ކުރީގާ ލޯބިވޭ ބުނެފާ މަށަށް އޮޅުވާލަނީ ނޫންހޭ….2
“އޭ ކޯޗެއް މިހާރުތި އުނގުޅަނީ….ހާދަ ދޮނޭ…!” އަޒާން އައިޝްގެ އަތުގައި ހިފައި އެނދަށް ދަމާވައްޓަމުން އަހާލިއެވެ. “ވަކިހާއްސަ އެއްޗެއްނޫން…އެހެން ނޫނަސް އައިޝް މީ އަބަދުވެސް ދޮން ކުއްޖެކޭ….” ރަކި ގޮތަކަށް އަޒާންގެ އަތުތެރެއަށް ބޮނިޑިވެގަންނަމުން އައިޝް ބުނެލިއެވެ. ” އަހަރެމެންގެ އެކުވެރިކަން މިގޮތަށް އަބަދުވެސް އޮންނާނެ ދޯ…” އަޒާންކޮށްލި ސުވާލުން ސިހިފައި ކަހަލަ ގޮތަކަށް އައިޝް ތެދުވިއެވެ. “ކިހިނެތްވީ… ތިހެން ތިއެހީ…” “ހާދަ ހާސްވީ…މަމި ބުނީ އައިޝް މީހަކާއި މެރީ ކުރިޔަސް ދެމީހުންގެ މިގުޅުމަށް ބުރެއް ނާރާނެހޭ….” އަޒާން ސީލިމަށް ލޯހުއްޓާލައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ. ” އާ…ކީއްވެ އަންނަން ވީ…އަޒާން އައިޝް އާއި މެރީ ކުރޭ އޭރުން އެހެން ނުނަސް ތި މައްސަލައަށްވެސް ސޮލިއުޝަން އެއް ލިބޭބެތާ..” ސާމާސާ ރާގަކަށް ނަމަވެސް ވަރަށް ހިތްވަރާއި އެކީ އައިޝް އޭނާގެ ހިތުގެ ޙާލަތު ހާމަކޮށްލިއެވެ. “މަށާ…އައިޝްއާ…އައްދޭ މަވާތައްޔާރު..ހިނގާ މަންމަ މެންނަށް މިއުފާވެރި ހަބަރުދެމާ…” ފުންމައިގެން ތެދުވެ އަޒާން ދުއްވައިގަތެވެ.
“ދެންދަނީ އިނގޭ…ވަރަށް ދަންވެއްޖެ…ބައިދަވޭ…މިރޭގެ ޖޯކު މަށަށް ވަރަށް ކަމުދޭ އިނގޭ…” އަޒާން ދަމުން ބުނެލި ފަހު ޖުމްލަ އައިޝް އަށް ހީވަނީ އިރުއިރުކޮޅާ ކޮޓަރިތެރޭ ގުގުމާހެންނެވެ. ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން އެހިތަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދެއެވެ. އެނދުގައިއޮތް ބޮޑު ޓެޑީބެއާގައި ބާރަށް ބައްދާލަމުން ދެލޯ ތަގުޅި ކޮށްލިއެވެ. ހުވަފެނުންވެސް ދެކެން ބޭނުންއެނޫން ތަސްވީރެއް ނުވާފަދައެވެ. އަޒާންގެ އެކިއެކި ތަސްވީރުތަށް ސިކުނޑީގައި ކުރަހަމުން ދަނިކޮށް އައިޝްގެ ދެލޮލަށް ދިނިޖަމާވިއެވެ.
