Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ޔާރާއޭ
ލޯބި

ޔާރާއޭ… (ހަތްވަނަ ބައި)

writer Level 310 Stories100 Comments
October 10, 2014 2 Mins Read
5 Comments

” ލައުހާ” ހައިކަލް އަށް ބުނެވުނެވެ. “މިތާ މަގު މެދުގަ ކީއްތިކުރަނީ..މޮޔަވީތަ…” ލައުހާގެ ކޮޑުގައި ހިފައި ތަޅުވައިގަތުމުން  ލައުހާއަށް ވާނުވާ އެގެންފެށިއެވެ.. ހައިކަލް ގައިގައި ބައްދައިގަތެވެ..ރޮމުން ދިޔައިރު މަޑު ގިސްލުމެއްވެސް ލައުހާގެ ހުއްޓެވެ… ހައިކަލް އަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ…ހައިކަލް ލައުހާ ގަޔާ ދުރުކުރަން މަސައްކަތްކުރިއެވެ..މަގުމައްޗަށް ވެފައި މީހުންގެ ލޯތަށް އަމާޒުވަމުން ދާތީވެސް މެއެވެ..އެހެނަސް ލައުހާ ވެއްޓެއް ދިޔަހެން ހީވެގެން  ހައިކަލް ބަލާލިއިރު ލައުހަގެ ވަނީ ދެލޯމެރޮފައެވެ… “ލައުހާ… ލައުހާ..” ހައިކަލް ހާސްވެފައި ލަައުހާއަށް ގޮވަމުން ދިޔައެވެ…”

————————————————————————————————————————————

އެނދުގައި އޮތް ލައުހާއަށް ބަލަން ކައިރީގައި ހައިކަލް އިނެވެ. ހައިކަލް ގެ މޫނު މަތިން ފާޅުވަމުންދިޔަ ހާސްކަމުގެ ކުލަވަރުތަކުންވެސް ހައިކަލް ކޮންމެވެސް ކަމަކާ ފިކުރުކުރާކަން ހާމަވެއެވެ.ތެދެކެވެ. ހައިކަލް ހިތުގައި މިވަގުތު ވަނީ އެތަށް ސުވާލަކުން ފުރާލެވިފައެވެ. ލައުހާ އަށް ކުއްލިއަކަށް އެގޮތަށް ވާން ވީ ވަކި ކީއްވެ ހެއްޔެވެ.؟ ލައުހާއަށް ވީގޮތެއް އެގުމުގެ ޝައުގުވެރިކަން ހައިކަލްގެ  ހިތުގައިވަނީ އުފެދިފައެވެ… ހައިކަލް އަށް ހޭވެރިކަންވީ ލައުހާ މަޑުމަޑުން އެސްފިޔަތަށް ހުޅުވަަން ފެށުމުންނެވެ..ގަދަ ނިންޖަކުން ނިދާފައި އޮތް މީހަކު ހުޅުވާ ފަދަ ގޮތަކަށެވެ… ކައިރީގައި ބަލަން އިން  ހައިކަލް ފެނިފައި ލައުހާއަށް ސިހުން ލިބުނެވެ…

“ހައިކަލް…މިތާ…” ލައުހާ މަޑުމަޑުން ސުވާލުކުރިއެވެ..

“ހޫމް…މިތާ… ދެން ކޮންތާކުތަ ހުންނަންވީ…މަގު މަތީގަތަ..؟” ހައިކަލް ހިތްހަމަނުޖެހިފައި ހުރިކަން ދައްކަން މަސައްކަތްކުރަމުންދިޔައެވެ..އެ ދެލޮލުން ލައުހާގެ ކޮންމެ ހަރަކާތަށް ފާރަލަމުންދިޔައެވެ…

“ސޮރީ… ނުބުނެ ދެވުނީތީ… ލައު ވަރަށް މުހިއްމު ތަނަކަށް ދާންވެފަ ހުރީމަ އެއީ…ވަރަށް މުހިއްމު ކަމެއް ނިންމަން..” ލޮލަށް ޖަމާވާން ތައްޔާރު ވަމުން ދިޔަ ކަރުނަތަށް ފޮރުވަން މަސައްކަތް ކުރަމުން ލައުހާ ދިޔައެވެ.

