Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން…( ފުރަތަމަ ބައި)

izza
October 13, 2014
3 Mins Read
13 Comments

ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ވަނީ ބޯ ވިއްސާރަ ވިލާތަކުން ބެދިފައެވެ. އިރުއިރުކޮޅުން ކެރީގެ އަސަރު ބިމަށް ފޯރައެވެ. ދަންވަރުގެ ހަމަމަހިމޭން ވަގުތު ކަމުން އެއްވެސް ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ. އައްޑު އަތޮޅު ހިތަދޫގައި މީހުން ނޫޅޭ ހިސާބު ދުރުގައި ރީތި ގޮތަކަށް ހަދާފައި ހުރި ކުޑަ ކޮޓަރިގަނޑެއް ފާޑު ތަނެކެވެ. އެ ކޮޓަރިގަނޑު ހުރި ހިސާބުގަނޑުގައި ވަނީ ބިޔަ ރުއްގަސްތަކެވެ. ޖެހޭ ގަދަ ވަޔާއެކު އެރުއްގަސްތައް ހީވަނީ ބިމުން ލުހެލަފާނެހެންނެވެ. ކަޅުފޮއި އަނދިރި ވިއްސާރަ ރެއެއްކަމުން މުޅި އެހިސާބުގަނޑު އޮތީ އަނދިރިކޮށެވެ. ދިއްލާފައި ހުރި ބޮތްކެއް ހޮޅިބުރިއެއްވެސް އެހިސާބުގަނޑަކު ނެތެވެ. ކިރިޔާވެސް ފެންނަންހުރި އަލިކަމަކީ އެކޮޓަރީގެ ކުޑަދޮރުން ބޭރަށް ފޭދިފައި ހުރި ނިދާ ބޮތްކެއްގެ ފަނޑު އަލިކަމެކެވެ. ކުޑަދޮރުގައި ހަރުކޮށްފައިވާ ބިއްލޫރި އަކީ ކަޅު ބިއްލޫރިއެއް ކަމުން ބޭރުން ކޮޓަރިތެރެ ފެންނަވަރެއް ނުވެއެވެ.
ކޮޓަރިތެރޭ ހުރި އެނދުގައި ނިދާފައި އެއޮތީ ކާކުކަމެއް ނޭގެއެވެ. ނިދާފައި އޮތީ މޫނު ވަތަށެވެ. އެނދުގެ ކައިރީ ބެހެއްޓިފައި ހުރި މޭޒުމަތީ އެމީހެއްގެ އައިނު އޮތެވެ. ނިދަންވެގެން އެތަނުގައި ބޭއްވިގޮތަށެވެ. މޭޒުމައްޗަށް ވަނީ އެއްޗެހިތައް އުކާލެވިފައެވެ. ދުވަހު ނޫސްތަކާ، ފާޑުފާޑުގެ މަޖައްލާތަކެވެ. ބޮއި ހުސްކޮށްފައިހުރި ދަޅުތަކާއި ފުޅިތަކެވެ. މޭޒުމަތިން ތަރުތީބެއް ނެތްކަމާ ފަރުވާކުޑަކަމުގެ ނިޝާންތައް ފެނުނު ކަމުގައި ވިޔަސް ކޮޓަރީގެ މައިދޮރާ ކުޑަދޮރު ވަނީ ރަގަޅަށް ލައްޕާ އެތެރެއިން ތަންޑު އަޅުވާފައެވެ.
އެނދުގައި ނިދާފައި އޮތް މީހާ ފުރޮޅިލިއެވެ. އެއީ އުމުރުން ފަންސަވީސް އަހަރުގެ ޝާހުއެވެ. އޭނާއަށް މީހެއްގެ ހިލަމެއް ވިހެން ހީވިކަހަލައެވެ. ސިއްސައިގެންގޮސް ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އޭނާއަށް ފެނުނީ ދޮރުމަތީ ފުރަގަސް ދީގެން ހުރި ކަޅު ހިޔަންޏެކެވެ. އެއީ ހަމަ ޔަޤީނުންވެސް ވައްކަން ކުރަން އައިސް އުޅޭ ވަގެއްކަން ޝާހުއަށް އެގުނެވެ. އެހެންކަމުން އޭނާ ފޯނުގެ އަތްގަނޑު ނަގައި ފުލުހުންނަށް ގުޅާލިއެވެ. ކުއްލިއަކަށް އެހިޔަނި ޝާހު އޮތް ދިމާއަށް އެބުރުނެވެ. އޭނާގެ ދެލޯ ބޮޑުވީ ފެނުނު ބިރުވެރި މަންޒަރުންނެވެ. ޝާހުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. މީހާ ބިރުން ތުރުތުރު ލައެވެ. ވާރޭ ކަނިތަކާއެކު ގަދައަށް ވައި ޖެހެމުން ދިޔައިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭނާއަށް އިތުރަށް އެންމެ ސިކުންތެއްވެސް ނުލިބުނެވެ. އަރުތެރޭން ނުކުން ގަދައަޑާއެކު މުޅި ހިސާބުގަނޑު ހިމޭންވިއެވެ.
މުޅިން އާ ދުވަހަކަށް އިރުއަރައިފިއެވެ. ރޭގައި ކުރި ވިއްސާރަވަނީ އަލިވެފައެވެ. އާދައިގެ މަތިން ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތުގައި ހޭލަމޭލަވެ އުޅެއެވެ. މަގުތަކަށް ބާރުބޮޑުވެގެން އެއުޅެނީ ސްކޫލަށް ދާކުދިންނާއި އޮފީސްތަކަށް ދާ މީހުންނާއި ދުއްވާއެއްޗެހިންނެވެ. މަގުގައި ހިނގާބިނގާވެ އުޅުން މީހުންނާއި ދުއްވާއެއްޗެހި ދުއްވަމުން ދިޔަ މީހުންގެ ސަމާލުކަން ހުއްޓިފައިވަނީ މާ ހެނދުނަކާ ސައިރެން އަޅަމުން އައި ފޮލިސް ޖިޕާ ދިމާއަށެވެ. ކޮންމެ މީހަކަށްވެސް އެދިމާއަށް ބަލަން ހުރެވުނީ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަމުގެ އިޝާރާތެއް ވެގެންނެވެ.
