Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (14)

zaisha Level 210 Stories
July 7, 2015 7 Mins Read
43 Comments

އޭނާ ފުރާނައަށްވުރެން ބޮޑަށް ލޯބިވާ މާކިންގެ ކައިރީގައި އަބަދުވެސް ވާނެއެވެ. އިނާރާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މި މަންޒަރު ފެންނަ މީހެއްގެ ހިތަށް އަސަރު ނުކޮށެއްނުދާނެއެވެ.

އެސްފިޔަތަށް ދުރުކޮއްލަމުން ލޯ ހުޅުވާލި މާކިންއަށް ފެނުނީ ސީލިންގުގައި އިން ފަންކާ އެނބުރެމުން ދިޔަ މަންޒަރެވެ. އޭނާގެ މޭމަތީގައި ބޯއަޅާލައިގެން ނިދިފައި އޮތް އިނާރާގެ އިސްތަށިގަނޑު އޮތީ ޓައިލްސް ތަކުމަތީ ފެތުރިފައެވެ. މާކިން ދެލޯ އުނގުޅާލުމަށްފަހު އިނާރާ ދުރުކޮއްލަން ތެދުވިތަނާ އޭނާގެ ނަޒަރު ހުއްޓުނީ އިނާރާގެ ކޮލަށްށެވެ. ރަތްވެފައިވާ ކޯ ފެނި މާކިންއަށް ރޭގެ ހަނދާންތަށް އާވިއެވެ. އެލީސްއާއި ހެދި އޭނައަށް ރާ ބޮވުމާއި ކޮޓަރިއަށް އައިސް އިނާރާއަށް އަނިޔާކުރެވުނު މަތިން ހަނދާންވުމުން އަތުން ނިއްކުރީގައި ހިފައްޓާލިއެވެ.

މާކިންތެދުވުމުން އިނާރާއަށްވެސް ހޭލެވުނެވެ. ރަނގަޅަށް ލޯ ހުޅުވާލެވުނު އިރު ކައިރީގައި އިން މާކިން ބޮލުގައި ހިފަހައްޓައިގެން އިން މަންޒަރު ފެނުމުން ތެދުވެ އިށީނެވެ. “ބޮލުގައި ރިއްސަނީތަ؟؟ މަޑުކުރެ ޕެނެޑޯލް ނަގާނަން..” އިނާރާ މިހެން ބުނިތަނާ މާކިން ތެދުވިއެވެ. “ކޮންމެހެން މާ ރަނގަޅު ވެގެން އުޅޭނެ ކަމެއް ނެތް!” މާކިން މިހެން ބުނެފައި އިނާރާއަށް ބަލައިލުމެއް ވެސް ނެތި ގޮސް ފާޚާނާއަށްވަނެވެ.

އިނާރާ ތެދުވެގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓެލުމުން ކޮލުގައި ހުރި ނިޝާންފެނުނެވެ. މަޑުމަޑުން އެތަނުގައި އަތްލިއިރު ކޮލު ކަށިގަނޑުގައި ތަދު ހުރިކަން އިހުސާސްވިއެވެ. މާކިން ރޭގައި އެހެން ކަންތަން ކުރެވުނީތީ މަޢާފަށް ނޭދުނު ތާނގައި އޭނާއާއި ދިމާއަށް ބަލައިވެސް ނުލިއެވެ.

 ކޮޓަރީގައި ހުރި ކުޑަ އައިސް އަލަމާރި ހުޅުވާލުމަށްފަހު އެތަނުން ގަނޑުވެފައި އޮތް ކުޑަ ފެންފުޅިއެއް ހިފައިގެން އައިސް އިނާރާ އެނދުގައި އިށީދެލިއެވެ. އެ ފުޅި ކޮލުގައި ޖައްސަމުން ދިޔައިރު އިނާރާގެ ލޮލުން ފޭދުނު ކަރުނައިން ކޯތާފަތް ތެމުނެވެ. އަޑެއްވެސް ލައްވާނުލައި އިނދެ ރޮވެމުން ދިޔައިރު އެ ހިތުގައި އަޅާވޭން އެކަކަށްވެސް އިހުސާސެއް ނުވާނެއެވެ.

މެންދުރުން އަނބުރާ ތިނެއް ޖެހިއިރު އިނާރާ ދިޔައީ ފުރަން ތައްޔާރުވަމުންނެވެ. ދުރުގައި ހުރި މާކިން ކޮންމެވެސް މީހަކަށް ގުޅަން ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓެވެ. “ހަލޯ.. ބައްޕާ، އަޅުގަނޑުމެން މިއަދު ހަވީރު ފުރަން މި އުޅެނީ..” ނާޒިމްއާއި ފޯނުން ވާހަކަ ދައްކަމުން އައިސް އެނދުގައި އިށީދެލިއެވެ. “އެ ވީ ގޮތަކީ އިނާރާ އޮފީސް ބައެއް މަސައްކަތްތަށް ނިންމަން ވިއްޔޯ.” އިނާރާއާއި ދިމާއަށް ބަލާލަމުން މާކިން ބުނެލިއެވެ.

