މާހިލްއާއި ޝާލިނީގެ ކައިވެނި ކުރެވުނީ ޖެހިގެން އައި ހުކުރުދުވަހުގެ ރޭގައެވެ. ކައިވެނި ކޮށްދިނުމަށްފަހު ގާޒީން ގެއިން ނުކުމެގެން ދިއުމާއެކު މާހިލް ޝާލިނީ އަތުގައި މަޑުމަޑުން ހިފާލިއެވެ.
“އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ!!” މާހިލް އިޝްޤީ އަޑަކުން ބުނެލިއެވެ. ޝާލިނީގެ މޫނު ރަތްވެގެން ދިޔައީ ލަދު ގަތްލެއް ބޮޑު ކަމުންނެވެ. “ހިނގާ ރޫމް އަށް!!”
“އެހަށް މަޑުކޮށްބަލަ!” ޝާލިނީ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ބުންޏެވެ. “އަހަރެން އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ވެފަ!!”
“އެހެންތަ؟” މާހިލް އަހާލިއެވެ. “އަވަސްކުރޭ އެހެންވީއުރު!!”
ޝާލިނީ އޭނާ ލައިގެން ހުރި ސްކިނީ ޖީންސް ގެ ޖީބުން ނެގީ ކަޅު ކުލައިގެ ރުމާލެކެވެ.
“ތީތަ ސަޕްރައިޒް؟”
“ސާބަސް! ގެނޭ މި ލޯ މަތީ އައްސަން!! ވަރަށް ބޮޑު ސަޕްރައިޒެކޭ!” ޝާލިނީ މާހިލްގެ ފުރަގަހަށް އައިސް އޭނާގެ ލޯމަތީ ބާރަށް ރުމާ އައްސާލިއެވެ.
“މީ ކިތައް އިނގިލި؟؟” މާހިލްގެ ކުރިމައްޗަށް އައިސް ޝާލިނީ އަހާލިއެވެ.
“މަށަށް ކިހިނެއްތަ އިނގޭނީ؟” މާހިލް ބުންޏެވެ.
“އާނ ރަނގަޅު!” ޝާލިނީގެ ތުންފަތަށް ވެރިވެފައިވާ ޝައިޠާނީ ހިނިތުންވުން މާހިލްއަށް ފެނުނު ނަމަ ޝާލިނީގެ ނިޔަތް ނުހަނު ރަނގަޅަށް އޭނާއަށް އެނގުނީހެވެ. ނަމަވެސް އެކަން އެނގޭވަރަށްވުރެ ބޮޑަށް ޝާލިނީ ވަނީ މާހިލް މަގުފުރައްދާލާފައެވެ. އޭނާގެ ރީތި ކަމުގެ ދަލުގައި ޖައްސާ، “ކަނުބަނދެލާފަ” އެވެ.
“ހިނގާ މަށާއެކު!” މާހިލްގެ އަތުގައި ހިފައިގެން ހުރެ ޝާލިނީ ހިނގައިގަތީ ގެއިން ބޭރަށެވެ. ބޭރަށް ނުކުމެވުނުކަމުގެ އިހުސާސް މާހިލް އަށް ކުރެވުމާއެކު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
“ޝާލީ ކީއްވެ މަ ބޭރަށް ތި ނެރުނީ؟ އަހަރެން ހީކުރީ ސަޕްރައިޒް އޮތީ ގޭތެރޭ ކަމަށް!!” މާހިލް އަހާލިއެވެ.
“ވާހަކަ ނުދައްކާ ހުރޭ! އެއީ ތަންކޮޅެއް ދުރުގައި އޮތް ސަޕްރައިޒެކޭ!” މާހިލްގެ ކަންފަތް ދޮށުގައި ވައިއަޑުން ޝާލިނީ ބުނެލިއެވެ. “އެ ސަޕްރައިޒްގެ ސަބަބުން މާހިލް މަރު ނުވެއްޖެއްޔާ ރަނގަޅު!!”
15 ވަރަކަށް މިނެޓް ހިނގުމަށްފަހު ޝާލިނީ އައިސް ހުއްޓިލީ އޭނާގެ ގޭގެ ކުރިމައްޗަށެވެ. މާހިލްގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ޝާލިނީ ގޭތެރެއަށް ވަނެވެ.
ސިޓިން ރޫމުގައި ވިސްނުމަކަށް ގެއްލިފައި އިން ޒުލްފާއަށް ސިހިފައި ބަލާލެވުނީ ގޭތެރެއަށް ވަން ޝާލިނީގެ އަޑަށެވެ. އެއުރު ޝާލިނީ ހުރީ މާހިލްގެ އަތުގައި ހިފަހައްޓައިގެންނެވެ.
“………” ޒުލްފާ ވާހަކަދެއްކުމަށްޓަކައި އަނގަ ހުޅުވާލުމާއެކު ޝާލިނީ އަވަސް އަވަހަށް ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސް ކޮށްލަމުން ހަމަހިމޭން ވުމަށް އެންގިއެވެ. އެއާއެކު ޒުލްފާގެ ހިތުގައި ބިރުވެރިކަމުގެ ބާއްޏެއް ދުވެލީ، ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭކަން ޔަގީން ކުރެވުމުންނެވެ. ސުވާލުން ފުރިފައިވާ ނަޒަރަކުން، ކަނު ބަނދެފައި ހުރި މާހިލްއަށް އޭނާ ބަލާލިއެވެ.
“ޝާލީ! ކީއްވެ ހުއްޓިފައި މި ތިބީ؟” މާހިލް އަހާލިއެވެ. “މީ ކޮން ގެއެއް އަނެއްކާ؟”
“ޝްޝްޝް!!” ޝާލިނީ ބުނެލިއެވެ. “ވާހަކަ ނުދައްކާ އާދޭ!!” ޝާލިނީ އަނެއްކާވެސް މާހިލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މި ފަހަރު އޭނާގެ މިސްރާބު ހުރީ ބަލްޝަމްގެ ކޮޓަރިއާ ދިމާއަށެވެ.
***
ޝާލިނީ މާހިލް ގެނެސް ބޭނދީ ކޮޓަރީގެ މެދުގައި ހުރި ގޮނޑިއެއްގައެވެ. ވާނުވާ ނޭނގިގެން އެއިރު މާހިލް ސުވާލުކުރަމުންދިޔައެވެ. ނަމަވެސް މާހިލްގެ އެއްވެސް ސުވާލަކަށް ޝާލިނީ ޖަވާބެއް ނުދެއެވެ. އޭނާ މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓިލީ ކޮޓަރީގެ ކަނެއްގައި ހުރި އަލަމާރި ކައިރިއަށެވެ. އަލަމަރީގެ ދޮރުފަތް ހުޅުވާލުމަށްފަހު ޝާލިނީ ނެގީ ކުޑަ އިންޖެކްޝަނަކާއި 10 އިންޗީގެ ބޮޑު ވަޅިއެކެވެ. ވަޅީގެ ތޫނު މިޔައަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ޝާލިނީ އަނެއްކަވެސް އައިސް މާހިލްގެ ކުރިމަތީ ހުއްޓިލިއެވެ.
“ޝާލީ! އަދިވެސް ތި ސަޕްރައިޒް ދޭކަށް ނުވޭތަ؟” މާހިލް އަހާލިއެވެ. “އަހަރެން މީނަ ފޫހި ވެގެން މަރުވަނީ!!”
ޝާލިނީ މާހިލްގެ އަތުގައި ހިފާލިއެވެ. އަދި އަތުގައި އޮތް އިންޖެކްޝަން މާހިލްގެ އަތުގެ މުލައްދަނޑިއަށް ހަރާލުމަށްފަހު، އޭގެ ތެރޭހުރި އެއްޗެހި މާހިލްގެ ހަށިގަނޑަށް ފޮނުވާލިއެވެ.
އަތުގެ މުލައްދަނޑިއަށް ކޮންމެވެސް ތޫނު އެއްޗެއް ހެރުނުކަމުގެ އިހުސާސް މާހިލްއަށް ކުރެވުނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސުވާލު ކުރަން އަނގަހުޅުވާލުމާއެކު މާހިލްގެ ގައިން ވަރުދޫވެގެން ގޮސް ޚަބަރު ހުސްވިއެެވެ.
***
އޭގެ ފަސްވަރަކަށް މިނެޓް ފަހެވެ. މާހިލްއަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ނަމަވެސް ފެންނަމުންދިޔަ މަންޒަރު ވަނީ ފުސްވެފައެވެ. ބޮލުގައި ގަދައަށް ރިއްސަމުންދިޔައެވެ. ދިއްލާފައި ހުރި ހުދުކުލައިގެ ބޮކީގެ އަލިން އޭނާގެ ލޮލަށް އުނދަގޫވަމުންދިޔައެވެ.
ދެތިން ފަހަރަކު އެސްފަޔަ ޖާހާލުމާއެކު މަންޒަަރު ސާފުވެގެން ދިޔައެވެ. ބޮލުގައި ގަދައަށް ރިއްސަމުންދިއުމުގެ ސަބަބުން ބޮލުގައި ފިރުމާލުމަށްޓަކައި މާހިލް އަތް ހިއްލާލަންއުޅުނެވެ. ނަމަވެސް އޭނާގެ އަތެއް ހަރަކާތެއް ނުކުރެވެއެވެ. ރަނގަޅަށް ބަލާލިއިރު އޭނާގެ އަތް ވަނީ ގޮނޑީގެ ފަހަތަށް ވާގޮތަށް ބަނދެލާފައެވެ. އެއާއެކު އޭނާ މަސައްކަތް ކުރީ ކޮޅަށް ތެދުވާށެވެ. ފައެއް ހަރަކާތެއް ނުކުރިއެވެ. ފައިވެސް ވަނީ ގޮނޑިއާއެކު ބަނދެލާފައެވެ.
“ޝާލީ!!” ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލަމުން ހާސް ކަމާއެކު މާހިލް ގޮވާލިއެވެ. ފާރުގައި ލެނގިލައިގެން ހުރި ޝާލިނީ އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. އަތުގައި އޮތް ވަޅީގެ މިޔައަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ތުންފަތަށް ވެރިވެފައި ވަނީ ނުލަފާ ހިނިތުން ވުމެކެވެ. މާހިލްގެ ލޯ މަތީ އެއްސި ކަޅުކުލައިގެ ރުމާ އެއިރު އޮތީ ޝާލިނީގެ އަތުގައެވެ.
“ޝާލީ ކިހިނެއްތަ މި ވަނީ؟” މާހިލް އަވަސް އަވަހަށް އަހާލިއެވެ. އެއާއެކު ފާރު ކައިރީ ހުރި ޝަލިނީގެ ނަޒަރު އޭނާއާ ދިމާއަށް ހުއްޓިގެން ދިޔައެވެ.
