Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތު ލޯބި

phachu Level 1
July 17, 2014 5 Mins Read
14 Comments

ހެނދުނުއްސުރެ ވެހެމުން ދިޔަ ވާރޭ ތުނިކޮށްލީ މެންދުރުން އަނބުރާ ދޭއްޖަހަން އުޅެނިކޮންނެވެ. މޮޔައިން ތެއްމާ އުޞޫލަށް ތަރުތީބުވެފައިވާ ވާރޭ ކަނިތަކުގެ ސަބަބުން، ހޭޖެހޭ މީހެއްގެ ހިލަމެއް ހުވަމެއް މަގުތަކުން ނުވެއެވެ. ބޮޑުމަގުގެ މެދުން ދެފަރާތަށް ދިގުދެމިފައިވާ ފެންގަނޑުގެ ތެރެއިން އުފައްދާލި ބާންޏާއެކު ގުގުމާލި ތިން ކުދިންގެ ހުނުމާއި ސަކަރާތުގެ އަޑު އޮބުމުން، މަގުގެ އަމާންކަން އަނބުރާ ލިބުނުކަހަލައެވެ.

ނާހިލަކީ ރީތި ނޫކަށިފުރައިގެ ޒުވާނެކެވެ. ޢުމުރުން ސައުވީހަށް ގުނަމުންދާ ކުލައަލި، ހެދިހުރި ހަށިގަނޑެއްވެރިއެކެވެ. ހެޔޮވަރުގެ އިސްކޮޅެއްގައި އޭނާ ފެންނަނީ އާދަޔާޚިލާފު ޗާލުކޮށްނެވެ. މަޑުނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު ފިރިހެންވަންތަކަން އިތުރުވާކަހަލައެވެ. ކޮއްޅަށް ޖަހައިލެވި ކިޔަމަންކޮށްލެވިފައިވާ އިސްތަށިގަނޑުގެ ތާޒާކަމުން ހިތަށްފިނިކަން ގެނުވައިދެއެވެ. ހަފުތާއެއް ފުރެމުންދާ ތުނބުޅީގެ ކަޅުކަމުން މީހާގެ މޫނުމަތިން އަންތަރަކަން ފާޅުވެއެވެ. އަރައިގެން ހުރި ބޫޓުގެ ކަޅު އޮފުކަމުން ލޯތައް ތަރަތަރަޖަހައިގެންދެއެވެ. ދެ ޖީބަށް އަތްޖަހައިލައިގެން،ނާހިލަށް ދެވެނީ ކޮންތާކަށް ކަމެއް ޚުދު ނާހިލަކަށްވެސް ނޭގެއެވެ.

ނާހިލުގެ ސިކުނޑީގައި އެނބުރެމުންދިޔައީ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރާ ވަގުތީ އޮއިވަރެކެވެ. ވިސްނުމުގެ މައިދޮރާށިން އޭނާ ބޭރުކޮށްލާ ބާންޏެކެވެ. ހަނދާނުގެ ކިއްލާއިން އޭނާގެ ނަފުސު ފައްސާލެވޭ ބާރެކެވެ. މީހާގެ ފުރިހަމަކަން ވެއްޔާ މޮޑެވޭ ސުންޕާކަމެކެވެ.

“އަޅޭ ލަމް… ތިހެން ނުހަދާ އަހަރެންވެސް ގޮވައިގެން ދޭބަލަ… އާދޭސްކޮށްފައޭ…” މަގުގެ މެދުގައި ހެދިފައިވާ ފެންގަނޑުގެ ތެރޭގައި ދެ ފައި ވަށްކޮށްލައިގެން ނާހިލު އިށީނދެ ކުރިމަތީ ހުރި ގެއަށް އިޝާރަތްކޮށް ދެއަތް ދިއްކުރަމުން ފެންގަނޑުގައި ބަކަތަޅައިގަތެވެ.

“ލަމޫ… ދެން އަވަހަށް ނުކުމެބަލަ… ލަމޫ… ނީލަމޫ..” ނާހިލު ބާރުބާރަށް ހަޅޭލަވަމުންދިޔައެވެ.

