Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝާ
ލޯބި

ެއެލީޝާ 3 ވަނަބައި

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 9, 2014 5 Mins Read
6 Comments

ތާރާ ދޮރު ހުޅުވާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ތާރާ ފައިކައިރީގަ ތިއޮތީ މާބޮނޑިއެއް…” އަލްޝާ މިހެން ބުނުމުން ތާރާ ގުދުވެ މާބޮނޑި ނަގާ ދޮރު ލެއްޕިއެވެ. “މީ ޔަގީނުންވެސް އެލީ ދޮންތައަށް އައި ހަދިޔާއެއް..” އެލީޝާ އަތަށް މާބޮނޑި ދެމުން ތާރާ ބުނެލިއެވެ. އެލީޝާ މާބޮނޑީގައި ހިފިއެވެ. “ކާކު ފޮނުވި އެއްޗެއްބާ..؟؟” ” މާބޮނޑިތެރޭގައި އެބައޮތް ކުޑަކަރުދާސްކޮޅެއް…” ތަހާނީ މިހެން ބުނުމުން އެލީޝާ އެ ނޯޓްކޮޅު ނަގާ ކިޔާލިއެވެ. ” ހެޕީ ބާތު ޑޭ ލީޝް… ލަވް އެމް…” ” ލީޝް…. އެމް..” އެލީޝާ ވިސްނާލިއެވެ. “މިއުވާން…” މިނަން ކިޔުމާއިއެކު އެލީޝާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “މިއުވާން ނޫން އެހެން މީހަކު އަހަންނަށް ލީޝް އެއް ނުކިޔާނެ… އަނެއްކާ މީ މިއުވާނުގެ ކަމެއްބާ…” އެލީޝާގެ ހިތަށް އެރި އެއްޗަކުން ހިނިތުންވެލުމަށްފަހު ފޯން ނަގައި ކުރީރޭ މެސެޖް ކުރި ނަމްބަރަށް ގުޅާލިއެވެ. ދެފަހަރަކު ރިންގް ވުމާއިއެކު އެކޮޅުން ފޯންނެގިއެވެ. “ހެލޯ.. ލީޝް…” އެކޮޅުން ގޮވާލިއެވެ. އެލީޝާއަށް ޔަގީންވިއެވެ. އެއީ މިއުވާނުގެ އަޑެވެ. އެއަޑަކީ ދުވަހަކުވެސް އެލީޝާއަށް އޮޅޭނެ އަޑެއް ނޫނެވެ. “މިއުވާން… ކޮންތާކު ތިއުޅެނީ..؟؟ ކީއްވެ ފިލައިގެން ތި އެޅެނީ…؟؟” އެލީޝާ ޝަކުވާ ކޮށްލިއެވެ. “ލީޝް.. ގޭގެ ދޮރު ހުޅުވާލަބަލަ….” މިހެން ބުނުމަށްފަހު މިއުވާން ފޯން ކަނޑާލިއެވެ. ދުވެފާކަހަލަ ގޮތަކަށްގޮސް އެލީޝާ ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ.
ގޭގެ ކުރިމަތީގައި ހުރި ގޭގެ ފާރުގައި އެއްފައިވިއްދާލައިގެން ދެއަތް ޖީންސްގެ ދެޖީބަށް ޖަހާލައިގެން އެހުރީ މިއުވާންއެވެ. ނަމަވެސް އެއީ ކުރީގެ މިއުވާނެއް ނޫނެވެ. އޭނާއަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭރަށްވުރެ ދިގުވެފައި ހަށިގަނޑުވެސް ވަރުގަދައެވެ. އަބަދުވެސް ކުރުކޮށް ކޮށާފައި ހުންނަ އިސްތަށިގަނޑުވަނީ ރީތިވަރަކަށް ދިގުކޮށް ކޮޅަށް ނަގާލާފައެވެ. ކުރުކޮށް ކޮށާލާފައި ހުރި ތުނބުޅިއާއި މަތިމަހުގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. “ލީޝް…” ގޭގެ ދޮރުހުޅުވިގޮތަށް މިއުވާންއަށް ބަލަހައްޓައިގެން ގެއްލިފައިހުރި އެލީޝާ ސިހިގެން ދިޔައީ މިއުވާން ގޮވާލުމުންނެވެ. އެލީޝާ އަވަސްއަވަހަށް މިއުވާންގެ ގާތަށް ދިޔައެވެ. ވަގުތަކީ މެންދަމުގެ ވަގުތު ކަމުން އެދެމީހުން ފިޔަވައި އިތުރުމީހަކު މަގުމަތިން ފެންނާކަށް ނެތެވެ. “މިއުވާން.. ކޮންއިރަކު ރަށަށްއައީ..؟؟ އަންގާވެސް ނުލަ… އިނާވެސް ނުބުނެ މިއުވާން އައިވާހަކައެއް… އެންމެންނާ ފިލައިގެންދޯ ތިއުޅެނީ…” އެލީޝާގެ އަޑުގައިވަނީ އުފާވެރިކަމެވެ. “ލީޝްއަށް އަހަރެންގެ ނޯޓް ފުރަތަމަ ލިބުން ދަވަހު އަހަރެން ރަށަށްއައީ.. އަހަރެން މިކޮޅުގަ އުޅޭކަން އިނާއަށްވެސް އަދި ތަހާނީމެނަށްވެސް އެނގޭނެ.. އަހަރެން ބުނީ އެމީހުންގާތު ނުބުނާށޭ… ލީޝްއަށް ސަޕްރައިޒެއް ދޭންވެގެން..” “އެހެންވީމަ އަހަރެން ނޫން އެންމެންނަށްވެސް އެނގޭދޯ… ހާދަ ގޯހޭ…” މިއުވާންގެ ކޮނޑުގައި ޖަހާލަމުން އެލީޝާ ބުނެލިއެވެ. “ހޫމް.. އެހެން ދިމާވުމަށްވުރެ މިގޮތަށް ދިމާވީމަ މާ ހެޕީއެއް ނޫންތަ…؟؟” “ހޫމް… ތީ ތެދެއް… ވަރަށް ހެޕީވެފަ މިހުރީ… ބައި ދަ ވޭ ހާދަ ޗޭންޖް ވެއްޖޭ… ކޮބާތަ ސިއްރަކީ…؟؟” މިއުވާނުގެ ބޮލުންފެށިގެން ފަޔަށް ބަލާލަމުން ލާނެއްގޮތަކަށް ހެވިފާހުރެ އެލީޝާ އަހާލިއެވެ. ” ލީޝްވެސް ހާދަ ލާނެތޭދޯ މިހާރު… ދެން އަބަދު ހުންނަ އެއް ގޮތަކަށް ނުހުންނާނެއްނު… ލީޝްއަށް އަހަރެން އެންމެ ފަހުން ފެނުނީ އަހަރެންގެ އުމުރުން ސާދަ އަހަރުގަ.. މިހާރު އަހަންނަށް ތޭވީސް އަހަރުވެއްޖެ.. އެހެންވީމަ ބަދަލުވެސް އަންނާނެތާ… އެހެންނޫނަސް ބަދަލުއައީ އަހަރެން އެކަންޏަށްތަ…؟؟ ބަލާލަބަލަ ލީޝްއަށް… ހާދަ ލޯތްބޭ މިހާރު…” މިއުވާންގެ މިޖުމްލައިން އެލީޝާ ލަދުން އިސްޖަހާލިއެވެ. “ލީޝް…” އެލީޝާގެ ފިނިވެފައިވާ ދެއަތުގައި ހިފާލަމުން މިއުވާން ގޮވާލިއެވެ. އެލީޝާ އިސްއުފުލާ ބަލާލިއެވެ. “އަހަރެން ގަބޫލު ކުރަން ލީޝް ތީ އަހަރެންގެ ބެސްޓް ފުރެންޑްކަމަށް… އެކަމަކު އަހަރެންގެ ހިތް މިހާރު އެއްބަހެއްނުވޭ އެގޮތުގަ ހުންނާކަށް… ފާއިތުވި ނުވައަހަރު ތެރޭ އަހަންނާ ވަރަށް ގިނަ އަންހެންކުދިންނާ ދިމާވި… އެކަމަކު ލީޝް ނޫނީ އަހަރެންގެ ހިތްއެދޭ ކުއްޖަކާ ދިމައެއްނުވެ…. އަބަދުވެސް ހިޔާލު ކުރެވެނީ ލީޝްއާ ދޭތެރޭ… ލީޝް…. އަހަރެން ލީޝްދެކެ ވަރަށް ލޯބިވޭ… އަހަރެން ވަރަށް ބޭނުން ލީޝް…” އެލީޝާގެ ދެލޮލަށް ބަލަންހުރެ މިއުވާނު