ތެތްފިނިކަން ޖައްވުގައި ވަކި ހިއްޕާލަމުން، ހުޅަނގު މޫސުމުގެ ވަކިތަކުދަށުވަމުން، ކާއިނާތު އަޅުދާސްތުކުރަމުން ދިޔައެވެ. ޖަހަމުންދިޔަ ވާރޭ ކަނިތައް ބޮޑެތިވަމުން، ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުން ދިޔައީ ތަރުތީބު ކުރެވިފައިވާ އުޞޫލަކުން ކަމަށް ބަލާމީހަކަށް މާނަކުރެވޭހެންނެވެ. ބިމުގައި ހަރުކޮނެގެންނާއި ގަސްގަހާއި ވެޔޮތަކުގައި ރޭގަނޑުގެ “އަނާނާ” އަކަށް ތަސްބީހަކިޔަމުން ދިޔަ “ކުދި ސޮރުމެން”ގެ އަޑުތައް ހުއްޓުވަމުން އެސޮރުމެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވަމުން ދިޔައީ ވިދަމުން ދިޔަ ވިދުން ކަނިތަކާ އެކުވަމުން އަޅަމުން ދިޔަ ހޮނުތަކާއި ގުގުރުމުގެ އަސަރުތަކުންނެވެ. “ވެހޭވާރޭ” އެއީ ހިތްގައިމު […]
ހެނދުނުއްސުރެ ވެހެމުން ދިޔަ ވާރޭ ތުނިކޮށްލީ މެންދުރުން އަނބުރާ ދޭއްޖަހަން އުޅެނިކޮންނެވެ. މޮޔައިން ތެއްމާ އުޞޫލަށް ތަރުތީބުވެފައިވާ ވާރޭ ކަނިތަކުގެ ސަބަބުން، ހޭޖެހޭ މީހެއްގެ ހިލަމެއް ހުވަމެއް މަގުތަކުން ނުވެއެވެ. ބޮޑުމަގުގެ މެދުން ދެފަރާތަށް ދިގުދެމިފައިވާ ފެންގަނޑުގެ ތެރެއިން އުފައްދާލި ބާންޏާއެކު ގުގުމާލި ތިން ކުދިންގެ ހުނުމާއި ސަކަރާތުގެ އަޑު އޮބުމުން، މަގުގެ އަމާންކަން އަނބުރާ ލިބުނުކަހަލައެވެ. ނާހިލަކީ ރީތި ނޫކަށިފުރައިގެ ޒުވާނެކެވެ. ޢުމުރުން ސައުވީހަށް ގުނަމުންދާ ކުލައަލި، ހެދިހުރި ހަށިގަނޑެއްވެރިއެކެވެ. ހެޔޮވަރުގެ އިސްކޮޅެއްގައި އޭނާ ފެންނަނީ […]
އަވަސް ފަރުވާދޭ ޔުނިޓްގެ ތެރެއަށް ވަދެވުމާއެކު ފުލުހުންގެ އިސްވެރިއެއް ޒުލްފާގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ކައިރީގައި އަންހެން ދެ ފުލުހުން ތިއްބެވެ. އެމީހުންގެ މޫނުމަތީގެ ހަރަކާތްތަކުން ކޮންމެވެސް ބޮޑުކަމެއް ވީކަން ހާމަވަމުންދިޔައެވެ. ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލަވުންތަކުން މުޅި އެމަޖަންސީ ރޫމު އޮތީ ހަލަބޮލިވެފައެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޒުލްފާއަށެވެ. ނުދަންމީހުންނާއި ކުރިން އެތަނުގައި އެނދުމަތުކޮށްފައިވާ އެތައްބައެއްގެ ކަޅި ހުއްޓިފައިވަނީ ސީދާ ޒުލްފާއަށެވެ. އެހެންވެ އޭނާ ހާސްކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ. ޒުލްފާ ގެންގޮސް ބޭންދީ ތަންކޮޅެއް ދުރުގައި ފަރުވާދޭން […]
“ސާޅީސް… މި ހާލުގައި ސާޅީސް ދުވަސް! އަނެއްކާ އަނެއް އިމްތިހާނުތަ؟ މި އުޅެނީ ބައްޕަގެ ފުރަތަމަ އިމްތިހާނުން ވެސް އަހަރެން ފާސް ނުވެގެން! އަނެއްކާ އިތުރު އިމްތިހާނެއް!” “ސާޅީސް ދުވަހަކީ މުޅި އުމުރަށް ދެމިގެންވާ ނިޢުމަތެއް ހޯދައިގަތުމަށް ގިނަ ދުވަހެއް ނޫން! ސާޅީސް ދުވަހަކީ ނިއުމަތްތަކެއްގެ ފޮނިކަން ހޯދައިގަތުމަށް ކުޑަ ވަގުތުކޮޅެއް! ސާޅީސް ދުވަހަކީ ޖީލެއްގެ ބިންގާ އެޅުމަށް ތައްޔާރުވާން ކުޑަ ހިނދުކޮޅެއް! ދަރިފުޅު ތިޔައީ ކެތްތެރި މައިންބަފައިންގެ ބަސް ޤަބޫކުކުރާ ކުއްޖެއްނު! ކުރިމަތިލާ… ބައްޕަ އަބަދުވެސް […]
ނާޖިހުގެ ބައްޕައާއި ޒުލްފާގެ މައިންބަފައިންނަކީ ފެށުނީއްސުރެ އެކުވެރި އެއްބައެއްގެ ހާލުއަނެއް ބަޔަކު ބަލާ އުޅުނު ގުޅޭ ދެ އާއިލާއެވެ. ނާޖިހާއި ޒުލްފާއަކީ ކުޑައިރުންސުރެ އާއިލީ ބަދަހިކަމުގެ ތެރެއިން ދެކެފަރިތަ ރައްޓެހި ދެ މިތުރުންނެވެ. ދެފަރާތުގެ އާއިލާއިން ވެސް ބޭނުންވީ އެ ރަޙުމަތްތެރިކަމުގައި ރަސްމީކުލަ ޖައްސާށެވެ. އެކަކު އަނެއްކަކަށް އަންގައި ވެސް ނުލަ އެވެ. ވަލީމާގެ ކަންކަމާ ހުރިހާކަމެއްގެ ތައްޔާރީތައްވަމުން ދިޔައީ ދެ ފަރާތުގެ އާއިލާއިންނެވެ. ގޭތެރޭގެ ހަލަބޮލިކަމާއި މައިންބަފައިންގެ ތުންގުޅުވުންތަކުން ކޮންމެވެސް ބޮޑު ހަރަކާތަކަށް އާއިލާއިން ތައްޔާރުވަމުންދާކަން […]
“ކެތެއް ނުވާނެ… ކެތްކުރެވޭނީވެސް ވަކިވަރަކަށް… އުޅޭނެހާ ގޮތަކަށް އުޅެފަ ޖަހާނެހާ ސަކަރާތެއް ޖަހައިފަ އަންނައިރު ތިމާގެ ފިރިމީހާގެ ޙައްޤުތައް އަދާކުރެވޭބާއޭ އެއްފަހަރުވެސް ހިތަކަށް ނާރާދޯ! މޫނުގެ ދެ ފަރާތުން ޗޯކު ކާރުވާ ފައުންޑޭޝަންގެ ކޯޑުތައް ދުއްވާ ކިތައްމެ ތިއްތި ދެއްކިޔަސް ފިރިމީހާގެ ޙައްޤުތައް އަދާނުކޮށް….” ނާޖިހު އައިސްއަލަމާރިން ނެގި ފެންފުޅީގެ މަތި މޭޒުމަތީ ބާއްވާލަމުން ފުޅި އަނގަޔާ ދިމާކޮށްލިއެވެ. މޫނުމަތިން އުފާވެރިކަން ފެންނަން ނެތްއިރު، ހިތާމައިގެ އަސަރުވެސް ފެންނާކަށް ނެތެވެ. “ތިމާގެ ހާލު އަމިއްލައަށް ވަޒަންކޮށް އަނެއްކާއަށް […]
ހިތްގައިމު ހަވީރެކެވެ. ދުވަހުގެ ހޫނުކަން ކެނޑި ފިނިކަން އަތްގަދަކުރަމުން ދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން މާހައުލުގެ ހިތްގައިމުކަން އިންތިހާ ކުރުވައެވެ. ކުއްލިއަކަށް އިވުނީ މީހެއްގެ ހަޅޭކުގެ އަޑެވެ. އަޑު ދިޔައީ ބާރުވަމުން ގަދަވަމުންނެވެ. އަންހެން އަޑެކެވެ. ދުރުން އިވެމުންދިޔަ އަޑުފަށްގަނޑު ފަހަތުން އިވޭހެން ހީވެގެން ތެދުވެ ބަލައިލީމެވެ. ދަންނަ އަޑެއްވީމައެވެ. “އާދަނާ ނިކަން އަވަހަށް އައިސްބަލަ… ފިޒާން.. ފިޒާންގެ މޭ… ފިޒާންގެ އަނގަ..” ޖޯލިފަތީގެ ފަހަތުގައި ކޮޅަށްހުރި އަޒުލީނާއެވެ. ވަރުބަލިވެ ގުނބުހިލިފައެވެ. މޫނުމަތިން މީހާގެ ހާސްކަން ސިފަވެއެވެ. […]
“އިއްސޭ… އިއްސޭ ދެން ތެދުވެބަލަ… ދެން ކިހައި އިރެއް މިހާރު މިގޮތަށް ގޮވޭތާ! ގައިމު ހޭލަން ވެއްޖެއްނު!” ޒަހުރާ ކުދިކިޔަމުން އެނދުކައިރިއަށް ވެއްޓިފައިވާ ބާލީސް ނަގައި ހިންދެމިލިއެވެ. [ބުނާނެ މަށޭ ނިދި ގަދައީ… ނިދި ގަދައީ ކާކުބާ… އަހަރެން ބަދިގެއަށް ދިޔައީ ވެސް އެވަރަށް ގޮވައިފަ… ތި ދެން ތިހާ ނިދިގަދަ މީހެއް ވެސް ނޫނެއްނު… ދެން ތެދުވެ ބަލަ…] އެނދުގައި ބާލީސް ބާއްވާލަމުން އިސްމާޢިލްގެ ބުރަކަށީގައި ކޮއްޓައިލިއެވެ. “އަދިވެސް އޮތީތަ… އެބައިވޭތަ؟…” މަޑުމަޑުން އެނދުގެ މަގަތުގައި […]