އެއަޑަށް ކުރިމަތީ ހުރި ގެއިންނާއި އިންވެގެން ހުރިގޭގެ އަވަށްޓެރިން ބޯދިއްކޮށްލިއެވެ.

“ކޮބައިތަ ލަމް… ނިކަން އާދެބަ މިތަނަށް… އަހަރެން މިއައީ ލަމުއާއެކު ބީޗަށް ދާން އޭނަ ބަލައޭ… އަޅެ ނިޔާޒާ އާދެބަ މިތަނަށް ލަމް ގޮވައިގެން…” ނާހިލުގެ ރާގު ބަދަލުވަމުން އަޑުގައި ތުއިކަމެއް އެކުލެވެމުން ދިޔައެވެ. އަންހެން އަޑެއް ނުކުތީ އެހައިހިސާބުންނެވެ.

“ދެން ހުވާ މީނަމެން… ނިކަން އާދެބަ… ސީކޮށްނޭ… ލަމު އައީމާ އަހަރެން އޭނާއާ އެކު މިތާ.. މުޅި ތަނުގައި… ދޫނިތަކެއް އުޅޭހެން… އުދުހޭނީ… ބާރުބާރަށް…އަޑުގަދަ ކުރަމުން… ހަޅޭލަވަމުން… އަހަރެންވާނީ އެންމެ ނަސީބުވެރި މީހާއަށް…” ލަސްލަހުން ނާހިލުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަނގަ އޫކޮށްގެން އަތްގޮށިން ބޮލަށް ފެން މިނަން އިނދެއެވެ.

ނާހިލުގެ އަޑަށް މަގުގެ ދެ ފަރާތަށް މީހުން ޖަމާވަމުން ދިޔައެވެ. ހިމަފޮދު ވާރެއަށް ފަރުވާލެއް ނެތިއެވެ. އަނގަމަތީ އަތް އަޅައިގެންތިބެއެވެ. ބިނދިބިނދިފައި ހެމުންނެވެ. ފޫހިފިލާތީއެވެ. މަޖާވެގެންނެވެ. ކުއްލިއަކަށް ނާހިލު ކޮޅަށް ތެދުވިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ދެވަންފުރައިގެ ނިޔާޒާއާ ގާތަށެވެ.

“ޚަބަރުދާރު އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅައިގެން ނުވާނެ… މިބުނީނު ހުއްޓޭށޭ… ހަމަ މިހާރު ހުއްޓޭ…” ނާހިލުގެ އަޑު ބަރުވިއެވެ. ރުޅިވެރިކަން އިތުރުވިއެވެ. ދެބުމަށް ގޮށްޖަހައިލިއެވެ.

ނިޔާޒާ ބިރުން ތުރުތުރުއަޅަން ފެށީއެހައިހިސާބުންނެވެ. ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވިކަހަލައެވެ. ދެއަތް ނަގައި އަނގަޔާ ގާތްކޮށްލެވުނެވެ. މޫނުމަތި ރަތްވަމުންދިޔައެވެ. ނޭގޭ ތުރުތުރެއް ތުންފަތުންފެށިގެން ފައިގެ ބޮޑުވައި އިނގިއްޔަށް ދަތުރުކުރަމުން ދިޔައެވެ. އެކަން މަޑުމަޑުން ބޭރަށް ހާމަވަމުން ދިޔައެވެ.

“ކަލޭ ހީކުރީތަ މަ މީ މޮޔައެއް ކަމަށް… ކަލޭ ހީކުރީތަ މަ ބެދޭނެ ކަމަށް… އެހެން ވިޔަކަ ނުދޭނަން.. އެރޭ ކަލޭ އަހަންނަށް އެ ނުދިންނަމަ… ކަލޭގެ ބަހަށް އަހަންނަށް ނުހެއްލެވުނު ނަމަ…” ނާހިލުގެ އަޑުގަދަވަމުން ދިޔައެވެ. އަޑު އިހުނަށްވުރެ ބާރުވެ ބަރުވިއެވެ. “ކަލޭއަށް އެނގޭތަ ފުރާނައަކީ ކިހައި އަގުބޮޑު ނިޢުމަތެއްކަން… ކަލޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން… އަހަރެންގެ ދިރިހުރުން…”

ނާހިލު، ނިޔާޒާގެ ވަށައިގެން އެނބުރެމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ކުޅިބަލަން އެއްވެ ތިބި މީހުން މަންޒަރު ވީޑިއޯކޮށް ފޮޓޯ ނަގަމުން ދިޔައީ މަޖަލަކަށް ވެގެންނެވެ. ކުއްލިއަކަށް ނާހިލުގެ ރާގު ބަދަލުވެ އަޑުމަޑުވިއެވެ.

