Skip to content
އެސްފިޔަ

ވޭން (ޕާޓް4)

އެއްވެސް ރަހުމެއްނެއް ގޮތުގައި ނިހާގެ ގައިގެ އެތަންމިތަން ޒަޚަމުކުރަމުންދިޔައިރު އެފަކީރު އަޅަމުންދާ ވޭނަށް ކެތްނުވެ ހަޅޭލަވަމުން އާދޭސްކުރަމުން ދިޔައެވެ. ” ހާޝިމް އާދޭސް ކުރަން ތިގޮތަށް ކަންތައްނުކުރައްވާ، އަޅުގަނޑަށް މާފް ކުރައްވާ، ހެޔޮނުވާނެ އައްދޯއި މަންމާ”.. ނިހާގެ އާދޭސް ތަކަށް ބީރު ކަންފަތެއްދީގެންހުރި އޭނާގެ ފިރިމީހާއަށް ވީ ގޮތެއްވެސް ނޭގުނެވެ. ކުއްލިއަކަށް ހަރަކާތްތަކަށް ހުއްޓުމެއްއައެވެ. ކުރިމަތީ އާދޭސް ކުރަމުންދިޔަ އޭނާގެ އަންހެނުންނަށް ބަލާލިއެވެ. އެ ތޫނު ކަތިނަޒަރުގައި ވަނީ ވޭނެވެ. އެ ރީތި ތުންފަތުގައި ވަނީ އާދޭހުގެ ބަސް ތަކެކެވެ. ލޫޅާފަތި ރީތި ހަށިގަނޑުވަނީ ނިލަ ވެފައެވެ. އެއީ އެންމެ ކުޑައިރުއްސުރެވެސް ހާޝިމް ފުރާނަފަދަ ލޯބިވާ އަނބިމީހާ ނިހާއެވެ. ހާޝިމް ބޮލުގައި ދެއަތްއަޅައިގެން އުޑަފަޔަށް އިށީނދެ މޫނުގައި އަތްއެޅިއެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. ނިހާއަށް ހަދާނޭ ގޮތެއް ބުނާނޭ އެއްޗެއްނޭގުނެވެ. ބޭއިޚްތިޔާރުގައި ކަރުނަ ފައިބަމުންދިޔަ ދެލޯ ވަނީ ދުޅަވެފައެވެ. ނިހާ ބިންމަތީގައި ކޭއްތެމުން ހާޝިމް ގާތަށް ޖެހިލިއެވެ. ވަރަށް ބާރަށް ހާޝިމް ނިހާގެ ގައިގައި ބައްދައިގަތެވެ. އަދި ގިސްލަމުން ނިހާއާއި މުހާތަބު ކުރިއެވެ.” ނިހާ އަހަންނަށް މާފްކުރޭ، އަހަރެންމީކިހާ ގޯސް ފިރިއެއް؟” ނިހާ ހާޝިމް ގައިގައި ފިރުމާލަމުން މާފްކުރަމޭ ބުނެ ހުއްޓާލުމަށް އެދުނެވެ. ކޮންމެއަކަސް ދެ މީހުންނަށް އެރޭ ނިދުނުއިރު ހުރީ ވަރަށް ދަންވެފައެވެ. ރޭގާ ލަހުންނިދުމުގެ ސަބަބުން ދެމީހުންނަށް ހޭލެވުނީ އެދުވަހު މެންދުރުވީތަނާހެން  ހާޝިމަށްއައި ފޯނުކޯލަކުންނެވެ. ހާޝިމްގެ ބައްޕަގެ ފޯނެކެވެ. ސިންގަޕޫރުން ރާއްޖެ މިއަދު އަންނަވާހަކަބުނުމަށެވެ. ދެމީހުން ވަރަށް ގުޅެއެވެ. އެކުގައި ކޮޓަރިއާއި ބަދިގެ އަދި މުޅިގޭތެރެ ސާފުކުރިއެވެ. މަންމަ ބަލާ އެއާޕޯޓަށް ހާޝިމް ދިޔައެވެ. މައިދައިތަގެ އިންތިޒާރުގައި ނިހާ ސިޓިންގްރޫމް ސޯފާގައި އިށީދެ އިނެވެ. ގެއަށްއައިސް އެވަނީ ޖާނުންވަރުގަދަ ލޮކިމަސް ޖަހާހުރި ބޮޑު އަންހެނެކެވެ. ނިހާއާއި