Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ފަސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 30, 2015 6 Mins Read
40 Comments

ފުލުސް އޮފީހުން ނުކުމެ ރޭބަން އަވި އައިނު އަޅާލުމަށް ފަހު ޖީބުން ނެގީ އޭނާގެ ‘ޓޮޔޯޓާ އައުރިސް’ ހުދު ކާރުގެ ތަޅުދަނޑިއެވެ. ކާރު ޕާކުކޮށްފައި އޮތްހިސާބަށް އަރާ ހަމަވުމުން އެ ތަޅުދަނޑީގެ ސްވިޗަށް ފިތާލާ ކާރުގެ ލޮކް ހުޅުވާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ސީޓްބެލްޓް އަޅުވާލިއެވެ. ކާރު ސްޓަރޓް ކޮށްލުމަށް ފަހު ގިޔަރަށްލާ ކާރު ޕާކިންގް ޒޯންއިން ނެރުނެވެ. އަދި ގިޔަރު ބަދަލުކޮށްލުމަށް ފަހު ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ މައިމަގާ ދިމާލަށެވެ. ފަޔާޒްގެ ހިތް ތެޅި ފޮޅެނީއެވެ.

ހުޅުމާލޭގެ ބޮޑުމަގުގެ ފިހާރަ ބަރިތައް ކައިރިން ކާރު ދުއްވާފައިދިޔަ ވަގުތު ފަޔާޒްގެ ފޯން ކާރުގައިވާ ސްޕީކަރ ސްޓޭންޑާއި ގުޅާލިއެވެ. އަދި ޕްލޭ ލިސްޓް ބަލާލުމަށް ފަހު އެންރިކް އިގްލޭސިއަސް ގެ ރޮމޭންޓިކް ލަވައެއް ޖަހާލިއެވެ. “ވުޑް ޔޫ ޑާންސް.. އިފް އައި އާސްކްޑް ޔޫ ޓު ޑާންސް…. ވުޑް ޔޫ ރަން އެންޑް ނެވާރ ލުކްބެކް… ވުޑް ޔޫ ކްރައި އިފްޔޫ ސޯމީ ކްރައިންގް…. ވުޑް ޔޫ ސޭވް މައި ސޯލް ޓުނައިޓް…..”

ރަތް ފިނިފެންމާ

ގިޓާކުޅެން ފަޔާޒްހުރީ ސްޓޭޖްމަތީ ގޮނޑިއެއްގައި އިށީންދެލައިގެންނެވެ. ލަވަކިޔަން މައިކް ސްޓޭންޑާ ކައިރިވެލި ވަގުތު ކުރިމަތިން ފެނުނީ މަޑު ވިދުމެއްހުރި ގަދަ ރަތްކުލައިގެ ދިގު ޕާޓީހެދުމެއް ލައިގެން އެ ހޯލަށް ޝިޔާނާ އައިސް ހުއްޓުނު މަންޒަރެވެ. “އައިކޭން ބީ ޔޯ ހީރޯ ބެއިބެ…. އައި ކޭން ކިސް ޔޯ ޕެއިން އަވޭ… އައި ވިލް ސްޓޭންޑް ބައި ޔޫ ފޯރ އެވަރ…. ޔޫ ކޭން ޓޭކް މައި ބްރެތު އަވޭ…. އައި ކޭން ބީ ޔޯ ހީރޯ”….