“އަހަރެން އެ އެތި ލީ އެ އަލަމާރިއަށް… ކަލޭ ބުނި ގޮތަށް ގަމީހުގެ ޖީބަށް… އަނެއް އެތި ލީ ގޮދަޑި ދަށަށް… ބުނީމެއްނު މަޑުމަޑުން ބަލައިގެން ލާށޭ… އެ ސޮރަށް ގެއްލުން ނުދޭށޭ… ބުނީމެއްނު އެޔޭ ހައްލަކީ… ބުނީމެއްނު އެކަކަށްވެސް ވާނުވާނޭގި އެއްކޮށް ނިންމާލެވޭނެ ގޮތެކޭ…” ނިޔާޒާގެ ކުރިމައްޗަށް ނާހިލު ހުއްޓުނެވެ. ކަރުނަ ހިލި ރަތްވެފައިވާ ދެލޮލެވެ. މޫނުމަތިވަނީ ޗަކަފެނުން ތަޣައްޔަރުވެފައެވެ. އެއާއެކު އޭނާގެ ކަރުގެ ނާރުތައް ފުއްޕާލަމުން ދަތްކުނޑިވިކައިގަތެވެ. ކަނާއަތު ޝަހާދަތްއިނގިލި ނިޔާޒާގެ ނޭފަތްކުރީގައި ޖައްސައިލަމުންނެވެ.

“ކަލޭ ބުނިގޮތަށް އެއްވެސް ކަމެއް ނުވިއެއްނު…” ނާހިލުގެ މޫނުމަތީގެ ކުލަ ބަދަލުވަމުން މޫނުމަތިން ރަތްކުލައިގެ އަސަރު ފާޅުވަމުން ދިޔަވަރަކަށް އޭނާގެ ހަރަކާތް އަވަސްވެ އަޑުބާރުވަމުންދިޔައެވެ. “ކަލޭއަކީ ޤާތިލެއް… ކަލޭއަކީ ފައްކާ ޖައްބާރެއް… އާނ.. ނުލަފާ ޖާހިލެއް…. ފައްކާ ހިޔަޅެއް… މި ވާހަކަ ދައްކަން އުޅޭތާ ކިހައި ދުވަހެއް… ކަލޭ ހީކުރީތަ މާލޭގަ އުޅެފަ ފަސް މަސްފަހުން އަންނައިރު، އަހަރެން ހުންނާނީ މިވާހަކަތައް ހަނދާން ނެތިފައޭ… ކަލޭ ހީކުރީތަ އަހަރެންނަކީ މޮޔައެއް ކަމަށް… ޙަޤީޤަތަކީ މޮޔައަކީ އެހެން މީހުންކަން… ވީނުވީ ކިޔައިދިނީމަ އަހަރެން މޮޔައަކަށް ހެދިކަން…”

ނިޔާޒާގެ ކަންބޮޑުވާންފެށިއެވެ. ބަދުނާމުގެ ގޮވައްޗަށް ދަތުރު ހަދަން ޖެހޭ ވަގުތު ކުޑަތަންވިކަން އަމިއްލައަށް ހިތްބުނަމުން ދިޔުމުންނެވެ. އޭނާ ގަބުއެރީއެހެންވެއެވެ.

ނާހިލު ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ނިޔާޒާގެ އަނގައިން ބަހެއް ބޭރުނުވުމުންނެވެ. ކުއްލިއަކަށް ނިޔާޒާގެ އަތުގައި ހިފައި މަގުމެދުގައިވާ ފެންގަނޑަށް ހޫރައިލިއެވެ. ކުޑަ ފިޔޮކެއްފަދައިން ނިޔާޒާ ފެންގަނޑުގެ ތެރެއަށް ގުޅަވިއެވެ. ދެ ފުލުހުން އެހައިހިސާބާ ހަމަވީ އެވަގުތުއެވެ. މިހަޤީޤީ ހާދިސާ ކުލަވާން ފެށެނީ ވެސް މިހައިހިސާބުންނެވެ.