ވާހަކަ ދެއްކިއެވެ. އެލީޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިވިގެންދިޔަ ކޮންމެ ޖުމްލައަކީ މިއުވާނުގެ ދުލުން ނިކުތް ޖުމްލަތަކެއް ކަމުގައިވީ ނަމަވެސް އެއީ ހަމަ އެލީޝާގެވެސް ހިތުގެ އަޑެވެ. “ލީޝް ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ…؟؟؟” އެލީޝާގެ ދެއަތަށް ފިތާލަމުން މިއުވާން ސުވާލު ކުރިއެވެ. “މިއުވާން… އަހަންނަށް ވަރަށް ދިގު އިންތިޒާރެއް ކުރެވިއްޖެ… ދެން އިތުރަކަށް ނުކުރެވޭނެ…” އެލީޝާ އިސްޖަހާލިއެވެ. “ލީޝް ތިބުނީ ލީޝް ވެސް…..” އެލީޝާގެ ދަތްދޮޅީގައި ހިފާއުފުލާލަމުން މިއުވާނުގެ ޖުމްލަ މެދުކަނޑާލީ އެލީޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުންނެވެ. “އަހަރެން މިރޭ ވަރަށް އުފާވެއްޖެ….” އެލީޝާ ގެނެސް މޭގެތެރޭ ފޮރުވާލަމުން މިއުވާނު ބުނެލިއެވެ.
“މިއުވާން..” މިއުވާނުގެ ގައިގާ ލައްވެލައިގެންހުރެ އެލީޝާ ގޮވާލިއެވެ. މިއުވާން ހޫމް އަޅުވާލިއެވެ. “ކީއްވެ މިހާ ގިނަދުވަސް ވީއިރު ޚަބަރެއްނުވީ…؟؟؟” “ލީޝްއަށްވެސް އެނގެއެއްނު ދޮންމަންމަގެ ޒީލަ ގަދަކަން.. އަހަރެމެން އެކޮޅަށް ބަދަލުވީ ފަހުން ބައްޕަވެސް މުޅިން ދަށުކޮށްލީ.. އެންމެފަހުން ބައްޕައަށް ކެތްނުވެގެން ދޮންމަންމަ ވަރިކުރީ… އާއިލާއާ ދެކޮޅަށް ދޮންމަންމައާއި ކައިވެނި ކުރެވުނީތީ ބައްޕައަށް އެނބުރި ރަށަށް އަންނަން ނުކެރުނީ.. ދެން އަހަރެމެން ދިރިއުޅުން ބަދަލުކޮށްލީ ރާއްޖޭންބޭރަށް.. އަހަރެން ކޮންމެތާކު ހުރިނަމަވެސް ބަރާބަރަށް އިނާއަށް ގުޅައިގެން ލީޝްގެ ހާލުބަލަން.. އަހަރެންގެ ހާލު އޭރު ހުރިގޮތް ލީޝްއަށް އަންގަން ބޭނުންނުވީ… އެހެންވެ ލީޝްއާ ވާހަކަ ދައްކަން މަސައްކަތް ނުކުރީ…” މިއުވާން އޭނާގެ ހިތި މާޒީ އެލީޝާއާ ހިއްސާ ކޮށްލިއެވެ. “ދެން އެކަންތައް ހަނދާން ނައްތާލާ…” މިއުވާނުގެ މޫނުގައި ދެއަތުން ހިފާއްޓާލަމުން އެލީޝާ ބުނެލިއެވެ. މިއުވާނާއެކީ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެލީޝާ ގެއަށްވަނެވެ.
އެލީޝާ ގެއަށް ވަނުމުން ސޯފާގައި ބޮޑުވާހަކައިގައި ތިބި ތަހާނީމެން އެލީޝާއަށް ބަލާލިއެވެ. ” ކޮބާ..؟؟ ސަޕްރައިޒް ކިހިނެއްވަނީ..؟؟” އެލީޝާ އިންނަން ތަންކޮޅެއް ދެމުން އިނާޝް އަހާލިއެވެ. “ވަރަށް ކަމުދޭ… އެކަމަކު އަހަރެންގެ ހިތަށް މިއަރަނީ ތީ މަގޭ އެކުވެރިންބާއޭ ނޫނީ މިއުވާނުގެ އެކުވެރިންބާއޭ..؟؟” އެލީޝާ މިހެން ބުނުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ.
