Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 14

Ushaali Level 810 Stories100 Comments100 Stories500 Comments
August 30, 2015 5 Mins Read
43 Comments

“ނޭނގޭ ކިތަންމެ ކަމެއް އަދި ވާނެ ދޫނީ… މިހުރިހާ ކަމަކީވެސް ދޫނިއަށްޓަކައި ކޮށްދޭ ކަންތައްތައް… ދޫނިގެ އުފަލަށްޓަކައި މާން ކޮންމެ ކަމެއްވެސް ކޮށްފާނަން… އެހެންނޫނަސް މާލް އެގެއަށް ގެންދަން ފެށިފަހުން އެމީހުންނަށްވެސް ވަރަށް ވޭ” އަލްމާޝް ބޮޑުދެލޯ ނިމާންއަށް ހުއްޓާލެވިފައި ހުރުމުން އެމޫނުމަތީގައި ފިރުމާލުމަށްފަހު އެއްލޯ މަރާލަމުން ސައިކަލް ދުއްވާލިއެވެ. ނިމާން ފިރުމާލި ތަނުގައި ހިފަހައްޓާލައިގެން ސައިކަލްދާދިމާލަށް ބަލަންހުރި އަލްމާޝްއަށް އޭނަގެ ސިކުނޑި އެއްޗެއް ވިސްނާދޭން އުޅުނުހެން ހީވިއެެވެ.

ހަވީރުގެ ސަޔަށް ފަހު ދުފާދަޅު ހިފައިގެން ސިޓިންގްރޫމުގައި ތިބި ފަޒްނާއާއި މަނިކުއަށް ހީލެވުނީ މާޝަލް ގޮވައިގެން އެތެރެއަށް ވަން ނިމާން ފެނިފައެވެ.

“އައްދޭ މިއަދު ހާދަ ތިއްތިއޭ…. މީރު މީރު ވަހެއްވެސް އެބަ ދުވާ” މާޝަލްގެ މޫނަށް ދޮން ދެމުން ފަޒްނާ އިށީނދެލިއެވެ. މާޝަލްއަށް ތިންމަސް ވީއިރު އެދެމަފިރިންނާއި ވަރަށް ބޮޑަށް ގުޅެއެވެ. ފަޒްނާއާއިއެކު މާޝަލްއާއި ސަކަރާތް ޖަހަމުން ދިޔައިރު އެމަންޒަރު ބަލަ އިން ނިމާންގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިަކމެއް ލިބެމުންދިޔައެވެ.

“މިހާރު ކިހާ ދުވަހެއް އަދިވެސް ދަރިފުޅުގެ އަންހެނުން ދައްކާނުލަމެއްނު…. ބޭބެމެންވެސް ތިގެއަށް ދާކަށް އެއްބަހެއް ނުވޭ” މަނިކު ޝަކުވާކޮށްލީ ނިމާންގެ އަންހެނުންވެސް ދެކިލާހިއްވުމުންނެވެ.

“އެގޭގަ އުޅޭ ދައްތައަކީ އެހާ ރަނގަޅު މީހެއްނޫން… އެހެންވެ ދައްތައާއި ބޭބެ އެގެއަށް ނުގެންދަނީ… އެކަމު ޝޯނާ މިގެއަށް ގެންނާނަން… އެގޭގަ އުޅޭ ދައްތަ ރަށަށް ފޮނުވާލެވުނީމަ އެގެއަށް ބޭބެމެން ދާނީ” ނިމާން ވާހަކައެއް ހަދާލިއެވެ.

“މަނިކު ބަލާބަލަ މިއޮށް ކަމެއް.. މި މަންޖެ އަތުގައި ވެސް އަހަރެމެންގެ އަލްމާޝް އަތުގައި އިން ކަހަލަ ކަޅުތިލައެއް….ކުރިން ފާހަގައެއްނުވޭ މިކަމެއް” މާޝަލް މަނިކުގެ އުނގަށްލާ އަތްތިލަ ދައްކާލުމުން މަނިކުވެސް ވަރަށް ރަނގަޅަށް ބަލާލިއެވެ. ނިމާން ހީގަނެގެން އިނީ ފަޒްނާއަށް އިތުރަށް ޝައްކު ކުރަން ފުރުސަތު ނުދޭންވެގެންނެވެ.

