Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް… 14 ވަނަ ބައި

Hoody Level 310 Stories100 Comments
July 7, 2015 6 Mins Read
106 Comments

މަރުވެފައިވާ މާހިލްގެ މަސްގަނޑު ކައިރީ އިށީނދެލައިގެން އިން ޝާލިނީއަށް ސިހިފައި ބަލާލެވުނީ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ފަޅާލުމަށްފަހު އެތެރެއަށް ވަން ޕޮލިހުންތަށް ފެނިފައެވެ. ލިބުނު ސިހުމުގެ ސަބަބުން ޝާލިނީއަށް ކޮޅަށް ތެދުވެވުނު އިރު، މާހިލްގެ ބަނޑަށް ހަރާލި ވަޅި އޮތީ އޭނާގެ އަތުގައެވެ.

***

ޔައީޝް އަށް ހޭލެވުނީ ހެނދުނު 10 އެއްވެސް ޖެހިފަހުންނެވެ. ފޯނުން ގަޑި ބަލާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނައަށްވަދެ ފެންވަރާލިއެވެ. ފެންވަރާ ތާޒާވެލުމަށްފަހު ފެހިކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ވައްޓާލައިގެން ފޯނާ ކުޅެމުން ކޮޓަރިން ނުކުތެވެ.

“ދަރިފުޅާ އޮފީހަށް ނުދަނީތަ؟ މަންމަ އުޅެފިން ދަރިފުޅަށް ގޮވާލަންވެސް!” ސިޓިންރޫމު ސޯފާއި ޓީވީ ބަލަން އިން ސީމާ އަހާލިއެވެ.

“މިއަދު ރަސްމީ ބަންދު ދުވަހެއްނު!” ޔައީޝް އައިސް އޭނާގެ މަންމަ ގާތު އިށީނދެލިއެވެ. “ކޮބާތަ ޝިއާ؟”

“ކާކޭގަ! ހެނދުނުގެ ސައި ހަދަނީ!” ސީމާ ހިނިތުންވެލަމުން ބުންޏެވެ. “މަންމަ ކާގޭގަ އުޅެނިކޮށް އެތަނަށް ވަދެފަ މަންމަ އެތަނުން ނެރެފި! އެއްގޮތަކަށް މަންމަ ކާގެއަށް ވަނަކަ ނުދިން!!”

“އެހެންތަ؟” ޔައިޝް ކާގެއަށް ބަލާލަމުން ބުންޏެވެ. އެއިރު ޝިއާނާ ކޮންމެވެސް އެއްޗެއް ކެއްކުމުގައި އުޅޭތަން ފެނެއެވެ.

“ޝިއާނާ ފެންނަ ކޮންމެ ފަހަރަކު ޝައިމާ މަތިން ވަރަށް ހަނދާން ވޭ! އެ ހުންނަނީ ހަމަ އެ ގޮތް ގަނޑު! އެހާ މުރާލި ވެފައި މަޑުމައިތިރި! ހިތަށް އަރަނީ ކީއްވެބާއޭ މާހިލް ޝިއާނާ ވަރިކުރީ؟” ސީމާ ބުންޏެވެ.

“އަންނައުނުތައް ބަލާ އެ ގެއަށް ދިޔަ ދުވަހު މާހިލް އޮތީ ކޮންމެވެސް އަންހެން ކުއްޖަކާ އެއްކޮށް! އަހަންނަށް ހީވަނީ އެއީ އެ ގޮއްޔެގެ ކަމެއްހެން! މިހާރުގެ އަންހެން ކުދިން ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް!” މާޒީގެ ޞަފްހާތައް މަތިން ހަނދާން ކޮށްލަމުން ޔައީޝް ވާހަކަ ދެއްކިއެވެ. “ޖަޒްލާވެސް އެހެރީ ވިއްޔަ ކުރި ކަންތައް؟”

“އިކާން މަރުވި ދުވަހު ޝިއާ ހީވީ ދުނިޔެއިން މޮޔަވިހެން! އަމިއްލަ ދަރިފުޅު މަރުވުމުން ކޮންމެ މަޔަކަށްވެސް ވާނީ ހަމަ އެހެން! ޝިއާ އުޅުނުގޮތުން މަންމަ ހީކުރީ ޝިއާ އަސްލުވެސް މޮޔަވީ ކަމަށް!”

“ތިހެން ބުނީމައޭ މި ހަނދާންވީ! މަންމަ ކީއްވެތަ އެ ދުވަހު އެއޮއް ބޮޑު ކަންތައްގަނޑު ހިނގައިދިޔައިރުވެސް އަހަންނަށް ގުޅާ ނުލީ؟” ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ޓީވީ ރިމޯޓުނަގަމުން ޔައީޝް ސީމާގެ މޫނަށް ބަލާލިއެވެ.

“މަންމަ ވަރަށް ގުޅިން! ދަރިފުޅު ފޯނު އޮންނަނީ ނިއްވާލާފަ!” ސީމާ ބުންޏެވެ.

“އެބުނާހެން! އެ ދުވަހު މީޓިންއަކަށް ދާން ވެގެން ފޯނު ނިއްވާލިގޮތަށް އޮން ކުރަން ހަނދާން ނެތިފައޭ އޮތީ!!” އެވަގުތު ޔައީޝްގެ ކަޅި ގޮސް ހުއްޓުނީ ޓީވީގެ ސްކްރީނަށެވެ. އެއިރު ޓީވީ އިން އަންނަމުންދިޔައީ ހެނދުނު 10 އެއްގެ ޚަބަރެވެ. ތިރިއަށް އަރަމުންދިޔަ ޚަބަރުގެ ސުރުހީ ޔައީޝްއަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ޓީވީގެ އަޑު ބާރުކޮށްލިއެވެ.

“ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ (މާހިލް އަދުނާން)، މަރާލިކަމުގެ ކުށުގައި، އާޢިޝަތް ޝާލިނީ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފި!”

ޔައީޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެއިރު ޓީވީއިން ދައްކަމުންދިޔައީ ދެ މީހުންގެ ފޮޓޯއެކެވެ. ފޮޓޯ ފެނުމާއެކު އެއީ ކާކުކަން ޔައީޝްއަށް ޔަގީން ކުރެވުނެވެ.

