Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ…. (14)

writer Level 310 Stories100 Comments
August 30, 2015 6 Mins Read
14 Comments

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކަށް ލައުހާ ބިނާކުރި އުފާވެރި ދުނިޔެ ކިލަބުވަމުންދިޔައެވެ. ލައުހާގެ ބަނޑަށް މިހާރު ހަތްމަސް ވެފައިވާތީ މިހާރު ލައުހާ ހުންނަނީވެސް ވަރަށް ލޯބިކޮށެވެ. ބަލިވެއިން ކުރީކޮޅުގައި ބަލިވި ވަރަށް މިޙާރު ބަލި ނުވިއެއްކަމަކު ހަށިގަނޑަށް އިހްސާސް ކުރެވެމުން އައި ވަރުބަލިކަން އިތުރުވިއެވެ. ލުހުޝާންގެ މަންމަ މެދުކެނޑުމެއް ނެތި ކުރަމުން އައި މަސައްކަތުގެ ކާމިޔާބީގެ ކޮޅުމަތި ދައްކާފައިވާތީ ލުހުޝާންގެ ފަރާތުން ކުރިން ލިބެމުން އައި އަޅާލުމާއި އޯގާތެރިކަން މިހާރު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގޭގައި ލުހުޝާން ހޭދަކުރަމުންދާ ވަގުތުތައް މަދުވެ ބޭރުގައި ގިނަވަގުތު އުޅެންފެށިއެވެ. މެދުކެނޑުމެއްނެތި ލައުހާ އާއި ދެމެދު ޖެހެމުންދިޔަ މައްސަލަތަކުގެ ސަބަބުން ދެމީހުންގެ މެދުގައި ވަނީ ބީރައްޓެހިކަމެއް އުފެދިފައެވެ. މިދުރުކަމާ ހުރެ ލައުހާ ހުންނަނީ މާޔޫސްވެފައެވެ. އެމޫނުމަތިން އުފާވެރިކަން ފެންނަނީ ހަމައެކަނި ލުހުޝާން ފެންނަ ވަގުތު ތަކުގައެވެ. އެވެސް ކުޑަ ހިނދުކޮޅަކަށެވެ. ލައުހާއަށް އުދަގޫކުރުމުގެ ގޮތުން ލުހުޝާންގެ މަންމަ އަބަދުވެސް ހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ.
މެންދުރުގެ ވަގުތެވެ. ލުހުޝާން އޮފީސް ނިންމާފައި ގެއަށް އަންނަން ވާއިރަށް ލައުހާ ކާއެއްޗެއް ތައްޔާރުކޮށްލެވޭތޯ އަވަދިނެތިއުޅެމުން ގެންދިޔައެވެ. ލުހުޝާން ބޭރުން އަންނަ ވަގުތުތަކުގައި ހިތްހަމަޖައްސާފައި ބެހެއްޓޭތޯ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ލައުހާގެ މަންމަގެ މޮޅެތި ރޭވުންތަކުގެ ސަބަބުންނެވެ. މިއަދުވެސް ލައުހާ ބެލީ ލުހުޝާން އަށް އެންމެ ކާއެއްޗެއްހި ތައްޔާރުކުރެވޭތޯއެވެ. ކައްކައި ނިމުމުން ކާންތައްޔާރުކޮށްފައި ލައުހާ ދިޔައީ ފެންވަރައި ތައްޔާރުވެލުމަށެވެ. ލުހްޝާން އަންނަށް ވާއިރަށެވެ. މިފަދަ ފުރުސަތަކަށް ބަލަ ބަލައި ހުރި ލުހުޝާންގެ މަންމަ މޮޅު ރޭވުންގަނޑެއް ވަގުތުން ރާވާލިއެވެ. އަވަސް އަވަހަސް ބަދިގެ ތެރެއަށް ދެމިގަތެވެ. ކަބަޑްތެރޭ ބަހައްޓާފައި ހުރި ލޮނު ފުޅި ނަގައި ދެތިން ހަތަރު ސަމްސާ ލޮނު މޭޒުމަތީހުރި ރިހަ އެއްޗަށް އަޅައި ރަގަޅަށް އެއްކޮށްލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ނިކުމެ ސޯފާގައި އިށީނެވެ.
“އަހަން… ދަރިފުޅާ… ލުހުޝާން… މިއަދު ހާދަ އަވަހާ ގެއަށް ތިއައީ… އަނެއްކާ ދަރިފުޅު ބަލީތަ… ” ދޮރުން ވަދެގެން އައި ލުހުޝާން ފެނިފައި ސުވާލުކޮށްލިއެވެ.
“ނޫން މަންމާ… ދެން މާބޮނޑު ކަމެއް ނެތީމަ ހިތަށް އެރީ އަވަހަށް ގެއަށް އަންނާނީއޭ… މަންމަ ކައިފިންތަ..؟” ލުހުޝާން މަންމަ ކައިރީ އިށިންނަމުން އެހިއެވެ.
” ނޫން މަންމަ ނުކަން …ދަރިފުޅަށް އެނގޭނެ މަންމަ އުޅޭ ބަލިކަން … ހުންއައިސްގެން މިއަދުވެސް ތެދުވެވޭވަރު މިވީ އަދި ކިރިޔާ… ލައުހާވެސް ބަލިވެ އިނީތީ މަންމަ އަށް ވެސް އެނގޭ މަންމަގެ ކަންތައް ކޮށްދެވޭރު ނުވާނެކަން.. އަނެއްކާ އެމަންޖެވެސް ނުލާހިކު ބަލި… ދެންމެ ހޭލައިގެން ކާން ހަދާފަ އެވަނީ ކޮޓަރިއަށް .. ބޯއަނބުރާތީ ކަންނޭގެ… ދެން ދަރިފުޅު އައީމަ ދަރިފުޅާއި އެއްކޮށް ކާނީ..” ވިހަ ހިނިތުންވުމަކާއި އެކު ވާހަކަ ދައްކަމުން ގެންދިޔަ އިރު ލުހުޝާން އަށް މިވާހަކަ ތަކުން އަސަރެއް ކުރޭތޯ ބަލަމުންގެންދިޔައެވެ.
ލައުހާގެ ފަރުވާކުޑަކަން ހިތަށް އަރާފައި އެކަމާ ކުޑަކޮށް ހތްހަމަ ނުޖެހިފައި ހުރިކަމުގައި ވިޔަސް އެކަން ސިއްރުކުރެވޭތޯ ބެލިއެވެ. “މަންމާ އެބަ އަންނަން… މަންމަ ދޭކާން …”
ލުހުޝާން ތެދުވެގެން ކޮޓަރިއށް ދިޔުމަށް މިސްރާބު ޖެހިއެވެ.ދ ދޮރުހުޅުވާލާފައި ވަތްއިރު ޑްރެސިން ޓޭބަލްކައިރީ ރީތިވާން ހުރި ލައުހާ ފެނިފައި ހުއްޓުން އެރިއެވެ. ބަނޑުބޮޑުވުމުން ކުރިއަށް ވުރެ ވެސް ރީތިކަމަށް ލައުހާ ދައްކައެވެ. ކުރިއަށް ވުރެ މާ ފުރިހަމައެވެ. ކުރިއަށް ވުރެ ކުޑަ ތަންކޮޅެއްފަލަވެފއި ވުމުން މާރީއްޗެވެ. އާޝޯހު ވެފައި ހުރެ ލައުހާ އާދިމާލަށް ހިނގައިގަތެވެ. ލައުހާފެނި ހިތިގައި ދެންމެ އޮތް ރުޅިވެރިކަން ފިލައގެންދިޔައީ ކަންނޭނގެއެވެ. ލައުހާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ބައްދައިލުމުންނެވެ. ލުހުޝާން ލައުހާގެ ކަނދުރާގައި ބޮސްދިނެމެވެ. ލައުހާ ލުހުޝާން ގައިގައި ބައްދާލިއެވެ.
“އައި މިސްޑް ޔޫ. ބޭބީ.. އެހެންވެ އަވަހަށް މިއައީ…” ލައުހާއެއްވެސް ބަހެއް ނުކިޔައި ހުރުމުން ލައުހާ ބަލިހޭ އަހާލިއެވެ. ކުޑަކޮށް ވަރުބަލިވާކަމށް ބުނެ ކާން ހިނގާށޭ ލައުހާ ބުއްޏެވެ.
ދެމީހުން އެކުގައި ކެއުމަށް އިންސާފުކުރަން ތައްޔާރުވެލިއެވެ. ލައުހާއަށް ކުޅިކޮށްނުކެވޭތީ ލައުހާ ކެއީ ގަރުދިޔައެވެ. ލުހުޝާން ބަތްސުވާ އަގަލިތަނާ ކޮށި އަރައިގަތެވެ. އޭގައި ލީ ރަހައެއްގެ ސަބަބުންނެވެ. ލޮނު ގަދަކަމުން އަގަޔަށް ލެވޭވަރެއް ނޫނެވެ. އެހެނަސް އެކަން ލައުހާ އަށް ނުދައްކާވޭތޯ މަސައްކަތްކުރިއެވެ. ލައުހާ ވަރަށް ބުރަ މަސައްކަތުން ކެއްކި އެއްޗެއްކަން އެނގޭތީއެވެ.ފަހަކަށް އައިސް ކަންތައް ކުރެވެނީ މާ ރަގަޅަށް ނޫންކަން އެނގެއެވެ. އޭގައި އޮތީ ލައުހާގެ ކުށްކަމަށް ޤަބޫލުވެސް ކުރެވެއެވެ. ލައުހާ ނުބައިހޭ އެހުމުން ލުހުޝާން ވަރަށް މީރުކަމަށް ބުންޏެވެ. ގަދަކަމުންނަމަވެސް ކެވޭތޯމަސައްކަތް ކުރަމުން ގެންދިޔައެވެ. މިމަންޒަރު ބަލަން އިން ލުހުޝާންގެ މަންމަ ރުޅިން އަދައި ހުސްވަނީއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ގޮސް ދެކުދިންނާއި ބައިވެރިވެލިއެވެ.
“އަހަ… ދެކުދީން ކަނީތަ.. މަންމަ މިހުންނަނީ ތިކުދީން ނަޢި އެއްކޮށް ކާން ކަމަށް ..”ލައުހާ އާއި ލުހުޝާން އާއި ބައިވެލަމުން ބުނެލިއެވެ.
” މަންމަ ވެސް އާދޭ ކާން… އަޅުގަނޑު ހީކުރީ މަންމަ ކެއީ ކަމަށް.. އެހެންވެ ނުގޮވީ… ” ލައުހާ މިހެން ބުނުމުން ލުހުޝާން ލައުހާއަށް ދިމާލަށް ބަލާލިއެވެ. އެއަށްފަހު މަންމައަށް ބަލައި ހިނިތުންވެލިއެވެ. ތައްޓަށް ބަތް އަޅައި އަގަށް ލީ ކާއެތި ކޮޅުވެސް ބޭރަށް އުކާލިއެވެ. މަންމަ މިކުރި ކަމަކުން ލައުހާ ހައިރާންވިއެވެ.
” މަންމާ.. ކިރިނެތްވީ… ކަމުނުދަނީތަ…؟” ލައުހާ ކުރި ސުވާލުވީ މަންމަ އިތުރަށް ރުޅިގަދަ ކުރުވި ކަމަކަށެވެ.
” ޗީ ޗީ…މީތަ މީހުން އެއްޗެހި ކައްކާ ގޮތަކީ… އަގަޔަކަށް ލެވޭވަރެއް ނޫން…. ކައްކަން ދަސްކޮށްގެން އައިސް ކައްކަބަ…މީހަކާއ އިދެގެން ދަރިން ލިބެން އުޅޭއިރު ވެސް ކައްކާ އެއްޗެހީގެ ހާލަކީ މީ…” ކޮންޓްރޯލް ކޯށްގެން ހިތުގައި ހުރި ރުޅިގަނޑު މިފަހަރު ރަގަޅަށް ލައުހާ އަށް ބޭލީއެވެ.
” މަންމާ…. ދެންމެ ލުހުޝާންވެސް ކެއީ ހަމަ ތީގެއިން … ދެން ކީއްވެ ..” ލައުހާ ވަރަށް ހިތްވަރުކޮށްފައި އަހާލިއެވެ.
“ދެން ތިކިޔަނީ އަހަރެން ދޮގު ހަދަނީ އޭތަ… ފަންސާސް ކލޯ ލޮނު އެޅިއަސް ލުހުޝާން އަށް ކެވުނަސް ބަލަ އަހަންނަކަން ނުކެވޭނެ ކޮންމެ ކޮންމެ އެއްޗެއް… ދަރިފުޅާ ފެނޭތަ އަހަރެން ކުރިމަތީ ޒުވާބުކުރާތަން..މީ ކޮންތާކުން ގެނައި އުޅުމެއް ނެތް އަންހެން ކުއްޖެއްތަ…އަހަރެން މަރާޅަން ކުރާނެ ކަމެއް ނޭނގިގެންތަ ތިއުޅެނީ..”
ލާޢުހާއަށް ރޮވުނެވެ. “މަންމާ… އަހަރެން ކީއްވތަ… ލިހުޝށން އަހަންނެއް ނާޅަން..”
” ހުއްޓާލާ ލައުހާ… އަމިއްލަ ކުށް ގަބޫލު ކުރުމަކީ މައްސަލައެއްނޫން …އެކަމަކު ލައުހާ ބަލަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ޖަދަލް ކުރެވޭ ތޯ …. ބޯ ހަލާކުވެއްޖެ މިހާރު.. ލައުހާ އަހަރެން މަންމަ އާ މެދު ލައުހާ ވެސް ޖެހޭނެ ވިސްނާލަން… އަހަރެން އެފަދަ ކަމެއް ދެން ބަރުދާސްތެއް ނުކުރާނަން… ލައްކަ ކެތް ކޮށްފިން … ދެން ނުވާނެ… ” ލުހުޝާން ހުރި އައިސް ތަރިތަށް ހޫރާލާފައި ބޭރަށް ދިޔައިރު ލައުހާ އަށް ފެންކަޅިވެފައި ބަލަން ހުރެވުނީއެވެ.
ކަންތައްވީ ލުހުޝާންގެ މަންމަ ބޭނުންވީގޮތަށެވެ. ލިބުނު ފަތަހައިން މޫނުމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. ” ހެހެހެހެހެ….. ކޮބާ …ފެނޭތަ ..؟ ހީކުރީތަ މަގޭ ދަރި ފޭރިގެންފަ އުފަލުގައި އުޅެވޭނެހެން…ހެހެހެހެ…. ” ލައުހާ އަށް ބަލަން ހުރެވުނީއެވެ. “މަންމާ .. ކީއްވެތަ…؟ ”
” ބަލަ އަދިވެސް ނުވިސް ނެނީތަ… އަހަރެން ބޭނުމެއް ނޫން ތިކަހަލަ އަގެއްނެތް ފަޤީރަކު އަހަރެންގެ ދަރިއަކާ އިދެގެން އުޅެން…. ބަލަ ލުހުޝާން ނުވެޔޭ ކަލޭ ދެގެ ލޯތްބެއް.. ކަލޭ ބަނޑުގައި ތޮއޮތް ދަރިފުޅަށް ޓަކައި މިގެއަށް އިދެގެން ތިގެނައީ… އެހެން ނޫން ނަމަ ކަލެއާ ވައިވެސް ނޭޅޭނެ… ” މަންމަގެ އަގައި ބޭރުވަމުން ދިޔަ ވިހަ ބސްތަށް ޤަބޫލުކުރަން ދަތިވެފައި ލައުހާ ހުއްޓެވެ…
