“ރިހާއާއި ޒީޝާންގެ ކައިވެނި ހަމަޖެހުމުން މިހެން ބުނަން މަންމަ ދެރަވޭ… އެކަމް، މިވާހަކަ ނުބުނެ ނުހުރެވޭނެ. އެނގޭ ދަރިފުޅު ގާތުން މިއެދެނީ ވަރަށްބޮޑު ކަމަކުކަން… އެނގޭ މި އަރައިގަނެވެނީ ރިހާގެ ހައްޤަކަށްކަން. އެކަމް، ނިހާ ޒީޝާން ދެކެ ވަރަށް ލޯބިވޭ. ނިހާއަށް ޓަކައި ޒީޝާން ދޫކޮށްލަދީ… މަންމައަށްޓަކައި…!” ނަސީމާ އެ އެދުނު ކަމަކުން ރިހާއަށް ބޭއިޙްތިޔާރުގައި ނަސީމާގެ އަތުން ދޫކޮށްލެވުނެވެ. އަދި ދެ ލޯ ބޮޑުވެ އަގައިން ބަހެއް ނުބުނެވި ނަސީމާއަށް ބަލަހައްޓައިން އިނދެވުނީއެވެ. ރިހާއަށް ބަލާލުމަށް ފަހު ނަސީމާވެސް އެތަނުގައި ނީންނަންވެގެން އަވަހަށް ތެދުވެގެން ދިޔައީއެވެ. ނަސީމާ ދިޔަ ދިމާ ބަލަހައްޓައިން އިން ރިހާގެ ލޮލުން އެވަގުތު ކަރުނައައެވެ. ނަމަވެސް އެ ކަރުނަ ދެކޭނީ ކާކުހެއްޔެވެ؟ އެއިން އަސަރެއް ކުރާނީ ކާކަށްހެއްޔެވެ؟
ރިހާ އިނީ އެނދުމަތީގައި ޒީޝާން ހަދިޔާއެއްގެ ގޮތުން ދީފައިން ބޮޑު ބެއާއެއްގައި ބައްދާލައިންނެވެ. ނަސީމާ ދިއުމަށްފަހު ވަރަށް ބޮޑަށް ރުއިނަމަވެސް، އަމިއްލަ ނަފްސް ހަމައަކަށް އަޅުވާ މިހާރު އެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. ނަސީމާ ބަދަލުވެ ރިހާއަށް ނަސީމާގެ ލޯބި ލިބޭނެ ކަމުގެ ކުށްހީ ކުރެވުނީތީ އޭގެ ހިތިރަހަ ރިހާގެ އަރުތެރޭ ހަމަރަގަޅަށްވެސް ލައިފިއެވެ. ނަސީމާގެ ވާހަކަތައް ރިހާގެ ހިތަށް ތީރުތަކެއްފަދައިން ހެރެމުންދިޔައިރު، ނަސީމާގެ ހުރިހާވެސް މީހަކީ ނިހާ ބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ނިހާ އަނބުރާ ގެނައުން އެއީ ރިހާއަށް ހެނދުނު ގޯހެއްބާއޭ ވެސް ރިހާ ހިތަށްއެރިއެވެ. ހަޔާތުގެ ވިހި އަހަރު ނިހާގެ ސަބަބުން ރިހާގެ އަތުން ބީވެގެން ދިޔައިރު އަންނަން އޮތް މުސްތަޤްބަލްވެސް ނިހާއަށްޓަކައި ޤުރްބާން ކުރަންވީހެއްޔެވެ؟ ވިސްނާވިސްނާ ބޯ ހާސްވާން ފެށުމުން ރިހާ އެނދުމަތިން ތެދުވެ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. އެގޮތުގައި އިރުކޮޅަކު ހޭދަކުރުމަށްފަހު އައިސް ރީތިވާ މޭޒުދޮށަށް ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި ކުއްލި ހަރަކާތަކާއި އެކު ރީތިވާ މޭޒުމަތިން އެންމެ ފުރަތަމަ އަތުޖެހުނު އެއްޗެއްނަގާ ރުޅިވެރިކަމާއިއެކު ލޯގަނޑާއި ދިމާއަށް ހޫރާލިއެވެ. އަދި ދެ ލޯމަރާލައި ފުން ނޭވާއެއްދޫކޮށްލަމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
އާދުވަހެކެވެ. ހަވީރުގެ ވަގުތު ޒީޝާނާއި އެކު ރިހާ ދިޔައީ ޒީޝާންގެ އެދުމުގެ މަތިން ކާރު ދުއްވާލާށެވެ. ދުއްވަމުންގޮސް ޒީޝާން ކާރު މަޑުކޮށްލީ ރަށުގެ މަށި ކުޅި ކައިރީގައެވެ. “އޯކޭ! ވަޓް އިޒް އިޓް!” ޒީޝާން ސީރިއަސް ކަމާއިއެކު ރިހާ ގާތު އަހާލިއެވެ. ރިހާ ކޮންކަމެއްހޭ އަހާލުމުން ޒީޝާން ބުންޏެވެ. “މިއަދު ރިހާ ތިއުޅެނީ ހާދަ ތަފާތުކޮނޭ… އިޓްސް ވިއަޑް.” އިއްޔެއިންސުރެ ރިހާ މާ ތަފާތު ކަން ފާހަގަ ކުރެވިގެން ޒީޝާން އަހާލިއެވެ. އެހެންޏާ ދުވަހަކުވެސް އަމިއްލައަށް ޒީޝާން ދެކެ ލޯބި ނުވެއޭ ނުބުނާ ކުއްޖާ މިއަދު އެހެން ބުނީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެންޏާ އެހާ ގިނައިން ވާހަކަ ނުދެއްކިނަމަވެސް މިއަދު އަނގަ ހުއްޓާނުލައެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ލަނދުން ވިރޭ އަންހެންކުއްޖާ މިއަދު ކައިވެނި ކޮށްގެން އުޅޭނެ ތަނަކާއި ހޯދާނީ ކިތައްކުދިން ކަމަށް ދާންދެން ނިންމައިފިއެވެ. “އައި މީން، އިޓްސް ގުޑް، ބަޓް ސޯ ނޮޓް ލައިކް ޔޫ.” ޒީޝާން އެހެންބުނި ސަބަބު ކިޔައިދިނުމުން ރިހާ ގާތަށް ހިނިއައެވެ. އަދި ހާސްނުވުމަށް ބުންޏެވެ. އެދުވަސް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ.
