Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެލީޝަ
ލޯބި

އެލީޝާ (5 ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
October 14, 2014 4 Mins Read
12 Comments

“އެކަމަކު……” އިނާޝް ބުނަން އުޅުން ޖުމްލަ މެދުކަނޑާލީ އެތަނަށް އެލީޝާގެ މަންމަ އާއި ބައްޕަ އައުމުންނެވެ. “ދަރިފުޅާ ދެންމެ ކަރަމްގެ ބައްޕަ ގުޅާފަ ބުނެފި އަންނަ ހަފްތާގަ އެމީހުން މިކޮޅަށް ކައިވެނީގެ ކަންތައް ހަމަޖައްސަން އަންނަ ވާހަކަ….” ބައްޕަގެ މިޖުމްލައާއި އެކު އެލީޝާ ހާސްވިއެވެ. އެހާއަވަހަށް ހުރިހާ ކަމެއް ހަމަޖެހެމުން ދާތީއެވެ. “ހާދަ އަވަހަކަށް ބައްޕާ…” އެލީޝާއަށް ބުނެވުނެވެ. “ބައްޕައަށްވެސް ތަންކޮޅެއް އަވަސް… އެކަމަކު ދެން ލަސް ކުރުމުގެ ބޭނުމެއްވެސް ނެތްތާ…. މިކަހަލަ ކަންތައް އެހާ ލަސްކުރާކަށް ނުވާނެ… ބައްޕައާއި މަންމަ އަންނާނަން އާއިލާގެ މީހުންނާ ކައިވެނީގެ ވާހަކަ ދައްކާލާފަ…..” މިހެން ބުނެފާ އަލްސަންއާއި ލައިލާ ހިނގައިގަތެވެ. “ދެން ކިހިނެއް ހަދާނީ…؟؟؟” އެލީޝާގެ މަންމަމެން ދިޔުމުން އިނާޝް އަހާލިއެވެ. “ދެން އިތުރު ގޮތެއް ހެދޭތަ…؟؟ އަހަރެން ޖެހޭނީ ކައިވެނި ކޮށްގެން އެންމެންނާ ދުރަށް ދާން…” އެލީޝާއަށް ރޮވޭ ގޮތްވިއެވެ. “އެލީ ހިތްވަރު ކުރޭ….” ތަހާނީ އެލީޝާގެ އަތުގައި ހިފާލިއެވެ. “އިނާ މިއުވާނު ގާތު އަހަރެން ބުނި ގޮތަށް ބުނެދޭނަން ދޯ…. ޕްލީޒް އެކަކުވެސް މިއުވާނަށް ހަގީގަތް ނާންގާތި…. ވެދާނެ މީ އަހަރެން ތި މީހުންގެ ގާތު އެދޭ އެންމެ ފަހު އެދުން ކަމަށްވެސް… ދެން އަހަރެން ޖެހޭނީ ތިމީހުންނާ ވަކިވެގެން ދާން…” ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން އެލީޝާ ބުނެލިއެވެ. އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ދެރަވެފާތިބި ވަރުން އަނގައިން ބުނެލަން ބޭނުންނުވީކަންނޭގެއެވެ. އެންމެންވެސް މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“ތުއްތާ ކޮން ޚިޔާލަކަށް ގެއްލިފަ ތި އިނީ….” ރިޝާގެ ގާތު އިށީންނަމުން ރަޝާ އަހާލިއެވެ. “ރަޝްކޮއަށް އެނގޭތަ…؟؟ ކަރަމްގެ ކައިވެނި ކުރަން ކުއްޖަކު ހޮވާފި…. ރާއްޖެތެރޭ ކުއްޖެއް…” ރަޝާއަށް ބަލާލަމުން ރިޝާ ބުނެލިއެވެ. “ރާއްޖެތެރޭ ކުއްޖެކޭ…. ރަނގަޅަށް ބެލީއާ ބަލާލަންވެސް ނުކެރޭނެ ކަންނޭނގެ… ކަރަމްގެ ކައިވެންޏަށް ރާއްޖެތެރޭ ކުއްޖަކު ނޫނީ ނުވީތަ…؟؟” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރަޝާ ބުނެލިއެވެ. “ރަޝްކޯ… ރާއްޖެތެރެއޭ ބުންޏަސް އެކުއްޖާ ވަރަށް ރީތި…. ތުއްތަބޭ ބައްޕަގެ ރިސޯޓްގެ މެނޭޖަރުގެ ދަރިފުޅޯ އެއީ… ދެން ކައިވެނި ކޮށްގެން މިގެއަށް އައީމަ އެނގިދާނެތާ އޭނަގެ ގޮތެއްވެސް… އަންނަ ހަފްތާގަ ކައިވެނި އޮތީ… ކުޅުދުއްފުށީގަ….” “އަންނަހަފްތާގަ އޭ… ހާދަ އަވަސް އަރުވާލައިގެން…” “އާނ… އެހެންތާ ވާނީ… މުއްސަނދިބަޔަކު އަތު ޖެހުނީމަ އަވަހަށް ނިންމާލަން ބޭނުންވާނެތާ… އެއީ ރާއްޖެތެރޭ މީހުންގެ ވައްތަރު..” ފޫހިގޮތަކަށް ރިޝާ ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ކަރަމް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލުމަށްފަހު ހަފްސާ އެތެރެއަށް ވަދެގެން އައެވެ. މަންމަ ފެނުމުން ކަރަމް ތެދުވެ ހެޑްބޯޑުގައި ލެނގިލައިގެން އިށީނެވެ. “މަންމާ ކަމަކުތަ…؟؟؟” ހަފްސާއައިސް އެނދުގައި އިށީނުމުން ކަރަމް ބުނެލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ހަފްސާ ދިއްކޮށްލީ ފޮޓޯގަނޑެކެވެ. “މަންމާ… މީ…؟؟؟؟” ކަރަމް ބުނަން އުޅުން ޖުމްލަ މެދުކަނޑާލީ ހަފްސާ އަތުގެ އިޝާރާތުން މަނާ ކުރުމުންނެވެ. “ދަރިފުޅާ…. މަންމައަށް އެނގޭ ދަރިފުޅު އެލީޝާގެ ފޮޓޯ އަދި ނުދެކޭކަން… ބަލާލަން ބޭނުންވެފަހުރިކަން ވެސް އެނގޭ… ދޮންބެމެން އެގަޑީގަ މާވަރަކަށް ދިމާކުރީމަ ބަލާލަން ނުކެރުނީކަން ވެސް އެނގޭ… އެހެންވެ މަންމަ މިއައީ ދަރިފުޅަށް މި ފޮޓޯގަނޑު ހަވާލުކުރަންވެގެން…” ކަރަމްގެ ބޮލުގައި ފިރުމާލަމުން ހަފްސާ ބުނެލިއެވެ. ކަރަމް ހީލިއެވެ. “މަންމަ ހާދަ އަންޑަސްޓޭންޑީންގް އޭ ދޯ…. ތޭންކްސް މަންމާ…” ހަފްސާގެ އަތުގައި ހިފާލަމުން ކަރަމް ބުނެލިއެވެ. ދަރިއެއްގެ އިހުސާސްތައް މަޔަކަށް ނޭނގި އެހެން ކާކަށްތަ އެނގޭނީ…؟؟؟” ހަފްސާވެސް ހީލިއެވެ. ” ބަލާލަބަލަ އެއްކަލަ މަންމަ… ތިއްތި އައީމަ މިހާރު ކިޔާ މީ އެއްވެސް މީހެއްނޫން… ހުރިހާ ލޯތްބެއްވެސް ތިއްތިއަށް…” އެވަގުތު ކަރަމްގެ ކޮޓަރިއަށް ވަދެގެންއައި ކިޔާރާ ހަފްސާގެ ގާތު އިށީންނަމުން ބުނެލިއެވެ. “ކާކުތަ ބުނީ މަންމަ ކިޔާ ދެކެ ލޯބިވެއޭ…. މަންމަ ލޯބިވަނީ ތިއްތި ދެކެއޭ ދޯ މަންމާ….” ކިޔާރާ ރުޅިއަރުވާލުމުގެ ބޭނުމުގައި ކަރަމް ބުނެލިއެވެ. “ދެން ތިއްތީ ވަރަށް ފޫހިވެ…” ކިޔާރާ ރުޅިއައިސްގެން ދާން ހިނގައިގަތެވެ. “ދަރިފުޅާ… މަންމަ ހުރިހާ ކުދިން ދެކެވެސް ލޯބިވެއޭ…. ދަރިފުޅު ތިއައީ ކޮފީ ބޯންއުޅެފަ މަންމަ ބަލާދޯ… މަންމައަށް އެނގޭ މަންމަގެ ކިޔާ މަންމަ ނުލާ ކޮފީ ނުބޯނެކަން… ހިނގާދާން….” ކިޔާރާގެ އަތުގައި ހިފާލަމުން ހަފްސާ ބުނެލިއެވެ. ކިޔާރާ ކަރަމްއާއި ދިމާއަށް ވައްތަރު ޖައްސާލަމުން ހަފްސާގެ ގައިގާ ބައްދާލިއެވެ. “އަހަންނަށްވެސް ކޮފީއެއް ހަދާލައްޗޭ… އަހަރެން އެބަދަން އިރުކޮޅަކުން….” ކަރަމް ބުނެލިއެވެ. ހަފްސާމެން ދިޔުމުން ކަރަމް ފޮޓޯގަނޑު ބަލާލިއެވެ. ގޭމީހުން އެބުނީ ތެދެކެވެ. އެލީޝާއަކީ ރީތި ކުދިންގެ ތެރޭންވެސް ހޮވާލެވޭހާ ރީތިކުއްޖެކެވެ. އިރުކޮޅަކު ފޮޓޯގަނޑަށް ބަލަން އޮތުމަށްފަހު ކަރަމް ދިޔައީ ކޮފީބޯށެވެ.
ދެތިން ދުވަސް ފަހެވެ. އެލީޝާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭގެ އިރުކޮޅެއްފަހުން އިނާޝް އެތަނަށް އައެވެ. “އެލީ އަހަރެން މިހާރު މިއުވާނަށް ވިސްނާދީ ބޯގޮވާ ވަރުވެއްޖެ… އޭނަ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާކަށް ތައްޔާރެއްނޫން… އެލީ ބުނީމަ ނޫނީ އޭނަ ގަބޫލެއް ނުކުރާނެ…” އެލީޝާގެ ގާތު އިށީންނަމުން އިނާޝް ވާހަކަ ދެއްކިއެވެ. “އޭނަ އަހަންނަށްވެސް ވަރަށް ގުޅާއެބަ…” އެހެން ބުނި ވަގުތު އަނެއްކާވެސް މިއުވާނު އެލީޝާގެ ފޯނަށް ގުޅަން ފެށިއެވެ. “އެލީ ހިތްވަރު ކޮށްލާފަ އޭނައާ ނިކަން ވާހަކަ ދައްކާބަ… އޭރުން އޭނަ ގަބޫލު ކުރާނީ…” އެލީޝާ މިފަހަރު ފޯނަށް ޖަވާބު ދިނެވެ. “ހެލޯ ލީޝް…. ކީއްވެތަ އަހަރެންގެ ފޯންކޯލްތަކަށް ޖަވާބު ނުދެނީ…؟؟؟ އިނާ އެކިޔަނީ ކީކޭތަ….؟؟؟ އޭނަ އަހަރެން ހައްދަނީ ދޯ….” އެލީޝާ ފޯނަށް ޖަވާބު ދިނުމުން މިއުވާނު އަވަސް އަވަހަށް އަހާލިއެވެ. “އޭނަ މިއުވާން ހައްދަނީކީ ނޫން… އެއީ ހަގީގަތް… އަހަރެން މި އުޅެނީ މާލޭ ކުއްޖަކާ ރައްޓެހިވެގެން… ވަރަށް އަވަހަށް ކައިވެނިވެސް ކުރަން… މިއުވާން އަހަރެން މަތިން ހަނދާން ނައްތާލާ… އަހަރެމެން ދޭތެރޭ މި ކުޑަ ދުވަސްކޮޅު އެފެދުނު ގުޅުން އެއީ ނުވާކަމެއްކަމަށް ހީކޮށްލާ….” ދެލޯ މަރާލައިގެން ހުރެ ވަރަށް ހިތްވަރުކޮށްލާފައި އެލީޝާ ވާހަކަ ދެއްކިއެވެ. “އެކަމަކު….” މިއުވާން ވާހަކަ ދައްކަ ދައްކާ ހުއްޓާ އެލީޝާ ފޯނު ކަނޑާލިއެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއްނެތި އެލީޝާގެ ލޮލުން ކަރުނަ ފައިބާން ފެށިއެވެ. މިނެޓެއްގެ ފަހުން އެލީޝާގެ ފޯނަށް މެސެޖެއް އައެވެ. މިއުވާނުގެ މެސެޖެކެވެ. ކަރުނަތަކުގެ ތެރެއިން އެލީޝާ މެސެޖް ކިޔާލިއެވެ. ” މާލޭގެ މުއްސަންޖެއް ފެނުނީ ދޯ…. އަހަރެން ދުވަހަކުވެސް ލީޝް އަކަށް މާފެއް ނުކުރާނަން…. އަހަރެން ލީޝްއަށް ނަފުރަތުކުރަން…” “އިނާ އަހަރެންގެ މަގުސަދު ހާސިލްވެއްޖެ…. އޭނަ އަހަންނަށް ނަފުރަތު ކުރަން ފަށާފި…. އެކަމަކު އަހަރެންގެ ހިތަށް ހާދަ ތަދުވެއޭ….” އިނާޝްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން އެލީޝާ ބުނެލިއެވެ.