“އެހެންވެދާނެއްނު ފަޒްނާ… މިމަންޖެ އަހަރެމެންނާއި އެހާ ގާތްވީމަ ވީގޮތެއް ކަންނޭނގެ މީ” ފަޒްނާގެ އަތަށް މާޝަލް ލައިދެމުން މަނިކު އެނބުރިލީ ނިމާންއާއި ވީ ފަރާތަށެވެ. މާޝަލް އަތްމައްޗަށް ލައިގެން ފަޒްނާ ދެކޮޅަށް ހިނގަންފެށުމުން އިސާހިތަކު އެކުއްޖާ ނިދައިފިއެވެ. އެމީހުން ކައިރީގައި އަދި އަންނާނެ ކަމަށް ބުނެފައި ނިމާން ހިނގައިގަތީ ފަސްގަޑިބައިވަން ކައިރިވުމުންނެވެ.

ހަވޭލީގެ ސްވިމިންގްޕޫލްއަށް ހާއްސަ ކުރެވިފައިވާ އޭރިޔާގައި ޝަހާނާ އަފާފް އަދި އަލްމާޝް ތިބީ މޮޅު ވާހަކައިގައެވެ. އެހެންދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ނިމާން މާޝަލް ގޮވައިގެން މަނިކުއާއި ފަޒްނާ ގެއަށް ދިއުމުން އަލްމާޝް ފޫހިވެގެން އެކުވެރިންނަށް ދައުވަތު ދިނީއެވެ. ޕޫލްގެ ފެންގަނޑަށް ފައި ބާލައިގެން ިޝަހާނާއާއި އަލްމާޝް އިންއިރު އަފާފް އިނީ ސިޑީގައި ލެގިލައިގެން ދެފައި ދަމާލައިގެންނެވެ. ޝަހާނާއާއި އަފާފްގެ ބަނޑަށް ތިންމަސް ވީއިރު ދެމީހުންގެވެސް ހޮޑުލުން ވަނީ އެއްކޮށް ހުއްޓިފައެވެ. އަފާފް އަތުގައި ވެފަރ ޗޮކްލެޓް ޕެކެޓަކުން ކާން އިންއިރު އަނެއްދެމީހުުން ދައްކާ ވަހަކައަށް މާބޮޑު ސަމާލުކަމެއް ނުދޭއެވެ. މާބަނޑުވި ފަހުން އަފާފްއަށް ވެފަރ ޗޮކްލެޓްވީ މާމީރު އެއްޗަކަށެވެ. ޝަހާނާއާއި އަފާފް ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު އަފާފްވެސް ދޭތެރަކުން ބައިވެރިވެލައެވެ. އަލްމާޝް އެމީހުންނަށް ދިން ހަބަރަކީ އަންޖޫ އުޅެނީ އިންޑިޔާއަށް ފުރަން ކަމަށާއި ނިމާން ޑިއުޓީއަށް ނިކުތީމަ މާޝަލްއާއި އެކު ގޭގައި އެކަނިވާނެ ވާހަކައެވެ.

“ކޮންކަމަކާ މާޝް ހާސްވަނީ… އަހަރެމެން މިތިބީނު… ޑޯންޓް ވޮރީ އެކަންޏެއް ނުވާނޭ…..ދޯ އަފޫ” އަލްމާޝްގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ޝަހާނާ ދޯ ދިނީ ދުރުގައި އިން އަފާފްއަށެވެ. އެދެމީހުން އެގެއިން ދިޔައީ ނިމާން މާޝަލް ގޮވައިގެން އައުމުންނެވެ.

