“ޝުކުރިއްޔާ.. ކަލޭމެންގެ ތި ކަމެއް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން” ދެ ފައިލް ނަގާ ކޮންމެ ފައިލް އަކުން އެއް ލިޔުން އެދެމީހުންނަށް ރައްދު ކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަހަރެން ހީކުރަން އިތުރަށް ކަލޭ އަހަރެން ކައިރީގައި ކަމަކު ނުކިޔާނެ ކަމަށް” ހުސައިން ލިޔުން ހިފައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުޑް ލަކް..” އަހްމަދު ބުނެލިއެވެ. އަދި އޭނަވެސް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ.
********
އަހަރެން ސިހިގެން ދިޔައީ އަނެއްކާވެސް ވަރުގަދަ ދޮރުގެ އަޑަށެވެ. ދެމީހުން އެތެރެއަށް އޭރު ވަންނަނީއެވެ. އެކަކު ބޮޑު ބަޑިއެއް އަހަރެންނާއި ދިމާލަށް ދިއްކޮށްގެން ހުއްޓެވެ. އަނެކަކު އައިސް އެތަނުގައި ހުރި ތަށި ހިފައިގެން އިތުރު އެއްވެސް ކަމެއް ނުކޮށް ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. “އަހަރެންނަށް ކަމެއްކޮށްދީބަލަ” ހިތްވަރުކޮށްފައި އަހަރެން ވާހަކަ ދެއްކީ އެމީހުން ކޮންމެ ކަމެއް ކުރިޔަސް ހެޔޮކަމަށް ބަލާފައެވެ. އެވަގުތު ދެމީހުން ހުއްޓި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ދެމީހުންގެ މޫނު ނިވާކޮށްފައި ވުމުން އެމީހުން ފެންނަނީ ބިރުވެރި އެއްޗެހި ތަކެއްގެ ގޮތުގައެވެ. “އަހަރެންނަށް ފޮތަކާއި ގަލަމެއް ލިބިދާނެތަ” އަހަރެން އިގިރޭސި ބަހުން ވާހަކަ ދެއްކީމެވެ. އެދެމީހުން އެކަކު އަނެއްކަކަށް ބަލާލިއެވެ. “ފަރީޤް ބުނީ މިއީ އަހަރެންނަށް ފެންނާނެ އެންމެ ފަހު ތަނޭ.. އެހެންވީމަ އަހަރެންނަށް ގަލަމާއި ފޮތެއް ދިނުމުން ކަލޭމެންނަށް ލިބޭނެ ދެރައެއް ނެތެއްނުން..” އަހަރެން ކުރިއަށް ފިޔަވަޅެއް އެޅީމެވެ. އެވަގުތު ބަޑި ހިފައިގެން ހުރި މީހާ އަހަރެންނާއި ދިމާލަށް ބަޑި ދިއްކޮށްލިއެވެ. އަހަރެން ވަގުތުން ފަހަތަށް ފިޔަވަޅެއް އެޅީމެވެ. އެވަގުތު އެއްވެސް އެއްޗެއް ނުބުނެ ދެމީހުން އެތަނުން ނިކުމެގެން ދިޔައެވެ.
އަހަރެން އަނެއްކާވެސް އިށީދެލީމެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ގައިގައި މިހާރު ފުދޭވަރަކަށް ވަރު ޖެހިއްޖެއެވެ. އެކަމަކު އަދިވެސް ގައިގައި އެކި ތަންތަނުގައި ރިއްސަމުން ދިޔައެވެ. މި ހުރިހާ ދުވަހު އެއްޗެއް ނުކައި ހުރުމަށްފަހު މިއަދު ހަށިގަނޑަށް އެއްޗެއް ދިއުމުން މީހާ ވަނީ ލޮޑުވާގޮތް ވެފައެވެ. އެހެންކަމުން ހަށިގަނޑު ރަނގަޅަށް ދަމާލީމެވެ. އަދި އެ އަދިރި ތަނުގައި ދެލޯ މަރާލީ ހަށިގަނޑަށް އަރާމެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ.
