ހިތް ނުރޮއްވާ… (31)
“ޑޭޑް! އަސްލު ރިހާ ބުނީ ޑޭޑްއަށް މިހާރު ރިހާ ކޮމްޕެނީން ވަކިނުކުރެވޭނޭ… ބިކޮޒް އިޓްސް ނޮޓް ޔުއާސް އެނީމޯ.” ރިހާ އެއްމިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ. “އިޓްސް މައިން. އެއީ މިހާރު އަހަރެންގެ ކޮމްޕެނީއެއް.” ރިހާ ދެންބުނީ ކުޑަ ދުވަސް ކޮޅެއްކުރިން ނަސީރު ލައްވާ ރިހާ ސޮއި ކުރުވި ލިޔުންތަކު ތެރޭގައި ނަސީރުގެ ކޮމްޕެނީ ރިހާގެ އަމިއްލަ ނަން މައްޗަށް ބަދަލުކުރުމަށް ނަސީރުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއްވެސް ވާނެކަމަށާއި ނަސީރު އެ ލިޔުމުގައި ސޮއި ކުރުވި ހިސާބުން ފެށިގެން އެއީ މިހާރު ރިހާގެ ތަނެއްކަމުގައި ބުނެލީ ވިހަ ހިނިތުންވުމަކާއިއެކުއެވެ. އަދި ރިހާ އެތަނުން ވަކިކުރުމުގެ އެއްވެސް ބާރެއް ނިހާރު ނަސީރަށް ނޯންނާނެކަމުގައި ބުނެ ރިހާ އެތަނުން ދިޔައެވެ.
ނަސީރު ހުރީ ރިހާގެ އެވާހަކަތައް އެއީ ހަޤީޤަތެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. މަޑުން އިންނަ ގުރާ ބާރަށް ދައިގަންނާނެކަން މިއަދު ނަސީރަށް ޔަޤީންވެ ލޮލުން ފެނި އަތުންވެސް ހިފުނީއެވެ. ދެރައީ ރިހާ އެފަދަ ކެހިވެރިއަކަށް ވީމައެވެ. ނަސީރަށް މިހާރު އޭނާގެ އަމިއްލަ ދަރިފުޅު ނޭނގޭހާ ބޮޑަށް ރިހާ އެހުރީ ބަދަލުވެފައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟
ރިހާއަށް އެގޮތުގައި ހުރެވުނީ ރިހާގެ ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެވެންދެނެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއިއެކު ރިހާގެ ބަޑި ފަޅައިގެން ދިޔައެވެ. އެހެންނުވާންވީވެސް ކީއްވެ ހެއްޔެވެ؟ ރިހާ ދެކެ ލޯބިވާ އެންމެންގެ ހިތުގައި ރިހާއާއިމެދު ނަފްރަތުގެ ހުޅު ރޯކޮށްފައި އެއައީ އަމިއްލަ އަތުންނެވެ. ނަމަވެސް ޒީޝާން އެހާފަސޭހައިން ރިހާގެ އެ ކުޅިގަނޑަށް ހެއްލޭނެކަމަށް ރިހާ އުންމީދެއް ނުކުރެއެވެ. ރިހާ ހީކުރީ ޒީޝާން ރިހާއަށް އަދި އެދެމެދުގައިވި ލޮތްބަށް އެއަށްވުރެ ބޮޑަށް އިތުބާރުކުރާނެކަމުގައެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. ހުރިހާ ކަމެއްވެސް ދިޔައީ ހިތް އެކަމަށް ނޭދުނަސް ރިހާ ޕްލޭން ކުރިފަދައިންނެވެ. ޒީޝާން އެކޭ އެއްފަދައިން މިއަދު ރިހާ އެއައީ އެންމެންގެ ކުރިމަތީ ނަސީރުގެ ޢިއްޒަތް ވެއްޔާމޮޑެލާފައެވެ. ދޮރުގައި ލެނގިލައިން ކަކޫ ނަގާ މެޔާލާ ބޮނޑިކޮށްލައިން އިނދެ ރިހާ ގިސްލާރުޔެވެ.
