ސަކީނާ އުނދޯލިން ތެދުވެގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހުންނަނީ ގެޔާ މާދުރުގައި ނޫންކަމުން ސަކީނާ ބޭނުންވީ އެތަނަށްގޮސް އެމީހުންގެ އެހީއަކަށް އެދޭށެވެ. އޭނާ ގޭގެ މައި ގޭޓުން ނުކުތް ވަގުތަކީ ކާރެއް އައިސް ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ. ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނުކުތް ޔަލްވީއަށް ސަކީނާ ފެނުމާއެކު މާމާއޭ ގޮވަމުން ދުއްވާގަތެވެ. ސަކީނާވެސް ހެވިފައިހުރެ ޔަލްވީއާ ދިމާއަށް ދިޔައީ މާތްﷲ ޙަމްދުކުރަމުންނެވެ. ޔަލްވީ ރޮމުން ރޮމުން އޮޅުލައިގަތްއިރު ސަކީނާ ހުރީ އުފަލުން ގޮސް […]
ރޭގެ ކަންތަކާއި ހުރެ އޮފީހަށްދާން ތެދުވެވުނީވެސް ގަޑިޖެހެން ކައިރިވެފައި ވަނިކޮށެވެ. އަވަސް އަވަސް ކޮށްލައިގެން ހުސްބަނޑާ އޮފީހަށް ދިއުމަށްޓަކައި ސައިކަލަށް އަރާ ދުއްވާލީމެވެ. އަދިވެސް އަހަރެންގެ ބޮލުގެތެރޭގައި އެނބުރެނީ ރޭގައި ޝިފާ ދެއްކި ވާހަކަތަކެވެ. އިޙްސާސް ވަމުން ދިޔައީ ދުނިޔޭގައި އެކަނިވެފައިވާ މިންވަރެވެ. އެހެންދުވަސްތަކާއި ޚިލާފަށް ހާޒިރީގައި ސޮއިކުރުމަށްފަހު ރިސެޕްޝަން ކުދިންނާއި އަނގަތަޅަން މަޑުނުކޮށް އަހަރެން އަވަސްވެގަތީ ސެކްޝަނަށް ދިއުމަށެވެ. އަހަރެން ބޭނުންވީ ރޭގައި ޝިފާ ދެއްކި ވާހަކަތަކުގެ އިތުރު ތަފްޞީލް ހޯދުމަށެވެ. އޭގެ ޙަޤީގަތަކީ ކޮބައިތޯ […]
ކިނާންގެ ބޭނުމަކީ ލޫޝާގެ ލޮލުން ވައްޓާލި ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުހިފުމެވެ. ލޫޝާގެ ހަޔާތް ބަރުބާދުކުރަން މަސައްކަތްކުރި ޔުމްނުގެ ހުވަފެންތައް ފުނޑު ފުނޑުކޮށްލުމެވެ. ކައިލްއާ ޔުމްނުގެ ލޯބީގެ ގަނޑުވަރު ވީރާނާ ކޮށްލުމެވެ. ތަޅާ ސުންނާފަތި ކޮށްލުމެވެ. އެމީހުންގެ ހަޔާތް ބަރުބާދުކޮށްލުމެވެ. ނަމަވެސް ހިތާމައަކީ ކިނާންއަށް ކައިލް މިހާރުގެ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްކަމެވެ. ތަޤުދީރުގެ ރޭވުން ކިނާންގެ ރޭވުމަށްވުރެވެސް މޮޅެވެ. “..ހެއި.. ކިނާން..” އެއަރ ޕޯޓުން ނުކުތް ކިނާން ފެނުމާއެކު ލޫޠު ހަނާ އަޅާލިއެވެ.ކިނާންއަށް ލޫޠުފެނުމާއެކު […]
މައުސޫމު ޝާލީގެ ދެލޯމެރުނު ވަގުތުބާރު އަޑަކާއި އެކު ކޮޓަތެރެއަށް ވަންމީހަކު ޝާލީއާއި މުޚާތަބުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ފުރަތަމަ ޝާލީ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ. އަތަކަށް ގުޑިލަންވެސް ނޭނގިފައި ހަރަކާތް ހުސްވެފައި ޝާލީ އެމީހާއަށް ބަލަން އޮތެވެ. “ކަލޭ ކޮންއެއްޗެއް ތި ބަލަނީ މަގޭ މޫނުން؟ އެކައްޗެެއްވެސް ނުފެންނާނެ؟ މަ ކަލެއާ ސުވާލެއް ކޮށްފީމެއްނު. ޖަވާބު ދީބަލަ؟” އެމީހާ އަނެއްކާވެސް ބަރުއަޑަކުން ޝާލީ އާއި ސުވާލުކުރިއެވެ. ޝާލީއަށް ބިރުން ގޮސް ލޯމަރާލެވުނެވެ. އެވަގުތު އެމީހާގެ ބަރު […]