ރޭގަނޑު އަށެއް ޖަހާލާހާ އިރެވެ. އަންޖޫ އަނެއްދުވަހު ހެނދުނު ފުރަންޖެހޭތީ މާޝަލްއާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން އެކޮޓަރީގައި އުޅެއެވެ. އިރުއޮށްސުނު ފަހުން ވެހެންފެށި ވާރޭ ކަނޑާނުލައެވެ. އެގޭ ބިއްދޮށުފަރާތުގައި އތް ހުސްތަންގަނޑުގައި ފަޅާފައި ހުރި ވިނަތަކަށް ނިމާން ކަޅިހުއްޓާލައިގެން އިނެވެ. ވާރޭތިކިތައް ވިނަތަކާއި ގޯނާ ކޮށްލާއިރު ނިކަން ހިތްގައިމެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު ބަލާލަން ކިތަންމެ ހިތްގައިމަސް ނިމާންގެ ސިކުނޑީގައި އެނބުރެމުންދަނީ މީގެ ތިން  ދުވަސް ކުރިން ދީމާ ދީފައިވާ ބިރުވެރި އިންޒާރެވެ. ނިމާންއާއި އަލްމާޝް ވަކިނުކޮށ އޭނާ އެންމެ ނޭވާއެއްވެސް ނުލާނެ ކަމަށް ބުނީ ވަރަށް ސާބިތުކަމާއެކުއެވެ. ހިތްބިރުގަންނަނީ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ މީހާ އާއި ވަކިވަންޖެހޭ ވަގުތު ކައިރިވެއްޖެކަން ހިތަށް އެރުމުންނެވެ. އާއިލާ ގޮވައިގެން އެއްކޮށް މެލޭޝިޔާއަށް ބަދަލުވާންވެސް ކިތަންމެ ފަހަރަކު ނިމާންގެ ހިތަށް އަރައިފިއެވެ. އެކަމަކު މާލޭގައި ހުރެގެން ނިމާން ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އަންހެނަކު ދެކެ ބިރުން ފިލަން ދުވާހާ ނިމާން ފިނޑިއެއްނޫނެވެ. އޭނާއަށް ޔަގީންވާ ކަމަކީ އަލްމާޝް އޭނާދެކެ ވަނީ ކުޑަކުޑަ ލޯބިކޮޅެއް ނޫނެވެ. އެހެނަސް ދީމާ ކުރާނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ އެހިތް ބިރުގަންނަނީއެވެ. ނިމާންގެ ސިކުނޑި ވިސްނައިދިނީ ދީމާ ކުރަންއުޅޭ ކަމެއް ކުރުމުގެ ކުރިން އަލްމާޝްއަށް ހުރިހާ އެއްޗެއް ސާފުކޮށް ކިޔާދިނުމެވެ. އަލްމާޝްއާއި މާޝަލްއާއި ވަކިވުން އެއީ ނިމާންއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި އިން ނިމާން އަށް އަރިމަތިން އައި އަލްމާޝް ނިމާން ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ހޫނު ކޮފީތަށި ބެހެއްޓިއިރުވެސް ނޭނގުނެވެ.

