Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް -2

Ushaali Level 710 Stories100 Comments100 Stories500 Comments
July 7, 2015 8 Mins Read
24 Comments

“ދަރިފުޅާ…. މީ ހާދަ ވަރުގަދަ އުޅާ ގަނޑެއް…. ރަން ދޯ މީ…. ކުރިން ދަރިފުޅު މިކަހަލަ އެެއްޗެހި އަޅަން ދެކޮޅު ހަދާތީ މަންމަ އަޅާނުލަނީ… މިހާރުވެސް މަންމާ އަލަމާރިގައި އޮންނާނެ ދަރިފުޅުގެ ތަނޑިގަނޑު” ފަޒްނާ މިހެން ބުނުމާއެކު އަލްމާޝް ގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވެ ބޮލުގައި ރިއްސަން ވެސް ފެށިއެވެ. މިވަގުތު އަލްމާޝްގެ މޫނައް ބަލާލި ކޮންމެ މީހަކައް ވެސް ކަންތައް ގަނޑެއް އަލްމާޝް ސިއްރު ކުރަމުންދާނެކަން ޔަގީން ވާނެއެވެ. ދުރުގައި ހުރި އަންޖޫ އަލްމާޝް އަށް ބަލަން ހުރި ގޮތުން އަލްމާޝް ގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.

“ދަރިފުޅާކިހިނެއްވީ ހާދަމާޔޫސްވީ….” ނިތްކުރިމަތީގައި ހިއްލާފައި ހުރި ދާތަކާއެކު ދެއަތް ދެއަތާއި މޮޑެމުން އަލްމާޝް އަށް ބެލެނީ މަނިކުގެ މޫނަށެވެ.

“ބޮލުގައި ރިއްސަނީ… ނިދިވެސް އާދޭ އެބަ…” އެވަގުތު ބުނާނެ އެއްޗެއް ނޭނގިގެން އެންމެ ކުރިން އަލްމާޝް ގެ ދުލައް އައި އެއްޗެއް ބުނެލިއެވެ. “އަވަހަށް ދޭ ކޮޓަރިއަށް… ދަތުރު ބަލި ވެސް ވާނެ ދޯ.. ދޭ ކޮޓަރިއަށް ގޮސް ނިދާލެވޭތޯ ބަލާ…. ފަތިސްނަމާދަށް މަންމަ ގޮވާނެ” މަނިކު ކަންބޮޑުވީ އަލްމާޝް ބޮޑަށް ބަލިވެދާނެތީއެވެ. ކައިރީގައި އަލްމާޝްގެ ބުރަކަށީގައި ފިރުމާލި ފަޒްނާ ވެސް ހީވަނީ ދެންމެ ދެންމެ ރޮއެ ގަނެފާނެހެންނެވެ. ވާނީވެސް އެހެންތާއެވެ. އަލްމާޝް އަކީ ދަރިއަކައްޓަކައި އެދެމަފިރިން 10 އަހަރު ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަލްމާޝް އަށް ކިތަންމެ ކުޑަ އަނިޔާއެއް ވިޔަސް ރޮއެ ހެދުމަކީ ފަޒްނާގެ އާދައެކެވެ. އަލްމާޝް އަށް ތިން އަހަރުގައި މޫދުކައިރީގައި ކުޅެން އުޅެނިކޮށް ކުޑަ ގާކޮޅެއްގައި އަޅައިގަނެފަ ވެއްޓުނު ދުވަހުވެސް ގިސްލާފައި ރޮއެވެ.  އަދި އަލްމާޝް އަށް ފަސް އަހަރުގައި ސިޓިންގްރޫމް ގައި ހުރި ގޮނޑީގެ އަތްގަނޑުގައި އަޅައިގަނެފައި ވެއްޓި ނިތްކުރިމަތިން ހަން މަށައިގެން ދިއުމުން ފަޒްނާ ރޮއެ ރޮއެފަ އެންމެ ފަހަށް އޭނާ ހިތްހަމަޖެހުނީ އެ ގޮނޑިވެސް ގެއިން ބޭރަށް ނެރެވުނީމައެވެ. ފަޒްނާއަށް ވެގެންވަންޏާ އަލްމާޝްގެ ނިޔަފައްޗެއްގެ ކުރީގައި ވެސް ރިއްސައިގެން ނުވާނެއެވެ.

ހަމަ އެދުވަހުގެ ރެއެވެ. އަފާފް ގެ ބޮލުގައި ފުނާ އަޅުވަދޭން ގޭގެ ސިޓިންގްރޫމްގައި މޫމިނާ އިނެެވެ. “މާމާ… އެނގޭތަ… މާޝް އެބައުޅޭ މިކޮޅުގަ. މިހާރު ވަރަށް ލޯބިކޮށް ހުންނަނީ” އަފާފް ވާހަކަދެއްކީ އޭނާގެ މާމާ މޫމިނާއާއެވެ.

“އާނ… ފަޒްނާ އާއި މިސްކިތުން ދިމާވެގެން ބުންޏޭ އެ މަންޖެ އައި ވާހަކަ. ދަރިފުޅު ވާނެ އެއްދުވަހަކުން އެގެއަށް މާމަ ގެންދަން”

“ހުރޭ… އެއްދުވަހަކުން ދާނީ ދޯ އެގެއަށް… މާޝް އުޅެނީ ބޭރަށް ނިކުންނަން ލަދުން” މޫމިނާގެ އުނގުގައި އިން އަފާފް ކޮޅަށް ތެދުވެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ.