*****

ނީލަމަކީ ނާހިލުގެ ހިތުލޯތްބެވެ. ސިއްރުކުރެވިފައިވާ ހިތުގެ މަލަކާއެވެ. މިތުރުންގެ ކޯޅީގެ ރާނީއެވެ. ތިންވަނަ މީހާއަކީ ހުރިހާކަމެއް ބަދަލުކޮށްލި މީހާއެވެ. ނާހިލުގެ އޯކިޑް ބިނދެލި ޑަރޯގާއެވެ. އެއީ ޒަޔާނެވެ.

ޒަޔާނާއި ނާހިލަކީ އިސްކޮޅާއި ރޫފައިގެ ގޮތުންނާއި އުޅުމާއި މިޒާޖުން އެއްނިބޫ ފަދަ ދެއެކުވެރިންނެވެ. އެކެއްގެ ހުރިހާކަމެއް އަނެއްކަކަށް ހިއްސާކުރަމުން ދިޔަ ދެމިތުރުންނެވެ. ނީލަމުގެ ތަފާތަކީ އަންހެން ކުއްޖެއްކަމެވެ. ރަށު މަދަރުސާގެ ގްރޭޑް ހަތަކުން ފެށިގެން އެއްކުލާހަކުން، އެއް ހައުހަކުން، އެއް ހަރަކާތްތަކެއްގައި ބައިވެރިވެ އުޅުނު ތިންގަހު އެއްކޭލެވެ.

މައްސަލަ ފެންމަތިވި ހިސާބަކީ ‘އެކެއް ދެޔަކަށް’ ބަދަލުވާން ބޭނުންވި ހިސާބެވެ. އެދުސްވަރެވެ. ޒުވާންކަމުގެ ވިންދު ހިތުގައި ޓަކިޖަހައިލި ދުވަސްވަރެވެ.

“ނާހީ އަހަރެން އެބައޮތް ވަރަށް ބޮޑުކަމަކާ ޑިސްކަސް… ވަގުތުކޮޅެއް” ނީލަމް މަޝްވަރާކޮށްލަން ބޭނުންވެ އުޅޭތާ ދެތިން ދުވަސްވީ ވާހަކައިގެ މަތިނެގިއެވެ. “ޕްލީޒް… ނާހި… އެހެން ހުރިހާކަމެއް ވަގުތުން ޝެއަރ ކުރެވޭއިރު، ކީއްވެތަ މިވާހަކަ ބުނަން ޗާންސެއް ނުދެން ތިޔަ އުޅެނީ…”

“އަހަރެން.. ތިޔަ ވާހަކައަހަން ބޭނުންނުވަނީކަމަށް ވެދާނެއްނު…” ނާހިލު ދަބަސް ކޮނޑުގައި އަޅުވައިގެން ގެއަށް ދިޔުމަށްޓަކައި ހިނގައިގަތީ ނީލަމު ވާހަކަދައްކަން ފެށުމުންނެވެ.

“އާދެބަލަ މިތާ ބެންޗަށް… އަހަރެން ބޭނުން މިވާހަކަދައްކަން…” ނީލަމް މާޔޫސްވިއެވެ.

“ވަގުތެއް ނެތް… ޓޫގަ އެބައޮތް ޓިޔުޝަން… މާދަމާގެ އެގްޒާމު ނިމެންދެން މަޑުކޮށްލާ… އޭރުން… މާދަން ނިމުނީމަ ދެން މިސުކޫލަށް އައުމުގެ ސަކަރާތް ނިމުނީއެއްނު…” ނާހިލު ސްކޫލުގެ ގޯތިތެރޭގައިވާ ބެންޗުކައިރީ މަޑުކޮށްލައި މައުޟޫޢު ބަދަލުކޮށްލިއެވެ. “ލޯބީގެ ކޫސަނި ކަންކަމާ ވިސްނާނީ އެގްޒާމު ނިންމާފަ… އޯކޭ… ޓީކޭ… ބައި”