“ޔައީޝް އާދޭ….” ކާގެއިން ނުކުމެ ނުކުމެ ހުރި ޝިއާނާގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ ޓީވީ އިން ފެނުނު މަންޒަރުގެ ސަބަބުންނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ އައިސް ޔައީޝް ކައިރިއަށް ހުއްޓިލިއެވެ. އެއިރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޓީވީއިން ފެންނަމުންދިޔަ މަންޒަރު ތަކަށެވެ.

“ޑޮކްޓަރ މާހިލް އަދުނާނު މަރާލާފައި ވަނީ ބަނޑަށް 10 އިންޗީގެ ވަޅިއެއް ހަރާލައިގެން ކަމަށް ޕޮލިސް ސްޓޭޝަނުން ވަނީ ޓީވީއެމް އަށް މަޢުލޫމާތު ދީފައި! މި ޖަރީމާ ހިންގި އައިޝަތް ޝާލިނީގެ މައްޗަށް ކުށް ސާބިތުވެފައި ވުމާއެކު، އޭނާގެ މައްޗަށް ވަނީ މުޅި އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި!”

ޝިއާނާގެ ކަކުލުހުޅުން ވާގިދޫވާން ފެށުމާއެކު އޭނާ އެވަސް އަވަހަށް ސޯފާގައި އިށީނދެލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުންދިޔައިރު ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. ޝިއާނާގެ ހާލު ފެނުމާއެކު ޔައީޝް ޝިއާނާ ގެނެސް އޭނާގެ ގައިގާ ލައްކޮށްލިއެވެ.

“މާހިލް މަރުވެގެން އެ ދިޔައީ! އަހަރެން ހީކުރީ މާހިލްއަށް ވިސްނިގެން އަހަރެން ބަލާ އަންނާނެ ކަމަށް!!” ގިސްލުމުގެ ތެރެއިން ޝިއާނާ ވާހަކަދެއްކިއެވެ. “އޭނާގެ ދަރިފުޅު މަރުވިކަމެއްވެސް އޭނާއަކަށް ނޭނގޭނެ!!”

“ޝިއާ ނުރޮއެ ހުއްޓާލާ! އެމީހަކު ކުރި ކުށުގެ އަދަބު އެމީހަކަށް މި ދުނިޔެ މަތީގައިވެސް ލިބޭނެ! ޝިއާނާއަށް އޭނާ ޖެއްސި ހާލު ހަނދާން ނެތުނީތަ؟ އެ ތޫފާނީ ރޭ ތި ދެމައިން މަގުމަތިކޮށްލި ގޮތް ހަނދާން ނެތުނީތަ؟ މަށަށް ހީވަނީ އެ ޝާލިނީ މާހިލްގެ ބޮލަށް އެރުނީ ކޮންމެވެސް ކަމެއްގެ ބަދަލު ހިފަންހެން!”  ޝިއާނާއަށް ވިސްނައި ދިނުމައްޓަކައި ޔައީޝް މަސައްކަތް ކުރިއެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް! އަޅައިނުލާ!!”

“އެކަމަކު އިކާން އެއީ އޭނާގެވެސް ދަރިއެއްނު! އިކާން މަރުވެގެން ދިޔަކަން އިކާންގެ ބައްޕައަށް ނުވެސް އެނގެނިސް ބައްޕަވެސް މަރުވެގެން އެ ދިޔައީ!!”

“އެނގޭތަ އަހަރެން މާހިލްގެ ގެއަށް ދިޔަ ދުވަހު އޭނާ ބުނި އެތި! އޭނާ ބުނީ އިކާން އެއީ އަހަރެންގެ ދަރިއަކަށްވެސް ވެދާނެޔޯ!” ޔައީޝް ޝިއާނާގެ ކަރުނަ ފުހެލަދެމުން ބުންޏެވެ. “އިކާން ދެކެ އޭނާ އެއްވެސް ލޯތްބެއް ނުވޭ! އެހެން ނުންނަމަ އެގޮތަށް ޝިއާނާގެ އަގުވައްޓާލާކަށް ނުކެރުނީސް!!”

“ހުރިހާ ވެސް ނުބަޔަކީ އެ ޝާލިނީ!” ސީމާ ބުންޏެވެ. “މަށަށް ހަމަ ޔަގީން އެ މަންޖެ ތިހުރީ ކޮންމެވެސް މީހަކު ލައްވާ ކަމެއް ކުރުވާފަ ކަން! އެހެން ނޫނީ މާހިލްގެ ވިސްނުން ކުއްލިއަކަށް ބަދަލުވެގެންނެއް ނުދާނެ!! ޝާލިނީ އަށް އެލިބުނީ ހަމަ ހައްގު އަދަބު! އޭނާއަށް އޮތް ގޮތަކީ ޖަލުގައި އޮވެ ނިކަމެތި ގޮތަކަށް މަރުވެގެން ދިއުން!!”

ކަންތައްވެގެން ދިޔައީ ހިކުރި ގޮތާ ހިލާފަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ބައިންދާފައި އިން ޝާލިނީ، ޖަލައްލުމުގެ ކުރިން ފެނުނީ އަމިއްލައަށް މަރުވެފައި އޮއްވައެވެ. އޭނާ އެކަން ކުރީ، އޭނާއާ ހަވާލުވެ ހުރި ޕޮލިސް، އޭނާ ބައިންދާފާ އިން ބައިން ނުކުތް ވަގުތު ބަލާފައެވެ. ކަރަށް ބާރުކޮށްލާފައި ވަނީ، ލާފައި ހުރި ސްކިނީޖީންސްގައި އަޅާފައި އޮތް ހިމަ ބެލްޓެވެ……..

***

ހަލަބޮލި ދުވަހަކަށް ފަހު އަނެއްކާވެސް އިރު އޮއްސިގެން ދިޔައީ އަނދިރިކަން އިންތިހާއަށް ގޮސްފައިވާ ނާމާން ރޭގަނޑަކަށް ދަޢުވަތުދެމުންނެވެ. މަހެއްގެ ފަހުކޮޅުކަމުން ހަނދު ފެންނަން އިނީ ހިމަ ރޮދިފަށެއް ހެންނެވެ. ދުނިޔެ މައްޗަށް ވެރިވެފައިވަނީ ކަޅު ހިލަގަނޑެއް ފަދަ އަނދިރިކަމެކެވެ.

