ޔާރާއޭ… (ފަސް ވަނަ ބައި)
“އެހެންތަ…ހީނުކުރާތި އަހަރެން ތިމަޅީގައި އަލުން ޖެހޭނެކަމަށް…ކުށެއް ނުކުރަމޭ އަދި ކިޔައެއްނު..އިން ދުވަހުން ފެށިގެންވެސްއަހަންނަށް ލައުހާ ހަދަމުން ދިޔައީ ދޮގު…އަހަންނަށް އިނގޭ ލައުހާ އަހަންނާ ކައިވެނީ ކުރީ މަޖްބޫޜުވެގެންކަން…ހެހެހެ…. ލޯބިވެޔޯ…”ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ދަމަމުން ގަޮސް ލައުހާ ލުހުޝާންގެ ކޮޓަރިއަށް ވެއްދިއެވެ.. ޑްރެސިން ޓޭބަލް މަތީގައި އޮތް ސިޓީ އުރަނަގައި އޭގައި ހުރި ފޮޓޯތަށް ލައުހާގެ އަތަށް ދިނެވެ…ލުހުޝާން ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ…އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައީ އަތުން ފައިން ގޯހެއް ހަދަން ބޭނުން ނުވާތީއެވެ…
“އަދިވެސް ބުނޭ ….އަހަނެއް ކުށެއް ނުކުރަމޭ..ތީކީ ކުށެއް ނޫން..ފާފައެއް..އަޑު އިވިއްޖެ”
ލައުހާ ގެ އަަތުގައި އޮތް ފޮޓޯތަަކަށް ބަަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ…އެތަށް ފަހަރަކު އެފޮޓޯތަކަށް ބަލަމުންދިޔައީ މިއީ ކޮންއިރަކު ނަގައިފައިވާ ފޮޓޯ ތަކެއް ކަމެއް ލައުހާއަށް ނޭނގޭތީއެވެ. ކޮންމެވެސް ފިރިހެނަކު ލައުހާ މުލަތްދަނޑި މައްޗަށް އުފުލައިގެން ސިޓިން އަރަމުން ދިޔަ މަންޒަރެވެ.. އެދުގައި އެ ފިރިހެން މީހާ ލައުހާގެ ގައިގައި ބައްދައިގެން އޮތް މަންޒަރެވެ..އެއްވެސް ނިވާކަމެއް ނެތިއެވެ.މިފަދަ އެތަށް ފޮޓޯތަކެއް ނަގާފައިވެއެވެ..އެކަމަކު ފޮޓޯއިން ފެންނަން ހުރި މީހާގެ މޫނު އެއްވެސް ފޮޓޯއެއްގައި ސާފެއް ނުވެއެވެ….ލައުހާއަށް ހަދާނަށް އައީ ދެެނެވެ.. މިއީ ލުހުޝާން ގެ ދޮންތަގެ ވެޑިން ޕާޓީރެެއެވެ… އެރު ލުހުޝާން ވާނީ އިންޑިޔާއަށް ދިޔަތާ އެއްހަފްތާވީއެވެ… ލައުހާ އެރޭވެސް އުޅުނީ އަވަދިނެތި މެހެމާނުންނަށްއެހީ ވުމުގައެވެ…މިހެން އުޅެނިކޮށް މަންމަ އައިސް ލައުހާ އަތަށް ދިއްކޮށްލީ ކޯކުތަށްޓެކެވެ..މާ މަސައްކަތް ބުރަކޮށްގެން އުޅެންޏާ ވަރުބަލިވާނެއޭ ބުނެ ލައުހާ އަތަށް އެތަށި ދިނެވެ..މަންމަ ކުރިމަތީގައި ލައުހާ އެތަށި ބޮއެލުމަށް ފަހު ތަށި ހިފައިގެން ބަދިގެއަށް ދޮންނަށް ދިޔައެވެ…މާގިނަ އިރުތަކެއް ނުވެ ލައުހާއަށް ގޮތްތަކެެއް ވާން ފެށިއެވެ..