Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ…( ހަވަނަ ބައި)

writer Level 310 Stories100 Comments
October 8, 2014 2 Mins Read
5 Comments

ލައުހާގޮސް ޑްރެސިން ޓޭބަލްގެ ވަތްގަނޑު ހުޅުވާލައި ސިޓީ އުރައެއް ނެނގިއެވެ..ލައުހާ އެ ސިޓީ ލުހުޝާންގެ އަތަށް ދިނެވެ… ” ހަދާންވޭތަ އެރޭ އަަހަރެން ލުހުޝާން ކައިރީ ވާހަކައައެއް ބުނަން ބޭނުންވިކަން… ތިއީ އަަހަރެން ބުނަން އުޅުނު ވާހަކަ އަކީ…”

ލުހުޝާން އެސިޓީ އުރަ ކެނޑުމަށް ފަހު އޭގައިވާ ލިޔުމަށް ބެލިއެވެ… ކޮންމެވެސް ކަހަލަ ރިޕޯޓެކެވެ..އޭގައި އޮތް އެއްޗެއް ފެނުމުން ލުހުޝާން ގަނޑުވި ކަހަލައެވެ…އެއްފަހަރު ލައުހާގެ މޫނަށް އަނެއް ފަހަރު  އެ ރިޕޯޓަށް ބަލަމުން ދިޔައީ  މިއީ ހުވަފެނެއް ބާއޭ ހިތަށް  އަރާތީއެވެ…

“ޕޮސިޓިވް” އެ އިބާރަތް ކޮޅު އެތަށް ފަހަރަކު ކިޔާލެވުނެވެ…

” އަހަރެން ލުހުޝާންގެ ދަރިއަކަށް ބަނޑުބޮޑު…” ލައުހާ މިހެން ބުނި އިރު ލައުހާގެ އަޑުގައިވެސް ވަނީ  މަޑުމައިތިރި ކަމެވެ…”އެކަމަކު ލުހުޝާން ހާސްނުވޭ… އަހަރެންގެ މިދަރިފުޅާ ހުރެ ލުހުޝާން އަށް އެއްވެސް ބުރަކަމެއް ނުޖައްސާނަން…” ލައުހާ ދުވެފައިކަހަލަ ގޮތަކަށް ބޭރަށް ނިކުންނަށް ދިޔައެވެ… ލުހުޝާން އަށް ހުރެވުނީ ބަލަހައްޓައިގެން ނެވެ… އެއްވެސް ހަރަކާތެއް ނެތިފައެވެ…

ތަޤްދީރު މިކުޅެނީ ކޮންފަދަ ކުޅިވަރެއް ހެއްޔެވެ؟.. ލުހުޝާން އަށް ފުރަތަމަ ފަހަރަށް ނިންމި ނިންމުމާއިމެދު ވިސްނާލެވުނެވެ…ތެދެކެވެ..މިއަދު ލައުހާގެ ގައިގައި އަތްލުމުގެ ހައްޤެއް ވަކި ލުހުޝާން އަށްވެސް ނެތެވެ…ލައުހާ އާއި މެދު އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަށް ޤަބޫލުކުރެވުނީތީވެސް މޮޔަހީވެއެވެ..އެކަމަކު އެއީ ހަޤީޤަތަކަށް ނުވެ ހިނގައިދާނެ ހެއްޔެވެ… ލައުހާ އަށް އެފޮޓޯތަށް ފެނުމުން އެހާ ރުޅިގަދަވީވެސް އޭގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިފައި އޮތީމައެވެ… އެހެން ނޫނީ ލައުހާ އަކީ އެހާ ރުޅިގަދަކޮށް ވާހަކަ ދެއްކާ  މީހެއްވެސް ނޫނެވެ…އެހެނަސް ލައުހާ އާއި މެދު އެގޮތަށް ކަންތައްވެދިޔައީ ހުދު ލުހުޝާންގެ އިހްމާލުން ބާވައޭވެސް ހިތަށް އަރަމުންދިޔައެވެ…ލައުހާ އެގޮތަށް ކަންތައް ކުރުމުންވެސް ލައުހާ  ދެކެ ނަފްރަތުކުރަން ދަތިވަނީ ކީއްވެ ހެއްޔެވެ..؟ ލައުހާއަށް ދިމާވި އެންމެ ހާދިސާއަކުން އެހިތްތަށް އެވަރަށް އަސަރުކުރީ ކީއްވެ ހެއްޔެވެ.؟ ލުހުޝާންގެ ހިތަށް ވެރިވަމުންދިޔަ ސުވާލުތަކުން ލުހުޝާންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ… ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓައިލިއެވެ… އަޑެއް ކިޔައިފިއްޔާ ރެދެއްލާނެ އޭ ބުނާތީވެސް އަހަމެވެ.. އެހެންވީމާ ލައުހާ ކިޔައިގެން އެފެނުނު ފޮޓޯތަކުގަަެއިވެސް ކޮންމެވެސް ވަރެއްގެ ހަޤީޤަތެއްވާނެއެވެ… ނޫނެކެވެ..ކުށްވެރިއަކީ ލައުހާއެވެ… ލައުހާ އަހަންނަށް އޮޅުވައިލީއެވެ… ލުހުޝާންގެ  ހިތުގައި އަނެއްކާވެސް ނަފްރަތުގެ އަލިފާން ރޯވަމުން ދިޔައެވެ… އެފަދަ ގޮތަކަށް ހިލޭ ފިރިހެނުންގެ ތަންމަތި ފަޅުފިލުވަައިދިން އަންހެނަކަށް އެވީގޮތް އަދި ކުޑައެވެ..އެފަދަ މީހާކަށް އެއީމާބޮޑޫ ކަމަކަށް ނުވާނެއެވެ…