“ވެގެން އުޅޭ ގޮތް އަދިވެސް ނޭނގެނީތަ؟” ޝާލިނީގެ ރާގުގައި ވަނީ ރުޅިވެރިކަމެވެ. އޭނާ މަޑުމަޑުން ހިނގާލަފައި އައިސް މާހިލްގެ ކުރިމަތީ ހުއްޓިލިއެވެ. ސުވާލުން ފުރިގެން ވީ ނަޒަރަކުން ޝާލިނީގެ މޫނަށް ބަލަހައްޓައިގެން މާހިލް އިންއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައީ ވެގެން މިއުޅީ ކިހިނެތްކަމެއް ނޭނގޭތީއެވެ.
“ބަލާބަލަ!!! ބަލާބަލަ އެހެރަ ފާރެއް!!” މާހިލްގެ އަނގައަށް އޮބައި ގަންނަމުން ޝާލިނީ ބުންޏެވެ. ފާރަށް ބަލާލުމާއެކު މާހިލްގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. މުޅި ފާރުގައި ވަނީ ހުސް އޭނާގެ ނަމެވެ.
” ލޯބި ލިބޭނެކަމަށް، ބޭވަފާތެރިއެއްގެ ފަހަތުންދުވި އަންހެން ކުއްޖަކު، ލޯބިވެރިޔާގެ އިންތިޒާރުގައި އިނދެ މިއޮއް ހުރިހާ އަހަރު ކުރި ކަންތައް!!” ރުޅިވެރިކަމުން ފުރިފައިވާ ޝާލިނީގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށިއެވެ. “ކަލޭ ހީކުރީ މަމީ ކާކު ކަމައްތަ؟ އޭނ؟ މަމީ ކަލޭ އެ އަންހެން ކުއްޖެއްގެ ހިތް ހަލާކުކޮށް އެކުއްޖަކަށް ބޭވަފާތެރިވި ބަލްޝަމްގެ ދައްތަ!! އެނގިއްޖެ؟؟؟”
ލިބުނު ބޮޑު ޝޮކުގެ ސަބަބުން މާހިލްއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރިމަތީ ހުރި ފާރުން ފެންނަމުންދިޔަ ނަން ތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު، ކަރުނަ ތިއްކަކަށް ފަހު ކަރުނަ ތިއްކެއް އެ ދެލޯ ދޫކޮށް ފައިބަމުންދިޔައެވެ. މީގެ އަހަރުތަކެއް ކުރިން ބަލްޝަމް އާ ރައްޓެހިވެގެން އުޅުނު ދުވަސްތަކު ހަނދާންތައް އޭނާގެ ސިކުނޑި ވަށާލިއެވެ. އޭނާ ބަލްޝަމް އާ ރައްޓެހިވީ ފޫހި ފިލުވާލުމަށެވެ. އެއްއިރެއްގައިވެސް އޭނާ އެ ގުޅުމާމެދު ސީރިއަސްކޮށެއް ނުވިސްނައެވެ. ބަލްޝަމް އޭނާ ދެކެ އެހާ ލޯބި ވެދާނެކަމަކަށް ދުވަހަކުވެސް މާހިލް ހިއެއް ނުކުރެއެވެ. ލޯބީގެ ވާހަކަތަކާއި ވައުދުތައް ވަމުންދިޔައިރު ބަލްޝަމްގެ ހިތުގައި މާހިލްގެ މައްޗަށް އުފެދިފައި އޮތް ލޯބި ދިޔައީ ވަރުގަދަވަމުންނެވެ. އެންމެ ފަހުން ކައިވެނިކުރަން ބޭނުން ވާހަކަ ބުނުމުން މާހިލް ވަނީ އެކަމަށްވެސް އެއްބަސް ވެފައެވެ. ނަމަވެސް އީދު ބަންދެއްގައި ރަށަކަށް ދިޔަ ދަތުރެއްގައި ޝިއާނާ ފެނުމާއެކު ބަލްޝަމް މަތިން އޭނާ ހަނދާން ނެތުނީއެވެ. އޭގެ ފަހުން ބަލްޝަމް އުޅެނީ ކޮންތާކުތޯވެސް އޭނާ ބަލާނުލައެވެ. ބަލްޝަމް އާ ރައްޓެހިވެގެން 1 އަހަރު ދުވަސް އޭނާ ހޭދަ ކުރިއެވެ. ނަމަވެސް ޝިއާނާ އާ ކައިވެނި ކުރުމާއެކު އެ ހުރިހާ ދުވަސްތައް މަތިން އޭނާ ހަނދާން ނެތުނީއެވެ.
“އަހަރެން މާލެ ދިޔައިރު ބަލްޝަމް އެއްވެސް މީހަކާ ރައްޓެއްސެއް ނުވޭ! އޭނާ ކަލޭއާ ގުޅުނީ އަހަރެން ދިޔަ ފަހުން!! އަހަރެން މީ ބަލްޝަމްގެ ދައްތަކަން ކަލޭއަށް ނޭނގުނީ އެ ސަބަބާހުރެ!! މާލޭގައި ކިޔަވަން އުޅުމަށްފަހު 4 އަހަރު ފަހުން އަހަރެން މިރަށަށް އައިރު އެ ފަކީރު އިނީ ދުނިޔެއިން މޮޔަ ވެފަ!!” މާހިލްއަށް ފުރަގަސް ދެމުން ޝާލިނީ ބުންޏެވެ. “އެއީ ކަލޭކަހަލަ ނުބައި ނުލަފާ ފިރިހެނުންގެ ސަބަބުން! ބަލްޝަމް މި ދުނިޔެއިން ވަކިވެގެން އެ ދިޔައީ ކަލޭގެ އިންތިޒާރުގައި 3 އަހަރު ހޭދަ ކޮށްފައި! ކަލޭއަކަށްވެސް މި ދުނިޔޭގައި އުޅޭކަށް ލާހިކެއް ނޫން!!”
