ދުވަސްތައް މާޒީ ވަމުން ދިޔައެވެ.އާޒް ބޮޑުވަމުން ދިޔަވަރަކަށް ވައްތަރު ވަމުން ދިޔައީ ނަޝާޔާގެ ކޮއްކޮ އާނިމް އާއެވެ. ހަމަ އެ ދޮން ކުލައެވެ. އެ ހީލުމެވެ. ޒާހިރު ގެ އެއްވެސް ސިފައެއް އިސްތަށިގަނޑު ފިޔަވައި ނެތެވެ.އާޒް އަކީ ވަރަށް ލޯބި ފުށް ގަނޑެކެވެ. އާނިމްް ގެ ހުރިހާ ސިފައެއްހެން ލިބިފައި ވާއިރު ދަރިފުޅު ކޮއްކޮ ފަދައިން ތަންކޮޅެއް ފަލަ ވާނެ ނަމައޭ ނަޝާ އަބަދުވެސް ކިޔައެވެ. ދަރިފުޅު ގެ ލޯބި ހަރަކާތް ތަކުން ޒާހިރު ވެސް ދަރިފުޅު […]
ނިލާމް އޭނާއާ ރައްޓެހިވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންވެސް މިހުރީ ނޫން ހެއްޔެވެ؟ އެކަމަކު…އެކަން ނިލާމްއަށް އެނގޭނީވެސް ކިހިނެތް ހެއްޔެވެ؟ އަހަރެން ބޭނުންވީ އަމިއްލައަށް އެއްވެސް އެއްޗެއް ނުބުނެ ހުރެ ހުރިހާ ކަމެއް ނިލާމް ލައްވާ ކުރުވާށެވެ. އޭގެ ފަހުންވެސް އަހަރެމެން ވާހަކަ ދެއްކީމެވެ. އަހަރެން އެހާ ބޮޑަށް އެވާހަކަ އޮޅުންފިލުވާ ހިތެއް ނުވިއެވެ. އެފުރުސަތު ނުވެސް ލިބުނީއެވެ. ނިލާމް އަހަރެން މާޔޫސް ވިޔަ ނުދިނީއެވެ. އޭނާ އަދިވެސް އެއެދެނީ އޭނާއާ އަހަރެން ގުޅުމަށެވެ. އަހަރެން އެންމެ ފަހަރަކުވެސް […]
ލޯހުޅުވާލުމާއި އެކު މާޝާ އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އަނގައިން ބަހެއް ނުބުނެ އަހަރެންގެ މޭމަތީ ބޯއަޅާއިގެން ރޯން އޮތް މުސްކުޅިމާމަގެ އަތުގައި ހިފާލީމެވެ. މިއޮވުނީ ހޮސްޕިޓަލުގައިކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. މާމަ އަހަރެންގެ ގައިގާ އޮޅުލަ އޮޅުލަފާއި ރޮއި އިރު މަޝާވެސް ހުރީ ފެންކަޅި ވެފައެވެ. އެހާ މަތިން ވެއްޓުމުންވެސް ބޯފަޅައިގެން ދިޔުން ފިޔަވައި މަބޮޑު ގެއްލުމެއް ނުލިބުނު ކަން އެއީ އަހަރެންގެ ނަސީބެވެ. ނަމަވެސް ކަނަތުފައިގެ ކަށިގަނޑުގައި ރެނދުލިއެވެ.އަހަރެން އެންމެ އުފާވީ އެތުއްތު ފުރާނައަށް އެއްވެސް އަނިޔާއެއްނުވެ […]
“ހަމަ މިހާރު ދޫކޮށްލާ!” އިވުނު އަޑާއި އެކު ސިހިގެން ގޮސް އަތުގައި އޮތް ސިނގިރޭޓުބުރި ވެއެްޓުނެވެ. އަޑު އައި ދިމާ ބަލާލިއިރު އަލިފާނުގެ ނަޒަރަކުން ބަލަހައްޓައިގެން ފުރާވަރު އުމުރުގެ އަންހެންކުއްޖަކު ހުއްޓެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރި ދިމާ އަށް ބަލާލެވުނު އިރު ދާދި ދެންމެއަކު އެހެންލާފައި ދިޔަ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ އަތުގައި ހިފައިގެން އިސްކޮޅުން ދިގު ސާދާ ފިރިހެނެއް ހުއްޓެވެ. އަހަންނާއެކު ބައިހަދާފައި ތާސް ކުޅޭން ތިބި އެންމެންނާ، އަންހެންކުޖާ ނިކުތް ފިހާރައިން ނިކުންނަމުން […]
މިއީ އަހަރެންގެ މާޒީގެ ޙަޔާތުން ދެތިން ޞަފުޙާއެވެ. ހުސްވަގުތުގެ ފޫހިކަން ފިލުވާލުމަށް ގަނޑުތަކެއްގައި ގަލަން ހިންގާލަނީއެވެ. ހަނދާން ހުންނަން ފެށީއްސުރެން އަހަރެން ބަލާ ބޮޑުކުރަމުން އައީ ކާފަ އާއި މާމައެވެ. އަހަރެން މިދުނިޔެއަށް ނޭވާލީ ވެސް ޔަތީމެއްގެ ގޮތުގައެވެ. މާމަ ކިޔައި ދީފައި ވާގޮތުން ނަމަ، އަހަރެންގެ މަންމަ މި ފަނާވަނިވި ދުނިޔެއާ ޢަލްވަދާޢު ކިޔަންޖެހުނީ ،އަހަރެން ދުނިޔެއަށް އުފަންކުރުމަށް އުފުލަންޖެހުނު ވޭންތަކަށް ކެތް ނުކުރެވިގެންނެވެ މާމަ އާއި ކާފަ އަހަރެން ބަލާބޮޑުކުރީ ނުހަނު ލޯބިންނެވެ. […]