” މިއަދު ހާދާ ފުން ވިސްނުމެއްގައޭ ތީނީ….ކިހިނެއްވީ އަނެއްކާ؟؟؟” ދެތިންފަހަރަކު އަލްމާޝް ސުވާލު ތަކުރާރު ކުރުމުންވެސް ނިމާންއަށް ނޭނގުނެވެ. އެންމެފަހުން ނިމާން ހަމަބިމަށް ގެނައުމަށްޓަކައި އަލްމާޝް މޮޅު ގޮތެއް ހަދާލިއެވެ. ވަރަށް ލޯބިން ނިމާންގެ ކޮލުގައި އަލްމާޝް ތުންފަތް ޖައްސާލުމާއެކު ނިމާންއަށް ތެޅިގަނެފާ އެ މޫނަށް ބަލާލެވުނެވެ. އަދި ހަމަ އެސިކުންތުގައި އަލްމާޝްގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ. ނިމާންގެ އަތްދިގު ހުދުކުލައިގެ ގަމީސް އަލްމާޝް ލައިގެން ހުރިއިރު އެގަމީސް ހުރީ އަލްމާޝްގެ ކަކުލަށް ވުރެ މައްޗަށެވެ. ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިގެން ހުރިއރު ގަމީސް ތުނި ކަމުން އެތެރެއިން ލައިގެން ހުރި ޕެޓީވެސް ހުރީ ފެންނާށެވެ. ނިމާންގެ ކަޅި ހުރީ އަލްމާޝްގެ ދޮންދޮން ދެފަޔަށް ހުއްޓިފައެވެ. ލަދުގަނެފާ ހުރި އަލްމާޝް ކައިރީގައި ހުރި ގޮނޑީގައި އިށީންނަން ދަމުން ނިމާންއަށް ލޯ އަޅާލިއެވެ.ހަމަ އެހިނދުގައި ނިމާންގެ ހަށިގަނޑަށް ގެނައި ކުއްލި ހަރާކާތެއްގެ ސަބަބުން އަލްމާޝް އައިސް ބޮނޑިވީ ނިމާންގެ އުނގަށެވެ. އިސްތަށިގަނޑު އެއްފަރާތަކަށް އެލިފައި އޮތްއިރު އަނެއް ފަރާތުން ހާމައަށް އޮތް އަލްމާޝްގެ ކަނދުރާގައި ނިމާންގެ ތުންފަތް ޖައްސާލިއެވެ. އަލްމާޝްގެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިއުމާއެކު ނިމާންގެ އަތު ތެރެއިން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަންފެށިއެވެ. ނިމާންގެ ހަށިގަނޑުގެ ބާރުގަދަކަން ހިތަށްއެރުމާއެކު އަލްމާޝްއަށް ޖެހުނީ އަމާންދޭށޭވެ. އޭރު ދެމީހުންނަށް ވެސް ތިބީ ކޮޅަށް ތެދުވެވިފައެވެ. ނިމާްގެ އަތު ތެރެއިން ސަލާމަތްވުމާއެކު އަލްމާޝް ގޮސް އެއްފަރާތުގައި ހުއްޓިލާ ވާރޭ ތެރެއަށް އަތް ދިއްކޮށްލެއެވެ. އެވަގުތު ނިމާން އައިސް ފަހަތުން އަލްމާޝްގެ ހަށިގަނޑުގައި ބައްދާލުމުން އަލްމާޝް ވެސް އެނބުރުލިމަށްފަހު ނިމާންއަށް ފުރުސަތުދިނެވެ. މަޑުމަޑުން ބޯކުރަމުން ދިޔަ ވާރޭވެސް ހީވަނީ އެދެމަފިރިންނާއި އެއްބައިވެލީހެންނެވެ. ދެވަނަ ފަހަރަށް އަލްމާޝް ދުވެފައި ނިކުތީ ވާރޭ ތެރެއަށެވެ. އަލްމާޝް ހީކުރީ ނިމާން ތެމެން ބޭނުންނުވާތީ ނުނިކުންނާނެ ކަމަށެވެ. އެކަމަކު ފަހަތުން ނިކުތް ނިމާން އަލްމާޝްގެ ހަށިގަނޑުގައި ހިފައިގަތުމާއެކު ދެމީހުން އެއްކޮށް ވިނަތަކު މައްޗަށް ވެއްޓުނެވެ. އަލްމާޝް ދަށުގައި އޮތްއިރު ނިމާން އޮތީ މަތީގައެވެ. ވެހެމުންދާ ވާރޭއާއި އެއްވަރަށް ނިމާންގެ ބޮލުގެ އިސްތަށިގަނޑުން އަލްމާޝްގެ މޫނު މައްޗަށްވެސް ފެންތިކި ޖެހެމުން ދިޔައެވެ. ނިމާންގެ ހޫނު ނޭވާ އަލްމާޝްއަށް އިހުސާސް ކުރެވެން ފެށުމާއެކު ދެލޯމަރާލިއެވެ. ހިތްހަމަޖެހޭވަރު ވުމާއެކު ނިމާންވެސް އަލްމާޝް ކައިރީގައި އޮށޯވެލިއެވެ. ދެމީހުންނަށް އެއްކޮށް ހެވުނީ ވާރޭތިކިތަށް އެއްވެސް ރަހުމެއްނެތި ދެމީހުންގެ މޫނު މައްޗަށް ގޯނާކުރަމުން ދާތީއެވެ. ދެމީހުންގެ އަތްތިލަ ގުޅިލާ މެހިފައި ވީއިރު މީގެ ކުޑައިރުކޮޅެއް ،ކުރިން ނިމާންގެ ހިތަށާއި ސިކުނޑިއަށް ހަމާލާ ދެމުންދިޔަ ހިޔާލުތަކުގެ އެއްވެސް ނިޝާނެއް ނެތެވެ. ހަނދާންވެސް ނެތީއެވެ. ފިނިވެގެން އަލްމާޝްގެ ހަށިގަނޑު ރޫރު އަޅަން ފެށުމާއެކު ނިމާންގެ އަތްދަނޑިމައްޗަށް ލައިގެން އެންމެ ކައިރީގައި ހުރި ގެސްޓްރޫމަށް ވަދެ ދޮރު ލައްޕާލިއެވެ.

ފަތިހު ފަސްގަޑިބައިގާ އަލްމާޝްއަށް ލޯހުޅުވާލެވުނީ ކުޑަކުޑަ މާޝަލްގެ ރޯލުމުގެ އަޑަށެވެ. ދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވާދިނުމަށްފަހު އެނދުގައި ބާއްވާލުމަށްފަހު ނިމާންއަށް ގޮވީ ނަމާދު ވަގުތު ފާއިތުވެދާނެތީއެވެ. ނިމާންވެސް އެވަގުތު މިސްކިތަށް ނުދިޔައީ ތުނިތުނިކޮށް ވާރޭ ވެހޭއަޑު އިވެމުންދާތީއެވެ. ބަދިގެފަރާތަށް ދިޔައިރު އަންޖޫ ހުރީ ރޮށިފިހެ ނިންމާލާފައެވެ. އަލްމާޝްވެސް ތަރުކަރީ ހިކިކޮށް ހެދުުމަށްފަހު އަންޖޫ ކައިރީގައި އެޔންމެ ،ކުރިން ސައިބޯން ބުނީ އަންޖޫ ފުރަންޖެހޭތީއެވެ. ހޫނު ދެކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަންއިރު ނިމާންހުރީ ބެލްކަނީގައެވެ. އަލްމާޝް ކައިރިއަށް ހުއްޓި ނިމާންއަށް ކޮފީތަށި ދިއްކޮށްލުމާއެކު ފުންނަޒަރަކުން އަލްމާޝްއަށް ބަލާލިއެވެ. ރޭގައި ނިމާން އުޅުނުގޮތް އަލްމާޝްގެ ހިތަށް އެރުމާއެކު އަލްމާޝް ލަދުން އިސްޖަހާލިއެވެ.

“މާން…..ރޭގައި ކިހިނެއްތަ އެއުޅުނީ…..” އަލްމާޝް އިސްޖަހާލއިގެން ހުރެ ކޮފީތަށިން މަޑުމަޑުން ބޮމުން ނިމާން ކައިރީގައި އަހާލިއެވެ.

“ކީއްވެ ޝޯނާ އެގޮތަށް ކުރިމައްޗަށް އައީ؟؟؟.. އެނގެއެއްނު އެހެންކަން ވާނީ އެގޮތަށް އައިމަ….” ނިމާން އަލްމާޝްގެ މޫނަށް ބަލަންހުރެ ލާނެއް ގޮތަކަށް ބުނެލިއެވެ.

“އަހަރެން ގޮތަކަށްތަ އައީ… މާން އެންމެ ގިނައިން ބެލީ އަހަރެންގެ ފަޔަށް… ކީއްކުރަން އަހަރެންގެ ފަޔަށް ބެލީ” އެހުރި ގޮތަށްހުރެ އަލްމާޝް އަހާލިގޮތުން ނިމާން ކައިރިއަށް ހިނިއައެވެ.

“ރީތިވީމަ” އަލްމާޝްގެ ދަތްދޮޅި އިނގިލިން އުފުލާލަމުން ނިމާން ބުނެލިއެވެ.