މާޔާ އާއި ޒާންގެ ކައިވެނި ކުރެވިގެން ދިޔައެވެ. މެހެމާނުންތައް އައިސް ހަފްލާ ކުރިއަށް ދާން ފެށުމުން ރިހާ އާއި ޒީޝާންގެ ކައިވެނި އިއުލާން ކުރަން ވަގުތު ޖެހިއްޖެކަމަށް ނިންމައި ނަސީރާއި ޒުބޭރު ހުރިހާ އެންމެންގެ ސަމާލުކަން ހޯދިއެވެ. ނަމަވެސް އިހަށް އެވާހަކަ މަޑުޖައްސާލަން ޖެހުނީ ރިހާ އައިސް ނަސީރު ގާތުހުއްޓިލައި ވަރަށް މުހިއްމު އެނައުންސްމެންޓެއް އޮތްވާހަކަ ބުނުމުން ރިހާއަށް އެ ފުރުޞަތުދިނުމަށެވެ. ނަސީރު އަތުގައި އޮތް މައިކް ނަގަމުން ރިހާ ހުރިހާ މެހެމާނުންނާއި މުހާތަބުކޮށް ބުންޏެވެ. “ހައި އެވްރީވަން. އޭޒް ޔު އޯލް ނޯ، މިއަދު އަހަރެންގެ ކޮއްކޮ މާޔާގެ ކައިވެނިކުރެވިގެން މިދިޔައީ. އެންޑް އެ ދެމަފިރިންނަށް ބާއްޖަވެރި ކައިވެންޏަކަށް ރިހާ އެދެން. ބަޓް ދެޓްސް ނޮޓް ވައި އައިމް ހިއަރ… ރިހާ މިއަދު މިތަނުގައި މިހިރީ، އެންޑް ކުރިން ބައްޕަ ތި އެންމެން ގާތު ދަންނަވަން އުޅުނީ އެހެން ކައިވެންޏެއް ވަރަށް އަވަހަށް މި ޢާއިލާގައި ކުރެވޭނެ ވާހަކަ.” ރިހާ ހިނތުންވެލަމުން އެހެން ބުނިއިރު ނަސީރާއި ޒުބޭރު އަދި ދެ ޢާއިލާގެ އެހެން މީހުންވެސް ތިބީ ރިހާ އެކުރަނީ ކީއްކަމާއިމެދު ސުވާލު އުފެދިފައެވެ. އެންމެންގެ ކުރިމަތީގައި އަމިއްލަ ކައިވެނި އަމިއްލައަށް އިއުލާން ކުރަނީހެއްޔެވެ؟ “މިއަދު ވަރަށް އުފަލާއިއެކު ރިހާ ބޭނުން ރިހާގެ ބިސްނަޒް ޕާޓްނަރ ޒީޝާން ޒުބޭރުގެ ކައިވެނި ރިހާގެ ކޮއްކޮ ނިހާ ނަސީރާއި އެކު ހަމަޖެހިފައިވީ ވާހަކަ ތި އެންމެބޭފުޅުންނާއި ހިއްސާކޮށްލަން.” ރިހާގެ ވާހަކައިން އެންމެން ތިބީ ހައިރާންވެފައެވެ. ނަސީރު ހުރީ ރިހާ އެކުރި ކަމެއް ޤަބޫލުކުރަން ދަތިވެފައެވެ. ނަސީރު އެކަންޏެއް ނޫނެވެ. ޒުބޭރާއި އޭނާގެ ޢާއިލާއެވެ. ނަމަވެސް އެކަމުން ހިނިތުންވުމެއް ގެނުވީ ނިހާގެ މޫނަށެވެ.
ޒީޝާނަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް އެޅިހެންނެވެ. ފުރަތަމަ ޒީޝާނަށް ހީވީ އެއީ ޒީޝާނަށް އަޑުއިވުނު ގޮތްކަމަށެވެ. ނަމަވެސް އެއީ ހަޤީޤަތްކަން އަންގައިދިނީ ރިހާ އަމިއްލައަށް އައިސް ނިހާއާއި ޒީޝާންއަށް މަރުހަބާ ކިއުމުންނެވެ. ރިހާ ދިއުމުން ޒީޝާންވެސް ރިހާގެ ފަހަތުންދިޔައެވެ. ރިހާ ސިއްސައިންދިޔައީ ފުރަގަހުން އައިސް ޒީޝާން ރިހާގެ މުލައްދަނޑީގައި ހިފާ ކުއްލިއެއްޖަހާ ރިހާ އަނބުރާލިގޮތުންނެވެ. ޒީޝާން ފެނުމުން ރިހާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. “ޒީޝާން އަހަރެންގެ އަތުން ދޫކޮށްލާ! ވަޓް ޑު ޔޫ ތިންކް ޔޫ އާ ޑްއިންގ.” ޒީޝާން ހިފާފަ ހުރިލެއްބާރުކަމުން ރިހާއަތަށް ދިޔައީ ތަދުވަމުންނެވެ. “އެގްޒެކްޓްލީ! ރިހާ ބުނެބަލަ! ކީއްތިކުރަނީ؟ ރިހާއަށް މިއީ ކުޅޭ ކުޅިވަރެއްތަ؟” އައިސް ހުރި ރުޅީގައި ޒީޝާނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ޒީޝާންގެ އެ ސުވާލުން ރިހާގެ ތުންފަތަށް ވެރިވެގެންދިޔައީ ހިނިތުންވުމެކެވެ. ރިހާގެ އެ މަލާމާތުން ޒީޝާނަށް ބޭއިޙްތިޔާރުގައި ރިހާގެ އަތުން ދޫކޮށްލިއެވެ.
ޒީޝާން ހިފައިން ހުރި ތަނުގައި އަނެއްއަތުން ފިރުމާލަމުން ރިހާ ވާހަކަދެއްކިއެވެ. “ކުޅިވަރެއްނޫން ޒީޝާން ޒުބޭރު. އިޓްސް ފަން. މިތާ، އައި ވޯސް ބޯޑް ޓު ޑެތް. އަބަދު އޮފީހުގަ މަސައްކަތްކޮށް ކޮއް އަހަރެން ހުރީ ޗޭންޖްއަކަށް ބޭނުންވެފަ. އެހެން އުޅެނިކޮށް ޒީޝާން އައީ. އެންޑް ޔޫ ނޯ، ދެން ޒީޝާން މާ ވަރަކަށް އަހަރެން ގާތު އާދޭސް ކުރަން ފެށީމަ ހިތަށް އެރީ ހަމަ ޓައިމް ޕާސް އަށް ރަގަޅުވާނޭ… އެންޑް ގެސް ވަޓް! އަހަރެންނަށް ހީވީ ހަމަ ރަގަޅަށް. އެކަމު ދެން… ދެން އެންމެނަށް މިކަން އެނގި ކައިވެންޏާ ހަމައަށް މިކަންތައްގަނޑު ދިޔައިމަ އައި ވޯންޓެޑް އައުޓް. އަހަރެން ބޭނުންވީ މިކަމުން ސަލާމަތްވާން… އެންޑް ޔޫ ނޯ ދަ ރެސްޓް އޮފް ދަ ސްޓޯރީ.” ޒީޝާނަށް ހިނިތުންވެލާ ފަސްދީ ރިހާ ހިނގައިގަތެވެ. “އަހަރެންދެކެ ލޯބިވެއޭ ނުބުނަންތަ؟ މުސްތަޤްބަލްގެ ޕްލޭންތައް ނުކުރަންތަ؟ އެއީ ވެސް ހަމަ އެކްޓްތަ؟” ޒީޝާން ދެރަވެލާފައި ރިހާއައި ސުވާލުކުރީ އަދިވެސް ރިހާގެ ވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. “ވޭކް އަޕް އެންޑް ސްމެލް ދަ ކޮފީ، ޒީޝާން!” ރިހާ އެނބުރި ޒީޝާންގެ ލޯ ކުރިމަތީ އަތްޖަހާލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. “އައި ލައިޑް ޓު ޔޫ. އައި ނެވަރ ލަވްޑް ޔޫ. އޯކޭ!” ރިހާ އަނެއްކާވެސް އަނެއްފަރާތަށް އެނބުރިލިއެވެ. އެއާއި އެކު ރިހާގެ މޫނުމައްޗަށް އަރައިގެން ދިޔައީ ހޫނު އެތިފަހަރެކެވެ.
