Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވޭން (ޕާޓް3)

ushy Level 1
July 20, 2014 2 Mins Read
33 Comments

ވޭން (ޕާޓް  )3

ރެ އަކީ ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔަ ރެއެކެވެ. ވިދާލާ ވިދުވަރުން ދެލޯ ހުޅުވައިގެން ހުންނަ މީހެއްގެ ލޯ ތަރަތަރަ ޖަހައިގަންނަ ކަހަލައެވެ. އިވޭ ބާރު ގުގުރިން މޭގަނޑު  ނުކުމެދާނެ ކަހަލައެވެ. ޖެހޭ ވައިރޯޅިން މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. މާލޭގެ މަގުތަކުގައި ހައެއްކަ ފޫޓު ދުރުމިނުގައި ބޮކިތައް އެއްކޮޅުންއަނެއްކޮޅަށް ދިއްލާ ފައި ހުރި ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ނެތެވެ. އަދި އިމާރާތް ތަކުގެ ހިޔަނީގެ ސަބަބުން މުޅި މާހައުލު ސިފަވެގެންދަނީ ބިރުވެރި މަންޒަރެއްހެންނެވެ . ނިހާ އެދުގައި އޮތެވެ. އޭނާގެ ލޫޅާފަތި ހަށިގަނޑުން ލައްވާ ބަނޑިތަކުން އޭނާ ހީކަރުވާފައި އޮތް މިންވަރު އެނގެއެވެ. ބާލީހުގައި ބައްދައިގެން ލޯމަރާލައިގެން އޮތްއިރު އޭނާގެ ދަތްދޮޅި ހީވަނީ ހަމަނުޖެހި އުޅޭހެންނެވެ. އޭނާގެ އަނގައިން ފަންޑިތައެއް ކިޔަނީއޭވެސް ހީވެއެވެ. އެހާވެސް ފިނި އަދި  ބިރުވެރި ރެއެކެވެ. ނަމަވެސް މިރޭގެ މިތޫފާން ނިހާގެ ދިރިއުޅުމާ ކުރިމަތި ލާނެއޭ ފަހަރެއްގައިވެސް ނިހާ ހިއެއްނުކުރެއެވެ. ހާޝިމް ގެއަށް އައި އިރު ހުރީ ތެމިފޯވެފައެވެ. ހާޝިމް އައީ ކޮންތަނަކުންތޯ އޮޅުން ފިލުވާލުމަށް ނިހާ އޭނާއާ ސުވާލުކުރިއެވެ. ” ހާޝިމް ކޮންތާކުންތޯ؟” . ޚިޔާލެއް ފިކުރެއްނެތި ނިހާ ހާޝިމްއާ ސުވާލު ކޮށްލިއިރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިހުރީ ލުއި ހިނިތުންވުމެކެވެ. އެވަގުތު ނިހާއަށް ހީވީ ޖެހި ބާރު ގުގުރިއާއެކު ނިހާގެ ގަޔަށް ހޮނުއެޅިހެންނެވެ. ” ކަލެއަށް ކީއް މަ ކޮންމެ ތާކުން އަޔަސް؟ “. މިއީ މިހާތަނަކަށް ހާޝިމް ނިހާއާ މުޚާޠަބު ކޮށްފައިވާ ގޮތެއްނޫނެވެ. ނިހާއަށް ހުރެވުނު ކަނޑެއް ފަޅެއް ނޭގުނެވެ. ” އަޅުގަނޑު ހަމަ ..” މިހިސާބަށް ބުނެވުނުތަނާ ހާޝިމް އައިސް ނިހާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ނިހާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގެންދިޔައެވެ. މިފަދަ ބިރުވެރި ރެއެއްގައި ފިރިމީހާގެ ފަރާތުން ލިބެންވާ ހިމާޔަތަކީ މިއީ ހެއްޔެވެ؟ ނިހާއަށް ހުރެވުނީ ކުރާނޭ ކަމެއް ނޭނގި، ބަސްހުއްޓިފައެވެ. ހާޝިމް އަށް މިއައީ ކޮންކަހަލަ ބަދަލެއްހެއްޔެވެ. މީގެ ކުރިން ނިހާއަށް އަނިޔާވެރިވުމުގެ ގޮތުން އިނގިލިކުރިވެސް ޖައްސާލާފައި ނުވާ، އެ އޯގާތެރި ފިރިމީހާ ގެ ފަރާތުން މިލިބުނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ. ނިހާ ހިއްވަރު ކޮށްފައި ބުންޏެވެ. ” ކޭން ބައްލަވަންވީ ނޫންތޯ؟” ހާޝިމްގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. ” ކަލޭ ތިއުޅެނީ މިރޭ މަށާ ޖަދަލު ކުރަންތަ؟”. ނިހާ ހިތާމަވެރި ރާގެއްގައި ބުންޏެވެ. ” ނޫން”. އަޅުގަނޑުވެސް މި ހުރީ ހާޝިމް ދުރުވަންދެން އިންތިޒާރުގައި”. ހާޝިމް ރުޅިވެރި ރާގެއްގައި ނިހާއާ ދިމާއަށް ބުންޏެވެ. “އާޗާ! މީގެ ކުރިންވެސް ބަނޑުފުރާފައި ތިހުރީ މަ ކަލޭކައިރީގައި އިނދެގެނެއް ނޫނެއްނު؟؟ ކަލޭ ހީނުކުރައްޗޭ ކަލޭ ހެދިހާގޮތެއްހަދައިގެން މަ ހުންނާނެއޭ.. މަމީ ކަލޭގެ އާހިލް އެއްނޫން”. ނިހާގެ ހިތަށްވެރިވެގެން ދިޔަ ހިތާމައާ ހިތްދަތިކަމާއެކު އާހިލްގެ ހަނދާން އާވެގެން ދިޔައެވެ. އެ ލޯބީގެ އުފާ އިހްސާސްވެ މާޒީގެ ތެރެއަށް ޣަރަގުވެގެން ދިޔައެވެ. ރަހުމު ކުޑަގޮތެއްގައި ހާޝިމް ނިހާގެ އަތުގައި ހިފާ ބަދިގޭގައި ހުރި މޭޒާދިމާއަށް ކޮއްޕާލިއެވެ. ނިހާގެ އުނަގަނޑު މޭޒުގެ ކަނުގައި ވަރަށް ބާރަށް ޖެހުނެވެ. ” ކަލޭ ހުރޭ ތިތާ! ހަދާންކުރާތި އެންމެ ހަރަކާތެއްވެސް ނުގެންނާތި! “. ޖެހި ބުދެއްހެން އަމުރަށް ކިޔަމަންވެ އެތާ ހުރި ގޮތަށް ނިހާ ހުއްޓެވެ. ހާޝިމްގެ ހަރަކާތްތަކަށް ވަރަށް ފުން ކޮށް ބަލަން ނިހާ އަށް ހުރެވުނެވެ. ހާޝިމް އިށީނީ ކާށެވެ. ހީވީ ދުނިޔޭގައިވާ އެންމެ މީރު ކެއުމަށްއިންސާފުކުރަމުންދާ ހެންނެވެ. ހާޝިމް ކަމުންދިޔައިރު ހީވީ ކާންނުލިބި ބަނޑަށް ޖެހިފައިވާ މީހެއް ހެންނެވެ. ހާޝިމް ބަނޑުފުރާ ކަމުން