” ކިތަންމެ ރީތި ސިފައެއް ލިބިފައި ހުއްޓަސް ކަލެއަކީ ނިކަމެއްޗެއް… އުފަންވިތަނާ މައިންބަފައި ކާއިފައި ހުރި ސުންޕާ އަންހެނެއެ…އަހަރެން ދަރިފުޅުގެ ދިރިއުޅުމަށް ތި ސުނަޕާ ހިޔަނި އެޅުނީތީ އެކަމާ އަހަރެން ހިތާމަ ކުރަން.. ކަލޭ ބަނޑުގައި ތޮއޮތީވެސް ހަމަ ކަލޭ ކަހަލަ …” ލައުހާ އަށް އަނޑުއަހަން އިތުރަށް އެތެއް ނުވިއެވެ.
“މާންމާ … ހުއްޓާލާ.. އަހަންނަށް ހެޔޮ އަހަންނާ ދިމާލަށް ކިތންމެ އެއް ކިޔަސް އެކަމަކު މި ކުއްޖާގެ އޮތީ ކޮން ކުށެއް… މިއީ މަންމަގެ ވެސް ލެއެއް ނޫންތަ …”
” ދުނިޔެއަށް އައިނަމަތާ އަހަރެންގެ މާމަ ދަރިއަކަށް ވާ ނީ… އޭރުން ކަލޭ ޖެހޭނީ މިގެއިން ބޭރަށް ދާން… ލުހުޝާން ކަލޭ ވަރިކޮށް އެއްލާލާނެ… ކުރިން ކުރި ވަރު އަދި ކުޑައީ…” ލައުޙާ އަށް ގިސްލަ ގިސްލާފައި ރޮވެމުންދިޔައެވެ.
ލައުހާ އަށް ސިހުން ލިބުނީ މަންމަ ލައުހާ ގެ އަތުގައި ހިފައި ގަދަކަމުން މަންމަ ގެ ކަރުގައި ހިފުވީމައެވެ. ގަދަހަދައި ތިހެން ނުހެދުމަށް އެދި އާދޭސް ކުރަމުން ގެންދިޔައެވެ. ދޮރުން ވަދެގެން އައި ލުހުޝާން ފެނިފައި މަންމަ އިތުރަށް ގަދަކޮށްލިއެވެ.އޭރުވެސް މަންމަގެ ކަރުން ލައުހާގެ އަތް ނެއްޓުވޭތޯ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ” ތިހެން ނުހަދާ ދަރިފުޅާ…މަންމަ އަށް މާފްކުރޭ… މީހެކޭ … ސަލާމަތް ކުރޭ..” ލައުހާ އަށް މަންމަގެ މަކަރުވެރިކަން އަންދާޒާކޮށްލެވުނީ އަދި ކިރިޔާއެވެ. ލުހުޝާން އަށް މިމަންޒރު ފެނިފައި ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. ބަލާކަށް ނުހުރެ ލައުހާ މަންމަ އާއި ދުރު ކުރުވިއެވެ. އެވަގުތު ލުހުޝާން ގައިގައި މަންމަ ބައްދައިގަތެވެ. އަޑުން އަޑުނަގައި ބާރަށް ރޮއި ހޭރިގަތެވެ. މަންމަ ކައިރީ ނުރުއިމަށް ބުނެ މަންމަ ހަމަޔަކަށް އެޅުވިއެވެ. ލުހުޝާން ލައުހާ އަށް ބަލާލިއެވެ. އެދެލޮލިން ލައުހާ އަށް ފެންނަމުން ދިޔައީ ކުރިންވެސް ފެންނުނު ރުޅިވެރިކަމެވެ. އެ ރުޅިވެރިކަމުން ލައުހާ އަންދާލާނެ ފަދައެވެ. ލައުހާ ގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ގެންދިޔަވެ. ވާރަށް ދޮރު ޖަހައި ރުޅިން ލައުހާއާއި ގާތްވަމުން ދިޔައެވެ.” ކީއްވެ ތި ރޮނީ… ލަދެއްވެސް ނުގަނޭތަ… ބަލަ ދެންމެ އެހެން ހަދަން ތިއުޅުނީ އަހަރެންގެ މަންމަ އަށޭ.. ” ލުހުޝާން ރުޅިން ތުރުތުރު އަޅާނީއެވެ.
ލުހުޝާން … އަހަންނެއް ނޫން… މަންމަ… މަންމަ…. ގަބޫލުކުރޭ… އަހަންނެއް ނޫން…” ލައުހާ ހިމޭންވީ ލުހުޝާންގެ އަތުގެ ހޫނު އެތިފަހަރެއް މޫނަށް އަމާޒުވުމުންނެވެ..
“އިތުބާރު ކުރާށޭ؟ … ލޮލުން ދެކެ އަތުން ހިފީމަ ދެން ކޮން އިތުބާރެއް ތަ ކުރެވޭނީ .. މީ ކުރިން ވީކަހަލަ ކަމެއް ނޫން …ދެން އިތުރަށް އިތުބާރު ކުރާނެ ޖާގައެއް ވެސް ނެތް…. ތީ އެއަށް ވުރެ މާ ރަހުމު ކުޑަ އަންހެނެއް..އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން އަހަރެންގެ މަންމައަށް އެހެން ހަދާފާނެ ކަމަކަށް..” މިފަހަރު ލުހުޝާން ވާހަކަ ދެއްކީމަޑުންނެވެ. އެކަމަކު އެ އަޑުގައި އަދިވެސް އެވަރަށް ރުޅިވެރިކަން ހުއްޓެވެ.
“އަހަރެން ހީކުރީ ލުހުޝާން އަހަންނަށް އިތުބާރުކުރާނެ ކަމަށް … ލުހުޝާން އަށް ދެވަނަ ފުރުސަތެއް ދިން ކަން އެއީ އަހަންނަށް ކުރެވުނު މޮޔަކަމެއް ހެން ހީވަނީ ” ލައުހާ އެތަނުން ދިޔުމަށް ހިނގައިގެތވެ. ނަމަވެސް ލުހުޝާން ހުރީ ލައުހާ އެހާ ފަސޭހައި ފޮނުވާލުމުގެ އަޒުމެއްގައެއް ނޫނެވެ. ލައުހާގެ އަތުގެ މުލަތް ދަޑީގައި ހިފައި ބާރށް ހޫރާލިއެވެ. ލައުހާ ވެއްޓުނެވެ. ބަނޑުގައި އަތް އަޅައި ބާރަށް މަންމާ އޭ ކިޔާ ގޮވާލެވުނެވެ. ބާރަށް ރޮވުނެވެ..ވީތަދުންނެވެ. ލައުހާއަށް ހައިރާން ކަމާއި އެކު ބެލެމުން ދިޔައީ ލުހުޝާން އާއި ދިމާލަށެވެ. އެވަގުތު ލައުހާގެ އިސްތަށިގަނޑު އަތަށް ހެޔޮވަރުކޮށްލިއެވެ. ވީތަކުން ހަޅޭލަވައިގަނެވނެވެ. ތިހެން ނިހެދުމަށް އެދި އާދޭސް ކުރަމުން ގެންދިޔައެވެ ތަދުވާކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔުމަށް އެދި އާދޭސް ކުރިއެވެ. އެހެނަސް ލުހުޝާން އަށް އެ އާދޭސްތަށް އަޑު ނީވޭ ފަދައެވެ.
