ހިތް ވިންދާނުލައި… (15)
ދުއްވަމުން ދިޔަ ކާރުތެރޭގައި އިން މާކިން އިނީ އަދި ވެސް ހިތްހަމަ ނުޖެހިފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔައިރު މިސްރާބު ޖަހާފައި ހުރީ ޒެރީންގެ ގެއަށްށެވެ. އެގޭގެ ކުރިމަތީގައި ކާރު ޕާކު ކޮއްލުމަށްފަހު މާކިން ހަލުވި ހިނގުމެއްގައި ގޯޅިގަނޑުން ލާފައި އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ބޭނުމަކަށްވީ އައިސްފައި ހުރި ރުޅިގަނޑު މައިތިރިކޮއް ބޯ ހަމަޖައްސާލުމަށް ޒެރީން ބޭނުންކުރުމެވެ. އޭރުން ހަމަ ގައިމުވެސް އޭނައަށް އިނާރާގެ ޚިޔާލުތަކަކާއި ދުރަށް ދެވޭނެއެވެ.
އެނދުގައި ތިބެ ސަކަރާތް ޖަހަމުން ދިޔައިރު ޒެރީން މަޑު ހުނުން ކޮޓަރީގައި ހިފާލާފައިވެއެވެ. އޭރު ބައްސާމް ދިޔައީ އޭނާއަށް އުނދަގޫކޮށް ހީލި ކަރުވަމުންނެވެ. “ނޫން ދެން ހުއްޓާލަބަ. މިހާރު ބަނޑަށް ތަދުވެއްޖެޔޭ ހީހީ.” ޒެރީން މިހެން ބުނުމުން ބައްސާމް ސަކަރާތް ޖެހުން ހުއްޓާލާފައި އިތުރަށް ޒެރީން ގަޔާއި ކައިރިކޮއްލިއެވެ.
ކުއްލިއަކަށް ދެ މީހުން ސިހުނީ ޒެރީންގެ ފޯނު ރިނގުވިއަޑަށެވެ. ޒެރީން ފޯނުނަގަން މަސައްކަތް ކުރުމުން ބައްސަމް އޭނާ ހުއްޓުވިއެވެ. “ދެން ބޭބް މި ގަޑިއަކު ނޫނޭ..” ޒެރީންގެ އަތުގައި ހިފަމުން ބައްސާމް ބުނެލިއެވެ. ނަމަވެސް ގުޅަނީ ކާކުތޯ ބެލުމަށް ޒެރީން ކުޑަކޮން ތެދުވެ ބަލައިލިއިރު ފޯނަށް އިނީ މާކިންގެ ނަން އަރާފައެވެ. “އޭ.. މާކިންއޭ ގުޅަނީ.. މަޑުކުރެ.” ޒެރީން މިހެން ބުނެފައި އަވަހަށް ފޯނުނެގިއެވެ.
“ހަލޯ..” ޒެރީން ބުނެލިއެވެ. “ބޭރުގައި މިހިރީ ދޮރުހުޅުވަބަ.” މާކިން މިހެން ބުނިތަނާ ގޭގެ ބެލް ޖެހުނު އަޑުއިވުނެވެ. ޒެރީން ވަގުތުން ފުންމައިގެން ކޮޅަށް ތެދުވިއެވެ. “ޝިޓް! މާކިން އެއައީ. ދެންވެސް ތެދުވެބަލަ..” ފޯނު މިއުޓަށް ލުމަށްފަހު ޒެރީން ވާހަކަދެއްކިއެވެ. “ވަޓް! އޭނަ މިގަޑީގައި ކީއްކުރަން؟؟” އޭރުވެސް ބައްސާމް އެނދުގައި އިނެވެ.
“ނޭނގެ އަވަސް ކޮއްބަލަ!” ބިންމަތީގައި އޮތް ބައްސާމްގެ ޓީޝާޓުނަގައި ދެމުން ޒެރީން ބުނެލިއެވެ. އޭރުވެސް ގޭގެ ބެލްޖަހާ އަޑުއިވެއެވެ. “މި ދަނީ އިނގޭ.” ޒެރީން ފޯނުން މިހެން ބުނެފައި އަވަހަށް ބައްސާމް އަތުގައި ހިފައިގެން ފާޚާނާއަށް ވެއްދިއެވެ. “މިތާ ހުރޭ. މާކިންއަށް ފެނިއްޖެއްޔާ މުޅި ޕްލޭން ފެއިލްވާނެ..” ޒެރީން މިހެން ބުނެފައި ބައްސާމް އެއްޗެކޭ ބުނުމުގެ ކުރިން ދޮރުލެއްޕިއެވެ. އެނދު ރީތިކޮއްލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލާފައި އަވަހަށް ދޮރު ހުޅުވަން ޒެރީން ދިޔައެވެ.
