Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އުޅެން އުމުރަށް ލޯބިން އެކީ… 1

naaya Level 1
July 26, 2014 2 Mins Read
9 Comments

       ތަޤުދީރު ތިމާ ގޮަވައިގެން ދާ މަންޒިލެއް ދެކެން، ދެއަތުކުރި އޮޅައި ލައިގެން ހުރެވިއްޖެ ނަމަ، ލިބިދާނެ ދެރަ މިއަދު އަހަންނަށް އިހުސާސުވެއެވެ. އެދުވަހު އަހަރެންގެ މި ނިކަމެތި ހިތަށް ބާރުފޯރުވުނު ނަމަ މިއަދު އަހަރެންގެ ޙަޔާތަށް މިފަދަ ވިއްސާރައަކާއި ކުރިމަތިލާން ނުޖެހުނީސް އެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރެއިން އަހަރެން މަޑުމަޑުން ހިނގާލާފައި އައީ އެވިސް ނުމުގައި ހުރެގެންނެވެ. މާޒީގެ ދުވަސްތަށް އަހަރެންގެ ހިތަށް އިރުއިރުކޮޅާއި ހޫނުފެން އަޅާލާފަދައެވެ. އެދުވަސްތަށް ސިކުނޑިއަށް ތަސައްވުރު ކޮއްލެވުނަސް އަހަރެންގެ ހިތް ބާރަށް ތެޅެން ފަށައެވެ. ދެލޮލުން ކަރުނަ ފާއްދާލައެވެ. ބަޑިބަޑި ލާފައި ރޮއެގަނެވެއެވެ.

       ވަކިހިސާބަކަށް ދެވުނުތަނާ އަހަރެންގެ ފައިން ވަރުދޫވާން ފެށިއެވެ. އެއާއެކު މަގުގެ އެއްފަރާތެއްގައި ހުރު ބިޔަ ކާނިގިސް ދޮށަށް އަހަރެންތިރިވިއެވެ. އޭރުވެސް އަހަރެންގެ ދެލޮލުން އޮހެރެމުން ދިޔަ ކަރުނައަކަށް ހުއްޓުމެއްނާދެއެވެ. ހިތް އަދިވެސް އެދެމުން ދިޔައީ އިތުރަށް ރޯލާށެވެ. ދެއަތުގެ ނުފުށުން ކަރުނަތަށް ފޮހެލަމުން އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމެއް ނުވިއެވެ. ގަހުގައި ވިއްދާލިއަތް ކައްސާލައިގެން ދިޔުމުން އަނެއްކާވެސް އެގަސް ދޮށަށް އަހަރެން ތިރިވީއެވެ. ދެންއިތުރަށް ތެދުވަން މަސައްކަތް ކުރާނެހާ ހިތްވަރެއް ނެތުމުން އަހަރެން ހަމަޖެހިލައިގެން އެތާ އިށީނދެލީމެވެ.

       ސްކޫލު ދައުރުނިމިގެން ދިޔައީ އަހަރެންގެ ނަން މުޅި ދޭހުގައި ރޯޝަން ކުރުވަމުންނެވެ. އޭލެވެލް އިން ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ތަކާއިއެކު އަހަރެން އެރޭ ގެއައަށް ދިޔައީ އުފަލުން ފޮޅިލަމުންނެވެ. ލިބުނު ކާމިޔާބީގެ އުފާ އަހަރެންގެ މުޅިއާއިލާއިން ނުހަނު ކުލަގަދަކޮށް ފާހަނގަ  ކުރިއެވެ. އަހަރެންގެ އުފަލުގައި އެއްވެސް ހިތްބުރަކަމެއްނެތި ހުރިހާ އެކުވެރިންވެސް ބައިވެރިވިއެވެ. އެންމެންގެ ހިތްތަކުންވެސް އަހަރެންގެ ފަހި މުސްތަޤުބަލަކަށް އެރޭ ދުޢާ ކުރަމުން ދިޔައެވެ. ސަރުކާރުގެ ފަރާތުން ލިބުނު ފުރުސަތެއްގައި އަހަރެން އިރުތަށް ތަޢުލީމު އުނގެނުމަށް މެލޭޝިޔާއަށް ދަތުރުފެށީމެވެ. އާއިލާއާއި އެކުވެރިން ދޫކޮށް އެކަނިމާއެކަނި އެވެ. ދަންނަމީހެއް އެކުވެރިއެއްނެތް އެމާޙަޢުލާއިމެދު އަހަރެން އެހާ ބޮޑަކަށް ޖެހިލުމެއް ނުވެއެވެ. ބޭނުން ވީހާވެސް ކަމަކީ ޑޮކްޓަރަކަށް ވުމަށް ދެކެމުން އައި ހުވަފެންތަށް ހަގީގަތަކަށް ހެދުމެވެ.