*************
ވަގުތު ހިގަމުން ދިޔައެވެ. އެދުވަހުގެ އެވަގުތު ނިމި ރޭގަނޑުގެ އަދިރިކަން މުޅި ދުނިޔެއަށް ގަދަ ކޮށްފިއެވެ. ފައިސަލް ހުރީ ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައި ސިގިރޭޓެއް ރޯކޮށްލައިގެންނެވެ. އޭނަގެ ސިކުނޑީގައި އިއްޔެ ވީ ކަމެއްހެން އަހްމަދު އާއި ހުސައިން ދެއްކި ވާހަކަތައް ހަރުލާފައި ހުއްޓެވެ. މިކަމުގެ ކުއްވެރިއަކީ އޭނަކަން އޭނައަށްވެސް އެނގެއެވެ. މިއަދު މި އޮތީ ހުސައިން ބުނި ކަންތައް ދިމާވެފައެވެ. ފައިސަލް ހަށިފުރާނޭވާއެއް ލިއެވެ. “ސަރ” ނިހާންގެ އަޑަށް ފައިސަލް ބަލާލިއެވެ. “އައި.ޓީ ޓީމްއަކުންވެސް މާބޮޑު ކުރިއެރުމެއް ނުލިބުނު.. ޖަނާން މާގިނަ އެއްޗެއް ކޮންޕިއުޓާރއަކުން ސަރޗް ކޮށްފައެއް ނުވޭ.. އިންޑިއަ އާއި ބެހޭ ގޮތުން ވަރަށް ކުޑަ އެއްޗެއް ހޯދާފައިވަނީ..” ފައިލްއެއް ގެނެސް ފައިސަލްއަށް ދިއްކޮށްލަމުން ނިހާން ބުނެލިއެވެ. ފައިސަލް ސިގިރޭޓް އެއްލާލަމުން އެ ފައިލް ތެރެ ބަލާލިއެވެ. “މިއީ ކޮންއެއްޗެއް..” އޭގެން ފެންނަން އޮތް ގޫގުލް މެޕް އިން ނަގާފަ އިން ފޮޓޯއަކަށް އިޝާރާތްކޮށް ފައިސަލް އަހާލިއެވެ. “ތިއީ ޖަނާން ބަލާފަ އިން އެއްޗެއް.. ބޮޑު ސަރަހައްދެއްގެ ފޮޓޯއެއް ވީމަ އޭނަ ބެލީ ކޮންއެއްޗެއްކަމެއް ނެތް ވަކިން އެނގޭކަން” ނިހާން ބުނެލިއެވެ.
“ސަރ” ފައިސަލްއާއި ނިހާން ބަލާލީ ހިލްމީގެ އަޑު އިވުމުންނެވެ. “ފޯނެއް” ހިލްމީ އޭނަގެ ފޯނު ފައިސަލްއަތަށް ދެމުން ބުނެލިއެވެ. “ހަލޯ..” ފައިސަލް ކަންފަތުގައި ފޯނު ޖައްސާލަމުން ބުނެލިއެވެ. “ހަލޯއޭ.. ބަލަ އަހަރެން ގުޅީމަ އަމިއްލަ ފޯނު ނުނަގަންތަ ތި ހުންނަނީ.. ކިހާ އިރެއްތަ ގުޅާތާ..” އެކޮޅުން ވާހަކަ ދެއްކީ އަހްމަދު ހަނީފްއެވެ. “ނަސީބެއް މަގޭ އަތުގައި ހިލްމީގެ ނަންބަރު ވިޔަސް އިންކަން.. އެހެންނޫނީ ކަލެއާއި ދިމާވާ ގޮތެއް ނުވެސް ވާނެ އެއްނުން” އަހްމަދު އެއްފައްޗަކަށް އަމުނާލިއެވެ. “ސަޮރީ.. އަހަރެންގެ ފޯނު ސައިލެންޓްއަށް ލާފަ އޮތީމަ ނޭނގުނީ” ޖީބުގައި އޮތް ފޯނު ނަގަމުން ފައިސަލް ބުނެލިއެވެ. އެކަމަކު ފައިސަލްގެ ފޯނު އޮތީ ސައިލެންޓްގަ އެއް ނޫނެވެ. މީގެ ކުރިން އެތަށް ފަހަރަކު އަހްމަދު ގުޅި އިރުވެސް ފޯނު ނުނެގީ ގަސްދުގައެވެ. “ކިހިނެއްވީ.. މާ ވަރަކަށް ގުޅީތި” ފައިސަލްގެ އަހްމަދާއި ވާހަކަ ދައްކާނެ މޫޑެއް ނެތެވެ. އެހެންކަމުން އަވަހަށް ބޭނުންވީ އެ ފޯނު ބާއްވާށެވެ. “ހަނދާން ނެތުނީތަ.. އަހަރެންނާއި ކަމެއް ހަވާލުކޮށްފައި ވާކަން” އަހްމަދު އަހާލިއެވެ. ފައިސަލް އޭނަގެ ބޮލުގައި އަތުން ޖަހާލިއެވެ. އަނެއްކާ ޖަނާންގެ ހަބަރު އަހްމަދަށްވެސް ލިބުނީ ހެއްޔެވެ. “އަހަރެން ކިހިނެއް އެކަންތައް ހަނދާން ނެތޭނީ” ފައިސަލް ބުނެލިއެވެ. “ޖަނާން މިކޮޅުގައި ހުރި ކަމަށް ހުރިހާ ޑޮކިއުމެންޓްއަކުން ދައްކާ.. މީގެ ކުރިން މި މައްސަލައެއް ނުޖެހޭ.. އަހަރެން ހީކުރީ ކަލޭމެން ހުރިހާ ކަމެއް ބަލަހައްޓާކަމަށް” އަހްމަދު ވާހަކަ ދެއްކިއެވެ. “ކޮންކަމެއް.. ކިހިނެއްވީތަ” “ވީގޮތަކީ ޖަނާންގެ ކޮއްކޮ ޖަނާންއާއި ބައްދަލު ކުރަން ބޭނުންވަނީ.. މި ހަފްތާގައި އޮފީހަށް ގުޅާފައިބުނީ މި ހަފްތާގެ ފޯނު ކޯލެއް އަދި ނުލިބެއޯ.. މީގެ ކުރިން ކޮންމެ ހަފްތާއަކު ވާހަކަ ދައްކާފަ މި ހަފްތާގައި ވާހަކައެއް ނުދައްކައޯ.. ކުރިންވެސް އޭނަގެ ކޮއްކޮ ދެފަހަރެއްގެ މަތިން ބައްދަލު ކުރަން ފޯމް ހުށަހެޅި.. އެކަމަކު ޖަނާން ކޮންމެވެސް އެއްޗެކޭ ކިޔާފަ އޭނަ ހަމަޖައްސަނީ.. މިފަހަރު ނޭނގެ.. އޭނަ ކުރެއް ނުކުރި.. ބޭނުންވަނީ ޖަނާންއާއި ބައްދަލު ކުރާށޯ ބުނީ” އަހްމަދު ކިޔައިދިނެވެ. ފައިސަލް ހާސްކަމާއި އެކު މޫނު ފުހެލިއެވެ. އަދި ކައިރީގައި ތިބި ނިހާންއަށާއި ހިލްމީއަށް ބަލާލިއެވެ. “އާ މި ހަފްތާގައި ޖަނާންއަދި އޭނަގެ ކޮއްކޮއަކާއި ވާހަކަ އެއް ނުދައްކާ.. އަހަރެން މިކޮޅުން ތި ކަންތައް ހަމައަކަށް އަޅުވާނަން” ފައިސަލް ބުނެލިއެވެ. “އަނެއްކާ ހުރިހާ ކަމެއް އޯކޭތަ” ފައިސަލް ވާހަކަ ދައްކަމުން ދިޔަ ގޮތުން އަހްމަދު އަށް ކަމެއް ގޯސްވެއްޖެކަން އެގުނެވެ. ” ފަހުން ވާހަކަ ދައްކާނަން.. މި ފޯނަށް ފޯނެއް އެބަ އާދޭ.. ގުޅާނަން ފަހުން” ފޯނު ބަލާލަމުން އަވަހަށް ފައިސަލް ބުނެލިއެވެ.
ފޯނު ގަޑާލަމުން ހިލްމީއަށް ފޯނު ހަވާލު ކުރިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ހިލްމީ ހަލޯއޭ ބުނެލިއެވެ. “ކިހިނެއްތޯ ވީ ސަރ” ހާސްވެފައިވާ މޫނު ފެނުމުން ނިހާން އަހާލިއެވެ. “އެންމެ ނުބައި ގޮތަށް… ޖަނާންގެ ކޮއްކޮ ޖަނާންއާއި ބައްދަލު ކުރަން ބޭނުންވަނީ އޯ” ފައިސަލް ކަރުގައި އަތް އަޅުވާލަމުން ބުނެލިއެވެ. “ކިހިނެއް ހަދާނީ.. އޭނަ” “އޭނައެއް ނެތް.. އެކަން އަހަރެންނަށްވެސް އެނގޭ.. އެކަމަކު ޖަނާން ހުރި ނަމަ އޭނަގެ ކޮއްކޮ ހަމަ ޖައްސާލެވޭނެ.. މިހާރު.. ކުރިންވެސް އަހަރެންނަށް ހީވިއޭ މި ގޮތަށް ކަންތައް ވާނެއޭ..” ފައިސަލް ވާހަކަ ދައްކަމުން ބަލާލީ ހިލްމީ އާއި ދިމާލަށެވެ. އޭރު ހިލްމީ ހުރީ ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓުން އަރާފައެވެ. “ހިލްމީ.. ކިހިނެއްވީ..” ހިލްމީ ހުރި ގޮތުން ފައިސަލް އަހާލިއެވެ. އެވަގުތު ހިލްމީ ބަލާލީ ފައިސަލްއާއި ނިހާންއާއި ދިމާލަށެވެ. އޭރު ހިލްމީގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔަކަން ފައިސަލްއަށް ދެނެގަނެވުނެވެ. “ހިލްމީ..” ހިލްމީ ކައިރިއަށް ފިޔަވަޅެއް އަޅަމުން ފައިސަލް ގޮވާލިއެވެ. “އަޅުގަނޑުގެ އަންހެނުން.. ދަރި.. އެކްސިޑެންޓް.. ހޮސްޕިޓަލްއިން އެގުޅީ.. ސަރ އަޅުގަނޑު މާލެ ދާން..” ހިލްމީއަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ. “ކީކޭ.. ކޮންއިރަކު” ފައިސަލް ހައިރާން ކަމާއި އެކު އަހާލިއެވެ. ހިލްމީ ބަލާލީ ޖަވާބް ނުދެވޭ ފަދަ ގޮތަކަށެވެ. “ނިހާން.. ދޭ އަވަހަށް ލޯންޗް ތައްޔާރު ކުރާށޭ ބުނަން.. އަހަރުމެންވެސް ދާނަން ހިލްމީއާއި އެކު.. ރެޑީވޭ.. ފަނަރަ މިނެޓް ދެރޭގައި ފުރާގޮތަށް” ފައިސަލް ނިހާންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަވަސް ކަމާއި އެކު ނިހާން ބާރަށް އެތަނުން ނިކުތެވެ.
ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ލޯންޗް އޮތީ ތައްޔާރަށެވެ. ނިހާންއާއި ހިލްމީ އަދި ފައިސަލްއާއި ރޭޝަމް ތިބީ ލޯންޗްގައެވެ. އަދި އޭގެ އިތުރުން ނާޝިދުވެސް އެމީހުންނާއި އެކު މާލެ ގެންދިއުމަށްޓަކައި ލޯންޗްގައި އިނެވެ. އޭރުވެސް ނާޝިދު އިނީ އަތުގައި ބިޑި އަޅުވާފައެވެ. އޭރު އެ މޫނު މަތިން ފެންނަމުން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ.
*********
ދެގަޑިއިރުގެ ދަތުރަކަށްފަހު ލޯންޗް މާލޭގެ ބަދަރާއި ކައިރިކުރިއެވެ. ހާސްވެފައިވާ ހިތަކާއި އެކު ހިލްމީ ވާޓަރު މައްޗަށް ފުއްމާލިއެވެ. އަދި އަވަސް ކަމާއި އެކު ކާރެއް ލިބޭތޯ މަސައްކަތް ފެށިއެވެ. “ނިހާން.. ދޭ ހިލްމީއާއި އެކު.. ވާނުވާ އަންގާތި.. އަހަރެންވެސް މީނަގެ ކަންތައް ހަމައަކަށް އަޅުވާފައި ތި ދިމާލަށް ދެވޭތޯ މަސައްކަތް ކުރާނަން..” ފައިސަލް މަޑުމަޑުން ނިހާން ކައިރީގައި ބުނެލިއެވެ. ނިހާން ބޯޖަހާލަމުން ހިލްމީކައިރިއަށް ދިޔައެވެ. މާގިނަ އިރެއް ނުވެ ކާރެއް ލިބިއްޖެއެވެ. ހިލްމީ އަވަސް ކަމާއި އެކު ކާރަށް އަރާ ދާންވި މިސްރާބު ބުނެދިނެވެ.
ފައިސަލް އާއި ރޭޝަމް އަތޮޅު ވެއްސާއި ދިމާލަށް މިސްރާބު ޖެހީ ނާޝިދު ގޮވައިގެންނެވެ. އެތަނުގައި ސެލްގައި ނާޝިދު ބަންދު ކުރުމަށްފަހު މީހާ ހަމައަކަށް އެޅެލިއެވެ. “ކޮބާ ކިހިނެއްވަނީ..” ފައިސަލް ސިހިގެން ދިޔައީ ދަންނަ އަޑެއް އިވުމުންނެވެ. ބަލާލިއިރު ހުސައިން ހުރީ ހިނިތުންވެލައިގެން ފައިސަލްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “މިފަހަރު ކިހާ ވަރެއްގެ އަގު ހުރި އެއްޗެއްބާ ތިގެންނައީ..” ސަލާމަށް އަތް ދިއްކޮށްލަމުން ހުސައިން އަހާލިއެވެ. “ރަނގަޅު.. ހުސައިން މިއީ ރޭޝަމް.. ރޭޝަމް އެއީ އަހަރުމެންގެ ގްރޫޕް މީހެއް.. މިފަހަރު ބޮޑު ކަމެއްގައި މިއައީ އަނެއްކާވެސް..” ފައިސަލް ބުނެލިއެވެ. “ތި ނޫން ވަރެއް ފައިސަލްއަށް ވޭތަ.. ކިހިނެއްތަ ވީ އަނެއްކާ..” ފައިސަލްގެ މޫނު މަތިން ފެންނަ ހުރި ހާސްކަން ދެނެ ގަންނާކަށް ހުސައިންއަށް އުދަގުލެއް ނުވިއެވެ. ފައިސަލް ހުސައިން އާއި ދިމާލަށް ބަލާލިއެވެ. އެ ބަލާލުމުން އެތަށް އެއްޗެއް ހުސައިންއަށް ނަގައިގަނެވުނެވެ. އެހެންކަމުން ރޭޝަމްއާއި ދިމާލަށް ހުސައިން ބަލާލިއެވެ. އަދި ސެލްގައި ބައިންދާފައި އިން ނާޝިދުއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ނުބުނާނަން ‘އައި ޓޯލްޑް ޔޫ ސޯ’ އެކޭ… އެކަމަކު ހީކުރަން ކަލޭގެ އިތުރު ޕްލޭންއެއް އޮންނާނެކަމަށް” ހުސައިންގެ އަޑުން ހިތްހަމަ ނުޖެހުމުގެ އަސަރު ފާހަގަ ވިއެވެ. ފައިސަލް ރައްދު ކޮށްލީ ފަޑު ހިނިތުންވުމެކެވެ.