ފުން ނޭވާއެއްލަމުން ހަމަޖެހިލާފައި ޒެރީން ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީގައި ހުރި މާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރެވެ. ޒެރީން ނުވިސްނާ ހުއްޓާ ކުއްލިއަކަށް މާކިން އޭނާ ނަގައިގަނެގެން ގޮސް ސޯފާ މައްޗަށް ވެއްޓިގަތެވެ. މާކިންގެ ޢަމަލުތަށް ހުރިގޮތުން ޒެރީން ހާސްވާން ފެށިއެވެ. މިއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. “މާކިން.. މަޑުކޮއްބަލަ” ޒެރީން ތެދުވެ އިށީންނަށް މަސައްކަތް ކުރަމުން ބުނެލިއެވެ. ނަމަވެސް މާކިން އޭނާގެ އަޑެއްނޭހިއެވެ. އެއަށް ވުރެން ބޮޑަށް އޭނާ ހުރީ ރުޅިއައިސް ހާސްވެފައެވެ. “މާކިން ތަދުވެޔޭ.” ޒެރީންގެ އުނަގަނޑުގައި މާކިން ހިފިލެއް ބާރުކަމުން އޭނާއަށް ހަޅޭލަވައިގަނެވި މާކިން ކޮއްޕާލިއެވެ.
ޒެރީން އެ ގޮތަށް ހަޅޭލަވައިގަތުމުން މާކިން ވެސް އޭނާގެ ގައިން ދޫކޮއްލިއެވެ. “ސޮރީ.. ޑޭމް އިޓް!” ސޯފާގައި އަތުން ޖަހާލަމުން މާކިން ބުނެލިއެވެ. “ކިހިނެތް ވެގެންތަ ތި އުޅެނީ. ތަން ކޮޅެއް ހަމަޖެހިލައިގެން ވެސް އުޅެވިދާނެ ދޯ.” ޒެރީން ހެދުން ރަނގަޅު ކޮއްލަމުން ބުނެލިއެވެ. ނަމަވެސް ލޯ މަރައިގެން އިން މާކިން ޖަވާބެއް ނުދިނެވެ. “ބޮލުގައި ރިއްސަނީ..” މާކިން އިރުކޮޅަކު އެހެން އިނުމަށްފަހު ބުނެލިއެވެ. “އެބަ އަންނަން ބޭސް ހިފައިގެން.” ޒެރީން އަވަހަށް ފުރުސަތުގެ ބޭނުންހިފައި ކޮޓަރިއަށް ވަނެވެ.
“ބައްސާމް.. އަވަހަށް ދޭ.” ފާޚާނާގެ ދޮރު ހުޅުވާލަމުން ޒެރީން ބުނުމުން އެތެރޭގައި ހުރި ބައްސާމް ނިކުތެވެ. “ކީއްވެ ހަޅޭލަވައިގަތީ.. ކީއްކުރީ އޭނާ!” ބައްސާމްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. “ނޭނގެ އައިގޮތަށް އައިސް ގަޔަށް އެރީ. އޭނާ ކަމެއް ނުކުރެޔޭ. އެބައިން ސޯފާގައި ލޯ މަރައިގެން ބޮލުގައި ރިއްސަނިއްޔޯ ކިޔާފަ. މިއައީ ބޭސް ބަލާ. އަހަރެން ގޮސް އޭނާ ކައިރީގައި އިނީމަ ވަރަށް މަޑުން ނިކުމެގެން ދޭ.” ޒެރީން މިހެން ބުނެފައި ކަބަޑުން ބޭސް ކާޑެއް ނެގިއެވެ.
“އެއްވެސް ކަމެއް ކޮއްގެން ނުވާނެ! އަޑުއިވިއްޖެ!” ބައްސާމް ޒެރީންގެ ފަހަތުން ދަމުން ބުނެލިއެވެ. “ހޫމް. މަޑުން އުޅޭތި.” ޒެރީން މިހެން ބުނެފައި ސިޓިން ރޫމުގެ ސޯފާއާއި ދިމާއަށް ދިޔައެވެ. ފެންތައްޓެއް ހިފައިގެން އައިސް އިށީދެލިއިރު މާކިން އަދިވެސް އިނީ ލޯމަރައިގެންނެވެ. “އަން ބޭސް ކާލަ.” ޒެރީން ބޭސްދިނުމުން މާކިން އެ ކާލުމަށްފަހު އަނެއްކާވެސް ސޯފާގައި ބޯއަޅާލިއެވެ. ޒެރީން މަޑުމަޑުން މާކިންގެ ބޯ މޮޑެދެމުން ބައްސާމްއަށް ނިކުތުމަށް އިޝާރާތްކުރިއެވެ.
ލޯ މެރިފައި އޮތް މާކިންގެ ފުރަގަހުން ލާފައި ބައްސާމް މަޑުމަޑުން ދިޔައިރު ޒެރީން އިނީ މާކިންގެ ބޯ މޮޑެދޭށެވެ. ދޮރުހުޅަވާލާފައި އޭނާ ނިކުމެގެން ދިޔުމުން ޒެރީނައަށް ހަމަނޭވާއެއް ލެވުނެވެ. “ކީއްވެ ގުޅާވެސް ނުލާ ކުއްލިއަކަށް ތިއައީ؟” ޒެރީން ބުނެލިއެވެ. “ހޫމް.. ހަނދާން ނެތުނީ.” ލޯމަރައިގެން އޮތް މާކިން ބުނެލިއެވެ.