އެހާ އަވަހަށް މާލެދާން ނިންމީވެސް މާކިންއެވެ. ނަމަވެސް އެކަންވެސް މިއެޅުވީ އިނާރާގެ ބޮލުގައި ކަމުން އޭނާ އިތުރުއެއްޗެކޭ ނުބުނެ ފޮއްޓަށް އެއްޗެހި އަޅަމުން ދިޔައެވެ. “ފަސް ގަޑި ބައި ހައިކަށްއިރު ގެއަށްދެވޭނީ.. ލައްބަ.. ބައި.” މާކިން ފޯނު ބޭއްވުމަށްފަހު ޖީބުން ސިނގިރޭޓެއް ނަގައި ރޯކޮއްލިއެވެ. އިނާރާއަށް މި މަންޒަރު ފެނި ހުރީ ގަބުވެފައެވެ. މީގެ ކުރިން މާކިން ސިނގިރޭޓު ބޯކަމެއް އޭނައަކަށް ނޭނގެއެވެ.

ސިނިގިރޭޓު ބޮމުންދިޔަ މާކިން ދުރުގައި ބަލަހައްޓައިގެން ހުރި އިނާރާފެނުމުން ހިތްހަމަ ނުޖެހުނެވެ. “ކިހިނެއްވި ތި ކަޅި އަޅަނީ؟” މާކިން ބުނެލިއެވެ. “ކޮން އިރަކު ސިނގިރޭޓު ބޯން ފެށީ…” އިނާރާއަށް އިޚުތިޔާރަކާއި ނުލައި މިހެން ބުނެވުމުން ކުޑަކޮން ބިރުގަތެވެ. މާކިންއާއި އެ ގޮތަށް ސުވާލު ނުކުރުމަށް ބުނެފައިވާއިރު މި ކުރެވުނީ ކީއްހެއްޔެވެ.

“އެ ކީއްކުރަން ބަލާއެއްޗެއް.. އަހަރެން ބޭނުން ކަމެއް ބޭނުން އިރަކު ކުރާނަން. ކޮންމެހެން ކަމެއް ކުރަން ބަމްބީ ކައިރިން ހުއްދައަށް އެދެން ޖެހޭތަ؟؟” މާކިން އައިސް އިނާރާގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. އިނާރާ އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއިރު ސިނގިރޭޓުން އަރަމުން ދިޔަ ދުމުން އޭނާއަށް އުނދަގޫވެ ކުޑަކޮން ނޭފަތުގައި އިނގިލި ޖައްސާލިއެވެ. މި މަންޒަރު ފެނުމުން މާކިން ސިނގިރޭޓު ބޯލުމަށްފަހު ހުރިހާދުމެއް އިނާރާގެ މޫނަށް ދޫކޮއްލިއެވެ.

މާކިންގެ މި ޢަމަލުން އިނާރާ ކޮށިއެރި އިރު ދެލޮލަށް ފެންޖަމާވުމުން އޭނާ ދެފިޔަވަޅު ފަހަތަށް އެޅިއެވެ. “ކީއްވެ ތި ދުރަށް ދަނީ… އާދެބަ ކައިރިއަށް..” މާކިން މިހެން ބުނެފައި އިނާރާގެ އަތުގައި ހިފައި ދަމައިގަތުމުން އޭނާ އައިސް މާކިންގެ ގައިގައި ތަތްވިއެވެ. “އަދި ބަމްބީއަށް ވެސް މި ބޯންދޭނަން. އިނގޭ. ސޯ ގެޓް ޔޫސްޑް ޓު ދިސް.” މާކިން މިހެން ބުނެފައި އަނެއްކާވެސް އިނާރާގެ މޫނަށް ދުންތަށް ދޫކޮއްލިއެވެ.

ލެޕްޓޮޕަށް ގެއްލިފައި އިން ރާހިލް އިނީ ޑިއުޓީގައެވެ. އޭނާގެ އެންމެފަހު ޕޭޝަޓުގެ ގަޑި ނިއްމާލުމަށްފަހު ގެއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ބައެއް އެއްޗެހި ނިންމަން އިން ރާހިލް މަސައްކަތް ހުއްޓާލީ ފޯނަށް މެސެޖެއް އައުމުންނެވެ. ނޭގޭ ނަމްބަރަކުން ކޮއްފައި އިން މި މެސެޖް ހުޅުވާލުމުން އިނީ ‘ހައި’ އެއް ޖަހާފައެވެ. ރާހިލް މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ  މަސަތްކަތަށް އެނބުރުނެވެ.

ނަމަވެސް އަނެއްކާވެސް ފޯނަށް މެސެޖެއް އައުމުން ހުޅުވާލިއިރު ހަމަ އެ ނަމްބަރު އައި މެސެޖެކެވެ. މިފަހަރު އޮތް މެސެޖުގައި އިނީ މިއަދު ނާންނަންހެއި އަހާފައެވެ. ރާހިލްއަށް މިއީ ކާކުކަން ނޭނގުމުން ކާކުތޯ އަހައި މެސެޖް ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި އައި މެސެޖްގައި ބުނެފައި އޮތީ އެއީ މަލަކް ކަމަށެވެ. މަލަކްއަށް އޭނާގެ ނަމްބަރު ލިބުނީ ކިހިނެތްބާއޭ ހިތަށްއެރިއެވެ. ތެދެކެވެ. އޭނާ މިއަދު މާ ބުރަވުމުން އެ ގެއަށް ނުދެވޭނެ ވާހަކަ ބުނަން ހަނދާން ނެތުނީއެވެ.

