އެތަނަށް މީހުން ޖަމާވާން ފެށީ ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ކާރު ދުއްވަން އިން ޒުވާނާ ވެސް އެތަނާ އަރާ ހަމަކޮށްލަމުން ހާސްވެފައި މޫނުގައި ފިރުމާލިއެވެ. އޭނަ އަވަހަށް ފޯނު ނަގަމުން އެމްބިއުލާންސަށް ގުޅާލިއިރު އަތުގައި މަޑުތުރުތުރު ލުމެއް ވެއެވެ. މީހުންތަކުގެ ދެތެރެއިން ގޮސް އޭނަ ފުރަތަމަވެސް ބެލީ އަލްޔަސް ނޭވާ ލާތޯއެވެ. އެއާއެކު އޭނަގެ ދެލޮލުން އުއްމީދުގެ އޮއެވަރު ފެނިގެން ދިޔައެވެ. ފުން ނޭވާއެއްލަމުން އޭނަ އިންތިޒާރު ކުރަން ފެށީ އެމްބިއުލާންސަށެވެ. އޭރު އެތަނަށް އެއްވެފައި […]
ހަލުއި ފިޔަވަޅުތަކެއް ގައި ނަޝާޔާ ހިނގަމުން ދިޔައީ ޒާހިރު ގެ ފިހާރައަށެވެ. އޭނާ އެވަގުތު ހީވަނީ އޮޓޯ ބުދެއް ހެންނެވެ. ނިޝްޥާ އަކާއި ވެސް އަނގައަކުން ނުބުނެއެވެ. ކިޔާނީ ވެސް ފަހެ ކީކޭ ހެއްޔެވެ؟ އެހެނަސް ހިތް ބުނަމުން ދިޔައީ ޒާހިރު އެހެން ނޫޅޭނޭ ކަމަށެވެ. ދެބެއިން ހަލުވި ހިނގުމެއް ގައި އައިސް ފިހާރަ ހުރި ގޯޅި ކަންމަތީގައި މަޑުކޮށްލިއެވެ.ތެދެކެވެ. ފިހާރަދޮށަށް އޮތީ ވެލިލާފައެވެ. އޭރުވެސް ޖޯލިފަތީގައި އަންހެނަކު އިނެވެ. މަގު މެދުގައި ހުރި ޖަނބުރޯލު ގަސްދޮށުގައި […]
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް ހަތަރު މަސް ނިމިގެން ދިޔައީ އުފާވެރިކަމާއެކުގައެވެ. ރޫޔާ އާއި ނަޒްޔަކްގެ ދިރިއުޅުން ވެސް ދިޔައީ ނުހަނު އޮމާން ކަމާއެކުގައެވެ. ފާއިތުވެގެން ދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޒެލީންގެ އުނދަގުލެއް އެއްވެސް ގޮތަކަށް ނުފޯރައެވެ. ކައިވެނީގެ ރޭގައި ހިނގި ހޫނު ޒުވާބަށް ފަހު ރޫޔާއާއި ޒެލީން އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޮފީހުގެ އެހެނިހެން މުވައްޒަފުން ޒެލީން އެކަހެރި ކުރާ މަންޒަރު ފެނި ރޫޔާ ދެރަވެއެވެ. ޒެލީންގެ އެކަނިވެރިކަން […]
ދެމަސް ފަސް… އުޑުމަތި ބައްދާލާފައި ހުރި ވިލާތައް ފޫއަޅުވާލަމުން ދުރުދުރަށް ދާންދެން އިރުގެ ރަން ދޯދިތައް ފެތުރިގެން ދިޔައިރު ފަޒާގައި ހަރުލާފައި އޮތް ގަދަ ފިނިކަމަށް ވެސް ލަސްލަހުން ނިމުން އަންނަމުން ދިޔައެވެ. ފަތިހު ވެހުނު ވާރެއާއެކު މަގުތަކުގައި ބޮޑެތި ފެން އާރުތައް ހެދި ހިނގަން އުނދަގޫވާވަރު ވެފައި ވެއެވެ. ނަމަވެސް އިރުގެ ގަދަ އާތްވާއެކު އެފެން އާރުތައް ވެސް ހިނދިގެން ދިޔައީއެވެ. ހެނދުނު އިރުއެރީއްސުރެ ގެއަށް ވެރިވެފައި ވަނީ ހަލަބޮލި ކަމެވެ. ގަޑިއަށް ކައިވެނީގެ ހުރިހާ […]
އެދުވަހު ގެއަށް އައިސް ވެސް ޒެލީންއަށް އެނޫން ކަމަކާ މެދު ވިސްނޭ ގޮތެއް ނުވިއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ބަނޑުހައިކަން އިހްސާސްކުރެވެމުން ދިޔަ ކަމުގައި ވިޔަސް ކޮޓަރިއަށް ވަން ގޮތަށް އޭނަ އެނދަށް ވެއްޓިގަތެވެ. ދެލޯމަރާ ތަގުޅިކޮށްލަމުން އޭނަ ގިސްލިއެވެ. މިހާ ބޮޑު ހިތްދަތިކަމެއް ލިބެން ޖެހޭ ވަރުގެ ކަމެއް އޭނަ ނުކުރެއެވެ. ”މަންމަގެ ފޯލްޓް ވެސް އެބައޮތް. ކޮންމެހެން އެ މައިމޫނާއަށް އެހީވަން ޖެހޭތަ؟ އޭނައަށް އެހީނުވިނަމަ މިދުވަސް […]