” އެހެންތަ…. އެހެންވިއްޔާ އެ މުހިއްމުކަމެއް ނިމުނުތަ..؟ ” އަނެއްކާވެސް ހަމަ އެ ހަރުކަށިކަން ދަންކަން މަސައްކަތްކުރަމުން ހައިކަލް ސުވާލުކޮށްލިއެވެ..ލައުހާ ހީކުރީ ނުބުނެ ދިޔުމުން  ހައިކަލް ހިތްހަމަ ނުޖެހިފައި ހުރީ ކަމަށެވެ.އެހެންކަމުން ލައުހާ ހުރީ ކުޑަކޮށް ޖެހިލުންވާގޮތްވެފައެވެ…

” އުހުން… އެކަމަކު އެކަމެއް ނިންމައިފިން ކޮންމެވެސް ގޮތަކަށް… އައި އޭމް ސޮރީ ހައިކަލް…ނުބުނެވުނީތީ…” ލައުހާގެ ކެތްތެރިކަން ކޮޅުން ލިކަހަލައެވެ.. އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.. ހައިކަލްގެ ހިތަށް ތަދުވިއެވެ.. ބޭ އިހްތިޔާރުގައި ހައިކަލް ލައުހާއާ ކައިރިއަށް ޖެހިލިއެވެ… އެ ރީތި ކޯތާފަތްމައްޗަށް އޮހެމުންދިޔަ ކަރުނަތަށް ފޮހެލަދިނެވެ…

” ނޫން..އައި އޭމް ސޮރީ…ލައުހާ  ހަމަ ބުނާ އެއްޗެއް ބަލަންވެގެން ހައިކަލް އެހެން ހެދީ… ރުޅިއައީކީއެއްނޫން…ދެންވެސް އެކަނި ބޭރަށް ދާން ބިރުގަންނަންޏާ ބުނެފަ ދައްޗޭ…އެއިރުން ހައިކަލް ގެންގޮސްދީފާނަށް… ލައުހާ… ތި ދެލޮލުން ބޭކާރު ގޮތުގައި މި އަގުބޮޑު ޖަވާހިރުތަށް ބޭކާރުކޮށް ނުލާ..” ހައިކަލް ވާހަކަ ދައްކަމުން ދިޔައިރު ލައުހާ އަށް އިދެވުނީ ހަމަ ހައިކަލް އަށް ބަލަހައްޓައިގެންނެވެ.އެދެލޮލުން ލައުހާއަށް  ފެންނަމުން ދޮޔައީ ހިމާޔަތާއި ރައްކާތެރިކަމެވެ… ހައިކަލް ވާހަކަ މެދުކަނޑާލީ  ޖީބުގައި އޮތް ފޯނު ވައިބްރޭޑް ވާން ފެށުމުންނެވެ…ލައުހާއާ ދުރަށް ޖެހިލައި ފޯން ހިފައިގެން ހައިކަލް ބޭރަށް ނިކުތީ ޖަވާބު ދިނުމަށެވެ..

” ލައުހާ… ތި ދެލޮލުން ބޭކާރު ގޮތުގައި މި އަގުބޮޑު ޖަވާހިރުތަށް ބޭކާރުކޮށް ނުލާ..” ހައިކަލް ދެންމެބުނި ޖުމްލަ ލައުހާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.. ހަމަ އެޖުމްލައެވެ…މީގެ އަހަރުތަކެއް ކުރިން އަޑުއިވުނު އެބަސްތަކެވެ..ކުރީން ވެސް އެ ބަސްތަކުން ލައުހާގެ ހިތަށް ލުޔެއް ގެނެސްދިނުމަށް މަސައްކަތްކުރީ ހަމަ އެއިންސާނާއެވެ…އަޖައިބެކެވެ.. ހަމަ ހަގީގަތުގައިވެސް ހައިކަލް އަށް ލައުހާ ނޭނގޫނީ ބާއެވެ..ނޫނީ ނޭނގޭ ކަމަށްހަދަނީ  ބާވައެވެ..ލައުހާ ހިތުގައި އެތަށް ހިޔާލްތަކެއް އެނބުރެމުން ސުވާލުތަށް ގިންވަމުން ދިއައެވެ…

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

އެލީޝާ
Previous

ެއެލީޝާ 3 ވަނަބައި

Next

ޔާރާއޭ… (8 ވަނަބައި)

Next
October 10, 2014

ޔާރާއޭ… (8 ވަނަބައި)

Previews
October 9, 2014

ެއެލީޝާ 3 ވަނަބައި

އެލީޝާ

5 Comments!

  1. Ezoo says:
    March 7, 2015 at 7:55 pm

    reethi ^_^

  2. Alim says:
    September 1, 2015 at 2:09 pm

    Reethi

  3. Alim says:
    September 1, 2015 at 2:10 pm

    Sweet

  4. Anonymous says:
    September 21, 2015 at 8:22 am

    Salhi

  5. Shi says:
    February 9, 2016 at 11:21 pm

    mivaahaka genessdheefa hurileh maakuru bt nice story

Comments are closed.


All Right Reserved!