ލުހުޝާން ޖީބުގައި އޮތްފޯނު ނަގައި އޭގެ ފިތްތަކަށް ރުޅިވެރިކަމާއި އެކު ޑައިލްކުރަން ފެށިއެވެ…

“މާފް ކުރައްވާ..ތިޔަ ގުުޅުއްވި ނަންބަރުން މިވަގުތު   ޖަވާބެއް ނުދޭ ފަހުން ގުޅުއްވާލައްވާ..” އެފަރާތުން ފޯނަށް ޖަވާބެއް ނުދެއެވެ..އަނެއްކާވެސް ލުހުޝާން ހަމަ އެ ނަންބަރަށް ޑައިލް ކޮށްލިއެވެ…ފޯން ރިންގް ވުމަށްފަހު އަނެއްކާވެސް ވީ އެހެންނެވެ… ތިން ވަނަފަހަރަށް އެ ނަންބަރަށް ގުޅާލުމުން މިފަހަރު އެ ފޯނަށް ޖަވާބު ދީފިއެވެ…އެފަރާތުން ވާހަކަ ދައްކަމުން ދިޔައީ ލަައުހާއެވެ… ވައިގެއަޑާއި ދުއްވާ އެއްޗެހީގެއަޑުން އެ ހުރީ މަގުމަތީގައި ކަން ލުހުޝާން އަށް އެނގުމެވެ..” ހެލޯ”  ލައުހާގެ އަޑުގައި ވަނީ ތުރުތުރު އެޅުމެކެވެ..ގިނައިރުރުއިމުގެ ސަބަބުންނެވެ..

“ލައުހާ…ހޭހެހެއްހޭ.. ކަލޭ ހީކުރީ އަހަރެން ކުރިމަތީ ރޮއެފަ އެގޮތަށް އެކްޓް ޖެއްސީމަ އަހަރެން ކަލޭ ފަހަތުން އަންނާނެ ކަމަށްތަ…ހެހެއްހެހއް..” އެފަރާތުން އިވެނީ ލުހުޝާންގެ މަލަމާތުގެ އަޑެވެ..

” ލުހުޝާން އަހަރެން…” ލައުހާ އަށް ބުނެވުނީ މިހިސާބަށެވެ.. ދެންވެސް ވާހަކަ ދައްކަން ފެށީ ލުހުޝާން އެވެ..

” ކުޑަ އިރުކޮޅަކަށް ނަމަވެސް ތި މަކަރުގައި  ޖެހުނު…އެެެހެނަސް އަހަރެންގެ ނަސީބު ވިސްނުނުކަން…” ލުހުޝާން އެއްވެސް ޖެހިލުމެއްނެތި ވާހަކަދައްކަމުން ދިޔައެވެ…” ބުނަން…ކަލެއަށް  އެވީ ހަމަ ވާންވީ ގޮތަށް… އެއަށް ވުރެވެސް ނުބައި ގޮތެއް ވީނަމަ ރަގަޅީ…” ލައުހާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ…