” ދެން އެހެންތާ ވާނީ.. ކިހާ ދުވަހެއްކޮށްފަ އެމަންޖެ އެ އައީ..” މޫމިނާ ވާހަކަ ދައްކަމުން ބަދިގެއަށް ވަނުމުން އަފާފް ބުރުގާ އަޅާލައިގެން ގެއިން ނިކުތީ ކޮއްކޮ ނާފް ބަލާ ޓިއުޝަން ކުލާހައް ދިއުމަށެވެ.

އަފާފް އާއި ނާފް އަކީ މޫމިނާގެ ހަމައެކަނި ތިބި ދެ މާމާދަރިންނެވެ. އަފާފް ގެ މައިންބަފައިން ވަނީ ކުދިން ކުޑައިރު ނިޔާވެފައެވެ. އެދުވަހުން ފެށިގެން އެދެކުދިން ލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރީ މޫމިނާއެވެ. ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު މާ މުއްސަނދި ނޫނަސް ފަގީރެއް ވެސް ނޫނެވެ. އަފާފް ވަޒީފާ އަދާކުރަނީ ސްކޫލްގައެވެ. ކޮއްކޮ ނާފް ތަޢުލީމް ހާސިލް ކުރަމުންދަނީ ގުރޭޑް 10 ގައެވެ. މިއަދު އަފާފްގެ ދިރިއުޅުމަށް ބަހާރު މޫސުން އަންނަން އުޅޭތީ މޫމިނާ ހުންނަނީ އިންތިހާއަށް އުފާ ވެފައެވެ. ދިފްރާން އަކީ އަފާފް އެންމެ ކުޑައިރުން ފެށިގެން އެންމެ ލޯބިވި ފަރާތެވެ. ދިފްރާން ކަހަލަ ބައިވެރިއެއް އަފާފް އަށް ލިބުނީތީ ކަލާނގެ ހަޟްރަތައް ޝުކުރު ކުރެވުނު އަދަދެއް ވެސް މޫމިނާ އަށް ނޭނގެއެވެ.

ފަޒްނާ ކިތަންމެ އެދުނު ނަމަވެސް ފަތިސްނަމާދު ކޮށްގެން އަލްމާޝް އަކަށް ނުނިދުނެވެ. ހެނދުނު ސައި ބޮއެގެން ކޮޓަރިތެރޭގައި އުޅުނީ ހެދުން އަޅާފައި ހުރި ފޮށި ހުސްކުރުމުގައެވެ. ކަންފަތައް ހެޑްސެޓް ޖަހާލާފައި ހުރިއިރު އަޑުއަހަމުން ދިޔައީ ފިލްމް ތާރާރަމްޕަމް ގެ ހޭއި ޝޯނާ ލަވައެވެ. އެއީ އަބަދުވެސް ނިމާން އަލްމާޝްއަށް ކިޔާދޭ ލަވައެވެ.  އެހެން އުޅޭއިރުވެސް އަލްމާޝް އަށް އިރުއިރު ކޮޅުން ބަލާލެވެނީ އަތުގައި އަޅާލެވިފައިވާ ދެ އުޅަ އަށެވެ. ކުއްލިއަކަށް އެނދުމަތީީީގައި އިށީނީ ހިތައް އެރި އެއްޗަކުންނެވެ. އޭނަގެ ބޮޑު ސިއްރު މައިންބަފައިންނަށް އެނގޭ ދުވަހަކުން ވާނޭ ގޮތަކާއިމެދު ވިސްނާލުމުން ބޮލުގައި ރިއްސާގަތީ ވަރަށް ބޮޑަށެވެ. ކޮންމެސް ގޮތަކަށް އެކަން މައިންބަފައިންނަށް އަންގަން އަލްމާޝް ބޭނުންވެއެވެ. އޭނާގެ ވިސްނުމަށް ނައީ އެކަން ކުރާނެގޮތެކެވެ. މޮޅު ހިޔާލެއް ހިތައް އެރުމާއެކު ކަންފަތައް ޖަހާފައިވާ ހެޑްސެޓް އެނދުމައްޗައް އެއްލާލުމަށްފަހު ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ނެގީ އަފާފް އަށް ގުޅާލުމަށެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އައި އަފާފް ފެނުމުން އަފާފް ގެ އުމުރު ވަރަށް ދިގުވާނެ ކަމުގައި އަލްމާޝް ބުންޏެވެ.

“ހާދަ ހާސް ވެފަ… ކޮންކަމެއް ނުވެގެން މާ ރުޅި އައިސްގެން ތިއުޅެނީ” އަފާފް މިހެން އެހީ އެނދުމަތީގައިވާ ބައެއް ހެދުންތައް ފެނުމުންނެވެ.

“މަޑުކުރައްޗެ… އަން… މީ އަފޫ އަށް އަހަރެން ގެނައި ހަދިޔާ.. އުއްމީދު ކުރަން އަފޫއަށް ވަރަށް ކަމުދާނެކަމަށް” އަލްމާޝް ދިއްކޮށްލި ޕާރުސަލްގައި ހިފައިގެން އަފާފް ޖައްސާލީ ވަކިންހުރި ސޯފާ ގޮނޑީގައެވެ.

“އަސްލުވެސް ވަރަށް ރީތި… ތޭންކްސް” ހަގީގަތުގަ ވެސް އަފާފް އިނީ ވަރަށް ހިތްހަމަޖެހިގެންނެވެ.