ރާހިލް އޭނާގެ ނަމްބަރު ލިބުނީ ކިހިނެތްކަން އަހައި ވީގޮތް އޮޅުން ފިލުވައި ދެމުން މެސެޖް ކުރިއެވެ. މަލަކްއަތުގައި ފޯނު ނޯންނައިރު އޭނާ މި މެސެޖްކުރީ ކިހިނެތްކަން ރާހިލްއަކަށް ނުވިސްނުނެވެ. ރާހިލް މި ޚިޔާލަށް ގެއްލިފައި އިންދައި ފޯނު ރިންގުވިއެވެ. ގުޅަނީ މަލަކްއެވެ. ރާހިލް ދެ ޚިޔާލެއްގައި ހުރެފައި ފޯނުނެގިއެވެ.

“ހަލޯ..” ރާހިލް ބުނެލިއެވެ. “އައި ގޮޓް މައި ފޯން ބެކް. ބައްޕަ މިއަދު ވަރަށް ނަސޭހަތް ދީފައި ފޯނު ދީފި. ދެން މީގަ އިނޭ ރާހިލްގެ ނަމްބަރ. ދެން ނައިސް ލަސްވާތީ މެސެޖް ކޮއްލީ. މަންމަ ނުބުނޭ ވިއްޔަ ނާންނާނެ ވާހަކައެއް.” މަލަކް އެއްފަހަރާ ހުރިހާ ކަމެއް އޮޅުން ފިލުވައިދިނެވެ. “މިއަދު ތަންކޮޅެއް ބިޒީ ވީމަ އާޝިޔާއްތައަށް ގުޅާފައި ބުނަން ހަނދާން ނެތުނީ..” ރާހިލް މިހެން ބުނުމުން އެ ދެމެދުގައި އިރުކޮޅަކަށް ވާހަކަ ނުދެކެވި ދިޔައެވެ.

ރާހިލް ހުރީ އެނާ އިތުރަށް ބުނަންވީ ކީކޭކަން ނޭނގިފައެވެ. “ސޯ.. މާދަން އަންނާނަމެއްނުން.. ބައި އިނގޭ..” މަލަކް މިހެން ބުނުމުން ރާހިލްވެސް ފޯނުބޭއްވިއެވެ. އިރުކޮޅަކަށް ނަމަވެސް މަލަކްގެ އަޑުއިވުމުން އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިށީދެގެން އިން ގޮނޑީގައި ދެމިލަމުން މަލަކްއާއި ދޭތެރޭ ޚިޔާލުކޮއްލިއެވެ. މިހެން އިންނައިރު އެ ތުންފަތަށް ހިނިތުންވުމެއް ފާޅުވެއެވެ.

އިބްރާހިމް ނާސިރް އިންޓާނޭޝްނަލް އެއާރ ޕޯޓަށް ޖެއްސި ފްލައިޓުން ފައިބައިގެންއައި މާކިންގެ ފަހަތުން އިނާރާ އާދެއެވެ. މުޅި ދަތުރުގައިވެސް މާކިން ހުރީ މަޑުމޮޅިވެފައެވެ. އޭނާ އިނާރާއާއި ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ދަބަސް ނަގައިގެން ދެމީހުން ފެރީއަށް ދިޔަ މަގުމަތީގައި މާކިން ޒެރީންއަށް ގުޅާލިއެވެ.

 “ހޭއި ޒެރީން. މާލެއަށް އައީ މިހަމަ. ފްރީ ވެލީމަ ގުޅާނަން އިނގޭ.. ޔަޕް.. ބާއި.” އިނާރާގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއްނެތި އެހެން އަންހެނަކަށް ގުޅާލިއިރު އެ ހިތަށް އެއްވެސް އަސަރެއް ނުކުރާހެން ހީވިއެވެ. ނަމަވެސް މާކިން އެގޮތަށް ކަންތަން ކުރީ އިނާރާ ހިތުގައި ޖައްސާލުމަށްށެވެ. އޭނާއަކީ މާކިންއަށް އެއްވެސް ވަރަކަށް މުހިއްމު ނޫން މީހެއްކަން އަންގައި ދިނުމުގެ ބޭނުމުގައެވެ. އިސްޖަހައިގެން ހިނގާފައި ދިޔަ އިނާރާއަށް އެ ހުރިހާ ވާހަކައެއް ރަނގަޅަށް ވެސް އަޑުއިވުނެވެ. މާކިން ކުރަން ބޭނުންވި ކަންތަންވެ އިނާރާގެ ހިތުގައިވެސް ޖެހުނީއެވެ.