ލަވަ ނިމުނު އިރުވެސް ފަޔާޒް ހުރީ ޝިޔާނާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެންނެވެ. ފަޔާޒަށް ހޭވެރިކަންވީ ވަށައިގެން ތިބި މީހުން އަތްޖަހަން ފެށުމުންނެވެ. ފަޔާޒް ގިޓާ ހިފައިގެން ތެދުވަން ފެށުމުން ތަރުޙީބު ދޭން ސްޓޭޖް ވަށައިގެން ތިބި އޭނާގެ ރައްޓެހިން “ވަންސް މޯ… ވަންސް މޯ” އެއްވަރަކަށް ކިޔަން ފެށިއެވެ. ފަޔާޒް ކަޅިހުއްޓުނީ ސްޓޭޖާ ދާދި ކައިރީގައި އައިސް ހުއްޓުނު ޝިޔާނާއަށެވެ. ޝިޔާނާގެ އިސްތަށިގަނޑު ހުރީ މިނިވަންކަމާއި އެކު ވަޔާއިކުޅެން ދޫކޮށްލާފައެވެ. ކަނާތްފަރާތުގެ ކަންފަތާ ދިމާލުން އިސްތަށިގަނޑުގައި ބޮޑު ރަތް ފިނިފެންމަލެއް ޖަހާފައި ހުރިއިރު އެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ޝިޔާނާގެ ތުންފަތުގައި ޖައްސާފައިވާ ރަތް ލިޕްސްޓިކުންނެވެ. ރަތްކުލައިގެ އެ ދިގު ޕްރޯމްޑްރެސް ލައިގެން އިން ޝިޔާނާ ހީވަނީ ރަތް ފިނިފެން މަލެއްހެންނެވެ.

ޝިޔާނާވެސް ފަޔާޒްގެ ރަޙްމަތްތެރިންނާއި އެއްބައިވެފައި “ވަންސް މޯ ވަންސް މޯ” ކިޔަން ފެށިއެވެ.

ފަޔާޒް ކަރުކެހިލާފައި އަނބުރާ ގޮނޑީގައި އިށީނެވެ. “އޯކޭ އޯކޭ… މީ ފަހު ލަވަ…. ބަޓް ވަރަށް ސްޕެޝަލް ލަވައެއް…. މި ލަވަ މި ޑެޑިކޭޓް ކުރަނީ ވަރަށް ޚާއްސަ ފަރާތަކަށް…. ޝިޔާ… ކަމުދާނެ ކަމަށް ހީކުރަން..” ފަޔާޒް ފަހުބަސް ބުނެލީ ޝިޔާނާއާއި ދިމާލަށް ކަތި ނަޒަރަކުން ބަލާލަމުންނެވެ.

ގިޓާގެ ނަރުތަކުގައި ކުޅެލިއެވެ. މަޑު މިޔުޒިކީ ރާގެއް އުފެދެމުން އައެވެ. “ފަރިވި ފިނިފެންމަލާ ވަކި، ނެތް ތަފާތެއް ކަލާ…. ދަރުމަފަދަ ތުންފަތުން ފޮޅި، ފަރިވެ ހިނިތުންވެލާ………” ފިލްމު ހިމޭން ދުނިޔެއަށް މުޚުތާރު ކިޔައިދީފައިވާ ލަވަ ފަޔާޒްގެ އަޑުން ހުށައަޅަން ފެށިއެވެ.

ވަށައިގެންވާ ޒުވާން ކުދިންތައް ދިޔައީ ލަވަޔާއި އެއްވަރަށް އަތް ޖަހަމުންނެވެ. ލަވަ ނިންމާލީ ވަރަށް ފުރިހަމަ ކޮށެވެ. ފިނިފެންމަލަކާއި އެއްފަދަކޮށް، އެހާމެ ހިތްގައިމު ގޮތަކަށް ތަޢުރީފްގެ ބަސްތަކަކުން ފުރިފައިވާ މި ރީތި ލަވަ ފަޔާޒް ކިޔައިދިނީ އޭނާގެ ފިރިހެންވަންތަ ރީތި އަޑުން އޭނާގެ ހިތުގެ މަލަކާ ޝިޔާނާއަށެވެ.