މުޅި ގޭތެރޭ ހިފާލާފައިވަނީ ނޭފަތަށް އުނދަގޫ ކުރާފަދަ ކުނި ވަހެކެވެ. ގޮނޑީގައި އިށިނދެލައިގެން ދުފަން އިން ދޮންއަހުމަދު އިރުއިރުކޮޅާ ނޭފަތުގައި ކޮއްޓާލައެވެ. ދުވަމުންދިޔަ ނުބައި ވަހުގެ ސަބަބުން ކިތަންމެ އުނދަގޫވިއަސް، ވީ ކިހިނެއްތޯ ބަލާލާންވެސް އޭނާ ބޭނުން ނުވާފަދައެވެ. އެއަށްވުރެ އޭނާ މާ ކަންތެވެ.

ވަގުތުތަށް ފާއިތުވަމުން ދިޔަވަރަކަށް އެ ވަސްވެސް ދިޔައީ ގަދަވަމުންނެވެ. އެންމެ ފަހުން ނޭވައި ނުލެވޭވަރުވުމުން ދޮން އަހުމަދު މަޑުމަޑުން އިންތަނުން ތެދުވުމަށްފަހު، އޭނާގެ އަންހެނުން ހައްވާފުޅު ބަންދު ކޮށްފައިވާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ދޮރުގައި ހަރުކޮށްފައިހުރި ބޮޑު ތަޅު ހުޅުވާލުމަށްފަހު ދޮންއަހުމަދު މަޑުމަޑުން ދޮރު ހުޅުވާލިއެެވެ. އެއާއެކު ކިޔައިގެން ދިޔަ ކުރަކި އަޑުފައްގަނޑު މުޅި ގޭތެރޭ ގުގުމާލިއެވެ. ދޮރުހުޅުވިގެން ދިއުމާއެކު އެ ވަސްގަނޑު އިހުނަށްވުރެ ގަދަވެގެން ދިޔައެވެ. ދޮން އަހުމަދަށް ހޮޑު ނުލެވުނީ ކިރިޔާއެވެ. އެއިރު އޭނާގެ ނަޒަރު ހުއްޓިފައިހުރީ ކޮޓަރިތެރޭ މަރުވެފައި އޮތް ހައްވާފުޅުގެ މަސްގަނޑާ ދިމާއަށެވެ.

ހައްވާފުޅުގެ ހަށިގަނޑު ވަނީ ކުނިވެ، ފުޅަ އަޅާފައެވެ. މުޅި މީހާ ހުދުވެ ހަރުދަނޑިވެފައިވާއިރު މަސްގަނޑުގެ ތެރޭ ހިރެމުންދިޔަ ފުޅަތަކުގެ ހަރަކާތްތައް ނުހަނު ސާފުކޮށް ފެންނަމުންދިޔައެވެ. ތަންމިނަށް އަނގަ ހުޅުވިފައި އޮތްއިރު ކަތުރު ކަށިގަނޑަށް އަންނަމުންދިޔަ ގުޑުމުގެ ސަބަބުން ކޮންމެވެސް ދިރޭ އެއްޗެއް އަނގަތެރޭ އޮތްކަން ދޮންއަހުމަދަށް ކަށަވަރުވިއެވެ.

ނޭފަތުގައި އަތް އެޅުމަށްފަހު ދޮން އަހުމަދު މަޑުމަޑުން ހައްވާފުޅުގެ ހަށިގަނޑާ ކައިރިވާން ފެށިއެވެ. 2 ފޫޓެއްހާ ކައިރިއަށް އާދެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ، ކުއްލިއަކަށް ހައްވާފުޅުގެ އަނގަތެރެއިން ނުކުމެ ހަލުވި ދުވެލީގައި ފާރަށް އަރައިގެން ދިޔަ ބޮޑު މީދާ ފެނިފައެވެ.

ފާރުގެ މަތީގައި ހުރި ލޯވަޅަކުން މީދާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު ދޮން އަހުމަދު ހައްވާފުޅުގެ ފައިގާ ހިފާ ދަމާފައި އެ ކޮޓަރިން ބޭރަށް ގެންދަން ފެށިއެވެ. ހައްވާފުޅު ދަމާފައި ގެންދިޔައިރު، އޭނާ އޮތް ދިމާލުގެ ތަޅުންގަނޑުމަތީވެސް ގިނަ އަދަދަކަށް ފުޅަތައް ހަރަކާތްތެރިވަމުންދިޔައެވެ.

ދޮންއަހުމަދު، ހައްވާފުޅުގެ ފައިގާ ހިފާގެން ދަމާފައި ގެނެސް ގެއިން ބޭރަށްވެސް ނެރުނެވެ. އެއަށްފަހު އުދެއްޔެއް ހިފައިގެން އައިސް ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ހައްވާފުޅު އެ ވަޅުގަނޑަށް ލާ ފަސްއެޅިއެވެ. ހުރިހާ މަސައްކަތެއް ކޮށް ނިންމާލިއިރު ދޮންއަހުމަދު ހުރީ ގުނބުހިލިފައެވެ. ނިތްކުރިމަތިން ހިއްލާފައިހުރި ދާ ތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ދޮން އަހުމަދު އައިސް ގެއަށް ވަދެ ދޮރުޖެހިއެވެ. އެއިރުވެސް ގޭތެރޭގައި ކޮންމެވެސް ވަރަކަށް ކުނި ވަސްގަނޑު ހިފާލާފައިވެއެވެ. ގޮނޑީގައި އިށީނުމައްޓަކައި ދޮންއަހުމަދު ކުރިއަށް އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ ކުރިމަތީ ހުރި އަބްރާސްގެ ގައިގާ ލައްވާލުމުންނެވެ.

“ކިހިނެއް ތި ހަދަނީ؟” ރުޅިވެރި ރާގަކަށް ދޮންއަހުމަދު ބުނެލިއެވެ. “ދުރައްދޭ މަގޭ ކުރިމަތިން!!”

ކުރިމަތީ ހުރި އަބްރާސް އެންމެ ތަންކޮޅެއްވެސް ގުޑާނުލިއެވެ. ދޮންއަހުމަދުގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ތުންފަތަށް ވެރިވެފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

“ދުރަށް ނުދާނަމޭ ބުނެފިއްޔާ!!؟؟” އަބްރާސް ބުނެލިއެވެ.