މަރީނާއަށް ވާހަކަ ދައްކަން ވެސް އުދަގޫވިއެވެ. އޭނާ ވަކި ބުނާނީފަހެ ކީކޭ ހެއްޔެވެ. ލޯބިވާ ދަރިފުޅުގެ ފިރިމީހާ އަކީ މަކަރުވެރިޔެކޭ ހެއްޔެވެ؟ އެއީ ހަގީގަތެވެ. އެ ކަރުދާސް ފެންނަން ދެން ނަޝާޔާށް ޒާހިރު އޮޅުވާލުން ތަކެއް ނޭގެއެވެ. ޒާހިރުވަނީ އޭނާއަށް އުމުރު ވެސް ސިއްރު ކޮށްފައެވެ. އެންމެ ހަ އަހަރުގެ ތަފާތު ކަމަށް ބުނަމުން ދިޔައިރު ހަގީގަތް އެއޮތީ ހާމަ އަށެވެ. ޒާހިރާއި ނަޝާޔާގެ އެގާރަ އަހަރުގެ ތަފާތު އެބަހުއްޓެވެ. ކައިވެނި ކުރެވުނު ދުވަހު ފޯމް ހިފައިގެން […]
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެމެންގެ ގުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްގޮތަށް ވާހަކަ ދެކެވެމުން ދިޔައެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އޭނާ އަހަރެންގެ ފޯނަށް ގުޅާ، މެސެޖު ކުރަން ފެށިއެވެ. ނަމްބަރު ހޯދިގޮތް އޮޅުންފިލުވިއިރު އެނގުނީ އެއީ ގާތް އެކުވެރިއަކު ކުރިކަމެއްކަމުގައެވެ. އާންމު ގޮތެއްގައި އެހެން ކަންތައް ވީނަމަ އަހަރެން ހިތްހަމަނުޖެހުނީހެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ނަމްބަރު ދިނީ ނިލާމަށް ވިއްޔާއެވެ. ސިއްރުން ނަމަވެސް މިހިތް ގޮވަމުން ދިޔައީ އޭނާއަށް ވިއްޔާއެވެ.އެކުވެރިޔާއަށް ފާޅުގައި ނުބުނިކަމުގައިވިޔަސް އަހަރެން […]
އެއީ ލޯތްބެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ފަހަރަށް މިހިތުގައި ލޯބީގެ ވިންދެއް ޖަހަންފެށީ އެހިސާބުންނެވެ. އެއީ ފޮނި، އެހެނަސް ހިތި އަސަރުތަކެކެވެ. އަހަރެންގެ ޙަޔާތުގެ ޑައިރީގައި ލިޔެވިފައިވާ، އެހެނަސް އެސަފުޙާތައް އަލުން ބަލުން އިޔާދަ ކުރުމުގެ ބޭނުމެއް ނެތް މާޒީއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ ސާދަފަނަރަ ވަރަކަށް އަހަރެވެ.ފުރާވަރުގެ ޖޯޝާ، ޅައުމުރުގެ މަޖަލުގައި އުޅެމުންދިޔަ ދުވަސްވަރެވެ. ސާނަވީ ތަޢުލީމުގެ ފަހު ހަރުފަތްތައް ގިރާކޮށް މައިންބަފައިން ފަޚުރުވެރި ވާނޭފަދަ ދަރިއަކަށް ވުމަށްޓަކައި އަހަރެން ގަދަ އަޅާ […]
ލިބޭ ހުސްވަގުތު ތަކުގައި އަހަރެން އަޔާޒްގެ ގާތަށް ދަމެވެ. ހާލުއޮޅުން ފިލުވާހަދަމެވެ. ބައެއް ދުވަސް ދުވަހު އަޔާޒް އަށް ހާއްސަކޮއްގެން އަހަރެންގެ އަތުން ކައްކައިގެން ގެންގޮސް ދެމެވެ. ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ކުރިލައި ފޯދެމުން ދިޔައީ ހިވެސް ނުކުރާހަ ބާރުމިނުގައެވެ. އަޔާޒްގެ އެކަނިވެރިކަމަށް ހަމުދަރުދީ ވުމަށް ދިއްކޮއްލެވުނު އަތް މިއަދު އަނބުރާގެންނަން އޭރު އަހަރެންގެ ހިތް ދެކޮޅުހަދަން ފަށައިފިއެވެ. ގިނަވަގުތު އޭނާގެ ދޮން މޫނަށް ބަލަން ހުންނަން އަހަރެންބޭނުންވިއެވެ. ބައެއް ދުވަހު ބަހަނާއެއްގެ […]