ގޮނޑިމަތީ ގިޓާ ބާއްވާފައި ފަޔާޒް ޝިޔާނާ ގާތަށް ޖެހިލިއެވެ. އެވަގުތު ޝިޔާނާ ހުރީ ނާއިފް ކައިރީގައެވެ. ފަޔާޒް ޝިޔާނާއާއި އަރާ ހަމަވުމުން ނާއިފް ސަމާސާގެ ރާގެއްގައި ބުނެލިއެވެ. “ހިތުގައި ބުނަން ހުރި ހުރިހާ ވާހަކައެއް ލަވަޔަކުން ދޯ ތި ނިންމާލީ…. ޝިޔާނާވެސް ލަވަޔެއްކިޔަން މަށަށް ފެނޭ…..”

އެވަގުތު ޝިޔާނާ ގަޑި ބަލާލުމަށް ފަހު ލަސްވާތީ ގެއަށް ދާން ބޭނުންވެގެން ތެޅިގަތެވެ. ފަޔާޒާއި ނާއިފް ވެސް ޝިޔާނާއާއި އެކީ ކަލާފާން ސްކޫލުގެ ހޯލުން ބޭރަށް ނިކުތީ ޓެކްސީއެއް ހޯދުމަށެވެ. ކަލާފާނު ސްކޫލުން ނުކުމެ އަމީނީމަގުގެ ޕޭމަންޓް މަތީގައި މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ޓެކްސީ އެއް އަތުވެއްޖެއެވެ. ޓެކްސީއަށް ޝިޔާނާ އެރުމުން ފަޔާޒް އަތުގެ އިޝާރާތުން ގުޅާނަމޭ ބުނެ ނާއިފްގެ ކޮނޑުގައި އަތް އަޅުވައިލައިގެން ދެމީހުން އެކީގައި ހިނގައިގަތީ ދަރުބާރުގޭ ބިއްދޮށުގައި ވާ ތޮށިގަނޑާ ދިމާލަށެވެ.

ނާއިފާއި ފަޔާޒަކީ ބެސްޓް ފްރެންޑުންނެވެ. ޝިޔާނާއާއި ދިމާވީ ބިޒްނަސް ކިޔަވަންވެގެން ކޮލެޖުގައި އުޅުނުއިރު ކޮލެޖުންނެވެ. ފަޔާޒްމެންގެ ބެޗް ނިމުމުން މިއީ އެބެޗްގެ ކުދިން އެކުވެގެން ބޭއްވި ޕާޓީއެކެވެ. ފަޔާޒަށް ޝިޔާނާ ކަމުގޮސްގެން އުޅޭތާ އެއް އަހަރުވީއެވެ. ވަރަށް ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ވާހަކަ ދައްކާތާ 7 މަސް ވީއިރުވެސް ފަޔާޒް މިއުޅެނީ އޭނާގެ ހިތުގެ ޝުޢޫރު ބަޔާން ނުކުރެވިގެންނެވެ.

ތޮށިގަނޑު މަތީ ފަޔާޒް އިށީނީ ވަރަށް މާޔޫސްވެ ހުރެއެވެ. މިކަން ނާއިފަށް ފާހަގަ ކުރެވުނެވެ. “ކަލޯގެޔާ…. މިރޭވީ އުފާ ކުރާކަންނު… ނުދެއްކިގެން އުޅޭ ވާހަކަ ލަވަޔަކުން ވިއްޔަ އެ މަންޖެއަށް ތި އިއްވައިދިނީ…. “

ފަޔާޒް ނާއިފް ބުނި ވާހަކައަށް ޗޮކެއްޖަހާލާފައި ބުންޏެވެ. “ނޫނޭ… އަސްލު މަމިހިރީ ވަރަށް ކަޑަވެފަ… 3 ދުވަސްތެރޭ އަހަރެން އެބަޖެހޭ އޮސްޓްރޭލިޔާއަށް ފުރަން… ބައްޕަ ހުރިހާކަމެއް ނިންމާފައޮތީ…. އަނެއްކޮޅުން މަންމަމެން ދިރިއުޅެނީވެސް އެކޮޅުގަ…. މިކޯހުގެ މުއްދަތަކީ 4 އަހަރު.. ކޯސް ނިމެންދެން އެކޮޅުގަ ހުންނަން ޖެހޭނީވެސް… އަސްލު އަހަރެންގެ ކެރިޔާރ އަށް ވަރަށް މުހިއްމު…. އެކަމަކު ދާ ހިތެއްވެސް ނުވޭ…”

