އަލްޔަސް ގެއަށް އައިއިރު ދަންވަރު ގަޑީގައި ވެސް ހީވަނީ ގެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ހެންނެވެ. ކުލްޘޫމް އުފަލުން ގޮސް ހީވަނީ މޮޔަ ވެދާނެހެންނެވެ. ތާއިފް ވެސް މެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ؟ އެތައް އަހަރުތަކެއް ފަހުން ދަރިފުޅު އައުމުން ކުލްޘޫމްގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ދެން ނަޒްޔަކްއަށް ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. މެލޭޝިޔާއަށް ގޮސް އަހަރަކު ދެފަހަރު ބައްދަލުވީ ކަމުގައި ވިޔަސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭކަމަކަށް ނުވެއެވެ. ނަޒްޔަކް ބަލިކުއްޖަކަށް ވުމުން […]
”ނޯ އިމްޕްރޫވްމެންޓް…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން އަލްޔަސް ބުންޏެވެ. ނަޒްޔަކް ވަކި އެއްޗެއް ނުބުނެ އަލްޔަސް އާ އީނާ އާއެކު ހިނގައިގަތީ މާލެ ފުރަން އޮތް ފެރީއާ ދިމާއަށެވެ. ނަޒްޔަކް ބޭރުފުށުން ދައްކަން ބޭނުން ނުވިކަމުގައި ވިޔަސް އެ ހިތަށް ވަނީ އަސަރުކޮށްފައެވެ. ރާނިޔާއާއި ބައްދަލުކޮށްލަން ވެސް ބޭނުންވެފައި ވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެތައް އަހަރުތަކެއް ފަހުން ބައްދަލުވާއިރު ކޮއްކޮއަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ. ކޮއްކޮގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ ނަޒްޔަކް މާތްﷲއަށް […]
“..ލޫޝްއަށް ނޭގޭ އިތުރުކަމެއްވެސް އެބައޮތް..” ނީލް ބުނެލިއެވެ. “..ލޫޝްގެ ހިތަކަށް ނާރާތަ ލޫޝް ބަލިވީ ކީއްވެގެންބާއޭ؟..” ނީލްގެ އެޖުމްލައާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ އަހަރެންނަށް އަދި ވިސްނާނުލެވި އޮތްކަމެކެވެ. އަހަރެން ބަލިވެ އެޗްއައިވީ ޕޮޒިޓިވް ވުމުން ފުރަތަމަ މަރުހަލައިގައި މެދުވެރިވާ ކަންތައްތައް އަހަރެންނަށް ދިމާވުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ. “..ލޫޝް ބަލިވީ އެރޭ ލޫޝްގެ ގަޔަށް އެޅި ލޭގެ ސަބަބުން..” އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހަމަ ހަޤީޤަތަށްވެސް އެޗްއައިވީ ޕޮޒިޓިވް ލޭ […]
ޔުމްނުމެން އަހަރެންނަށް އެއިޑްސް ޖައްސަން ކަންތައް ކުރިގޮތް އަދިވެސް ހިނދުރީގައި ހަރުލައިފައިވެއެވެ. ޔުމްނު އަހަރެންގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅި ކަމަށް ވަނީ އެއްބަސްވެފައެވެ. އަހަރެންނަށް މަޑުމަޑުން ޔުމްނުގެ ނަން ބުނެވުނެވެ. ލޫޠު ހިނިތުންވެލިއެވެ. “..ދޮނާ ޤަބޫލްކުރޭ.. ދޮނާގެ ހަށިގަނޑަކު އެވައިރަސްގެ އަސަރެއް ނެތް..” ލޫޠު އަހަރެންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “..ޔުމްނު އެކިޔާދިނީ ޔުމްނު ކަންތައް ކުރިގޮތުގެ ވާހަކަ.. އަސްލު ހަޤީޤަތް އޮތީ އެންމެނަށް ފޮރުވިފަ.. ކައިލްއަށް އަދި ޔުމްނުއަކަށްވެސް ނޭގެ ދޮނާއަށް ބަލި ނުޖެހޭކަމެއް.. […]
އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން އިނދެފައި އީނާ އަވަސް ނޭވާތަކެއް ލިޔެވެ. އަލްޔަސް ގާތު ފުރަން އުޅޭ ވާހަކަ އޭނަ ބުނީ މެސެޖަކުންނެވެ. މިވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންނުވާތީ އަލްޔަސްގެ ފޯނުކޯލަކަށް ވެސް އޭނަ ޖަވާބެއް ނުދިނެވެ. އީނާ ހުރީ ޝޮކެއްގައެވެ. ލިބުނު ޝޮކް ފިލައިގެން ދާން އެތައް އިރެއް ނެގިއެވެ. ރާނިޔާ އުފުލާނެ ހިތާމަތަކާ މެދު ވިސްނާލިޔަސް ހިތަށް ތަދުވެއެވެ. ހަމައެއާއެކު ދޮންބެގެ ހިތަށް ކުރާނެ އަސަރުތައް ވެސް އޭނައަށް އިހުސާސް […]
އުފާވެރިކަމާއިއެކު ކުރިއަށް ދިޔަ ހަފްލާގައި ނިހާމެންގެ އުފަންދުވަހުގެ ކޭކުފަޅަން އެންމެން ތައްޔާރުވެފަ ހޯދީ ރިހާއެވެ. ނަސީރަށް ރިހާ ނެތްކަން އެނގުމުން ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ލިބިފަ މިހިރީ ވާ ދަރިއެއްތާއޭ ހިތަށްއެރިއެވެ. ދެފަހަރު ހަމައަށް ވާ ތަނެއްނޭނގެއެވެ. “ޔެސް ޑޭޑް!” ރިހާ ވީތަނެއް އޮޅުން ފިލުވުމަށް ނަސީރު ގުޅުމުން ފޯނުނަގައި ރިހާ ބުނެލިއެވެ. ރިހާ އިނީ ކުރިންވެސް އާދައިގެ މަތިން ރޭގަނޑުގެ ހަމަހިމޭން ވަގުތު އައިސް އިންނަތަނުގައެވެ. އެއީ ރަށުގެ ބަނދަރު ހެދުމަށް […]
އަޅުގަނޑުގެ ކުށަކީ ކޮބާތޯއެވެ. ވާހަކަ ވިދާޅުވާ ބޭފުޅުން އަޅުގަނޑަށް ބުނެދިފާނަން ތޯއެވެ. އަޅުގަނޑަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކީމެވެ. މަންމައަކީ ކޮބާކަމެއް އަދި ބައްޕައަކީ ކޮބާކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ. އުމުރުން މިވީހާ ދުވަހު އެމީހުން އަޅުގަނޑަށް ނުފެނުން އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ. ދެމީހުން މަރުވެފައިވާ ކަމުގައި ވާނަމަ ނުވަތަ އަޅުގަނޑު އެއްލާލާފައި އެހެން ތަނަކަށް ގޮސްފައިވާނަމަވެސް އެއީ އަޅުގަނޑުގެ ކުށެއް ހެއްޔެވެ. އަޅުގަނޑު ހަނދާން ހުންނަން […]
”ހާދަ ވަރަކަށް ތި ބަލަނީ؟…” ނަޒްޔަކް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭރުވެސް އީނާ ހުރީ ދެލޯބޮޑުކޮށްލައިގެން ނަޒްޔަކްއަށް ބަލާށެވެ. އީނާގެ ނިތަށް ރޫތަކެއް ޖަމާވެފައި ވާއިރު ރުޅިއައިސްފައިވާކަން އެމޫނަށް ބަލައިލުމުން އެނގޭހާ ވެއެވެ. ނަޒްޔަކްގެ ޖުމްލައާއެކު އީނާ ދެލޯ ހަނިކޮށްލިއެވެ. ”ޔޫ ޗެކްޑް މައި ފޯން؟…” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް އީނާ ސުވާލުކުރިއެވެ. އީނާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ވިއެވެ. ”ނޯ، ދެން އަންހެން ކުއްޖެއްގެ ފޯނު ބަލައިގެން އެކަނިތަ ކުއްޖަކާ ރަށްޓެހިވެގެން އުޅޭކަން އެނގެނީ؟…. އެހެންނޫނަސް […]
“..ހާދަވަރެއްވެފަ ތިހުރީ.. މަ ބޭނުން ގޮތެއް ކަލެޔަށް ހަދާނީ..” ކައިލް އަހަރެންގެ ދެއަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލަމުން ދުރަށް ކޮށްޕާލިއެވެ. “..ރައްކާވޭ މިތަނުން..” “..ކަލޭ ބޭނުންހާގޮތެއް ދެން ނުހެދޭނެ..” އަހަރެން ސާބިތު ކަމާއެކު ބުނެލީމެވެ. “..ދެން ކަންތައްވާނީ އަހަރެން ބޭނުންވާގޮތަށް.. އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ.. މިއަދު މަ މިތަނުން ދާނީ ކިނާން ގޮވައިގެން.. އަޑު އިވިއްޖެތަ؟.. ކަލޭހީކުރީ މޮޅެތި ޕްލޭންތައްކޮށްގެން މަށާ ކިނާންއާ ދުރުކުރެވޭނެ ކަމަށްތަ؟.. މިއަދު ކިނާން ނުލިބިއްޖެޔާ ކޯޓަށް ގޮސްގެންނަމަވެސް ކިނާން […]