“ތިއޯ… ތީ ކާކަށް…” އަފާފް އަތުގައި އޮތް ކަހަލަ އެހެން ޕާރުސަލެއް އަލްމާޝް ގެންގޮސް އަލަމާރިއަށް ލި ތަން ފެނިގެން އަފާފް ސުވާލުކުރިއެވެ.

“އެނގެއެއްނު.. އަފޫ ނޫނަސް އަދި އަހަރެމެންގެ ގުރޫޕްގަ އެކަކު އުޅެއެއްނު”

“އޯހް…އެ އުޅޭ ޝަހާ ދޯ… އެކަމު އަހަރެމެން އޭނަ ހޯދާނީ ކޮންތާކުން” އަފާފް މިހެން ބުނުމުން އަލްމާޝް ދުނިޔޭގައި ހުރިއްޔާ ކޮންމެސް ދުވަހަކު އޭނާ އާއި ދިމާވާނެ ކަމުގައި ބުންޏެވެ.

ޝަހާނާ އާއި އަލްމާޝް އަދި އަފާފް އަކީ ތަޢުލީމީ ހަޔާތް އެއްކޮށް ފަށައިގެން އައި ތިން ކުދިންނެވެ. ނަމަވެސް ޝަހާނާގެ ހަޔާތައް ކުއްލިއަކަށް ލިބުނު ދެރައަކާއި ގުޅިގެން މާލޭގައި ގެދޮރު ހުންނަ އޭނާގެ ބައްޕަ ޝަހާނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާނާ މާލެ ގެންދިޔައީއެވެ. އެގޮތުން ގުރޭޑް ފަހަކުން ފެށިގެން އަލްމާޝް އާއި އަފާފް އަށް ޝަހާނާ ވަނީ ގެއްލިފައެވެ.

“އޭތް…ކޮންހިޔާލެއްގަ… ވަރަށް ބޭނުން ތި ފްރޭމްގަ އަފޫ އާއި އަފޫގެ އޭނަގެ ފޮޓޮއެއް ލައްވަފައި ބަލާލަން” ވާހަކަދައްކަމުން ދިޔައިރު އަލްމާޝް ދިޔައީ އަލަމާރިތެރެ ވެސް ހަމައަކައް އަޅުވަމުންނެވެ.

“ހޫމް ދިފްރާން ދޯ… އެކަން  ނިންމަން މިއުޅެނީ… ދެފަރާތުން ވެސް އެކަން އަވަސްކުރަން އެދެންޏާ ކީއްކުރަން ލަސްކުރަންވީ ދޯ… އެކަމު މާޝްއަށް އަދި ނުފެނޭ ދޯ އޭނައެއް”

“އާނ… މަށައް ނުދައްކާ އެކަން ނިންމާކަންނު ތިއުޅެނީ… އޭ މާދަން ހަވީރު މާމަ އާއި ނާފް ގޮވައިގެން މިގެއަށް އަންނައްޗެ”

“ހޫމް… މާޝް މީ ކޮންކަމެއް… ކާކު މީ… މާޝް އާއި އެހާ ގާތްކޮށް މިގޮތައް ފޮޓޯ ނަގާނީ ކޮންމެސް ގާތް މީހެއް ކަންނޭނގެ” އަފާފް އަތުގައި އޮތް ފޮޓޯ ފެނުމުން އަލްމާޝްގެ ލޭކެކިގަތީ ކަންބޮޑުވި ވަރުންނެވެ. ބަސް ހުއްޓި ދެ ލޯ ބޮޑުކޮށްލެވުނީ އަފާފް އަށް ހަގީގަތް ކިޔަދެންވީ ވަގުތު ޖެހުނީއޭ ހިތައް އެރުމުންނެވެ. ސިއްސައިގެން ގޮސް ކޮޓަރީ ދޮރާ ދިމާލައް ބަލާލެވުނީ ފަޒްނާ އައިސްދާނޭ ހިތައް އެރުމުންނެވެ.

“އާނ ތި….ތީ… ކޮލެޖްގެ އަހަރީދުވަހު ކުޅުނު ޑްރާމާއެއްގައި ނަގާފައި އިން ފޮޓޮއެއް… އެކަމު މިހާރު ތީ އަހަރެންގެ ވަރަށް ގާތް މީހެއް” އަލްމާޝް ހަގީގަތް ހާމަކުރެވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. “އޭރުވެސް މަށައް ހީވިއޭ… އެކަމު ބުނަން މާޝް އަވަހައް މިކަން ހަނދާން ނައްތާލާ… ދައްތަ މެން ގަބޫލެއްވެސް ނުވާނެ..މި ބޯއީ ވަރަށް ރީތި.. މާޝް އާއި ވަރަށް ގުޅޭ… އެކަމު މިކަހަލަ މީހުން ދިވެހިންނައް އެހާ ހެވެއް ނުވާނެ.. އެހެންނޫނަސް މީ މުސްލިމެއް ވެސް ނޫނެއްނު” އަފާފް ހިތައް އެރި ގޮތަކައް ވާހަކަދައްކަމުން ދިޔައިރު ފުރަގަހައް އެނބުރި ހުރި އަލްމާޝް ދިޔައީ ރޮމުންނެވެ.