“އޯޝިޓް… ދެން ކިހިނެއް ހަދާނީ…. ޝިޔާނާ ގޮވައިގެން ދަމާ…. 3 ދުވަސް ތެރޭ މެރީ ކުރާނީ… ކަޑަތަ މިގޮތް” ނާއިފްގެ ހިޔާލު ފާޅުކުރިއެވެ.

“ނޫނޭ… ތިގޮތްވެސް ގޯހެއް ނޫން.. ދެން ބަލާނީ ދޯ…” ފަޔާޒްގެ ޖުމްލަ ހުއްޓާލީ އޭނާގެ ފޯނު ރިންގް ވާތީއެވެ.

**** **** **** **** **** ****

ކާރު މަޑުކޮށްލުމަށް ފަހު ފޯނު ނަގަމުން އަތުކުރީގައިވާ ރިހިކުލައިގެ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަވީރު ފަސް ގަޑި ބައިވަނީއެވެ. އެކޯލަކީ އޮފީހުން އަންނަ ކޯލެއްކަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ.

“ހަލޯ… ފަޔާ… ކޮންތާކަށް ތި ދިޔައީ.. މިތާ ކުދިން އެބައުޅޭ ފަޔާ ނުފެނިގެން” އަނެއްކޮޅުން ވާހަކަ ދައްކަމުން އައީ ނާއިފެވެ.

“ހުންންން…. އައިންތުމެން ގާތު ބުނޭ ކުށްވެރިޔާގެ ޔޫރިނާއި ބްލަޑް ސާމްޕަލް ނަގާށޭ… މިރޭ އޭނާ މިކޮޅުގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާފަ ކެއުމުގެ ކަންތައްވެސް ހަމަޖައްސާ… މާދަން ހެނދުނު 9 ޖަހަން ވާއިރަށް އޭނާގެ ބަޔާނެއްވެސް ތައްޔާރު ކުރަން ބުނޭ….” ހަދަންވީ ގޮތް އެއްފައްޗަކަށް ފަޔާޒް ކިޔައިދިން އިރު އެއް އަތުން އޭނާ ހުރީ ނިއްކުރީގައި ހިފާ ފިއްތާލައިގެންނެވެ. ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް ހުރުމުން މިރޭ އޮފީހަށް ދާން ބޭނުން ނުވާތީ މާދަމާއަށް ހުރިހާ ކަމެއް ފަސްކޮށްލިއެވެ.

“އޯކޭ ބޮސް….ދެން ނެތްތަ އިތުރުކަމެއް…” ނާއިފަށް ފަޔާޒް ހުރީ ވަރަށް ސީރިއަސްކޮށްކަން އިނގުމުން އިތުރަށް ސަމާސާނުކޮށް ފޯނު ކުރުކޮށްލިއެވެ.

“އާން… ނާއިފް މަސައްކަތް ނިމުނީމަ އާދެބަލަ ކޮފީއަކަށް ދާން…. ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް” ފަޔާޒް މިހެން ބުނުމުން ނާއިފް އާއެނކޭ ބުނެ ފޯނު ކަނޑާލިއެވެ.