“ކަލޭ މާ ބޮޑާ ވާނެ ކަމެއް ނެތް! މަގޭ ކުރިމަތީ ތީ އެއްވެސް އެއްޗެއް ނޫނޭ!” ދޮންއަހުމަދު ހިނިތުންވެލަމުން އަބްރާސްގެ މޫނަށް ބަލާލުމަށްފަހު ގޮސް ގޮނޑީގައި ހަމަޖެހިލިއެވެ.

“އެބައޮތޭ ކުޑަ ކަމެއް!” ދޮން އަހުމަދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެއިރުވެސް ދޮންއަހުމަދުގެ މޫނަށް ބަލަހައްޓައިގެން އެތާ އަބްރާސް ހުއްޓެވެ.

“ނުކޮށްދޭނަން އެއްކަމެއްވެސް!!” އަބްރާސްގެ އަޑު މުޅި ގޭތެރޭ ގުގުމައިގެން ދިޔައެވެ.

“އޭހް!! މާ ބާރަށް ހަޅޭނުލަވާ މަގޭ އަމުރަށް ކިޔަމަންވޭ!!” ދޮން އަހުމަދު އެއަށްވުރެ ބާރަށް ހަޅޭލަވައިގަތެވެ. “ކަލޭގެ ބަލިކަށިކަން ހަނދާން ނެތުނީތަ؟ އަހަރެން އެންމެ ފުއްޓަތްކެއް ޖަހާލިއަސް ކަލޭ މަގޭ ފައިބުޑަށް ވެއްޓޭވަރުގެ ބާރު އަހަރެންގެ އަތުގައި އެބައޮތޭ!!”

ދޮންއަހުމަދުގެ މި އިންޒާރުގެ ބަސްތަކަކުން އަބްރާސްއަށް ކުރި އެއްވެސް އަސަރެއް ނެތެވެ. ދޮންއަހުމަދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ ދެލޯ ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ.

ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގެ އިންޒާރު ދޮންއަހުމަދުގެ ސިކުނޑިއަށް ލިބިގެންދިޔުމާއެކު އޭނާ އަވަސް އަވަހަށް މުންޑުގައި އަތްކާއްތާލެވުނީ އަބްރާސްގެ ހުރިހާ ބާރުތައްކެއް ރައްކާކުރެވިފައިވާ ކުޑަކުޑަ ތަވީދު އޮތްތޯ ބަލާލުމަށެވެ. އަބްރާސް އޭނާގެ އަތުގައި އޮތް ތަވީދު ދޮންއަހުމަދަށް ދައްކާލީ، އޭނާ އެ ތަވީދު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ދޮންއަހުމަދުގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގަތްހެންނެެވެ. މީހާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމުގެ ސަބަބުން މުޅި ގައިން ހީބިހި ހިލުވާލިއެވެ. ނިކަމެތިވެފައިވާ މިންވަރު ހިތަށް އެރުމާއެކު އޭނާއަށް ހިން ދިރުވާލެވުނެވެ.

“އަދިވެސް އަމުރުކޮށްބަލަ!!” އަބްރާސް ހަޅާލަވައިގަތެވެ. “ކިހިނެއްވީ ކުއްލިއަކަށް ހިކަންޖަކަށް ތިވީ؟ އޭނ؟؟”

ދޮންއަހުމަދަކަށް އެންމެ ބަހެއް ބުނާކަށްވެސް ނުކެރުނެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އޭނާގެ ދުވަސް މި ދިޔައީއެވެ. އެ ތަވީދު ތަންކޮޅެއް ފަރުވާތެރިކަމާއެކު ގެންގުޅުނަމަ މިހެންނެއް ނުވީހެވެ. މިއީ ހަމަ އޭނާގެ ފަރުވާ ކުޑަކަމުން ވާހާ ކަންތައްތަކެވެ.

“ކަލެއާ އެގްރިމެންޓް ހެދިދުވަހު ކަލޭ ކީކޭ ބުނީ؟ އަހަރެންނަށް މިނިވަންކަން ލިބޭނެޔޭ! އެކަމަކު ކަލޭ އަހަންނަށް މަކަރުހަދާ، އަހަރެންގެ ހުރިހާ ބާރެއް މި ތަވީދުގައި ހައްޔަރުކުރީ!” ތަވީދު އަތުގެ ކުޑަ ހުޅުގައި އައްސާލަމަށްފަހު ދޮންއަހުމަދުގެ މޫނަށް އަބްރާސް ބަލާލިއެވެ. “އެންމެ ފުރަތަމަ ދުވަސްކޮޅު އަހަރެން ކެތްކުރީ، ކަލޭގެ އަންހެނުން އަހަންނަށް ދީފަ ހުރީމަ! އެކަމަކު އަހަރެންގެ ދަރިފުޅުގެ ބޭނުން ނުހަމަ ގޮތުގައި ހިފުމުން އަހަރެން ބޭނުންވީ ކަލޭގެ ކިބައިން މިނިވަންވާން!! ކަލެއަށް އެނގޭތަ ކަލޭގެ ސަބަބުން މިރަށުގެ ކިތައް ކިތައް އާއިލާ ރޫޅި ހަލާކުވެގެން ހިނގައްޖެކަން؟ ކިތައް ކުދިން، އެކުދިންގެ މައިންނާ ވަކިވެގެން ހިނގައްޖެކަން!!”

ދޮންއަހުމަދު ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ލައްވީ ފާރުގައެވެ. އެއިރު އޭނާވަނީ ދާހިއްލާ ފޯވެފައެވެ. މޫނުމަތިން ފެންނަމުންދިޔައީ އިންތިހާއީ ބިރުވެރިކަމާއި ސިހުމެވެ.

“އެންމެ ފަހުން މިރޭ އަހަރެންގެ އެދުން ހާސިލް މިވީ! އަހަރެން މިނިވަންވީ!” އަބްރާސްގެ އަޑު ބަދަލުވާންފެށިއެވެ. އެއާއެކު އޭނާގެ އަނގައިގާ ހުރި ދަތްތައް ތޫނުވެ މުޅި ގައިން ކަޅު ކުލައިގެ ބޯ ކެހެރިތަކެއް ފަޅަން ފެށިއެވެ. އަތުގެ ނިޔަފަތިތަށް ދިގުވެ އިނގިލިތަށް ކުރުގެޅެން ފެށިއެވެ.