********
ބާރު ހިގުމެއްގައި ހިލްމީ މަޑުކޮށްލީ އައި.ޖީ.އެމް.އެޗްގެ އެމެންޖެންސީ ރޫމް ކައިރިއަށެވެ. އޭރު ހިލްމީގެ އާއިލާގެ ދެތިން މީހަކު އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ހިލްމީ ފެންނަ އިރަށް ދުވެފައި ހިލްމީ ކައިރިއަށް އައިސް ހުއްޓުނެވެ. ނަމަވެސް ހިލްމީ ބޭނުންވީ އޭނަ އެންމެ އެމީހަކު ދެކެ ލޯބިވި އޭނަގެ އަނބިމީހާއާއި ދަރިފުޅުގެ ހާލު ބަލާށެވެ. އެ އެންމެންނާއި ދިމާލަށް ބަލާލަމުން އަވަސް ކަމާއި އެމެޖެންސީ ރޫމް ތެރެއަށް ހިލްމީ ވަނެވެ. “ކޮބާތޯ ރޫނާ.. އެކްސިޑެންޓްއެއްގައި މީގެ ދެގަޑި އިރު ކުރިން މިތަނަށް ގެނެވުނު.. ކޮބާތޯ..” އެތަނުގައި ހުރި ނަރުހެއް ކައިރީގައި ހިލްމީ އެހިއެވެ. “ތިއީ” “މިއީ އޭނަގެ ފިރިމީހާ..” އަވަސް ކަމާއި އެކު ހިލްމީ ބުނެލިއެވެ. އެވަގުތު ނަރުސް ކުއްޖާގެވެސް އަވަސް ހަރަކާތާއި އެކު ހިގައިގަތެވެ. “ވަރަށް ކްރިޓިކަލް އަންހެނުން..” އެނދެއް ކައިރިއަށް ހުއްޓެލަމުން އެކުއްޖާ ބުނެލިއެވެ. އެ އެނދު ވަށައިގެން ވަނީ ފޮތިގަނޑު ދަމާފައިކަމުން ހިލްމީއަށް އަންހެނުން ފެންނަ ގޮތެއް ނުވިއެވެ. އެހެން ބުނުމަށްފަހު ނަރުސް ކުއްޖާ ހިގައިގަތުމުން ކުއްލިއަކަށް ހިލްމީ އެކުއްޖާގެ އަތު ހިފެހެއްޓިއެވެ. “ސޮރީ.. އަ.. އަހަރެންގެ ދަރި.. އެކްސިޑެންޓްވި” އަތުން ދޫކޮށްލަމުން ހިލްމީ ބުނެލިއެވެ. އެވަގުތު އެތަނަށް ހުއްޓުނީ ޑޮކްޓަރއެކެވެ. “ހިލްމީތޯ..” ޑޮކްޓަރ އަހާލިއެވެ. ހިލްމީ ބޯ ޖަހާލި އިރު އެމޫނު މަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އެވަގުތު ޑޮކްޓަރ މަޑުމަޑުން ހިލްމީ އާއި ކައިރިވެލިއެވެ. އަދި ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. “އައި އޭމް ސޮރީ.. ވަރަށް މަސައްކަތް ކުރިން.. އެކަމަކު ދަރިފުޅު ސަލާމަތެއް ނުކުރެވުނު.. އަންހެނުންގެ ހާލު ވަރަށް ސީރިއަސް… އެހާ ގިނަ ވަގުތެއް ނެތް…” އެހާ ހިސާބަށް ބުނެވުނު އިރު ހިލްމީއަށް ދުރަށް ޖެހިލެވުނެވެ.