ފޯނު ކަނޑާލުމަށް ފަހު ސީޓް ބެލްޓް ނައްޓާލާ ކާރުގެ ދޮރު ހުޅުވާލި ވަގުތު ޖެހުނު ތެތްފިނި ވައިރޯޅި، ފަޔާޒްގެ ފަން އިސްތަށިކޮޅާ ކުޅެލިއެވެ. ކާރުން ފައިބާ މޫދާދިމާލަށް ބަލަހައްޓައިގެން ހުރީ ފެންނަމުންދާ ހިތްފަސޭހަ ގުދުރަތީ މަންޒަރަށް ގެއްލިފައެވެ. ހުޅުމާލޭގެ ހުޅަނގު ފަރާތުގެ ބީޗް ކައިރީގައި މަޑުކޮށްފައިވާ ކާރުގައި ލެގިލައިގެން ފަޔާޒް ހުރީ ކުރިމަތިން ފެންނަމުން ދާ ފުރިހަމަ އިރުއޮއްސޭ މަންޒަރަށް ބަލަހައްޓައިގެންނެވެ. އޮރެންޖްކުލަޔާއި ރީނދޫކުލައިގެ އިތުރުން ފިޔާތޮށި އަދި ދަނބު ކުލައިގެ އަސަރުވެސް އުޑުމަތިން ފެންނަން ހުއްޓެވެ. އުޑުމަތިން ފާޅުވަމުންދާ މި ރީތި ކުލަތަކުން މޫދުގެ ލޮނުގަނޑުގެ ވިދުމާއި އެކުވެ އަރަމުން އަންނަ ދަޅަތަކުން މި މަންޒަރު ފެންނަ ކޮންމެ މީހަކުވެސް ކަޅިޖަހާނުލާ އާޝޯޚް ވާނޭކަން ކަށަވަރެވެ.

*** *** *** *** *** ***

ހަނދާނަށް އައީ މީގެ 6 އަހަރު ކުރީގެ ހަނދާންތަކެކެވެ. ފަޔާޒް ފެންވަރައިގެން އައިސް އޭނާގެ ކޮޓަރީގެ އޭސީ ޖައްސާ، ފައްކާ ނިއްވާލިއެވެ. އަދި ތެތްތުވާލި ގޮނޑިމަތީ ބޭއްވުމަށް ފަހު ސޯޓުބުރިއެއް ލައިގެން އެނދު މައްޗަށް ވެއްޓިގަތެވެ. އެނދުގެ ހެޑްބޯޑުމަތީގައި އޮތް އޭނާގެ ފޯނު ނަގާ ޝިޔާނާގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ފޯނު ހިފައިގެން ބަންޑުން އޮށޯވެ މޭ ދަށަށް ބާލިހެއްލައި، އެބާލިހުގައި އެއްއަތުން ބައްދާލިއެވެ. ދެ ފަހަރަށް ރިންގް ވީފަހުން ޝިޔާނާ ފޯނު ނެގިއެވެ.

އަންހެން ވަންތަ މަޑުމައިތިރި ރީތި އެއަޑުން ހަލޯ އޭ ބުނުމުން ފަޔާޒަށް އޮވެވުނީ ބަހެއްވެސް ބުނަން ނޭނގިފައެވެ. ރަކި ހިނިގަނޑަކަށް ފަހު ޝިޔާނާ ބުންޏެވެ. “ފަޔާ… ދެން ވާހަކަ ނުދައްކަންޏާ ފޯން ބާއްވަނީ”

“ޝިޔާ… ވިލްޔޫ މެރީ މީ…. އައިލަވްޔޫ” ފަޔާޒް ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ބޭނުން ނުވާ ކަހަލައެވެ. ފަޔާޒް ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ. ޝިޔާނާ ބަހެއް ނުބުނުމުން އިތުރަށް ހިތްތެޅިގަތެވެ. “ޝިޔާ… ރުޅިއައީތަ؟… ޝިޔާ ބޭނުމިއްޔާ އަދިވެސް އެ ރަޙްމަތްތެރިކަން ބޭއްވި ދާނެ…” ފަޔާޒް ހުރީ ހާސްވެފައެވެ. އޭނާ ހީކުރީ ޝިޔާނާ ބަހެއް ނުބުނީ ރުޅިއައިސްގެން ކަމަށެވެ.