ހަތަރެސްފައި ޖަހާފައި ބިންމަތީ އޮށޯވެލިއިރު އަބްރާސްގެ ސިފަ ވަނީ ބޮޑު ކަޅު ބުލަލެއްގެ ސިފައަށް ބަދަލުވެފައެވެ. ނަމަވެސް އޭގެ ބޮޑުމިން މިނިކާވަގެއް ވަރުވެއެވެ.

“އަހަރެން ލައްވާ ކަލޭ ކުރުވި ހުރިހާ ކަމެއްގެ ބަދަލު މިރޭ ހިފާނަން! ކަލޭގެ ވަސްވެސް މި ދުނިޔެއިން ފުހެލާނަން!!” ރަތް ލޭކުލައިގެ ބޮޑު ދެލޮލޯ އަމާޒުވެފައިވަނީ ދޮންއަހުމަދާ ދިމާއަށެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު، ބުޅަލެއްފަދައިން ހޭރިގަންނަމުން އަބްރާސް ދޮންއަހުމަދާއި ދިމާއަށް ފުންމައިގަތެވެ. އެއާއެކު މުޅި ގޭތެރޭ ގުގުމައިގެން ދިޔައީ ދޮންއަހުމަދުގެ ވޭނީ ހަޅޭކުގެ އަޑެވެ.

ދޮންއަހުމަދުގެ ހަށިގަނޑުމަތިން އަބްރާސް ދުރަށް ޖެހުނުއިރު ދޮންއަހުމަދުގެ ސިފަ ވެސް ފާހަގަ ނުވެއެވެ. މުޅި މޫނުމަތި ވަނީ ނޮޅާލާފައެވެ. ހަށިގަނޑު ވަނީ ފުން ޒަހަމްތަކުން ފުރިފައެވެ. މުޅި މީހާ ވަނީ ލެއިން ތަތްތެޅިފައެވެ.

ދޮންއަހުމަދުގެ މަރުވެފައިވާ މަސްގަނޑަށް ބަލަހައްޓައިގެން އޮތުމަށްފަހު އަބްރާސް މަޑުމަޑުން ފާރާ ދިމާއަށް މިސްރާބު ޖެހިއެވެ. ތެޅި ގަލުން ރާނާފައިހުރި އެ ފާރާ ކައިރިވި ވަރަކަށް އެ ބޮޑު ބުޅާ ދިޔައީ އޮލަ ދުންކޮޅަކަށް ބަދަލުވަމުންނެވެ. ފާރާ ހަމައަށް ދެވުމާއެކު، އެއްވެސް ދަތިކަމެއްނެތި ފާރުގެ ތެރެއަށް އެ ދުންކޮޅު ފުރޭނިގެން ދިޔައެވެ.

***

އެ ގެއިން ބޭރަށް ނުކުމެވުމާއެކު އަބްރާސް އޭނާގެ އަސްލު ސޫރައަށް ބަދަލުވެލިއެވެ. އަދި މަގުމައްޗަށް ނުކުމެ، ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައެވެ. އިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު މަޑުމަޑުން ފަސް އެނބުރި ދޮންއަހުމަދުގެ ގެއަށް ބަލާލިއެވެ. އެއާއެކު ކުއްލިއަކަށް އެ ގޭތެރެއިން ބޮޑު ހުޅުގަނޑެއް ފަޅައިގެން ގޮސް މުޅި ގޭގައި ރޯވިއެވެ. އަބްރާސްގެ ތުންފަތަށް ވެރިވެގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

އޭނާ ހުރިހާ ކަމަކުން މިނިވަން ވީއެވެ. ދޮންއަހުމަދުގެ ކިބައިން ބަދަލުވެސް ހިފުނީއެވެ. ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ، އޭނާގެ ޝައުގުވެރިކަން ހޯދާފައިވާ ޝިއާނާ ހާސިލް ކުރުމެވެ. އަތުގައި އޮތް ތަވީދަށް ބަލާލުމަށްފަހު އަބްރާސް މިސްރާބު ޖެހީ ޝިއާނާ އުޅެމުންދާ ޔައީޝްގެ ގެއާ ދިމާއަށެވެ……

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތަކުން ނުފިލާނެ 22

Next

ހިތް ވިންދާނުލައި… (14)

Next
July 7, 2015

ހިތް ވިންދާނުލައި… (14)

Previews
July 6, 2015

ހިތަކުން ނުފިލާނެ 22

106 Comments!

  1. Raa e says:
    July 7, 2015 at 10:41 am

    Wow v nice

  2. Raa e says:
    July 7, 2015 at 10:43 am

    Dhn yaish n shiyaana gulhu v ma rythi vaany abraas ahvs gotheh hadha.

  3. Hoody says:
    July 7, 2015 at 10:44 am

    mi part genes dhinun las veethee kiyuntheringe kibain nihaayathah maafah edhen… mi part kamudhaane kamah ummeedhu kuran!!

  4. smilebuddy says:
    July 7, 2015 at 10:46 am

    v salhi mi partvex

  5. dhonthi says:
    July 7, 2015 at 10:46 am

    varah reethi mi part vex…dhigu koh genesdhineethyy thnkx

  6. shiaa says:
    July 7, 2015 at 10:48 am

    manmee shiaa sallamay koh dhy, vr rythi mi prt ves

  7. girl says:
    July 7, 2015 at 10:50 am

    OMG shiyaanaa salaamaiy kohdhee.. haadha reethi vaahaka ekey

  8. Hoody says:
    July 7, 2015 at 10:50 am

    thnkx all!!!

  9. Juma says:
    July 7, 2015 at 10:51 am

    Wow awsm story..hoody ur that best..next part tonite that noony 2moro tha?? 🙂

    1. Hoody says:
      July 7, 2015 at 10:54 am

      Tonight In sha allah! thnkx juma 🙂

  10. Nuzzath says:
    July 7, 2015 at 10:54 am

    oh no! but nice

  11. rose says:
    July 7, 2015 at 10:57 am

    Varah reeti tankoleh kuruvanee

  12. Nuzzath says:
    July 7, 2015 at 10:58 am

    oh thanx hoody.. anneh sorry igea.. v v vvv bodah sorry hoody.. than chat eh nukuraanan

  13. shiaa says:
    July 7, 2015 at 10:59 am

    alhe haadha rychey mi prt , cnt wait , seemaatha shiaa salaamay kuran avahah dhey alifulhube gaathah plzz ,

  14. Hoody says:
    July 7, 2015 at 11:02 am

    Thnkx All!! rose, adhivex kurutha! but mee 8 pages ge episode eh! Sun online ga vex stories ge episode thah hunnaneee 8 pages!!! and Its ok nuzzath! and nuzzath marry kureetha?? :p

  15. arsy says:
    July 7, 2015 at 11:07 am

    nice….