ތުންފަތުގައި ދަތް އަޅާލެވުނީ ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިފަހެއްޓުމުގެ ބޭނުމުގައެވެ. ނިހާން މަޑުމަޑުން ހިލްމީގެ ކޮޑުގައި އަތް ބާއްވާލިއެވެ. “ކޮބާތޯ ދަރިފުޅު..” ހިލްމީ ނިހާންއަށް ބަލާލަމުން ޑޮކްޓަރ އަށް ބަލާލިއެވެ. ޑޮކްޓަރ ދައްކާލީ ފޮތިގަނޑު ދަމާފައިވާ އެނދެކެވެ. ހިލްމީ މަޑު ހިގުމެއްގައި އެނދާއި ދިމާލަށް ހިގައިގަތެވެ. ނިހާން ހިލްމީގެ ހަރާކަތްތަކަށް ސަމާލުކަން ދީގެން ހުއްޓެވެ. މަޑު ހިގުމެއްގައި ފޮތިގަނޑު އެއްފަރާތްކޮށްފައި ބަލާލިއެވެ. އެވަގުތު އެހާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އޮހިގަތީ ހިތަށް ކެތްނުވުމުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިން އަހަރުގެ ފިރިހެން އެ ލޯބި ކުޑަ ކުއްޖާ އެހެން އޮތް އިރުވެސް މުޅިގައިގައި ވަނީ ލޭގެ އަސަރުތަކެވެ. ބޮލުގައި ބޮޑު ފޮތިގަނޑެއް ބަދެފައި ވާއިރު ގައިމަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ދަށުންވެސް ލޭގެ އަސަރު ފާޅުވަމުން ދިޔައެވެ. ހިލްމީއަށް ރޮއިގަނެވުނެވެ. ދަރިފުޅާއި ކައިރިއަށް ޖެހިލާ މަޑުމަޑުން އެ ކުޑަ އަތުގައި ހިފާލިއެވެ. އަދި ލޯތްބާއި އެކު ގޮވާލިއެވެ. އެ އަޑު އިވުނު ނިހާންގެ ދެލޯވެސް ފެންކަޅި ވިއެވެ. އޭނައަށް ހިލްމީ އެ ކުޑަ ކުއްޖާދެކެ ވާ ލޯބި ވަނީ ފެނިފައެވެ. ހިލްމީ އެކުޑަ ހަށިގަނޑު ނަގާ މެއާ ލާ ބޮޑި ކޮށްލިއެވެ. ލޯބިން މުޅި މޫނުގައި ބޮސްދިނެވެ. އެހެން އިރު ކޮޅަކު އިނުމަށްފަހު އެބުރި ނިހާންއާއި ދިމާލަށް ބަލާލިއެވެ. އެ ބަލާލުމުން އެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަށް ތޮއްޖެހެމުން ދިޔަކަން ނިހާންއަށް ނަގައިގަނެވުނެވެ.
ދަރިފުޅުގެ ހަށިގަނޑު ބާއްވަމުން ދެތުވެ ހިންދެމިލިއެވެ. އަދި އަތުން ދެލޯ ފުހެލަމުން ބޭރަށް ނިކުމެ މިސްރާބުޖެހީ އަންހެނުންގެ އެނދާއި ދިމާލަށެވެ. ފޮތިގަނޑު ކަހާލަމުން އެތެރެއަށް ވަނެވެ. މެޝިންތަކުގެ އަޑު އެތަނުން އިވެމުން ދިޔައެވެ. އަތާއި ނޭފަހަތަށާއި އަނގައަށް ގުޅާފައިވާ ހޮޅިތަކުގެ ސަބަބުން ރޫނާގެ ރީތި ސޫރަވަނީ ގެއްލިފައެވެ. ރޫނާގެވެސް ބޮލުގައި ބޮޑު ބެންޑޭޖްއެއް ވަނީ އަޅާފައެވެ. ކިތައްމެ ނުރޯން މަސައްކަތް ކުރި ނަމަވެސް ހިލްމީ އަކީވެސް އިންސާނެކެވެ. ފިރިހެނެއްކަމަކު އެ ހިތުގައި ވޭން އަޅަމުން ދިޔައެވެ. ހިލްމީ ފުންނޭވާއެއް ބޭރުކޮށްލަމުން އައިސް ރޫނާގެ މޫނުގައި ލޯތްބާއި އެކު ފިރުމާލިއެވެ. އެވަގުތު ރޫނާ ލޯ ހުޅުވާލިއެވެ. ހިލްމީ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ރޫނާ މަސައްކަތް ކުރީ ކޮންމެވެސް އެއްޗެއް ބުނެވޭތޯއެވެ. “އަހަރެން މިހުރީ ލޯބީ..” ރޫނާގެ އަތުގެ އިނގިލިތަކަށް ފިއްތާލަމުން ހިލްމީ ބުނެލިއެވެ. ނަމަވެސް އޭރުވެސް ރޫނާ ކޮންމެވެސް އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އިތުރު ހަރާކާތެއް ރޫނާއަކަށް ނުގެނެވުނެވެ. މީހާގެ ހަށިގަނޑު މެދުން ކުޑަކޮށް އުފުލުމަށްފަހު ތިރިވެލި އިރު ރޫނާގެ ދެލޯވެސް މެރެނީއެވެ. ކަރުނަ ތިއްކެ ދެލޮލުން ވެއްޓުނު އިރު ކައިރީގައި ހުރި މެޝިންތަކުން ފާޑެއްގެ އަޑެއް ކިޔަން ފެށިއެވެ. އަވަސްކަމާއި އެކު ޑޮންޓަރުންނާއި ނަރުހުން އެތަނަށް ވަދެ ހިލްމީ ދުރުކޮށްލިއެވެ. ހިލްމީ ދެލޯމަރާލީ ވަމުން ދިޔައީ ކީއްކަން އެގޭތީއެވެ. އޭނަގެ ފުރާނައަށް ވުރެއް ބޮޑަށް ލޯބިވާ އަންހެނުންނާއި ދަރިފުޅު އޭނަ ދޫކޮށް ދިޔައީއެވެ.