ދިމާއަށް އެ އަންހެންމީހާ ބަލާލާފައި ހީލިއެވެ. ނިހާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ގިނަމީހުން ބުނާގޮތުގައި މައިދައިތައިން ވަރަށް ހިތް ނުބައިވެފަ ހަރުކަށްޓެވެ. އެއީ މިވީހާ ތަނެއްގައި ނިހާއަށް ކިއިފާ ހުރި ހުރިހާ ވާހަކަތަކުގައި ވެފައި އޮތްގޮތެވެ. ނިހާވެސް އެއަންހެންމީހާއަށް ހީލިއެވެ. މާގިނައިރެއްނުވެ އެހެން އަންހެނަކުވެސް ވަނެވެ. ނިހާ އަށް ވާނުވާ ނޭގުނެވެ. ގެއަށް އަންނަގޮތަށް އޮތީ މައިދައިތައާއި ބަފާބެއެވެ. ވީއިރު މއީ ކޮން އަންހެނެއްހެއްޔެވެ. ހާޝިމްގެ ފަހަތުން ބަފައިބެ ވަނެވެ. ނިހާ އެމީހުންނަށް ކޮޓަރި ދެއްކިއެވެ. އެވަގުތު އެތަނުން ލޫޅާފަތިކޮށްހުރި އަންހެނަކު ލޮކިމަސް ޖަހާހުރި އަންހެނާއަށް ނިސްބަތްކޮށްބުންޏެވެ ” މީނައަށް އެހެން ކޮޓަރިއެއް ދައްކާ”. ނިހާ އެ އަންހެނާއަށް އެހެން ކޮޓަރިއެއް ދެއްކިއެވެ. އެ އަށްފަހު ކޮޓަރިއަށްވަދެ އެކި ކޮޅުކޮޅަށް ހިނގަނީއެވެ. ނިހާ ހުރީ ހާޝިމް ގެ އިންތިޒާރުގައެވެ. ފާޚާނައަށް ވަންނަން ހާޝިމް އައިވަގުތު ބޮލުގައި ކޮއްޓަމުންދާ ސުވާލު ހާޝިމް އާއި ކޮށްލިއެވެ.” ހާޝިމް އެއީ ކޮން ދެ އަންހެނެއް؟” ހާޝިމް ހީލިއެވެ. އަދި އޯގާތެރިކަމާއެކު ނިހާ ގާތަށްޖެހިލާފައި އެއީ މަންމަޔާއި ދޮންމަންމަ ކަމަށް ބުންޏެވެ. ނިހާ ހީކުރީ ވަކިން ކޮޓަރިއެއްގައި އިނީ ދޮންމަންމަ ކަމަށެވެ. މެންދުރުގެ ކެއުމަށް އެންމެންވެސް ދިޔައީ އިންސާފު ކުރަމުންނެވެ. ނަމަވެސް ފަލަކޮށް ހުރި މުސްކުޅި އަންހެންމީހާއެއް ނެތެވެ. ހުރިހާ އެންމެން ކައި ނިމުނުތަނާހެން އެ އަންހެންމީހާ ނުކުތެވެ. އެވަގުތު ހިކިކޮށް އިން ފިރާޝާ އެ މުސްކުޅި އަންހެންމީހާއާއި މުޚާޠަބުކޮށް ބުންޏެވެ. ” އޭ ފެންތައްޓެއް ދީބަ ލީނާ” . އެ އަންހެންމީހާގެ ނަމަކީ ލީނާއެވެ. ނިހާ އަށް ކުއްލި ސިހުމެއްގެނުވީ ހާޝިމް ބުނި ޖުމްލައިންނެވެ. ” މަންމާ އާދޭކާން”. ނިހާގެ ދެލޯ ތަލައަށް އެރިއެވެ. އެއީ މަންމަބާއޭ ނިހާ ހިތަށް އެރިއެވެ. ވީއިރު އެކަހެރިކޮށްފައި ހުންނަނީ ކީއްވެބާއޭ ނިހާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް ކައި ނިމުމުން ފިރާޝާވަނީ ކޮޓަރިއަށެވެ. ހާޝިމްއާއި ބަފައިބެ (ހުސައިން) ދިޔައީ ރައްޓެހިންނާއި ބައްދަލްކުރުމަށެވެ. ލީނާ ކައި ނިންމާލާފައި ނިހާ ތަށިތައް ނަގަން އުޅުމުން ބަހައްޓާފަދާށޭ ބުންޏެވެ. ލީނާ ގޮތް ދޫނުކުރުމުން ނިހާ ސޯފާގައި ޓީވީ ބަލަން ޖައްސާލިއެވެ. ނިހާގެ ނަޒަރު ގިނަ ފަހަރު ހުއްޓެނީ ލީނާ އަށެވެ. ލީނާ ހުންނަނީ އިސްދަށަށް ޖަހައިގެންނެވެ. އެހެންކަމުން މާބޮޑަކަށް މޫނުމަތީގެ ހަރަކާތްތަކެއް ނުފެނެއެވެ. ބޮލުގައި ހުޅިއެއްޖަހައިފައި ހުއްޓަސް އިސްތަށިގަނޑު ފަންކަމުން ހުޅި އޮންނަނީ ވަރަށްދޫކޮށެވެ. ވަރަށް ދޮންކުލައެއް ލިބިފައިވާ އަންހެނެކެވެ. އޭނާގެ ދޮންކަން ހާމަވަނީ އޭނާގެ އަތުގެ އެތަންމިތަން ރަތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. ބައެއްފަހަރު ފެނުގައި އަތްލެވުމާއެކު އެއަންހެންމީހާ ސިހިދެއެވެ. ވަރަށް ތަފާތު ހަރަކާތްތަކެކެވެ. ގެއްލިފައި އިން ނިހާ ސިއްސައިގެން ދިޔައީ ފިރާޝާގެ އަޑަށެވެ. “ލީނާ ..ލީނާ” . ލީނާ ދުވެފައި ދިޔަގޮތުންހީވީ އޮޅުކޮށްފައޮތް ކުއްތާއެއް އޭނާގެ އަޚް ގޮވީމާ ދުވެފަ ދިޔަހެންނެވެ. ނިހާ އަށް ހައިރާންކަމާއެކު ހުރެވުނީ ބަލާށެވެ. ބައެއްފަހަރު ހީވަނީ ފިލްމެއްގެ ތެރޭގައި ނިހާއަށް އުޅެވޭހެންނެވެ. ކޮންމެއަކަސް ވަރަށް ބާރަށް އެއްޗެއް ތަޅައިގެންދިޔަ އަޑުއިވުމުން ނިހާ އެކޮޓަރިއާ ދިމާއަށް ހިގައިގަތެވެ. އަދި ދޮރު ހުޅުވާލިއެވެ. ނިހާއަށް ހުރެވުނީ މަންޒަރަށް ބަލާށެވެ. ފިރާޝާ އޮތީ ވާހަކަފޮތެއްނަގައިން އެދުމަތީގައެވެ. ލީނާ އިނީ އުޑަފަޔަށް ވެއްޓިތެޅުނު ޖޯޑުގެ ކުދި ކުދި ވެފައިވާ ބިއްލޫރިތަށް ނަގާށެވެ. އެއް އަތުގައި ފިހިގަނޑެއް އޮތެވެ. މިފެންނަނީ ކޮންމަންޒަރެއްހެއްޔެވެ. ނިހާއަށް ހަދާނެ ގޮތް ހުސްވިއެވެ. ކޮންމެއަކަސް ރޭގަނޑުގެ ކެއުމަށްފަހު ނިދުމަށް ހާޝިމްކޮޓަރިއަށް ވަނެވެ. ނިހާ އެދުމަތީގައި އޮތްއިރު ކަމަކާއި ފިކުރު ކުރަނީކަން ހާޝިމްއަށް އެގުނެވެ.