ޒީޝާންގެ ހާލުހުރީވެސް އެހެނެވެ. ކޮޓަރިއަށް ވަތްގޮތަށް ދޮރުބުޑަށް ތިރިވެ ދެއަތުން ބޮލުގައި ހިފަހައްޓާލައިން އިންއިރު ދެލޮލުގައި ކަރުނަ ގިނަވެފަވެއެވެ. މިރޭ ރިހާ އެބުނީ ތެދެއްކަމަށް ސިކުނޑި ވިސްނަދޭން މަސައްކަތް ކުރާއިރު ހިތްބުނަނީ އެއީ ދޮގެއްކަމުގައެވެ. ނަމަވެސް ރިހާ އެވަރުގެ ބޮޑު ދޮގެއް އެހެދީ ކީއްވެތޯ އަމިއްލާ ނަފްސާ ސުވާލުކޮށްކޮށް ވަރުބަލިވީ އިރުވެސް ޖަވާބެއް ނުލިބުނެވެ. އަނެއްކޮޅުން އައިއްސަ ހުރި ރުޅީގައި ޒީޝާނަށް ނެގުނީ އެފަދަ ދަނޑިވަޅެއްގައި ނަގަން އެކަށޭނަ ނިންމުމެއްނޫންކަން ވިސްނުން އިރު މިވަނީ ވަގުތުފާއިތުވެފައެވެ. ނިހާއާއި އިންނާނެ ކަމަށް ބުނެވުމުން ޒީޝާން މިހާރު ވަނީ ގޮތްހުސްވެފައެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން ރިހާއާއި އެކު އުޅުނު އުފާރިކަން ނެތިގޮސް މިއަދު މި ކުރިމަތިވީ ކޮންފަދަ ކަމެއް ހެއްޔެވެ؟
ރިހާ އަދިވެސް އިނީ ހަމަކުރިން އިންގޮތަށް ދޮރުކައިރީ އިށީނދެގެންނެވެ. އެހެން އިންއިރު މިހާރު ދެތިންފަހަރަކު ބޭރުން ދޮރުގަ ޓަކިޖަހާލައިފިއެވެ. ނަމަވެސް އަލާވެސް ނުލާ ރިހާ އިންގޮތަށްއިނީއެވެ. ތިންވަނަ ފަހަރަށް ދޮރުގަ ޓަކި ޖަހާލުމާއިއެކު ދެން އިވުނީ ނަސީމާ ރިހާއަށް ގޮވާލިއަޑެވެ. ލޮލުން ކަރުނަ ފުހެލާ މޫނުމަތި ރީތިކޮށްލަމުން ރިހާ ތެދުވެ ދޮރު ހުޅުވާލިއެވެ. ނަސީމާއަށް އެތެރެއަށް ވަދެގެން ގޮސް ކޮޓަރީގެ މެދެއްހާ ހަމައަށް ހުއްޓިފައި ނިހާއަށްޓަކައި ޒީޝާން ދޫކޮށްލަދިނީތީ ރިހާއަށް ޝުކުރުއަދާކުރިއެވެ. އަދި ގެއްލުނު ލޯބީގެ ބަދަލުގައި މިވީހާތަނަށް ނަސީމާއަށް ނުދެވުނު ލޯބި މީގެ ފަހުން ނަސީމާ ރިހާއަށް ދޭނެކަމަށް ބުނެ ރިހާ ނަސީމާގެ ގަޔާ ކައިރި ކޮށްލަން އުޅުމުން ރިހާ ޖެހުނީ ނަސީމާއާއި ދުރަށެވެ. އަދި ނަސީމާއަށް މަލާމާތްކުރާ ފަދަގޮތަކަށް ވިހަ ހިނތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. “މީ ބާޓާ ސިސްޓަމްތަ؟! ރިހާ ނުދެނަހުރިން ތި އެކްސްޗޭންޖް ޑީލް އާއި އެއްބަސް ވެވުނުކަމެއް. އެންޑް، މަޢުލޫމާތަށްޓަކައި ބުނެލަން، ނިހާއަށް ޓަކައިއެއް ނޫން ޒީޝާން ދޫކޮށްލީކީ.” ރިހާ އެހެން ބުނުމުން ނަސީމާ ބަލާލީ ދެން ކީއްވެހޭ އަހާލާ ފަދަ ގޮތަކަށެވެ. އެ ސުވާލުގެ ޖަވާބުގެ އިންތިޒާރުގައި މާ ގިނައިރު ހުންނާކަށް ނަސީމާއަކަށް ނުޖެހުނެވެ. “އައި ޑިޑް އިޓް ފޮ ޔޫ!… ރިހާ ދެކެ ލޯބިވާ އެންމެންގެ ހިތުގަ މިއަދު މި ޖެއްސީ ހަމަ މަންމައަށްޓަކައި. މީގެ ކުރިންވެސް މަންމަ ރިހާ ގާތުން އެދުނު ހުރިހާ ކަމެއް ކޮށްދިންގޮތަށް މިކަންވެސް ކޮށްދިނީ. އެންޑް ބިސައިޑްސް މީ އެންމެ ފަހު ފަހަރަށްވެސް ވެދާނެ. އެހެންނޫނަސް މަންމައަށް ނުލިބިގެން އުޅުނު ދަރިފުޅު އެހުރީ މަންމަ ކުރިމައްޗަށް ގެނެސްދީފަ. މަންމައަށް ނިހާ އެހުރީ ލިބިފަ، އެކަމު މިވަގުތުން ފެށިގެން ރިހާ މަންމައަށް ގެއްލުނީ ކަމަށް ބަލާ…” އެ އަޑުގައިވި މަޑުމައިތިރިކަމާއި އެއްވަރަށް މާޔޫސީކަންވެސް އެ އަޑުގައި އެކުލެވިގެންވިއެވެ. އެއަށްފަހު ނަސީމާއަށް ދޮރު ދައްކާލަމުން ރިހާ ބުނެލީ ދެން ދިޔަސް އެންމެ ރަގަޅު ކަމުގައެވެ. ނަސީމާ ހުރީ ބަސް ހުއްޓިފައެވެ. ކަރުއެލުވާލައިން ރިހާގެ ކޮޓަރިން ނަސީމާ ނުކުމެގެން ދިޔައީއެވެ.