ބޮލަށް ބަރުވެ ބޯއަބުރާ ކަހަލަ ގޮތެއްވިޔެވެ..އޭރު ކޮންމެވެސް މީހަކު ލައުހާގެ ގައިގައި ހިފިހެން ހީވިއެވެ…އިވުނު ހެން ހީވީ މަންމަގެ އަޑެވެ.. ދެން ލައުހާއަށް ވީނުވިއެއް ނޭގުނެވެ….ހޭލެވުނު އިރު އޮތީ އެނދުގައެވެ…ކައިރީގައި މަންމަ އިނެވެ…އެއީ އަނެއް ދުވަހުގެހެދުނެވެ…
ލައުހާ ފެންކަޅިވިއެވެ…މިދިރިއުޅުމަށް ޒަހަރުލީ ބަޔަކީ މި ހުރިހާ ދުވަހު ލައުހާއަށް ހެޔޮއެދިގެން އުޅުނު ލުހުޝާންގެ މަންމަކަން އެނގުމުންނެވެ… އެ ފޮޓޯތަށް ވީދަލައި ލުހުޝާންގެ މޫނަށް ޖެހިއެވެ…އައިސް ފައި ހުރި ރުޅީގެ ބޮޑުކަމުންނެވެ…” އާން.. އަހަރެން ހަމަހޭގައި ހުރެގެން ތިފަދަ ފާފައެއް ނުކުރަން..ތީ ލުހުޝާން ގެ މަންމަގެ ރޭވުން…”ލައުހާ އަށް ބުނެވުނީ މިހާ ހިސާބަށެވެ…ލުހުޝާންގެ އަތުގެ ހަމަލާއެއް ލައުހާގެ ކޮލަށް އަމާޒުވިއެވެ…
“ހަބަރުދާރު…އަހަރެންގެ މަންމައާއި ނުބެހޭތި..ތިއީ ތިކަހަލަ އަންހެނުންގެ ވައްތަރު…ތިއީ ހަމަ ތުންފުއްސެއް..މަ ނޫން އެހެން މީހެއް ނަމަ ކަލޭ މަރައިލީމުސް…” ލުހުޝާން އަޑޫ ބާރެވެ..
” ދެން ކީއްވެ ނުމަރައި ތިހިރީ… ދިރިހުރުމަށް ވުރެ މަރުވުންވެސް މާ ފަސެހަ…އަހަންނަށް ޖެއްސި ހާލަށް ފަހު…” ލައުހާވެސް ރުޅިއައިސް ތުރުތުރު އަޅަމުން ދޮޔައިރު އެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ.”އަހަރެން އެންމެ ފަހަރަކުވެސް ވާހަކަ ދައްކާލާނެ ފުރުސަތެއް ނުދީ ލުހުޝާންގެ ދިރިއުޅުމުން ބޭރުކޮށްލިއިރު ހިތަށް އެރިތަ އެ ތޫފާނީ ރޭ އަހަރެން ވަންނާނީ ކޮންތާކަށް ހޭ… އަހަންނަކީ ވަންނާނެ ތަނެއް މައެއް ބަފައެއް ހުރި މީހެއް ނޫންކަން އެނގޭއިރުވެ އެހާލުގައި ޖައްސަން މތާލޯބިވާކަމަށް ދައުވާކުރި ތި މުހައްމަދު ލުހުޝާން އަށް ކެރުނީ ކިހިނެތް..ކަލޭ އަހަރެން ގެ ހުރިހައި އެއްޗެއް ފޭރިގަތީ..އެރޭ އެހާދިތާ ހިނގީވސް ހަމަ ކަލޭގެ ސަބަބުން އަޑު އިވިއްޖެ…އަހަރެންގެ އިއްފަތްތެރިކަން ބަޔަކަށް ފޭރިގަންނަން އެރޭ ފުރުސަތު ދިނީ ހަމަ ތި މުހައްމަދު ލުހުޝާން..