“ސޮރީ ފަޔާ…. އަހަރެންނަކަށް ތި ޕްރޮޕޯސް ގަބޫލެއް ނުކުރެވޭނެ…” ޝިޔާނާ މިހެން ބުނި އިރު އޭނާގެ އަޑުގައި ކުރިންހުރި އުފާވެރިކަން މިލައިފިއެވެ. ފަޔާޒް ހުރީ ސަބަބު އޮޅުން ފިލުވަން ބޭނުންވެފައެވެ. ނަމަވެސް އެހެން އަހަން ނުކެރިހުއްޓާ ދެންވެސް ވާހަކަ ދެއްކީ ޝިޔާނާއެވެ. “އަހަރެންގެ ބައްޕަގެ ގާތް އެކުވެރިއެއްގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާއާއި އަހަރެންގެ ކައިވެނީގެ ވާހަކަ ދެކެވެމުން ދަނީ…. ބައްޕައަށް އަހަރެމެންގެ ފެމިލީގޮވައިގެން މާލޭގައި ކުއްޔަށް އުޅެން ވަރަށް ދަތި…. ކައިވެންޏަށް ފަހު އެގޭގައި އުޅެންދާން މިއުޅެނީ… މުޅި ފެމިލީ އެކީގައި…. މިއާއިލާ ބަލަހައްޓަން ހުރީވެސް އަހަރެން…. މަންމައާއި ބައްޕަ ދެރަވާނެ އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ….”

ޝިޔާނާގެ ވާހަކަތަކުން މީ އޭނާއަށް މިވަގުތު ހުރިގޮތްކަން ފާހަގަ ކުރެވުނެވެ. އަދި ފަޔާޒްއަށް މިދުވަސްކޮޅު ޝިޔާނާއާއި ކައިވެނިކޮށް މުޅި އާއިލާގެ ޒިންމާ ބެލެހެއްޓޭނެކަމުގެ ޔަޤީންކަން ނެތުމުން ހިއްވަރު އެލުނެވެ. ފަޔާޒްގެ ހިތް މަރުވިކަހަލައެވެ. “ޝިޔާނާ ހެޕީކޮށް އުޅޭތަންބަލަން ފަޔާ ބޭނުމީ…. ކޮންމެފަދަ ކަމެއް ބޭނުންވިޔަސް ފަޔާއަށް ގުޅަން ފަސްނުޖެހޭތި…. ފަޔާ މިއުޅެނީ ދެ ދުވަސްތެރޭ ބޭރަށް ފުރަން….. މަންމަމެން ކައިރިޔަށް 4 އަހަރުގެ ކޯހަކަށް… އަހަރެން ކޮންމެ ދުވަހަކުވެސް މެއިލް ޗެކް ކުރާނަން…. މަށަށް މެއިލް ކުރާތި…. ގުޑް ނައިޓް… ޝިޔާވެސް ދޭ ނިދަން… މިހާރު މާ ލަސްވެއްޖެ…”

ފާޔާޒް ފޯނު ބާއްވާފައި މޭދަށަށް ލައިފައިވާ ބާލީހުގެ ތެރެއަށް އޭނާގެ މޫނު ލާ ފިއްތާލިއެވެ. އޭނާއަށް ޝިޔާނާ ނުލިބޭނެކަން އިނގުމުން ކުރި ފުން އަސަރުން ފަޔާޒް ހުރީ ވަރަށް ދެރަވެފައެވެ. ނިދަން އުޅެއުޅެ ނިދޭގޮތެއްވެސް ނުވިއެވެ. ކޮޓާރިތެރޭން ނުކުމެވެން ހުރި ބެލްކަންޏަށް ފަޔާޒްނުކުތެވެ. އޭނާހުރީ 8 ބުރީގެ އުސް ޢިމާރާތެއްގެ 7 ވަނަ ބުރީގައިހުރި ކޮޓަރިއެއްގައެވެ. ރޭގަނޑުގެ ވަގުތެއްކަމުން މާލޭގެ ހަލަބޮލި މަގުމަތިން ފެންނަމުން ދިޔަ އެކި އަލިތަކުން ފުރިފައިވާ ފުރިހަމަ މަންޒަރަށް ބަލަން ފަޔާޒަށް ހުރެވުނެވެ.