“ދެން ހެވޭ… ބުނީމެއްނު ބަބަކިއުއެކޭ… އެކަން ކުރަނީ ކޮންއިރަކުން” އެއްޗެއް ހަނދާންކޮށްލާ ގޮތަކަށް އަލްމާޝް ބުންޏެވެ.

“ބާބަކިއުއެއް ނޫނޭ ދޫނީ… އެއީ ޑރ.އެޑަމްގެ ފެއަރވެލް ޕާރޓީ… އޯވަރނައިޓެއްވީމަ ދެރަވަނީ ދާން..ކުރިން ނޭނގޭވިއްޔާ އަންޖޫ ކުއްލިއަކަށް ފުރަންޖެހިދާނެކަމެއް…. މައްސަލައަކީ ޕްރޮމިސްވެސް ވެވުނީމަ… ބަޓް ޑޯންޓް ވޮރީ ޝޯނާ މާލް އާއިއެކު އެކަނި ކޮށްފައެއް ނުދާނަން” އަލްމާޝް ނިމާމްއާއި ކައިރިއަށް ގެންނަމުން ބުނެލިއެވެ.

“އެއީއަދި ރަނގަޅުގޮތެއް ނޫނެއްނު… މާން ވާނެ ދާން…މަށާ މާލްއާ ދެމީހުން މާމަމެންގެއަށް އެރޭ ދާނީ… މިހާރު ދެތިން ފަހަރަކު އަފޫވެސް ބުނެފި އެގެއަށް އެއްރެއަކުން މާލް ގޮވައިގެން ޖައްސާލާށޭ” އަލްމާޝް ނިމާންއާއި ދިމާލަށް ބަލަންހުރެ ބުންޏެވެ.

“އޯކޭ… އަހަރެން ނިންމާފަ ދާނަން ބަލާ…އެންމެ ރަނގަޅެއްނު” ނިމާން ހީލާފައި ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

“ހޫމް… ދެން ކޮންއިރަކުން ތިކަމެއް އޮތީ” އަލްމާޝް އަހާލިއެވެ.

“މާދަމާރޭ” ނިމާންއާއި އަލްމާޝް އެއްކޮށް ކޮޓަރިއަށް ވަނީ މާޝަލް ރޯއަޑު އިވުމުންނެވެ.

މެންދުރުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމުގައި އަޒްމާ އުޅުނުއިރު ކައިރީގައި އަތްގާތް ކޮށްދިނުމުގައި ދީމާވެސް އުޅުނެވެ. އެތް އަތުގައި ފޯނު އޮތްއިރު އޭގެ ބޭނުންވެސް ކުރަމުންދޭއެވެ. ކުރަންހުރި ކަންތައް ކޮށް ނިމުމާއެކު ދީމާގޮސް ވެއްޓިގަތީ ސިޓިންގްރޫމުގައި ހުރި ސޯފާ ގޮނޑިއަށެވެ. ދުރުގައި ބަލަންހުރި އަޒްމާ ދެފަރާތަކަށް ބޯހަލުވާލުމަށްފަހު ދީމާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސާލިއެވެ. އަޒްމާގެ އެއްވެސް ހިލަމެއް ދީމާއަށް ނުވުމުން އަޒްމާ އައިސް ދީމާގެ އަތުން ފޯނު އަތުލިއެވެ.

“ދަރިފުޅާ ދީމާ… ކިހިނެއް ތިއުޅެނީ…. މަންމައަށް ނުފެނޭ މިހާރު ދަރިފުޅު ނަމާދެއްކުރާ ތަނެއްވެސް…” ދީމާގެ ބޮލުގައި ފިރުމާލަމުން އަޒްމާ ބުންޏެވެ.

“އޯ ކަމޯން މަންމާ….. ނަމާދުކުރަމޭ…. އަހަރެން ގޯސް ގޮތަކަށް އެބަ އުޅެންތަ މަންމާ… މިރޭ އޯވަރނައިޓެއް އޮތީމަ އެކަމުގައޭ މިއުޅެނީ” ދީމާ މޫނުމަތިން ވަރަށް ހަމަޖެހިލާފައި އަޒްމާގެ އަތުގައި ހިފާލަމުން ދީމާ ވާހަކަދެއްކިއެވެ.