ދިޔައިރު ނިހާގެ ބަނޑުހައިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. މިއަދު ހެދުނު ނާސްތާ ކުރިގޮތަށް ހުރުމާއެކުވެސް ހާޝިމްއަށް ކުރި ދިގު އިންތިޒާރުގެ ނިމުންއައި ހިތިގޮތުގެ ސަބަބުން ނިހާއަށް ވަރަށް އަސަރުކުރިއެވެ. ކައިނިމުމަށްފަހު ތެލިތަށީގައި ހުރި ބާކީ ކާއެތިކޮޅުވެސް ނިހާއަށް ޖެއްސުން ކުރުމުގެ ގޮތުން އޭނާ އަޅާލީ ކުނި ވަށިގަނޑަށެވެ. އިސްރާފްކޮށް އުކާލުމަކީ ކޮންފަދަ ނުބައި ޢަމަލެއްކަން ހާޝިމަށް ނޭނގުނީބާވައެވެ. މިވަރުންވެސް ހާޝިމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ބަދިގޭގައި ހުރިއްޔާ ހުރި އެއްޗެއް އުކާލާ، މުޅި ބަދިގެ އެފުށްމިފުށަށް ޖެހިއެވެ. ހީވީ އެންމެ ފަހުގެ ނިޔާ އިއްވި ހެންނެވެ. ” މިތަން ސާފުކޮށްފައި ނޫނީ މިރޭ ލޮލުފިޔަވެސް ޖަހައިގެންނުވާނެ”. ހާޝިމް ގޮސް ކޮޓަރިއަށްވަނުމާއެކު ނިހާގެ ފައިން ވާގިދޫވެ ބިންމައްޗަށް ވެއްޓި ގަނެވުނެވެ. ނިހާއަށް ގިސްލަގިސްލާފައި ރޮވެނީއެވެ. ތުންފަތުގެ ހަރަކާތުން މަންމާއޭ ކިޔާހެން ހީވެއެވެ. މުޅި ބަދިގެ ހީވަނީ ކުޑަވަރެއްގެ ކުނިކޮށްޓެއްހެންނެވެ. އެއްވެސް ތަރުތީބުކަމެއްނެތެވެ. ނިހާގެ ބަނޑުހައިކަން އިންތިހާއަށް ދިޔައިރު ދެ ލޮލުގެ އަރާމްނިދި ނިހާ އާއި ހަނގުރާމަ ކުރަން ފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވެގެންދިޔައީ ނިހާގެ ހަށިގަނޑަށް އާދަޔާޚިލާފު ފިނިކަމެއް ވެރިވުމުންނެވެ . ދެ ލޯ ހުޅުވާލެވުނީ ތުރުތުރު އަޅާ ހާލުގައެވެ. ސަހަރޯ އެވެ. ބަދިގެ އަށް ވަކި ބަދަލެއްއައިސްފައެއް ނެތެވެ. އެތަންމިތަނަށް އެއްޗެހި އުކާފައިވެއެވެ. ކުރިމަތީގައި އެހުރީ ޖަނަވާރެކޭ ފަހެ ނުބުނެވޭނީ ކޮން އަޅަކަށް ހެއްޔެވެ. އަތުގައި ފުޅާ ބެލްޓެއް އޮޅާލެވިފާ ވެއެވެ. ނިހާއަށް މަޑުމަޑުން ފަހަތަށް ޖެހެވެން ފެށުނެވެ. ނަމަވެސް ނިހާ ޖެހޭކޮންމެ ފިޔަވަޅަކަށް މި ޖައްބާރު ކުރިއަށް ދެ ފިޔަވަޅު އެބަ އަޅައެވެ.” ލޯބިވާ މަންމާއެވެ. ލޯބިވާ މަންމާއެވެ.” ނިހާގެ އަޑުބެދެމުން ދިޔަނަމަވެސް ދުލުން މި ޖުމްލަ ތަކުރާރު ކުރަމުން ދިޔައެވެ.

