“ބަމްބީ.. އޭތް.. ހޭ އަރާބަ.. ޕްލީސް..” މާކިން ހާސްވެފައި ހުރެ އިނާރާގެ މެޔަށް ފިއްތަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. މާކިންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު އެ ލޮލަށް ބޮނޑިވެގެން ކަރުނައިން ލޯ ފުސްވިއެވެ. ނަމަވެސް އެނާއަށް އަދި މިކުމުގެ ހިލަމެއްނުވެއެވެ. މާކިން ހުއްޓުމެއްނެތި އިނާރާގެ މެޔަށް ފިއްތަމުން ދިޔައެވެ. ކުއްލިއަކަށް އިނާރާ ތެޅިގެންފައި ކޮށިއެރިއެވެ. މާކިން އަވަހަށް އޭނާ ނަގައި ބުރަކަށީގައި ޖަހާލުމުން އިނާރާއަށް ހަމަނޭވާ ލެވެން ފެށުނެވެ. “އޯ ތޭކް […]
“ނޫން ހިޔެއްނުވޭ.. ޖަނާން އެކަހަލަ ކަމެއް ކޮށްފާނެ ހެން.. އެކަމަކު އޭނައާ ދެތިން ފަހަރެއްގަ މީޓް ކުރި ވާހަކަ ބުނި.. އަޅުގަނޑު އޭނައަށް ހުރިހާ އެއްޗެއް ކިޔައިދިނިން.. ބުނިން ތި ގުޅުން ކުރިއަށް ގެންދިއުން ރަނގަޅެއް ނުވާނެއޭ.. ނާޝިދުއަށް އެގިއްޖެނަމަ..” “މަޑުކޮށްބަލަ.. ނާޝިދުއަކަށް ނޭނގޭތަ އެމީހުން ވާހަކަ ދައްކާކަމެއް.. ” ފައިސަލް ހިލްމީގެ ބަސް މެދު ކަނޑާލަމުން އަހާލިއެވެ. ހިލްމީ ބޯޖަހާލިއެވެ. ފައިސަލް ހިނިތުންވެލީ ނުލަފާ ގޮތަކަށެވެ. އަދި ނިހާންއާއި ދިމާލަށް ބަލާލަމުން ބޮލުން އައުމަށް އެދެމުން […]
*** އަރާމު ނިންޖަކަށްފަހު ޝިއާނާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން 7 ގަޑި 15 ހިނގަނީއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އާފުރިލަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ކައިރީގައި ނިދާފައި އޮތް އިކާންގެ މޫނަށް ބަލާލިއެވެ. އޭނާ އިކާންގެ ކަރުގައި އަތް ޖައްސާލީ އަދިވެސް ހުމުގެ އަސަރު ހުރިތޯ ބަލާލުމަށްޓަކައެވެ. ނަމަވެސް އޭނާ ގެ އަތް އިކާންގެ ކަރުގައި ޖައްސާލުމަށްފަހު ކުއްލިއަކަށް ދަމައިގަނެވުނީ އިކާންގެ ހަށިގަނޑު، ގަނޑުވެފެން […]
ރަނގަޅަށް ހަމައަކަށް އެޅުމުން އޭނާ އަވަހަށް ކާރު ދުއްވާލީ ގެއަށް ދިއުމަށްށެވެ. ނާޒިމްގެ ސުވާލުތަކާއި ކުރިމަތި ލާނީ ކިހިނެތްކަން ނޭނގުނުއިރު ރޭގައި ޒެރީން އެހެދީ ކިހިނެތް ކަމެއްވެސް އޭނާއަކަށް އޮޅުމެއް ނުފިލިއެވެ. ގޭގެ ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނާޒިމް ހުރީ މާކިން ގެޔަށް ނައިސްގެންނެވެ. ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން އެކުދިން ދާން ތައްޔާރުވީތޯ ބަލައިލަން އައިރު މާކިންއެއް ގެޔަކުނެތެވެ. އިނާރާއާއި ސުވާލު ކުރުމުން ރޭ ހަދަރުދަމު އޭނަ ގެޔަށް ނާންނަކަން އިނގުމުން […]
ފަހަރަކު މަލެއްގައި ވަސްބަލާފައި މައިޝާ އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއްހެނެވެ. މައިޝާއަށް އޭނާ ނޫން އެހެންއެއްވެސް މީހަކުއެތަނުގައި ހުރިހެނެއް ހިޔެއްނުވެއެވެ. “މަންމާ…! ” ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެންހުރި ވަދީފާ ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި ގޮވާލެވުނެވެ. އޭރު މައިޝާ ހުރީ ވަދީފާ ބަލަހައްޓައިގެން ހުރިގޮތުން ހިސާބަކަށް ލަދުވެސް ގެންފައެވެ. މާގަސް ތަކެއް ފެނިއްޖެނަމަ މައިޝާއަށް ވާގޮތް ހުދު އޭނައަށްވެސް ނޭގެއެވެ. ވަދީފާވެސް ހިނިތުންވެފައި ހުރެ އައިސް މައިޝާ ކައިރީގައި މަޑުކޮއްލިއެވެ. ” މަންމާ…! އަހަރެން މިގަހުން މަލެއް ބިނދެލިޔަސް މައްސަލައެއްނެތްތަ…! […]
