ކުރީގާ ލޯބިވޭ ބުނެފާ މަށަށް އޮޅުވާލަނީ ނޫންހޭ…3
“ދެންމެ ތިއުޅުނީ މި ދަތުރުގެ މެއިން ބޭނުން ފަނިކޮއްލާކަށެއްނު..” ހާފިޒް ވާހަކަދައްކަމުން ދިޔައީ ނާޒިއާއެވެ. “މެއިން ބޭނުމޭ … އެއީ ކޮންކަމެއް..؟” “ސާބަހޭ… އަޒާން އެއުޅެނީ އައިޝްއަށް ޕްރޮޕޯޒް ކުރާށެއްނު…އެބޭނުމުގައޭ މިދަތުރު ރޭވީ…” ހާފިޒްމެން ކައިރީ ދޮންވެލިގަނޑުމަތީ އިށީން ނަމުން މާނު ބުނެލިއެވެ. ” އަސްލުވެސްތަ… ” ނާޒީ ފުންމައިގެން ތެދުވުނެވެ. “އާ..އަސްލުވެސް ، އެދެމީހުންގެ ފެމިލީން އޮތީ ކުރީއްސުރެ ޕްލޭން ކޮށްފަ…އެކަމު އައިޝް އަކަށް އެކަމެއްނޭގޭނެ…އަޒާންވެސް ފުރަތަމަ އައީ ނޯ އޭބުނަން..އެކަމު އައީމަ އޭނަ ހިތަށްވެސް އެއޮތީ ތީރުހެރިފަ..” ހާފިޒް ދެއަތަކަށް ބޯހޫރަމުން ބުނެލިއެވެ. “ރަނގަޅެއްނު…ކޮންމެ ކަހަލަ ގޮތަކަށްވެގެން އިނަސް މަށަށް ސައިލިބެނީ ވިއްޔާ މަށަށް އޯކޭ….” ނާޒީ ދެފައި ވަށްކޮށްލައިގެން އިށީނެވެ.
**************
” ޕޮއް..ކޮން ޙިޔާލެއްގަ..” ފަހަތުން އައިސް ސިއްސުވާލަމުން އަޒާން އަހާލިއެވެ. “އިއްޔެ ޕްނިކުގަ އާޒް ބުނި ޖާދުވީ ތިން ލަފުޒުމަތިން ހަނދާން ކޮށްލީ…” އައިޝް އެނދުގައި އިށީންނަމުން ބުނެލިއެވެ. ” ކިހިނެތްވީ ޤަބޫލު ނުކުރެވެނީތަ…؟ ނޫނީ އައިޝް އަހަރެންދެކެ ލޯބި..ނުވަނީ…” އަޒާންގެ ޖުމުލަ ގެންދެވުނީ ވަކިހިސާބަކަށެވެ. އައިޝް އަޒާން އަގައިގައި އަތްއެޅިއެވެ. “ނޫން އާޒް..ތިހެން ދެން ނުބުނާތި…އާޒް އަށް އެގެއެއްނު މިގުޅުމުގެ ސަބަބުން އެންމެ އުފާވާނެ މީހަކަށް ހުރީ ހަމަ އައިޝްކަން…” އައިޝް ދެރަވެފައި ހުރިތަން ފެނުމުން އަޒާން މަޑުމަޑުން އައިޝްގެ އަތުގައި ހިފާލިއެވެ. “ސޮރީ..އައި ލަވްޔޫ ބޭބީ..” އަޒާން ޖާޒުބީ ގޮތަކަށް ބުނެލިއެވެ. އައިޝް ލަދުރަކި ގޮތަކަށް އަޒާންގެ އަތުތެރެއަށް ބޮޑިވެލިއެވެ. “އައި ނޯއިޓް..” މަޑުމަޑު ހިނިތުން ވުމަކާއި އެކީ އައިޝް ބުނެލިއެވެ. ” އެބައެނގެއެއްނު އަހަރެން ލޯބިވާވަރު …ދެން އައިޝް އަހަރެންދެކެ ލޯބިވާވަރު ބުނެދޭނީ ކޮންއިރަކުން…” އައިޝް ބޯހިތްލާލަމުން އަޒާންގެ މޫނަށް ބަލައި ލިއެވެ. “ދުވަހަކުވެސް ނުބުނާނަން..” އައިޝް އެހެންބުނުމަށްފަހު އަޒާންގެ އަތުގައި ނުޖެހި ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. އައިޝް ދިޔަމަންޒަރު ބަލަން އަޒާން ހިނއައިސްފައި އިނެވެ.