“މީ މާން… އަހަރެން ކިތަންމެ ބޭނުން ވިޔަސް މިހާރު އަހަރެންނައް މީނަޔާ ދުރު ވެވޭކަށް ނެތް… ތީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި… އަހަރެންގެ ފުރާނަ.. އައި ލަވް ހިމް ބޭޑްލީ….. އަޅާނުލާ.. މީނާގެ ވާހަކަދައްކާނީ ދެން ފަހުން… އަފޫ ކަމެއް ކޮށްދެންޏާ އެއްވެސް މީހެއް ކައިރީގައި މި ވާހަކަ ނުދައްކާ ހުންނައްޗެ. ހާއްސަކޮށް މަންމަ ކައިރީގަ” ލޮލުގައި ހުރި ކަރުނަތައް ސިއްރު ކުރަމުން އަފާފް އަތުގައި އޮތް ފޮޓޯގަނޑު ހިފައިގެން ގޮސް އެފޮޓޯ ލީ އޭނާގެ ހޭންޑް ބޭގް އަށެވެ.  “އޯކޭ..މާޝް ބޭނުންގޮތެއް… މިހާރު ވަރަށް ލަސް ވެއްޖެ.. މި އަންނަނީއޭ މާމާ ކައިރީގައި ބުނި މީހާއޭ މީ… މިހާރު އެއްގަޑީރު ވީ…މާމަ ގޮވައިގެން ބޭންކަށް ދާން އެބަޖެހޭ.. ދަނީ ދެން” އަފާފް ނިކުމެގެންދިޔަ ދޮރާއި ދިމާލައް ބަލަން އަލްމާޝް ހުރީ ރޮވިފައެވެ.

މެންދުރު ނަމާދުކޮށްލައިގެން އެނދުގައި އޮށޯވެގެން އޮތް އަލްމާޝް އޮތީ ވިސްނުމެެއްގެ ތެރެއަށް ގެއްލިފައެވެ. އަލްމާޝްގެ ވިސްނުމާއި ގުޅިފައިވަނީ އޭނާގެ މައިންބަފައިންނަށް ނާންގާ މީހެއްގެ އަންބަކަށް ވެވުނު ކަމުގެ ހިތާމައެވެ. އެއީ އޭނާ އެެއްގޮތަކައްވެސް އެގޮތައް ކުރަން ބޭނުން ކައިވެންޏެއް ނޫނެވެ. ނިމާން އަކީ ވަރަށް ރަނގަޅު ދީންވެރި އިހްލާސްތެރި ހިތެއްގެ ވެރިއެކެވެ. އަލްމާޝް ދެކެ އިންތިހާއަށް ލޯބިވާ އޭނާގެ މާން އެވެ. ނިމާން އާއި އަލްމާޝް ކައިވެނިކުރީ ނިމާންގެ ބައްޕަގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައެވެ. ނަމަވެސް މިހާރު ހިތާމައަކީ މައިންބަފައިންނަށް މިކަން އަންގާނެ ގޮތެއް ނުވިސްނޭތީއެވެ. އަނެއްކޮޅުން ނިމާންގެ ހަބަރެއް ނުވާތާ ދެ ދުވަސް ވުމުން އަލްމާޝްގެ ބޮލުގައިވެސް ރިއްސަނީ އިންތިހާއަށެވެ.

“މިއޮތީނު…. މިހާރު އަބަދު މިހެން އޮށޯވެގެން އޮންނަތަން މި ފެންނަނީ… ހިނގާބަލަ ދަރިފުޅާ…. މޫމިނާދައްތަ އެބުހުރި ދަރިފުޅު ދެކިލަން އައިސް”

“ހަމަ އަސްލުވެސް މާމަ އައީތަ…އަފޫ ނުވެސް ބުނޭ” މޫމިނާ ދެކެ އަލްމާޝް ވާ ލޯބި ފަޒްނާ އަށް އިހުސާސް ވީ އަލްމާޝްގެ އަވަސް ހަރަކާތާއެކު އަވިއްސެންހެން ކޮޓަރިން ނިކުމެން ދިއުމުންނެވެ.

“އަނހާ މިއޮށް އައީނު މާމަގެ ދެވަނަ އަންހެން ދަރި…ބަލާބަލަ މުޅިން ބޮޑު މީހަކައް ވެއްޖެ” މޫމިނާއަށް އަލްމާޝް ފެނުމުން އިންތަނުން ތެދުވެ އަލްމާޝްގެ ބުރަކަށީގައި ފިރުމާލާ ގަޔާ ކައިރިކޮށްލިއެވެ. ދުރުގައި އިން ފަނަރަ އަހަރުގެ ނާފް ވެސް އަލްމާޝް ފެނުމުން ހީލީ ވަރަށް ބޮޑަށެވެ. “މާޝްދައްތަ އަތުގައި އޮންނާނެ ނާފް އަށް ވީ ގިފްޓް… އަފޫ ގެ ޕާރޓީ އޮންނަ ރޭގަ ގެންގޮސްދޭނަން” އަލްމާޝް ނާފް ގެ ބޮލުގައި އަތް ހާކާލަމުން މޫނިނާ އާއި ޖެގިފިތިގެން އިށީނެވެ. އެވަގުތު ހަވީރު ސައި ތައްޔާރުކުރުމަށްފަހު އަންޖޫ އެންމެންނައް ގޮވީ ސައި ބޯށެވެ. މޭޒު މަތިން ބަޖިޔާ އެއް ނަައިގެން އަލްމާޝް އަފާފް ގެ އަތުގައި ހިފައިގެން ގޮސް އެރީ ޓެރަސް އަށެވެ. އިންދާފައިހުރި މާ ގަސްތަކުގެ ކައިރީގައި ހުރި އުނދޯއްޔެއްގައި ދެކުދިން އިށީނުމާއެކު އަންޖޫ ކޮފީ ގެނެސްދިިނެވެ.

