Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 22

BONDAY Level 210 Stories
July 6, 2015 3 Mins Read
23 Comments

” ދަރިފުޅާ މައިޝާ…! ފާޒިން އެކަންޏެއްނު އެއިނީ ސިޓިންގްރޫމްގައި…! ” ކޮޓަރީގެ ދޮރު ހުޅުވާލާފައި މުނީރާ ބުނެލީ ތަންކޮޅެއް މަޑުންނެވެ. މުނީރާ އެހެންބުނެފައި ދޮރުލައްޕާލާފައި ނިކުތީއެވެ. މުނީރާ ދިއުމުން މައިޝާ ބޭރަށް ނިކުތްއިރު ފާޒިން އޭނަގެ ފޯނުން ކޮންމެވެސް ގޭމެއް ކުޅެއް އިނެވެ.

” ރުޅި އައީތަ….؟ ” މައިޝާގޮސް ފާޒިންގެ ކައިރީގައި އިށިންނަމުން ބުނެލިއެވެ. ފާޒިން ބަހެއް ނުކިއުމުން މައިޝާ ގޮސްވަނީ ބަދިގެއަށެވެ. އޭރު މުނީރާ ސައިގިރަން ހުއްޓެވެ. ސައި ތައްޔާރުކޮއް ނިންމާފައި މުނީރާ ގޮސް ފާޒިން ކައރީގައި ސައިބޯން އަންނަން ބުނީ މައިޝާގެ އެދުމުގެ މަތިންނެވެ. ފާޒިން ބަދިގެ ބަޔަށް ވަތްއިރު މައިޝާ ތަށިތަކަށް ފެންއަޅަން ހުއްޓެވެ. ފާޒިން ބަލާލި ގޮތުން މައިޝާއަށް އިސްޖަހާލެވުނީ ޖެހިލުންވި ވަރުންނެވެ.

” ދޮންތާ… ކޮންއިރަކުން ދެން ދޮންތަމެން ހަނީމޫނަށް ދަނީ…! ” ކޮޓަރިން ނިކުމެގެން އައިސް ގޮޑީގައި އިށިންނަމުން މިސްރާ އަހާލިއެވެ. އޭރު މިޝާވެސް މިސްރާ ކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ.

” މިރޭ ފުރަން މިއުޅެނީ… ” މައިޝާ ފާޒިންއަށް ބަލާލަމުން ބުނެލިއެވެ. އޭރުވެސް ފާޒިންގެ މޫނުމަތިން ވަކި ތަފާތު ކަމެއް ނުފެނެއެވެ.

” ދެން ކީއްވެ ނުބުނެ ތިއިންނަނީ…؟ ކިހާއިރަކު ފުރުން އޮތީ…! ” މުނީރާވެސް މައިޝާމެން ފުރުވަން ހުޅުލެއަށް ދިއުމުގެ ބޭނުމުގައި ބުނެލިއެވެ.

” މިރޭ ނުވައެއް ޖަހާއިރު…! ” މައިޝާ ލަދުންއިނދެ ބުނެލިއެވެ.

” ކޮންތާކަށް ދަނީ..؟ ” މިޝާ ޝައުގުވެރިކަމާއެކު އަހާލިއެވެ.

” އިޓަލީއަށް… ދޯ މައިޝާ..! ” މައިޝާ އިނީ ލަދުގެންފައިކަން އެނގުމުން ފާޒިން އަވަސް އަވހަށް ބުނެލިއެވެ. ފާޒިން އެހެން ބުނުމުން މައިޝާއަށް ފާޒިންގެ މޫނަށް ބަލައިލެވުނީ ހައިރާންވެފައެވެ. އޭރު ފާޒިންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.

” އިޓަލީއަށޭ… އަޅޭ ދޮންތާ ހާދަ ރީތި ތަންތަން ފެންނާނެޔޭ… ފަރުބަދަ ތަކަށްވެސް އަރާލައްޗޭ…! ” މިޝާ ހުވަފެނީ ގޮތަކަށް ބުނެލުމުން އެންމެންވެސް ފެށީ ހޭށެވެ. މިޝާއަކީ އެންމެ ކުޑައިރުވެސް ފަރުބަދަތަކަށް އަރާހިތުން އުޅޭ ކުއްޖެކެވެ.