ފޮލިސް ޖިޕުގައި އައި ފޮރެންސިކް ޓީމްގެ މެމްބަރުން ކޮޓަރިތެރެއަށް ވަނެވެ. ޓީމުގެ އެންމެންވެސް ކޮޓަރިތެރެ ހޯދާ ބަލަމުން ދިޔައީ އެއްވެސް ހެއްކެއް ފެނޭތޯއެވެ. އިރުކޮޅަކުން ދުއްވާފައި އައި ސައިކަލެއްގެ އަޑު އިވުނެވެ. އެންމެންނަށް އެއްފަހަރާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލެވުނީ މީހަކު އަނގައިން ބުނި އަޑަށެވެ. ” ކޮބާ ހަށިގަނޑު؟” ކޮޓަރީގެ ދޮރުމަތީ ހުރީ ޑިޓެކްޓިވް މުހައްމަދު ލަޔާލްއެވެ. އިސްކޮޅުން ދިގުވެފައި ހަމުގެ ކުލަ އައްޔެވެ. ކަޅު ފަޓްލޫނަކާއި ހުދު އަތްދިގު ގަމީހެއްލައި ބެގީކޮށްފައި ހުރިއިރު ޝާހީގޮތެއް ހުއްޓެވެ. ” ސަރ. މިއޮތީ” ޓީމްގެ މެމްބަރަކު އެނދާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ލާޔާލް އެނދާ ކައިރިއަށް ޖެހިލިއެވެ. ޝާހުގެ މުޅި ހަށިގަނޑާއި ބެޑްޝީޓު ވަނީ ލެއިން ތަތްތެޅިފައެވެ. އެނދުމަތީ އަޅާފައި އޮތް ބެޑުޝީޓުގެ ބޮޑު ބައެއް ވަނީ ކެހިފައެވެ. އޭނާ މަރަށް ތެޅިފައިވާ މިންވަރު އެއިން ދޭހަވެއެވެ. ފޯނުގެ އަތްގަނޑުވެސް އޮތީ އެލިފައެވެ.
ލަޔާލް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނާގެ ޓީމްގެ މެމްބަރުން އެއްޗެއް ފެނޭތޯ ތަންތަން ގުއްޑަމުން ދިޔައެވެ. އެކަކު ޝާހުގެ ހަށިގަނޑު ފޮޓޯ ނަގަމުން ދިޔައެވެ. ” އެއްވެސް އެއްޗަކުން އިނގިލީގެ ނިޝާން ފެނިއްޖެތަ؟” ލަޔާން ޓީމުކުރެން އަހާލިއެވެ.” ނޫން ސަރ. އަދި ނުފެނޭ” ޓީމުގެ ފަރާތުން ޖަވާބު ލިބުނެވެ. ކުއްލިއަކަށް ލަޔާލްގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ދޮރުގައި ހަރުކުރެވިފައިވާ ތަޅަށެވެ. ތަޅު ވަނީ ހަލާކުކޮށްލާފައެވެ. ” އެމީހަކު ވަދެފައި އެވަނީ ދޮރު ހަލާކުކޮށްލައިގެން” ލަޔާލް އެދިމާއަށް ބަލަން ހުރެ ބުންޏެއެވެ. ” ނޫން ސަރ. ދޮރު ހަލާކުކޮށްލީ އަޅުގަނޑު… އަޅުގަނޑުމެން އައި އިރު ކޮޓަރީގެ ދޮރު ހުރީ އެތެރެއިން ތަޅުލައިފަ. ވަދެވޭނެ އިތުރު ގޮތެއް ނެތުމުން އަޅުގަނޑުމެން ތަޅުހަލާކުކޮށްލީ” ޓީމްގެ މެމްބަރެއްކަމުގައިވާ ޒުހުރީ ބުންޏެވެ. ލަޔާލްއަށް ހީވީ ކުށްހީއެކެވެ. ކޮޓަރީގެ ކުޑަދޮރު ކައިރިއަށް އޭނާ ޖެހިލިއެވެ. ކުޑަދޮރުވެސް ވަނީ ލައްޕާ އެތެރެއިން ތަންޑު އަޅުވާފައެވެ. ” އެކަމަކު ދޮރުތައް ލައްޕާ އެތެރެއިން ތަންޑު އަޅުވާފައި ހުރިއިރު ކިހިނެއް އެމީހަކު އެތެރެއަށް ވަނީ؟” ލަޔާލްއަށް އަހާލެވުނެވެ. ކޮޓަރީގައި ތިބި އެންމެން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އެއިން އެކަކަށްވެސް އެސުވާލުގެ ޖަވާބެއް ނޭގެއެވެ. ” ސަރ.އަޅުގަނޑު ހިތަށް އަރާ އެމީހާ ނުކުތީވެސް ކިހިނަކުން ބާވައޭ؟” ޒުހުރީ ވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ. ތެދެކެވެ. އެމީހަކު ނުކުތް ގޮތެއްވެސް އޮންނަންވާނެއެވެ. ކޮޓަރިއަށް ވަދެ ނުކުމެ ހަދަން ހުރި ދޮރާ ކުޑަ ދޮރު ފިޔަވާ އެތަނުން ނުކުމެވެން އިތުރު ގޮތެއްނެތެވެ. އެހެނަސް އެދެދޮރުވެސް ހުރީ ލައްޕާ އެތެރެއިން ތަންޑު އަޅުވާފައެވެ. ވީއިރު އެމީހަކު ކޮޓަރިއަށް ވަދެ ނިކުތީ ކިހިނަކުން ބާވައެވެ؟

ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ ޓީމްގެ މެމްބަރަކު އެނދު ކައިރީ ތަޅުންމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ނަގާ ދައްކާލުމުންނެވެ. ” އިސްތަށި؟” އެންމެންނަށްވެސް އެއްފަހަރާ އަހާލެވުނެވެ.” އަވަހަށް ތީތިކޮޅު ލެބަށް ފޮނުވާ.” ލަޔާލް އިރުޝާދު ދިނެވެ. އެއަށްފަހު އޭނާ ނުކުތީ ބޭރަށެވެ. ބޭރަށް ނުކުމެ ކޮޓަރި ހުރިހިސާބު ހޯދަނިކޮށް އޭނާގެ ނޭފަތުގައި ޖެހުނީ ނުބައި ވަހެކެވެ. އެވަސްއަންނަ ދިމާއަށް އޭނާ ދިޔައެވެ. ވަސްގަނޑުއައީ ގޭގެ އަނެއްފަރާތުގައި ހެދިފައި ހުރި ވިނަގަސްތަކުގެ ތެރޭންނެވެ. ގަސްތަކާ ކައިރިވަމުން ދިޔަ ވަރަކަށް އެވަސް އައީ ގަދަވަމުންނެވެ. ގަސްތައް ފޭކޮށްލުމަށްފަހު އޭނާ ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. ގަސްތައް ފޭކޮށްލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކުނިވެފައި އޮތް ކަޅުބުޅަލެކެވެ. ވަގުތުން އޭނާގެ ޓީމަށް ގޮވާގެނެސް ވަޅެއް ކޮނެފައި އެބުޅާ ވަޅުލިއެވެ.
– ނުނިމޭ –