އަހަންނަށް އިތުބާރު ނުކުރާމީހަކަށް އަހަރެންގެ ކުށެއް ނެތަތްކަންވެސް ސާބިތުކޮށްދޭކަށް ނުޖެހޭނެ…އަހަރެން ނަފްރަތު ކުރަން” ލައުހާ ދެންމެ ބުނި ވާހަކައިން ލުހުޝާން ސިހިގެން ދިޔައެވެ…އެއި އެއްވެސް ހާލެއްގައި ލުހުޝާން ބޭނުންވީގޮތެއް ނޫނެވެ..ލުހުޝާންއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެންނެވެ…
” ކާކު އެހެން ހެދީ…ކާކު …ބުނޭ އަހަރެން އެމީހެއްގެ ދުވަސް ދުއްވާލާނަށް..”ބޭ އިހްތިޔާރުގައި ލުހުޝާން ގޮސް ލައުހާގެ ދެ ކޮނޑުގައި ހިފައި ތަޅުވަމުން ދޮޔައެވެ…ތެދެކެވެ..ލުހުޝާންވެސް ލައުހާ ދެކެ އިންތިހާއަށް ލޯބިވެއެވރ..” އަހަރެން ނޫންއެހެން މީހަކަށް ލައުހާގެ ގައިގައި އިނގިލިކުރި ޖައްސާލުމުގެ ހައްގެއްވެސް ނީންނާނެ..ލައު ބުނެބަ..އެ ކާކު އެހެން ހެދީ..” މިފަހަރު އެ ދެލޮލުންވެސް ވަނީ ކަރުނަ ޖަވާ ވެފައެވެ..
“މުހައްމަދު ލުހުޝާން…”ލައުހާ މިހެން ބުނުމުން ލުހުޝާން ސިހިގެން ދިޔައެވެ… ” އެމީހަކީ ތިއީ… އެ ހުރިހާކަމެއްވެސް ވީ ލުހުޝާންގެ ސަބަބުން..އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީވެސް ހަމަ ލުހުޝާން…ލުހުޝާންއަށްވެސް އަހަރެން ގައިގަ އަތްލުމުގެ ހައްޤެއް ނީންނާނެ…އަހަންނަކީ ތުންފުއްސެއް ނޫން..” ލައުހާ ލުހުޝާންގެ އަތުގެ ތެރެއިން ދެމިގަތެވެ…ލުހުޝާންއާ ދުރަށް ލައުހާ ޖެހިލައި ޑްރެސިން ޓޭބަލް އާ ދިމާލަށް ހިނގައިގަތެވެ…
.. ލައުހާގޮސް ޑްރެސިން ޓޭބަލްގެ ވަތްގަނޑު ހުޅުވާލައި ސިޓީ އުރައެއް ނެނގިއެވެ..ލައުހާ އެ ސިޓީ ލުހުޝާންގެ އަތަށް ދިނެވެ… ” ހަދާންވޭތަ އެރޭ އަަހަރެން ލުހުޝާން ކައިރީ ވާހަކައައެއް ބުނަން ބޭނުންވިކަން… ތިއީ އަަހަރެން ބުނަން އުޅުނު ވާހަކަ އަކީ…”
ލުހުޝާން އެސިޓީ އުރަ ކެނޑުމަށް ފަހު އޭގައިވާ ލިޔުމަށް ބެލިއެވެ… ކޮންމެވެސް ކަހަލަ ރިޕޯޓެކެވެ..އޭގައި އޮތް އެއްޗެއް ފެނުމުން ލުހުޝާން ގަނޑުވި ކަހަލައެވެ…އެއްފަހަރު ލައުހާގެ މޫނަށް އަނެއް ފަހަރު އެ ރިޕޯޓަށް ބަލަމުން ދިޔައީ މިއީ ހުވަފެނެއް ބާއޭ ހިތަށް އަރާތީއެވެ…
2 Comments!
Comments are closed.
Vaahaka Salhi Hama Ekam Thankolheh Kuru
alhe haadha kurey.. ! ekmwex wrh riithi