ނަސީމާ ދިއުމުންރިހާ ބާރަށް ކޮޓަރީގެ ދޮރުޖަހާލިއިރު ހީވަނީ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާންގަނޑު ނިއްވާލުމަށްކޮށްލި ކަމެއްހެނެވެ. ރިހާ ދެކޭ ގޮތުގައި މިއަދު ކޮންމެހެން މައެއްގެ ލޯބި ދޭނެކަމަށް ބުނެ ނަސީމާ އައުމުގެ ބޭނުމެއް ނެތެވެ. ޒީޝާންގެ ލޯބި ޤުރުބާން ކުރުމުގެ ބަދަލެއްގެ ގޮތުން ނަސީމާއަށް މިހާތަނަށް ރިހާ ނުދެވުނު ލޯބި ދެނަމޭ ބުނުމުން ރިހާ ހުރީ ހިތްހަމަނުޖެހިފައެވެ. މައެއްގެ ފަރާތުން ލިބެންޖެހޭ ލޯބި ނުލިބުމުން ރިހާ ކުރަމުން އައި ހިތާމައަށް ލުއެއް ހޯދަދީ ލޮތްބަށް އެދިއެދި ހުރި ރިހާއަށް މިވީހާތަނުގަ ލޮތްބާއި އަޅާލުމާއި، އުފަލާއި ހިތްހަމަޖެހުން ހޯދައިދިނީ ޒީޝާން ކަމަށްވެފައި މިއަދު އެ ލޯބީގެ ބަދަލު ނަސީމާއަށް ދެވޭނެ ކަމަށް ހީވަންޏާ އެއީ ކުއްހީއެކެވެ. މިއަދު ރިހާ މަންމަގެ ލޯބި ބޭނުމެއްނެތެވެ. ނަސީމާ އެ ލޯބި ދޭނެކަމުގައި ބުންޏަސް ދިރިއުޅުމުގައި މިވީހާތަނަށް ނަސީމާއަށް ނުކުރެވުނު ކަމެއް ދެންވެސް ކުރެވޭނެ ކަމުގެ ޔަޤީންކަން ރިހާއަށް ނެތުމާއިވެސް އެކުއެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައޭ ބުނާތީ ރިހާ އަޑުއަހައެވެ. އެހެންކަމުން ނަސީމާއަކީ ރިހާގެ މަންމައަށްވެފައި، ރިހާ އަކީ ކިޔަމަންތެރި ދަރިއެއްކަމުން މަންމަގެ އެދުމުގައި ކޮޅުފައިން ޖާނެ ހިތްވަރު ރިހާގެ ނެތީއެވެ.