“ކޮބާ ދަރިފުޅުމެން ކައިވެނީގެ ޙިޔާލެއް ނުކުރަންތަ..؟” ބޮޑުކޮޓަރީގައި އާޒާންއާއި ޒާހިދުގެ ދެމަފިރިން ވާހަކައިގައި ތިއްބެވެ. “އަދި ދުވަސް ކޮޅަކުން … އެހެން ނޫނަސް އައިޝް ކޯހުގަ ފުރަންވެސް އެބަޖެހެއެއްނު…” އެވަގުތު ބޮޑުކޮޓަރިއަށް ވަދެގެންއައި އައިޝް އަށް ބަލައިލަމުން އަޒާން ބުނެލިއެވެ. ” ބައްޕާ އަޅުގަނޑު އެހާ އަވަހަކަށް މެރީ ކުރާކަށް ބޭނުމެއްނޫން…” އައިޝް އައިސް ޒާހިދުގެ ކައިރީގައި އިށީނެވެ. “ތެމީހުންވެސް ރާވައިގެންދޯ ތިތިބީ…ކައިވެނީގެ ވާހަކަ ދައްކަންފަށާއިރަށް ބަހަނާތަށް ދައްކަން..” ޒާހިދު ހީލަމުން އައިޝްގެ ބޮލުގައި ފިރުމާލިއެވެ.
*******************
“މަބަހައްޓާފަ މަޖާކޮށްލާފައެއްނު ތިއައީ…” ނާޒީ ކޮޓަރިޔަށް ވައްދަމުން ހުދާ ބުނެލިއެވެ. ” ތިބޮލެއްގަ ނުރިއްސި ނަމަ ތިހެން ނުވީހެއްނު..” “ދެން ކުރާނެ ކަމެއްނެތްތާ…ކޮބާ ދެން ކިހިނެކޯވީ….” ކޮޓރިތެރޭގައި ހުރި ކުޑަ ލިޔާމޭޒެއްގެ ދޮށުގައި އިށީންނަމުން ހުދާ އަހާލިއެވެ. ” ވަރަށް މަޖާ…ވަރުގަދަ ޕްރޮޕޯޒިން އެއްވެސް އޮތް… މަބުނީމެއްނު މަށާއެކީ ކިޔަވަންއުޅުނު އަޒާންގެ ވާހަކަ…އޭނަ އައިޝް އަށް ޕްރޮޕޯޒް ކުރީއްޔޭ…” “އެހެންތަ… އެކަމު ނާޒި ބު ނީމެއްނު އޭނަ ވީ ޔޫކޭ ގައޭ…މިހާރު ކިޔެވުން ނިމިގެން އައީތަ…؟” ހުދާ ވިސްނާލަމުން އަހާލިއެވެ. “އާ…އަތުވެއްޖެ…ދެދުވަހެއްކުރިން އައީ…ޑޮކްޓަރ އަކަށްވެގެން….. ކަށިގެ ޙާއްސަ ޑޮކްޓާރއެއް އެއީ…” ނާޒީ އެނދުގައި އޮށޯންނަމުން ބުނެލިއެވެ. ” އެދެމީހުން ކުޑައިރުއްސުރެން ފްރެންޑްސްތަ..؟” “އާ….އަބަދުވެސް އެދެމީހުން އުޅޭނީ އެކުގަ…މަވަރަށް ހަނދާންހުރޭ…އަހަރުމެން ގްރޭޑް ޓޫގަ އުޅުނު އިރު އެއްދުވަހަކު އަޒާން ފޮތް ނުގެނެސްގެން ކޮޅަށް ބެހެއްޓި…އެދުވަހު އައިޝް ވަރަށް ރުއި… އަހަރެމެން އެންމެން އެކީގައި އުޅެބޮޑުވިޔަސް އަބަދުވެސް އެދެމީހުންގެ މެދުގައި ޙޙ
ޙާއްސަ ގުޅުމެއް އޮވޭ… އަހަރެމެންނަށް ނޭގޭ ވަރަށް އެދެމީހުންނަށް އެކަކު އަނެކަކު އެގޭނެ…” ޅައިރުގެ މާޒީއަށް ގެއްލިފައި އިނދެ ނާޒީ ވާހަކައެއް ފަދައިން އެހަނދާންތަށް ހުދާ އާއި ހިއްސާކުރަމުން ދިޔައެވެ. “ސަޅިއެއްނު… އެޔޭ ލޯތްބަކީ” ހުދާ އަށްވެސް އިނދެވުނީ ނާޒީގެ ދުނިޔޭގައެވެ. ” އެގޭތަ..؟ އަޒާން ރާއްޖެ އައުމުގެ ކުރިން އެދެމީހުންގެ ފެމިލީ ބޭނުންވި އެދެމީހުން ގުޅެން އެހެންވެ އަޒާން ކައިރީ އެމީހުން ތިބީ އެވާހަކަ ދައްކާފަ… އެކަމު އައިޝް އަކަށް އެކަމެއް ނޭގޭ…އަޒާން އަސްލުއައީ ރިޖެކްޓް ކުރަން އެކަމު އައިޝް ފެނިފަ އަޒާންގެ ހިތުގަވެސް ލޯބި އުފެދުނީ..” “އަޅެ މަށަށްވެސް ތިފަދަ ނަސީބެއްލިބޭނެނަމަ…” ހުދާ ހީލަމުން ބުނެލިއެވެ.