ރެޑްވިލްގޭ އެންމެން ހަލަބޮލިވަމުން ދިޔައީ ކުޅުދުއްފުށްޓަށް ދިޔުމަށްޓަކާ ތައްޔާރުވުމުގައެވެ. “ކޮބާ އެންމެން ރެޑީތަ މިހާރު….” ކައުޝަލް އަހާލިއެވެ. “ކިޔާ ނޫން އެންމެންވެސް މިހާރު ރެޑީވެއްޖެ….” ހަފްސާ ބުނެލިއެވެ. “އަހަރެން އަންނާނަން ކިޔާ ގޮވައިގެން…” އަރޫނާ ހިނގައިގަތެވެ.
“ކިޔާ އަދިވެސް ނުނިމޭތަ….؟؟؟؟” ލޯގަނޑުކުރިމަތީ ހުރި ކިޔާރާއަށް އަރޫނާ ބުނެލިއެވެ. “ދޮންބެދައްތަ ތި އައީ ވަރަށް ރަނގަޅު ވަގުތަކު…. ބުނެބަލަ މިހެދުން އަހަރެން ގަޔަށް ރީތިތަ…؟؟؟” “ސާބަސް ކިޔާއަށް… ކޮންމެ ހެދުމެއް ލިޔަސް ކިޔާ ރީއްޗޭ… ދެން ހިނގާ ދާން… އެންމެން އެބަތިބި ލަސްވެފަ….” މިހެން ބުނެފާ ކިޔާރާގެ އަތުގައި ހިފައިގެން އަރޫނާ ހިނގައިގަތެވެ. އަރޫނާމެން އައުމުން އެންމެން އެއްކޮށް ލޯންޗް ދޮށަށް ދިޔުމަށްޓަކައި ވޭނަށް އަރާ ނައްޓާލިއެވެ.
“ދަރިފުޅާ ހިނގާ ބަނދަރު ދޮށަށް ދާން… ބައްޕަގުޅާފަ ބުނެފި އެމީހުން ބުންޏޯ ލެފެން ކައިރިވެއްޖޭ… ބައްޕަ ހުރީ މިހާރު ބަނދަރު ދޮށުގަ…” ލައިލާ ވާހަކަ ދެއްކީ ސިޓިންރޫމްގައި އިން އެލީޝާއަށެވެ. “މަންމާ އަހަރެން ނުދިޔަސް އޯކޭ ވާނެއްނު…” އެލީޝާ އެތަނަށް ދާން ބޭނުން ނުވާތީ ބުނެލިއެވެ. ” ނޫނޭ ދަރިފުޅުވެސް ދާންވާނެ…. ކޮއްކޮމެން ވެސް ދާނޭ… އިނާވެސް އެބަހުރި އައިސް… ދެން ހިނގާދާން….” މިހެން ބުނެފާ ލައިލާ އެލީޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ތަހުމީނާއާއި ތަހާނީމެންވެސް ދިޔައެވެ.
އެލީޝާމެން ބަނދަރު ދޮށަށް ދިޔަތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓްތެރޭ ކަރަމްމެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށީ ބަނދަރަށް ލެފިއެވެ. އެންމެން ލޯންޗުން ފައިބާންފެށިއެވެ. “ދޮންތާ އެހެރަ ފައިބަނީ ކަރަމް….” އެލީޝާގެ ކަންފަތް ދޮށުގައި އަލްޝާ މިހެން ބުނުމުން އެލީޝާ އިސްއުފުލާ ލޯންޗާ ދިމާއަށް ބަލާލިއެވެ. އޭރު ކަރަމް ހަފްސާގެ އަތުގައި ހިފައިގެން އޭނަ ލޯންޗުން ބާލުވަނީއެވެ. ހަފްސާ ފޭބުމުން ކަރަމްވެސް ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކަރަމްއާ އެލީޝާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
ނުނިމޭ