މަގުގެ އެކި ދިމަދިމާލުގައި ހެދިފައިހުރި ބޮޑެތި ފެންކޯރުތަކަށް، ވާރޭގެ ތިކިތައް ޖެހެމުންދިޔަ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ރަށުގެ އެ ބޮޑުމަގުގައި ޔައީޝް ނޫން އެހެން އެކަކުވެސް އެވަގުތު ފެންނާކަށް ނެތެވެ. މަގުގެ މެދުން މިނިވަންކަމާއެކު ޔައީޝް ހިނގާލާފައިދިޔައިރު އޭނާ މަޑުމަޑުން ތުނބުންފުމެމުންދިޔައެވެ. ޔައީޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، މަގުގެ އެއްފަޅީގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަންޒަރު ވަނީ ފުސްވެފައެވެ. އެހެން ކަމުން ޔައީޝް […]
އިރުގެ އަލި މުޅީ ކެބިންތެރެއަށް އެޅިފައިވާއިރު މާކިން އިނީ އޭނާގެ މޭޒުކައިރީގައި ފޯނުން މީހަކާއި ވާހަކަދައްކާށެވެ. މޭޒުމަތީގައި ދެތިން ފައިލެއް އޮތްއިރު ކުރިމަތީގައި ހުޅުވާފައިވާ އޮތް ފައިލްގެ މަސައްކަތްތަށް ހުއްޓާލާފައި ވާއިރު އެ ފޯނު ކޯލު އޭނައަށް މާ މުހިއްމެވެ. “މިރޭ ދާނަން. އެކަމަކު ދަން ވަންދެން މަޑެއް ނުކުރެވޭނެ އިނގޭ.” މާކިން އަތުގައި އޮތް ގަލަމާއި ކުޅެމުން ބުނެލިއެވެ. “އޯކޭވާނެ މާކިންއަށް އާދެވެންޏާމު. އައި ރިއަލީ މިސްޑް ޔޫ އާފްޓާ ލާސްޓް ނައިޓް.” އެކޮޅުން ވާހަކަދެއްކި […]
” ސަޕްރައިޒް ކަމުދިޔަތަ..؟ ” ފާޒިން އައިސް މައިޝާގެ ފުރަގަހުން ބައްދާލުމުން މައިޝާ ދިޔައީ ސިއްސައިގެންނެވެ. މައިޝާ އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލީއެވެ. ފާޒިން މައިޝާ އޭނައާއި ވީފަރާތަށް އަނބުރާލިއިރު މައިޝާ ހުރީ އިސްޖަލާލައިގެން ދެއަތް ދެއަތާލައި މޮޑޭށެވެ. ފާޒިން މައިޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވާލައި މޫނުކައިރިކޮއްލުމުން މައިޝާއަށް ލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ. ފާޒިން ހިނިތުންވެލަމުން މައިޝާގެ ތުނިތުންފަތުގައި ބޮސްދީފައި ބަލާލިއިރު މައިޝާގެ މޫނުމަތިން ފެންނަން ހުރި ލަދުވެތިކަން ފިލައި ލޮލުގައިވި ވިދުން ބަދަލްވެއްޖެއެވެ. ލުލުއިލުއި ފަތްކޮޅެއްހެން […]
އޮފީހަށް ވަން ޔައީޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އޮފީހުގައި އެއްވެސް މީހަކު ނެތެވެ. ރިޝެޕްޝަން ވެސް ހުރީ ހުސްކޮށެވެ. އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ޔައީޝް އޭނާގެ ކެބިން ކައިރި މަޑުކޮށްލިއެވެ. ކެބިން އަށް ވަނުމުގެ ކުރިން އޭނާ ޖެހިގެން ހުރި ކެބިންގެ ތެރެ ވެސް ބަލާލިއެވެ. އެތަން ވެސް ހުރީ ހުސްކޮށެވެ. ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. މިއަދު މީ ކޮން ދުވަހެއް ތޯ ޗެކް ކޮށްލުމައްޓަކައި ފޯނުވެސް ބަލާލެވުނެވެ. މިއަދު މީ ހަމަ ރަސްމީ […]