Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޔާރާއޭ
ލޯބި

ޔާރާއޭ…. (15)

writer Level 310 Stories100 Comments
August 31, 2015 5 Mins Read
13 Comments

ލުހުޝާން އަށް މިރޭ ކުއްލިއަކަށް އައިސްފައިވާ ބަދަލާހުރެ ލައުހާ ހުރީ ބިރުގެންފައެވެ. އަޅަމުންދާވޭނަށް ކެތްކޮށްގެން އެހެން ނުހެދުމަށް ކުރި އާދޭސްތަކަށްވެސް ލުހުޝާން ދިނީ ބީރުކަންފަތެކެވެ.ލައުހާ ހީކުރި ފަދަ މީހަކަށް ލުހުޝާން ނުވިއެވެ. އެއަށްވުރެ މަކަރުވެރި މާހުށިޔާރު މީހެކެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ފެންނަން ނެތެވެ. ލައުހާ ގިނައިރު ރުއިމުގެ ސަބަބުން ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ބަޑުގައި ބާރަށް ހިފަހައްޓައިގެން އޮތްއިރު އިރު އިރު ކޮޅާ ލުހުޝާން ހޮސްޕިޓަލަށް ގެންދިޔުމަށް އާދޭސް ކުރަމުން ގެންދެއެވެ.
” ލުހުޝާން.. ޕްލީސް އަހަންނަށް ތިހެން ނުހަދާ…އާދޭސްކޮށްފަ ލުހުޝާން..ޕްލީސް…އަހަރުމެންގެ ދަރިފުޅަށްޓަކައި ނަމަވެސް..ޕްލީސް…” ލައުހާ ރޮމުން އާދޭސް ކުރަމުންގެންދިޔައެވެ. ހަށިގަނޑުގައި އަޅާވޭނުން ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ. ލައުހާ ހިމޭން ވީ މޫނު މައްޗަށް އެހު ލުހުޝާންގެ އަތުގެ ހަމަލާއަކުންނެވެ. އެ ދޮން މޫނު މިހާރު ވަނީ އެ ހަމަލާތަކުގެ ސަބަބުން ރަތްވެފައެވެ.
” ކިތައް ފަހަރުތަ ބުނަންވީ މަޑުން ބަހެއް ނުކިޔައި ހުންނާށޭ…ތީ އަހަރެންގެ ދަރިއެއް ނޫނޭ ބުނެފީމެއްނު…ބީރުތަ…ދެންވެސް ބޮލަށް އުދަނގޫ ނުކޮށް މަޑުން ހުރެބަ ތި ހާލަށް ކެތް ކޮށްގެން… އެހެން ނޫނީ ދެން ހޮސްޕިޓަލަކަށް ނުވެސް ގެންދާނަން..’ ލުހުޝާން ބާރަށް ހަޅޭލައިވައިގަތެވެ.
އެއީ ކުރިން ލައުހާ ދަންނަ ލުހުޝާން އެއް ނޫނެވެ. މުޅިން ތަފާތު މީހެކެވެ. އެދެލޮލުން ފެންނަނީ ބަދަލު ހިފުމުގެ ރޫހެވެ. ލައުހާ ހުރީ ވަރަށް ބިރުގެންފައެވެ. އެފަކީރު ބިރުން ތުރުތުރު އަޅަނީއެވެ. ” ކީއްވެތަ އަހަންނަށް ތިހެނަ ތިހަދަނީ… މީ ލުހުޝާން ގެ ދަރިއެއްކަމަށް ޤަބޫލުނުކުރާ އިރު ކީއްވެތަ އަހަރެން ހޯދަން އައީ ފަހުން… އަހަރެން ..” ލައުހާއަށް ގިސްލެވޭވަރުން ވާހަކަ ދެއްކެނީ ކިރިޔާއެވެ.
ލުހުޝާން އަނެއްކާވެސް ހޭން ފެށިއެވެ. ހީވަނީ މޮޔަވެފައިވާ މީހަކު ހެންނެވެ. ” ހެހެހެ.. ލައުހާ ގާޒީ ނުބުނޭތަ ކައިވެނި ކޮންދިން ވަގުތު ފިރިމީހާގެ ބަހަށް ކިޔަމަންވާށޭ.. ތީތަ ކިޔަމަންވާ ގޮތަކީ … ” ލުހުޝާން ލައުހާގެ ލޮލުގައި ހިފައި އަގަޔަށް ތަދުކޮށްލިއެވެ. ” އަހަންނަށް ނުދޭ އިހްތިރާމެއް ވަކި އަހަރެންގެ މަންމައަށް ކަލޭ ދޭނެތަ..