*********
“މައްސަލައެއް ނެތް.. އަހަރުމެންވެސް ދާނަން ތި ތަނަށް” ފޯނަށް ޖަވާބު ދެމުން ފައިސަލް ބުނެލިއެވެ. އަދި ފޯނު ބާއްވަމުން ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އެމީހުން ނިޔާވެއްޖެ” ފައިސަލް ބުނެލިއެވެ. ރޭޝަމްގެ ދެލޯ ބޮޑުވިއެވެ. “ހިލްމީ ހަލާކުވާނެ..” ރޭޝަމްއަށް ބުނެވުނެވެ. “އާ.. އެކަމަކު ހިލްމީއަކީ ކެތްތެރި ފިރިހެނެއް” “ސަރ..” ދެމީހުންގެ ވާހަކަ މެދު ކަނޑާލީ އެތަނަށް އައިސް ހުއްޓުނު ޕޮލިސް ކުއްޖާ ފެނުމުންނެވެ. “ޔޫ ނީޑް ޓު ސީ ދިސް” އެކުއްޖާ އެހެން ބުނެލަމުން އެތަނުން ހިގައިގަތެވެ. ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލުމަށްފަހު އެކުއްޖާ ފަހަތުން ހިގައިގަތެވެ. ސީ.ސީ ޓީ.ވީ ތައް ހުންނަ ބަޔަށް އެކުއްޖާ ވަނެވެ. “އަޅުގަނޑު ނިހާންސަރ ބުނެގެން މި އެކްސިޑެންޓްގެ ފްޑޭޖް ބަލާލީ..” އެހެން ބުނެ ހިލްމީގެ އަންހެނުން އެކްސިޑެންޓްވި ފުޓޭޖް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުގައި ތަންކޮޅެއް ދުރުގައި އިންނަ ސައިކަލެއް ރޫނާ އާއި ދަރިފުޅު މަގު ހުރަސް ކުރުމަށް ޖަހާފައިވާ ފާހަގަ މައްޗަށް އަރާތަނުން ބާރު ސްޕީޑެއްގައި އައިސް އެދެމީހުންގައި ޖައްސާތަނެވެ. އެވަގުތު ކުޑަ ދަރިފުޅު ބުރައިގެން ގޮސް ޖެހެނީ މާ ދުރުގައި ހުންނަ ފާރެއްގައެވެ. އަދި ރޫނާ ޖެހެނީ އެހެންދާ ކާރެއްގައެވެ. ސައިކަލު ދުއްވަން އިންނަ މީހާވެސް ވެއްޓޭތަން ފެނެއެވެ. ނަމަވެސް އަވަސް ހަރަކާތާއި އެކު ތެދުވެ ސައިކަލްގައި ބާރު ސްޕީޑެއްގައި ދާތަން ފެނެއެވެ. ސައިކަލް ދުއްވަން އިން މީހާ އިންނަނީ ހެލްމެޓެއް އަޅައިގެން ކަމުން އެމީހާގެ މޫނެއް ނުފެނެއެވެ. އަނެއްކާ ސައިކަލުގައި ނަންބަރު ޕްލޭޓެއްވެސް ނުހުރެއެވެ. އެ ސައިކަލްގައި އިންނަ މީހާ ވެއްޓޭގޮތުން އެމީހާއަށްވެސް އަނިޔާވާނެކަން ޔަގީނެވެ. “ބަލާބަލަ.. އެމީހާ ކޮންތާކަށްތޯ ދަނީ” ފައިސަލް އަވަސް ކަމާއި އެކު ބުނެލިއެވެ. “ތިއީ އަޅުގަނޑުވެސް އެންމެ އަޖައިވާ ކަމަކީ” އެހެން ބުނުމަށްފަހު އަނެއްކާ އެހެން ވީޑިއޯ އެއް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުން އެ ސައިކަލް ބާރު ދުވެލީގައި ގޮސް ވެއްޓެނީ މޫދަށެވެ. އެއީ މާލެ ކައިރީގައި އޮންނަ އެންމެ ފުން ހިސާބެވެ. އެހާ ބާރު ދުވެލީގައި ދިއުމުން ސައިކަލް ގޮސްޖެހެނީ ފުދޭވަރަކަށް ބޭރަށެވެ. ފައިސަލްއާއި ރޭޝަމްއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ.
ނުނިމޭ….
529 Comments
Comments are closed.