” ތަދުކުރާށޭ ބޭނުމީ ވެސް…” ލުހުޝާން ގެ މޫނުމަތިން ފެންނަމުން ދިޔައީ ދުވަހަކުވެސް ލައުހާއަށް ފެނިފައިނުވާ ކުލަތަކެކެވެ. މޫނު މައްޗަށްް ވެރިވެފައިވާ ވިހަ ހިނިތުންވުމަކުން އެއްވެސް ރަހުމެއް ނުފެނެއެވެ. ލައުހާއަށް ރޮވެނީއެވެ.
” ލުހުޝާން ޕްލީސް… ވަރަށް ތަދުވޭ… އަހަރުމެންގެ ދަރިފުޅަށް ޓަކައި… އާދޭސްކުރަން ލުހުޝާން… ” ލައުހާ ގިސްލަ ގިސްލާފައި ރޮމުން އާދޭސްކުރަމުން ގެންދިޔައެވެ. ލުހުޝާން ހޭންފެށިއެވެ. ހީވަނީ މޮޔަވެފައިވާ މީހަކު ހެނެވެ. ލައުހާގެ މޫނަށް އެއަތުގެ ތޫނު ހަމަލާއެއް އަމާޒުވިއެވެ . ލައުހާއަށް ހައިރާން ކަމާއި އެކު ބަލަން ހުރެވުނީއެވެ. ލުހުޝާން އަކީ ކުރިން ދުވަހަކުވެސް އަނިޔާކުރި މީހެއް ނޫނެވެ.
” ލައުހާ ..ލައުހާ ލައުހާ … ތީ އަހަރެންގެ ދަރިއެއް ކަމަށް އަހަރެން ޤަބުލު ކުރާނީ ކިހިނެތް …ހަދާން ނެތުނީތަ… ތީނަ ރޭޕްކުރި ހަދާން …އެތަނުން މީހެއްގެ ކުއްޖަކަށް ވެސް ވެދާނެއެއްނު.. ނޫނީ ލޯބިވާ ހައިކަލްގެ ދަރިއަކަށް ވެސް ވެދާނެއެއްނު…” ލައުހާ ބަރަށް ލުހުޝާން އަށް ގޮވިއެވެ. ތިކަހަލ މުޑުދާރު ވާހަކަ ނުދެއްކުމަށް އެދުނެވެ. ލުހުޝާން ލައުހާގެ ބަނޑުގައި ފައިން ބާރަށް ޖެހިއެވެ. ވީތަދުން ލައުހާ އަށް ރޮވުނެވެ. ހޮސްޕިޓަލްއަށް ގެންދިޔުމަށް އެދި އާދޭސް ކުރަމުން ގެދިޔައެވެ. މިކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ލުހުޝާން އޭނާގެ މަޤްސަދު ހާމަކުރުމުން ގެނދިޔައެވެ.
” އަހަރެން ލައުހާ ވަރިއެއް ނުކުރާނަށް … އެއީ އަހަންނަށް ކުރެވުނު މޮޔަކަމެއް …އެކަމަކު އަހަން ނަށް ދެވަނަ ފުރުސަތެއް ދިނުން އެއީ ލައުހާއަށް ކުރެވުނު މޮޔަކަމެއް… ހެހެހެހެ … ލޯބިވާ ހައިކަލް އާ ދެވަނަ ފަހަރަށް ވެސް ދުރަށް ދާން ޖެހުނީމަ ދެރަވޭދޯ… އެކަމަކު މި ލުހުޝާން ދުނިޔޭގަ ހުރި ހާ ހިނދަކު ލާހިކެއް ނޫން ތިދެމީހުންނަށް… ހެހެހެހެ… ” ލައުހާ އަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ.
” އަހަރެން ލައުހާ ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވޭ.. ތި ބަޑުގައި އޮތް ދަރިފުޅު ދެކެވެސް…. ދުވަހަކު ވެސް ނުވާނަށް …” ލައުހާ އަށް ބަލަން ހުރެވުނީއެވެ، އަޅާ ވޭނުން ކެތް ވާ ވަރެއް ނޫނެވެ،