ދެންމެ ކަރު ހިފައިގެން ކަލޭ މަސައްކަތް ކުރީ އަހަރެންގެ މަންމައޭ … ދެން ތިކަހަލަ އަންހެނަކަށް މަންމައަކަށ ވުމުގެ އެއްވެސް ހައްޤެއް ނޯންނާނެ…” ލުހުޝާން ފައިން ލައުހާގެ ބަނޑުގައި ޖެހިއެވެ. ވީ ތަދުން ލައުހާ މަންމާ އޭ ކިޔައި ހަޅޭލަވައިގަތެވެ.
” ކޮން މަންމައަކަށް ގޮވާކަށް.. ހަދާންނެތުނީތަ ތީނަގެ މަންމައެއް ދުނިޔެއަކު ނެތްކަން… މަރަވެފައި ތިބި މީހުންނަށް ނުގޮވާ އެމީހުންނަށް އުދަނގޫ ނުކޮށް ހުރެބަލަ…” ލުހުޝާންދެކެ ލައުހާ ބިރުގަންނަން ފަށައިފިއެވެ.
” ހައްހައްހައް…. އައި ނޯ ސްވީޓީ… އައި ނޯ… އެކަމް ކީއްކުރާނީ… ތިހާ ރީތި ކުއްޖަކު ކިހިނެތް އަހަރެންގެ މީހަކަށް ނުހަދައި ހައިކަލްގެ މީހަކަށް ހަދާނީ… ހެހެހެހެ…. އަހަރެންގެ ހުރިހާ އުފަލެއް ފޭރިގެންފަ ހުރި މީހެއް އެއީ… އެކަމުގެ އަގު ދައްކަން ޖެހޭނީ އޭނަ ފުރާނަ ފަދައިން ލޯބިވާ ލައުހާ… އޯހް.. ސޮރީ… ލޯބިވި..’ ލުހްޝާން މަލާމަތްކޮށްލިއެވެ.
” ކީއްކޭ ތިކިޔަނީ ލުހްޝާން… ހައިކަލް ކީއްތަކުރީ … ހައިކަލް އެއްވެސް ކަމެއް ނުކުރާނެ…. ” ލައުހާ ވަރަށް ހިތްވަރު ކޮށްފައި ސުވާލުކޮށްލިއެވެ. އިތުރަށް ލިބޭނެ އަދަބަކާއި މެދު ޖެހިލުން ވެފައެވެ.
” ހެހެހެހެހެ…. ހައިކަލް …އަދިވެސް އޭނައާއި މެދު ދޯ ވިސްނެނީ… ފިރިމީހާކައިރީ ލޯބިވެރިޔާ ދިފާއު ކުރާކަށް ލަދެއް ނުގަނޭތަ… ވެލް މައި ލަވް… ހައިކަލް ގެ ކުށަކީ ހަމަ އެންމެ ކުށެއް… އަޑުއަހާ.. ބޭކާރު ވާހަކަ ނުދައްކާ… މހާ ރީތި ވާޙަކެއް ކިޔައިދޭއިރު ވެސް ތިހުންނަނީ ކުރާ ބޭކާރު ސުވާލުތައް…” އަނެއްކާވެސް ލައުހާގެ އިސްތަށިގަނޑަށް ތަދުކޮށްލިއެވެ. ލައުހާ އަނިޔާ ނުކުރުމަށް އާދޭސް ކުރަމުން ދެއެވެ. މިހާރު އަޅާވޭނުގެ ސަބަބުން އިތުރަށް ވާހަކަ ދައްކާނެ ވަރެއް ވެސް ލައުހާ ގަޔަކު ނެތެވެ.
” ހުމްމްމްމް… އަހަންނާ ހައިކަލް ދިމާވީ ރެސްޓައުރެންޓަކުން.. އެދުވަސް ވެގެން ދިޔައީ އަހަރުމެންގެ އެކުވެރިކަން ފެށުނު ދުވަހަށް… އެދުވަހަށް ފަހު ދެމީހުންގެ އެކުވެރިކަށް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުން… ދެން އޮތީ އަހަންނަށް އަހަރެންގެ ލޯބި އަންހެނުން ފެނުނު ގޮތް… ހައިކަލް މާ ވަރަކަށް ފޮރުވައިގެން ގެންގުޅުނު ފޮޓޯއަކުން އަހަންނަށް ލައުހާ ފެނުނީ… އެދުވަހު އެފޮޓޯ ނުދައްކަން ވަރަށް މަސައްކަތްވެސް ކުރި އެކަމު އަހަރެން ކިޔަން ފެށުމުން އެ ފޮޓޯ ދެއްކީ… އަހަރެންގެ ނަސީބު ބަލާބަ….