“ގެއަށް އައިސް ދެކުދިން މައްޗަށް ފޮށި ލާފައި އާދެ އިނގޭ ތިރިއަށް ސައިބޯން.. އާނ.” ނާޒިމް ފޯނުން މާކިންއަށް ގުޅާލުމަށްފަހު ވާހަކަދައްކަމުން ބުނެލިއެވެ. ސޯފާގައި އިށީދެލައިގެން އިން ނާޒިމް އިންތިޒާރު ކުރަމުން ދިޔައީ މާކިން އަންނާނެ އިރަކަށްށެވެ. މިއަދު  މާކިންއަށް އެނާ ވިސްނަދޭނެއެވެ.

ލިފްޓުން މައްޗަށްއެރި މާކިން އެދުނި އިނާރާ ސައިބޯން ދިއުމަށްށެވެ. މާކިން ގޮސް މައްޗަށް ފޮށި ލާފައި އަންނާނެ ކަމަށް ބުނުމުން އިނާރާ ދެކޮޅެއް ނެހެދިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން އިނާރާ ފެނުމުން ނާޒިމް ތެދުވިއެވެ. “ކޮބާ މާކިން؟؟” ނާޒިމް ސުވާލުކުރިއެވެ. “ފޮށި ލާން ދިޔައީ އެބައާދެ.. ކޮބާ މަންމަ.” އިނާރާ އައިސް ނާޒިމް ކައިރީގައި މަޑުކޮއްލިއެވެ. “އެބަ އުޅޭ ކޮޓަރީގައި. އަންނާނެ އިރުކޮޅަކުން.. އާދެ ބައްޕައާއި އެކީ އިށީދެލަން.. ދަތުރު ކިހިނެތް.” ނާޒިމް ސޯފާގައި އިށީދެލަމުން ބުނެލިއެވެ.

“ވަރަށް މަޖާ.. އެކަމަކު ބައެއް ކަންތަން ކުރަންވެފައި ހުރީމަ އައީ.” ސޯފާގައި އިން އިނާރާ ބުނެލިއެވެ. “ދަރިފުޅު ހިތްހަމަޖެހިގެން ދޯ ތި އުޅެނީ.” ނާޒިމް ފަރުވާތެރި ކަމާއިއެކީ އިނާރާއަށް ބަލައިލަމުން ބުނެލިއެވެ. “ލައްބަ…” އިނާރާ ފާޑަކަށް އިނދެފައި ބުނެލިއެވެ. ކުއްލިއަކަށް ނާޒިމްގެ ލޮލުގައި އަޅައިގަތީ އިނާރާގެ ކޮލުގައި ފޭދެމުން ދިޔަ ނިޝާނަށްށެވެ. ކުޑަކޮން ރަތްވެފައި ހުރިއިރު ދުޅަކަންވެސް އޭނާއަށް ފާހަގަ ވިއެވެ. “އަހާ މިހިރި ކިހިނެތް ވެފަ..” ނާޒިމް އިނަރާގެ ކޮލަށް އިޝާރާތް ކުރަމުން މިހެން ބުނިއިރު އިނާރާއަށް ހިވީ އޭނާގެ ހިތް ގެނބުނު ހެންނެވެ. ހާކާފައި ހުރި ފައުންޑޭޝަން ދަތުރު ކޮއްފައި އައުމުން ފިލީކަން އިނގުމުން މަޑުމަޑުން އެ ތަނުގައި އަތް ލެވުނެވެ. އޭރުވެސް އެތަނަށް ތަދުވާކަން އިހުސާސް ވިއިރު އިނާރާ ބުނާނީ ކީކޭ ކަމެއް ނޭނގުނެވެ.

“އެއީ.. އެއީ ކައްސާލައިގެން ޕޫލް ކައިރިއަށް ވެއްޓުނީ..” އިނާރާ މިހެން ބުނެލިއިރު އެ ހިތް ނެގިނެގިފައި ޖެހެއެވެ. “މާކިންއަށް އިނގޭތަ. އަޅެ މިވަރު ވީއިރު އޭނާ ނުބަލަތަ ހުރީ.” ނާޒިމް މިހެން ބުނުމުން އިނާރާ ކުޑަކޮން ހީލީއެވެ. “ރަނގަޅުވާނެ މާދަން ވާއިރަށް. ބައްޕަ އެހާ ހާސްނުވެބަ..” އިނާރާ މިހެން ބުނިތަނާ ދޮރު ހުޅުވުނު އަޑުއިވުނެވެ.

މާކިން ގޭތެރެއަށް ވައިން އިރު އިނާރާ އޭނާގެ ކޮލުގައި އަތް އަޅައިގެން އިންއިރު ކައިރީގައި އިން ނާޒިމްގެ މޫނުމަތިން ނުރުހުންވެރިކަން ފާޅުވާން ހުއްޓެވެ. އަނެއްކާއި އިނާރާ ވީ ހުރިހާކަމެއް ނާޒިމްއަށް ކިޔާދިނީ ނުންބާއޭ މާކިން ހިތަށްއެރިއެވެ. ސިޓިން ރޫމަށް ނިކުއިން އާޝިޔާ ފެނި އިނާރާ އަވަހަށް ތެދުވެގެން އެދިމާއަށް ދިޔައެވެ.