“ނިދި އައިސްފައި ދޯ.” ޒެރީން އަނެއްކާވެސް އަހާލިއެވެ. “ހޫމް.” މާކިން ބުނެލީ ހަމައެކަނި މިހެންނެވެ. ހަޤީޤަތުގަވެސް އޭނާ ހުރީ ވަރަށް ނިދި އައިސްފައެވެ. ރޭގައި ރިސޯޓުގައި ވީ ކަންތަކާއިހުރެ ރަނގަޅަށް ނުނިދުނު އިރު އެވަރަށް ދަތުރުކޮއްފައި އައުމުން އޭނާހުރީ ވަރަށް ބޮޑަށް ވަރުބަލި ވެސް ވެފައެވެ.
އިރުކޮޅަކު ޒެރީން ބޯ މޮޑެދޭން އިންދާ މާކިންއަށް ނިދުނެވެ. ކައިރީގައި އިން ޒެރީން މޫނު ހަދާލާފައި ތެދުވެގެން ގޮސް ފޯނު ހިފައިގެން އައިސް އިންދާ އޭނާއަށް ރަނގަޅު ޚިޔާލެއް އައެވެ. މާކިން ލައިގެން އިން ގަމީހުގެ ގޮއްތަށް ނައްޓަމުން ޒެރީން ފޯނުގެ ކެމެރާ ހުޅުވާލިއެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރު ލޯގަނޑު ކުރިމަތީގައި ފެންވަރައިގެން އައިސް ހުއްޓެލި އިނާރާ އޭނާގެ ތެތްވެފައި އޮތް ކުރު އިސްތަށިކޮޅުގައި އަތް ހާކާލިއެވެ. ކަންފަތު ފޫޅަށްވުރެ ބޮޑަށް ތިރީގައި ހުރި އިސްތަށިކޮޅު އޭނާގެ ކަނދުރާގައި ހޭކެއެވެ. އެކި އިސްތަށި ތަށް ބުރިވެފައި ހުރީ އެކި ވަރަށްށެވެ. ރޮއެރޮއެ ދެލޯ ރަތްވެފައި ހުރިއިރު ނޭފަތަށްވަނީ ޖަންބުކުލަ އަރާފައެވެ. ކޮށިފައި އޮތް ކުރު އިސްތަށިގަނޑު ފެނުމުން އަނެއްކާވެސް އިނާރާއަށް ރޮވޭގޮތް ވިއެވެ. މަޑުމަޑުން ދެލޯ ފޮހެލިއިރު މިހާރު ކޮންމެވެސް ވަރަކަށް ލޮލުން ދިލަވެސް ނަގައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން މާކިންއަށް އިނާރާގެ ސޫރަފެނުމުން ހިތުގައި ރިއްސާލިއެވެ. އެ ރީތި އިސްތަށިގަނޑު އެކި ވަރަށް ކޮށިފައި ހުރިއިރު އަރަނީ ކަނދުރާއާއި ހަމައަށްށެވެ. ރުއިމުގެ ސަބަބުން މޫނު ރަތްވެފައި ވާއިރު އެ ލޯ ހީވަނީ ލޭ ކޮޅެއްހެންނެވެ. މާކިން ގޮސް އިނާރާގެ ކައިރީގައި މަޑުކޮއްލަމުން އެ އިސްތަށި ކޮޅުގައި އަތް ހާކާލިއެވެ. ތެދެކެވެ. އޭނާއަށް އައިސްފައި ހުރި ރުޅިގައި މި ކުރެވުނީ ކީއްހެއްޔެވެ. އެ ދިގު އިސްތަށި ގަނޑާއި ނުލައި މީހާރު ހީވާނީ އިނާރާގެ ސޫރަވެސް ގެއްލިފައި ވާހެންނެވެ. އެ ދެލޮލުން އަދިވެސް ކަރުނަ ނުހިކި ވެއެވެ.
“އޯ ބަމްބީ… ހިނގާ ރީތި ގޮތެއް ހަދާލަން ދޯ. މާދަން ބޯ ކޮށާތާކަށް ގޮސް އެއްވަރު ކޮއްލާނީ. ދެން ރީތިކޮން ފަންކޮއްލީމަ ވަރަށް ސަޅިވާނެ.” މާކިން މިހެން ބުނުމުން އިނާރާގެ ލޮލުގައި އިތުރަށް ކަރުނަތަށް ބޮނޑިވެގަތެވެ. ކުޑައިރުންސުރެ ހުރި ރީތި ބުޅި ބޯ ފަންކުރަން އޭނާ ބޭނުމެއްނޫނެވެ. މި ބުޅި އިސްތަށިގަނޑަކީ އެންމެންނަށް ވެސް އެނާ ފާހަގަވާ ގޮތެވެ. ފަންކުރުމުން އޭނާ ސޫރަ އެއްކޮން ބަދަލުވާނެއެވެ. ނޫނެކެވެ. އޭނާ އިސްތަށިގަނޑު ފަނެއް ނުކުރާނެއެވެ.