ކޯތާފަތުން އަރައިގެން ދިޔަ ދިލައިން ރިހާ ކޯތާފަތުގައި ފިރުމާލިއެވެ. އެއީ ކާކުގެ އަމަލެއްތޯ ބަލާލިއިރު ކުރިމަތީގައި ނަސީރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ދާދި ގާތުގައި ޒުބޭރުގެ އިތުރުން ދެ ޢާއިލާގެ ބައެއް މެންބަރުން ތިއްބެވެ. ރިހާ ހުރީ އަދިވެސް ނަސީރު ރިހާ ގައިގާ ޖެހިކަން ޤަބޫލުކުރަން ދަތިވެފައެވެ. މިވީހާތަނަށް ރިހާއާއި ދިމާއަށް ބާރަށް އެއްޗެއް ބުނެފައި ނުވާއިރު ނަސީރު އެގޮތަށް ޖަހާފާނެކަން ޤަބޫލު ނުކުރެވޭތީ ދެ ލޯ ބޮޑުކޮށްލައިން ރިހާއަށް ހުރެވުނީއެވެ. މިއަދު ހަފްލާގައި ރިހާ ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިގެން ރިހާއާއި ވާހަކަދައްކާނީއޭ ހިތާ ރިހާ ފަހަތުން އައިއިރު ރިހާ ޒީޝާން ގާތު ދެއްކި ވާހަކަތައް އިވިފައި ނަސީރަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނީއެވެ. ނަސީރަށް އަދިވެސް ޤަބޫލުނުކުރެވެނީ އޭނާގެ ދަރިފުޅު އެ ފަދަ ގޮތަކަށް މީހެއްގެ އިހްސާސްތަކާއި ކުޅެލަފާނެކަމެވެ. ނަސިރުގެ އެންމެ ބަސްއަހާ އެންމެ ރަގަޅު ދަރިފުޅު އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެކަމެވެ.
“ޑޭޑް…” ރިހާ ވާހަކަ ދައްކަން ހުޅުވާލި އަނގަ ބަންދުވީ ނަސީރުގެ އަޑުންނެވެ. “ރިހާއަށް އެނގޭތަ ރިހާގެ ތި އަމަލުން ތި ކުޅެލެވުނީ ކިތައް މީހުންގެ އިޙްސާސްތަކާއިކަން؟ ރިހާގެ ސަބަބުން މިއަދު ހިތުގަޖެހުނީ ހަމައެކަނި ޒީޝާނެއް ނޫން. ރިހާ މިއަދު ބައްޕަގެ ހިތުގަވެސް ޖައްސައިފި…” ރިހާ އަނެއްކަވެސް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އަތުގެ އިޝާރާތުން ނަސީރު އެކަން މަނާކުރިއެވެ. އަދި އެތާ ތިބި މީހުންނަށް އިޝާރަތްކޮށްލަމުން ބުނެލިއެވެ. “ބަލާބަލަ މި އެންމެންގެ މޫނަށް. މިއީ ރިހާ ތިކުރި ކަމަކީ. ނިކަން ވިސްނާލަބަލަ ނިހާއަށް މިކަމުން ކުރާނެ އަސަރު. އެންމެންގެ ކުރިމަތީގައި ކައިވެންޏެއް އިޢުލާން ކުރާއިރު ދެ މީހުންގެ ރުހުން އޮތްތޯވެސް ބަލަންޖެހޭނެ… މިއަދު އެންމެންގެ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓޭނީ ރިހާއާއި ހުރެ. އެކަން ހަނދާން ކުރާތި!” ރިހާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ނަސީރު ބުންޏެވެ. އަދި ޒުބޭރާއި ދިމާއަށް އެނބުރެމުން ބުންޏެވެ. “ޒުބޭރު! އަހަރެންގެ ދަރިފުޅުގެ ފަރާތުން އހަރެން ޒުބޭރުގެ ކިބައިން އަދި ތި ޢާއިލާ ފަރާތުންވެސް މަޢާފަށް އެދެން… ޒީޝާން…” ނަސީރުގެ ޖުމްލަ މެދުކަނޑާލީ ރިހާއެވެ. “ޑޭޑް… ކީއްކުރަން ތި މަޢާފަށް އެދެނީ.” ރިހާގެ އަޑުގައިވި ފަރުވާކުޑަ ކަމަކުންނާއި ބޮޑާ ކަމަކުން ނަސީރު ހުރީ އަންތަރީސް ވެފައެވެ. މިއީ ހަމަ އޭނާގެ ރިހާ ހެއްޔެވެ؟ ވެދިޔަ ކަންތަކުން ހަމަ އެއްވެސް އެއްޗެކޭ މި އަންހެންކުއްޖަގެ ހިތަށްނޭރިއެވެ. “އިޓްސް ނޮޓް ޔުއާ ފޯލްޓް. ކުރި ކަމެއް ކުރީ އަހަރެން. އެންޑް އަހަރެން އެއިން އެއްވެސް ކަމެއް ރިގްރެޓެއް ނުކުރަން. އައިމް ނޮޓް ސޮރީ.” މިފަހަރުވެސް ނަސީރު އަތްމަޅާލީ ރިހާއާއި ދިމަލަށެވެ. ނަމަވެސް ނަސީރުގެ އަތުގައި އެވަގުތު ޒީޝާން ހިފެހެއްޓިކަމުން ރިހާ ނަސީރުގެ އެ ހަމަލާއިން ސަލާމަތްވިއެވެ.