“ދައްތަގެ ލޯބިވާ ގަސްތައް ދޯ މީ… މާޝް ނެތް އިރުގައި މި ގަސްތަކައް ދައްތަ ވަރެއް ހުރޭ” އަފާފް ހެމުން ވާހަކަ ދައްކަމުން ދިޔައިރު އަލްމާޝް ވިސްނަމުން ދިޔައީ ނިމާންގެ ހަގީގަތް އަފާފް އަށް ކިޔާދޭނެ ގޮތަކާއި ދޭތެރެއެވެ.

“އޭތް…ކޮން ހިޔާލެއްގައި… އަދި ވެސް އެ ބޯއީ މަތިން ހަނދާންކުރަނީތަ” އަފާފް މިހެން ބުނެލީ ޖެއްސުމަށެވެ.

“މިއުޅެނީ އަފޫ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ކިޔާދޭން.. އެނގޭ އަފޫ ވަރަށް ރުޅި އަންނާނެކަން ވެސް.. އަދި އަފޫ އަށް ވުރެ ބޮޑަށް މަންމަ އާއި ބައްޕަ ރުޅިއަންނާނެ” އަލްމާޝް ވާހަކަ ދައްކަމުން ދިޔައީ ރެއިލިން ކައިރީގައި އަފާފް އަށް ފުރަގަސް ދީގެން ހުރެއެވެ.

“މާޝް އަނެއްކާ އެވަރުގެ ކީއްކުރީތަ… އަހަރެން ބިރު ގަންނަން ފަަށައިފި މިހާރު..”

“އަނެއްކާ މާޝް ތިބުނާ މާން އަކާއި އެކު ކުރަން ނުވާ ވަރުގެ ކަމެއް ކުރީތަ… މިބުނީ ކައިވެނިން ބޭރުގަ….”

“ނޫން ނޫން އަފޫ…. އަހަރެން ފާފައެއް ނުކުރަން… އަހަރެން ކުރި ކަމެއް ކުރީ ހަލާލް ގޮތުގައި” އަފާފް ގެ ދެއަތުގައި އަލްމާޝް ހިފައިގެންހުރި އިރު އެ ދެ ލޮލުގައި ވީ ކަރުނައެވެ.

“ތިބުނީ”…

“މިބުނީ މާން އަކީ އަހަރެންގެ ބޯއީފްރެންޑެއް ނޫނޭ.. އެއީ އަހަރެންގެ ފިރިމިހާއޭ… އެއީ އަހަރެންނައް ފާޑަކައް މަޖުބޫރު ވެގެން ކުރެވުނު ކައިވެންޏެއް…އެއީ މުސްލިމެއް..ނަމަކީ ނިމާން ޝާކީ އިބްރާހީމް.. އަހަރެން ކައިވެނިކުރީ މާންގެ މަންމަ އާއި ކޮއްކޮ ބޭނުންވިގޮތައް”

“ވަޓް… އަހަރެން ހިއެއް ނުކުރަން މާޝް ތިވަރުގެ ކަމެއް ކޮށްފާނެ ކަމަކައް… ތީ ކިހިނެއް ވީ ކަމެއް….” އަފާފް އަލްމާޝް ދެކެ ރުޅި އަންނަން ބޭނުން ވިޔަސް އެކަމެއް ނުވިއެވެ.

“އަޑު އަހާ… އަހަރެން މިކަން ކުރަން ދިމާވި ގޮތް މި ކިޔާ ދެނީ” އަލްމާޝް ލޮލުން އައި ކަރުނަތައް ފޮހެލުމައްފަހު އަފާފް ގޮވައިގެން ގޮސް އަނެއްކާ ޖައްސާލި އުނދޯލީގައެވެ.

“އަހަރެން ކޮލެޖައް ޖޮއިން ކުރި ދުވަހުން ފެށިގެން ނިމާން އައީ އަހަރެންނައް ފްލަރޓް ކުރަމުން…އަހަރެން ވަރަށް ލަދު ވެސް ގަނޭ އޭރު… ހުރިހާ ކުދިންގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއްނެތި ބުނޭ އޭނާ އަހަރެން ދެކެ ވަރަށް ލޯބި ވެޔޭ.. އިންނަން ބޭނުންވަނީ ވެސް އަހަރެންނާއޭ… އަހަރެން އެންމެ ހައިރާންވީ އެންެމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނިމާން އަހަރެންނައް އަލްމާޝް އޭ ކިޔާފަ ނުގޮވާ މުޅިންވެސް ކިޔަނީ ޝޯނާ…އޭރު އަހަރެންގެ ވިސްނުމުގަ ހުރީ ހަމައެކަނި ކިޔެވުން ކަމަށްވާތީ އޭނާ އުޅޭ ގޮތުން އަހަރެންނައް ވަރަށް އުނދަގު ވަމުން ދިޔައީ.. އަހަރެން އޭނަ އަށް އެއްޗެހި ގޮވާއިރުވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތައް ނުޖެހޭ… އަހަރެންގެ ފޯނައް ގުޅުމާ އަބަދު މެސެޖް ކުރުމާއި.. ގެއަށް ދާއިރު ވެސް ފަހަތުން އަންނާނެ..އެއްދުވަހަކު ކޮލެޖްގައި ބެޑްމިންޓަން މުބާރާތެއް ފަށައިގެން އޭގެ ފައިނަލް އޮތް ދުވަހު އަހަރެމެންގެ ޓީމް މޮޅުވުމުން ޓީމުގައި އުޅޭ ޖޭޑް އުފަލުން އަހަރެންނާއި ސަލާމް ކޮށްލިތަން އޭނައަށް ފެނުމުން އައިނައި ތަނެއް ނޭނގި ފެނުނީ ޖޭޑް ބިންމައްޗައް ތިރިކޮށްލިތަން.. އަދި އެއަށްފަހު ނިމުނީ އެއް ނޫން… އޭނާގެ ގައި މައްޗައް އަރާ އަނގަމަތިން ލޭ ދުއްވާލާ އިނދެ ކިޔަނީ ދުވަހަކުވެސް ތިމަންނަގެ ޝޯނާގެ ގައިގާ އިނގިލިނކުރި ޖައްސާލިއަސް އަތް ބިންދާލާނަމޭ..ތަނުގެ ވެރިން އައި އިރުވެސް އޭނާގެ ގައިގަ ހެއެއް ނެތް.. އަހަރެން ދުވަހަކުވެސް އެވަރުގެ ބިރެއް ނުގަނޭ… އަނބުރާ ގައުމަށް އަންނަން ވެސް އަހަރެން ވިސްނިން…އޭގެ ދެދުވަސް ފަހުން އެއްގޮތަކައްް ވެސް ނިމާން ކޮލެޖުން ނުފެންނާތީ ރައްޓެއްސެއްކުރެން އަހަރެން އަހާލީ ނިމާން ކޮބާހޭ.. އޭގެ ފަހުން އޭނަގެ އެއްވެސް އުނދަގުލެއް ނުވޭ މަަށަކައް..ނޭނގެ ވީގޮތެއް ނިމާން ނުފެންނަން ފެށުމުން މާ ބޮޑަށް މިސް ވާން ފެށީ.. ދެކޭހިއްވާފެށީ… އަހަރެން ކުރިން އޭނައަށް ގުޅީ ވަރަށް ލަދުންހުރެ މިސްކޯލެއް ހަމަ ދިން ތަނުން ގުޅައިފި.. އަހަރެން މާފަށް އެދިފަ ރައްޓިހިކަމަށް އެދުނީމަ ވަރަށް ފަސޭހައިން އެކަމަށް ގަބޫލުވި.. އެރޭ އަހަރެންނައް އެނގުނީ ނިމާން އަކީ ހުއްދަ ހޯދައިގެން އެތާ ހުންނަ މެޑިކަލް ރޫމްގައި އުޅޭ ޑޮކްޓަރ ކައިރީގައި ޕާރޓް ޓައިމް ޖޮބް ގަ އުޅޭ މީހެއް ކަން… އަދި ނިމާން އަކީ އެހެން ތަނަކުން ކިޔަވަމުން އަންނަ މީހެއް ކަން ވެސް… އޭގެ ފަހުން އަހަރެމެންގެ ދެމީހުންގެ އެކވެރިކަން ބަދަހި ވަމުން އައިސް ދެ މަސް ވީ ތަނާ ކޮލެޖްގެ ކުއްޖެއްގެ ބާތްޑޭ ޕާރޓީއެއްގެ ތެރެއިން ނިމާން ދެވަނަ ފަހަރައް ޕްރޮޕޯސް ކުރީ… އެރޭ އަހަރެން ހިތާ ފުރާނައިން ގަބޫލުވީ އެއީ އެކަމައް އަހަރެންވެސް ވަރަށް ބޮޑަށް އެދޭތީ.. އަހަރެމެންގެ ގުޅުމައް ފަސް އަހަރު ވާން އުޅެނިކޮށް އެއްދުވަހު ނިމާން އަހަރެން ގޮވައިގެން ދިޔައީ ހޮސްޕިޓަލައް.. އެރޭ ނިމާން ގެ މަންމަ އާއި އަންހެން ކޮއްކޮއާއި ބައްދަލުވި….ނިމާންގެ ބައްޕަ ބަލިކަމުން އެކި ގައުމުތަކައް ގޮސް ބައްޕަ އަށް ބޭސްކޮށް އެއްގޮތަކައްެވެސް ރަނގަޅު ނުވުމުން އަނބުރާ މެލޭ އަށް ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީ.  އެ ބައްޕަ ފެނުމުން އަހަރެން ހިތައް ވަރަށް އަސަރުކުރި.. ވަރަށް މުސްކުޅި.. އޮތީ ނޭފަތައް ހޮޅި ގުޅާފަ…އަހަރެން ފެނުމުން އެތުންފަތައް ވެރިވި ހިނިތުންވުން އަހަރެން ދެކުނިން.. އަބަދު ދައްކަނީ އެއް ވާހަކައެއް… މަރުވާ ވާހަކަ… މާ ގިނަ ދުވަހަކު ދުނިޔޭގައި ނޯންނާނެ ވަހަކަ… ބޭނުން ވަނީ ބައްޕަ ދުނިޔޭގައި އަހަރެންނާއި ނިމާން ގެ ކައިވެނި ކުރެވޭތަން ދެކުމައް ކަމަށް ބުނި… އަހަރެންގެ އަތުގައި ހިފައިގެން ހުރެ ބައްޕަގެ އެ އެދުން ފުރިހަމަ ކޮށްދިނުމަށް އެދި އާދޭސް ކުރި. އަހަރެންނައް ބަލާލެވުނީ ނިމާން ގެ މޫނައް. އެ މޫނުމަތި އެހާ މާޔޫސް ވެފައި ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެން.. ނިމާން ގެ މަންމަ އާއި ކޮއްކޮ ވެސް އެކަކު އަނެކަކު ގައިގަ ބައްދައިގެން ރޯން ތިބީ…އަހަރެންނައް ނޭނގުނު ކިހިނެއް ކަމެއް ވެސް އަހަރެންގެ އަނގައިން ބޭރުވީ އާއެނކޭ…އެރޭ ނިމާން އަހަރެން ކައިރީގައި އެދުނީ އަހަރެންގެ މަންމަ އާއި ބައްޕަ ވީހާ ވެސް އަވަހައް މެލޭ އަށް ގެނައުމަށް.. އަހަރެން ވިސްނާނަން ކަމަށް ބުނެފަ ފަހުން ދެކޮޅު ހެދީ އެ ހިއްވަރު އަހަރެންނައް ނުލިބުނީމަ.. އަހަރެންނައް ޔަގީންވޭ މަންމަ ވެސް ބައްޕަ ވެސް ގަބޫލެއް ނުވާނެކަން އަހަރެން ބޭރު މީހަކާ ކައިވެނިކުރާކަށް. އޭގެ ހަފްތާއެއް ފަހުން ކޮންމެގޮތެއް ވަރިހަމަ ކޮށްގެން އަހަރެން ނިމާން އާއި ކައިވެނި ކުރީ އެ ބައްޕަގެ އެދުން ބޮލާލާ ނުޖަހަން ވެގެން. ނިމާން ގެ އަންބަކައް ވެވުމުން އަހަރެންގެ ހިތައް ލިބުނު ހިތްހަމަ ޖެހުމަށް ވުރެ ބޮޑަށް ހިތް މާޔޫސް ވީ މަންމަމެން މަތިން ހަނދާންވެފަ. އެކަމަކު ހިތްހަމަ ޖައްސާލީ ކަލާނގެ އާއި ވަކީލު ކޮށްފަ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ އެކަލާނގެ..އަހަރެންނައް ކުށެއް ކުރެވުނު. އެއީ ނިމާން އާއި ކައިވެނި ކުރުމެއް ނޫން.. އެއީ އަހަރެންގެ ދިރިއުޅިމުގެ އެހާ ބޮޑު ކަމެއް ނިންމިއިރު މައިންބަފައިންގެ ހިތްއޮތް ގޮތެއް ނުބެލުނީމަ.. އެކަމާއި އަހަރެން ވަރަށް ހިތާމަ ކުރަން…އަހަރެންގެ ކައިވެންޏައް ދެ ދުވަސް ވެސް ނުވަނީސް ނިމާންގެ ބައްޕަ ނިޔާވި އަހަރެން ކުރިމަތީގަ… އަހަރެންގެ ހިތައް އިންތިހާއަށް އުފާވެރިކަން ލިބުނީ މަރަށް ތައްޔާރުވެފަ އޮތް މީހެއްގެ އެންމެ ފަހު އެދުން ފުރިހަމަ ކޮށްދިން މީހަކީ އަހަރެންނަށް ވެވުނީމަ…އޭގެ ފަހުން މަހެއް ވެސް ނުވަނީސް އަހަރެން މިއައީ މަންމަމެން ކައިރިއަށް. ނިމާން ވަރަށް އަވަހައް މިކޮޅައް އަންނާނެ… ބުނެބަލަ އަފޫ އަހަރެން މިކުރީ ވަރަށް ބޮޑު ކުށެއްތަ… ތުންފަތުގައި ދަތް އަޅާލައިގެން އިން އަފާފް އިނީ ބުނާނެ ބަހެއް ވެސް ނޭނގިފައެވެ. ރޮމުންދިޔަ އަލްމާޝްގެ މޫނައް ބަލަން އިނީ ހަރާކާތެއް       ނެތިފައެވެ.