“ހިނގާ އަވަހަށް ސައިބޯން.. ކިހިނެތްތަ އިނާރާ..” އާޝިޔާ އައިސް އިނާރާ ގޮވައިގެން ކާގެއަށް ދަމުން ބުނެލިއެވެ. އޭރު ސޯފާގައި އިން ނާޒިމް ތެދުވެގެން އައިސް މާކިން ކައިރީގައި ހުއްޓެލިއެވެ. “އިނާރާއަށް އަނިޔާ ވާއިރުވެސް މާކިންއަށް ހަމަ ނޭނގެނީތަ! އެ ފަކީރު ކޯ އެހެރީ ދުޅަވެފައޭ… ބައްޕަ އެބަޖެހޭ މާކިންއާއި މުހިއްމު ވާހަކައެއް ދައްކަން. ސައިބޮއެ ނިމިގެން އެކަމު. އާދެ.” ނާޒިމް މަޑުން ވާހަކަދެއްކި ނަމަވެސް އެ އަޑުގައި ހުރި ރުޅިވެރިކަން ހާމަވުމުން މާކިންއަށް ވަގުތުން ވީގޮތް އިނގުނެވެ.

ސައިބޯން މޭޒުކައިރީގައި އިށީދެލިއިރު އިނާރާއަށް އޭނާ ކަޅިއަޅާލިއެވެ. މާކިން ނެތް ވަގުތުބަލައި ވީ ކަންތަން ބައްޕަ ކައިރީގައި ކީކަން އޭނާއަށް ޔަޤީންވިއެވެ. އެހެން ނޫންނަމަ ނާޒިމް އެހާ ސިދާ ބަހުން މާކިންއައި ދިމާއަށް އެހެން ނުބުނާނެކަން އިނގެއެވެ. ސައިބުއިން ކުރިޔަށް ދިޔައިރު މާކިން މާ ވަރަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ސައިބޮއެ ނިމުމުން ނާޒިމް މާކިން ގޮވައިގެން ބެލްކަންޏަށް ނިކުތެވެ. “މާކިން ތި އުޅުން ބަދަލު ކުރާނީ ކޮންއިރަކުން؟؟” ނާޒިމް ވާހަކަފެށިއެވެ. “ކޮންކަމެއް؟” ރެއިލިންގައި އަތް އަޅުވާލައިގެން ބޭރު ބަލަން ހުރީ މާކިން ބުނެލިއެވެ. “ކޮން އުޅުމެއް ހެއްޔޭ؟؟ މާކިން އޮފީހުގައޭ ހުރީ ކިޔާފަ އެދުވަހުވެސް ހެދީ ދޮގު. ނުބުނާތި ނޫނެކެ.” ނާޒިމްގެ ދެއްކި ވާހަކައިން މާކިންގެ ރުޅި އިތުރުވިއެވެ.

“ބައްޕަ ނޫޅެން ކޮންމެހެން ދިޔައީ ކޮންތާކަށް ތޯ ބަލާކަށް. އެކަމަކު އިނާރާއަށް ތިހެން ހަދަން ހެޔޮވާނެތަ؟ އޭނަ މާކިންއަށް އެހާ ރަނގަޅަށް ކަންތައް ކޮއްދޭއިރު މާކިން ތި އުޅެނީ ކިހިނެތް. ތި އުޅުން ބަދަލު ކުރަން ޖެހޭނީ. އެހެން ނޫނީ ބައްޕަ ކަންތަން ކުރާލެއް މާކަށް ރަނގަޅެއް ނުވާނެ. އަޑުއިވިއްޖެ. މީގެ ފަހުން އިނާރާއަށް އެއްވެސް ކަހަލަ އަނިޔާއެއް ދީގެން ނުވާނެ.” ނާޒިމް މިހެން ބުނީކީ ކޮންމެހެން މާކިން އިނާރާއަށް އަނިޔާ ކުރާކަން އިނގިގެއްނެތް ނޫނެވެ.

ނަމަވެސް މާކިންއަށް ހީވީ އިނާރާ ހުރިހާ ހަޤީޤަތެއް ކިޔާދިނީކަމަށެވެ. މާކިން ދެއަތް ޖީބަށް ޖަހާލަމުން އަތް މުއްކެވުނެވެ. އެނާ އައިސްފައި ހުރިރުޅި މައިތިރިކުރަން މަސައްކަތް ކުރިއެވެ. “ލައްބަ” މާކިން ބުނެލީ ހަމައެކަނި މިހެންނެވެ. ނާޒިމް ދެން އިނާރާ ގޮވައިގެން ދިއުމަށް އެދުމުން މާކިން އެތަނުން ދިޔައެވެ.