”ނައިޓިންގޭލް” އަށް ދެވެންދެން ކާރުގެ ތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނަޒްޔަކް ވާހަކަ ދައްކަން އުޅެފައިވެސް އެޚިޔާލު ދޫކޮށްލީ ރޫޔާގެ ރުޅިގަނޑު ފިނިވަންދެނެވެ. ޒަލަފް ފެނި ރޫޔާ އިނީ ފޫހިވެފައެވެ. އެކަމުގެ ކުލަވަރުތައް އެމޫނުމަތިން ސާފުކޮށް ފެނެއެވެ. ނަޒްޔަކް ރޫޔާގެ އަތްތިލައަށް ފިތާލަމުން ހިނިތުންވެލިއެވެ. ”ވަރަށް ފޫހިވޭ، ހަމަ އަހަރެންދާ ކޮންމެ ތަނަކަށް ދާނެ ނަސީބެއް އެވީނާ ނެތްކަން، އޭނަ ހުރިނަމަ ނިކްއާ ދިމާއަށް ވެސް ފަތިވަރެއް ގޮވާލާނެ…….” ރޫޔާ ތުންއަނބުރާލިއެވެ. އޭނަ ޒަލަފް ދެކެ އަންނަ […]
ނަޝާޔާ ސިއްސައިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބޮކި އަނދާފައި ވުމުން ކޮޓަރިތެރެ ވަރަށް އަނދިރިއެވެ. އެހެނަސް ކުޑަދޮރު ކައިރިން އެނދާ ދިމާލަށް ކަޅު ހިޔަންޏެއް އަންނަތަން ރީތިކޮށް ފެނުނެވެ. ގަންނާންކުރެއްވި ބިރުން ދަންނަހާ ހެޔޮ އެއްޗެއް ކިޔާލަ ކިޔާލާ އޮތީ ހިރިލަންވެސް ނުކެރިފައެެވެ. “ނަޝާ! ދެ ލޯވަށް ކޮށް ގެން އަދި އެބަ އޮތެއްނު… ހިނގާ މަށަށް ކާން ހަދައިދޭން… ” ކަޅު ހިޔަންޏެއް ސިފައިގައި މި ފެނުނީ ފިރިމީހާ ޒާހިރެވެ. ނަޝާޔާ އެނދުން […]
ޕިކްނިކް ދިޔައީ ޕިންގް މެޓްރޮޕޮލިޓަން ޕާކަށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުލަކުލައިގެ ގުޑިތަކުން ހިސޯރުކޮށްފައި އޮތް އުޑުމައްޗެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންތައް ވެސް ފޯރިއާއެކު ގުޑިއެރުވުމުގައި އުޅުނިއިރު ފަޒާ ހަލަބޮލިކޮށްލާފައި އޮތީ މީހުންގެ ހުނުމުގެ އަޑުންނެވެ. ފެހިކަން ގަދަ މާހައުލާއި މާމެލާމެލީގެ ގުލްޒާރަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައީ މާތަކުން ފޮނިބޯން އުދުހެމުން ދިޔަ ކޮކާތަކުންނެވެ. ޕާކް ކައިރީގައި އޮތް ފަރުބަދަ ތަކުގެ ސިލްސިލާގެ ހުރަހަކަށް ވެފައިވަނީ އެދެމެދުގައި އޮތް މާސިންގާ ކޯރެވެ. ބަލާލާ ކޮންމެ […]
ހުޅަގު މޫސުމް ފެށިގެން އުޅޭ ދުވަސްކޮޅެވެ. އުޑުމަތި ބަނަކުރަމުންދިޔަ ވިލާތައް އޮއްސައިގަތީ ހެނދުނުއްސުރެ އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދިނުމަށްފަހުގައެވެ. ވިއްސާރަ ބޯކޮށްލީ އިނާމެން ފުރަން ދިޔަ މަގުމަތީގައެވެ. ވާރޭގެ ބަރު ތިކިތައް ފެރީއަށް ހަމަލާދޭން ފެށިއިރު ކަނޑުގަދަކަމުން ފެރީ ބަންޑުން ޖަހާލަފާނެހެން ހީވި ފަހަރުވެސް އަޔެވެ. ފަޒާ ފުސްވެ ތަނެއް ދޮރެއް ވެސް ފެންނަނީ ނިކަން އުނދަގުލުންނެވެ. އީނާ އަލްޔަސްގެ އަތުގައި ބާރަކަށް ހިފަހައްޓާލައިގެން އިންއިރު ފެރީގައި ތިބި އެންމެންގެ މޫނުމަތިންވެސް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. […]