“ބައްޕަ ހުއްދަ ނުދޭއެއްނު އަދި…. ހުއްދަ ލިބުނީމަ ނޫނިއްޔާ ދަރިފުޅު ދާކަށް މަންމައަށް ނުފެނޭ”

“މަންމާ….ބައްޕަ ބުނެފި ދާށޭ… ޒައުވެސް ހުންނާނެއްނު..ނޫޅޭނަމޭ ގޯސް ގޮތަކަށް… ޕްރޮމިސް މަންމާ” ދީމާގެ އަތުގައި ހިފައިގެންއިން އަޒްމާ ހިނގައިގަތީ މެންދުރު ނަމާދު ފާއިތުވާން ވާއިރަށް ނަމާދު ކޮށްލުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާރާއޭ…. (14)

Next

ހިތުގެ ރިހުން

Next
August 31, 2015

ހިތުގެ ރިހުން

Previews
August 30, 2015

ޔާރާއޭ…. (14)

43 Comments!

  1. Shabee says:
    August 30, 2015 at 10:59 pm

    vrh salhi maa las up vaaleh… 🙁 but story vrh habeys… 😉 gud luck

  2. Shabee says:
    August 30, 2015 at 10:59 pm

    n m the 1st,… yippeeee 😛

  3. Rishme says:
    August 30, 2015 at 11:04 pm

    v v nice… waiting for the next

  4. Shabee says:
    August 30, 2015 at 11:05 pm

    n ushaali haadha rom ey dhw…. heheeee 😛 😉

  5. shyn says:
    August 30, 2015 at 11:07 pm

    Vvvv Nice

  6. axkaaaa says:
    August 30, 2015 at 11:08 pm

    Dheema n maan no…

  7. no says:
    August 30, 2015 at 11:10 pm

    alhe plx plx plx e dheema ah maan aa kairiviya nudhecche plx plx,, story ehkoh hadivaane.. plx plx vvvv dheravaane ehen vehjiyya dhn story kiyaahihvx nuvaane.. plx

    1. axkaaaa says:
      September 1, 2015 at 8:22 pm

      Asluvx dw

  8. naj says:
    August 30, 2015 at 11:48 pm

    Nice

  9. ammi says:
    August 30, 2015 at 11:54 pm

    Dheema nd almaash aky sisters dho

  10. naff says:
    August 31, 2015 at 12:40 am

    V salhi avahah up kohdhehvaa… 🙂

  11. Elsa says:
    August 31, 2015 at 12:46 am

    Almaaash dhashuga ? Ushaali ge fav ?

  12. ainyyy says:
    August 31, 2015 at 3:11 am

    Alheyyy maan aa maash ah dhera gotheh nuhadhaathiiii magey hiy halaaku vedhaane…… dhen dheema ulheygoiy falhaa aruvaa avah…..

  13. Crazi says:
    August 31, 2015 at 7:29 am

    Mihar falhaa ahru van cehje ehgey…updat kuraale las vanee…but story was habes…

  14. maf says:
    August 31, 2015 at 10:36 am

    waau v nice

  15. neha says:
    August 31, 2015 at 11:02 am

    Dheema ah kaamiyaab vejjiyya vaahaka hadi vaane, huriha kameh falha aruvaaleema salhi vaany

  16. liu says:
    August 31, 2015 at 11:18 am

    haadha lahey mihaar up vaaleh……..anywax story varahhhh reeethi.kon irakun next part up kuraaanyyyyyy

  17. SaM says:
    August 31, 2015 at 12:04 pm

    Nxtt parrrt kn irakun ushaali lwbiiii? 🙂

  18. SaM says:
    August 31, 2015 at 12:05 pm

    I want it soon.. mi part vrh vrh lwbii… 🙂

  19. @ isha says:
    August 31, 2015 at 2:16 pm

    Nice… bt thankolheh kury.. wattin 4 next part?❤??⭐?♥

  20. ushaaaa says:
    September 1, 2015 at 8:24 pm

    Almaashvx kiyavagennu ehhuri dw, dhen kyve job nudhany????