“މާކިން ހެޔޮނުވާނެ.. އަހަރެން ބޭނުމެއްނޫން ފަންކުރާކަށް. ޕްލީސް އަހަރެން އަމިއްލަ ހާލައިގެން ދޫކޮއްލާ.” އިނާރާއަށް މިހެން ބުނެވުނު އިރު ހޫނު ކަރުނަތަކުން އެ ކޯތާފަތް ތެމުނެވެ. “ޝޫޝް. ދެން ނުރޮއެ. މި ބުނީނުން ރީތި ވާނެއޭ. ބަލައްޗޭ.” މާކިން މިހެން ބުނެފައި އިނާރާގެ ކޮލުގައި ފިރުމާލިއެވެ. އިނާރާއަށް އިތުރަށް ވާހަކަދެކެވޭ ވަރެއް ނުވިއެވެ. އެއަށްވުރެން ބޮޑަށް އެނާވަނީ ހިތުގައި ޖެހިފައެވެ.
އިނާރާ ގެނެސް މޭގައި ފޮރުވާލަމުން މާކިން އޭނަގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ދުރަށް ދާން ބޭނުވި ނަމަވެސް އިނާރާގެ ހަށިގަނޑުގައި މިހާރު ހަކަތައެއްނެތެވެ. އެވަރަށް ރުއިމުގެ ސަބަބުން އޭނާ ވަނީ ވަރުބަލިވެފައެވެ. އިނާރާ މަޑުމަޑުން ގިސްލަމުން ދިޔައިރު ހޫނު ކަރުނައިގެ އިހުސާސް މާކިންއަށް ކުރެވެއެވެ. “ދެން ދުވަހަކުވެސް އަހަރެން ނުކުރާށޭ ބުނާކަންތަށް ކޮއްގެން ނުވާނެ. އިނގެ އެއްނުން އަހަރެން ރުޅިއައީމަ ހަމައިން ނައްޓައިކަން.. ދެން ކީއްކުރަން.. ޝޫޝް. ހިނގާ ޕިއްޒާއެއް ގެނެސްގެން ކާން. ދޯ ބަމްބީ.” އިނާރާގެ މޫނުގައި ހިފައި މަތިކޮއްލަމުން މާކިން ބުނެލިއެވެ.
އާ ދުވަހެއް ފެށިގެން އާއިރު ހޮސްޕިޓަލުން ނިކުމެގެން ދިޔަ ރާހިލް ވިސްނަމުން ދިޔައީ މަލަކްއައި ދޭތެރެއެވެ. މަލަކްއަށް ފޯނު ލިބުނުފަހުން އެދެމެދުގައި ވާހަކަ ދެކެވޭލެއް ގިނަވެއްޖެއެވެ. ގިނައިން މެސެޖުން ވާހަކަދައްކާއިރު ރޭ ހަތަރުދަމު ވޭތުވެގެން ދިޔައީ އެކި ވާހަކަތައް ދެއްކުމުގައެވެ. ރާހިލް އެ ދެމެދުގައި ވާ ގުޅުން އިތުރަށް ބަދަހު ނުކުރަން މަސައްކަތް ކުރިއަސް އިޚުތިޔާރަކައި ނުލާ މަލަކްއާއި އިތުރަށް ގާތްވެވެއެވެ. މެންދުރު ހޫނުކަން އިހުސާސް ވަމުން ދިޔުމުން ރާހިލް ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ގޭކައިރީގައި ސައިކަލު ޕާކު ކޮއްލުމަށްފަހު ފޭބިތަނާ ކުއްލިއަކަށް ފަހަތުން ބޮލުގައި އެއްޗެއް ޖެހުމުން އެނބުރުން އަރައިގެން ދިޔައެވެ. ފަހަތުން މީހަކު އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފާދަމާލުމުން އޭނާ އެ ދިޔަގޮތަށްގޮސް ފަހަތަށް ވެއްޓުނެވެ. މަގަކީ ހަނި ގޯޅިއަކަށްވެފައި އެތަނުގައި އެވަގުތު މީހުން ފެންނާކަށް ނެތެވެ.
ކުރިމަތީގައި ހުރި މީހަކު ރާހިލްގެ ބަނޑުގައި ކޮޅުފައިން ޖެހިއިރު އޭނާގެ މައި ބަދައިގައި ފަހަތުގައި ހުރިމީހާ ލަކުޑު ބުރިއަކުން ޖެހިއެވެ. މިގޮތަށް އެކި ވަރުގެ އަނިޔާ ދިނުމަށްފަހު އެތަނުން އެކަކު ރާހިލްގެ ގައި މައްޗަށްއަރައި އޭނާ އަނގަމަތީގައި ގޮއްމުއްކަވާފައި ޖަހަންފެށިއެވެ. ރާހިލްގެ ނޭފަތުންނާއި އަނގައިން ދުނި ޖަހާފައި ލޭތަށް ފައިބަމުން ދިޔައިރު އޭނާއަށް މަންޒަރުވަނީ ފުސްވެފައެވެ. އެ މީހުން ހިތްހަމަޖެހޭ ވަރުވުމުން ރާހިލް އެ އޮތް ގޮތަށް ބައްވާފައި ފިލައި ރައްކާވިއެވެ. ބިންމަތީގައި ލެއިން ތަތްތެޅިފައި އޮތް ރާހިލްއަށް އެ ދެމީހުން ދުވެފައި ދިޔަ މަންޒަރު ފެނުމަށްފަހު ލޯމައްޗަށް އަނދިރިވެގެން ދިޔައެވެ.