**********************************
“އޭ …ވަރަށް ރީތި ބިޓެއް އެއީ…” ހުދާ އިނީ ކޮފީ މޭޒެއްގެ ދޮށުގައި އެކުވެރިންނާއި އެކީގައެވެ. ” އަޅެދެން މިއޮތް ކަމެއްދޯ…މިފަހަރު ކިހާވަރަކުންތި ގިރިޓީ ލޯބި ދާނެބާ….؟” މާނު ހެމުން ބުނެލިއެވެ. “ދޮގެއްނޫން ތީކީ …ކުރީފަހަރުވެސް ނާޝީދުގެވެސް އެކައުންޓު ދޮވެލީ….މަށަށް ހީވަނީ މުޅިމާލޭގަވެސް ނެތްހެން ނުވަންނަ ފިހާރައެއް…އަނެއްކާ ހުދާ މިކަހަލަ މަސައްކަތަށްވެސް ހަމަމޮޅިއްޔޭ ދޯ…” “ހެޔޮ ނާޒި މަށާ ތިހެން ތިމާނުކުރިޔަސް…މަބުނިން ދޯ މަދެން އެއުޅުން ހުއްޓާލައިފީމޭ… މިހާރުދެރަވޭ އޭރުއެހެން އުޅެވުނީމަ… އެކަނި މާއެކަނި ހެޔޮމަގެއް ދައްކާލާނެ މީހަކުނެތި ބޮޑުވީމަ ވާނީވެސް އެހެންތާ…މިއަދު ތިއެކުވެރިންނާއި ޖެހި ހެޔޮވިސްނިއްޖެ …އިރާދަ ކުރެއްވިއްޔާ ދެނެއް އެމަގަކަށް ނުދާނަން…” “ސޮރީ ހުދާ…އަހަރެމެން މަޖަލަކަށް …” އޮހޮރެން ކައިރިވެފައި ހުރި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ހުދާ ހީލިއެވެ. ” މާފަށް އެދޭނެ ކަމެއްނެތް… ތިއީ ހަގީގަތުގައިވެސް އަހަންނަށް މަގުދެއްކި ބަޔަކީ… އެހެންނޫނަސް މިފަދަ މާޒީއެއް އޮތް މީހަކާއި އަޅާ ކިޔާއިރު އަހަރެންގެ ލޮލުން އަދި ހާދަކަރުނައެއް ނުއޮހޮރެއޭ…އެނީވޭސް ތިކޮފީ ހުސްކޮށްބަލަ..މަގޭ މޫނަށް ބަލަހައްޓައިގެން އިރުއަރަންދެން ތިއްބަސް ތި ހުހެއްނުވާނެއޭ…” އެންމެންވެސް ހެމުން ކޮފީތަށިތަށް ތުބުގައި ޖައްސާލިއެވެ.
“އޭ ހިނގާ ބަލަ ކޮފީ އަކަށް …ޤައުމަށް ވަޑައިގެންނެވި ފަހުން ކޮފާއަކަށްވެސް އަދި އަރައެއް ނުލެވެއެއްނު…” ކޮޓަރިދޮރު ހުޅުވުމުގެ ކުރިން ހާފިޒްގެ އަޑު އަޒާންއާއި ހަމައަށްއައެވެ. “ތިކަންވެދާނެ…މަޑުން އިރުކޮޅަކު އިށީނދެބަލަ…” ލެޕްޓޮޕް މޭޒުމަތީ ބަހައްޓަމުން އަޒާން ބުނެލިއެވެ. ” ކޮބާ މިހާރު ކޮންއިރަކު ޑިއުޓީ އަށް ނިކުންނަން ފަށަނީ…؟” “ޑިއުޓީ ދޯ… ނެކްސްޓް ވީކްގަ..މިހާރު މިކޮޅުގަ ހުރި ޑޮކްޓަރު ދަނީ އެހާހިސާބުގަ…އޭނަ ދިއައިމަ ނިކުންނަންވީ…” އަލަމާރިން ގަމީސް ނަގަމުން އަޒާން ބުލެލިއެވެ. ” މަގޭ ކައިރިން ޑިއުޓީގެ ވާހަކަ އަހާމީހާ ، ޑިއުޓީ ނިމިގެންތަ ތިއައީ..؟” ” އާ މަނިމިއްޖެ.. އެހެންނޫނަސް ދިވެހިންގެ ދަތްތަށް ނުލާހިކު ބަރާބަރު …ދެން އެހެންވީމަ އަހަރަމެން ޑެންޓިސްޓުންނަށް ކޮންބާރެއް ބޮޑުވާނީ…” ހާފިޒް ސޯފާގައި ހަމަޖެހިލިއެވެ. ” އާ ….އެއްވެސް މީހެއްގެ ދަތަކު މައްސަލައެއް ނުޖެހޭ އެކަމު…ކިއޫ އަދިވެސް ކުރެއް ނުވޭ ދޯ…ހޭނެކަމެއްނެތޭ..