ނީލަމު ދައްކަން އުޅޭ ވާހަކަ ނާހިލަށް އެނގިފައި އޮތްކަން އެނގުމުން ނީލަމް އިސްޖަހައިލިއެވެ. ނާހިލު ހިނގައި ގަތުމުން ނީލަމް ބަލައިލިއެވެ. ފެންކަޅިވަމުން ދިޔަ ލޮލުގެ ހިމަކޮޅުން ފުން ނަޒަރެއް ދެމުންނެވެ. ނާހިލުވެސް ފަސް އެނބުރި ބަލައިލިއެވެ. ބަދަލުގައި ނީލަމު ދެ ތުންފަތް ބާރުކޮށްލަމުން ހިނިތުންވެލިއެވެ. ހިތްވަރުކުރާނަމޭ ބުނާފަދައިންނެވެ.

“ކޮން ހިތްވަރެއް… ވަގުތު ފާއިތުވީމަ ދެން ކުރެވޭނެ ހިތްވަރެއް ނެތް… ޒަޔާން ވަފާތެރިކަމާއެކު ތެދުވެރިކަން މަތީ ދެމިހުރިހާ ހިނދަކު އަހަންނަކަށް ނުކެރޭނެ އޭނައާ ދުރަށްދާކަށް… އެހެންނޫނަސް ޒަޔާން އަހަންނަށް ނުލާހިކު ރަނގަޅު ނުލާހިކު ކެއަރކުރޭ… ނުވިތާކަށް އެ ފެމެލީވެސް… އިރެއްގައި އަހަރެން ނާހިލުދެކެ ލޯބިވިއޭ ބުނުމަކުން… ކިހިނެއް އަހަރެން… ބުނެބަލަ…” ނީލަމު މަޑުމައިތިރިކަމާއެކު ނާހިލަށް ވިސްނައިދެވޭތޯ ބަލަމުންދިޔައެވެ. “އެދުވަހު އަހަރެން ކިހައި މަސައްކަތެއް ކުރިން ނާހިލުގެ ޚިޔާލެއްހޯދަން… އަހަރެން ހިތުގެ ރިހުން ބަންޑުންކޮށްލަން… ބަދަލުގައި ނާހިލު ބުނީ ކީކޭ… ދެން ތިންމަސް ފަހުން ތިޔަ ވާހަކަތައް ދެއްކުމަކުން، ހަޤީޤަތެއް ބަދަކެއް ނުކުރެވޭނެ… ކިތައްމެ ވަރަކަށް ކަރުނަ އަޅައި، ނުކައި ހުއްޓަކަސް ތަޤުދީރު ބަދަލެއްނުވާނެ.. ނިއަދު ތަޤުދީރުކުރަހާ މަންޒަރުތަކަކީ މާކުރިން ތަދުބީރުގައި ކުރެހި ނިމިފައިވާ މަންޒަރުތަކެއް… އަހަރުމެންނަށް ކުރެވެން އޮންނަހާވެސް ކަމަކީ އެމަންޒަރުތަކުގައި ހަޤީޤީ ކުލަޖެއްސުން… އަހަރެންނަކީ ޚިޔާލީ ކުލަޖައްސާ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ނާހިލަށް…”

“ޕްލީޒް… ލަމް… އަހަރެން… ވަރަށް ވިސްނައިފިން… ދެން އަހަންނަކަށް ލަމް އާ ވަކިން… ޒަޔާން އެވާހަކަ ބުނެފައޮތީމަ ހިތުގަ ޖެހުނުވަރުން އެދުވަހު…”