ހާޝިމް ނިހާ އާއި ސުވާލު ކުރިއެވެ. ނިހާގެ ހިތުގައި އުފެދުނު ހުރިހާޝަކުވާއެއް އެއްފަހަރާ އަމުނާލިއެވެ. ހާޝިމް މަޑު ފިޔަވަޅުގައި ކުޑަ ދޮރު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އަދި ބުންޏެވެ. “އެއީ ވަރަށް ހިތްދަތި ވާހަކައެއް ފަހުންކިޔާދޭނަން”. ހަފްތާއެއް ވޭތުވެގެން ދިޔައީ ވަރަށް އުފާވެރި ކޮށެވެ. ނަމަވެސް މިގޮތަށް ދުވަސްތައް ދެމި އޮންނަން މާގިނަ ދުވަހެއް ނުނެގިއެވެ. އެއްދުވަހެއްގެ ހަވީރެވެ. ހާޝިމް ރައްޓެހިންތަކަކާއެކު ދަތުރު ދިޔަ ދުވަހެކެވެ. ކުއްލިއަކަށް ނިހާ ރަށްމަތިން ވަރަށް ހަދާން ވިއެވެ. އެހެންކަމުން މަންމައަށް ގުޅާލިއެވެ. އެންމެންގެ ހާލު ރަނގަޅޭ ބުނުމުން ނިހާއެކޭ އެއްފަދައިން ނިހާ މަންމަ ވެސް ވަރަށް އުފާވިއެވެ. ނިހާގެ އެންމެގާތް އެކުވެރި ޒީން އާވެސް ނިހާ ވާހަކަ ދެއްކިއެވެ. ޒީންގެ ވާހަކަތަކުން ނިހާއަށް ލިބުނީ މޮޅިވެރި ކަމާއި ނުތަނަވަސް ކަމެވެ. ޒީންގެ ފަރާތުން ލޯބިވާ އާހިލްގެ ހާލުއަހުވާލް އޮޅުންފިލުވަމުންދިޔައެވެ. ނިހާގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ތެޅިފޮޅިގަތެވެ. ” ކީކޭ؟”. ނިހާ ލިބުނު ސިހުމުން ހީވީ ފައިދަށުންބިންގަޑު ދެމިގަތްހެނެވެ. ” އާހިލް އެކްސިޑެންޓްވީއޭ! ކޮންއިރަކު ކިހިނެއް؟ އޭނަ ކޮބާ މިހާރު؟ ހާލު ކިހިނެއް؟” އެތައް ބައިވަރު ސުވާލުތަކެއް ނިހާ ކުރިއެވެ. ޒީން ބުނި ގޮތުންނަމަ އާހިލް ގެ މާމަ ނިޔާ ވުމުން ލިބުނު ހިތާމައިގައި އާހިލް ބާރު ދުވެލީގައި ސައިކަލު ދުއްވަނިކޮށް ކަހާލައިފައިގޮސް ވެއްޓި ޕާކުކޮށްފައިވާ ކާރެއްގައި ޖެހުނީ ކަމަށެވެ. އޭނާގެ ކަނައަތު ފައިގެ ހުޅަށް ވަނީ ގެއްލުން ލިބިފައެވެ. ހިނގާބިގާވެ އުޅެން އުނދަގުލެވެ. ނިހާ ވަރަށް ހިތުގައި ޖެހުނެވެ. މާމަވެސް ދުނިޔެދޫކޮށް ދިޔައީއެވެ. އާހިލް އެކަނި ވީދުވަހު ބަލި އެނދުގައި އެކަނި އޮންނަންޖެހުނީއެވެ. ޒީނާ ބުނިގޮތުގައި ރަށު އެކަކުވެސް އާހިލަށް އަޅައެއްނުލައެވެ. އެރޭ ހާޝިމް ގެއަށް އައުމާއެކު ނިހާ ރަށް މަތިން ހަނދާންވާ ވާހަކަ ބުންޏެވެ. ނަމަވެސް ހާޝިމްގެ އޮފީސްދަތުރުގެ ސަބަބުން ހާޝިމަށް ދެވޭގޮތެއްނުވިއެވެ. އެހެންކަމުން ނިހާ އެކު ލީނާ ރަށަށް ފޮނުވިއެވެ. ނިހާ ރަށަށް އައި ސަބަބު ޒީނާ އަށް ހަމަރަނގަޅަށް އެގުނެވެ. ނިހާގެ ވިންދުހުރީ އަވަސްވެފައެވެ. ރަށުގެ ފާލަމުގައި ދޯނި މަޑުކޮށްލުމާއެކު ނިހާ ބޭނުންވީ ދުވެފައި އާހިލްގެ ގާތަށްދާށެވެ. ނަމަވެސް މިއަދު އެދެމެދަށް ވަނީ ވަރުގަދަ ފާރެއްރޭނިފައެވެ