ބޯ ކޮށައި ނިމިގެން ލޯގަނޑުން އަމިއްލަ ސޫރައަށް ގެއްލިފައި އިން އިނާރާގެ ފަހަތުގައި މާކިން ހުއްޓެލިއެވެ. އޭނާގެ އިސްތަށިގަނޑު އެއްވަރަށް ކަނދުރާއާއި ހަމައަށް ކޮށާލެވިފައި ވާއިރު ވަނީ ފަންކުރެވިފައެވެ. އެ ކުރު ފަން އިސްތަށިކޮޅާއި އެކީ އެ ރީތި ބޮޑު ދެލޯ ފެންނަލެއް ވަރަށް ހިތްގައިމެވެ. މާކިން އެ ފަން އިސްތަށިކޮޅުގައި އަތް ލަމުން މަޑުމަޑުން އިނާރާގެ ކޮނޑުގައި ބޮސްދިނެވެ. “ވާއޮ. ވަރަށް ލޯބި މިހެން ހުރީމަ.” މާކިން މިހެން ބުނުމުން އިނާރާ އިންތަނުން ތެދުވިއެވެ. އޭނާއަށް މިގޮތް އެއްވެސް ވަރަކަށް ކަމަކު ނުދިޔައެވެ. އިނާރާ ފަން އިސްތަށިކޮޅުގައި އަތް ހާކާލުމުން އޭނާއަށް ވީ މުޅިން އާ އިހުސާސެކެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުކުރި ނަމަވެސް އެ ހިތް ވަނީ މޯޅިވެފައެވެ.
“ސްމައިލް ބަމްބީ..” ދެމީހުން ބޭރަށް ނިކުމެ ސެލްފީއެއް ނެގުމަށް މާކިން ފޯނުދިއްކޮއްލަމުން ބުނެލިއެވެ. އިނާރާ ހިތާއި ދެކޮޅަށް ކުޑަކޮން ހީލިއެވެ. މާކިން ނެގުނު ފޮޓޯއަށް ބަލަން ހުރެފައި އިނާރާގެ އަތުގައި ހިފައިގެން ކާރާއި ދިމާއަށް ދިޔައެވެ. “ހިނގާ އިނާރާ މަންމަމެން ގެޔަށް ގޮސްލަން.” މާކިން މިހެން ބުނުމުން އިނާރާ ވާންނީ އުފާކަމެއް ދެރަކަމެއް ނޭނގުނެވެ. މަންމައަށް އޭނާގެ އިސްތަށިގަނޑު ފެނުމުން ދެރަވާނެކަން އިނާރާއަށް އިނގެއެވެ.
މެންދުރު ކައިނިމިގެން ތަށިތަށް ނަގަން އުޅުނު ޝީލާއަށް ގޭގެ ބެލް ޖެހި އަޑުއިވުނެވެ. “ޔާމިން.. ދޮރު ހުޅުވާލަބަލަ.” ޝީލާ ގޮވާލުމުން ކޮޓަރީގައި އިން ޔާމިން ނިކުމެގެން އައިސް ގޭގެ ބޮޑުދޮރު ހުޅުވާލިއެވެ. “އަހާ ދެކުދިން އަންގާވެސް ނުލައި.. ދަރިފުޅާ އިނާރާ.. އާ ގޮތަކަށް ބޯ ހަދާލީތަ. ވަދޭ އެތެރެއަށް.” އިނާރާ ފެނުމުން ޔާމިން މިހެން ބުނެފައި އެމީހުން އެތެރެއަށް ވެއްދިއެވެ. “ޝީލާ.. ޝީލާ ނިކުމެބަލަ މިއައީ ކޮންބައެއް ތޯ ބަލަން.” ޔާމިން ގޮވާލިއެވެ.
ގޮނޑީގައި އަޅުވާފައި އޮތް ބުރުގައި އަޅާލަމުން ސިޓިން ރޫމަށް ނިކުން ޝީލާއަށް އިނާރާ ފެނިފައި ހުއްޓެވުނެވެ. އިނާރާ މަޑު ހިނގުމެއްގައި އައިސް ޝީލާގެ ކުރިމަތީގައި މަޑުކޮއްލިއެވެ. އިނާރާގެ އެ ދިގު ބުޅި އިސްތަށިގަނޑުގެ ބަދަލުގައި ކުރުކޮން ކޮށާލެވިފައި އޮތް ފަން އިސްތަށި ކޮޅުގައި އަތްލި ޝީލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ދަރިފުޅު ކިހިނެތް ހަދާފަ މިއީ..”ޝީލާ އަހާލިއެވެ. “އާ ގޮތެއް ހަދާލި. ރީތިދޯ..” އިނާރާ ދެރަވި ނަމަވެސް ހަޤީޤަތް ހާމަ ނުކުރުމަށް ހިނިތުންވެ ހުރެ ބުނެލިއެވެ. “އާނ.. އެކަމަކު ދެން. ދަރިފުޅަށް ކަމުދަންޏާ ހަމަ ބަރާބަރު.” ޝީލާ ހިނިތުން ވެލަމުން އިނާރާގެ ގައިގައި ބައްދާލިއެވެ. އިނާރާ އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާލިއިރު ރޮވޭގޮތް ވިއެވެ. މަންމައަށް ހަޤީޤަތް ހާމަކުރަން ބޭނުންވިއެވެ. އެ މަންމަގެ އަޅާލުމާއި ފިރުމުންތައް ބޭނުންވިއެވެ.