“ނާހި ގާތު އަހަރެން އަބަދުވެސް ބުނަންދޯ… ނާހިގެ ބަލި ފަޔަކީ ވަގުތު ފާއިތުވީމަ ކަންކަމާ ކުރިމަތިލުމޭ… ބުނެބަލަ އަހަރެން ޒަޔާންއާ ވަކިވަން ދައްކަނީ ކޮން ބަހަނާއެއް… ނުވިތާކަށް ޒަޔާންއާ ވަކިވެ ނާހިލާއެކު އުޅެން އަހަރެންނަށް ކެރޭނެތަ… އޭރުން މުޅި ދުނިޔެވެސް އަހަންނަށް މަލާމަތް… ފުރައްސާރަކުރާނެ… އެ ހުރިހާކަމެއް ރައްދުވާނީ ޚުދު ނާހިލަށް… އެންމެން ބުނާނެ އެކުވެރިކަމުގެ ބޭނުން ނާޖާއިޒު ގޮތުގަ ހިފަނީއޭ… އިރަކު މީހަކޭ…” ނީލަމު މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. “އަހަރެން ވަރަށް ސާފުކޮށް ބުނެފިންދޯ ޒަޔާން އަހަރެން ބޭނުންވާހާ ދުވަހަކު…. ޒަޔާން އަހަރެން ބޭނުން ނެތިގެން އެއްލާލާ ދުވަހަކުން ނާހި…”

****

“އޭ ނާހި ހާދަ ގުޅައިފީމޭ…” ސައިކަލު މަޑުކޮށްލަމުން ޒަޔާން ގޮވައިލިއެވެ.

“ކީއްކުރަން؟” ސިހިފައި ނާހިލު ބަލައިލިއެވެ.

“ގުޅީމަ ފޯނު ނުނަގާތީ… އަދި ސިޓިންގ ރޫމުގައިވެސް ކުލަ… ދެން މިރޭ ޖެހޭ ކުޅިބައި އަޅުވާ ނިންމާލަން… ހެނދުނުހެނދުނާ ޚިތާނުކުރުން އެބައޮތް… ދައްތަ ހުރީ ގޭތެރެ ނުނިމޭތީ ކަންބޮޑުވެފަ… ލަމުވެސް އަންނާނެ ސެވަންގަ…”

“އޯކޭ ކޮންމެހެންވެސް މަދާނަން… މިދަނީ މިގެއަށް… ނިޔާޒާ އަންނަން ބުނީމަ…” ޒިޔާން ސައިކަލް ސްޓާޓްކޮށްލުމުން ނާހިލު ދޮރާށިން އެތެރެއަށް ވަނެވެ.

މަކަރުވެރިކަމާއި އިޔަހޫދި ޚިޔާލުތަކުން ބަންދުވެފައިވާ އެ ދޮރާށީގެ ދޮރު އޭނާ ބާރަށް ބަންދުކޮށްލީ މުޅި ދުނިޔެއާ ސިއްރުންނެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ޚިޔާލުތަކާއި ދުނިޔަވީ ހިތްހަމަ ޖެހުމުގެ އެދުން އިސްކޮށްގެންނެވެ.

ޖެހިގެން އައި ދުވަހު މުޅި ރަށުގައި ގުގުމަމުން ދިޔައީ އާދަޔާ ޚިލާފު ވާހަކައެކެވެ. ދެމީހަކު އެއްވިޔަސް ދެކެވެމުން ދިޔައީ އެއްވާހަކައެކެވެ. ޓީވީ ހުޅުވާލިޔަސް، ފޯނެއް ކޮށްލިޔަސް އެއްވާހަކައެކެވެ. ކުއްލިއަކަށް އަންހެން ކުއްޖަކު މަރުވި ވާހަކައެވެ. ވިހި އަހަރުގެ ޒުވާނެއް، ނީލަމު މަކުނެއް ދައިގަނެގެން މަރުވި ވާހަކައެވެ. ލޯބިވެރިޔާ، ޒިޔާން ކޮޓަރީގެ އަލަމާރިން ތެރެއިން ނުކުތް ކަޅުކުލައިގެ ފައިދިގުމަކުނެއް ދައިގަނެގަތް ވާހަކައެވެ. އެއާއެކު މުޅި ރަށް ކަރަންޓީނުކުރި ވާހަކައެވެ.

****

ނިޔާޒާ ފެންގަނޑުގެ ތެރެއިން ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންގެ މޫނަށް ބަލައިލީ މަޢާފަށް އެދޭ ފަދަބީދައަކުންނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމާއި ރުޅިވެރިކަމުގެ އަސަރުތަކެވެ.