  16. Mixna says:
    July 7, 2015 at 11:10 am

    Vrh vrh vrh salhi… Hoods ur awsme…

  17. Shau says:
    July 7, 2015 at 11:11 am

    Hoody…. Hoody.. Hoody… u’re da best…

  18. grant gustin says:
    July 7, 2015 at 11:14 am

    rose thibunee rangalhah kuree but nice story

    1. Shamahk says:
      July 7, 2015 at 11:53 am

      Mi Shiaa hyvany Meena ekanihen story kiyaahihvany
      Please give others also a chance to comment
      Thivarah thui nuviyas ok
      Hyvany Dhn Varah dhehken Ulhey Hen
      The story is awesome hoody

    2. shiaa says:
      July 7, 2015 at 3:13 pm

      shiaa ves hama mi story rythy aa rychey bunumuge haggu onnaane dw , keevetha kudhin rulhi annany ,

  19. Nuzzath says:
    July 7, 2015 at 11:52 am

    year… shubaan aai hedhi madeh nukurevunu 2017 akah

  20. Nabhaan says:
    July 7, 2015 at 12:05 pm

    wow nice…..thnkw hoody

  21. Hoody says:
    July 7, 2015 at 12:08 pm

    Thnkx all!!! 🙂 😀

  22. aish says:
    July 7, 2015 at 12:08 pm

    Wow hoody varah salhi mi bai ves. Dhen shiana salaamaye kurey. Anehbbai kiyaa hithun inthizaaruga mihuree mihaarun sure varah reethi mi vaahaak

  23. nishy says:
    July 7, 2015 at 12:16 pm

    asthaaaa… shiyaaa salaamaikurey aburahaa kibain….

  24. Sheez says:
    July 7, 2015 at 12:47 pm

    V v reeeti mi part vex next part avahah apkohdeee hood

  25. Rau says:
    July 7, 2015 at 12:50 pm

    Woow!
    V salhi ingey mi part ves hoody!

  26. paree says:
    July 7, 2015 at 1:41 pm

    alheyy shiyaa and abraas nugulhuvachey….eyrun v hadi vaane….anyways mipart vrh vrh reethi…aneh part ves avahah up kohdehcheyy

  27. mixu says:
    July 7, 2015 at 2:11 pm

    Shiyaana abraas akah nun. Yaish ah. V v nice

  28. Fary says:
    July 7, 2015 at 2:32 pm

    nice

  29. demon says:
    July 7, 2015 at 2:40 pm

    keeykey dhn bunaanee vvv nyc

  30. Sam says:
    July 7, 2015 at 2:51 pm

    Hoooooodyy…! Anekkaa Yaish & Shiana dhera kollanii…? Sam ves v dhera vejje…! Ehen nuhadhaane kamah ummeedhu kuran..! Love this story…! Thanks..!

  31. tho says:
    July 7, 2015 at 3:03 pm

    Nice story

  32. mystery girl says:
    July 7, 2015 at 3:12 pm

    hoody.ur the best

  33. jenny says:
    July 7, 2015 at 4:04 pm

    Hoody mi parts ves vvv salhi..pplzz update soon Hood

  34. Fayaz says:
    July 7, 2015 at 4:19 pm

    Varah salhi

  35. shia says:
    July 7, 2015 at 5:18 pm

    mivahaka nimeny dw。 adhi kithah part eboi

  36. nuzoo says:
    July 7, 2015 at 7:09 pm

    Varah varah varah nice mi part… i am waiting for next part….

  37. elyshiaa says:
    July 7, 2015 at 7:56 pm

    waiting 4 the next part

  38. shiaa says:
    July 7, 2015 at 8:02 pm

    abraas dhahkaa laifi dw , mi part ga , abraas ge aslu sifa hunany kihineh ,

  39. naxhaa says:
    July 7, 2015 at 8:10 pm

    Vara reethi mi part ves….waiting next part

  40. Sheryn says:
    July 7, 2015 at 8:11 pm

    O my gosh…abraas dhen dhimaakhlaanee yaeesh aa thoache…vrh habeys mi prt vex…thanks hoody… :-).. anekka mifaharu kaakahbaa hithaama?? Abraas ahbaa…yaeesh ahbaa…but hieh nuvey shiana ah hithaama eh libeyne heneh dhnenn….ok hoody ah dhw ingeynee dhen…mirey than kolheh avahh up khdhehchey… 😀

  41. shiaa says:
    July 7, 2015 at 8:58 pm

    reyga ves baeh kudhin thibi 2 vy iru ves , vaahakaige inthixaar ga , hehehe

    1. Sheryn says:
      July 7, 2015 at 9:26 pm

      Shiaa dhw inee…hehehe.. 😛

  42. liu says:
    July 7, 2015 at 9:23 pm

    Aneh part up vaany koniraku ??????!!!!! 😕

  43. shiaa says:
    July 7, 2015 at 9:30 pm

    no no not me

  44. Sheryn says:
    July 7, 2015 at 9:31 pm

    Hoody anekka thiheny shery moyakuran.. alhey… adhi iyye ehaa varun sikundi hama akah ekhunee…anekka mireyvex ekam thiulheny moya kurantha?? Hama c kh shery hithah abadhu araafa innanee dhen vaa nee kihineh baa…alhe yaeesh salaamaeh vaanebaa ey…dhen hama moya vaanee…. alhe hoody avahah up khdheebala. Plxx.. 🙁

  45. Hoody says:
    July 7, 2015 at 9:46 pm

    Dear readers.
    Mirey episode 15 upload kureven neh vaahaka hithaamayaaeku dhannavan! 15th episode akee mi story ge emme fahu episode! ehnve varah dhigu koh liyan vegen las vanee! But Dont worry, In Sha Allah, Maadhan rey up kohdheynan! Hope you’ll wait! 🙂

    1. demon says:
      July 7, 2015 at 11:32 pm

      hehe mianna aharu nxt part up kurias hama rangalhu mihaa furihama koh genesdhey nama