“އަހާ ކީއްވެތި ރޮވެނީ.. މަންމަ މިހިރީ އެއްނުން.” ޝީލާއަށް އިނާރާގެ ތެމިފައިވާ ލޯ ފެނުމުން އަހާލިއެވެ. އިނާރާ ހީލަމުން އޭނާގެ ލޯ ފޮހެލިއެވެ. ދެމައިން ސޯފާއާއި ދިމާއަށް ދިޔައިރު މާކިން ހަމަޖެހިލައިގެން އިނެވެ. “މާކިން ކިހިނެތް؟ ހިނގާ ކާން ދާން.” ޝީލާ ބުނެލިއެވެ. “ތެދެއް މިއަދު ކައިގެން ދާންވާނީ..” ޔާމިން މިހެން ބުނުމުން މާކިން ތެދުވިއެވެ. “އެހެންވީމަ ހިނގާ އަވަހަށް ކާން ދޯ.” އިނާރާއާއި ދިމާއަށް ހީލަމުން މާކިން ބުނެލިއެވެ. ކެއުން ކުރިޔަށް ދިޔައިރު އެކި ވާހަކަތައް ދެކެވުނެވެ. އިނާރާ ގިނައިން އުޅުނީ ޝީލާގެ ފަހަތުންނެވެ. މަންމަ ކައިރިއަށް އާދެވުމުން ގިނަވަގުތު މަންމައާއި އެކު ހޭދަކުރަން އޭނާ ބޭނުންވިއެވެ.
ކައިނިމިގެން މާކިންމެން ސޯފާގައި ވާހަކަ ދައްކަން ތިބިތަނާ އޭނާގެ ފޯނު ރިންގުވިއެވެ. “ހަލޯ.. ވަޓް!! ކޮންއިރަކު.. އޯ މައި ގޯޑް. ކޮންތާކަށް ގެންދިޔައީ؟؟.. އޯކޭ މިދަނީ.” މާކިން ފޯނުން ވާހަކަދެއްކިއިރު އެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. އިނާރާއަށް ވަގުތުން ކޮންމެވެސް ބޮޑުކަމެއް ހިނގީކަން އިނގުނެވެ.
“ކިހިނެތްވީ..” މާކިންގެ ކޮޅަށް ތެދުވުމުން އިނާރާ އަހާލިއެވެ. “ރާހިލް.. އޭނަ ގައިގައި ތަޅައިގަނެފަ އޮއްވަ ފެނުނިއްޔޯ. ރާހިލްގެ މަންމަ އެ ގުޅީ.” މާކިން ހާސްވެފައި ހުރެ ބުނެލިއެވެ. “މަންމަ ދަނީއޭ.” މާކިން އަވަހަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ. “ދަރިފުޅު ވީ ގޮތް މަންމަމެންނަށް އަންގާލައްޗޭ.” ޝީލާވެސް ކަންބޮޑުވެފައި ހުރެ އިނާރާ ގާތުބުނެލިއެވެ. އިނާރާ ބޯޖަހާލުމަށްފަހު މާކިންގެ ފަހަތުން ހިނގައިގަތެވެ.
ހޮސްޕިޓަލަށް ވަދެގެންއައި މާކިން މިސްރަބުޖެހީ އައި.ސީ.ޔޫ އާއި ދިމާއަށްށެވެ. އޭރު އެތަނުން ގޮނޑިއެއްގައި ރާހިލްގެ މަންމަ ޒޫނާ އިނީ ރޮވިފައެވެ. ދުރުގައި ރާހިލްގެ ބޭބެއާއި ކޮއްކޮ ތިބިއިރު ޢާއިލާގެ އިތުރު މެމްބަރުން ވެސް ތިއްބެވެ. މާކިން ގޮސް މަޑުކޮއްލީ ރާހިލްގެ ބޭބެ ކައިރިގައެވެ. އޭރު އެނާއަށްވެސް ހުރީ ފާޑަކަށް ރޮވިފައެވެ. “ކޮބާ ރާހިލް؟ ކިހިނެތް މިހާރު؟” މާކިން އަހާލިއެވެ. “ޑޮކްޓަރ ބުނީ ވަރަށް ސީރިއަސް ކަމަށް. ބޮލަށް ލޭ އެޅިއްޖެއްޔާ ކޯމާއަކަށް ވެސް ހިނގައިދާނެ ޔޯ.” ރާހިލްގެ ބޭބޭ ދެރަވެފައި ހުރެ މިހެން ބުނުމުން މާކިން އިތުރަށް ހާސްވިއެވެ.