“ބައްލަވާ… މިއީ ނީލަމުގެ ގާތިލަކީ ނާހިލު… އަހަރެން އެ ބްލެކްވިޑޯތައް އޭނާއަށް ދިނީ ވަރަށް އާދޭސްކުރީމަ… ނީލަމަށް އެހެންހަދާނަކަށް…”  ނިޔާޒާ ފުލުހުންނަށް ބަލައިލަމުން ނާހިލަށް އިޝާރަތްކޮށްލިއެވެ.

” އޭނ.. ދިނީއޭ… ކަލޭ މަށަށް ދިނީތަ… ނޫނީ ވިއްކީތަ… ތިންހާސް ރުފިޔާ އެ ކޮންކަމެއް…. ކަލޭ ބުނީމެއްނު… ފަސްހާސް ރުފިޔާ ދޭށޭ ވިހަ ގަދަ ހަރުފަވެސް އެބަހުއްޓޭ… ކަލޭ ބުނީމެއްނޫންތަ.. ތިމަން ދިރިއުޅުމަށް ކުރާ ވިޔަފާރިއަކީ މިއީއޭ…. މާލޭގައި މިކަން ކުރަނީ ސިއްރުންނޭ… ރަށުގެ ގޭގައި އޮތީ އެންމެ ހަރުފައެކޭ… ނުބުނަންތަ…” ނާހިލު ހަޅޭއްލަވައިގަތެވެ. “ދޭ ބަލަން… ގޮސްބަލައި ފާސްކުރޭ… އޭނާގެ ކޮޓަރީގައި ހުރި ބިއްލޫރި ފޮށްޓެއްގަ ހުންނާނެ ރާއްޖެ އެތެރެކުރުން މަނާ… ބަލަ ކަލޭއަކަށް ނޭގޭތަ ރާއްޖެއަށް އެކަހަލަ ޒާތްޒާތުގަ އެއްޗެހި އެތެރެކުރުން މަނާކޮށްފަ އޮންނަނީ އެންމެންގެ ސަލާމަތަށްޓަކައިކަމެއް… ކަލޭމެންނަށް މިއަށް ވުރެ ރަނގަޅު ވިޔަފާރިއެއް ނޫނީ ފަށަން ނޭގުނުދޯ… އަހަރެންގެ ބޮލަށް އެރިގެން ކުރިކަންތަކުން މިއަދު ގެއްލިގެން އެދިޔައީ އަހަރެން ހިތުލޯބި… މިހިތުގެ ދިރުން… ދިރިހުރުމުގެ އުއްމީދު…” ނާހިލު ގިސްޖެހެމުންގިސްޖެހެމުން ގޮސް ފެންގަނޑުގެ ތެރެއަށް ތިރިވެ ދެ ކަކޫޖެހިއެވެ.

ޒަޔާނަށް އެތަނަށް އާދެވުނީ އެވަގުތުއެވެ. ޒަޔާން މަޑުމަޑުން ނާހިލު ނަގައި މޫނުމަތީ ހުރި ވެލިތައް ފޮޅައިލަދިނެވެ. ސުވާލުގެ ނަޒަރަކުން އެއްވެތިބި މީހުންގެ މޫނަށް ބަލައިލަމުންނެވެ.