 (ނުނިމޭ)

Share Article

Follow Me Written By

ushy

Level 1

Other Articles

Previous

ވޭން ( ޕާޓް 2)

Next

ހިތެއްގައި ނެތީހޭ ވާނޭ ރަޙްމު

Next
July 22, 2014

ހިތެއްގައި ނެތީހޭ ވާނޭ ރަޙްމު

Previews
July 17, 2014

ވޭން ( ޕާޓް 2)

33 Comments!

  1. sam says:
    July 20, 2014 at 1:16 pm

    ei mi part ves varah reethi, v furihama..alhe dhenvaanee kihineh????????? avahah up kohdhehchey

  2. jameel says:
    July 20, 2014 at 1:27 pm

    u passed

  3. shax says:
    July 20, 2014 at 1:28 pm

    v salhi bt haadha kurey mi part 🙁 next partah inthixaarukuran.. 😀

    1. ushy says:
      July 20, 2014 at 2:42 pm

      hehe okey next part upload kuraairu thikamah visnaalaanan.

  4. faadu says:
    July 20, 2014 at 1:37 pm

    މިހެން މީހުން ވާހަކަ ލިޔޭ ތަ؟ 10 ފޮޅުވަތް މި ވާހަކާގައި މީނީ. ހީވަނީ ސްޓާރ ޕްލަސް އިން އަންނަ ހިންދީ ޑްރާމާއެއް ހެން.

  5. mohamed says:
    July 20, 2014 at 1:52 pm

    varah hiygaimu

  6. Anonymous says:
    July 20, 2014 at 2:03 pm

    Nahoo yuh doing very well. good job.. Nice stry 🙂 Waiting for the next part

  7. maayaa says:
    July 20, 2014 at 2:24 pm

    Mi varuge nyc story ei adhi nukiyan wow just wowww ♡♥♥

  8. JiLa says:
    July 20, 2014 at 2:36 pm

    This is awesomely too good dear ushy…. waiting for the next part .. ♡♥♡♥ GOOD LUCK

  9. ނާޒިމް says:
    July 20, 2014 at 5:37 pm

    އޭ އެއްކަލަ…. ކުށުގެ ވާހަކަ އެއް ނާދެ އެއްވެސް ކޮމެންޓެއްގަ.. މާނަ އަކީ.. ހަމަ މުޅިން ކުއް ހުސް ވީ އޭ ތަ.. ޤައިމް ވެސް މަށަކައް ނުފެނެ.. އެކަމް ނަހޫ.. ހާދަ ކުރޭ.. މުޅި ޕާރޓް ގަ ވެސްއެނމެ ނައިޓެއްގެ ވާހަކަ… އެ ރޭ ހާޝިމް ގެ އައް އައުމާ… ހެނދުނު ނިޙާ އައް ހޭލެވުމާ.. ޕާރޓް ނިމުމާ… ވާހަކައިގެ ތެރެއައް ނުވަދެވެނީސް ޕާރޓް ނިމިއްޖެ.. ދެން އެކަމް ވެސް ވަރައް ސަޅި.. ހީވަނީ ވީވީ ހެން ސަޅި ހެން ވާނީ ވެސް…. ގޫޑް ލަކް….. 🙂

  10. kuh dhahka meeha says:
    July 20, 2014 at 7:13 pm

    ހޭ ނާޒިމް “ކުއް” މިއީވެސް ކުށެއް. ރަނގަޅު ގޮތަކީ ކުށް. “މަށަކައް” މީވެސް ކުށެއް. ރަނގަޅު ގޮތަކީ މަށަކަށް. “ނިހާއައް” މީވެސް ކުށެއް. ރަނގަޅު ގޮތަކީ ނިހާއަށް. “ވަރައް” މީވެސް ކުށެއް. ރަނގަޅު ގޮތަކީ ވަރަށް. އެހެންވީމަ ކަލެއަށް ކުށެއް ނުފެނުމަކީ ހަމަ ވެދާނެ ކަމެއް. :p

  11. nazim says:
    July 20, 2014 at 8:04 pm

    hahahahaa…. 🙂 “kuh dhakkaa meehaa” ah ves vaahaka in kusheh nudhekkunu.. alhugandu bunefa e othee ves vaahaka in kusheh nufenna vaahaka.. alhugandu ge cmnt ga kuh neh vaahaka eh nun… kekekekek :p :p btw thanxxx… brother or sister…