**********************
“އެސްކިޔުޒްމީ….” ހާފިޒްއިނީ ބަލިމީހުން ބަލާ ކޮޓރީގައެވެ. އެއްވެސް ބަލިމީހަކު ނެތުމުން ފޯނާއި ކުޅެލަ ކުޅެލައެވެ. ކުއްލިއަކަށް ކުއްޖަކު އެތެރެއަށް ވަނުމުން އޭނާ އެދިމާއަށް ބަލައިލިއެވެ. ” މިޝްކާ….” ދޮރު ކުރިމަތީ ހުރި މިޝްކާ ފެނުމުން ހާފިޒް ސިހުނެވެ. “އާ… އަހަރެން … ހާފިޒް ހާދަ ހާސްވީ..” ދޮރުލެއްޕުމަށްފަހު ހާފިޒް ކުރިމަތީ ހުރި ގޮނޑީގައި މިޝްކާ އިށީނެވެ. “އަހަރެން ހާސްނުވެ ކާކު ހާސްވާނީ…މިޝްކާ ތިއީ ތޫފާނީ ކޮޅިގަނޑެއްކަން އަހަންނަށްވުރެން ރަނގަޅަށް ކާކަށް އެނގޭނީ… މިޝްކާ އަހަންނަށް ފެންނަ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ ތޫފާނެއްއަރާނެ…ކޮންމެވެސް ބައެއްގެ ދިރިއުޅުމުގަ ހުޅުރޯވާނެ،،،” ހާފިޒް ވާހަކަ ދެއްކީ މިޝްކާގެ މޫނަށް އެސްފިޔަވެސް ޖަހާނުލާ ބަލަން ހުރެއެވެ. “އައްދޭ…މަހާދަ މޮޅެއްކޮށްތިލީ…ބަލަ މަކޮންމެ ފަހަރަކުވެސް އަންނަނީ މަގޭ ޙައްގުތަށް ހޯދަން… އެހެންނޫނަސް ރީތި އެއްޗިއްސާއި އަރާމް ދިރިއުޅުން ދެކު ލޯބި ނުވާނީ ކާކު…” ދަތް ދޮޅީގައި އެތްއަތް ވިއްދައިގެން ހުރެ މިޝްކާވާހަކަ ދެއްވީ ހާފިޒްއަށް ޖެއްސުމަށެވެ. މިޝްކާގެ ބޭނުމަކަށް ވީ ގަސްތުގައި ހާފިޒް ރުޅިއަރުވާލުމެވެ. ނޫނީ ހާސްކޮށްލުމެވެ. ހާފިޒްގެ އަތުން ފައިން ގޮހެއް ހެދިއްޖެނަމަ އެންމެ ފުރަތަމަވެސް ސިންގާއެއްފަދައިން ފުންމައިގެން އަރައި ފުރުސަތުގެ ބޭނުން ކުރަން އޭނާ ހުރީ ތައްޔާރުވެފައެވެ. އެހެނަސް މިޝްކާގެ މަޤްސަދު ހާފިޒަށް އެނގޭ ފަދައެވެ. އޭނާ މިޝްކާއަށް އެފަދަ ފުރުސަތެއް ދޭން ބޭނުމެއް ނުވިއެވެ. “މިފަހަރު ކާކުގެ ދިރިއުޅުމެއް ހަލާކުވާން އުޅެނީ….” ހާފިޒު ހީލަމުން އަހާލިއެވެ. “ވަގުތު ޖެހުނީމަ އެނގޭނީ…ބައިދަވޭ ދެންދަނީ… މިއީ ދެން ހަމަފެނިލަން އައީ…އަދި ގިނައިން ފެންނާނެ…އެހެންނޫނަސް މިފަހަރުގެ އަމާޒުވީ ހާފިޒްގެ ކައިރީގަ…ދެން އެހެންވީމަ ފެންނަން އެބަޖެހޭތާ…” ލާނެތް ހިނިތުން ވުމަކާއި އެކީ މިޝްކާ އެތަނުން ނިކުންނަށް ހިނގައި ގަތެވެ. މިޝްކާ ހީކުރި ގޮތާއި ޙިލާފަށް ހާފިޒް އެއްވެސް އެއްޗެކޭ އަނގައިން ނުބުންޏެވެ. އެއިންގޮތަށް އިނީއެވެ. މިޝްކާ ދިއުމުން ހާފިޒް ހަލުވި ހިނގުމެއްގައި އެތަނުން ނިކުތެވެ.