“ކިހިނެތް ވީ ކަމެއް މީ؟” މާކިން ސުވާލުކުރިއެވެ. “އަހަރެން ބޭރަށް ނިކުއިންތަނާ ދުރުގައި މީހަކު ވެއްޓިފައި އޮއްވަ ފެނުނީ. ކައިރިއަށް ގޮސްބެލިއިރު އޮތީ ރާ.. ރާހިލް. ގޯޅިގަނޑުގައި މީހަކު ފެންނާކަށް ވެސް ނެތް.. މިއަދު ބައްޕަ ދުނިޔޭގެ ހުރިނަމަ..” ރާހިލްގެ ބޭބެއަށް ބުނެވުނީ މިހިސާބަށްށެވެ. މާކިން އޭނާގެ ކޮނޑުގައި ޖަހާލަމުން ހިތްވަރު ދިނެވެ. އޭރު އިނާރާ ޒޫނާ ކައިރީގައި އިންއިރު އެނާގެ ނަޒަރު ހުއްޓިފައިވަނީ އައި.ސީ.ޔޫގެ ދޮރާއި ދިމާއަށްށެވެ.
“ވަޓް!! ސިޑޭ ކީއްކުރިއްޔޭ؟؟. ކީއްކުރަން ރާހިލް ގައިގައި ތަޅައިގަތީ! އަހަރެން ބުނިންތަ އެހެން ހަދަން.” ކޮޓަރީގައި ދެ ކޮޅަށް ހިނގަ ހިނގަ ހުރި މަލަކް ހާސްވެފައި ހުރެ ބުނެލިއެވެ. “ހެވޭ! އެ ރާހިލްއަކާއި ހެދި މަލަކްއާއި ދިމާވެސް ނުވޭ. އަހަންނަކަށް ނުހުރެވޭނޭ މަލަކްގެ ތި ޕްލޭން ކަމިޔާބު ވާނެހާ ދުވަހަކަށްށެއް!” ސިޑޭ ރުޅި އައިސްފައި ހުރެ ވާހަކަދެއްކިއެވެ. “ޑޭމް އިޓް! އެ މީހުންނަށް ތިއީ ސިޑޭ ކުރިކަމެއްކަން އިނގިއްޖެއްޔާޔޯ؟” މަލަކް ހާސްވެފައި ހުރެ ސުވާލުކުރިއެވެ.
“ނޭނގޭނޭ. އެތަނުގައި އެކަކުވެސް ނެތް. އަހަރެންގެ މޫނެއްވެސް ނުފެއްނާނޭ. ހާސް ނުވެބަލަ.” ސިޑޭ ބުނެލިއެވެ. “ހާސް ނުވާށޭ! އޭނަ މަރުވެއްޖެއްޔާޔޯ؟؟” މަލަކް އެނދުގައި އިށީދެލަމުން ބުނެލިއެވެ. “އަހަރެމެން އެވަރެއް ނުކުރަމޭ. ދެން ހަމަ ގައިމުވެސް އޭނައަކަށް މަލަކްއަށް އިތުރު ޝެޝަންތަކެއް ނަގާކަށް ނާދެވޭނެ.” ސިޑޭ ހިތްހަމަޖެހިފައި ހުރެ ބުނެލިއެވެ.
“ދެން އަކަމަކު މަޑު ކުރެވިދާނެ ދޯ ހަމަ! ދެންވެސް އިތުރަށް ކަމެއް ނުކޮއް މަޑުން ހުރޭ.” މަލަކް މިހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އެނާ އެހާވަރުން ރޭވި ރޭވުންގަނޑުވެސް ސިޑޭގެ މޮޔަކަމާއި ހެދި ކާމިޔާބު ނުވިއްޔެވެ. މަލަކްއައި ރުޅީގައި ފޯނު އަތުގެ ކޮޅަށް ހޫރާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.


Ye… Me 1st….. vvvvvv reethi
vvvvv reythi
This part is awesome.. gud luck dear..:)
v salhi…
V v nice
Wow….v salhi
Vvvvvv reeeethi… dhen maakin rangalhu hus akah hadhaaaba eyrah adhi maaa reeethi vaaane… raaahil maraaanulahcey anehkaaa…
V foohi. Emalak ge hageegah angabala.anehka Makinge ves kan5hah falhaa aruvaala ba please. Aneh hen vaahaka v reethi
wow , alhe raahil , inaa ge loabi isthashi kolhuves , dhen noon , ehen nahadhaba zai , BTW vr vr vr rythi mi story
Haada kurey
inaaraa ge isthashi kolhu dho? 😛
Varah reethi avahah up kohdheythee thanks
2 ben ves haadha goahey dw , malak n markin
Mihaaru vaahaka thidhanee ehendhimaalakah main bathalaa bahataafa thidhanee mulhin avaahaka akaadhimaalah dhen mibaaves salhi
varah reethi mi part ves 🙂
V salhi
Vaahaka v salhi…shaali ah heevanee vaahaka thankolheh kuru hen.. hope dhen anna bai v dhigu kh henesdheyne kamah….adhi maakin inaaraa aa dheythere visnaa lyk vaane kamahvexx….eyrun v salhi vaane….dhen zai ah dhw ingeynee…will wait 4 the nxt part… 😀
thank you guyz. will try to make it a bit longer next time.
