އެކޮޓަރީގައި ވެރިކަން ކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ޝާލިނީ ނަޒަރު ހިންގާލިއެވެ. ފާރުގެ ބޮޑު ބައެއްގައި ވަނީ ބަލްޝަމްގެ ލިޔުމެވެ. ތަޅުންގަނޑުމަތީގައިވެސް ގިނަ އަދަދަކަށް ޗޯކު ބުރިތައް އުކާފައި ހުއްޓެވެ. އެއިރު ބަލްޝަމް އިނީ ފާރު ކައިރީގައި އިށީނދެލައިގެންނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އޭނާގެ މޫނުވަނީ ކަކޫ މަތީ ފޮރުވާލެވިފައެވެ. އިސްތަށިގަނޑުން ބޮޑުބައެއް ވަނި މޫނުމައްޗަށް އެޅިފައެވެ. ޝާލިނީ އައިސް ބަލްޝަމްގެ ކައިރިއަށް ހުއްޓިލިއެވެ. އަދި މަޑުމަޑުން ބަލްޝަމް ކައިރީ އިށީނދެލަމުން އޭނާގެ […]
އޭ.ޑީ.ކޭއަށް ވަންނަންދިޔަ އިނާރާގެ އަތުގައި މާކިން ހިފާލައިގެން ހުރިއިރު އެ ދެމީހުނަށް ބަލައިލާފައި ކޮންމެ މީހަކަށް ވެސް ހީވާނީ މިއީ ވަރަށް އުފަލުންއުޅޭ ދެމީހުން ހެންނެވެ. ނަމަވެސް މި ކަންދެއްކުމުގެ ފަހަތުގައިވާ ހަޤީޤަތް އިނގޭނެނަމައެވެ. މާކިންގޮސް ނަމްބަރެއް ނަގައިގެން އައިސް އިނާރާއާއި އެކީ އިށީދެލިއެވެ. މިހެން އިންނައިރު މާކިން މަޑުމަޑުން އިނާރާގެ އަތުގައި ބޮސްދޭއިރު އޭނާއަށް ޖެހެނީ ގަދަކަމުން ހީލަހީލަ އިންނާށެވެ. ނަމަވެސް އެތެރެއިން އޭނާ ރޮއެ ހަޅޭލަވަމުންދިޔަ ނަމަވެސް މިމަންޒަރުވަނީ ލޯތަކަށް ފޮރުވިފައެވެ. ބޭސްއަޅައިގެން ނިކުމެވުނު […]
ޖަނާން މަޑު ހިގުމެއްގައި އައިސް މަޑުކޮށްލީ މޭޒު ކައިރިއަށެވެ. އެތަނުގައި އެކި ކަހަލަ މީހުންގެ ފޮޓޯތަކާއި ފޮތްތަކާއި ލިޔުންތަށް ހުއްޓެވެ. ‘ޖަނާން.. މިއީ އެންމެ މުހިއްމު ވާހަކަ.. އަހަރުމެންނަށް ޖަނާން ރެޑީކުރަން ލިބިފަ ވަނީ ހަމަސް ދުވަސް.. އަސްލު ބުނާނަމަ ހަމަސްދުވަސް ވެސް ލަސް.. އެކަމަކު އެންމެ އަވަސް ވެގެން ޖަނާން މައިދާނަން ނެރެންޖެހޭނެ ހަމަސް ފަހުން.. އެހެންވީމަ ޖަނާންގެ ހުރި ހުށިޔާރު ކަމެއް ދައްކާލަދީ.. ޖަނާން ނިކުންނަން ޖެހެނީ މިކަހަލަ މީހުންނާއި ދެކޮޅަށް..” ދީނީ ގޮތުން […]
(އެސްފިޔައިގެ އެޑްމިން އިން ތައާރަފް ކުރި ނިއު ފީޗަރ ޓެސްޓް ކުރުމައްޓަކައި “ހަވާތިފް” ގެ އެޕިސޯޑް 8 ބޭނުންކުރުމުގެ ސަބަބުން ކިޔުންތެރިންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. ނަމަވެސް މިހާރު މިވަނީ އެ ކަންކަން ހައްލުކޮށް އަނެއްކާވެސް ފަސޭހަ ކަމާއެކު ވާހަކަ ކިޔާލެވޭނެ ގޮތް ހަދައިދެވިފައެވެ. މި ބައި ވެސް ރީތި ވަނެ ކަމަށް އުއްމީދު ކުރަމެވެ.!) ސީމާގެ ހަޔާތް އަމާން ވެގެން ދިޔައީ އެ ދުވަހުއެވެ. އޭގެ ފަހުން ސީމާ ދިރިއުޅެމުން ދިޔައީ ބަނޑުގައި […]
ސީމާގެ ހަޔާތް އަމާން ވެގެން ދިޔައީ އެ ދުވަހުއެވެ. އޭގެ ފަހުން ސީމާ ދިރިއުޅެމުން ދިޔައީ ބަނޑުގައި ވިންދު ޖަހަމުންދިޔަ ކުޑަކުޑަ ފުރާނައަށް ޓަކައެވެ. އާމްދަނީ ހޯދީ ހެދިކާ ހަދައި ވިއްކައިގެންނެވެ. މީސްމީހުންނަށް ހެދުން ފަހައި ދީގެންނެވެ. ސީމާއަކީ ރަށު މުދިމު ގެ އަންހެނުން ކަމުން ރަށުގެ ގިނަ ބައެއްގެ އިހުތިރާމާއި އެހީތެރިކަން ސީމާއަށް ދިޔައީ ލިބެމުންނެވެ. 9 މަސް ފަހުން ސީމާ ވިހޭ ކުޑަކުޑަ ލޯބި ލޯބި ފިރިހެން ކުއްޖާއަކީ ތިޔަ ލޮބުވެތި ކިޔުންތެރިންގެ ހިތުން […]