މައިޝާމެން އިރުއޮއްސެންދެން ތިބެފައި ދިޔައިރުވެސް ހާދީއެއް ގެއަކަށް ނާދެއެވެ. ނަމަވެސް އެރޭ މައިޝާމެން ފުރުވަން އެއާރޕޯޓަށް މުނީރާމެން ދާނެ ވާހަކަ ބުނުމުން މައިޝާ ވަރަށް އުފާވިއެވެ. މުނީރާމެންވެސް އެއަރޕޯޓަށް ދިޔައީ އާމިރުމެންނާއެކު ލޯންޗުގައެވެ. އޭރު ފާޒިންމެން ވަނީ ޗެކިން ފެށިގެން ތަންކޮޅެއް ކުރިން އެއަރޕޯޓަށް ގޮހޮއެވެ. މުނީރާމެންނަށް ދެވުނުއިރު ފާޒިންމެން ތިބީ ޗެކިންހަދާލާފައި ބޭރަށް ނިކުމެއެވެ. އެންމެން ރެސްޓޯރެންޓުގައި މަޑުކޮއްލައިގެން ތިބީ ފުލައިޓް ގަޑި ޖެހެންދެނެވެ. އެމިރޭޓްސް ފުލައިޓުން ފާޒިންމެން އިޓަލީއަށް ފުރުވާފައި މުނީރާމެންނަށް ގެއަށް ދެވުނުއިރު ވަރަށް ލަސްވެއްޖެއެވެ.

ފާޒިންމެން ފުރަތަމަ ދިޔައީ އިޓަލީގެ ވެނިސްއަށެވެ. އެތަން ފެނުމުން މައިޝާ ހުރީ އާށޯހުވެފައެވެ. މައިޝާ ހީކުރި ގޮތާއި ހިލާފަށް އެތަނުގައި ބޮޑެތި ފަރުބަދަތަކާއި ޖަންގައްޔެއް ނެތެވެ. ބޮޑެތި މަގުތަކުގެ ބަދަލުގައި އޮންނަނީ ހުސް ފެންކޯރެވެ. އުޅެން ޖެހެނީވެސް ފައިމަގުގައެވެ. ހިނގަން ހިމަ ހިމަ މަގުތަށް ހަދާފައި ހުރިއިރު ފެން ކޯރުތަކުގައި ދުއްވަނީ ކުދި ކުދި ލޯންޗުތަކުގެ އިތުރުން ގޮންޑޮލާ ކިޔާ ހިމަދިގު ކެނޯތަކެވެ. އެތާގައި އެއްވެސް ކަހަލަ ފުރޮޅުލީ އުޅަނދެއް ނުހުރެއެވެ. އެއް އިމާރާތުން އަނެއް އިމާރާތަށް ދާން ބުރިޖް އަޅާފައި ހުންނައިރު ދެއިމާރާތު ދޭތެރޭގައިވެސް އޮންނަނީ ފުން ކޯރުތަކެވެ. އެތަން ފެނުމުން މައިޝާގެ ހަނދާނަށް އައީ ތަންކޮޅެއް ކުރިން މައިޝާއަށް ވަރަށް ރީތިވެގެން އުޅުނު ހިންދީ ލަވައެކެވެ. އަތުގައި އޮތް ފޯނު ނަގާބަލާލީ ޔަގީން ކޮއްލަންވެގެންނެވެ. ރަންބީރު އާއި ދީޕިކާ ކުޅެފައި އިން އެ ލަވައިން ފެންނަނީ މައިޝާ އެހުރި ތަނެވެ. އެތަން މައިޝާއަށް ކިތަންމެ ރީތިވި ނަމަވެސް އެތަން މާބިރު ބޮޑެވެ. ކިރިޔާވެސް އަރިއަޅާލައިފިނަމަ ވެއްޓޭނީ އެފުން ކެނަލްތެރެއަށެވެ. މައިޝާ ގޮވައިގެން ކޮންމެ ތަނަކަށް ދިޔަނަމަވެސް ފާޒިން ހުންނަނީ އަބަދުވެސް ވަރަށް ހުށިޔާރުވެގެންނެވެ. ރެސްޓޯރެންޓުން ކައިގެން ސޮޕިންއަށް ގޮސްފައި އެނބުރި ހޮޓަލަށް އައިއިރު މައިޝާ ހުރީ ބޯސަކަރާތްވާގޮތް ވެފައެވެ.