ކައިވެނި ޕާޓީ ނިމެންކައިރިވެފައި ވަނިކޮށް، ނަސީމާ އެތަނުން ނުފެނުމުން، ހޯދަމުން ގޮސް ނަސީރު ކޮޓަރިއަށް ވަދެގެން ދިޔައިރު ނަސީމާ އިނީ އެނދުމަތީ އިށީނދެއެވެ. އަތުގައި ފޮޓޯ އަލްބަމް އޮތްއިރު އެއަށް ބަލަހައްޓައިން ނަސީމާ އިނީ ފެންކަޅިވެފައެވެ. ނަސީރު މަޑުމަޑުން ނަސީމާގެ ކޮނޑުގައި އަތްބާވާލުމުން ނަސީރާއި ދިމާ ބަލާލަމުން ނަސީމާ ބުންޏެވެ. “އަހަރެންމީ ކިހާ ގޯސް މަންމައެއް… އަމިއްލަ ދަރިފުޅުގެ ދިރިއުޅުން އަހަރެން މި ހަލާކުކޮށްލީ އަމިއްލައަށް.” ނަސީމާ އެކިޔާއެއްޗެއް އޮޅުން ނުފިލުމުން ނަސީމާ ގާތު އިށީނދެ ވީ ކިހިނެއްތޯ އަހާލިއިރު ނަސީރުގެ ހިތްބުނަމުން ދިޔައީ އެއީ ރިހާ އާއި ގުޅުން ހުރި ކަމެއް ކަމުގައެވެ. “ބަލާބަލަ…” އަލްބަމަށް އިސާރާތް ކޮށްލަމުން ނަސީމާ ބުންޏެވެ. “މީގެން އެއްވެސް ޢާއިލީ ފޮޓޯއެއްގަ ރިހާއެއްނެތް. ކީއްވެ؟… އެއީ އަހަރެންނަށް ރިހާ ދެކެން ކުޅަދާނަނުވާތީ. އަހަންނަށް ރިހާ ފެންނަފަށަށް ވެސް ނުދެވޭތީ… އެކަމު އެ ކުއްޖާ ދުވަހަކު އެކަމާ ޝަކުވާއެއް ނުކުރޭ. އަހަރެން ބުނި ކޮންމެ ކަމެއް ކޮށްދިން. އެވަރުންވެސް ބަލާބަލަ އަހަރެން އޭގެ ބަދަލު ދިން ގޮތް…” ނަސީމާ ވާހަކަދައްކަމުން ދިޔައީ ރޮވިފަ އިނދެއެވެ. އެއީ ރިހާގެ ކަމެއްކަމާއި ދިރިއުޅުން ހަލާކުކޮށްލެވުނީކަމަށް ނަސީމާ ކުރިން ބުނުމުން ނަސީރުގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަދި ނަސީމާ އެ އުޅެނީ ކީއްކޮށްގެންތޯ ނަސީރު އަހާލީ ވަރަށް ކަންބޮޑުވެ ހުރެއެވެ. “ނަސީރު! ރިހާ ބުނީ މީގެ ފަހުން އަހަރެންނަށް ރިހާ ގެއްލުނީ ކަމަށް ބަލާށޭ… ރިހާ އަހަރެންނަށް ނަފްރަތު ކުރޭ…”
“ނަސީމާ! ރަގަޅަށް ބުނޭ! ނަސީމާ ކީއްކުރީމަ ރިހާ އެހެންބުނީ.” ނަސީރު އެކި ގޮތްގޮތަށް ވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރަމުން ދިޔައިރު ވީގޮތް ބުނެދީފިއްޔާ ނަސީރު ރުޅިއަންނާނެވަރު ހިތަށް އަރާފަ ނަސީމާ އިނީ ހިމޭނުންނެވެ. ނަމަވެސް ނަސީރު ހުއްޓާނުލުމުން، ނިހާ ޒީޝާން ދެކެ ލޯބިވާކަން އެނގުމުން ރިހާ ގާތުން ޒީޝާން ދޫކޮށްލަދިނުމަށް އެދުނުކަމާއި ރިހާ ޒީޝާނާއި ނިހާގެ ކައިވެނި އިއުލާން ކުރީ އެހެންވެ ކަމަށް ބުންޏެވެ. އަދި ފަހުން ނަސީމާގޮސް ރިހާއަށް އުނިވި ލޯބި ދޭނެކަމަށް ބުނުމުން ކަންތައްވެގެން ދިޔަ ގޮތްވެސް ނަސީމާ ކިޔައިދިނެވެ. ނަސީރަށް ޤަބޫލުކުރަން ދަތިވިއެވެ. ބޭއިޙްތިޔާރުގައި އިންތަނުން ތެދުވެ މަޑުމަޑުން ދެކޮޅަށް ހިނގަންފެށިއެވެ. މިހާރު ނަސީރަށް މަންޒަރު ސާފުވާން ފަށައިފިއެވެ. ރިހާގެ އަމަލުތައް އެގޮތަށް އެހުރީ ކީއްވެކަން ނަސީރަށް ވިސްނެން ފެށިއެވެ. ދެ އަތްތިލަ އުފުލާ ބަލާލީ އެ ދެއަތުން ރިހާގެ މޫނުމަތީގައި ޖެހުނު