ދަންވަރުގެ ހަމަހިމޭން ކަންމަތީ މާކިންއަށް ނިދިފައި އޮތްއިރު އިނާރާގެ މަޑު ގިސްލުން އިވެމުންދިޔައެވެ. އޭނާގެ ބާކީއޮތް ދިރިއުޅުމުގެ ދުވަސްތަށް ވޭތުކުރަންވީ މި ގިސްލުމުގައި ބާއޭ އިނާރާ ހިތަށްއަރަމުން ދިޔައެވެ. ނިދިފައި އޮތް އިނާރާ އެސްފިޔަތަށް ތަޅުވާލީ މޫނުމައްޗަށް އިރުގެ ދޮދިތަށް އެޅުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމުން ކުޑަދޮރުން ވަދެގެން އައި އަލިން ލޯމައްޗަށް އަލިވިއެވެ. ކުޑަކޮން ލޯ ހުޅުވައިލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު ރީތިވާ މޭޒުކައިރީގައި ހުރި މާކިން ލޮލުގައި އަޅައިގަތެވެ. އޭނާ ގަމީހާއި ފަޓުލޫނެއް ލައިގެން […]
“މީގެ ފަހުން….” ޝެހެނާޒަށް ބުނެވުނީ އެހިސާބަށެވެ. “ތިހުރީ ވަރިކޮށްފަ! ހަމަ މިހާރު ނުކުމެގެން ދޭ!!” ލަތީފުގެ އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ޝެހެނާޒުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަނޑުވެފައި ލަތީފުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލުކުރަން ދަތިވެގެންނެވެ. “އަޑެއް ނީވޭތަ؟ ތިހުރީ ވަރިކޮށްފައޭ!” ލަތީފު އަނެއްކާވެސް އެބަސްތައް ތަކުރާރުކޮށްލިއެވެ. “ހަމަ މިހާރު ފޮއްޓަށް އެއްޗެހި އަޅައިގެން ނުކުމެގެން ދޭ! ތީ ނިކަން ފޮއްޓަށް އެއްޗެހި އަޅާ ހިތްވާ މީހެއްނު!” “އެކަމަކު…! މަ.. މަ ދެން ކޮންތާކަށް ދާނީވެސް!” […]
“ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް، ކޮންމެތާކު ހުރިނަމަވެސް ދަރިފުޅުގެ ހާލު ބޭބެބަލާނަން، އެއްވެސް ކަމަކު އެދެން ފަސްނުޖެހޭތި، ކަމެއްބޭނުންވެގެން އެކަމަކަށް ނޭދި ނުހުންނާތި، ދަރިފުޅު ބޭނުން އިރަކު އަންނަންވީ، ބޭބެގެ އުފަން ދަރިއަކަށް ނުވިކަމުގައިވިނަމަވެސް ބޭބެ ބަލަނީ ތިއީ ބޭބެގެ އުފަން ދަރިއެއްގޮތުގަ، ބަލައިގެން އުޅޭތި” އެންމެ ފަހުވަގުތު ޒާޔާގެ ބޮލުގައި ފިރުމާލަމުން ޔާސިރު ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލާފައި ޒާޔާ ބޯޖަހާލިއެވެ. ޝާން އާއި ސަލާމް ކޮށްލުމަށްފަހު ސަނާގައިގައި ޒާޔާ […]
ކޮޓަރީގެ ޓައިލްސްތަކު މަތީގައި ފުޅިތޮށިތަށް ހުރިއިރު އެތަނުގައިވަނީ ލޭ ހޭކިފައެވެ. އެނދުގައި އޮތް ކުއިލްޓްގެ އެއްބައި ބިންމަތީގައި އޮތްއިރު އޭގައާއި އެނދުގައި ހުރި ބައެއް ބާލިސްތަކުގައިވެސް ލޭގެ އަސަރު ހުއްޓެވެ. ފުޅިތޮށިތައް ކައިރީގައި އިން އިނާރާގެ އަތުން ލޭ ތިކި ޖަހަމުން ދިޔައިރު ލައިގެން ހުރި ބޮޑު ހުދު ހެދުމުގައިވެސް ލޭހުއްޓެވެ. ރަތް ފިނިފެންމަލުގެ ކަރިތަށް ބިންމައްޗަށް ވެރިފައިހުރި އިރު ދިއްލާފައިހުރި ހުދު ބޮކިން ކޮޓަރިތެރޭގެ މި މަންޒަރު ސާފަކޮން ފެންނަން ހުއްޓެވެ. އިނާރާގެ ދެލޯ ދުޅަވެފައިވީއިރު […]