“ދެންމެ ތިއުޅުނީ މި ދަތުރުގެ މެއިން ބޭނުން ފަނިކޮއްލާކަށެއްނު..” ހާފިޒް ވާހަކަދައްކަމުން ދިޔައީ ނާޒިއާއެވެ. “މެއިން ބޭނުމޭ … އެއީ ކޮންކަމެއް..؟” “ސާބަހޭ… އަޒާން އެއުޅެނީ އައިޝްއަށް ޕްރޮޕޯޒް ކުރާށެއްނު…އެބޭނުމުގައޭ މިދަތުރު ރޭވީ…” ހާފިޒްމެން ކައިރީ ދޮންވެލިގަނޑުމަތީ އިށީން ނަމުން މާނު ބުނެލިއެވެ. ” އަސްލުވެސްތަ… ” ނާޒީ ފުންމައިގެން ތެދުވުނެވެ. “އާ..އަސްލުވެސް ، އެދެމީހުންގެ ފެމިލީން އޮތީ ކުރީއްސުރެ ޕްލޭން ކޮށްފަ…އެކަމު އައިޝް އަކަށް އެކަމެއްނޭގޭނެ…އަޒާންވެސް ފުރަތަމަ އައީ ނޯ އޭބުނަން..އެކަމު އައީމަ އޭނަ ހިތަށްވެސް […]
“އޭ ކޯޗެއް މިހާރުތި އުނގުޅަނީ….ހާދަ ދޮނޭ…!” އަޒާން އައިޝްގެ އަތުގައި ހިފައި އެނދަށް ދަމާވައްޓަމުން އަހާލިއެވެ. “ވަކިހާއްސަ އެއްޗެއްނޫން…އެހެން ނޫނަސް އައިޝް މީ އަބަދުވެސް ދޮން ކުއްޖެކޭ….” ރަކި ގޮތަކަށް އަޒާންގެ އަތުތެރެއަށް ބޮނިޑިވެގަންނަމުން އައިޝް ބުނެލިއެވެ. ” އަހަރެމެންގެ އެކުވެރިކަން މިގޮތަށް އަބަދުވެސް އޮންނާނެ ދޯ…” އަޒާންކޮށްލި ސުވާލުން ސިހިފައި ކަހަލަ ގޮތަކަށް އައިޝް ތެދުވިއެވެ. “ކިހިނެތްވީ… ތިހެން ތިއެހީ…” “ހާދަ ހާސްވީ…މަމި ބުނީ އައިޝް މީހަކާއި މެރީ ކުރިޔަސް ދެމީހުންގެ މިގުޅުމަށް ބުރެއް ނާރާނެހޭ….” […]
“މިވާހަކަ ގެނެސް ދެވޭނީ ކޮންމެ އަންގާރަ އަދި އާދީއްތައިގައެވެ. އެހެންކަމުން ކިޔުން ތެރިންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. ތިހުރިހާ ކިއުންތެރިންގެ މަޤުބޫލުކަން މިވާހަކައަށް ލިބޭނެ ކަމަށް އުންމީދު ކުރާ ޙާލު، މިވާހަކައިގެ ފުރަތަމަ ބައި ގެނެސް ދެމެވެ……ޝުކުރިއްޔާ..” =މިސްޓްރީ= “މަންމާ އަވަސް ކޮށްލަބަލަ…މިހާރު އަޒާން އަންނަން އުޅޭނެ….” ކޮޓަރިން ނިކުތް އައިޝް ތުންދިއްކޮށްލަމުން ބުނެލިއެވެ. “ދަރިފުޅު ހާސްނުވެބަލަ މަންމަމެން މިނިންމާލަނީ..” ބަދިގެތެރޭގައި ދެކޮޅަށް ދުވެދުވެ ތިބި މީހުންގެ ތެރެއިން ފާތުން ބޯދިއްކޮށްލަމުން ބުނެލިއެވެ. ވާދީވިލާ ގޭގެ މުޅި […]