***
ދޮރުފަތުގައި ކަންފަތް ޖަހައިގެން ހުރުމަށްފަހު ޒުލްފާ މަޑުމަޑުން ދުރަށްޖެހިލިއެެވެ. އެއިރު އެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑު ވުމުގެ އަސަރުތަކެެވެ. ޝާލިނީ ދެއްކި ހުރިހާ ވާހަކައެއް އޭނާ އަޑު އަހައިފިއެވެ. އެ ކޮޓަރިތެރޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގަން އުޅޭކަން ކަށަވަރު ވުމާއެކު، އޭނާ އަވަސް އަވަހަށް އަތުގައި އޮތް ފޯނުގެ ފިއްތަކަށް ފިތާލުމަށްފަހު ކަންފަތުގައި ފޯނު ޖަހާލިއެވެ.
***
ޝާލިނީ އޭނާގެ އަތުގައި އޮތް ވަޅީގެ ކޮޅު މާހިލްގެ ދަތްދޮޅީގައި ޖައްސާލަމުން އޭނާގެ މޫނާ ކައިރިވެލިއެވެ.
“ކަލެއަށް އެނގޭތަ ކަލޭގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދިފައި ތިވާ ލޯބީގެ ސިއްރު؟ އެއީ އަހަރެން ދޮން އަހުމަދު ލައްވާ ހެދުވި ސިހުރު ގެ ބާރު!!” ޝާލިނީ ވާހަކަ ދެއްކީ ވައިއަޑުންނެވެ. “ޝިއާނާގެ މައްޗަށް ކަލޭގެ ހިތް ނުބައި ކުރުވީވެސް އަހަރެން!”
“ޝާލިނީ އަހަރެން ދޫކޮށްލާ!!” މާހިލްއަށް ބުނެވުނެވެ.
“ހާދަ ފިނޑިއޭ ދޯ؟ ލަދެއް ނުގަނޭތަ އަންހެނެއް ކައިރީ އާދޭސް ކުރާކަށް؟” ޝާލިނީ މާހިލްގެ ގަމީހުގައި ހިފައި ދަމައިގަތެވެ. އެއާއެކު ގަމީހުގެ ގޮށްތައް ނެއްޓިގެން އައިސް އޭނާގެ ހަށިގަނޑު ފާޅުވެގެން ދިޔައެވެ.
“ކަލޭ ކީއްވެ ބަލްޝަމްއަށް އެހާލު ޖެއްސީ؟!!” ޝާލިނީ މަޑުމަޑުން ވަޅީގެ ކޮޅު މާހިލްގެ މޭމަތީ ޖައްސާލިއެވެ. “އެފަކީރު އުޅުނު ހާލު ކަލޭއަށް ނޭނގެނީތަ؟”
“ޝާލި……”
“ޝްޝްޝްޝް!!” ޝާލިނީ އޭނާގެ ޝަހާދަތް އިނގިލު ތުންފަތުގައި ހުރަސްކޮށްލަމުން ހިނިތުންވެލިއެވެ. އަދި މާހިލްގެ މޭމަތީ ޖެއްސި ވަޅި، މަޑުމަޑުން ތިރިއަށް ގެންނަން ފެށުމާއެކު އެތަނުން ރޮނގަކަށް ލޭހިލެން ފެށިއެވެ. މާހިލްއަށް ދެލޯ މަރާ ފިއްތާލެވުނީ ކުރެވޭނެ އިތުރު އެހެން ކަމެއް ނެތުމުންނެވެ.
ޝާލިނީ ވަޅިގެނެސް ހުއްޓާލީ ފޫޅާ ހަމައިންނެވެ. އެއިރު ވަޅި ކޭއްތިތަނުން ރޮނގަކަށްވާގޮތަށް ލޭ އައިސްފައި ހުއްޓެވެ.
“ޝާލިނީ ޕްލީޒް!!” މާހިލްގެ ހިތުގައި ބިރުވެރިކަން އުތުރި އަރަން ފެށިއެވެ. އޭނާގެ އަޖަލު މި ޖެހުނީބާއެވެ؟ ދިރިއުޅުމުގައި ފަރުވާ ކުޑަކޮށްލި ކަމެއްގެ ސަބަބުން އަންހެން ކުއްޖެއްގެ ތޫނު ވަކި ތަކުގައި ހައްޔަރު ވީއެވެ. އޭނާގެ ކުށް މިއަދު އޭނާއަށް ގަބޫލު ކުރެވިއްޖެއެވެ.
ކޮންމެ އަންހެން ކުއްޖެގެވެސް ހިތެއް ވެއެވެ. އެ ހިތުގައި ލޯތްބޭ މި ކިޔާ ޖަޒްބާތު އުފެދިފައި ވަނީ ކިހާ މިންވަރަކަށްކަމެއް ބަލާ މީހަކަށް ނޭނގޭނެއެވެ. އޭނައަށް ބަލްޝަމްގެ އިހުސާސްތަކާއި ނުކުޅެވުނުނަމައެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކު ވެގެން އެ ދިޔައީ އޭނާއަށް ކުރެވުނު ސަމާސާއެއްގެ ސަބަބުންނެވެ.