“ނޫން މާޝް ދެން ހުއްޓާލާ… ތީ ކުށެއް ނޫން… އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ… ޔަގީން މާޝް ތިކުރި ކަންތަކުން ދައްތަވެސް ބޭބެ ވެސް ރުޅި ނާންނާނެ. އަވަހައް ދައްތައަށް ކިޔާދީ… ބޭބެ މާލޭގަ ހުއްޓަސް ދައްތަ ކިޔާދޭނެއްނު… ދެން ހުއްޓާލާ….” އަލްމާޝް ގެ ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނީ އެންމެ ގާތް އެކުވެރިޔާއަށް ހަގީގާތް ކިޔާ ދެވުމުންނެވެ.

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ހިތް ވިންދާނުލައި… (14)

Next

ރަހީނު… 09 ވަނަ ބައި

Next
July 8, 2015

ރަހީނު… 09 ވަނަ ބައި

Previews
July 7, 2015

ހިތް ވިންދާނުލައި… (14)

24 Comments!

  1. Shaalinee says:
    July 7, 2015 at 11:57 pm

    V reethi vaahaka but haadha lahakun ney up kureveny…mihaaru handhaaneh neh kureege prt ga veegotheh…

  2. arsy says:
    July 8, 2015 at 12:10 am

    nice..