ހެހެހެހެ… އެ ކުއްޖާ މިވީ އަހަރެންގެ މިލްކަކަށް ..” ލުހުޝާން މިހާރު ވާހަކަދައްކަމުން ގެންދިޔައީ މަޑުމަޑުންނެވެ. އެކަމަކު އަދިވެސް އެއަޑުން ހާމަވަނީ ނަފްރަތެވެ. ލައުހާ ހައިރާންވެފައި ލުހްޝާން އަށް ބަލަހައްޓައިގެން ހުއްޓެވެ. ޤަބޫލުކުރަން ދަތިވެފައެވެ.
“އޯއް ޕްލީސް ލައުހާ… ކޮންމެހެން ތިހެން އަހަންނަށް ބަލާނެކަމެއްނެތް… ވަރަށް ރުޅި އާދޭ ދޯ އެބަ…. އެކަމަކު ވެސް ކީއްކުރާނީ … ހެހެހެހެހެ.. ހާސްނުވޭ… އޭރު އަހަރެން ދުށީ ހައިކަލް އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާކަމަށް … އެހުރިހާ ކަމެއް ބަދަލް ވީ އަހަރެން ހައިކަލް ގެ ގެޔަށް ދިޔަ ދުވަހުން ފެށިގެން… ހައިކަލް އެ އުޅެމުންގެންދާ ދިރިއުޅުމަކީ އަހަރެން މަންމަ އާއި އަހަންނަށް ހައްޤު ދިރިއުޅުމެއް … ” ލައުހާ އަށް މަންޒަރު ފުސްވާން ފެށިއެވެ.
” އެނގޭތަ… އަހަރެން ކިތައް ދުވަހެއް ބައްޕަގެ ލޯތްބާއި ނުލައި އުޅުނުކަން… މަންމަ ބައްޕައަށް ޓަކައި ކިހާ އިންތިޒާރެއް ކުރިކަން… އޭން….އޭނަ ދުވަހަކުވެސް އަހަރުމެން ދުނިޔޭގަ ހުރި ތޯވެސް ބަލައި ނުލައި… ހައިކަލް އަކީ އަހަރެންގެ ‘ކޮއްކޮ’ … އޭނަ އުޅެމުން ގެންދިޔަޢި އަހަންނަށް ވެސް ހައްޤު ދިރިއުޅުމެއް… އަހަރެން ބައްޕައަށާއި ބައްޕަގެ އެ އާއިލާއަށް ނަފްރަތް ކުރަން… މަންމަ އަށާއި އަހަންނަށް ޖެއްހި ހާލަށްޓަކައި އަހަރެން ބަދަލް ހިފަން ބޭނުން… އެކަން އަހަނެއް ހައިކަލް އަކަށް ނުދައްކަން…” ލުހުޝާން ވާހަކަ ކުރިއަށް ގެންދިޔައެވެ.
” އަހަރެން ކޮންމެހެން ލައުހާ އާ އިނީ އަހަރެން ބޭނުން ވެގެނެއް ނޫން… މަންމަ ލައުހާ އާއި ކައިވެނި ހަމަޖެހުނު ވާހަކަ ބުނުމުން އަހަރެން އެކަމާ ދެކޮޅު ހެދީން… އެކަމް ލައުހާ ފެނުމުން އަހަންނަށް އެނގުނު މިއަށް ވުރެ ރަގަޅު ފުރުސަތެއް ނުލިބޭނެ ކަން ބަދަލް ހިފަން… އަހަރެންގެ މަންމަ ވޭތުކުރި ހިތްދަތި ދިރުއުޅުން އަހަރެން ހައިކަލް އަށް ދޭން ބޭނުންވި… ލޯބިވާ މިހާކާ ދުރުގައި ހުންނަށް ޖެހުމުން ކުރަންޖޭހޭ ހިތާމަ އޭރޫން އެނގޭނެ އެއްނު… ސަޅިއެއްނު…. ބައްޕަކުރި ކުށުގެ ސަޒާ ދައްކަން ޖެހޭނީ ހައިކަލް… އަހަރެންގެ ދިރިއުޅޫން ފޭރިގަތީމަ… އެ މުއްސަދިކަން އެއީ އަހަރެންގެ ވެސް ހައްޤެއް… ” ބަދަލް