“ޝާލިނީ އަހަންނަށް މާފްކުރޭ!” މާހިލްއަށް ރޮވެން ފެށުނެވެ.
“ހަޅޭ ނުލަވަ މަޑުން އިނދޭ!” އަމުރުވެރި ރާގަކަށް ޝާލިނީ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓިގެން ދިޔައީ މާހިލްގެ ބަނޑުގައި ޖައްސަފައި ހުރި ވަޅިއާ ދިމާއަށެވެ. އެއިރު އޭނާގެ ދެ ބުމަ ހުރީ ގޮށްޖެހިފައެވެ. ދަތްތައް ބިންދައިގެން ދާވަރަށް ދަތްކުނޑި ވިކައިގެން ހުރިއިރު ހީވަނީ ދެންމެ ދެންމެ ވެސް ވަޅި ބަނޑަށް އަމުނާލަ ފާނެ ހެންނެވެ.
މާހިލް ދެލޯ މަރާ ފިއްތާލިއެވެ. ޝާލިނީ އޭނާގެ އަތުގައި އޮތް ވަޅި، މާހިލްގެ ބަނޑުތެރެއަށް އަމުނާލީވެސް ހަމަ އެވަގުތެވެ. އެއާއެކު މުޅި ކޮޓަރިތެރޭ ގުގުމައިގެން ދިޔައީ މާހިލްގެ ހަޅޭކުގެ އަޑެވެ. އޭނާގެ ބަނޑުން ދުނިޖަހާފައި ނުކުތް ލޭތަކުން ޝާލިނީގެ ހެދުންވެސް ކަޅިވަމުންދިޔައެވެ.
މާހިލް މަރަށް ތެޅޭތަން ބަލަން ޝާލިނީ އިނީ ހިނިއައިސްފައެވެ. އެ މަންޒަރު ބަލާލަން އެތަށް ދުވަހަކަށް އޭނާ އިންތިޒާރު ކޮށްފިއެވެ. އެންމެ ފަހުން މިއަދު އެކަންވެސް ހާސިލް ވީއެވެ. ބަލްޝަމް ކޮއްކޮ އަށްޓަކައި ބަދަލު ހިފާ ލެވުނީތީ އޭނާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެއެވެ.
މަރުވެފައިވާ މާހިލްގެ މަސްގަނޑު ކައިރީ އިށީނދެލައިގެން އިން ޝާލިނީއަށް ސިހިފައި ބަލާލެވުނީ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ފަޅާލުމަށްފަހު އެތެރެއަށް ވަން ޕޮލިހުންތައް ފެނިފައެވެ. ލިބުނު ސިހުމުގެ ސަބަބުން ޝާލިނީއަށް ކޮޅަށް ތެދުވެވުނު އިރު، މާހިލްގެ ބަނޑަށް ހަރާލި ވަޅި އޮތީ އޭނާގެ އަތުގައެވެ.
***
ނުނިމޭ
24112 Comments
Comments are closed.
Hoody
July 5, 2015 at 10:06 pmMi bai vex kamudhaane kamah ummeedhu kuran!! 😉
Sheryn
July 5, 2015 at 10:10 pmV reethi hoody… thankxx…n im the 1st…yay 😛
sif
July 5, 2015 at 10:11 pmthank yu inthizaaru koh koh varubali vy fahun thi up kury.
iraa
July 5, 2015 at 10:12 pmvvvvvv nice. keep it up hooodyy
Hoody
July 5, 2015 at 10:14 pmThnkx all!!
ammuty
July 5, 2015 at 10:17 pmYey!me first. V salhi
Shau
July 5, 2015 at 10:18 pmv v reethi mi part ves…
aish
July 5, 2015 at 10:19 pmAlhey hoody haadha kurey bt vvvvvv reethi dhen shaliny ah gotheh hadhaa
Sany
July 5, 2015 at 10:20 pmToo short…ha.. but it is just awsm.. keep the gud work..hoody…
sif
July 5, 2015 at 10:21 pmvvvv salhi. bt maaa kuryyyy.
lai
July 5, 2015 at 10:22 pmHaadha kurey mi part
demon
July 5, 2015 at 10:25 pmvvv reethi ekam thankolheh kuru dhw
Mixna
July 5, 2015 at 10:25 pmWow…
Nabhaan
July 5, 2015 at 10:26 pmWow mi part vx vrh sahi…..nxt part avas up kohdhy..n gud luck buddy
Hoody
July 5, 2015 at 10:29 pmSorry guys kuru kog genes dhevuneema… In Sha Allah! next episode dhigukohdheynan!!! 🙂 Comment thakah Shukuriyyaa!!!!
lovely
July 5, 2015 at 10:32 pmdhen baeh meehun ulhey vahthareh… hoody ehaa varun miadhu baeh upload kohfa indhaa vex kiyuntherinnahtakaa mirey vex baeh upload kohdhi neema mi meehunnakah neyge shukuru adhaa kuraakah… dhw hoody!