        ކޯހުގެ ފުރަތަމަ އެއްއަހަރު ދުވަހު އާއިލާއާއި ގާތުގައި ނެތުމުން ދަތިވިއެވެ. ދެވަނައަހަރާއި ކުރިމަތިވިއިރު އަހަރެންގެ ހިތާއި ސިކުނޑިވަނީ އެކަމަށް ހޭނިފައެވެ. ދޭތެރެދޭތެރެއިން މަންމަ އަހަންނަށް ގުޅައެވެ. އަހަރެންގެ ޚަބަރު އޮޅުން ފިލުވައެވެ. ކިޔެވުން ކުރިޔަށް ދާގޮތް ބަލައިހަދައެވެ. ބައްޕަވެސް ކޮންމެ ދެމަހުން އެއްމަހު އަހަރެންގެ ގާތަށް އާދެއެވެ. އަހަރެންގެ ދުނިޔެ އޭރު ކިތަންމެހާވެސް ފުރިހަމައެވެ. ތާއަބަދު އަހަރެންގެ މޫނުމައްޗަށް އޭރު ވެރިވެފަިއ ހުންނަނީ ހިނިތުންވުމެކެވެ. ވަށައިގެން އޭރުވަނީ އުފާވެރިކަމެވެ. އެއްވެސް އެއްޗެއްގެ އުނިކަމެއް ނުވެއެވެ. އެހާވެސް ފުރިހަމައެވެ.

       ކޯހުގެ ކިޔެވުން ނިމި އަހަރެން އެނބުރި މާލެއައީ އަހަރެންގެ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް ފަހުއެވެ. އާއިލާގެ ހުރިހާމެންބަރުންވެސް ތިބީ އުފަލުން ފުރިފައެވެ. އަަހަރެންގެ ކާމިޔާބީއަށް ފަޙުރުވެރިވެފައެވެ. މާލެއައިތާ ތިންވަނައަށް ވީދުވަހު އަހަންނަށް ވަޒީފާ ހަމަޖެހުނެވެ. ހުޅުމީދޫ ހެލްތު ސެންޓަރުން  ވަޒީފާ ހޯދީ ގަސްތުގައެވެ. މާލޭގެ ހަލަބޮލި ކަމަށް ވުރެން އެފަދަ ހިތްގައިމު ރަށެއްގެ ހަމަހިމޭންކަމަށް ހިތް ގޮވަމުން ދިޔަވަރުންނެވެ. އަހަރެންގެ ނިންމުނަށް އާއިލާއިން އާބަސް ބުނީ ހިނިތުންވެފައެވެ. ދުވަހަކުވެސް އަހަރެންގެ ނިންމުމަކަށް އިންކާރު ކޮއްފައި ނުވާތީ ކަމަށް ވުން އެކަށީގެން ވެއެވެ.