ހިފުމުގެ ރޫހުގައި ލުހުޝާން ކުރި ކަންތައް ހުލާސާ ކުރަމުން ގެންދިޔައެވެ… އެހެނަސް އެއަޑުގައި ކޮންމެވެސް ވަރަކަށް ވޭން އެކުލެވިގެން ވެއެވެ. ލައުހާ ހަރަކާތެއް ނެތިފައި ލުހްޝާން އަށް ބަލަން އޮތެވެ. ވަރުބަލިވެގެންނެވެ. ކުއްލިއަކަށް މިވީ ކީއްހޭ ސުވާލުކުރާ ފަދައަކުންނެވެ. މިއީ ހުވަފެނަކަށް ވާނެ ނަމައެވެ.
ލުހުޝާން އައިސް ލައުހާ ނަގައި އުގުމަތީގައި ބޭއްވިއެވެ. ލައުހާ އަށް ލުހުޝާން އަށް ބަލަން ހުރެވުނީއެވެ.
“އެގޭތަ… އަހަރެން ލައުހާ އަހަރެންގެ މީހަކަށް ހެދި ދުވަހު އަހަރެން ވަރަށް އުފާވި… މުޅިއުމުރަށް ދެމީހުން ދުރުކޮށްލެވުނީތީ … އެކަމަކު އެދުވަހު އަހަންނަށް އެގުނީ އޭގެ ދުވަސް ކޮޅެއް ކުރިން ހައިކަލް އެކްސިޑެއްގައި މަރުވި ހަބަރު… އޭނަ މަންމަ އާއި ބައްޕަވެސް… ސޯ ސޭޑް… އެކަމަކު އޭގައި ލައުހާގެ ކުށެއް ނެތްކަން އަހަންނަށް އެނގޭ … ނަސީބު ރަގަޅޫކަމުން ކިހާ ރީތި އަތްބެއް އަހަންނަށް ލިބުނީ..އެވެސް ހައިކަލް އެންމެ ބޭނުންވި ކުއްޖާ… އެހެންވެ އަތްބަކަށް ދޭންޖޭހޭ ހުރިހާ ލޯތްބެއް ލައުހާއަށް ދެވޭތޯ ބެލިން… އެކަމކު ލައުހާ ކީއް ކުރީ…އެހެން މީހަކާ އެއްކޯށް…ޗީ ޗީ..”
ލުހްޝާން ލައުހާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ” އެގެން ބޭނުންތަ އަހަރެން ލައުހާ ބަލައި ދިޔައީ ކީއްވެކަން… ހައިކަލް … ހެހެހެ… އަހަރެން ކައިރީ އާދޭސް ކުރީ … އެކި ގޮތްގޮތުން ހެކތަށް ދެއްކީ ލައުހާގެ ކުށެއް ނެތްކަން ސާބިތުކުރަން… ހެހެހެހެ… އަހަރެން ކޮންމެހެން ލައުހާ ގެނައީ ކީ އެވާޙަކަ ތައް ޤަބޫޅުކޮށްގެނެއް ނޫން… ހެހެހެހެ… ތިދެމީހުން ދުރުކުރުވަން ވެގެން… އަހަންނަށް ހެދުނު ގޯހެއްގެ ސަބަބުން ތދެމީހުން ކައިރިއަށް އާދެވުނީމަ…. އަހަންރެން ދުނިޔޭގަ ހުރިހާ ހިދަކު ލާހިކެއް ނޫން …. ބޭބީ… ހައިކަލްވެސް ނުވޭ މިހާރު ލޯތްބެއް… މީހެއްގެ އަތްބެއް ދެކެ ކާކު ލޯބިވާނީ….ނުވިތާކަށް ރޭޕްވެސް…. ކޮންމެ މީހަކު ވެސް ބޭނުންވާނީ އިއްފަތްތެރި އަންހެނެއް… އެހެން ނޫން ނަމަ ދެވަނަ ފަހަރަށް އެހެން މީހެއްގެ މީހަކަށް ވިޔަ ނުދޭނެ… ހެހެހެހެ… އިޓްސް ގުޑް ދެޓް ހީ ޑިޑް…” ލުހުޝާން ބަލައިލި އިރު ލައުހާ ހެޔެއް ނެތެވެ…
…………………………………………………………………………………………………………