ހަނދާން ވުމުންނެވެ. ކަންވީގޮތް އޮޅުން ފިލުވާ ނުލާ އެގޮތަށް ކަންތައް ކުރެވުނީތީ ނަސީރު ދެރަވިއެވެ. އަވާމެންދުރެއްގައި ޖެހި ރިހާއަށް ކުރި އިތުބާރު އެހާ އަވަހަށް ނަގާލެވުނީތީ ވެސްމެއެވެ. ނަސީރު ހިތްހަމަނުޖެހިފައި ނަސީމާ އާއި ދިމާއަށް ބުނީ ރިހާ އަށް މައެއްގެ ފަރާތުން ދޭންވާ ލޯބި ނުދެވުނު އިރު ރިހާއަށް ލިބެން އޮތް ކުޑަކުޑަ އުފާކޮޅުވެސް ފޭރިގަތީތީ ނަސީމާއަށް މާފުނުކުރާނެ ކަމުގައެވެ. ކުރިން އެކަމާ އަޅާނުލާ އެއްޗެއް ނުބުނެ ހުރީ ނަސީމާއަށް އެއްޗެއް ވިސްނޭތޯ ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް މާ މައްޗަށް ގޮއްސި ކަމަށާއި ދެން ރިހާއަށް ދެރަވާ ގޮތަށް ކަމެއް ކޮށްފިނަމަ ނަސީރުވެސް މަޑުން ނުހުންނާނެކަމަށް ބުނެ ނަސީރު ނުކުމެގެން ދިޔައީ ރިހާ ފެނޭތޯއެވެ. ނަސީމާއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެނެވެ. ވިސްނުނު އިރު ވަގުތު ފާއިތުވީއެވެ. ނަމަވެސް ރިހާ ކިތަންމެ ބޭނުން ނުވިއަސް ނަސީމާ އަޒުމް ކަނޑައެޅީ ކުރިއަށް އޮތްތަނުގައި ރިހާއާއި މެދު ވީ އެންމެ ރަގަޅަށް ކަންތައް ކުރުމަށެވެ.
“ތީ ތަ ތިވީ ލޮތްބަކީ؟ ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އެހެން މީހަކާއި އިންނަން ތައްޔާރުތިވީ… އަޅެ ޒީޝާންގެ ހުންނަނީ މީދާ ކޭ އުނބެއްތަ؟!” ޒީޝާން ގާތު އެތައް ވަރަކުން ކިޔައިން އެ ކޮޓަރީގެ ދޮރު ހުޅުވުމުން ވަދެ އެންމެ ފުރަތަމަވެސް މާހީ އަންގާލީ އޭނާ ހިތްހަމަ ނުޖެހިފަ ހުރިވަރެވެ. “މާހީ އަހަރެން ކައިރީ ތިހެން ނުކިޔަ ގޮސް އަމިއްލަ ދޮންތަ އަށް ވެސް ތި ގޮތަށް ނަސޭހަތް ދީބަލަ ނިކަން… އެހެންނޫނަސް މާހީ ތީ އަދި ކުޑަކުއްޖެއް.” ޒީޝާން ހިތްހަމަނުޖެހުނީ މާހީ އައިސް ޒީޝާން ގޯސްކޮށް ރިހާގެ ދިފާއުގައި ވާހަކަ ދައްކަން ފެށީމައެވެ. “މާހީ ކުޑަކުއްޖަކަސް ބޮޑެތިމީހުނަށް ނުވިސްނެންޏާ ނުބެހޭ ކަންތަކާ ބެހެންވެސް ޖެހޭނީ ވިސްނޭ މީހާއަށް ދޯ… ޒީޝާނަށް ނޭނގޭ ކަމެއް އެނގެންޏާ އެކަން ބުނަން އާދެވޭނީވެސް ޒީޝާން ގާތަށް ދޯ؟” ޒީޝާން ތަންކޮޅެއް މައިތިރިވެ މާހީގެ ވާހަކައަށް ސަމާލުވެލުމުން މާހީ ކިޔައިދިނީ ދެންމެ ނަސީރުމެންގެ ކޮޓަރިއަށް ދިޔަތަނާ އިވުނު ވާހަކަތަކެވެ. ރިހާ ހެދީ ހުސް ދޮގުކަމަށް މާހީ ޒީޝާނަށް ޔަޤީންކަން ދިނެވެ. ޒީޝާނަށް އެ ޢާއިލާގައި ރިހާއާއި މެދު ކަންތައް ކުރެވޭ ގޮތް އެނގިހުރެ ރަގަޅަށް ވިސްނާނުލާ ނިހާއާއި ކައިވެނި ކުރަން އެއްބަސް ވުމުން އެކަމާއި ހިތްހަމަނުޖެހުނު ވަރުވެސް މާހީ އެވަގުތު ހާމަކުރިއެވެ. ޒީޝާން އެނދުމަތީގައި އިށީނދެ ދެއަތުން މޫނުފޮރުވާލިއެވެ. އަދި އެވަގުތު އައިސްފަ ހުރި ރުޅިން އެގޮތަށް ނިންމުނީކަމަށް ޒީޝާން ދެރަވެލާފައި ބުންޏެވެ.