މަމިއަދުވެސް ތި ކިއުގެ ކުރުމިން ދުށީމޭ…ގައިމު ހާފިޒުގެ ބޯކޮޅުވެސް ނުފެނުނު…” ހާފިޒް ލާނެތްފާޑަކަށް ހޭންފެށިއެވެ. “އާ..އަހަރެންވެސް ބަލާނަމޭ ދެން ހަފްތާއަކުން ފެށިގެން…މިރާއްޖޭގެ ހުރިހާ ޒުވާން އަންހެން ކުދިންގެ ހެން މަށަށް ހީވަނީ ކަށި ކޮޅުތަކުގެ މައްސަލަ ޖެހޭނީ..އެދުވަހުން މަވެސް ތި ކިއު ގުނަން އަރާނަމޭ…” “އާއަރާތި…އެކަމު އޭގެ ކުރިން ކޮފީއަކަށް ދާން ބޭނުމިއްޔާ ހިނގާ…އަދި ވަރަށް ބޮޑު ވާހަކައެއްވެސް ބުނަން އެބައޮތް…ރޭގަ ވަރުގަދަ ފަންމިންޏެއްވެސް ފެނިއްޖޭ…” ހާފިޒް ތެދުވެ އަޒާންގެ ކޮނޑުގައި ޖަހާލިއެވެ. “ކޮބާ ތިފެންނަނީ ކޮޅުމަތި…މަށަށްވުރެން ވަކި ދެރަތަ…”
“ދަރިފުޅާ އައިޝް..ދެން ތެދުވަން އުޅެބަލަ…މިހާރު ކޮންއިރެއް ތިފޮތާއި އެކީ އިންނަތާ އަދި ސައިވެސް ނުބޮމެއްނު…” ފާތުން ކޮޓަރި ތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. “ލައްބަ މަންމާ…މިދަނީ…” ފޮތް ދުރުގައި ބޭއްވުމަށް ފަހު އައިޝް ގަޑިއަށް ބަލައިލިއެވެ. އިރުއޮއްސި ހައެއްޖަހައިފިއެވެ. މަޑުމަޑުން ތެދުވެ އައިޝް ފާޚާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނިކުތް އައިޝް ސިއްސައިގެން ދިޔައީ ފުންމައިގެން ކުރިމައްޗަށް އެރި އަޒާން ފެނުމުންނެވެ. ” ތިވަރަށް މޫނު ދޮންނާތީ ދޯ މިހާރު ތިވަރަށް ދޮން ތިވަނީ…” “އާޒް އަނެއްކާވެސް ފެށީ ދޯ…ހިނގާ ސައިބޯން..” “ދެންމެ ހާފިޒްއާއި އެކީ ކޮފީއެއް ބޮއެގެން މިއައީ…އެކަމު ދެން އައިޝް ވިއްޔާ ހިނގާ…” ދެއަތަކަށް ކިރިލަމުން އަޒާން ހިނގައިގަތެވެ.
” ހާފިޒް އެބަ ފްލޭންކުރޭ ދަތުރަކުދާން …. އައިޝް އަހަރެމެންނާ އެކު ކޮންމެހެންވެސް ދާންވާނެ އިނގޭ…” ސަޔަށް އިންސާފު ކުރަމުން އަޒާން ބުނެލިއެވެ. “އެހެންތަ …ކޮންއިރަކުން ދަނީ….މަންމަމެންވެސް ދާނެތަ؟” ” މާދަން ދޫކޮށް…އަނެއްދުވަހު..އައިމީން ފްރައިޑޭގަ…ހާފިޒްއާ ، މާނުއާ ،ނާޒިވެސް އަންނާނެ…އެމީހުންބުނި އަދި އެހެން ކުއްޖަކުވެސް ގޮވައިގެން އަންނާނަމޭ…ދެން ހަމައަބަދުގެވެސް ގޮތަށް އަހަރެމެން ދެމީހުންގެވެސް ލޮބުވެތި މައިންބަފައިން…” އަޒާން ދަތުރުގެ ހުރިހާ މެމްބަރުން ބުނެލައިދިނެވެ. “މާނު ދަނީ ވިއްޔާ މަޖާވާނެ…އަޒާން އެކޮޅުގަ ހުއްޓާވެސް އެމީހުންނާއި އެކީ އައިޝް ދިޔައީމޭ…” “އާދެން މަވެސް ބަލަނީ މަޖާވާނެކަމަށް…އެކަމުދެން މިވަގުތު ދިޔައިއްޔޭ އިނގޭ…” ސައިމޭޒުދޮށުން ތެދުވަމުން އަޒާން ބުނެލިއެވެ.