“ނަސީރުބެ ތިއީ ބޭނުން ހުރިކަމެއް ނޫން.” ރިހާއާއި ދިމާލަށް ބަލާލަމުން ޒިޝާން ނަސީރަށް ބުންޏެވެ. “އެކަހަލަ އަންހެނެއްގައިގަ ޖަހައިން ނަސީރުބެއަށް ވާނެ ފައިދާއެއްނެތް. މިއީ އަހަރެންގެ ނަސީބުކަންނޭގެ. ނަސީބެއް މިކެހިވެރިޔާގެ ހަޤީޤަތް ހާމަވިކަން ކައިވެންޏާއި ހަމައަށް ނުގޮސް.” ޒީޝާން ރިހާއާއި ދިމާލަށް ބަލާލީ ނަފްރަތާއި އެކުއެވެ. ރިހާ އެއީ ކަމަކަށް ނުހަދާ ފަރުވާކުޑަކޮށް މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. “މީހުންގެ ކުރިމަތީ ނަސީރުބެގެ އަގެއްނުވެއްޓޭނެ. ނިހާ ޤަބޫލިއްޔާ، އަހަރެން މިހިރީ ނިހާއާއި ކައިވެނި ކުރަން ތައްޔާރަށް.” ޒީޝާންގެ އެ ޖުމްލައިން އެންމެނަށް ލިބުނީ ޝޮކެކެވެ. “ސީ… އެ ނިމުނީނު އެކަންތައް. ޔޫ ޑޯންޓް ހޭވް ޓު ވޮރީ ޑޭޑް.” ރިހާ އުފާވެލާފައި އެހެންބުނެ އެތަނުން ދިއުމަށް ހިނގައިގަތެވެ. އެވަގުތު ޒީޝާން އަނެއްކާވެސް ރިހާގެ އަތުގައި ހިފިއެވެ. ރިހާ އެނބުރި ޒީޝާނާއި ކުރިމަތިލިއެވެ. “ނައު ވަޓް؟” ފޫހިވެފައި ހުރެ ރިހާ އަހާލިއެވެ. ރިހާ ބަލައިން ހުއްޓަ ޒީޝާން ރިހާގެ އަތުގައި އަޅުވަދިން އަނގޮޓި ބާލަމުން ބުނެލިއެވެ. “ޔޫ ޑޯންޓް ޑިސާވް ދިސް!”
“ރިހާ! ރިހާ ޒީޝާނަށް މިވަރު ބޮޑު ކެއްސެއް ތިދިނީ ވިޔަފާރީގެ ކަންކަމާއި ހުރެ ފޫހިވެގެންނެއްނު. މީގެ ފަހުން ވިޔަފާރީގެ އެއްވެސް ކަމެއްގަ ރިހާ ބައިވެރިވެގެންނުވާނެ! އޮފީހަށްވެސް ދާނެކަމެއްނެތް! މިރޭ މިވަގުތުން ފެށިގެން ތިއީ އަހަރެންގެ ކޮމްޕެނީގެ އަދި އަހަރެންގެ ހިއްސާ އޮންނަ ކޮމްޕެނީއެއްގެ ވެސް ވެރިއެއްނޫން. އަދި މުވައްޒަފެއްވެސް ނޫން.” ނަސީރުގެ ނިންމުން އިވުއްމުން ރިހާގެ ދެ ލޯ ބޮޑުވެގެން ދިޔައިރު ނޫނެކޭ ބުނެ ދެފަރާތަށް ބޯހޫރާލިއެވެ. “ޑޭޑް، ޕްލީޒް… ރިހާއަށް ތިހެނެއް ނުހެދޭނެ!” ރިހާ ހާސްވެ ތެޅިގަތް ގޮތް ފެނިފަ ނަސީރު ބުނެލިއެވެ. “ކީއްވެ ނުހެދެން ވީ؟ އަހަރެންމީ އެތަނުގެ ވެރިމީހާ. އެހެންވީމަ އަހަންނަށް އެކަން ނުކުރެވި ދެން ކާކަށް އެކަން ކުރެވޭނީ؟”
“ޑޭޑް! އަސްލު ރިހާ ބުނީ ޑޭޑްއަށް މިހާރު ރިހާ ކޮމްޕެނީން ވަކިނުކުރެވޭނޭ… ބިކޮޒް އިޓްސް ނޮޓް ޔުއާސް އެނީމޯ.” ރިހާ އެއްމިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ. “އިޓްސް މައިން. އެއީ މިހާރު އަހަރެންގެ ކޮމްޕެނީއެއް.” ރިހާ ދެންބުނީ ކުޑަ ދުވަސް ކޮޅެއްކުރިން ނަސީރު ލައްވާ ރިހާ ސޮއި ކުރުވި ލިޔުންތަކު ތެރޭގައި ނަސީރުގެ ކޮމްޕެނީ ރިހާގެ އަމިއްލަ ނަން މައްޗަށް ބަދަލުކުރުމަށް ނަސީރުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއްވެސް ވާނެކަމަށާއި ނަސީރު އެ ލިޔުމުގައި ސޮއި ކުރުވި ހިސާބުން ފެށިގެން އެއީ މިހާރު ރިހާގެ ތަނެއްކަމުގައި ބުނެލީ ވިހަ ހިނިތުންވުމަކާއިއެކުއެވެ. އަދި ރިހާ އެތަނުން ވަކިކުރުމުގެ އެއްވެސް ބާރެއް ނިހާރު ނަސީރަށް ނޯންނާނެކަމުގައި ބުނެ ރިހާ އެތަނުން ދިޔައެވެ.