ރޭގަނޑުގެ ވަގުތެވެ. ޑިއުޓީން މިއަދު އަވަހަށް ހައިކަލް އައީ މާ ގަދައަށް ބޮލުގަ ރިއްސައި ހަދާތީއެވެ. ސޯފާގައި އިން އިރު އެއް އަތުން ބޮލުގައި އަތް އަޅައިގެން އިނެވެ. ހައިކަލް އަށް ހީކުރެވުނީ މާ ބޮޑަށް ލައުހާ މަތިން ހަދާންވާތީ ވާގޮތެއް ކަމުގައެވެ. ކިތަންމެ ވަރަކަށް ލައުހާމަތިން ހަދާން ނައްތާލަން އުޅުނަސް އެކަމެއ ނުވިއެވެ. އެއީ އެހެން މީހެއްގެ ހައްޤެއް ކަން އެނގޭ އިރުވެސް އެކަމެއް ނުވިއެވެ. ލައުހާ ލުހްޝާންއާއި އެއްކޮށް އުފަލުގައި އުޅޭކަން އެނގޭއިރުވެސްމެއެވެ. އެކަމަކު މިރޭ ނޭނގޭ ކަހަލަ އުދަގުލެއް ކުރިމަތިވެއެވެ. ހިތްބުނާ ކަހަލައެވެ. ލައުހާއަށް ކޮންމެވެސް ދެރަ ގޮތެއް ވާން އުޅެނީއެވެ. މިފަދަ ހިޔާލުތަކުން ހައިކަލްގެ ސިކުނޑި އަށް އުދަނގޫ ކުރުވަމުން ދިޔައެވެ. ކުއްލިއަކަށް ހައިކަލްގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ހައިކަލް އަވަސް އަވަހަށް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ބޯފަޅައިގެންދާން އުޅޭކަހަލައެވެ. ވީތަދުން ދެލޯބަރައި ބާރުކޮށްލިއެވެ.
ހަވީރުގެ ވަގުތެވެ. ދޮންވެލި ތުޑީގައި އަންހެން ކުއްޖަކު ދުވަމުން ގެންދިޔައެވެ. ބައެއްފަހަރު އެ އަންހެން ކުއްޖާ ހޭއަނޑު އިވެއެވެ. އާދައިގެ ޓީޝާޓަކާއި ޖީންސެއް ލައިގެން ހުރި އިރު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. މި ހެދުމުގައި ލައުހާ ފެންނަނީ ވަރަށް ވެސް ލޯބި ކޮށެވެ. ބަލާލާ ކޮންމެ މީހަކެއްގެ ވެސް ހިތް ލަނބުވައި ލެވެނެފަދަ ރީތި ހިނިތުން ވުމެކެވެ. ލައުހާ އިރު އިރުކޮޅާ ފަހަތް ބަލާލަ ކޮންމެވެސް އެއްޗެއް ކިޔާލާ ހީ ހަދައެވެ. ފަހަތުން ދުވެފައި އަންނަ ޒުވާނާއަށެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސްކިނީ ޖީންސެއްގައި ހުރީ ހައިކަލް އަކީ އަންހެންކުދީން ފިދާވާ ފަދަ ރީތި ކަމެއް ލިބިފައިވާ ޒުވާނެކެވެ. ކުޑަކޮށް ދިގުވެފައިވާ އިސްތަށިތަށް ނިތް މައްޗަށް އެޅޭކޮންމެ ފަހަރަކު އެއްފަރާތްކޮށްލާ ގޮތުންނާއި ލިބިފައިވާ ދޮން ހަމާއި ފިރިހން ވަންތ ހަށިގަނޑުންނެވެ. ހައިކަލް ވެސް ލައުހާ އަތުލެވޭ ހެމުން ދުވަމުން ގެންދިޔައެވެ. އެންމެ ފަހުން ހައިކަލް އެއްލިއަތަކުން ލައުހާގެ އަތުގައި ހިފާލެވުނެވެ. ގެނައި އަވަސް ހަރާކަތުން ލައުހާ ހައިކަލްގެ ގައިމައްޗަށް ވެއްޓުނެވެ. އެ ރީތި ދެލޮލުގެ ޖާދޫގައި ޖެހިފައި ބަލަން އޮވެވުނު އިރެއް ހައިކަލް އަކަށް ވެސް ނޭނގުނެވެ. ލައުހާގެ ހިތުގެ ތެޅުން ހައިކަލް އަށް އަނޑުއިވެމުން ދިޔައެވެ.
……………………………………………………………………………………………………….