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

izza

Other Articles

އެލީޝަ
Previous

އެލީޝާ (4 ވަނަބައި)

Next

ރަނާ

Next
October 13, 2014

ރަނާ

Previews
October 12, 2014

އެލީޝާ (4 ވަނަބައި)

އެލީޝަ

13 Comments

  1. lynn says:
    October 13, 2014 at 1:53 pm

    Hyvany v salhi varnehen..anywayz kyp it up!!

  2. isha says:
    October 13, 2014 at 3:33 pm

    Feshun rythi. . Vaahaka vess vrh v rythi vaane hen hyvany. . Avahah up kollahchey aneh bai. . Gud work.

  3. shuhaa says:
    October 13, 2014 at 8:49 pm

    hyvanyyyy chalhi vaane hen

  4. M. Shifza says:
    October 13, 2014 at 10:32 pm

    Thedheh. heevanee vvv reethi vaane hen. also biruveri vaahaka v interesting.

  5. aishree says:
    October 13, 2014 at 10:33 pm

    Nyc starting..waiting for the next..

  6. Nabee says:
    October 14, 2014 at 1:26 am

    Feshun vvvvvv reethi. Mi story vvv reethi vaane hen heevani.

  7. safoora says:
    October 14, 2014 at 2:05 am

    feshun vara nyc….. v v intrestin… waitng 4 the next….

  8. koo says:
    October 14, 2014 at 10:19 am

    v rythi vaanehen hyvany……. waiting 4 next part

  9. izza says:
    October 14, 2014 at 11:56 am

    than u all….v avahah next part upload kuraanan..inshallah..thiya beyfulhunge binaa kuruvani faadu kiyunthakah alhugandu maruhabaa kiyan…

  10. Eve says:
    October 14, 2014 at 1:14 pm

    Heevanee v reethi vaanehen… kommeves komeves gavaidhun part thah up kureveytho balaathi vaahaka nimen dhekah…best of luckk

  11. rimko says:
    October 15, 2014 at 1:19 pm

    v salhi

  12. Naail says:
    February 7, 2015 at 6:43 am

    v salhi vaanehen hyvany………………………….:) 🙂 🙂

  13. alma says:
    June 2, 2015 at 10:21 pm

    nice………………………

Comments are closed.

All Right Reserved!