އަހަންނަށް އެލީގެ ލޯބިނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން…. އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ. “އަހަރެންގެ އުފާތައް ގުޅިފައިވަނީ ކަރަމްއާ…. ކަރަމްއާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ….. އަހަރެންވެސް ކަރަމްދެކެ ވަރަށް ލޯބިވޭ…” ކަރަމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެލީޝާގެ ޖުމްލަތަކުންނެވެ. އޭނާ ފަސްއެނބުރި […]
“އެލީން އެލީން” މުނާ މިހާރު އެލީން އަށް ގޮވާ ގޮވާ ވަރުބަލިވެއްޖެއެވެ. މޫދުގެ އެކި ހިސާބު ހިސާބަށް ނަޒަރު ހިންގާލުމުން އަނެއްކާވެސް މުނާ އެލީންއަށް ގޮވާލިއެވެ. މުނާ އިނީ ސާފްބޯޑްމަތީގައި ދެފަރާތަށް ފައިލައިގެންނެވެ. އަތުން އަނެއްކާވެސް ތަންކޮޅެއް ބޭރަށް ޖަހާލިއެވެ. އެލީން އާއި މުނާ މުދޫގައި އުޅޭތާ މިހާރު ގަޑިއިރެއް ވެދާނެއެވެ. އެލީން އަޑިއަށް ދިޔަ ގޮތަށް އަދިވެސް ނާރައެވެ. މިހާރު އެލީން އަޑިއަށް ދިޔަތާ ގާތްގަޑަކަށް 15ވަރަކަށް މިނެޓް ވެދާނެއެވެ. މުނާ ބިރުގަންނަ ގޮތްވާ ފެށިއެވެ. […]
9 މިނެޓް ތެރޭގައި އާހިލް އެ އައި ޕީ އެޑްރެސް ހެކް ކޮށްލިއެވެ. “ނިމުނީ” ފަހުރު ވެރިކަމާއި އެކު އާހިލް ބުނެލިއެވެ. “ގުޑް.. އަހަރުމެންގެ ކިލާ އަކީވެސް ހަމަ ތިހާ މޮޅު މީހެއް.. އެނގޭތަ.. އެކަން” އާހިލްއާއި ދިމާލަށް ފާޑަކަށް ބަލާލަމުން ރާކިން ބުނެލިއެވެ. އާހިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީކޭތޯ ބުނަން ތިއުޅެނީ” އާހިލް ހާސްކަމާއި އެކު އަހާލިއެވެ. ރާކިން ހިނިތުންވެލީ އާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ ސަބަބުންނެވެ. “އެކަމަކު އަހަރެންނަށް އެގޭ އާހިލްއަކީ […]
ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސްތިބި އަހަރެންގެ ހަމައެކަނި ދެރަހުމަތްތެރިން ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. އަހަރެން ފުރަން އޮތް ދޯނި އޮތީ އަހަރެން ނާރައިގެން ނުފުރިފަހެން ހީވެއެވެ. މެންދުރުގެ ދިލަހޫނު އަވީގައި ދޯންޏާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފޮށި ބަރުކަމަކުން ނޫނެވެ. އެހެނީ ފޮށީގައި އޮތީ އަހަރެންގެ ދެތިން ހެދުމަކާ ރީތިވާ ސާމާނު ކޮޅެކެވެ. ކުއްލިއަކަށް ކުރިމަށްޗަށް […]
“މީގެ ފަހުން މިކަހަލަ ކަމެއް ފެނިގެން ނުވާނެ.. އެންޑް ކަލޭމެން ސުޕަވައިޒަރ ކައިރީގައި އަހަރެން މިވާހަކަ ބުނާނަން.. ރަނގަޅު ގޮތަކީ ކަލޭމެން ބުނުން.. އަހަރެން ދޭނަން 24 ގަޑިއިރުގެ މުހުލަތެއް.. އޭގެ ފަހުން އަހަރެން ދާނަން ބުނަން… ކަލޭމެން ނުބުނެ އޮވެއްޖެނަމަ ރަނގަޅެއް ނުވާނެ” އިންޒާރު ދިނުމަށްފަހު ރާކިން އެތަނުން ހަލުވި ކަމާއި އެކު ބޭރަށް ނިކުތެވެ. ރާކިން ކޮންފަރެންސް ރޫމްއަށް ވަދެވުނު އިރު މީހާ ހުރީ ބޮލައް އެބުރުން އަރާފައެވެ. އެހެންކަމުން ދިޔަ ގޮތައް ގޮޑިމައްޗަށް […]