” އާއާއާހްހްހްހްހްހްހް” ބޮލަށް އެރި ތޫނު ތަދަކުން ހައިކަލް އަށް ހަޅޭލަވައިގަނެވުނެވެ. އެއް އަތުން ސޯފާގައި ބާރަށް ހިފެހެއްޓިއެވެ. ވެއްޓިދާނެތީކަން ނޭނގެ އެވެ.
” ސާރ… ސާރ ބޮލުގައި ރިއްސަނީތޯ…. އަޅުގަނޑު ބޭސް ގެނެސް ދޭނަން..” ހައިކަލްގެ އަނޑުއިވިފައި ގޭގައި މަސައްކަތް ކުރާ މީހަކު ދުވެފައި ނިކުތެވެ. އަވަސް އަވަހަށް ހައިކަލް އަށް ބޭސްދީ ހައިކަލްގެ ކޮޓަރިއަށް ދިޔުމަށް އެހީތެރިވެދިނެވެ. އިރުކޮޅަކަށް އޮށޯވެލުމަށް ފަހު ހައިކަލް ދެންމެ ފެނުނު ކަންތަކާއި މެދު ވިސްނާލިއެވެ. ބޭސް ކެއުމަށްފަހު ބޮލުގައި ރިއްސުމަށް ކުޑަ ލުޔެއް ލިބުނު ނަމަވެސް ހައިކަލް ހުރީ ހައިރާންވެފައެވެ.. ދެން މިކަހަލަ ހިޔާލުތަކަކުން އުދަނގޫކުރުވަންވީ ކީއްވެހެއްޔެވެ. ދެން ހައިކަލްގެ ހިޔާލަށް އައީ ލައުހާ ފުރަތަމަ މިގެއަށް ގެނައި ދުވަހު ހައިކަލް ފެނުމުން ލައުހާ އަށް ވީ ގޮތެވެ. ލައުހާ ދަންނަ މީހަކު ފަދައިން ވާޙަކަ ދައްކަން އުޅުނު ގޮތެވެ. ލައުހާ ފެންނަ ކޮންމެ ފަހަރަކު ހައިކަލް އަށް ވާ ގޮތެވެ. އަބަދުވެސް ދަންނަ މީހަކު ކަމުގައި ކުރެވޭ އިހްސާސްތަކެވެ. މިހެން ވާންވީ ކީއްވެހެއްޔޭވެ. ހައިކަލް އަމިއްލަ ހިތާއި ސުވާލު ކުރަމުން ގެންދިޔައވެ. ވާނުވާ ނޭނގިފައެވެ. އެހެންވާންވީ ސަބަބެއް ހުދު ހައިކަލްއަށް ވެސް ނުވިސްނުނެވެ. ހައިކަލްގެ ބޮޑުބޭބެ ބުނިގޮތުން ނަމަ ހައިކަލް ދުވަހަކު ވެސް ރާއްޖެއަކަށް ނާދެއެވެ. މިއީ ހައިކަލް ރާއްޖެއައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ހައިކަލް ނިންމީ ލައުހާ މަތިން މާ ބޮނޑަށް ހަދާންވީމަ ވީގޮތެއް ކަމުގައެވެ…
…………………………………………………………………………………………………………..
ލައުހާއަށް ހޭވެރިކަންވީ އީރު އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަދިވެސް ލައުހާގެ ބަނޑުގއި ރިއްސަމުން ދެއެވެ. ލައުހާ ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލިއެވެ. ލައުހާއަށް މި އޮވެވުނީ ކޮޓަރީގެ އެދުގައެވެ. ކައިރީގައި ލުހްޝާން ލައުހާއަށް ބަލަން އޮތެވެ. އެ ދެލޮލުން ލައުހާ އަށް މިހާރު ފެންނަނީ ލޯތްބާއި އޯގާތެރިކަމެވެ. ލައުހާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލުހްޝާން ލައުހާ ކައިރީ ނުތެވުމަށް އެދުނެވެ. ލައުހާގެ ގައިގައި ބައްދައިގަތެވެ. ” ބޭބީ … އަހަންނަށް މާފް ކުރޭ… އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް ނޫން..” ލައުހާ އަށް ވާނުވާއެއް ނޭގުމެވެ. ލުހްޝާން ގެ މިޒާޖަށް ކުއްލިއަކަށް މި އައީ ކުއްލި ބަދަލާ ހުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ދިމްޔާ (9 ވަނަ ބައި)