އަޒާން ދިއުމުން އައިޝް ވިސްނާލިއެވެ. “އަނެއްކާ ރޭގަ އާޒް އެހެން ބުނީ މަޖަލަކަށްބާ…؟ ގައިމު މިފަހަރު އެކަހަލަ އެއްވެސް އެއްޗެކޭ ނުބުނޭ….ވާން މިއުޅެނީ ކިހިނެތްބާ…” ހިތާހިތާ ވާހަކަދައްކަން އިން އައިޝް ހަމަބިމަށް އައީ ޒާހިދު ބަދިގެއަށް ވަނުމުންނެވެ. “ދަރިފުޅާ މިއަދު ސައިނުބޮއެ ހާދަލަސް ކޮށްލީ…ފޮތަކަށް ގެއްލިފައިނީ ދޯ..” ކައިރީ ހުރި ގޮނޑީގައި އިށީން ނަމުން ވަރަށް ލޯބިން ޒާހިދު ވާހަކަ ދެއްކިއެވެ. “ބައްޕަޔަށްވެސް ތިކަން އެނގިލައްވާ ނޫންތޯ….ފޮތެއްފެނިއްޖެއްޔާ އެފަދަގޮތެއް ވެދާނެ…އައިމީން އިންޓްރެސްޓިން…” ” ދަރިފުޅުގެ ވާހަކަ ދައްކާ ޅަގޮތް އަދިވެސް ފިލާކަށް ނުވޭދޯ…” އައިޝްގެ ޅަގޮތް ފެނުމުން ހިނިއައިސްފައި އިން ޒާހިދު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ” ކޮންއިރަކުން ދެން ދަރިފުޅު ފުރަނީ….އަދި ތި ކިޔެވުންވެސް ނުނިމެއެއްނު….” “ހައްތަހާވެސް މިދުވަސްކޮޅު ދާންވީމަ…މަންމަ އާއި ބައްޕަ ދޫކޮށް ނުލާހިކު ދުރަށް ދާންޖެހެނީ…އިންޑިޔާ ނަމަ އޯކޭ..ބަޓް ރަޝީޔާ….” “ކިތަންމެ ދުރަކަށް ދިއައަސް މަންމަ އާއި ބައްޕަ އަބަދުވެސް ދަރިފުޅާއި އެކީ ވާނަމޭ… އެހެންނޫނަސް މިހާރު ކިޔެވުމުގެ އެއްބައި ނިންމާފައެއްނު އައިސް ތިހިރީ ..އެހެންވީމަ އަނެއްބައިވެސް ނިންމަންވާނެ….” ބޮލުގައި ފިރުމާލަމުން ޒާހިދު ދަރިފުޅަށް ނަސޭޙަތްތެރި ވިއެވެ.