ނަސީރު ހުރީ ރިހާގެ އެވާހަކަތައް އެއީ ހަޤީޤަތެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. މަޑުން އިންނަ ގުރާ ބާރަށް ދައިގަންނާނެކަން މިއަދު ނަސީރަށް ޔަޤީންވެ ލޮލުން ފެނި އަތުންވެސް ހިފުނީއެވެ. ދެރައީ ރިހާ އެފަދަ ކެހިވެރިއަކަށް ވީމައެވެ. ނަސީރަށް މިހާރު އޭނާގެ އަމިއްލަ ދަރިފުޅު ނޭނގޭހާ ބޮޑަށް ރިހާ އެހުރީ ބަދަލުވެފައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟
==(ނުނިމޭ)==
27
60 Comments
Comments are closed.
Raina
December 15, 2014 at 10:56 amPeople fall in Love, but sometimes they are not meant to be together. In the end there might be something even better waiting for them.
elsa
December 15, 2014 at 12:13 pmHaadha kurey..avaha up kodhechey..mi part ves vv salhi
Zahu
December 15, 2014 at 12:41 pmAlhe.. 🙁 aneh bai avas plxx
shooty
December 15, 2014 at 1:31 pmRain!!!!!!!!!!!!! What hav u dne????? Hama rangalhah vx rovijje :'(
mary
December 15, 2014 at 1:45 pmrihaaya hedhi evarah ulhunu zeeshan haadha avahakah e hehlunee…
n
December 15, 2014 at 4:32 pmMi part v nice , next part avahah upload kohthechy .
black widow
December 15, 2014 at 6:59 pmmi vahaka kiyalima handhanah aie film ” dil he tumara” 🙂
Eve
December 15, 2014 at 9:44 pmMi vaahakaige feshun ulhenee kihaa hisaabaku…
shooty
December 15, 2014 at 11:19 pmAslu hagygathah bunaa nama mihaaru esfiya site ah aisa in badhal ehaa salhi eh noon. Kurin story ge 1 part belyma up vefa huri hirihaa parteh feney. V easy, am i right friends????
aysh
December 16, 2014 at 1:09 amvaahaka liyun theriya ge name ah click kohlyma hurihaa baithakeh annane. . . .
Nau
December 16, 2014 at 9:02 amAle rihaa ah huriha dhera eh nudhybo plx … rihaa nd zeeshan guluvabo plx…
lee jong suk
December 16, 2014 at 10:50 amv reethi mi part ves
hawwi
December 17, 2014 at 9:19 amkobaa tha aneh part..kn irakun tha up vany???? waitin waitin waitin..
rainas fan
December 17, 2014 at 1:12 pmRaina dhn mihaaru bored vejje. Abadhu wait kuran mi jeheynee story ah. Dhn avahah up kohba
raina fuk
December 17, 2014 at 2:04 pmI hate you Rainaaaaaaaaaa
jdjdjjdjd
December 17, 2014 at 2:05 pmFuck you raina
athoo ..
December 17, 2014 at 7:42 pmalhe heyo nuvaane thikahala basthah beynun kuran. thee muslimuntha? khiyaalu husha halhuhvaa ehen jahaafa innanee thi kahala basthah beynun kuraa kasheh nooney.
ROZY
December 17, 2014 at 9:23 pmalhe plx avass kohba. evess kujjaku hadi ehchehi nukiyaaba. enmenvegen zuvaan jeelaa. dhen ahnav jeel islaahukureveytho ulheba.
plx plx plx plx plx plx plx aneh bai
shooty
December 17, 2014 at 11:11 pmU r right athoo, v foohivey efaadah comment kuraathy. Rulhi anna kudhin nukiya thibyma ehaa hisaabun nimuny nu. Stupid :\
nufuppaa athoo anga madunlaa athoo
December 17, 2014 at 11:55 pmKaley ah kon kameh athoo. Athoo ge vaahaka akah nooney aharen comment kohfa inee. Kihaa bodu bolaaeh athoo. Kaley ge vaahaka thakah comment kuryna reply dheyn ulhey. Maa reethi koh vaahaka liyàaa meeehehves nooney. Kaley ge thunfaiy dhon kuran dheyba
shooty
December 19, 2014 at 6:03 pmThy knme kujjakas hehdhewi faraathah taka myhuna thigothah muhaathabu nukurey. Ehn myhakah vure uni sifa eh thima gaiga hurun ekashygn vey. Allah insaanun hehdhewy uni sifathakaai eku, ekan gaboolu nukuranya quran tharujaa eh kolhun aneh kolhah kiyun v rangalhu
look
December 19, 2014 at 7:56 pmRai plsssss next part genesdhaynee kondhuvahaketha. Avaskohbala pls
athoo ..