“ހހ.. ޕްރޮޕޯސަލް.. ނޯ ސަބްޖެކްޓް.. ވަޓް؟..” ވިކާޝްއަށް އެންމެ ފަހުން ލިބިފައިވާ އީމެއިލްގެ ކުރިން ލިބިފައި އިން އީމެއިލް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނާ އެ މެއިލް ހުޅުވާޅީ ޝައުގުވެރިކަމާއިއެކުއެވެ. އެއީ އާލިކްގެ މެއިލްއެކެވެ. މެއިލްކޮށްފައި އިނީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. “ވިކީ.. ނުފެނިގެން ވަރަށް ހޯދާނެކަން އެނގޭ.. މިވީ ދުވަސްތަކުގަ ލައިފްގެ ހުރިހާ ކަމެއް ހޭންޑްލް ކުރަން އެނގުނު.. އެކަމު ވިޝޫ ނުލިބުން.. ވިޝޫގެ ލޯބިން މަޙްރޫމްވުން.. މަށަކަށް ޓޮލެރޭޓެއް ނުކުރެވުނު.. ވިކީ.. […]
”ފިޒޫ ތިބުނީ ތެދެއް، ވެދާނެ ހިތާމައެއް ލިބުމުގެ ކުރިން އަހަންނަށް ވިސްނެން ކަމަށް ވެސް މިއަދު އަލްޔަސްއާ ބައްދަލު އެވީ… ހީ ލަވްސް ސަމްވަން އެލްސް… ދެލޯބިވެރިންގެ ދެމެދަށް ވަނުމަކީ ރަގަޅުކަމެއް ނޫން، ވެދާނެ އަލްޔަސް އުޅެނީ އެކުއްޖާއާ މެރީކޮށްގެން ކަމަށް ވެސް… އަހަރެން ވާހަކަ ދައްކަން އުޅުނީމަ ވެސް އިގްނޯރ ކުރީ އެސަބަބާ ހެދި ކަންނޭގެ، ނުވިސްނުނީ އަހަންނަށް…. އަހަރެންގެ ހިތަށް ވިސްނައިދޭނީ، ލިބެން ނެތް އެއްޗެއް ހާސިލް ކުރަން އުޅުމުން އިތުރަށް ހިތަށް އަނިޔާތައް […]
ކިނާން އިސްއުފުލާލީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު އޭނާގެ ލޮލުތެރޭގައި ކަރުނަތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. ރަތްކުލައިގެ ތުންފަތުގައިވެސް ތުރުތުރު ލުމެއް ހުއްޓެވެ. ކިނާން އިންގޮތަށް އިނީއެވެ. ކޮޓަރިއަށްވަނީ ކާކުތޯ ބަލާކަށް ނޫޅުނެވެ. އެގަޑީގައި ކޮޓަރިއަށް އަންނާނީ ކާކުކަން ކިނާންއަށް އެނގޭކަހަލައެވެ. “..ދަރިފުޅާ..” ކިނާން މަޑުމަޑުން ތެދުވީ ޑައިރީވެސް ހިފައިގެންނެވެ. “..ޑޭޑް..” ކިނާން އަތުގައި އޮތް ޑައިރީ ދައްކާލަމުން ވާހަކަ ދައްކަންފެށީ އަސަރާއެކުއެވެ. “..މީ ހަމަ ހަޤީޤަތްތައް.. މީހަމަ ބައްޕަ މަންމައާމެދު ކަންތައްކުރި ގޮތްތަ؟..” ދޮރުމަތީގައި […]
ޝާލީ މަޑުމަޑުން ހަރަކާތް ކުރަން ފެށިއެވެ. އަދި ޑައިރީގެ ތެރޭގައި މަންމަ ރައްކާކޮށް ފޮރުވާފައިއެވާ ހަގީގަތް ނޭނގޭ ތަޅުދަނޑި ނެގިއެވެ. އަދި މެއާއި ޖައްސާ ބާރުކޮށްލަމުން އެއީ ކޮންތަނެއްގެ ތަޅުދަނޑިއެއްތޯ ހިތާ ހިތާ ސުވާލުކުރަމުން ދިޔައެވެ. ހީވަނީ ޝާލީ އޭނާ ބޭނުންވާގޮތް ނިންމީހެނެވެ. މަންމަ ބުނިފަދައިން ދެ މަގުން އޭނާ ޚިޔާރުކުރާ މަގު ޚިޔާރުކޮށް ނިންމާ އެމަގުގައި ކުރިއަށް ދާން މަސައްކަތް ފެށީހެން ހީވާން ފެށިއެވެ. ޝާލީ އެ ކުޑަކުޑަ ތަޅުދަނޑި ނަގާ އޭނާގެ ކަރުގައި އޮތް […]
އަހަރެން ހުރީ ހެވިފައެވެ. އުފާވެފައެވެ. އެތަކެއް އަހަރުތަކެއް ފަހުން ކިނާން ފެންނަން އުޅޭކަހަލައެވެ. ނަމަވެސް ނީލް ދޮރު ހުޅުވާލުމާއެކު އަހަރެންގެ ހިނިތުންވުން ސީރިޔަސްކަމަށް ބަދަލުވެގެންދާން ސިކުންތެއްވެސް ނުނެގިއެވެ. ދޮރުމަތީގައި ހުރީ ކިނާން އެއް ނޫނެވެ. ލޫޠުއެއްވެސް ނޫނެވެ. ކައިލްގެ މަންމައެވެ. “..މަންމަ..” އަހަރެންގެ އަނގައިން އަޑު ބޭރުވީވެސް ވަރަށް އުނދަގުލުންނެވެ. ނީލް މަންމަ ކައިރީ އެތެރެއަށް ވަނުމަށް ބުނުމުންވެސް މަންމަ ހުރިފިޔަވަޅު މަތީ ހުއްޓި ހުރީ އަހަރެންނަށް ބަލާށެވެ. މަންމަގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަންވެސް އުނދަގޫވިއެވެ. ބަލަހައްޓައިގެން […]