” އަހަންނަށް ޝައްކު ކަލޭ ބަޑުގައި އޮތީ އަހަރެންގެ ދަރިއެކޭ… އަހަރެން ނެތީސް ބޭނުން ގޮތަކަށް އުޅުނު މީހެއް ނޭނގެ އަހަރެން ކައިރީ ހުރި އިރު ކިހިނެތް ކަމެއް އުޅުނީ…. ހުރި ގޮތްކުޑަަކަން ބަލާބަ… އަދި ބުނެފިއެއްނު އަހަރެންގެ ދަރިއެކޭ…” ލުހުޝާން ފޯނު ކުޑަދޮރާދިމާލަށް އެއްލާލިއެވެ.. ފާރުގައި ޖެހިފައި ބިންމައްޗަށް ވެއްޓި ބައިތަށް ވަކިވަކި ވެއްޖެއެވެ…

………………………………………………………………………………………………………..

ލައުހާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ… ޖެހި ބުދެއްހެން މަގުގެމެދެއްހާ ހިސާބުގައި ހުރިއިރު ރުޅިވެރިކަމާއިއެކު މީހުން ދުރަށް ޖެހޭށޭ ބުނާ އަޑު އަޑެއް ވެސް ނީވޭ ކަހަލައެވެ… އެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަފައިބަމުން ދިޔައިރު އިވެމުން ދިޔައީ ދެންމެ ލުހުޝާންބުނި ޖުމްލައެވެ…

ލައުހާ އަށް ހޭވެރިކަންވީ ކާރެއް ކައިރިން ބްރޭކް ޖައްސާލި އަޑަށެވެ..ލައުުހާ އަށް ބަލާލެވުނީ ރުޅިވެރިކަމާއިއެކު ކާރުން ފައިބައިގެންް ކުދޮ ކިޔަމުން އަންނަ ޒުވާނާއަށެވެ… ދެމީހުންވެސް ހަތަރު ކަޅި ހަމަވުމުން ހުއްޓުން އެރިކަހަލައެވެ… ” ލައުހާ” ހައިކަލް އަށް ބުނެވުނެވެ. “މިތާ މަގު މެދުގަ ކީއްތިކުރަނީ..މޮޔަވީތަ…” ލައުހާގެ ކޮޑުގައި ހިފައި ތަޅުވައިގަތުމުން  ލައުހާއަށް ވާނުވާ އެގެންފެށިއެވެ.. ހައިކަލް ގައިގައި ބައްދައިގަތެވެ..ރޮމުން ދިޔައިރު މަޑު ގިސްލުމެއްވެސް ލައުހާގެ ހުއްޓެވެ… ހައިކަލް އަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ…ހައިކަލް ލައުހާ ގަޔާ ދުރުކުރަން މަސައްކަތްކުރިއެވެ..މަގުމައްޗަށް ވެފައި މީހުންގެ ލޯތަށް އަމާޒުވަމުން ދާތީވެސް މެއެވެ..އެހެނަސް ލައުހާ ވެއްޓެއް ދިޔަހެން ހީވެގެން  ހައިކަލް ބަލާލިއިރު ލައުހަގެ ވަނީ ދެލޯމެރޮފައެވެ… “ލައުހާ… ލައުހާ..” ހައިކަލް ހާސްވެފައި ލަައުހާއަށް ގޮވަމުން ދިޔައެވެ…”.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

ޔާރާއޭ
Previous

ޔާރާއޭ… (ފަސް ވަނަ ބައި)

އެލީޝާ
Next

ެއެލީޝާ 3 ވަނަބައި

Next
އެލީޝާ
October 9, 2014

ެއެލީޝާ 3 ވަނަބައި

Previews
October 8, 2014

ޔާރާއޭ… (ފަސް ވަނަ ބައި)

ޔާރާއޭ

5 Comments!

  1. ސަލް says:
    October 9, 2014 at 10:25 am

    ވ ރީތި. އެކަމަކު ހާދަ ކުރޭ

  2. look says:
    October 9, 2014 at 11:28 am

    Vvvv reethi mibaives. Nxt part kiyaahithun………..waiting waiting….

  3. Jerry says:
    October 9, 2014 at 2:00 pm

    haaadha kurey… !!! story vvv salhi.. 🙂

  4. lily says:
    October 9, 2014 at 9:59 pm

    Mives dhen parten tha..eha avas avahah up kohfa iny emme parteh thin bayah bahafa…varah foohi..

  5. Ezoo says:
    March 7, 2015 at 7:51 pm

    mi bai ves reethi ^_^

Comments are closed.


All Right Reserved!