**********************************
“ދެން މާގިނައިރަކު ނުތިބެވޭނެ…ގަޑިއަށް ނައި ބައެއްވިއްޔާ އެދެން ނަސީބު ދެރައީ….” ދޯންޏަށް ދަބަސްތަށް އަރުވަމުން މާނު ބުނެލިއެވެ. ” މަގެންނަން ބުނި މީހުން އަތުވެއްްޖެ… ނައިސްގެން އެއުޅެނީ ނާޒީ … ދެން ތިމީހުން ގެންނަން އުޅޭ ކުއްޖާ…އެމީހުންގެ އިންތިޒާރުގައެއްނު ހާފިޒް އެއޮތީ ދެކޮޅު ހޯދަން…” އަޒާން ދޯނީގައި ހަމަޖެހިލައިގެން އިށީނެވެ. “އޭ.. މިހިރީ ނާޒީ…” ހާފިޒް ދޯންޏަށް އެރީ ނާޒި ގޮވައިގެންނެވެ. “ކޮބާ ހުދާ…؟” ނާޒި އެކަނި އައިތަން ފެނުމުން މާނު އަހާލިއެވެ. “ވަރަށް ކަޑޭ…ހުދާ އަކަށް ނާދެވުނު…މާބޮޑަށް ބޮލުގަ ރިއްސަނިއްޔޯ…” “އައްދޭ ތިހާދަ ފޭކޭ…މިތާގަމިހާރުވެސް ދެ ޑޮކްޓަރުން އެބަތިބި..ބުނޭ އަންނާށޭ…ގެއަށްވުރެން މިތަނުގަ ހުރީމައޭ ފަރުވާލިބޭނީ ދޯ އަޒާން…” ހާފިޒްގެ ޖުމުލައަށް ިގުރާރު ވަމުން އަޒާންވެސް ބޯޖަހާލިއެވެ. ” ނޫނޭ…އެއީ މައިގްރެއިން ހުންނަ ކުއްޖެކޭ…އެހެން ނޫނަސް ދެން އެހެން ފަހަރަކުން އެކުއްޖާވެސް ހިމަނައިގެން ޕްލޭންއެއް ހަދާލާނީ…ދެން މިހާރު އެންމެން ހަމަވިއްޔެއްނު ..އެއްވެސް އެއްޗެއް މަދުނޫނިއްޔާ ދޯނި ނައްޓާލަން އަންގާ….” އެންމެން ހަމަތޯ ބަލައިލަމުން މާނު ބުނެލިއެވެ.
************************************
“މަންމަމެން މިދަނީ ރަށުތެރެބަލަން ….ދަރިފުޅުމެން ނުދާނަންތަ…؟” ޝާޔަން ވާހަކަދެއްކީ ދޮންވެލިގަނޑުމަތީ ކުޅެން ތިބި އަޒާން މެންނާއެވެ. ” އާ،،މަންމަ ދޭ…އަހަރެމެން ދާނީ ފަހުން…” އަޒާން ކުޅުމުގެ ތެރެއިން ޝާޔަންއަށް ޖަވާބުދިނެވެ.
“ކިހިނެތްވީ މާމަޑުން ދުރުގަ ތިހިރީ…؟” ގަސްދޮށުގައި ކުޅޭތަންބަލަން އިށީދެލައިގެން އިން އައިޝް ފެނުމުން އަޒާން އައެވެ. ” ކަމެއްނުވޭ…ހަމަބަލަން އިނީ…އޯޑީއެންސްގަވެސް ކޮންމެވެސް މީހަކު ހުންނަން ވާނެއެއްނު..” “ހިނގާ އަހަރެމެންވެސް ކުޑަކޮށް ހިނގާލަންދާން…” އައިޝްގެ އަތުގައި ހިފާ ކޮޅަށް ތެދުކުރަމުން އަޒާން ބުނެލިއެވެ. ” އޭ..ހާފިޒް މަށާ އައިޝް އާ މިދަނީ ރަށުތެރެބަލާލަން…” “މަވެސް ދާނަން …” ނާޒީ ދުއްވައިގަންނަން ހިނގިވަގުތު ހާފިޒް ހިފެހެއްޓިއެވެ. “ނާޒި ހިނގާބަލަ މަށާއެކީ .. ވަރަށްބޮޑު ވާހަކައެއް ބުނަން އެބައޮތޭ…އޭ އަޒާން ތިމީހުން ދޭ…” އަޒާންމެން ދިއުމަށް ހާފިޒް އެންގިއެވެ. “އައްދޭ ހާފިޒް މަގޭ ކައިރީ ކޮންވާހަކައެއް ދައްކަންއޮތީ…” ނާޒި ޖެއްސުމެގެ ރާގަކަށް އަހާލިއެވެ.
=ނުނިމޭ=
5 Comments!
Comments are closed.

Story Hama habeys
Please upload the next part soon
Mystery keep it up!
varah reethi story eh hen hyvany
loved it .
den anna bayah inthizaaru kuran 🙂
thanks guys… 🙂
vara reethi .. keep it up 😀