 ” ދެން އަހަންނަކަށް އެކެނޯއަކަށް ނޭރޭނެ…! ” ރޫމަށް އައިސް އެނދަށް ވެއްޓިގަންނަމުން މައިޝާ ބުނެލިއެވެ. ފާޒިން މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހެވިފައި ހުރީ ބޭރަށް ނުކުމެވުމުން މައިޝާގެ ކިބައިން އެބަލި ގޮތްގަނޑު އެއްކޮއް ކެނޑޭތީއެވެ. ބައެއް ފަހަރަށް ފާޒިން ބަނޑުހައިވެގެން ހަލާކުވާއިރުވެސް މައިޝާ ފޮޓޯނެގުމާއިގެން އުޅެފާނެވެ. ކެމެރާއާއި ފޯނުގެ ބެޓަރި ޑައުން ވުމުން ނޫނީ ގިނަ ފަހަރަށް މައިޝާއަށް ހޭވެރިކަންވެސް ނުވެއެވެ.

ދެދުވަސް ވަންދެން ވެނިސްގެ ރީތިކަން ބަލާލުމަށްފަހު ފާޒިންމެން ދެން ދިޔައީ ޕިސާ ލީނިން ޓަވަރ ބަލައިލާށެވެ. ދިގު ދަތުރަކަށްފަހު އެތަނަށް ދެވުނު ނަމަވެސް ލީނިން ޓަވަރ އޮފް ޕިސާ ފެނިފައި މައިޝާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހުދު ކުލައިގެ ހިލައިން ހަދާފައި ހުރި އެއުސް ޓަވަރ ހީވަނީ ހަމަ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. އެވަރަށް އެޓަވަރ ވަނީ އަރިއަޅާލާފައެވެ.އެތަނުގައި ހުރި ކޮންމެ އިމާރާތަކުންވެސް ފެންނަނީ އަތްތެރި މަސެއްކަތްތަކުގެ ލާމަސީލް ނަމޫނާއެވެ. ފާޒިން ޓަވަރ ކައިރިއަށް ދާން އުޅުމުން މައިޝާ އެއްގޮތަކަށް ގަބޫލް ނުވިއެވެ.

” ފާޒިން އޭގެ ކައިރިއަށް ނުދާތި.. ބޮލަށްވެސް ވެއްޓިދާނެ…! ” ފާޒިން ލީނިން ޓަވަރުގެ ކައިރިއަށް ދާން ހިނގައިގަތުމުން ފަހަތުން އައިސް ފާޒިންގެ އަތުގައި ހިފަމުން މައިޝާ ބުނެލިއެވެ.

” ބޮލަކަށް ނުވެއްޓޭނެޔޭ… ބަލާބަލަ އެހެން މީހުންވެސް އެތިބީނު ޓަވަރ ކައިރީގައި… އަޅެ ހިނގާބަލަ…! ” ފާޒިން މައިޝާގެ އަތުގައި ހިފަމުން ބުނެލިއެވެ.

” މަށަކަށް ނުކެރޭނެ.. އެވެއްޓިދާނެ ކޮންމެ ވަގުތަކުވެސް….! ” މައިޝާ ދެފަރާތަށް ބޯހޫރާލި އިރު އެރީތި ދެލޮލުން ވަނީ ކަރުނަ ފާއްދާލާފައެވެ. ދުރުގައި ހުރެ އެޓަވަރ ނުވެއްޓޭ ގޮތަށް ހިފަހައްޓައިގެން ހުރެވެސް މައިޝާ ފޮޓޯތައް ނެގިއެވެ.

ޖެހިގެން އައި ދުވަހު ފާޒިންމެންގެ މަންޒިލަކަށްވީ އިޓަލީގެ މިލާނެވެ. މައިޝާމެން އެންމެ ފުރަތަމަވެސް ދިޔައީ މިލާނުގައި ހުންނަ މަޝްހޫރު ކެޓިޑުރަލް ޗާރޗް ބަލައިލާށެވެ. އެއިމާރާތް ފެނިފައި މައިޝާއަށް ހުރެވުނީ ހިރިލަންވެސް ނޭގިފައެވެ. އެއީ މިހާތަނަށް މައިޝާއަށް ފެނުނު އެންމެ ރީތި އިމާރާތެވެ. ބަލާބެލުމަށް ބޮޑު ގަނޑުވަރަކަށް ހުރި އެއިމާރާތް ހަދާފައި ވަނީވެސް ހުދު ހިލައިންނެވެ. އެތަނުގައިވާ ކޮންމެ މުންނާރެއްގެ ކޮޅުގައި މޮނިއުމެންޓެއް ބަހައްޓާފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. އެތަނުގައި ހުރި ތަނބުތަކުގެ ބުޑުގައި އެކި އެކި މަންޒަރުތައް ސިފަވާގޮތަށް ހަދާފައިވާ ބުދުތައް ފެނިފައި މައިޝާއަށް ހުރެވުނީ އާށޯހުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތް ވިންދާނުލައި… (13)