       އާބާދީގެ ގޮތުން ބަލާނަމަ މަދު ރައްޔިތެއް ދިރިއުޅޭ އެރަށުން އަހަންނަށް ނުހަނު ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. މީހުންގެ ޤަދަރާއި ލޯބި ދިޔައީ އޮހެމުންނެވެ. މަދުމަދުން ނަމަވެސް ހިތްހަމަ ނުޖެހޭ ކަންތަކާއި ދިމާވެއެވެ. ދުނިޔެ ތޮށަލިދުޅައަށް ހިނގަނީނަމަ އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދުވާލުގެ އިރު އެރުމަށްފަހު އެތަކެއް ބަލިމީހުންނަކަށް އަހަރެންގެ ގެ ފަރާތުން އެހީތެރިކަން ލިބެމުން ދިޔައެވެ. އޭގެތެރޭގައި ހާއްސަވެގެންދާ ބައެއްބަލިމިހުންވެސް ތބެއެވެ. ބައެއްފަހަރު އެމީހުންގެ މިޒާޖުގެގޮތުން ގާތްކަމެއް ދެމެދުގައި އުފެދޭގޮތްވެއެވެ. އެހެންނޫންނަމަ ތަކުރާރުކޮށް ދިމާވުން އެދެމެދުގައި ގާތް ގުޅުމެއް އުފެދެން މެދުވެރިވެއެވެ.

    އަޔާޒްއާއި ދިމާވީވެސް އެފަދަގޮތަކަށެވެ. އަހަންނަށް ނޭގިހުއްޓައި އަޔާޒްދެކެ ލޯބިވެވުނީވެސް އެސަބަބު މެދުވެރިވުމުންނެވެ.  އަޔާޒް އާއި އަހަންނާއި ބައްދަލުވިއިރު އެކްސިޑެންޓެއްގައި ލިބުނުގެއްލުމެއްގެ ސަބަބުން އޭނާއަށް ވަނީ ހިނގުމުން މަހުރޫމު ވާންޖެހިފައެވެ. ބަލިއެނދުގައި އަބަދުހެން ރެއާދުވާލު އެކަނިމާއެކަނި އޭނާ އޮންނަތަން އަހަރެން ވަރަށް ގާތުން ދެކެމެވެ. ހިތުގައި އަބަދުވެސް ތަފާތު ސުވާލުތަށް އުފެދެއެވެ. އޭނާގެ އާއިލާ ކޮބާބާއެވެ..؟އެކުވެރިން ނެތީހެއްޔެވެ؟ ޒިޔާރަތް ކޮއްލަންވެސް އަންނާނެ މީހަކުނެތީބާއެވެ..؟

ނުނިމޭ

Share Article

Follow Me Written By

naaya

Level 1

Other Articles

Previous

ވޭން (ޕާޓް4)

Next

ލޯބި އޭގެ އިންތިހާ

Next
July 26, 2014

ލޯބި އޭގެ އިންތިހާ

Previews
July 24, 2014

ވޭން (ޕާޓް4)

9 Comments!

  1. Y LeT Rifu says:
    July 26, 2014 at 1:42 am

    v salhi.. ekam maa kury

  2. jiji says:
    July 26, 2014 at 2:00 am

    Reethi….ekam v kuru…. Umeedh kuran kuriyah huri baitah digu kohlaane kamah…….

  3. shaph says:
    July 26, 2014 at 3:25 am

    first part r balaafa reethi . ekum maa kury . hope 2 see the next part soon and plxxx try to up ASAP

    1. naaya says:
      July 26, 2014 at 1:38 pm

      thanks

  4. Aahshaaa says:
    July 26, 2014 at 10:03 am

    Insaa Allah furatama partah balaafa hama salhi…. Ekm sifakurumuge bai tankolhey kudahen hyvany….. Vaahakaige namun hyvany vaahaka bodah beysvefa innany loabyge asarugada charactaa takakah kanneyge…. Loabyge vaahakaeh vyma kiunteriehge haisihyatun bunelaany hama asar gada kuri varakashey story nice vaany…. Aash Uhmydu kuran perfect story akah vegen daane kamah….

    1. naaya says:
      July 26, 2014 at 10:32 am

      thanks Aahshaaa

  5. maash says:
    July 26, 2014 at 2:10 pm

    vv nice but thankolheh kury

  6. Aahshaa says:
    July 26, 2014 at 3:23 pm

    Ur Welcme doony…. Story v asarugada kohlahchey ingey Yaaaa…. Insaa Allah Aash beynun mi story nimenden kiyan…. I like di category of love storys….. Bi baaai…. Waitin for di nxt part……

  7. shahee says:
    August 6, 2014 at 5:14 pm

    v nice story nimendhen kiyaalhan beynun.

Comments are closed.


All Right Reserved!