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ހިޖުރަ (ނަވާރަވަނަ ބައި)

Next

އަލްމާޝް 14

Next
August 30, 2015

އަލްމާޝް 14

Previews
August 30, 2015

ހިޖުރަ (ނަވާރަވަނަ ބައި)

14 Comments!

  1. Mishal says:
    August 30, 2015 at 9:29 pm

    kon irakun next part?? .. avss avass .. dhen oiy part kiyaa =hithun mihaaru hureveny eh noon .. hope u will upload the next part soon .. gud luck 🙂

  2. Princess Noddy says:
    August 30, 2015 at 9:32 pm

    Hmm reethi mi part vess. dhen migothah avahah part thah genesdhy mi story nimmaalan vejje ehnun. mihaaru kihaa dhuvaheh mi vany… mi ah vure fahun liyunu story thah vess mihaaru liye nimihje.. well waiting 4 next part.

  3. shaaru says:
    August 30, 2015 at 9:40 pm

    Hadha asaru gadha vahaka eh kaa vvv salho

  4. nukko says:
    August 30, 2015 at 9:44 pm

    V v v obi… thanks avahah up kohdhinyma. .Kn Irakun nxt part

  5. writer says:
    August 30, 2015 at 10:02 pm

    insha allah … will try to upload with in two days . thank you and very sorry for the delay

  6. bubbly gurl says:
    August 30, 2015 at 10:45 pm

    Wow!!! Warah salhi nge .. Awahah up kohdhehcheyh .. Hama kiyaahiywanyh ? .. good luck !! ?

  7. Meesh says:
    August 30, 2015 at 11:11 pm

    Vvvvvv reethi… waiting

  8. naff says:
    August 31, 2015 at 12:24 am

    Varah reethi and avahah up kohdhiny thi thanks writer…

  9. lau says:
    August 31, 2015 at 10:15 am

    Ummeedh kuran avahah upload kollane kamah. Mi bai ga vee goiy handhaanun filan vaairah upload kollaathi.

  10. nukko says:
    August 31, 2015 at 10:54 am

    Wow… waiting for the next part.. alhe please not 2 days.. kiyaa hithun keii kureveneekee noon hama iru iru kolhaa belenyu… jus habeyzz

  11. Shabee says:
    August 31, 2015 at 11:29 am

    mi story shabee ah fenunee reyga upload khffa indhaa…. shabee hithah eree 14 ineema mee koniraku up kuri story ehbaavaey… meeen dhuvahaku nufeney viyyaa… dhen hithah eree prt 1 jahan olhumakun einee fahathah 4 levifaey … ehnveyey eynee 14… but vaahaka eh feshey gothakah noon ineekee feshifavex… ehn ve author name ah click kohffa beliiru 2014 ga liyan feshaafa in story eh…omg 😮 dhen feshigen kiyaalee…. wow vrh reethi vaahaka eh 😀 vrh interesting… but i think dhedhuvahun ehdhuvahu up kurumahvurre daily kh genaiyya maa bst vaanehen… nulaahiku habeys story eh… shabee ah vrh reethi mi story…. 🙂 ummeedhu kuran dhen oeh prt avahah dhigukh upload kohdheyne kamah!!! all the bst 😛

  12. Aishaa says:
    August 31, 2015 at 12:52 pm

    Shabee bunihen….Aishaa ah vs reyga mi vaahaka fenuny…..Aishaa furathama heekury r vaahaka eh kamah….chaptr 14 iny ma Aishaa igihje mee r vaahaka eh nun kan….so Aishaa vs author name ah fithaaly mi vaahakaige hurihaa chaptrs thakeh feshign nimendhen kiyaaly mi…..konme akas mee v v reethi vaahaka eh…
    Ekam Aishaa ah thankolheh kury genesdhey leh…..unmeedhu kuran dhen genesdhey prt thankolheh dhigu kon genesdheyne kamah

  13. Aishaa says:
    August 31, 2015 at 12:55 pm

    Mistake…
    vaahakaige hurihaa chaptrs thakeh feshign nimendhen kiyaalan kamah*

  14. Anonymous says:
    August 31, 2015 at 1:09 pm

    kuru

Comments are closed.

Next Episodeޔާރާއޭ…. (15)←


All Right Reserved!