Next

ހަވާތިފް… 14 ވަނަ ބައި

Next
July 7, 2015

ހަވާތިފް… 14 ވަނަ ބައި

Previews
July 6, 2015

ހިތް ވިންދާނުލައި… (13)

23 Comments!

  1. ihthu says:
    July 6, 2015 at 6:08 pm

    sorry lahun up kohdevunyma… unmeedhu kuran mi partves kiyuntherin nah kamudhaane kamah…

  2. fathun says:
    July 6, 2015 at 6:18 pm

    V nice mi part vex

  3. @£#¥ says:
    July 6, 2015 at 6:46 pm

    Story varar reethi… ekamaku maa kuru ko thi up kodhinee… dhen konirakun up vaani

  4. Anonymous says:
    July 6, 2015 at 7:07 pm

    mihaaru mivaahaka evvx ryhcheh noon…khneh thi hadhany…kurin vrh rythi ekm mihr maa bodu kameh nuhinga evvx part aku ehnve eha intrestinnn eh nun mihrr

  5. arsy says:
    July 6, 2015 at 7:08 pm

    v salhi.. thankolheh kury…

  6. mari says:
    July 6, 2015 at 7:20 pm

    އާށޯހުވެފައެވެ.

  7. Dantes says:
    July 6, 2015 at 7:46 pm

    Varah salhi Ekam haadha kurey kiyaa hithun indhaa e nimunii

  8. Lali says:
    July 6, 2015 at 7:49 pm

    Ehaa lahun up kuraa iru vx adhi ehaa kurukoh genesdhenee

  9. Ihoo says:
    July 6, 2015 at 7:51 pm

    Ekm haadha kurey

  10. fathun says:
    July 6, 2015 at 8:11 pm

    V loabi 🙂

  11. shyn says:
    July 6, 2015 at 8:16 pm

    Haadha kurey…

  12. smurf says:
    July 6, 2015 at 8:27 pm

    haaaaaaaaaadha kurey but v salhi

  13. naaz says:
    July 6, 2015 at 8:52 pm

    Heevanee hama ethaaga ulhevunuhen…ehaa vx furihama sifakohdhyfa hurileh.v reethi mibai vx

  14. love love says:
    July 6, 2015 at 9:04 pm

    Haadha kurukoh thi ap kohhdhinii… plx next part thankolheh dhigu koh genes dheeba.. eyrun story vv obi vaane.. mihaaru vx vv salhi.. ihthu dhn kn iraku next part genes dhenii..

  15. shaupha says:
    July 6, 2015 at 9:10 pm

    Haaadha kurey

  16. Sheryn says:
    July 6, 2015 at 9:14 pm

    V reethi thankolheh kuree…

  17. Rishme says:
    July 6, 2015 at 9:56 pm

    Ehaa rycheh nun…. but hope next part rythi vaane kamah

    1. nuzoo says:
      July 6, 2015 at 10:49 pm

      Kon irakuntha next part..

  18. ihthu says:
    July 6, 2015 at 10:43 pm

    Thanks all… Wednesday ge kurin next part up kohdhevey thw balaanan..

  19. Nichu says:
    July 7, 2015 at 12:52 am

    Varah reethi haadha kuray

  20. Suma says:
    July 7, 2015 at 11:12 am

    Wow nice story… avaha up kohdhehchey… 🙂

  21. shine says:
    July 7, 2015 at 2:14 pm

    nice….

  22. Suma says:
    July 8, 2015 at 11:58 am

    Ihthu koba aneh bai… miadhu genesdhehchey.. we r waiting.. ☺☺

Comments are closed.

Next Episodeހިތަކުން ނުފިލާނެ 23←


All Right Reserved!