      ނިހާ ރަށުންބޭރުގައިވީ މަދު ދުވަސް ކޮޅުތެރޭގައި ރަށަށް ވަނީ ވަރަށް ފުރިހަމަ ބަދަލުތަކެއް އައިއްސައެވެ. ބަދަރު އޮތީ ހެދިފައެވެ. މަގުތަށްވަނީ ވަރަށް ރީތި ކުރެވިފައެވެ. ދެފަރާތުގައި މާ ވިނަ ތަކެއް ހުއްޓެވެ. ކޮންމެއަކަސް ގޭގެ ދޮރާއި ހަމައަށް ނިހާ އަށް އާދެވިއްޖެއެވެ. ކުޑައިރު ކޮޅަކު ހުރެލުމަށްފަހު ނިހާ އޭނާގެ ގެއަށްވަނެވެ. ކުޑައިރުގެ ވަރަށް ގިނަ ރަހުމަތްތެރިންވެސް ނިހާގެ ހާލު އޮޅުންފިލުވުމަށް އައެވެ. ނިހާގެ ލޯ ގިނަ ފަހަރު އަމާޒު ވަނީ ޒީނާ އަށެވެ. ނިހާ ހުރީ ޒީނާ އެކަނިވެލާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރާވަގުތު އައިސް ކުޑަތަންވެއްޖެއެވެ. ނިހާގެ މަންމަ ނިހާ އަށްޓަކައި ނިހާއަށް އެންމެ މީރު ކެއުން ކަމުގައިވާ ރިހާކުރާއި، ބަތާއި، ފަތާއި، ވަޅޯމަހާއި، މިރުސް އަދި ލުބޯ ތައްޔާރުކޮށްފައި ހުއްޓެވެ. ނިހާ އޭނާގެ މައިދައިތަ ގޮވައިގެން ބަދިގޭގައި ލޯބިވާ ކުޑަ އާއިލާއާއިއެކު ކެއުމަށް އިންސާފުކުރަންފެށިއެވެ.

