މުޅި ދުވަހު ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމައްޓަކައި ބަދިގެ އަށް ވަދެ ކޮފީތައްޓެއް ތައްޔާރުކޮށްލީމެެވެ.ކޮޓަރީގައި ފޯނު ބާއްވާފައި އާދެވުނު ހަނދާން ވުމުން ކޮފީތަށި ހިފައިގެން ކޮޓަރިއަށް މިސްރާބު ޖެހީމެވެ. ގޭގައި އިތުރު މީހަކު ނޫޅޭތީ ވެ މުޅީތަނަށް ވެރިވެފައި އޮތީ ހަމަހިމޭން ކަމެވެ. އަހަންނަށް ހަފަރާތް ހިސާބަށް ނަޒަރު ހިންގާލެވުނެވެ. ގަހެއްގެ ފަތެއް ހާ ހިސާބު ވެސް ގުޑިލާތަނެއް ނުފެނެއެވެ. އަހަރެންގެ ދިރި އުޅުމަށް އައިސްފައި މިވާ ހަމަހިމޭން ކަމުގައި އެތަކެތި […]
ހެނދުނު ދިއުޓީ އަށް ދިޔުމަށް އަހަރެން ހޭލީ ހަތެއްޖެހިފަހުން ނެވެ. ފާޙާނާއަށްވަދެ ފެންވަރައިލައިގެން އަހަރެން ނިކުތްއިރު ފޯނުރިންގު ވަނީއެވެ. ބާރުހިނގުމެއްގައި އައިސް އަހަރެން ފޯނުނެގީމެވެ. “ގުޑް މޯނިންގް” އަޔާޒްގެ އަޑު ކަންފަތުގައި ޖެހުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ. “ރޭގަ ދެފަހަރަކު ގުޅިން …ނިދާފަ ދޯ…” “އާ…މައި ގުޅިއިރު އޮތީ ނިދާފަ…” އަޔާޒްގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ. “ޑިއުޓީ އަށްދާން..ރެޑީވަނީ…ފަހުން ގުޅާނަން އިނގޭ…!” އަޔާޒް އަށް އިތުރަށް ނިދުމަށް ވަގުތު ދިނުމަށާއި އެކީ އަހަރެން ފޯނު […]
ލިބޭ ހުސްވަގުތު ތަކުގައި އަހަރެން އަޔާޒްގެ ގާތަށް ދަމެވެ. ހާލުއޮޅުން ފިލުވާހަދަމެވެ. ބައެއް ދުވަސް ދުވަހު އަޔާޒް އަށް ހާއްސަކޮއްގެން އަހަރެންގެ އަތުން ކައްކައިގެން ގެންގޮސް ދެމެވެ. ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ކުރިލައި ފޯދެމުން ދިޔައީ ހިވެސް ނުކުރާހަ ބާރުމިނުގައެވެ. އަޔާޒްގެ އެކަނިވެރިކަމަށް ހަމުދަރުދީ ވުމަށް ދިއްކޮއްލެވުނު އަތް މިއަދު އަނބުރާގެންނަން އޭރު އަހަރެންގެ ހިތް ދެކޮޅުހަދަން ފަށައިފިއެވެ. ގިނަވަގުތު އޭނާގެ ދޮން މޫނަށް ބަލަން ހުންނަން އަހަރެންބޭނުންވިއެވެ. ބައެއް ދުވަހު ބަހަނާއެއްގެ […]
ތަޤުދީރު ތިމާ ގޮަވައިގެން ދާ މަންޒިލެއް ދެކެން، ދެއަތުކުރި އޮޅައި ލައިގެން ހުރެވިއްޖެ ނަމަ، ލިބިދާނެ ދެރަ މިއަދު އަހަންނަށް އިހުސާސުވެއެވެ. އެދުވަހު އަހަރެންގެ މި ނިކަމެތި ހިތަށް ބާރުފޯރުވުނު ނަމަ މިއަދު އަހަރެންގެ ޙަޔާތަށް މިފަދަ ވިއްސާރައަކާއި ކުރިމަތިލާން ނުޖެހުނީސް އެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރެއިން އަހަރެން މަޑުމަޑުން ހިނގާލާފައި އައީ އެވިސް ނުމުގައި ހުރެގެންނެވެ. މާޒީގެ ދުވަސްތަށް އަހަރެންގެ ހިތަށް އިރުއިރުކޮޅާއި ހޫނުފެން އަޅާލާފަދައެވެ. އެދުވަސްތަށް ސިކުނޑިއަށް ތަސައްވުރު ކޮއްލެވުނަސް އަހަރެންގެ […]