ވޭން ގޮސް މަޑުކޮށްލުމުން އެންމެންފޭބިއެވެ. އެވަގުތު ކަރަމްގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ރަޝާ ގާތު ހުރި މިއުވާންއެވެ. އޭރު މިއުވާންގެ ނަޒަރު ސީދާވެފައި ހުރީ އެލީޝާއާއި ދިމާއަށެވެ. މިމަންޒަރު ފެނުމުން ކަރަމްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެލީޝާ ހުރީ އައިމަންއާއި ކިޔާރާގެ ގާތުގައި ވާހަކަ ދައްކާށެވެ. އެހެން ހުރެފައި އެލީޝާ މިއުވާންމެންނާ ދިމާއަށް ބަލާލިއެވެ. މިއުވާން ބަލަހައްޓައިގެން ހުރިތަން ފެނުމުން އެލީޝާ ހީލިއެވެ. މިއުވާންވެސް އެލީޝާއަށް ހީލިއެވެ. އެލީޝާ ބަލާލުމުން ރަޝާ މިއުވާންގެ އަތުގައި […]
ކިޔާރާ އާއި އައިމަން ތިބީ އޮލަވާހަކައެއްގައެއްގައެވެ. އެވަގުތު ދެމީހުންވެސް ސިހިގެން ދިޔައީ ކިޔާރާގެ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ. ދެމީހުނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދޮރުމަތީގައި ރުޅިވެރިކަމާއިއެކު އެދެމީހުނަށް ބަލަހައްޓައިގެން އެހުރީ ހުޝާމްއެވެ. ހުޝާމްގެ ފަހަތުގައި އަންހެން ކުއްޖަކުވެސް ހުއްޓެވެ. ހުޝާމް ފެނުމުން ކިޔާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަގީނެވެ. އައިމަން މިތާ ހުރިތަން ފެނުނީމަ ހުޝާމް ބޮޑު ކަންތައްގަނޑެއް ހިންގާލާނެއެވެ. ކިޔާރާގެ ހިތުގެ އެންމެ އަޑިން ބިރުވެރިކަމުގެ ސިގްނަލް ދެމުން ދިޔައެވެ. ހުޝާމްއާއި ހަތަރުކަޅި ހަމަވި […]
“އަހަރެން ސަސްޕެކްޓްއެކޭ.. ބަލަ އަހަރެންނަކީ ރާއިދުގެ..” ސުނާ އެހާ ހިސާބަށް ބުނުމާއި އެކު ރާކިން ސުނާގެ އަތުގައި ހިފާލިއެވެ. އެވަގުތު ސުނާގެ ލޮލުން ކަރުނަތައް ކޯތާފަތުގައި ބޮސްދިނެވެ. “ރާކިން ޕްލީޒް.. ބުނެބަލަ އޭނަ މޮޔައޭ.. އަހަރެން ކީއްކުރަން.. ކީއްވެ.. އަހަރެން” ސުނާއަށް އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ. ރާކިންގެ ކޮޑުމަތީގައި ބޯއަޅާލީ ހިތައް ލިބުނު ތަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ރާކިން އެވަގުތު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުގައި ވާ ރުޅިވެރިކަމުން ހީވަނީ ރާއިދުވެސް ފިއްސާލަފާނެހެންނެވެ. ރާއިދު ކުޑަ […]
ޓެރެސްއަށްދިޔަ އެލީޝާއަށް ހުއްޓުންއެރީ ބޯކޮށްވެހެމުން ދިޔަ ވާރޭތެރޭ ތެމިފޯވެގެން ހުރި ކަރަމްފެނުމުންނެވެ. އެލީޝާގޮސް ކަރަމްގެގާތު މަޑުކޮށްލިއެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. “ކީއްވެ މިތާ ތެމިގެން ތިހުރީ….؟؟؟ މަންމަބުނި ކަރަމް ވާރެއާ ތެމުނީމަ ވަރަށް އަވަހަށް ބަލިވެއޯ… ހިނގާ އެތެރެއަށް ދާން…..” މިހެން ބުނެފައި ކަރަމްގެ އަތުގައި ހިފައިގެން އެތެރެއަށްދާން އެލީޝާ ހިނގައިގަތެވެ. އެލީޝާ ފަސްއެނބުރި ބަލާލީ ކަރަމް ހުއްޓުން އަރާފައި ހުރުމުންނެވެ. “ކިހިނެއްވީ ކަރަމް….؟؟؟؟” ކަރަމް އެއްވެސް ހަރަކާތެއް ނުކޮށް އެލީޝާއަށް ބަލަހައްޓައިގެން ހުރުމުން އެލީޝާ ކަންބޮޑުވާގޮތްވިއެވެ. […]