ދެމީހުން ލިފްޓަށް އެރިއިރު މާކިންއަށް ހީވީ އޭނާގެ އެތެރެ ހަށި ރުޅިއައިސްގެން ފަޅައިގެން ގޮސްދާނެހެންނެވެ. އޭރު ކައިރީގައި ހުރި އިނާރާއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. ގޭތެރެއަށް ވަދެވުމާއި އެކީ އިނާރާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިއާއި ދިމާއަށް މާކިން މިސްރާބުޖެހިއެވެ. އިނާރާ ހުރީ ވާނުވާ ނޭނގިފައެވެ. އޭނާ ދަމާފައި އެ ގެންދިޔަ ގޮތަށްގޮސް ހޫރުވާލި ގޮތަކުން އިނާރާގެ ކޮނޑުހުޅަށް ވެސް ތަދުވިއެވެ.

“ބައްޕަ ކައިރި ހުރިހާ ވާހަކައެއް ކިޔުނީމަ ހީކުރީތަ އަހަރެން ބިރުގަންނާނެއޭ!” މާކިން ހަޅޭލަވައި ގަންނަމުން ގޮސް އިނާރާގެ އަނގަމަތީގައި ހިފިއެވެ. މާކިން ހިފިލެއް ބާރުކަމުން އޭނާ ތަދުވެފައިވާ ކޮލު ކަށިގަނޑުގައި އިތުރަށް ވޭން އެޅިއެވެ. “ނު.. ނޫން.. ނު.. ނުކިޔަން..މާ..” އިނާރާ އުނދަގުލުން މިހެން ބުނިއިރު އެނާ ދިޔައީ އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުންނެވެ. “ކޮން ދޮގެން ހަދާކަށް!! މިހާރު އަހަރެންގެ ކުރިމަތީގައި ދޮގު ހަދަންވެސް ކެރުނީތަ. ބުނެބަލަ!!” މާކިން ދިޔައީ ހަޅޭލަވަމުންނެވެ.

އިނާރާގެ ކޮލުން ދޫކޮއްލުމަށްފަހު މާކިންއަތުން ބޮލުގައި ހިފާއްޓާލިއެވެ. އޭރު އިނާރާ އަނގަމަތީގައި އަތް އަޅައިގެން ހުރެ ރޮމުންދިޔައެވެ. “މިހާރު ތި އުޅޭނީ ހިސާބަށް ވުރެން ބޮޑަށް ހިތް މޮޅުވެގެން! އަހަރެންގެ ނުލަފާކަން ދައްކާލާނަމޭ މިއަދު!” މާކިން މިހެން ބުނެފައި ކަބަޑުގެ ވަތްގަނޑު ހުޅުވާލުމަށްފަހު އެތަނުން ބޮޑި ކަތުރެއް ނެނގިއެވެ.

އިނާރާއަށް މި މަންޒަރުފެނި ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ ބިރުން ރޫރޫއަޅަމުން ދިޔައިރު މާކިންގެ ލޮލުން ހީވީ ކަނި ބުރަމުން ދިޔަހެންނެވެ. “އިނާރާ ނުޖެހެޔޭ އަހަރެމެން ދެމީހުން ދޭތެރޭގައި ހިނގައި ކަންތަކުގެ ވާހަކަ އެހެން މީހުން ކައިރި ކިޔާކަށް! ކިތަށް ފަހަރުތަ ބުނަންވީ!!” މާކިން އެ ދިޔަގޮތަށްގޮސް އިނާރާގެ ދޫކޮއްލެވިފައި ދިގު އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަމުން ބުނެލިއެވެ. “ނުކިޔަމޭ.. ނުކިޔަން..” އިނާރާ ރޮވިފައި ހުރެ ބުންޏެވެ.

“އާނ ނުބުނާތި އެ ހުރިހާ ކަމެއް ބައްޕައަށް ކިޔަން އިނގުނީ.. އަހަރެން ލަދު ގަންނަވާނެ ގޮތެއްނޭނގި ގެއްނުން ތި އުޅެނީ!” އިނާރާގެ އިސްތަށިގަނޑުގައި ހިފައި ދަމައި ގަންނަމުން މާކިން ބުނެލިއެވެ. އަތުގައި އޮތް ކަތުރު ނަގައި މާކިން އިނާރާގެ އެ ރީތި އިސްތަށިގަނޑު ބުރިކުރަން ފެށިއެވެ. އޭރު އިނާރާ މާކިންގެ އަތް ދުރުކުރުމަށް ތެޅިފޮޅެމުން ދިޔައެވެ. “ނޫން..ނޫން.. ތިހެން ނަހަދާ!! މާކިން ނޫން!” އިނާރާ އާދޭސް ކުރަމުން ދިޔައިރު މުޅި ކޮޓަރީގައިވަނީ އޭނާގެ ވޭނީ ރުއިމުގެ އަޑު ހިފާލާފައެވެ.