demon
July 5, 2015 at 10:37 pmmaahil maruvee, shaalinee cops ge belumuge dhashah, dhn abraas ah vaanee kihinehbaa? can’t wait 4 the nxt part
demon
July 5, 2015 at 10:39 pmlovely wt u mean by “hoody ehaa varun miadhu baeh upload kohfa indhaa vex”, miadhu baeh up kurikan nudhene hurin
shiaa
July 5, 2015 at 10:40 pmvarah rythi . touching , story eh mee , hithah ves eriyey mihenney vaany , , dhen thnkx 11 ge kurin genes dhinyma , , but than kolheh kuru , vaguthu nuvy dw ? its OK , dhen inna part dhigu koh levay tho balachey , maadhamaa rey dhw next part
Saana
July 5, 2015 at 10:41 pmMi part hadha kury but v salhi vahakah
flower
July 5, 2015 at 10:41 pmStory reethi but mi part kuruveema kamaku nudhey
Hoody
July 5, 2015 at 10:43 pmThnkx all!!! Yeah Shiaa! vaguthu nuveema and 11 ge kurin up kohdheyn vegen kuru koh genes dhevunee!!!
Ibthi
July 5, 2015 at 10:45 pmVara salhi …ekam abadhu meehun kolhu maru vaathi dhera
Fary
July 5, 2015 at 10:52 pmNice
Crazi
July 5, 2015 at 10:55 pmShalhi but…maa ahvaha maahil maraalee..eyna kuh dho…dhen kihine baa vaanee anehkaa mi cahaka nimuneetha
Aisha
July 5, 2015 at 10:59 pmHaadha korukoh
arsy
July 5, 2015 at 11:00 pmv nice… keep it up…. 🙂
Meekaail
July 5, 2015 at 11:06 pmKiyuntherinnaha hama saabas… Hoody ehaavarun komme reaku episode eh up koh dheyiru vex noolhe shukuru kuraakah. vaahaka liyumakee thi heekuraahaa faseyha kameh nooney dhw hoody. mulhi dhuvahu jeheyne ekamaa visnan. ehaa varun up kohdhey iruves kurey kiyaigen shakuvaa kuranyaa Hoody ves foohi vaane vaahaka liyan. kuraa masakkathuge agu vazan kuran neyngenyaa foohi vaaane dho kmme meehaku ves.
Dhn vaahakaiga kuriah vaan oi goi nukiyabala. Hoody akaha nu ingeynee vaahaka liyan vee gothaa ehchehi. vaahakaige meehun thah maruvanee yoa vex eba kiyaa ebbai meehun.
Komme reaku up kohdheythee thankyou hoody.
smile
July 5, 2015 at 11:17 pmVarah hadi mi part
mixu
July 5, 2015 at 11:18 pmWow nice. Ok launch viyas. Bt mi ahvure dhigu koh plx
ikaan
July 5, 2015 at 11:22 pmv reethi…ekam haadha kurey…
Avikko
July 5, 2015 at 11:24 pmReethi.. Next episode when update kurany..? Dhigu kh khllahche hoody..
Juma
July 5, 2015 at 11:26 pmwow… vvvvvvvv reeethi mi part ves.. gud luck next part ah. 😉 🙂
naaz
July 5, 2015 at 11:30 pmMibai ehaa reechehnun bt next part varah reethi kurahchehey
nuzoo
July 5, 2015 at 11:51 pmVarah reethi.. waiting for next part…
Fayaz
July 5, 2015 at 11:40 pmVrh reethi maaavahthihmaalee ekamves vrh salhi
shiaa
July 5, 2015 at 11:42 pmhmm maahil ves maruvy , so shiaa n yaish ge dhemedhah hurahakah mihaaru hury abraas dhw , hmm varah foohi way abraas , shiaana aa avalevyma , shiaana hama ehaa rythi tha jinnin ves avalavaahaa , hehehe shiaa varah j way varah eba , hehe , bt shiaa ah ves happy life akah edhen , yaish ah ves , hmm mihaaru hoody gengulhey invisible knife seedhaa kohfa hury , shaaliny ah tha , abraas ahtha ? ., haadha dhuvaheh vejjey e abraas nufennathaa , dhen hoody ves eyna hurithaakun nerebala ,, bodah heevany dhen e thuunu valhi haraalaany shaaliny ge bandanhen , lets see , dhw hoody gandaa
Juma
July 5, 2015 at 11:42 pmn thnkx 11 ge kurin up kohdhineema bt 11 ge fahun kiyunee mi 😉 🙂
shiaa
July 5, 2015 at 11:47 pmBTW kon irakun 14th episode , cant wait to read next episode , dhen heyo 11 ge kurin noonas , dhigukoh genes dhehchey , plzzzzz
shiaa
July 6, 2015 at 12:14 am🙂 😉
Ihoo
July 6, 2015 at 12:19 amKeevve tha maahil ehaa avahah thi maraalee. Maahil adhi jeheyney nun shiaana kairin maafah edhi aadheys kuran vx. Maahil akah neygey eynage dhari fulhu maru vikameh vx.. dhn ekm reethi..
shaan
July 6, 2015 at 12:39 amV reethi. Dhen Shaaliny ah vaany kihinehbaa? Waiting for the next part.
fary
July 6, 2015 at 1:29 ammiadhu up kolladhee plx
naxhaa
July 6, 2015 at 4:26 amVara reethi.vara ufaavey kome dhuvahaku vaahaka up kohdheythee.thanks hoody ur best
maahil
July 6, 2015 at 6:06 ammi part ehaa reecheh noon.. maa kuree genes dheylehves.. thivarun vaahaka liyeveytha
Meekaail
July 6, 2015 at 8:07 amMaahil akah neyngeyne vaahaka liyan vee varakaa, liyan vee gotheh vex. komme dhuvahaku up kohdhey iruves shukuru kuraakah neynge viyya. thivarun vaahaka nukiya bala.
yash
July 6, 2015 at 7:35 amVarah habes mibaives ♥♥♥
hana
July 6, 2015 at 9:58 amemmen maruva story eh dhw mee.. but it’s nice.. maahil maru v ma kamaku nudhey aslu.. e ah vure reethi vees maahil regret vaan dhuniyeyga hurinama. nice twist eh gennah chey.. expected gothakah genaima touching eh nuvaane..