ހާފިޒް ކާރުގައި އައިސް ގެކައިރީ މަޑުކޮށްލިއެވެ. ކަންތަށްވީ އޭނާ ހީކުރި ގޮތަށެވެ. ކާރުގެ ލޯނަޑުން ފަހަތުގައި އޮތް ކާރުގެ ކުރީ ސީޓުގައި އިން މިޝްކާ އޭނާއަށް ރީއްޗަށް ފެނުނެވެ. ހާފިޒް ގާތަށްއައީ އަމަށަކު ރުޅިއެއްނޫނެވެ.
***********************
“އަދިވެސް އަޒާން ތިބުނަނީ އަޅާނުލާށޭ…ކިހިނެތް އަޅާނުލާނީ…” ހާފިޒް ހުރީ ކޮޓަރީ ބެލްކަނިން މަގަށް ބަލަހައްޓައިގެންނެވެ. “ކަމޯން ހާފިޒް..ތިއީ އަބަދުވެސް ނުލާހިކު ހިތްވަރުގަދަ މީހެއްނު..އެހެންނޫނަސް އޭނަގެ ބޭނުމަކީ ހާފިޒް ރުޅިއެރުވުން އެކަން އެނގޭއިރު ކީއްވެ ރުޅިތިއަރަނީ…ތީނަ އަދި މަށާ ހަމައަށްވެސް އަންނާނެ….” އަޒާން ހާފިޒްގެ ކޮޑުގައި ހިފާލަމުން ހިތްވަރުދެމުން ބުނެލިއެވެ. “ދާނެ…މާނު ގާތަށްވެސް ދާނެ… މިއަދުވެސް އެތަށް އިރެއްވަންދެން މިގޭ ދޮށުގަ ކާރުގަ އިން…މަށާ ދިމާލަށް ބުންޏޭ މިފަހަރުގެ އަމާޒަކީ މަށާކައިރީގަ އުޅޭ މީހެކޭ… ޙަޔާތް ކުޑަވިޔަސް ތަންކޮޅެއް ބޮޑުވަރު….މަ ބިރުގަންނަނީ ތީނަ މަންމަ އަށް ފެނިދާނެތީ..ދެން ނަސީބެތް ކަންނޭގެ މަންމަ ރަށުގަނެތްކަން…ނޫންނަމަ ނޭގޭ ވާނެގޮތެއްވެސް…” ހަދާނެގޮތް ހުސްވެފައިވާ މީހެތް ފަދައިން ދެއަތަކަށް ބޯހޫރަމުން ހާފިޒް ބުނެލެއެވެ. “ދެން ހާސްނުވޭ…ތިވަރަށް ނުވިސްނާ…”
15 Comments!
Comments are closed.

މިފަހަރު ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ކުރުކޮށް މިގެނެސް ދެވުނީ…އެކަމު ދެންފަހަރަކުން ދިގުކޮށް ގެނެސް ދޭނަން
Thnaks mystry ..avahah up kohdhehchey
Thanks
.. salhi
Nice please upload soon
thanks raakin and sal…. 🙂
Very nice plx upload soon waiting
sorry.. :/ i was really bxy …dats y couldnt upload on sunday… but promise to upload tmrw ( tuesday)….
But u didn’t
Haadha lahey
mystery thankolhe avas kohba alhe.. hadha bxi ey dhw…
Mystery kon kameh kohlaneetha maa buzy vanee??
Best of luck and happy new year. Hehe.
koba 4 vana part haadha lahey dhw
Kobaa 4 vanabai…. Mi story very nice ey.. Varah vaahaka kiyaahihvefa mi ineee… Plx. . 4 vans bai kenes dhehvaa
Kalw gayaa.. Kobaitha aneh partu.. Eh part up koffa garuneh vaa fahun viyyaa aneh part thi up kuranyy..foohin halaaku.. Mi vaahaka dheke foohivehje.. Maaa bodah ves las. Mihaaru 2 yrs varu v mi.. Adhives up nuveyy.. Thivarun vaahaka liyun huhtaalan mashah fennanyy..