ނިހާގެ މަންމަ ” ލީނާ! އަހަރެންގެ ދަރި ފުޅާތެރޭ ދެކެނީ ކިހިނެއް؟ މިބުނީ ދަނބިދަރި ރަނގަޅުހޭ؟.

ލީނާ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން “ލައްބަ ، ވަރަށް އޯގާތެރި. އަހަރެންގެ ދަރިފުޅަށް ތިޔަފަދަ މާތް އަޚުލާގުގެ ކުއްޖެއް ލިބުނީތީ ހެއްދެވި ފަރާތަށް ޝުކުރުކުރަން”

ނިހާގެ ބައްޕަވެސް ވަރަށް އުފާވިއެވެ.

ނިހާއަށް ހުރެވެނީ އަބަދުވެސް ގެއިން ނުކުމެވޭނެ ގޮތެއް ނުވެގެންނެވެ. ނަސީބު ކަންދިމާކުރިގޮތުން ޒީނާ އުޅެނީ ބަލިވެއެވެ. ޒީނާ އަށް ގޮވާލުމަށްޓަކައި ނިހާ މަންމަމެން ގާތުގައި ބުނެލާފައި ލީނާ ގޮވައިގެން ޒީނާ ގާތަށް ދިޔައެވެ. ކޮންމެއަކަސް ދާހާ ތަނަކަށް ލީނާ ގެންދިއުމަށް ހާޝިމް ވަނީ އެދިފައެވެ. ދެވަނަ ފަހަރަށް ލޯބިވާ އަބިމީހާ ނިހާ ގެއްލޭކަށް ހާޝިމް ބޭނުމެއްނުވިއެވެ. ތެދުތެދަށް ބުނަނީނަމަ މިދަތުރާ ދޭތެރޭ އެއްވެސް ވަރަކަށް ހާޝިމް ހިތްހަމައެއްނުޖެހެއެވެ. ސަބަބަކީ ހާޝިމަށް މިދަތުރުގައި ބައިވެރި ނުވެވޭތީއެވެ. އަދި އެއްފަސްގަނޑަކަށް ދެލޯބިވެރިން ހާޒިރުކުރުވަން ބޭނުންނުވާތީއެވެ. ނަމަވެސް ނިހާ ދާހިތްވާލެއް ބޮޑުކަމުން މަންމަ އާއި އެކު ފޮނުވާލީއެވެ.

ޒީނާ އުޅެނީ ރޯގާ ޖެހިގެންނެވެ. އޭނާ މާބޮޑަކަށް ބައްޔެއްނޫނެވެ. ކުޑައިރުކޮޅަކު ޒީނާ ގާތުގައި ހުރެލާފައި ނިހާ އާއި ލީނާ މިސްރާބުޖެހީ ގެއަށް ދާށެވެ. ނަމަވެސް މި ފުރުސަތު ގެއްލުވާލާކަށް ނިހާ ބޭނުމެއްނުވިއެވެ. އެހެންކަމުން ރުންކުރު ގޮތަކަށް ނިހާ ލީނާ އާއި މުޚާޠަބު ކުރިއެވެ. ” މަންމާ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭނެ މިރަށު އަނެއް ކޮޅުގައި، އަޅުގަނޑު މާލޭގައި ހުއްޓާ އޭނާގެ މާމަ ނިޔާވެއްޖެ ” މައިދައިތަގެ ޖުމްލައިން ނިހާގެ ހިތް އުފަލުން ނަށަންފެށިއެވެ. ” އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.. ހިނގާ އަވަހަށް އެ މަންޖެގެ ހާލުބަލަން “. އެއީ މަންޖެއެއް ނޫންކަމަށް ބުނެފައި ނިހާ އާއި ލީނާ މިސްރާބުޖެހީ ރަށުގެ އަނެއްފަރާތަށްދިއުމަށެވެ.