ނަސީރު ގޮސް ރިހާގެ ކޮޓަރި ދޮރުގައި ހިފާލާއިރަށް ހުޅުވުމުން ނަސީރު އެތެރެބަލާލިއެވެ. އޭރު ރިހާ އުޅުނީ އެނދުމަތީގައި ހުރި ފޮށިތެރެއަށް ފަތްޖަހާފައިވާ ހެދުންތައް އަޅާ ޕެކް ކުރުމަގައެވެ. ނަސީރު ފެނުމުން ރިހާ ބަލާލީ ސުވާލު އުފެދިފަ ހުރެއެވެ. އެހާ ބޭއަދަބީކޮށް ނަސީރާއި ވާހަކަ ދެއްކުމުން ދެން ނަސީރު ރިހާ ގަތަށް އެއައީ ކީއްވެތޯ ވިސްނާލިއެވެ. “ބައްޕައަށް މަޢާފު ކުރޭ ދަރިފުޅާ!” ރިހާ އެ ވިސްނުމުގައި ހުއްޓާ ނަސީރު މޮޅިވެރިއަޑަކުން ބުނެލިއެވެ. ރިހާ ހައިރާންވިއެވެ. ނަސީރު އެދައްކާ ވާހަކައެއް އޮޅުން ނުފިލާތީއެވެ. ރިހާގެ ޢަމަލުތައް ހުރިގޮތް ފެނިފަ އެކަމާއި އެހާ ހިތްހަމަނުޖެހި ހުރެފަވެސް ނަސީރު ރިހާގެ ކިބައިން މަޢާފަށް އެދެންވީ ކޮންކަމަކާ ހެއްޔެވެ؟ “ބައްޕައަށް އެނގިއްޖެ ހުރިހާ ކަމެއްވެސް… ނަސީމާ ބުނެފި. ބައްޕަ އަށް ދަރިފުޅަށް އިތުބާރު ނުކުރެވުނީމަ، ބައްޕައަށް މަޢާފު ކުރޭ!” ނަސީރަށް ކަންތައްވީގޮތް ކޮންމެވެސް ވަރަކަށް އެނގޭކަން އެނގުމުން އެތެރޭގައި ހިފަހައްޓައިން ހުރި ކަރުނަތައް ބަންޑުންވާން ސިކުންތެއްވެސް ނުނަގައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައާއި އެކު ބޯ ހޫރާލަމުން ރިހާ ބުނީ ނަސީރު މަޢާފަށް އެދެން ނުޖެހޭނެ ކަމުގައެވެ.
ރިހާ ނަސީރުގެ ކޮނޑުގައި ބޯ އަޅާލައިން އޮވެ ރުޔެވެ. ނަސީރުވެސް ކޮންމެހެން ރިހާ ހުއްޓުވާކަށް ނޫޅެއެވެ. ހިތުގައިވާ އުދާސްތައް އެގޮތަށް ބޭރުކޮށްލުމުންވެސް އޭނާގެ ދަރިފުޅުގެ ހިތަށް ލުޔެއްލިބޭނެކަމަށް އުންމީދުކުރެވޭތީއެވެ. އަދި ރިހާ ހަމައަކަށް އެޅުމުން ވެދިޔަ ކަންތަކާއިމެދު ވާހަކަ ދައްކާ މައްސަލަ ހައްލުކުރުމުގެ އުއްމީދުގައެވެ. ނަސީރު ރިހާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް ރިހާ އެއްގޮތަކަށްވެސް ރިހާގެ ނިންމުން ބަދަލުކުރުމަށް އެއްބަހެއް ނުވިއެވެ. ޒީޝާނާއި މާހީ އެތަނަށް އައީ ނަސީރު އެގޮތަށް ރިހާއަށް ވިސްނައިދެވޭތޯ އުޅެނިކޮށެވެ. ޒީޝާނަށް ރިހާ އެހެން ކަންތައް ކުރި ސަބަބު އެނގިއްޖެ ކަމަށާއި އިތުބާރު ނުކުރެވުނީތީ މަޢާފުކޮށްދިނުމަށް އެދުމުން ރިހާގެ ޖަވާބުން ރިހާގެ ނިންމުން ބަދަލު ނުކުރާނެ ކަމުގައި ޒީޝާން ރަނގަޅަށް ދެނެގަތެވެ. ރިހާގެ ޖަވާބަކަށްވީ މަޢާފު ހޯދަން ބޭނުންކަމުގަ ވާނަމަ ޒީޝާން ޖެހޭނީ ވީ އެންމެ އަވަހަށް ނިހާއާއި ކައިވެނި ކުރަންކަމަށެވެ. އޭރުން ރިހާގެ މަޢާފު ޒީޝާނަށް ލިބޭނެ ކަމުގައެވެ. ޒީޝާންގެ މޫނުމަތިން ނުރުހުން ފެނި ރިހާގެ އެޝަރުތު ޤަބޫލުނުކޮށްފާނެހެން ހީވުމުން ރިހާ ބުނެލިއެވެ. “ކިހިނެއްވީ؟ ޒީޝާން އަހަރެންގެ މަޢާފު ބޭނުމެއްނޫންތަ؟ ޒީޝާން އަހަރެންނަށް ވަޢުދުވީމެއްނު އަހަރެން އުފަލުގަ ބަހައްޓަން ކޮންމެކަމެއްވެސް ކޮށްދޭނަމޭ… ދިސް އިޒް އިޓް! އަހަރެން އުފާވާނީ ޒީޝާން ޢާއި ނިހާ ކައިވެނި ކުރީމަ. ބުނެބަލަ، އަހަރެންނަށްޓަކައި ޒީޝާން…”
ޒީޝާން ހުރީ ހިތުގަޖެހިފައެވެ. މިއަދު ރިހާ ދެކެ އޭނާވީ ލޯބި ކުޅިވަރަކަށްވެގެން ދާތަން ބަލަން ޒީޝާން ބޭނުމެއްނޫނެވެ. “ތެދެއް. އަހަރެން ވަޢުދުވިން ރިހާ އުފަލުގަ ބަހައްޓަން. ހަމައެގޮތަށް ރިހާވެސް ވަޢުދުވީ އަހަރެންނާއިއެކު އުޅޭކަށްނޫންތަ؟!…” ޒީޝާން އެހެން ބުނެލާފައި ރިހާއާއި ހަތަރުކަލި ހަމަކޮށްލުމުން ރިހާ އިސްޖަހާލިއެވެ. “ރިހާއަށް ވަޢުދު ފުއްދަން ނޭނގުނަސް އަހަރެންނަށް އެނގޭ… މީ ރިހާ ބޭނުން ގޮތް ކަމަށްވަންޏާ އަހަރެން ނިހާއާއި ކައިވެނި ކޮށްފާނަން. އެކަމު ހަނދާން ކުރާތި! އަހަރެން ނިހާ ދެކެ ކުޑްކޮށްވެސް ލޮތްބެއް ނުވޭ. ސޯ ޔޫ އާ ރުއިނިން ޔުއާ ސިސްޓާސް ލައިފް… އެއީ އަހަރެން މިކައިވެނި މި ކުރަނީ ހަމައެކަނި ރިހާއަށް ޓަކައި. އޮންލީ ފޮ ޔޫ.” ޒީޝާން އެހެންބުނެ އެތަނުން ދިއުމަށް ހިނގައިގަތެވެ. “އަދި އެއްވާހަކަ، ރިހާއަށް މިކަމުން އެއްވެސް އުފަލެއް ނުލިބޭނެ… މިކަން ރިގްރެޓްވެސް ކުރާނެ. އެކަމު އެއިރު އޮންނާނީ ވަގުތު ފާއިތުވެފަ.” ޒީޝާން ދާން ފެށުމުން ރިހާ ބުނީ އެއީ ހަމައެކަނި ޒީޝާންގެ ކުށްހީއެއް ކަމަށެވެ.
ނަސީރަށް ދެފަރާތަށް ބޯ ހޫރާލެވުނީ ރިހާގެ އެހުރި ގޮތްދޫނުކުރުމަކުންނެވެ. ޒީޝާން ދިއުމުން ނަސީރު ރިހާއަށް ވިސްނައިދޭން އަނގަހުޅުވާލިތަން ފެނި ރިހާ އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. ނަސީރު އެވަގުތު ހިމޭންވި ނަމަވެސް މާހީ މަޑަކުން ނުހުއްޓެވެ. ރިހާގެ މައްސަލައަކީ ކޮބައިތޯ އަހާލިއިރު އަދި ޒީޝާން ރިހާދެކެ ވާ ލޮބިގެ ނާޖާއިޒް ފައިދާ ރިހާ ނަގަމުންދަނީކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްލިއެވެ. ބަދަލުގަ ރިހާ ބުނީ އެގޭގަ އަދި އެ ޢާއިލާގައި ހުރެގެން ރިހާއަށް އެއްވެސް އުފަލެއް ލިބެން ނެތްކަމަށާއި އެ ގެއަކީ ރިހާ މިހާރު އެއްގޮތަކަށްވެސް އުޅެން ބޭނުންވަ ތަނެއްނޫން ކަމުގަ ބުނެލާފާ ރިހާ އަމިއްލަ ކޮޓަރިން ނުކުމެގެން ދިޔައީ އިތުރަށް އެދެމީހުންގެ ވާހަކަ އަޑުއަހަން ބޭނުން ނުވާތީއެވެ.