  12. kuh dhahka meeha says:
    July 20, 2014 at 8:25 pm

    dhen thi buny vaahakain kuh dhakaashey dhw, kaley liyunu vaahakaeh noon v ma kuh nudhahkan vegen mi hury, ekam dhn mi jehuny dhahkanthaa,, އިސްރާފްކޮށް mi kusheh, dhivehi bahuga sukun kureveyny fas akuruga, grade 7 ninmaafa huri kujjakah ves evaru engeyne, އަރާމްނިދި meeves kusheh,, adhives eba huri suvaalu markeh jahan jehey thanthanuga fulstop jahaafa, adhi hairaan mark jahan jehey thanthanuga ves.. bt overall koh mihaaru buneveyny mivaahakaige kusheh v nethey, ekam mi nazimaka hure bunely, no worries, ushy ge vaahaka hama salhi, kuh thah madhu kohfa hurikan v bodah faahaga kuran, gud luck.

    1. ushy says:
      July 20, 2014 at 11:25 pm

      dhenfaharakun thikamah ves visnaaleveytho balaanan 🙂 thanx.

  13. faai says:
    July 20, 2014 at 11:33 pm

    V rythi,, waiting 4 the next part

  14. Anonymous says:
    July 22, 2014 at 9:52 am

    Naaaazim thywes huri gothah huri bodu kusheh dhw…….. :p

  15. sam says:
    July 23, 2014 at 11:47 am

    kon irakutha anehpaert nukunnaneee???????? waiting waiting…….. mihafthaaga upload vaa varu vaanetha????

  16. ushy says:
    July 23, 2014 at 11:49 am

    sam mibalanee thankolheh vaahaka dhigukoh geneveytho .. ehenve lasvaneeeves plus exam coming nun.ehenve. but will try to upload v soon

  17. sam says:
    July 23, 2014 at 11:50 am

    ok good luck for your exam’s too. kohchehtha ushy kiyavanee?

  18. ushy says:
    July 23, 2014 at 11:52 am

    hehe. nahu hadhanee (degree in human resource management.. thanx 🙂

  19. sam says:
    July 23, 2014 at 11:53 am

    oh.good luck. y ushy jahanee nahu nujahaa??????? vaahaka avaha upload kohdhehchey

  20. ushy says:
    July 23, 2014 at 11:53 am

    hehe ok will try <3

  21. awm says:
    July 23, 2014 at 11:58 am

    Lasvyma foohivaane kiyan.. Wtng 4 the nxt prt.

  22. niusha says:
    July 23, 2014 at 12:06 pm

    waiting for the next part vvv salhi

  23. riff says:
    July 23, 2014 at 12:57 pm

    v reethi. waiting for next part… nahu fb id dheeba

  24. ushy says:
    July 23, 2014 at 12:59 pm

    yh insha allah v avas kohdheveytho balaanan. 🙂 foohi nuvahchey 🙂 🙂

  25. riff says:
    July 23, 2014 at 12:59 pm

    fb id

  26. ushy says:
    July 23, 2014 at 1:00 pm

    hehe

  27. ushy says:
    July 24, 2014 at 12:16 pm

    awm i know. am traying my best .. just wait a little longer 🙂

  28. ushy says:
    July 24, 2014 at 12:54 pm

    kudairu kolheeh ge thereygai “veyn”mi vaahakaige 4th vana bai upload vegen dhaane .. namaves 5th vana part upload vegen dhaanee mi anna mahu 9 ge fahun kamah hithaama aaeku dhannavan. uhmeedhu kuran kehmadhu vefai namaves foohikameh nethi inthizaaru kurahvaane kamah .. hiyaal thah haamakurumah furusathu hulhuvifaivaakan hadhaan kohladhen ..hehe

  29. zaara says:
    July 24, 2014 at 1:33 pm

    Ehaa rangalheh noon ekam fudhey vareh vey 🙂

  30. ushy says:
    July 25, 2014 at 11:09 pm

    zaaraa 🙂

  31. Hasna says:
    September 13, 2014 at 1:49 pm

    good

Comments are closed.



All Right Reserved!