Thank u zai dhoonigandaa….ur di bst… thihama ehvana…. 😛
V nice
Maa kuree vaahaka genes dhay le .
Zin miyadhuge bai ves v salhi
keep updatin love this story
ooooooooppppsßssss…..vvvvvvvv kamudhey….nice…ur the best…
thi malaku akah tangalhu dhokaagandeh dheyn vaane kalo
Vrh shlhi…but malak visney goi v fahun eh hen v namah vrh shalhi vea kan nehge
Zaisha wen updating nxt part… vvv nice mi story… avahahh up kohhdhyba
too short
Haadhareechey mivaahaka
nice story as alwayxx!!!!!!!!!!! 🙂 but its too short.. hope next part will be much longer than this
Zai,please Raahil numarachhe!:'(
VVVVVVVV SALHI STORY!!!
Zai thankolheh dhigu kohlabo…. raahil ah thi dhin aniya makin ah libunu nama bst vaane…. inara ah dhera goiyh hadhaathy nikan foohivey.. :p
nice mi partvs next part avahah up kohdhee waiting for the next part…..
Gud.kurukoh liyevey faharuves annaane dhw Zai. Konme dhuvahaku up kohdheythee shukuru kuranvaane.
Mibaives vv.reethi.
Nice… vvvvv nice…. vvvvvvvvv nice. Kiyaa hiy vaaleh bodu kamun kurey bune shakuvaa kureveny… up kuraa gadeega kiyaanuleveythy vvv dhera vey, lahun kiyeythy lahun comment kurevenyvess, but mee vvv inthizaaru kurevey story eh, u have become my fav writer.. love this, love u, thank u
Inaaraage mom mennah maakin inaara a medhu kanthahkura goi egunyma rythi vaaneyo….
varah salhi
Varah salhi. Konme dhuvahaku up kohdheythy varah thanks
V ingey zaii.. waiting 4 tge nxt part……
V salhi ingey zai.waiting 4 the nxt part…
keep it up zai
vvvvv reethi dhen up kuraa baya inthizaaruga hurin★★★
varah salhi vaahaka …keep it up …. <3 🙂
thank you guyz. sorry but the 16th episode will be updated tonight insha allah. i’m a bit buxy today. probably late night
alhey hadha lahun update kuran thiulhenee…
haadha lahun up kurany… kiyaa hithun hama nuhurevigen mi ulheny
ebunynu bxy ey…. shukuru kohbala komme dhuvahaku up kuraathy…
i’ll update it before 12 insha allah
tnq zai …u r the best 😉
Best best
Ok..but hama mihira halaakuvanee kiyaa hithun gos….zai lahun up vaa varakah prt dhiguvaan jeheyne ingey…. 😉
Pls up it soon. U r the best.
tnq zaisha
Zaishaa plx mirey up kohdheythi
Zai 10 gr kurin up khdhevidhaanetha?? Bcx shabee akah hiyey nuvey eyge fahun online veveyne heneh….plx try to up before 10… ;(
pls vvvvv avas koh dhyba
Zai kome dhuvahaku up kodhey iru ves baey kudhin haadha shukuru nukurey dhow. Mi roadha mahu zai ves hama busy vedhaanenu. Ey buneenu busy vegeney. Dhen shukuru kobala. Zai up kodhey dhen. Zai ur the best story writer Masha Allah.
Waiting…. waiting…..waiting…
Oh..waiting waiting
Mihaaru vx kiyaa hithun hureveny ehnun..
haadha lahey sis… kon iraku tha emme avas vegen…
why before 12
too late.
kobaa…….. adhivx… aharemen hama waiting ga mithibee……
good point…good point
photo in fennany maakin aai inaaraathr?
Cute dhen heekhlaa photo in fennanee maakin aa inaaraa kamah… 😀 alhey hama kehmadhu vefa meenee…. zai 10;30 ge kurin up khdhehchey….shabee ge mom bunefi 10:30 ga offline vahchoa….so sad 🙁 ….zai plx u ah vaavarun avahah up khdhee….shabee ah heevanee zai busy ey kiyaafa las ekuranee kiyuntherinnah surprise eh gothah v dhigu kh genesdheyn thoache…we’ll wait n watch wat will happen…. 😛
Waiting. .waiting. .
keeh ve tha miadhu enme kiyaa hiy va vaahaka tha update nuvany…laara vx nulhunu vihya up kuraa kah…dhen zai vx … 12 vandhen hurevey tha alhe dhen…ffoohi vgn mioh maruvany. ..uupdate soon zai dhooni gadaaa…
Kivi ur right….alhe zai avaskhdheebala….
But kivi who’s laaraa…eyee kon vaahaka ehge author?? I want to read tht story…plx tell me kivi?!?!
zaiiiii…. adhivx tha???????????? haadha kyaa hithunney mi hunnany…
Zai my time is gonna up…plx update the nxt prt..plxx mak it fast.. 🙁