ޖެހިގެން އައި ދުވަހެވެ. ހަފްސާއިނީ ޓީވީން ދައްކަމުންދާ ސީރީޒްއެއް ބަލާށެވެ. އެވަގުތު ރިޝާއައިސް ހަފްސާގެ ގާތުގައި އިށީނދެލިއެވެ. “މަންމާ… އަޅުގަނޑު ވާހަކައެއް ބުނެލަން ބޭނުން..” “ކިހިނެއްވީ ދަރިފުޅާ ބުނެބަލަ…” ރިޝާއަށް ސަމާލުކަން ދެމުން ހަފްސާ ވާހަކަ ދެއްކިއެވެ. “އަޅުގަނޑުގެ ކާފަ ބަލިވެގެން ކުއްލިގޮތަކަށް މަންމައާއި ބައްޕަ ރަށަށް ދާން ޖެހިގެން މަންމަމެން އަންނަންދެން ރަޝާކޮއްކޮއަށް މިގޭގަ ހުރެވިދާނެތޯ..؟؟؟” “ތީއެއްވެސް ކަމެއް ނޫނެއްނު.. ރިޝާއަށް ހުރެވޭހެން ރަޝާއަށްވެސް މިގޭގަ ހުރެވޭނެ.. މަތީގަ ހުރި ހުސް ކޮޓަރި ސާފުކޮށް ތައްޔާރު ކޮށްލާފަ އޭނާ ގެނޭ މިގެއަށް..” ހިތްހެޔޮ ކަމާއިއެކު ހަފްސާ ބުނެލިއެވެ.
ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު އެލީޝާއާއި މިއުވާނުގެ ގުޅުން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. އާއިލާއަށް ނޭނގި އެލީޝާ ދިޔައީ މިއުވާނާ ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެންމެ ލޯބިވާ ކޮއްކޮމެންނާއި ގާތް ރަހުމާތްތެރިޔާގެ އެހީގައެވެ. އާދައިގެ މަތިން މިރޭވެސް އެލީޝާއާއި މިއުވާން ތިބީ އަތުގުޅުވާލައިގެން ގޮނޑުދޮށުގައެވެ. މާދުރުނޫން ހިސާބެއްގައި ތަހާނީމެންވެސް އަމިއްލަ ވާހަކައެއްގައި ތިއްބެވެ. މީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. “މިއުވާން.. ކިހިނެއްވެފަ މިރޭ ތިއިންނަނީ…؟؟” އެހެންރޭރެއާ ޚިލާފަށް މިރޭ މިއުވާނު މާ ބަސްމަދުވުމުން އެލީޝާއަހާލިއެވެ. “ލީޝް… އަހަރެން ބައްޕަގާތަށް ދާން ޖެހިއްޖެ.. ބައްޕަ ވަރަށް ބަލިކޮށް އުޅެނީ…” ދެރަވެލާފައި މިއުވާން ބުނެލިއެވެ. “އެހެންވެތަ މާ މޫޑީވެފަ ތި އިނީ… ބައްޕަ ބަލިވެ އުޅެންޏާ ކޮންމެހެންވެސް ދާންޖެހޭނެ.. އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ… ކޮންއިރަކުންތަ ފުރަނީ..؟؟” “މާދަމާ…” މިއުވާނު އެލީޝާގަޔާ ކައިރި ކޮށްލިއެވެ. އެލީޝާ މިއުވާނުގެ ކޮނޑުގައި ބޯ އަޅާލިއެވެ.
ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެވެ. ރަޝާ ހުރީ މާގަސްތަކަށް ފެންދޭށެވެ. އެވަގުތު ކަރަމްއަށް އެތަނަށް އާދެވުމުން ރަޝާއަށް ނުފެންނަހެން ފަހަތުންގޮސް ރަޝާގެ މޫނުގައި އަތްއެޅިއެވެ. ސިހިފައި ރަޝާ ފަހަތަށް އެނބުރުމުން އަތުގައި އޮތް ފެންހޮޅިން ކަރަމްގެ ގަޔަށް ފެންދިޔައެވެ. ރަޝާގެ މޫނުން އަތް ދޫކޮށްލުމަށްފަހު ކަރަމް ބެލީ ނުތެމި ސަލާމަތްވޭތޯއެވެ. ނަމަވެސް ރަޝާ ފެންހޮޅިން ކަރަމް ތެންމާލިއެވެ. ކަރަމްވެސް ކުއްލިއެއް ޖެހުމަށްފަހު ރަޝާގެ އަތުން ހޮޅިއަތުލުމަށްފަހު ރަޝާ ގަޔަށް ފެން ޖަހާ ރަޝާ ތެންމާލިއެވެ. އެވަގުތު މި މަންޒަރު ބަލަން ކޮޓަރީގެ ކުޑަދޮރު ކައިރީގައި ފަހުމީގެ ދެމަފިރިން ތިއްބެވެ. “ހަފްސާ އަހަންނަށް ހީވަނީ ދެން ކަރަމްގެ ކައިވެނިވެސް ކުރުވަންވީހެން..” މިހެން ބުނުމަށްފަހު ފަހުމީ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
ރެޑްވިލްގެ އާއިލާތިބީ ރޭނގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. “ދަރިފުޅާ ކަރަމް.. ބައްޕައަށް ހީވަނީ ދެން ދަރިފުޅުވެސް ކައިވެނި ކުރަންވީހެން..” ފަހުމީ ބުނެލިއެވެ. “ހަމަ ކުރަންވީ ބައްޕާ…” ހިޔާލެއް ފިކުރެއްނެތި ކަރަމް ބުނެލިއެވެ. “ދަރިފުޅު ކުއްޖަކު ހޯދައިފިންތަ..؟؟” ރަޝާއަށް ބަލާލަމުން ހަފްސާ ކަރަމްގެ ގާތު އަހާލިއެވެ. ކަރަމް ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ. އެންމެންވެސް ތިބީ ކަރަމްގެ ޖަވާބުގެ އިންތިޒާރުގައި ކަހަލައެވެ. “ނޫން މަންމާ… މަންމަމެންނަށް ފެންނަ ރަނގަޅު ކުއްޖަކު ހޯދަދީ…” ކަރަމްގެ މި ޖަވާބުން ރަޝާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެންމެންގެ ތެރޭގައި މިކަން ހާމަނުކޮށްވޭތޯ ރަޝާ ބެލިއެވެ. “އެހެންވީމާ ބައްޕަމެން ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދާނަން…”
ރަޝާއިނީ އޭނާގެ ކޮޓަރީގައެވެ. އެވަގުތު ރިޝާ އެތަނަށް އައެވެ. “ރަޝްކޯ ކިހިނެއްވެފަ..؟؟” ރަޝާ ގާތު އިށީންނަމުން ރިޝާ އަހާލިއެވެ. “ތުއްތާ… ތުއްތަބެ މަންމަގާތު ބުނަންވީނު ކަރަމްގެ ކައިވެންޏަށް އަހަރެން ހޮވާށޭ…” “ހޫމް.. ތުއްތަވެސް ތިހެން ހިތަށްއެރިއޭ… އަންނާނަން މަންމަ ފެނޭތޯ ބަލާލާފަ..” ރިޝާ އެހުރިގޮތަށް މިސްރާބުޖެހީ ހަފްސާގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު ހަފްސާއިނީ ފަހާފޮށިދޮށުގައެވެ. “ރިޝާ ކަމަކުތަ..؟؟ ރިޝާ ފެނުމުން ހަފްސާ އަހާލިއެވެ. “މަންމާ..ކަރަމްގެ ކައިވެންޏަށް ރަޝާ ކިހިނެއްވަނީ..؟؟ މިހެން މިބުނީ އެދެކުދިން އުޅޭ ގޮތުން ހީވަނީ އެކަކު އަނެކަކަށް ވަރަށް ކަމުދާހެން..” ރިޝާ ވާހަކަ ދެއްކީ ސީދާ ޕޮއިންޓަށެވެ. “ދަރިފުޅާ މަންމައަށްވެސް ތިހެން ހީވި.. އެހެންވެ ކަރަމްގާތު އެހީ ކުއްޖަކު ހޯދައިފިންތޯ… އެކަމް އޭނާ ނޫނެކޭ ބުނީމަ އެނގުން އެކަހަލަ ގުޅުމެއް ނެތްކަން.. ދެންމެ ބައްޕަވެސް ގުޅި.. ބައްޕަ މިހާރު ކުއްޖަކު ހޯދާފި ކަރަމްއަށް… މާދަމާ ރިސޯޓްއިން އައިސް ފޮޓޯ ދައްކާނެކަމަށްބުނި..” ހަފްސާގެ ޖުމްލައާއިއެކު މާޔޫސްކަމާއި އެކީ ރިޝާ ކޮޓަރިން ނުކުތެވެ.
އެލީޝާމެން ހަވީރު ހިނގާލާފާ ގެއަށް އައިއިރު އެލީޝާގެ ބައްޕަ އަލްސަން ގޭގެ ސިޓިންގްރޫމްގައި އިނެވެ. ކައިރީގައި މަންމައާއި ބޮޑުދައިތަ އިނެވެ. “ބައްޕާ ކޮންއިރަކު އައީ..؟؟” ބައްޕަ ފެނުމުން އެލީޝާ އަހާލިއެވެ. “ކުޑަ އިރުކޮޅެއްވެއްޖެ… ދަރިފުޅުމެން ނައިސްގެން ބައްޕަ މި އިންނަނީ.. އާދެބަލަ މިތާ އިށީންނަން…” “އަން މި ބަލާލަބަލަ..” އެލީޝާމެން އިށީނުމުން ފޮޓޯގަނޑެއް ދިއްކޮށްލަމުން އަލްސަން ބުނެލިއެވެ. “ބައްޕަ ކޮން އިރަކު ފިލްމުސްޓާރުންގެ ފޮޓޯ ގެންގުޅެންފެށީ…” އެލީޝާއަށް ވުރެ ކުރިން އެ ފޮޓޯގަނޑު ބަލާލަމުން އަލްޝާ އަހާލިއެވެ. ” ތީ ފިލްމުސްޓާރެއް ނޫން ދަރިފުޅާ.. ތީ ދޮންތަގެ ވާންއުޅޭ ފިރިމީހާ…” ބައްޕަގެ މި ޖުމްލައާއިއެކު އެލީޝާ ދިޔައީ ސިހިގެންނެވެ……
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޔާރާއޭ…( ހަވަނަ ބައި)

ޔާރާއޭ
Next

ޔާރާއޭ… (ހަތްވަނަ ބައި)

Next
ޔާރާއޭ
October 10, 2014

ޔާރާއޭ… (ހަތްވަނަ ބައި)

Previews
October 8, 2014

ޔާރާއޭ…( ހަވަނަ ބައި)

6 Comments!

  1. fary says:
    October 9, 2014 at 7:49 am

    Vvvvvvv vvvvv nice

  2. reesh says:
    October 9, 2014 at 12:31 pm

    vvvv salhi..waitin 4 the next part…..

  3. thaath says:
    October 10, 2014 at 5:57 am

    nice..waiting for the nxt part

  4. athoo says:
    October 10, 2014 at 12:09 pm

    who is dontha?

  5. mary says:
    October 10, 2014 at 4:18 pm

    athoo mi vaahaka rangalhah keema engeyne a e kaakukan. alsha ge dhontha aky eleesha. btw v nice mi story.

  6. eemiyaa says:
    October 12, 2014 at 1:28 am

    Thanks fary, reesah n thaath. athooo dhontha aky eleeshaa.. thanks mary..

Comments are closed.

Next Episodeއެލީޝާ (4 ވަނަބައި)←


All Right Reserved!