“ނާހިލު… ނާހިލަކީ ހަޤީޤަތުގައި މޮޔައެއްނޫން… މިވީހާ ތަނަށް އަހަރެންވެސް ޤަބޫލުކޮށްގެން މިހުރީ ނާހިލު ދައްކަނީ ހުސްދޮގު ވާހަކަކަމަށް… ތިޔަ ދެއްކީ ވަރަށް އިބްރަތްތެރި ވާހަކައެއް… މިއަދު ރާއްޖޭގެ މަގުތަކުގެ އަމާންކަމަށް އޮތް އެންމެ ބޮޑުހުރަހުގެ ވާހަކަ… ބްލެކްވިޑޯ، ހަރުފަ ކަހަލަ އެއްޗެއްގެ ވިހަލައިފި ނަމަ އެކަމަށް ދެވޭނެ ފަރުވާއެއް ހުރިހާ ރަށެއްގައިނެތް… ބްލެކްވިޑޯއަކީ އެ އިންސާނަކު ގަޔަށް ވިހަލައި އަވަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާ ވަރުގެ ސޫތްޕެއް. ދެރަކަމަކީ އެސޮރު ދައިގަތަސް އެކަން ބައެއް މީހުންނަށް އިހްސާސް ނުވެ ވިހަވާކަން… ބްލެކްވިޑޯ އާންމުވެ މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި އާލާވެއްޖެ ނަމަ އެއީ ޤައުމީ ސަލާމަތަށް، ފަރުދުންގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް… ލޯބި ހޯދަންވިޔަސް، ސިޔާސީ މަޤްޞަދެއް ހާސިލުކުރަންވިޔަސް، ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓަންއެބަޖެހޭ… އާއްމުން މިކަމަށް ސަމާލުވާން އެބަޖެހޭ… މިއަދު ނާހިލަށް ތިޔަ ގެއްލުނީ ނާހިލުގެ ހިތުލޯބި… އަމިއްލައަށް ފޭހުނި އިލޮށިން…” ފުލުންގެ އޮފިސަރު ނާހިލު ކޮނޑުގައި އަތްބާއްވާލިއެވެ. އަނެއް އޮފިސަރާއި އާއްމުން ވެގެން ނިޔާޒާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

“ހިނގާދަމާ… ގޮތެއް ނިންމާނީ ކޯޓުން…”

ހިތުލޯބި ހޯދުމަށް ކުރެވުނު ހަނގުރާމައިން ޢިބްރަތް ލިބިގަންނަމުން، ފުލުހުންނާއެކު އެންމެން ހިނގައިގަތެވެ.

Share Article

Follow Me Written By

phachu

Level 1

Other Articles

Previous

ވޭން

Next

ވޭން ( ޕާޓް 2)

Next
July 17, 2014

ވޭން ( ޕާޓް 2)

Previews
July 14, 2014

ވޭން

14 Comments!

  1. wali says:
    July 17, 2014 at 2:26 pm

    nice story eh

  2. ushy says:
    July 17, 2014 at 3:29 pm

    nice 🙂

  3. tyyn says:
    July 17, 2014 at 4:57 pm

    Vvvvv kada

  4. kada says:
    July 17, 2014 at 6:51 pm

    hadi wahaka!! Ehvx ohtareh neiyy!! Dhn liyanii dhw ehchekey.. heewey meehaku copy kuran ulhefa hurihn.. if u knw what I mean. 🙂

  5. mystery says:
    July 17, 2014 at 7:48 pm

    varah olhun bolhun mi vaahaka…….

  6. Gems says:
    July 17, 2014 at 9:38 pm

    Gisjehemun? Ehenkiyaa baheh dhivehi bahaku noannaane. Sun online ga liyaa aisha ge aammu baheh aee. Addu baheh. Aslu phazu ge hunaru ebshuri.aisha coppy kohgen kurierumeh nulibeyne.

  7. mishu says:
    July 17, 2014 at 10:29 pm

    Varah hadi mi vaahaka.mihaathanan kiyunu emmen hadi vaahakam 7yrs ge kudhin vx liyaane miyah vure reethikoh..

  8. phachu says:
    July 21, 2014 at 4:31 am

    Aan kalemenakah kamaku nudhantha loabeege vaahaka noon ehen vaahaka thakeh.

    1. phachu says:
      July 21, 2014 at 4:32 am

      Nudhantha ehnoon. Nudhaane

    2. i-jez says:
      August 24, 2014 at 6:12 pm

      sohdhubege dharivareh dhoh thee….hahah mashah heevanee thee maamolhah dhivehi kiyavaafa u grd hodhi dharivareh hen phachu thee dhoh…….? varah vatharu…dhen thi molhumee haa nikan ehves kusheh nethi stry liyan veenun dhoh…?

    3. i-jez says:
      August 24, 2014 at 6:14 pm

      dhen kaley dhaan veehun raaboh vaahaka liyan hahahah

  9. too says:
    July 21, 2014 at 11:18 pm

    Its bullshit.

  10. awm says:
    July 22, 2014 at 1:10 am

    Mi vaahaka vvvvv salhi.

  11. testing carried says:
    June 3, 2015 at 2:03 pm

    finish tha?

Comments are closed.



All Right Reserved!