December 19, 2014 at 8:19 pmathoo hama hairaan vejje mi raajje kudhinge haalathu fenifa. athoo ah gabool kuranves dhathi mee raajje kuhjekan. athoo ah massala eh nei athooge vaahakathah hadi vias. ekamaku faadu kiyaairu kiyanjeheynee binaakuruvanivi faadu.
raina akeeves athooge ukhtheh noon tha? hurihaa kudhinves ekuverikamaaeky ulhen vaanee. ekaku anekakaa jehsevigen ulheykah nuvaane.
athoo comment kuree faadu kiyaakah noon. ragalhu kuran.
Flower
December 20, 2014 at 8:13 pminthixaaru koh koh varubali vejje……..when next part
hawwi
December 21, 2014 at 8:05 amrainaaaa..kobaatha aneh part..haadha dhuvahekey mi vany..
Raina
December 21, 2014 at 4:12 pmOmg athoo! Stop harassing my fans!!!!
sheikh
December 21, 2014 at 4:18 pmMee dheenee fathuvaa dhey site eh tha? 😛 Shootyy please answer 😛 lololo
nary
December 21, 2014 at 4:23 pmhooooon,mee ekkala doc akah vaan ulhefa doc akah nuve thaakun thaaku nujehey ehchhi esfiya site up kuraa athoo dho:@
happu
December 21, 2014 at 4:24 pmathoo beynunvany oa doc akah vaaan:D
shooty
December 21, 2014 at 8:15 pmSheikh ah shooty dhekki vaahakaiga ehvx buradhaneh nethas shooty ah massala eh nei, gaboolu kuran shooty me enme rangalhu kujjaa noon kamah vx. ekm thikahala hadi ehchis kiyaigen site thakuga amilla comment thah jehumaky hudu thima ge vx agu vettey kameh, adhi eyn angaidheny thimage fnvaru dhah kama findi kan 🙂
shooty
December 21, 2014 at 8:20 pmAnd one more thing, emyhaku kuriah dhaan beynun va dhaairaa akun kuriah dhiumuge haggu onnaane. Adhi ekan nuviyas ekamah huvafen dheki unmeedhu vx kurevidhaane. Ae happu akas nary akas sheikh akas 😛 LOL 😀
gamaaru
December 21, 2014 at 9:16 pmRaina ves dhn thivarun vaahaka nuliyaba!! Dhe bai liyefa break!! I hate Raina. Dhuvahakuves raina ge vaahaak eh nukiyaanan. And btw what is wrong with this shoòty! Shooty kudhinnaa jassaigen noolheba! Mee muslimun. Thigothah ehen kudhinnaa dhimaalah ehchis keema ekudhin ves dheravaane. So pls shooty mind your language 🙂
shooty
December 21, 2014 at 9:38 pmWhat is wrong with you gamaaru????? Thing i was trying to do is make some people understnd 🙁 they are saiyng bad things that muslims should not to say, to anyone. If you are a good person, just stay out of this. I am just doing what i have to, as a muslim 🙂
shooty shootshoote
December 21, 2014 at 10:35 pmOh I see shooty! You r ruining miyoh loabi story. 🙁 I hate you shooty. Dheyba dhalhu fihthan 😛
rausha
December 21, 2014 at 11:31 pmraina,mi meeehunnah mivaru v ma dhen ithuru baeh up nukurahchey,mi meehunn mullhi mi vaaahaka haraaabu kohlaifi.rainaaaaaaa…habarehvebala.:(shooty dhaaanvy ehnu dheeny dharus dheyn:p aaaaan mi meeehunnah ekaniviyya dheeneh oiykan egigen miullheny:@
rausha
December 21, 2014 at 11:36 pmkudhinney! alhe shooty english in liyefa in comment ga mistake huri kamah notice eh nuvey tha?:p alhe shooty gadaa aharumennah ves neygeythy aharumen mithiby madun,ehnve amilla bahuruvain miliyany;)
aish
December 21, 2014 at 11:42 pmassluves varah wired dho:p
ahuzam
December 22, 2014 at 10:07 amShooty ge vaahaka goaheh noon 🙂 nuvisney kudhinnah understand nuvedhaane. dhn insaanun ae enme perfect myhun tha? Konmx kujjaku visnaalaafa miah answr eh dhyba :\
lee jong suk
December 22, 2014 at 10:23 amalhe rainaa maa ginadhuvas nukoh avahak next part upkohladheeba heyonuvane
Flower
December 22, 2014 at 10:50 amMifaharu maa gina dhuvas mi vany…….ehen v ma dhigukon genesdheyne kamah ummeedhu koh gen adhivess miny aneh part ge inthixaaru ga…….. Come on Rainaa be fast be fast be fast
Raina
December 22, 2014 at 10:56 amI am so sorry guys… i have been very busy since a new member has been added to our family. Thats’ why i ahve been unable to update the next part, but i am trying my best. I have a part ready to upload but it’s too short, I will upload as soon as I can but since I will be busy for the next few days i can’t say when.. I really am sorry.
and for the people who hate me, if you don’t like what I write or how I write it then you do not have to read it! I am not forcing you to read it either, you chose that on your own.