  3. Neee says:
    July 8, 2015 at 12:33 am

    girl akah bappa ge valee nulibi marry eh nukureveynu…so maash kihinehbaa hedhy…next part igeyne kanneyge dho

  4. Elyn says:
    July 8, 2015 at 2:05 am

    Nee girl inna vx merry kureveyne gaazee valee dhiniyya…

    1. Neee says:
      July 8, 2015 at 3:00 am

      But gaazee ah ves valee dheveyny vaki khaalaiythakeh medhuveri vegen dho….bappa dhuniyey ga hutta bappa kairin naaha eh girl akah marry nukureveyne… But gaazee in valy dhey bappa men ge nugabooluga kuraa kaivenithakah…

  5. Crazi says:
    July 8, 2015 at 2:21 am

    Yah v nice ahvaha genes dheachey

  6. ushaali says:
    July 8, 2015 at 4:41 am

    Thnx huriha kudhin… kuriah oi bai thakuga huriha ehcheh ves engeyne….

  7. Zam says:
    July 8, 2015 at 9:30 am

    Neee eki mazuhab thakuga kaiveni kuraa goi thafaathu vaane.. ba eh mazuhab thakuga bappa valee nudhinas kaiveni kureveyne

  8. faai says:
    July 8, 2015 at 10:12 am

    almaash kihineh valy hoadhy??????????

  9. naaz says:
    July 8, 2015 at 12:15 pm

    Varah hama nujehey. bappage valee nulibi Muslim anhenunnah kaiveni kureveytha.?

  10. naj says:
    July 8, 2015 at 2:23 pm

    Bappa valley nudhena Muslim ahenuna kaiveni eh nukurevey ne .. But ushaali ebuney enun dhen Anna partu ga igeyney..so no worriers..reethi mi vaahaka ..but too lahey up vaalen

  11. 333 says:
    July 8, 2015 at 2:48 pm

    hama nujehey vaahaka eh.. mi vaahakaiha ulhey anhen meehaa aky bodu moya eh.. dhen mithaaga maa varakah mazhab thah egigen comment kurany kaakutha? ehves mazhabehga noavey valee aa nulaaa anhenakah kaiveni kure vey neyey.. thee dheen kiyavaigen huri meehehtha? ehenviyya anhenun faithila foruvan jehey kamaa medhu vex ikhthilaafu dhoa.. varah hehvaa.. burugaa elhumaky ves ikhthilaaf huri mahsala ekoa.. keekay bunany? mazhabey kiyaigen vaahaka dhahkaany mazhabthah hithu dhas kohfa.. mee dheenee ilmuverinneh noon..

  12. Suna says:
    July 8, 2015 at 2:50 pm

    Mi Vaahakaiga sukun thakuge kuh hurikan faahaga kurevey.. alif sukun shaviyani sukun kahala.. ragalhu kohlan feney

  13. Nice Flower says:
    July 8, 2015 at 2:55 pm

    Mamee almaash nama e firihen meehaa aa marry eh nukuraanan.. v foohivey baeh meehun maru dhaan mathy ga ovefa ves kohlaane bodethi vasiyyai thah.. visnaalan vaane dhw e kahala vassiyyai kuraa iru..

  14. Lagoon says:
    July 8, 2015 at 2:58 pm

    Kon irakun Next part?

  15. Doti says:
    July 8, 2015 at 3:05 pm

    Baeh anhen kudhin hama gamaary.. firihen kuhjaku flirt kohlaa irah anhen kuhjaa hunnaany hehlifa.. dhen bunaany thimanna v loabi veyo e firihen kuhjaa dheke.. thaneh dhoreh balaanulaa aaekey bunaany kaivenyah.. Aslu gina firihen kudhin Flirt kuraany foohi filuvaalan.. aslu hageegee loabi vanyaa huredhaane nubune foruvaigen ves… nooney massage akun kahala gothakah angaalaany.. fennahaa firihenakaa hedhi nujehey moya vaakah.. anhen kudhin visnaalan vejje… mi vaahaka liyaa kuhjaa ragalhu ibratheh dheythi anhen kudhin nah..

  16. - says:
    July 8, 2015 at 3:07 pm

    Nice Story

  17. liu says:
    July 8, 2015 at 5:18 pm

    E hadhan story ah vee kihineh tha??? E story up nuvey miharu.

  18. ushaali says:
    July 8, 2015 at 9:53 pm

    Hehe… thnx huriha kudhin…almash ah ves maa bodah loabi vevuny… jehigen oi partuga nethas vahaka kuriah dhaa varakah huriha ehcheh engigendhaane… so wait kuraany dhw ehaa thanah… n liu ah…. e handhaan vahaka aee kuru vahaka eh… nimifa innaany…. balaalache adhi eh faharudhn sukun thakuge massala rangalhu kuraanan engey… ☺☺☺

  19. jui says:
    July 9, 2015 at 1:44 pm

    bappa ge valy nulibi muslim anhen kuhjjakah kaiveni nukureveyne. so mi vaahaka varah hama nujehey. dhn kyvvetha ehaa lahun up kurany? this is so boring…

  20. AR says:
    July 9, 2015 at 8:01 pm

    Muslim unhen kujjakah eves mazhabeh ge meehakaa kaiveni nukurevay ne bappa ge valee are nulai bappa duniyaiga huriyya

  21. - says:
    July 10, 2015 at 2:45 pm

    bappa dhuniyeyga nethiyaa beybege valy aa eky idheveyney

  22. - says:
    July 10, 2015 at 2:46 pm

    bappa nei kuhjeh vejjiyya gaazee e kaiveni kohdheyny

  23. Ishaan says:
    February 20, 2016 at 8:50 pm

    woowowow

Comments are closed.


All Right Reserved!