  46. Sheryn says:
    July 7, 2015 at 9:50 pm

    Hoody hw could u…hama rangalhahvexx shery moya vejje…alhey…adhi tomorrow night…dhen alhe tomorrow evening haa iru genes dheveytho balahchey…but I’ll wait…. 🙂

  47. grant gustin says:
    July 7, 2015 at 10:06 pm

    Haadha lahakun genesdhenee hoody 🙁

  48. grant gustin says:
    July 7, 2015 at 10:09 pm

    Dhigukoh vihyaa 16vans part ah vaavarah tha thigenesdhenee tomorrowga

  49. shiaa says:
    July 7, 2015 at 10:20 pm

    hoody , thanks igea thidhin mauloomaathah takaa , every one plz calm down , hoody buny dhigu koh genes dheyna mey eh nun , so plz be patient , he’s a student , adhi 12 ga , eana ah ves vaavarun dw vaany , so plz be patient

  50. liu says:
    July 7, 2015 at 10:31 pm

    Alheyyyyyyy.. story nimeny thaaaa??? So sad. :'(
    Mee esfiya ga emme nice story. N emme avahah up vaa story. Adhi mi vaahakaige 3 vana bai ves ganes dheynan dhw hoody!! 😉 hope mi vahaka nimunas hoody ge ithuru vaahaka annaane kamah. 🙂 :*

    1. shiaa says:
      July 7, 2015 at 10:33 pm

      hiyvindhaa nulaa ves varah avahah up ve eh nun liu

  51. Juma says:
    July 7, 2015 at 10:31 pm

    Its ok hoody… i will wait.. bt hoody avaha genes dhehchey.. kiyaa hithun mi moya vany.. 🙂 😉 🙂

  52. shiaa says:
    July 7, 2015 at 10:32 pm

    waiting 4 last episode 🙂

  53. liu says:
    July 7, 2015 at 10:52 pm

    Yeah, shiaa. Bt Hiyvindha nula ah vure mi story maa reethi. N v furihama huriha gothakun ves.. v miss vaane mi story mathin 🙁

  54. naaz says:
    July 7, 2015 at 11:00 pm

    Haadha dheraey yaeshah nethytha ufaleh…hoody edhemeehun dhn happy koh ulhunadhehchey:-D

    1. Hoody says:
      July 7, 2015 at 11:16 pm

      adhi nethehnu yaeesh ah ufaleh nulibifaeh dhw… hehehe keh kuran vaane naaz gandaa!! :p

  55. Hoody says:
    July 7, 2015 at 11:12 pm

    thnkx all!!

  56. Sam says:
    July 7, 2015 at 11:30 pm

    Hoooooodyy…! Las kuranyy…! V v happy ending eh gennache igey… V sweet sweet koh v loabi koh…! eyrun Hoody dheke loabi vaanii…! ☺

  57. demon says:
    July 7, 2015 at 11:37 pm

    calm down ppl 24 hrs ehnu, e hingaidhaane esfiya jahailaahaa vaguthu kolhehge thereyga

  58. jui says:
    July 8, 2015 at 12:11 am

    hoody thispart is awesome . ekm shiaana ah dheragotheh nahadhahchey. shiaana and yaeesh.. <3 perfect couple.. 🙂 abraash andhaalaa. serious kow. eirun vaahaka varah rythi vaane.. gud luck for the next part. and hoody new story eh varah avahah fashaathi ingey…. hehhe varah beynun hoody ge stories thah kiyan. because its interesting.. 🙂

  59. flower says:
    July 8, 2015 at 12:37 am

    pis v foohi…..bunaany dhigukonneyy ekam innaany inna varah hama…but mi story v nice.

  60. maahil says:
    July 8, 2015 at 1:34 am

    haadha kurey.. nuliyevenya huttaalaa.. mee dhn meehun vaahaka liyaa varutha.. dhn buney baliveyey miulheny..

    1. Hoody says:
      July 8, 2015 at 8:32 am

      Nooney Maahil, balive eh noon miulhenee! ekamaku kurin genes dhin bayah vure ethah thaneh mi bai dhiguvaane! Hoody ah hama yageen! And In Sha Allah, Hoody vaahaka liyumeh nuhuttaanan!
      And mi bai mi genes dhineevex sun online ga stories genes dheefa hunna dhigu min balaigen e varah! So, hope yu understand! thnkx!!

  61. shaisha says:
    July 8, 2015 at 8:59 am

    Mi vaahaka nimunyma dhen esfiya ah Vanna hitheh ves nuvaane!hama vv avaahah hoody ge vaahaka eh genesdhechey mi story nimunyma!okay konme dhuvahaku kuru vahaka eh viyas!BTW the best writer

  62. aanaa says:
    July 8, 2015 at 10:13 am

    season 3 innaane tha

  63. shiaa says:
    July 8, 2015 at 10:18 am

    hmmm , abraas ge hurihaa baareh dhaveedh ga eh nun , dhen eana edhaveedh burikoh linama eh nun hurihaa baareh libeyny , abraas , andhaalaa , dhen shiaanaa n yaish gulhuvaafa , baby eh ves dhy , earun yaish ves happy vaane ehnun , kurysure dhekemun aia huvafeneh seedhaa vumun, dhw hoody

  64. aishath zeeth says:
    July 8, 2015 at 11:06 am

    koba miadhu nehtha kihinehmivee huttaleetha dhen alhe fanaayan veegothan nahadhachey

    1. Hoody says:
      July 8, 2015 at 12:18 pm

      Huttaa leekee noon ingey aishath zeeth! mirey In Sha Allah, next episode up kohdheynan!! 🙂

  65. shiaa says:
    July 8, 2015 at 2:35 pm

    mi story nimmaalaafa vaguthu vaa dhuvas dhuvahu , kuru vaahaka genes dheh chey , dhen avas musthaq balehga dhigu vaahaka eh fennaane kamah heekuran

  66. me says:
    July 8, 2015 at 4:00 pm

    ehmen marany

  67. Shaila says:
    July 8, 2015 at 5:35 pm

    Asluves dhn esfiya ah vanna hitheh ves nuvaane mivaahaka nimunyma. Hoody you have got big support within a small period. You are the best! We really appreciate your work. Insha allah, one day your work will be higly recognised. 🙂 Wish you all the very best in future.. love you alo much!