    1. naj says:
      September 2, 2015 at 2:03 pm

      Vedhaane nun baby kuda very am kama ves ?

    2. Naj says:
      September 2, 2015 at 2:04 pm

      *vey * ma

  21. ushaa says:
    September 3, 2015 at 10:11 am

    koba tha aneh baiii!??slow kannn!

  22. mohamed irufan5 says:
    September 3, 2015 at 10:43 am

    mi vaahaka v habeys..

  23. nukko says:
    September 3, 2015 at 11:18 am

    Koba ushaaa aneh part… we readers are waiting impatiently… plx up it sooon….

  24. Shabee says:
    September 3, 2015 at 11:52 am

    dhw nukko….. ushaali kobaatha aneh prt??? ushaali vex week aku eh prt tha gennanee??? 🙁 🙁 atleast let me knw… plx m waiting…..

  25. axkaaaa says:
    September 3, 2015 at 10:24 pm

    Waiting waiting

  26. USHAALI says:
    September 4, 2015 at 11:13 am

    huriha kudhinnah…. varah bodah sorry lasvaathee……. ushaage lap halaakuvegen hadhan male’ gen gossa v… ehenve las vany… lap libinuhaa avahakah up nxt prt up kollaanan… insha allah<3 <3 <3…. ushaa ah vanya konme dhuvahaku ves up kuraanan.. but ehaa ehaa time eh nulibey ulhen jehey gothun 🙁

  27. zai says:
    September 4, 2015 at 12:25 pm

    Story v habey..but almaash n nimaan aa dheythereyah e dheema gandu nuwahdhaathi..yageeney dhn e paaty ga nimaan ah e goi kuda dheem durag dheyniikan..i gues so?

    1. axkaaaa says:
      September 7, 2015 at 7:10 pm

      I also think like that…

  28. hawwa says:
    September 4, 2015 at 11:16 pm

    oh so sad… ushaaa ge lap halaakuveema…. vaahaka kiyaa hithun keh madhuvefa.. vrh reethi vaahaka…

  29. Aisha says:
    September 7, 2015 at 8:49 am

    anehbai annaanee konn dhuvahaku thw??

  30. nukko says:
    September 7, 2015 at 10:52 am

    Alhwyyy ushaa kn irakun dhen. So sad

  31. ammmday says:
    September 10, 2015 at 8:20 am

    V v reethi story. Ekamaku up kuraaleh maaa laheeee….

  32. aalll says:
    September 12, 2015 at 5:50 pm

    Ushaali vaahaka ehkoh liyalaa ahvaha.. So, u can update it every day… Good for u and us….
    vvvvv kiyaahivey anehbaaa

  33. Crazi says:
    September 19, 2015 at 7:33 pm

    Lap ahdhives nulibeytha…haada dera ey…aneh baa ahdu ah han vrh beynun

  34. kuddy says:
    September 20, 2015 at 12:47 am

    Haadha lahey…… Avaaaas… Up kohdhyba plx.

  35. shshsh says:
    October 11, 2015 at 11:23 am

    kn irakun next part up kurany

  36. midnight girl says:
    October 31, 2015 at 6:41 pm

    Ushaal kobaa next part adhi vx lap nulibey tha?

  37. zaha says:
    November 16, 2015 at 1:10 am

    when are u gonna update the next part. waiting waiting for the next part for so many days. bt still no updates. hope that u can update it very fast. and the story up to this is very nice. love to read it

  38. Shifoo says:
    November 17, 2015 at 3:31 pm

    Adhikihaa dhuvaheh nagaanetha… Thankolheh avas kohladheebala… Still waiting waiting waiting waiting waiting………………..

  39. Kitty says:
    December 12, 2015 at 12:24 am

    Alhe mivaahaka dhen nuloyanytha…. Noony ehn site ehga liyenytha….. Haadha dhuvahekey….

Comments are closed.

Next Episodeއަލްމާޝް 15←


All Right Reserved!