Next

ވޭން ލިބުނަސް…

Next
September 1, 2015

ވޭން ލިބުނަސް…

Previews
August 31, 2015

ދިމްޔާ (9 ވަނަ ބައި)

13 Comments!

  1. maeesha says:
    August 31, 2015 at 10:52 pm

    nice …..next part ves avahah up kohdheythi thanks

  2. naff says:
    August 31, 2015 at 11:09 pm

    I’m second yey… writer varah salhi mi part ves and thankolheh dhigu kohliunu nama vaahaka… any ways up soon waiting waiting very curiously….

  3. Aishaa says:
    September 1, 2015 at 7:04 am

    Yeyyy…M 3rd…reethi
    Ekam thankolheh dhigukon nxt prt genesdhey iru genesdhehjeyy…maa kury ehenve…..

  4. Anonymous says:
    September 1, 2015 at 7:06 am

    Not bad 🙂

  5. Faeeeeeeeeee says:
    September 1, 2015 at 11:20 am

    varah reethi vaahaka eh… konme kiyun theriakuves beynun vaany konme part eh ves dhigu koh genes dhinun… heekuran next part dhigu vaane kamah…

  6. shx says:
    September 1, 2015 at 12:06 pm

    nyc

  7. Shabee says:
    September 1, 2015 at 1:00 pm

    wow vrh reeethi… nxt prt avahah geneshdhehchey…. 🙂

  8. kennukbee says:
    September 2, 2015 at 7:22 am

    Varah rythi. When is nxt part

  9. nukko says:
    September 2, 2015 at 5:54 pm

    Alheyy writer nikan bunebaa up vaane ireh kr dhuvaheh. v foohi tdayy. Neii kiyaalaane vaahaka eh vs…

  10. writer says:
    September 2, 2015 at 7:54 pm

    midhe dhuwahu thankolheh busy koh ulhen v ma upload nukurevigen miulheny.. miadhu upload kuran liyevunu bai delete kurevunyma… v massakai kuraanan miadhu noony maadama emme las vegen kureveytho… v sorry for the delay

    1. Shabee says:
      September 3, 2015 at 11:46 am

      its ok but try ur bst to upload it faster 🙂 we oll r waiting….

  11. kennukbee says:
    September 3, 2015 at 8:54 am

    Today dhw nxt part waiting waiting

    1. nukko says:
      September 3, 2015 at 11:17 am

      Ya dw kennukbee.. we r waiting waiting waiting waiting… plxx up kohdhyy avahah. Pleeeez

Comments are closed.

Next Episodeޔާރާއޭ…. (16)←


All Right Reserved!