Zaahee
July 6, 2015 at 10:59 amnaice.. but short… ekamaku vex v reethi
xee..
July 6, 2015 at 11:58 amvr vr vr vr reethi avas avahah updayt koddhee.
mary di fary
July 6, 2015 at 12:20 pmMee meehun marai huskuran ulhey vaahaka Eh thr?!
shiaa
July 6, 2015 at 1:18 pmnext prt kon irakun
grant gustin
July 6, 2015 at 3:24 pmNot bad
elyshaa
July 6, 2015 at 4:31 pmabraas dhahkaa lachey next part ga . varah miss way. hehehe
naaz
July 6, 2015 at 8:55 pmHoody Kihineh thihedhy? enmen maruvanee viyya.dhn yaeesh ah dheragotheh nuhadhahchey
Sheryn
July 6, 2015 at 10:02 pmEy hoody kobaa 14th prt…inthizaaru kh kh moya vejjje… 😛
shaina
July 6, 2015 at 10:31 pmadhi mi ah vure gina iru vehjiyaa sheryyn hunnaanee rangalhah vess moa vefaa thaa dhw .. hehehehe … just kidding .. sorry .. dont take it serious ingey…sorry … … and hoody kon irakun next part ??? … curiouslyy waiting for the next part .. mirey upload koh dheh chey …
Sheryn
July 6, 2015 at 10:36 pmShaina thibuny hama rangalhah…sorry nukuyabala ehaa ginain…i dnt lyk tht word… 🙂
smurf
July 6, 2015 at 10:48 pmmoya vanee hoody avahah up kohbaaaaa…moya vejjiya hoody vaane zinmaaa nagan… hahahahahaha
Sheryn
July 6, 2015 at 10:49 pmHahahah aan dhw smurf…shery smarf aa ehbai kiyaifinn…hoody plx avas khbaa
smurf
July 6, 2015 at 10:57 pmhoody avas kohbaa nunidhifa myndhy next part kiyanvegen……hoodyyyyyyy
elyshaa
July 6, 2015 at 11:01 pmhoody lysh ves , mioh hama moya vany , hedhey nuhedhey eh neynge , moya govenves govijje , avas kohba , lysh ves shery n smurf aa ehbai . avas , avas , maru vedhaa ne , oxgen ves varah avahah beynun
elyshaa
July 6, 2015 at 11:03 pmhoody kyvetha kudhin ge nidhi halaaku kurany , adhi amila myhaa ge nidhiolhu ves , . avas , plx ,
smurf
July 6, 2015 at 11:08 pmhoody alhe elyshaa ah oxygenkolheh dhybaa…… moya vumah vure maruvejjiyaa sakaraath vaane….hoody aa hedhi fayah thadhuves vejje… vaahaka upkreytho indhegen computer rec ga thalha thalhaaa…aadhey faya beys kohdheyn vaahaka upnukurevuniyya
shiaa
July 6, 2015 at 11:08 pmplz plz, thiulheny up kuran dhw , OK eyy 11 ge fahun viyas , up kure vijjeyaa , avas plx , dhen me magumathin black cat eh vr kairin dhiya , vr biru gah , i think it was abraas , m so scared
smurf
July 6, 2015 at 11:09 pmshiaa ah hoody ge sihuruge asaru kurukanneyge
isha
July 6, 2015 at 11:12 pmhehehehe.. enmen vaahakaige aneh part upload nukohgenn moyavanyy dhww??… guraidhoo ah dhaan vyynu .. .. hehehehe…
elyshaa
July 6, 2015 at 11:14 pmhoody my oxgen is , next part , varah varah imedieatly i need my oxegen , n dhey avahah smurf fai ga beys alhaa dheyn , , lysh rulhi ais gen hurihaa rulhi eh mibaalany fenfulhi ah , mihaaru fen fulhi iny mulhin ehkoh bandi vefa , avas kohba hoodhuu
shiaa
July 6, 2015 at 11:17 pmhoody nahadhaane black magic , e dhon ahmedh hadhaany dhw hoody , higaa emmen launcheh hifaigen guraidhoo ah dhaan .
smurf
July 6, 2015 at 11:21 pmhoody…avas kohbaaaa…… nidhi aisgen bolugaves eba rissa ekam next part kiyaafa nidhanvegenney myny…. madhan hedhunu 10ah school ah quran competition akakhves dhaanjeheyey hoody plz avas
shiaa
July 6, 2015 at 11:21 pmmoya vejje , seemaa dhahthaa bunebala alifulhube kairyga , shiaa rangalhu koh dheyshey , shiaa mihiry jinni moya vefa eyy
isha
July 6, 2015 at 11:22 pmrelax everyone .. hoody ah vess vaa varun dhw vaanyy .. keh theri vaan vaane … hoody ah upload nukurevigen kanney ge e ulheny 🙂
shiaa
July 6, 2015 at 11:25 pmsmurf dhen faiga beys alhaigen nidhaalaa , maadhamaa kiyan , noony gellumeh libi dhaane , n hooooodyyyy , aadhey shiaa guraidhoo ah gendhan
Anonymous
July 6, 2015 at 11:25 pmmay i ask u guyzz something ?.. kon irakun tha dhen school hulhuveyynyy??? roadha mass nin maafa tha??