މާކިން ހިތް ފުރޭވަރުވުމުން ކަތުރު ބިއްމައްޗަށް އެއްލާލުމަށްފަހު އިނާރާގެވެސް ކޮއްޕާލިއެވެ. ބިންމަތީގައި ޖެހުނު އިނާރާ ވީ ތަދުން ހަޅޭލަވައި ގަނެވުނެވެ. ހަމަ އެއް ސިކުންތުގައި މާކިން ތިރިވެ އިނާރާގެ އަނގައަށް ފިއްތާލިއެވެ. “މާ ބާރަށް ހަޅޭ ލަވާނެކަމެއް ނެތް!! މީގެ ފަހުން ތި އަނގަ ހުޅުވާލިޔަސް މިއަށް ވުރެން ބޮޑުވަރު ކުރާނަން!!” އިނާރާގެ އަތަށް ފައިން އެރުމަށްފަހު މާކިން ދަމުން ބާރަށް ދޮރުޖެހުމަށްފަހު  ކޮޓަރިން ނިކުމެގެން ދިޔައެވެ. އިނާރާގެ އެއްވެސް ކުށެއްނެތި އެފަކީރަށް އެ ހާލު ޖެއްސިއިރު މާކިންގެ ހިތް އަޅެ އެއީ ހިލަގަނޑެއް ބާއްވައެވެ.

ޓައިލްސްތަކުމަތީގައި ހުރި ބުރިވެފައިވާ އިސްތަށިތަށް ނަގަމުން ދިޔަ އިނާރާ ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭނާ ބައެއް އިސްތަށިތަށް ނަގައި ގަޔާއި ކައިރިކޮއްލިއެވެ. އޭނާގެ އެހާ ލޯބިވާ އިސްތަށިގަނޑު މާކިން އެ ކޮށާ ކުދިކޮއްލީ އެއްވެސް ރަޚުމެތް ނެތިއެވެ. އިނާރާ މިހާރު އޭނާގެ ކަނދުރާއަށް ވުރެ މައްޗަށް އަރައި އިސްތަށިކޮޅުގައި ހިފާލަމުން ރޮއެގަތެވެ. އެކި ގޮތްގޮތަށް ކޮށިފައި ހުރި އޭނާގެ އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އިނާރާ ބިންމަތީގައި އޮށޯވެ ދެފައި ކުރުކޮއްލައިގެން އޮވެ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު އޭނާ ވަށައިގެން ވަނީ ކޮށާލެވިފަވާ އިސްތަށިތަކެވެ. ކުއްލިއަކަށް އިނާރާގެ ވޭނީ ރުއިމުގެ އަޑު މުޅި ކޮޓަރީގައި ގުގުމައިގެން ދިޔައެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ހަވާތިފް… 14 ވަނަ ބައި

Next

އަލްމާޝް -2

Next
July 7, 2015

އަލްމާޝް -2

Previews
July 7, 2015

ހަވާތިފް… 14 ވަނަ ބައި

43 Comments!

  1. Imattey says:
    July 7, 2015 at 4:59 pm

    Zai hama v best igey
    hehe i am first today
    v salhi

    1. gggg says:
      July 15, 2015 at 12:29 am

      nice

  2. shaama says:
    July 7, 2015 at 5:09 pm

    V reethi

  3. Rishme says:
    July 7, 2015 at 5:11 pm

    V v salhi mi part vex…

  4. shiaa says:
    July 7, 2015 at 5:13 pm

    varah rythi

  5. shaxu says:
    July 7, 2015 at 5:13 pm

    Next part mirey upload kohdehchey.

  6. Sam says:
    July 7, 2015 at 5:14 pm

    Wow v salhi ingey mi part vx…

  7. flower says:
    July 7, 2015 at 5:15 pm

    Reethi mi part vess.. but haadha dhera veyey kiyaa iru inaara ah hadhaa gothun…plz markin rangalhu kurey…noonas markin eyoh handsome boy gose kuryma v ehenkahala feel eh vany..well waiting for next part.

  8. shyn says:
    July 7, 2015 at 5:17 pm

    Vrh reethi mi prt vesss. Waiting for the next prt….

  9. Jam says:
    July 7, 2015 at 5:20 pm

    v reethi ingey

  10. Nuzzath says:
    July 7, 2015 at 5:21 pm

    Alhey.. emanjjedw.. Avahah maakin gaathun emanjje salaamai kurey

  11. love love says:
    July 7, 2015 at 5:22 pm

    Vvvv salhi… dhn avahah next part up kohbA… mihaaru keh kurevenii eh vx nooneyy..

  12. Dantes says:
    July 7, 2015 at 5:29 pm

    Mi part ves v reethi
    Waiting for next part

  13. finni says:
    July 7, 2015 at 5:30 pm

    vvvvvvvv nice….

  14. butterfly says:
    July 7, 2015 at 5:32 pm

    Wow v v v v nice……..

  15. meesh says:
    July 7, 2015 at 5:34 pm

    Vvvvvvv reethi..

  16. arsy says:
    July 7, 2015 at 5:36 pm

    v salhi

  17. naj says:
    July 7, 2015 at 5:45 pm

    Vvvv reethi..haadha dherayee inaara ah very gothun..

