަރަކަށް އަޅައެއްނުލެވެއެވެ. ނިހާ ހުންނަނީ ގަމާރެއްހެނެވެ. ނަތީޖާއަކީ ހާޝިމް ގެއަށް ވަންނަލެއް މަދުވަމުން ދިއުމެވެ. ހާޝިމުގެ މިޒާޖުވެސް ބަދަލުވާ ކަމުގެ އިހްސާސް ނިހާ އަށް ކުރެވުނީ ރެ އެއްގެ މެންދަމުގައެވެ. އެރޭ ކޮޓަރިތެރެއައް ހީވީ އަލިފާން ދަރުތަކެއޖަހާފައި ރޯ ކޮށްފައި ހުރިހެންނެވެ. މުޅި ހަށިގަނޑުވަނީ ދާހިއްލާ ފޯވެފައެވެ. ނިހާގެ ލޯހުޅުވުނީ މީހެއްގެ ކެއްސާ އަޑަށެވެ. އެއީ ކައިރިގައި އޮތް ހާޝިމެވެ. ހާޝިމް ހީވަނީ ކަމަކާ ބިރުން އުޅޭ ހެންނެވެ. މުޅިގައިގައި ރަޖާލައިގެން އެފުށްމިފުށައްޖެހެނީއެވެ. ނިހާ ހީކުރީ އެއީ ހޫނުވެގެން ކަމަށެވެ. ފަންކާ ހުރީ ނިއްވާލާފައެވެ. ނިހާ ތެދުވެ ފަންކާ ޖަހާލިއެވެ. ނަމަވެސް ހާޝިމްގެ ސަކަރާތްތަކަށް ބަދަލެއްނައެވެ. އެހެންކަމުން ފަންކާ ނިއްވާ އޭސީ ޖެއްސިއެވެ. އެއައްފަހު  ނިދަން އަރާ އޮށޯތެވެ.

 ހެދުނު އިރު ފެނުންތޮޅި އެ އިރުގެ އަލިކަން ނިހާ ގެ ޖަންބެއްފަދަ ކޯތާފަތައް ހަނާ އަޅިގެން ދިޔައެވެ. ނިހާ ލޯހުޅުވާލިއެވެ. އޭސީ ވަނީ ނިއްވާލާފައެވެ. ނިހާގެ ހަށިގަނޑު ހީވަނީ ހަމަ ދެންމެ އަކު ފެން ވަރާލައިގެން ނުކުއްމީހެއްހެންނެވެ. ކައިރީގައި ހާޝިމު ނިދާ ފައި އޮތެވެ. ނިހާ ތެދުވެގެން ފާހާނާޔައް ވަނެވެ. ދިރި އުޅުމަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ހަޔާތަކީ އުފާ ނުވަތަ ހިތާމައިގެ އެއްޗެކެވެ. ނިހާގެ ޙަޔާތަށް އެދުވަހަށްފަހުހީވީ ބިންހެލުމާއި ކޯފާ އައިހެންނެވެ. ހަޔާތަށް ބިރުވެރި ޖަންގަލީއެއްގައި އުޅުމެކޭ އެއްފަދަ ވިއެވެ.

(ނުނިމޭ)

Comments (19)

  1. sham

    reethi <3 mistakes ah varah visnaafa liyefa hurikan ebaigey . good <3

  2. jameel

    nahoo v salhi thivaahaka .:-)

  3. leen

    wow.. waiting for the next part..

  4. Adam

    V vaahaka kiyaa nooolhen Bt v reethi .Heekuran veehaavess avahakah dhen in bai kiyaalan furusathu libeyne kamah .

  5. alim

    Varah reethi vaahaka hushahalhaafaivaa goi. Intresting..

  6. ނާޒިމް

    ވަރައް ކުއް މަދު.. ކުރީގެ ބަޔާ އަޅާ ބަލާ އިރު، ހަމަ ނެތޭ ބުނެވޭނީ… އެކަމް މި ބައިގަ ވެސް.. ކުރީ ބައިގެ އެންމެ ގިނަ ކުއް… ކަމައް ފާހަގަ ކުރެވުނު ކުއް ތަކުރާރު ވެފަ އެބަހުރި…. (ލ) ލިޔަން ވީ ތަނައް (ޅ) ގިނައިން ލިޔެވިފަ ހުންނަނީ… އެކަމް ޓޯޓަލީ އޯކޭ ހަމަ… ވަރައް ހަބޭސް… 3> 3>

  7. hamman

    Varah furihama vaahakaeh

  8. maee

    masha allah!!reethi mi story!!thy alah vahaka liya kujjehtha

    1. ushy
      maee

      lahba maee, nahu ah help vedhehchey 🙂 thanx <3

  9. ushy

    hurihaa kudhinge comment thakah v bodah shukurihyaa. thifaahaga kohli kanthahthakah ithurah samaalukan dheynan. :-).

  10. Ramyx

    Vaahaka v reethi

  11. Raif

    V.Habeas V.Salhi

  12. aina

    V salhi. Gud work

    1. ushy
      aina

      thanx all . mivaahakaige thin vana bai maadhamaa hisaabehga upload vegen dhaane . 🙂 hope u all will wait <3 . thanx all for the comment and for the hope ..

  13. shax

    ..v interesting story eh…. good work nahu kyp it up.. waiting 4 the next part

  14. shy

    varah salhi mi part ves….

  15. shaaya

    varah rythi vaahakaek bt dheraee loabivaadhemyhun nugulheythy so sad . ekahala goas firieh ekakahves nudhehvaashi. firihenunnaky abadhuves baarubeynun kuraabaeh balikashivyma. hope haashim kibain e kuhja salaamah vaanekamah

  16. niusha

    vvvv rythi vaahakaeh

  17. Hasna

    nice story…

Comments are closed.