ރިހާ ބޭނުންވި ގޮތަށް ޒީޝާނާއި ނިހާގެ ކައިވެނީގެ ކަންކަން ވަރަށް އަވަހަށް ނިންމަމުން ދިޔައެވެ. އެހާ އަވަހަށް އެ ކައިވެނި ހަމަޖެހުމުން މާޔާއާއި ޒާން ވެސް އެމީހުންގެ ހަނީމޫން ޓްރިޕް ފަސްކޮށްލީ އެ ކައިވެނީގައި ބައިވެރިވުމަށެވެ. ނިހާ ހުރީ އޭނާ ބޭނުންވިގޮތަށް ޒީޝާން ލިބޭތީ ވަރަށް އުފަލުންނެވެ.
ރެއަކީ ޒީޝާނާއި ނިހާގެ ކައިވެނީގެ ރެއެވެ. ކައިވެނި ކުރުން އޮތީ އެރޭ އެގޭގައި ކަމަށްވެފައި ޤާޒީ ކައިވެނީގެ އަހުދު ފަށަން ތައްޔާރު ވި ތަނާ މާޔާ އެތަނަށް އައިސް ޒީޝާނަށް ވަރަށް ބާރަށް ގޮވާލިއެވެ. ޒީޝާން ބަލާލި އިރު މާޔާ ހުރިހާލު ފެނުމުން ބޮޑުކަމެއް ވެއްޖެކަމުގައި ޒީޝާންގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ. ކައިވެނި ކުރަން މޭޒުދޮށުގައި ތިބި އެންމެނަށް ބަލާލަމުން ޒީޝާން ތެދުވިއެވެ. އެވަގުތު ނިހާ ޒީޝާންގެ އަތުގައި ހިފަހައްޓާލީ ކައިވެނީގެ މޭޒު ދޫކޮށްނުދާށޭ ބުނާފަދަ ގޮތަކަށެވެ. އެތަން ފެނި މާޔާ ގާތަށް އައީ ރުޅިއެވެ. އަދި ބާރުބާރަށް ގޮސް ނިހާގެ އަތް ޒީޝާންގެ އަތުން ނައްޓުވާލިއިރު އެ ދެލޮލުން އަލިފާންކަނި ބުރަކަހަލައެވެ. މިވަނީ ކީއްކަން ނޭނގިފައި އެންމެން ތިބީއެވެ. މާޔާ އެވަގުތު އެތަނުން ދުރަށް ގެންދިއުމަށް ހިނގައިގަތް ނަސީރާއި ޒާންއަށް ހުއްޓުން އެރީ، މާޔާ ނިހާގެ އެއް އަތުގައި ހިފާ އިން ގޮނޑިން ނަގާ ބަލަބަލަ ހުއްޓާ މާޔާގެ އަތުގެ ހޫނު އެތިފަހަރެއް ނިހާގެ ކޯތާފަތަށް އަރައިން ދިއުމުންނެވެ.
===(ނުނިމޭ)===
13 Comments
Comments are closed.
Thanx. Enmefahun aabaeh kiyaalan libijje.
vaahaka v nice.. but maa lahun up vaathee v foohi… :/ plxx thankolheh avahah genesdheebaaa…….
konirkun aneh bai plx avass kohlaathi waitin
loved this part
ekamaku eha ginai kudin inthizaaruga nubahattacchey 😉
avahah up kuraane kamah ummeedu kuran…
v salhi mi bai vess…….dhen in part v avahah kiyaalan libeyne kamah hykuran
Look mee dhn haadha fake meehekey. Ehchis kiyaafaves fahathun kiyany 😛
Hehehe shooty ma Koniraku ehchehi kee. Mabunee Raina ge kanthah hunna gothuge vaahaka. Mivaahaka liyanfeshifahun 2yrs varu vejje. Nd ma Koniraku mivaahaka nukiyaanamay bunee 😛 😉
Athoo ah kamaku nudhey raina ge vaahaka. :/
rain plxxx avahah next part genesdheeba
jam pira..
Wow rain… Waitingggg
..
Athoo ah keehve raina ge vaahaka kamu nudhan vee? Wish u all the bext rain@@@@@!!!!@@
ކޮބައިތަ ސްޓޯރީގެ އަނެއްބައި!!!!