ވަރަށް ރީތިކޮށް ހަދާފައިވާ ބޮޑުގެއެކެވެ. ގޭގެ ގޯތި އެހާމެ ބޮޑެވެ. ނަމަވެސް ދުވަހަކުވެސް މީހަކު އުޅެފައިނުވާ ވަރަށް ގޯތިތެރެވަނީ ހަޑިވެފައެވެ. ގަސްތަކުގެ ފަތްތަކުން ފުރިފައެވެ. ލީނާގެ ހިނގުމަށް ކުޑަވަރަކަށް ނަމަވެސް ހުއްޓުން އަރަމުންދެއެވެ. ކަނާތް ފަރާތުގައި ހުރި ބޮޑު މިދިލި ގަހަށް ބަލާލިއެވެ. އެ މިދިލި ގަހުގައި ވީރާނާވެފައިވާ އުނދޯންޔެއް ހަރުކުރެވިފައި ހުއްޓެވެ. ލީނާގެ މޫނުމައްޗަށް ދެތިން ރޫ އެރިގެންދިޔައެވެ. ނުދަންނަ ނަމަވެސް ދަންނަ ކަހަލަ އިހްސާސްތަކެކެވެ. އެ ބޮޑުމިދިލިގަހާއި އެ އުނދޯއްޔެވެ. ލީނާގެ ބޮލުގައި ކުޑަކޮށް ރިހޭ ގޮތްވިއެވެ. ނަމަވެސް ނިހާއާއެކު ފަހަތުންގޮސް އެގޭ މައިދޮރާ އަރާ ހަމަވިއެވެ. ބޮޑުގެއެކެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ” އައްސަލާމަލައިކުމް”. ގޭތެރޭގައި އިން ކުޑަކޮޓަރިގަނޑަކުން ސަލާމް ބަލައިގަތް އަޑުއިވުނެވެ. ނިހާގެ ހިތް ރޫރޫ އަޅައިގެންދިޔައެވެ. ކިތަންމެ އަހަރެއްވިއަސް އެ އަޑުނޯޅޭނެއެވެ. ހަމަ އެހެންމެ އެ އަޑުގައިވީ ފުން އަސަރުން ލީނާގެ ހިތަށްވެސް އާދަޔާ ޚިލާފް ހިތްދަތިކަމެއް އިހްސާސް ވިއެވެ. ނިހާއާއި ލީނާ އެ ކުޑަކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސަހަރޯއެވެ. އެއީ ކާކުހެއްޔެވެ. މީހާ ވަނީ ހިކިއަނަރޫފަވެފައެވެ. ލޯވަނީ ކުޑަވެފައެވެ. އެނދުގައި މުސްކުޅިއެއްހެން އޮތްމީހާފެނި އެދެމީހުންގެ ހިތަށްވެސް ރަހުމާއި ހަމްދަރުދީ އުފެދުނެވެ. އެއީ އާހިލްއެވެ. އެފަކީރަށްވެފައި އޮތްގޮތް ފެނުމުން އެ ދެމީހުންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އިންސާނިއްޔަތަށް ޓަކައިނަމަވެސް މި މަންޒަރު ފެނުނު ކޮންމެ މީހަކަށް ރޮވޭނެކަން ގައިމެވެ. އާހިލް ކަނީ ކޮންތާކުންބާއޭ ނިހާގެ ހިތަށް އެރިއެވެ. މުޅިގެ ވަނީ ފަޅުކޮށެވެ. އިތުރު މީހެއް ފެންނާކަށްނެތެވެ. ނިހާއަށް ލީނާ ގޮވައިގެން އެދުވަހު އެގެއަށް ދެވުނުކަމީ ނިހާގެ ވަރަށް ބޮޑު ނަސީބަކަށް ވެގެން ދިޔައެވެ. ކޮންމެ ދުވަހަކު އާހިލް އާއި ބައްދަލުވެއެވެ. ނިހާ ގެއިން ނުކުންނަނީ ޒީނާ ކައިރިޔަށޭ ބުނެފައެވެ. ތެދެކެވެ. ފުރަތަމަ ޒީނާ ގާތަށް ދެއެވެ. އޭރުން ލީނާ އަށް ޝައްކެއް ނުވާނެތާއެވެ. އެއަށްފަހު ޒީނާގެ ގެއިން ކާއެއްޗެހި ހިފައިގެން އެ ދެމައިން އާހިލްގެ ގެއަށް ދެއެވެ. ނޭނގިނަމަވެސް ލީނާގެ ހިތުގައި އާހިލްއާއި ދޭތެރޭ ވަރަށް ޚާއްސަ ލޯތްބެއް އުފެދުނެވެ. އެއީ ކޮންކަހަލަ ލޯތްބެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ލީނާގެ ދިރިއުޅުމުގައި ކުރިމަތިވެފައިވާ އެކަނިވެރިކަމުން އާހިލްގެ އެކަނިވެރިކަން އިހްސާސްވަނީބާއޭވެސް ހިތަށް އަރައެވެ. ނިހާ ނުބުންޏަސް އަބަދުވެސް ލީނާ އާހިލްގެ ވާހަކަ ދައްކައެވެ. ބައެއްފަހަރު ލީނާގެ ފިކުރު އެއްކަލަ ނިކަގަހާ އުނދޯއްޔާ ދިމާއަށްވެސް ދެއެވެ.

Comments (29)

  1. ushy

    5th vana part upload vegen dhaanee mi anna mahu 9 ge fahun kamah hithaama aaeku dhannavan. uhmeedhu kuran kehmadhu vefai namaves foohikameh nethi inthizaaru kurahvaane kamah .. hiyaal thah haamakurumah furusathu hulhuvifaivaakan hadhaan kohladhen ..