Fantasy
July 8, 2015 at 10:09 ammi bai ves hurihaa kudin nah kamudhaane kamah heekuran 🙂
faai
July 8, 2015 at 10:14 amthankyou so much fantasy… up weythoa balabalaa mi iny hama….
faai
July 8, 2015 at 10:26 amalhe haadha dhera eyy mi v goi.. 🙁 yagyn eves e nulafaa naashidhu ge kanthah… btw,, v v rythi mi part vx… anehbai kondhuvahakun up kohdgeyny fantasy????
liu
July 8, 2015 at 10:37 amV v v v rythi ingey…. Dhn bai Sunday ga dhw fantasy…..
red roes
July 8, 2015 at 10:52 amNetpat koirakun vvvv riythi
red roes
July 8, 2015 at 10:55 ammiga hussain dhw ehurihaakameh kurani dhw fetasey
aish
July 8, 2015 at 11:00 amVarah reethi. Alhe thankolheh avahah up kohlla ba fantasy
Fantasy
July 8, 2015 at 11:22 amhurihaa kudinge lobi coment thakah v bodah thnks 🙂
yes liu… aneh bai genesdheynan sunday ga igey 🙂
red rose adhi fentasy akah ves neyge kaaku kuraa kameh kan eiy 🙂
nishy
July 8, 2015 at 11:32 amVvvvv reeeethi Mi vaaahaka
faai
July 8, 2015 at 11:41 amFantasy Sunday haadha lahey… Plx eahwure awaskohdhyba…
Fantasy
July 8, 2015 at 11:50 amaish n faai eyge kurin v try kuraanan ninmaaleveytho.. ekamaku heenuvathy ehen dhuvahen nubunany…
nishy v bodah thnks igey lobi coment ah 🙂
mary
July 8, 2015 at 11:52 amFake vaahaka ah me .v foohi
only fantasy girl.
July 8, 2015 at 2:05 pmdhen nukiyaa…..reethi v ma kiyaany dhen lalaaaa
elyshaa
July 8, 2015 at 12:04 pmvv rythi
liu
July 8, 2015 at 12:08 pmFake Vaahaka eh nun mi ee eh… V v v salhi hama… Dhera ee maalahun up kohdheyyythyyy…. V v kiyaa hiy veyyyy
naaz
July 8, 2015 at 12:33 pmStory varah rreethi….keep it up;-)
red roes
July 8, 2015 at 1:32 pmvvvvv riythi fantasy ge vaahakathah. v v v inthizaaru kurevey fantasy ge vaahaka akah
only fantasy girl.
July 8, 2015 at 2:10 pmfakiyaa dhen nukiyaa…..reethi v ma kiyaany dhen lalaaaa…… reethi kamun hajamunuvany dhw baeh kudhinah…..fantasy ge vaahaka thaky thotho vahaka thakeh noony dhw fantasy…..vvv reethi igey ehen kujaku hadiye bunyas dhera nuvahchy……vvvvvv reethi mivaahaka….
friend
July 8, 2015 at 2:25 pmfantasy ge vaahakathakuga abadhu vex fulus meehaa cigarette boa than dhahkaafa innany..
333
July 8, 2015 at 2:27 pmnot interesting
Faya
July 11, 2015 at 4:23 pmDhen keeh kuran thi kianee ehn veeru ha ha
SOMEONE
July 8, 2015 at 2:30 pmnice story. ekamaku thankolheh lahee up vaaleh
ainy
July 8, 2015 at 3:51 pmVvvvvv reethi fantasy ge vaahakatha.hurihaavaahakaeh haasakon aniyaa .adhieh faharu liyebala plx plx
aisha
July 8, 2015 at 5:37 pmVarah reethi.. Varah furihama… Fantasy liyaa vaahakathah varah salhi… Mikahala reethi vaaha eh kiumuge frusath libuny thy thanks…. 🙂
aisha
July 8, 2015 at 5:39 pmVarah reethi.. Varah furihama… Fantasy liyaa vaahakathah varah salhi… Mikahala reethi vaaha eh kiumuge frusath libuny thy thanks… This is such a nyc story… Next ep uload kobba fast koh… Varah kiyaahithun mihur.. 🙂
Fantasy
July 8, 2015 at 9:49 pmhurihaa kudinge lobi lobi sweet coment thakah v bodah thnks igey 🙂
thi hurihaa kudin thi varah kiyanyya fantasy v bodah try kuraanan saturdayga up vey tho… alhe eah vureh avas nuvaane igey kudin ney:)
ekam ves thi hurihaa kudin wait kuraathee v happy vey fantasy.. heekuran dhen huri bai thakah ves hama thi gothah lobi coment thah kuraane kamah 🙂
rifu
July 9, 2015 at 1:26 pmAwesome..fantasy you are the best
ainy
July 10, 2015 at 8:37 pmv v v inthzaaru kurevey aneh bayah
Faya
July 11, 2015 at 4:22 pmI like the stories of this style thnxs authour