  18. Zila says:
    July 7, 2015 at 6:02 pm

    alhe inaa ah ahen nuhadhaa. makin beynun nethiyaa eyna mom men kairi ah fonuvaalaa…Dhn inara ves makin ah visney iru hunnany makin mathin foohi vefa kannenge

  19. irish says:
    July 7, 2015 at 6:25 pm

    alhey..so sad..hadha gohey mi maakin.. ehme kiyaa hiyvi hisaabun ninmaalee thi…. waiting for the next part

  20. shara says:
    July 7, 2015 at 6:40 pm

    Vrh reethi.dhen oi bai avas koh liyey..

  21. maya says:
    July 7, 2015 at 6:49 pm

    v v reethi kuriah othbai kiyaa hithun nuhurevey…

  22. Lali says:
    July 7, 2015 at 7:00 pm

    Vv kiyaa hithun indha thi nimmaaly

  23. black says:
    July 7, 2015 at 7:04 pm

    Isthashi gandu burikola moosum dhow mi …konme story ehga ves ehkameh

  24. Fayaz says:
    July 7, 2015 at 7:20 pm

    Varah salhi

  25. zee says:
    July 7, 2015 at 7:33 pm

    Vvv dheravejje. Maakin ah rangalhu filaavalheh dheythi zai.

  26. Beauty says:
    July 7, 2015 at 7:52 pm

    v reethi

  27. Shaalinee says:
    July 7, 2015 at 8:07 pm

    V salhi hama rovijje.. 🙁 dhen alhe zai vexx thihaa vrh meehun rohvaakaha nuvaanehnun…poor inaaraa…dhen aslu salhi vaanee maakin ayas inaaraa alha nulaa madun hurun…ehvex ehchekey vex nubune…dhen maakin ah visnigen maaf kurun…aslu maakin vex loabi vey dhw inaaraa dheke… but eyna ekan baavaafa badhal hifan dhw eulheny…. ekam inaaraa ah dheragotheh nuhadhahchey… eyrun shaali v dheravaane… 🙁 nd thank u daily kh genesdheythee… 😀

  28. aish says:
    July 7, 2015 at 8:19 pm

    Wow varah reethi. Sifa kohdheylleh varah furihama zai ur best

  29. Zeen says:
    July 7, 2015 at 8:37 pm

    Salhi vaahakaeh. Aniyaa aai lobi.
    Konkolhehbaa gadha vaanee.Maakin Inaraa ah kuraa aniyaa falhaa aruvaalanvaanee varah “gatu” hunna gothakah. Konme dhuvahaku up kuraa thee thanks a lot…..vaahaka hama habeys.

  30. nukko says:
    July 7, 2015 at 8:38 pm

    Wow zai v salhi nxt prt avas ingeyyy… obi hama

  31. nishy says:
    July 7, 2015 at 9:08 pm

    Maaakin haadha gohey… I hate u makin…

  32. nishy says:
    July 7, 2015 at 9:09 pm

    Vaaahaka Vvvv reeeethi

  33. shafu says:
    July 7, 2015 at 9:10 pm

    V NICE…
    WAITING FOR NEXT PART…:) !

  34. Shiha says:
    July 7, 2015 at 9:24 pm

    Alhe inara ah eh nahadhabo… haadha kurey thi genesdhey varu… bt v nice nge

  35. Azki says:
    July 7, 2015 at 9:28 pm

    vaahaka varah reethi and Dheravey inara yah hadhaa gothun:/ Maakin akee hama jehey meeheh heneh hiyeh nuvey. Eyna yah badhaluhifey varuge kameh inara yakah nukurevey , slap kuran jehuny ves maakin ge fault in

  36. nazi says:
    July 7, 2015 at 10:03 pm

    mivaru reethi vaahakaey mihaaru up nukurey vvvvv reethi vara dheravey

  37. Anonymous says:
    July 8, 2015 at 12:00 am

    J

  38. anon says:
    July 8, 2015 at 12:09 am

    varah iru vandhen photo gandah baligen in dahun notice vee anhenkujjaa thunbun paan fohcheh hifaigen hurikan….. hehe

    btw, vaahaka varah reethi ingey. varah varah asarugadha. can’t wait for the other part… ehfaharaa mulhi vaahaka kiyan beynunvanee. hehe. maadhama ves inthizaaru kuraanan 🙂

  39. anaa says:
    July 8, 2015 at 2:45 pm

    vr vr reethi , alhe markin gandu haadha gohey , v foohi vay . eoh handsome myhaa thihaa goas vyma , maakin ves dhen thi ulhey ulhun huttan vejje eh nun , xeryn ah inaa kurimathy gulhaigen ehaa loabi koh talk kuraa iru inaa ah vaane goy hama ragalhah ingigen hure yey ehen e hadhany , hate u markin , vr vr hate way , BTW vr vr vr ryth mi story BEST OF LUCK ZAI

  40. shine says:
    July 8, 2015 at 3:12 pm

    NICE

  41. aai says:
    July 8, 2015 at 3:33 pm

    varah salhi story …..wating

  42. Shaalinee says:
    July 8, 2015 at 5:03 pm

    Ey ebu naahen anon ebunee thedhekey dhw…hehehe shaali ah vexx anon ehen buneema mi balaalee rangalhah…adhi kiriyaa mi notice v… 😛

Comments are closed.


All Right Reserved!