  2. ushy

    vaahaka adhi nunimey .. ethankolhu liyan hadhaan nethunee :-p

  3. Shahi

    oww intresting.. I guess leena ge dharieh kannengey Ahil aky .. well will be waiting for the next part 🙂

  4. maasha

    wow v interesting what will happen next :]

  5. Maash

    Nahu…. great work… v interesting… waiting for the 5th part

  6. Maash

    Nahu…. great work… v interesting… waiting for the 5th part

  7. leen

    paragraph nukoh hunnrthy kiyan varah udhangooo

  8. maikshal

    woah!!!!! yuh are a awesome writer

    1. ushy
      maikshal

      hmm dhw ekm avahah before friday up kuran hadhain ei..dhenfaharakun ebai ragalhukohlaanah igey leen 🙂 thanx for the comment all

  9. pixie

    🙂 ………..nice

  10. isse

    Salhi

  11. SAM

    maash allah.. reethikamaa eve. manje v faadukiun thakah visnan dhw?????? cox e bunaa kanthah aneh part ga ragalhu kohfa hunnanneee. love to read.. next time paragraphing igey

  12. Nazim

    … Mifaharu dhen bunaane ithuru ehcheh oiy kamakah nufene.. part 6 avas kolla dheyshey bunun fiyavaaeh ehen v ma 6 avahah up kollaa.. test nimunu haa avahakah up kuraane kamah mi balanee…

  13. Thoha

    Leen buni hen paragraph kohlaifa hurihya varah furihama vaane… hehe..
    Adhives vaahaka therey kiyunthering ge hi’hthah adhi bodah kehmadhukohlevihjehyaa varah salhivaane… mihaaru ves eba inthizaaru kurevey dhen anna bayakah :p good work ushy

  14. ushy

    thankiu all. thihurihaa kamakah balaanan next part up kraairu… do wait till next month 9th.. adhi vaahaka othee hama kuriah ..mees meehunge sihruthah faalhuve adi konumaa aniyaa aa harukashikamaa hithi thajuribaathahkaa rahumeh neh athun dhey hoonu aniyaa… mikamah insaaf gaaimu ve dhaagoi …kihineh egenee kaakah tho insaaf ho dha dhevunee??????? letx wait with a patient heart <3 <3 <3

  15. amal

    …nahu this story is so beautiful
    Eagerly waiting for the next part
    :)Best of luck for ur exams

  16. shaph

    w w reethi mi story .MASHA ALLAH . waitting 4 the next part

  17. hamyx

    U r malti talented

  18. ushy

    thanks ..but y did u said so ? 🙂

  19. Mxm

    waiting …

  20. hasanu

    ތިއޮއް ފޮޓޮއެއް ދޯ؟ ވޯޓަރމާރކް ކޮށް ކޮށް ހަލާކުވެފައެއްނު ތި އޮތީ!

    1. ushy
      hasanu

      so ? 🙂

  21. meem

    kobaa 05th vana part..

  22. ushy

    vaahaka las v aathee v bodah maafah edhen . alhugaduge haalathu hurigothun mivarah las vegen dhaavaahaka bunan. namaves mi anna hafthaa feshumuge kurin upload kureveythaw masah kai kuraavaahakaves nangannan

  23. ushy

    ehves haalathehgai mi vaahaka liyun huhtaaleekee noon. baeh kudhin ehen dhekefaane. namaves kanthah dhimaa vaa gothun up nukohdhevigen miulhenee. vee haa ves avahakah kohdheynan

  24. ushy

    mivaahakaige 5 vana bain fe Shigen mi website ah upload vegen nudhaane vaahaka hurihaakudhinge mauloomaathahtakaa dhannanavan. namaves mivaahaka liun huhtaalee kee nooneve mi vaahakaige dhen huribawi varaSq wavahah walhugaduge amihla website akah up vegen dhaane vaahaka hurihaa kiun theringe mauloomaathahtakai dhannavan .
    .

  25. me

    nice dhan hama

  26. none

    dhn mi stry kiyeyne ethuru gotheh neh tha?ushy!!!!

  27. testing carried

    salhi…. to short ekam.. up kurachey

Comments are closed.