  68. Sam says:
    July 8, 2015 at 6:00 pm

    Bro..! Yu are so sweet…! (Maahil ah reply koffa inn goii…) Simply luv yu…! May Allah bless you..! ☺

  69. Juma says:
    July 8, 2015 at 6:06 pm

    Yeah sam ur right.. mi zamaanuga ehaa sweet koh ekahal comment aka reply kuraane meehun vara madhu vaane.. eyge therein ekaku ei hoody.. Hoody ur one of the most sweetest person i hav ever met..☺☺

  70. liu says:
    July 8, 2015 at 6:14 pm

    Aneh part kiyala hithun keiy nuvey… hama iru iru kolhun vaahaka up vefa in tho beleny.. miharuves vaahaka mathin miss vany. 😉 🙂

  71. Hershey says:
    July 8, 2015 at 6:56 pm

    Waiting… hoods avahah up kohdhyba I can’t wait for long..

  72. aish says:
    July 8, 2015 at 7:15 pm

    Hoody avas alhe up kohdheebala please

  73. liu says:
    July 8, 2015 at 7:28 pm

    Waitingggggggggggggggg

  74. jui says:
    July 8, 2015 at 7:41 pm

    hoodx koba next episode.. plx avas kohbba… m waitinggg…….. hoody mi story nimmaalaafa adhi ehn story eh fashaathi ingey esfiya noony sun online ga.. okay? but next time kuda kow romantic vaahaka eh.. ok . not biruveri.. okay?

  75. Shaalinee says:
    July 8, 2015 at 7:47 pm

    Hoody last night up nukureema mirey jejeyne avahah up kuran ingey…nd jui rangalhu vaahaka eh ebunee…dhen jeheyne ithuru love story eh genesdheyn…not biruveri…ok…plx hoody avahah up khdhee…

  76. Hoody says:
    July 8, 2015 at 7:49 pm

    Hey readers, mirey 11 ge kurin up kohdheveythoa varah try kuraanan! thnkx for waiting! 🙂

  77. liu says:
    July 8, 2015 at 8:36 pm

    Tht means 10:59 ga ey dhw. Haadha lahey evaru ves. 🙁
    Hoody dhn thihen nahadhaba… huriha kiyuntherin eha inthizaru kura iru thankolheh avahah up kobba.

  78. ** says:
    July 8, 2015 at 9:45 pm

    Hooooddddyyyy…..Miharu kiha ireh. Vaahaka up nuvey adhives. Miharu roveny mi vaahaka up nuvegen. Haadha wait eh eba kurameyyh..

  79. Juma says:
    July 8, 2015 at 10:07 pm

    Kobaathat hoody?? Haadha wait eh kurevijje ey.. avaha up kohdheeba.. waiting!!☺☺

  80. liu says:
    July 8, 2015 at 10:24 pm

    10 30 eyoh vany. Adhives vaahaka up nuvey 🙁

  81. Asha says:
    July 8, 2015 at 10:25 pm

    Hoodyyyy.. Avahah up kohba

  82. Meeko says:
    July 8, 2015 at 10:48 pm

    Ma ves mi othy inthizaar ga.hoody avas koh bala.rey ves v dheravi ey up nukoh dheni ma

  83. liu says:
    July 8, 2015 at 10:54 pm

    Koba tha hoody!! Eyoh 11 jahany

  84. liu says:
    July 8, 2015 at 10:57 pm

    Mirey ves vahaka up nuvane dhw. 🙁 Eha inthizaru kuraa story ge emme fahu part up nuvey. 🙁 🙁 🙁 🙁 asluves v dhera vejje miharu 🙁 🙁 🙁 🙁 🙁

  85. shiaa says:
    July 8, 2015 at 10:58 pm

    hoody OK eyy 11 ge kurin noonas , up koh dhen yaa , , i ‘ll wait . vvv rythi vaane dw next part , e kudhin bunaahen , hoody haadha swyt eyy , readers ge loabi hoadhan hama 1 vana , u r the best , hoody , waiting 4 next prt

  86. Juma says:
    July 8, 2015 at 10:58 pm

    Alhe hoody koba aneh bai up kohdheeba.. 🙁 plx avaha up kohdheeba.. vara wait kurevijje.. 🙁

  87. nukko says:
    July 8, 2015 at 10:59 pm

    Hoody clock mio tick tock vanee 11 ah.. avas up kohdhyyy.. plxx. Waiting

  88. liu says:
    July 8, 2015 at 11:03 pm

    11 ves jahaifi. Alhe hoody habareh vebala. 🙁 fahu part ge bayeh viyas up kohdheyn v nun. 🙁 🙁

  89. shiaa says:
    July 8, 2015 at 11:11 pm

    shiaa mihiry kehkuraa beys kaigen , e beys keyma , keykureveyne , loabi vaa hyhaku maruviyas , hehe, shiaa amihla ah hedhi beyheh eyy , hedhy lemon grass aa, lemon aa , copy fathaa , muragafaiy , kalhufinifenmaa gahuge bai thakaa , emalaa , madu ginyga , fen alhigen kehky , dhen dhuvaalaku 10 faharu bony 2 joadu beys , hahaha , try koh lachey kudhin ,hahaha eyy dhogeh igea , anehkaa try nukuraathi

  90. shiaa says:
    July 8, 2015 at 11:13 pm

    mirus ves alhan igea , 1 ingredient miss vy dhw

  91. shiaa says:
    July 8, 2015 at 11:16 pm

    ebunaa hen hoody , 11 vejje , shiaa ge beyhuge asaruves kendijje 11vyma , dhen ketheh nukurevayne , mirey anehkaa , hoody boluga rissany tha , noony balytha , get well soon , vanyaa up koh dheh chey

  92. shiaa says:
    July 8, 2015 at 11:21 pm

    nuvan yaa bunelaba , earun nehnun igeany ves

  93. shiaa says:
    July 8, 2015 at 11:23 pm

    plzz plzz

  94. shiaa says:
    July 8, 2015 at 11:28 pm

    liye nunimenytha anneh kaa ,

  95. reader says:
    July 25, 2015 at 5:01 pm

    this story is really intresting. keep it up.

  96. mys and mahoo says:
    October 6, 2015 at 5:43 pm

    Very nice. we like your stories. 🙂

  97. Pherthimer says:
    February 28, 2017 at 6:40 pm

    Habbu ????

Comments are closed.


All Right Reserved!