shiaa
July 6, 2015 at 11:26 pmkey kure way thw balaanan
shiaa
July 6, 2015 at 11:30 pmneynge dengue control vyma oh dhen school thah hulhu vay ny health minister vidhaalhuvy , Anonymous
shiaa
July 6, 2015 at 11:35 pmi ‘ll wait till u up next part , hoody
heart
July 6, 2015 at 11:36 pmhoody 14 part ah inthizaaru koh koh varu bali vejje. varah dsprt vefa mihiry… nw 11:30 ves vejje… still upload eh nukurey.. 🙁 :'(
shiaa
July 6, 2015 at 11:38 pmvarah avahah 12 vaane , i ‘ll go 12 vyma
shiaa
July 6, 2015 at 11:41 pmkeh therikan kolhu laifi , oxegen aun lasvaathy , maru vany , hoody , give me oxygen , fast
shiaa
July 6, 2015 at 11:44 pminthixaaru ge vaguthuthah gunun nimman vejje hen hyvay . dhen nydhevay ne . nidhiais gen vehteny
shiaa
July 6, 2015 at 11:46 pmhoody nidhuny thoh che , vaahaka up kuran indhaa , so maadhan dw next prt
shiaa
July 6, 2015 at 11:48 pmhaah , am gonna sleep , baai baai ,hoody , tmrw dw next part
smile
July 6, 2015 at 11:51 pmWhn is next part
smile
July 6, 2015 at 11:52 pmHoody plsss
smile
July 6, 2015 at 11:54 pmThis part is not nice.. but story seems to be nice
isha
July 6, 2015 at 11:59 pm🙁
isha
July 7, 2015 at 12:00 ammaadhan dhw next part hoody… 🙁 🙁 🙁 🙁 🙁
Amy
July 7, 2015 at 12:17 amKober mirey haadhalasvaney indhe indhe vaavaneeeyy avasss up kurey hoody dealing
Avikko
July 7, 2015 at 12:22 amHoody.. Koba mireyge part..? Waiting..
Meeko
July 7, 2015 at 12:29 amKobaa vaahaka.nunidhifa mi othy kiyaa hithun
naj
July 7, 2015 at 12:30 amHoods kobaa mirey part
Crazi
July 7, 2015 at 12:31 amSo sad hoodh aneh part..anehkaa hoodh ah kameh vee tha…balaa bah konmes myhe kobaatho…
flower
July 7, 2015 at 12:31 amkoba tha aneh part…mihaaru inthixaaru koh koh nidheny mi oh gen…avahah next part up kohdheeba plz
naj
July 7, 2015 at 12:32 amhoody?
naj
July 7, 2015 at 12:35 amHooodyy pls mirey up kodheyba 🙁
Amy
July 7, 2015 at 12:41 amPlsssss plsssss plsssss
aish
July 7, 2015 at 1:00 amAlhey hoody please mirey up kohbbala
aish
July 7, 2015 at 1:04 amAdhives meeni inthizaaaru ga eyyy hoody. Kobaatha alhey maadhan dhw
jiji....
July 7, 2015 at 1:38 amKobaatha hoody next episode…. So sad….. Avaskohba….. Wait kurevihje mihaaru but adhives wait mi kurany….
smurf
July 7, 2015 at 2:51 amhoodt anehka balivytha? nidhalafa heyli iruves up nukurany
hana
July 7, 2015 at 4:47 amhehe everyone here is addicted to dis story 😉
shiaa
July 7, 2015 at 7:41 am, alhe kudhin e thiby , 2 ,4 jehi iru ves , inthixaaru ga , shiaa ves , inthixaaru koh koh varu bali vy iru ves up nuvaathy dhen dhiya ey , nidhan ovegen ves visneny story aa dheytheraiyga , hoody balivytha ,? avas shifaa akah edhen , . rangalhu vyma up koh dheh chey , cant wait. yep hana, we r addicted to this story , hehehe
shiaa
July 7, 2015 at 7:58 am, kon irakun next part , 1 ge fahun dhw , school ah dhaan jehe eh nun hoody men
shiaa
July 7, 2015 at 8:01 amdhoru falhaa ly eyy , dhoru halaaku koh laany eh noon tha
ikaan
July 7, 2015 at 8:37 amshaliny dhoru thalhulyma dhoru falhalafa police vanee shaliny huttuvan ekam eeru vaane echeh ve nimijje
Hoody
July 7, 2015 at 8:40 amHey guys…. Im really sorry ingey….. reyga varah bodah boluga rissaathee up nukurevunee….. sorry.. miadhu in Sha Allah, up kohdheynan… dont worry… 🙂
shiaa
July 7, 2015 at 8:56 amhoody school ah nu dhanytha , hmm , dhen rest eh nagaalaafa up koh dhy
grant gustin
July 7, 2015 at 9:38 amAdhives up nukuranee dhw hoody
sul
July 7, 2015 at 9:46 amget well soon superboy.waiting for next.part
Juma
July 7, 2015 at 10:24 amGWS hoody..
grant gustin
July 7, 2015 at 10:46 amhaadhalahey avaskohdhee