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ރަނާ

shifza
Next

އެ ޞަފްޙާ (ފުރަތަމަބައި)

Next
shifza
October 14, 2014

އެ ޞަފްޙާ (ފުރަތަމަބައި)

Previews
October 13, 2014

ރަނާ

12 Comments!

  1. mal says:
    October 14, 2014 at 1:06 am

    V salhi mi part ves……

  2. mal says:
    October 14, 2014 at 1:10 am

    V reethi mi part ves..

  3. lynn says:
    October 14, 2014 at 1:21 am

    V nice mi part vzz

  4. look says:
    October 14, 2014 at 6:01 am

    Mivaahaka Kurin Kee hadhaaneh vay. V kiyaahithun mini. Unmeedh kuran avahah kiyan libeyne kamah.

  5. Shadhi says:
    October 14, 2014 at 6:43 am

    Ummeedhu kuran ekee kiyaalan libeyne kamah v bodah shukur

  6. Gems says:
    October 14, 2014 at 2:37 pm

    Karam is gay hen heevanee. Thoa? Eemiya

  7. Gems says:
    October 14, 2014 at 2:39 pm

    Dhoa?*
    Sorry

  8. eemiyaa says:
    October 17, 2014 at 12:27 am

    thanks all for the comments

  9. eemiyaa says:
    October 17, 2014 at 12:27 am

    look mi vaahaka mee mulhin aa vaahaka eh

  10. eemiyaa says:
    October 17, 2014 at 12:28 am

    gems kyve ehn thi buny?? nun he is not a gay

  11. raajjetherey kudhin says:
    May 18, 2015 at 9:36 am

    male meehun ei raajjey ba eh nuun baa.. emeeehun ei maa mussandhi ba eh thr..hama ekani rah rashu meehunahthr raajjethere kiyan jeheny. emyhun ei waki gaumehge ba eh thr.. male meehun dheke v rulhi aa dhey.. hithun maa molhu mussandhi ba ekow.huh..

    1. Inaa says:
      November 29, 2015 at 8:19 pm

      Yah. Emyhun ah engeyny thui vegen beyrah nukume ulhen. Athun
      fain kameh nukuraathaa ladheh ves nugan naane ehvx varakah. Nd will say they r gud, but in fact, they r most horrible.

Comments are closed.


All Right Reserved!