Eki meehunge namuga beyadhaby comment thah kuravva kujja ah bunelan othy, meehaku thima ah rangalhah ehchekey bunumun dhen evy e meehakaa jassaalain ulheykah nooney, learn something from it.
Athoo & shooty, I am sorry they spoke to u so rudely becox of me.. but i don’t think you guys were wrong.. and Thank You
Raina
December 22, 2014 at 11:01 amI would like to request Admins of Esfiya to remove the degrade comments here, as i believe a site thousands of people visit and read, including kids, these inappropriate comments should not be here.
Also, commenters also should keep that in mind as well, as we are the ones responsible for our actions, and the effect it has on our society.
shooty
December 22, 2014 at 12:56 pmOooh lalalaaa landeh libiejje dho mihaaru hadi koh vaahaka dhakkaa kujjjaa ah 😛
athoo
December 22, 2014 at 12:59 pmAdhives esfiya meehun mi hadi comment thah remove nukurey dho!! Avahah remove kohba dhn 🙂
mari
December 23, 2014 at 1:56 pmalhey adhivx aneh bai up vaakah noolhey thrrr…???
shooty
December 23, 2014 at 2:52 pmRaina dhn shooty nukiyaanan raina ge stories. Now vai vejje :/
Champutish
December 23, 2014 at 5:15 pmAlhe Raina plx mi story ge next part up kohdhybaaaaaaa.. Heyonuvaaneyyyyyy…. 🙁 :'(
shooty
December 24, 2014 at 5:47 pmOh i c. mihaaru ekan tolerate nuvy tha fake shooty 🙂 alhugandu rain ge vaahaka kiyaanan 😛 thi kujja haa rude eh noon ingey. and thanks rain, for the lovely comment :*
Flower
December 25, 2014 at 11:31 amI support Raina…..bad kudhin nah v rangalhu bas kolheh……Raina plz dhen in part avahah up kohladhy.
look
December 25, 2014 at 2:39 pmRaina thy v fake meeheh. Aharaku dhepart genesdhevenee. Ekamaku egenesdhay prt ge fahathuga konmeves uzureh dhakkaane. Hamathedheh Mibunee konme hunaruveriyakee kamah gaabilu meehaaeh noon. Raina akah mikameh nuvaane huttaalan fenay mimashah kai. Nubinaathi thimanna hobby ahak kuraa kanekay. Site thah leema eothee public ah kohdhevay hidhumathakah vefa.
Migothah amaluthah hureema konmeves Varakah sifakurevay / hiyaal kurevay tharutheebeh nethi masakkai kurun…….
shooty
December 25, 2014 at 6:21 pmI agree with you look. You are stupid raina
look
December 25, 2014 at 6:59 pmHehe thax shooty…. Aharen Mibunee hageegathah. Site Hingaa faraaithakunves visnaalan jehaykameh mi.
And mikahala site thahmi masakkai kuran karey faraaithakah kuriah dhimah oi rangalhu furusathahvesme. Mikahala kudhin site thakah liyanfeshi kithah liyuntherin mihaaru dhuvassvee new thakah ebaliyay. Gaim hivaraaeku masakkai kofiyya aamdhanee libayne ithuru magah fahivee dhw.
YGB
December 27, 2014 at 2:03 pmRaina ah mi aharu, mi vaahaka ninmaanulevijjenama 3 aharah dhemigendhaane. Akam mihaaru hithah araa 730 dhuvahun nuninmunu ehchen ninmun adhi kithah aharu beynunvaanevaae! Kanbulo RAINA Vaahaka kithahme reechas kiuntherin foohivaane.
athoo
December 27, 2014 at 11:14 pmRaina pls stop dissapointing readers. Thihen hedhyma athoo ge stories ves kudhin nukiyaaaney. Please think about this RAINA :@ :@ :@
athoo
December 27, 2014 at 11:18 pmPeople write stories but some are not actual writers like Raina. Kekeke. Nuvaa kanthah huttaalaba.
shin
December 27, 2014 at 11:24 pmMi vahaaka emme kiyaa hithun ulheny athoo and shooty dhww! Lol raina said she is busy. So please guys give her some time :).
athoo ..
January 8, 2015 at 7:57 pmHello guys athoo ah thi gothah mulkaathabu kuriyas athoo jehilumeh nuvaanan. Bas bunan jehey thaaga bas ves bunaanan.
athoo ge namuga comment kuri kuhjaa ah varah thankx. It wasn’t me exactly.
purple koh ehury athoo kohfa in comments.
Dhen kula nokoh ehury aslu writer athooge commentx.
athoo ..
January 8, 2015 at 8:01 pmSorry kula nokoh ehury ehen kujjeh.
athoo ge innanee kula koh.
Olhenves olheyne ehnu mi meehun mi kiyaa haa fathivarun.
sorry kula koh ehery aslu writer athooge commentx. Hurihaa kudhinvex rude bas beynun nukuraathi.
athoo ..
January 8, 2015 at 8:03 pmSamaalu kamah. Purple ga einnee aslu writer.
kula nokoh ehen kujjeh.
athooge namuga in kujjaa ah haas fashun shukuru.
Shooty ah vex thankx igey.
athoo ..
January 8, 2015 at 8:05 pmRaina don’t be dissapointed!!