**** **** **** **** ***** ****

މާޒީގެ ހަނދާންތަކަށް ގެއްލިފައިހުރި ފަޔާޒަށް ހޭވެރިކަންވީ ތުނިކޮށް ވެހެންފެށި ވާރޭގެ ކަނިތައް އޭނާގެ މޫނުމަތީގައި ޖެހި އޭގެ ތެތްފިނިކަން އިޙްސާސްވުމުންނެވެ. އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް ކާރަށް އެރިއެވެ. އެތާގައި ފަޔާޒަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ގަޑިން ވީއިރެއް ބަލާލިއެވެ. އޭރު އިރުއޮއްސި ހަތެއް ޖެހީއެވެ. ދެފަރާތަށް ބޯހުރާލުމަށް ފަހު މިސްވެފައި ހުރި ފޯން ކޯލްތަކަށް ބަލާލެވުނު އިރު ނާއިފް ތިން ފަހަރު ގުޅާފައި އޮތެވެ. ދެން ބަލާލީ ފޯނަށް އައިސްފައިވާ އެސް.އެމް.އެސް ތަކަށެވެ. ނާއިފްގެ މެސެޖެއް އިނުމުން އެ މެސެޖް ހުޅުވާލިއެވެ. “މަމީނީ އޮފީހުގަ…. އާދޭ ބަލާ… ވަރަށް ޓަޔާޑް… މަގޭ ސައިކް ހަން ފަޅައިގެންގޮއްސި….”

ކާރު ސްޓާރޓްކޮށްލުމަށް ފަހު ފަޔާޒް މިސްރާބްޖެހީ ހުޅުމާލޭ ޕޮލިސް ހެޑް ކުއާރޓާސްއަށް ނާއިފް ބަލައިދިޔުމަށެވެ. އޭރު ހަމަ ރަނގަޅަށްވެސް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ވިއްސާރަވުމުގެ ސަބަބުން މަގުތަކުން ފެންނަ މީހުންގެ އަދަދު ވަރަށް މަދެވެ. އެހެންވެ ވަރަށް ފަސޭހަކަމާއި އެކު ފަޔާޒަށް އޭނާގެ އޮފީހުގެ ދޮރުމައްޗަށް އާދެވިއްޖެއެވެ. ފޯނުނަގާ ނާއިފަށް ގުޅާލިއެވެ. ރިންގް ވޭވޭ ގޮސް ފޯނުކެނޑުނު އިރުވެސް ނާއިފް ފޯނެއް ނުނަގައެވެ.

ޕާކިންޒޯންގައި ކާރު ޕާކް ކުރުމަށްފަހު ކާރުން ފައިބައިގެން ފަޔާޒް މިސްރާބުޖެހީ ފުލުސް އޮފީހަށް ވަނުމަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޮފީހަށް ވަދެ ގަމީހުގައި ޖެހިފައިވާ ފެންތިކިތައް ފޮޅާލަމުން ރިސެޕްޝަންގައި އިން އަންހެންކުއްޖާ ގާތު ޓިޝުލެއް ދިނުމަށް އެދުނެވެ. އަދި ނާއިފް ކޮބާހޭ އަހާލިއެވެ. “ނާއިފްވީ ފަސްޓް ފްލޯގައި..” އެ އަންހެންކުއްޖާ ފަޔާޒްއަށް ޖަބާބުދެމުން ޓިޝޫބޮނޑި ވަތްގަނޑުން ނަގާ ރިސެޕްޝަން މޭޒުމަތީ ބަހައްޓާލިއެވެ. ފަޔާޒް ދެތިން ޓިޝޫއަތަށް ދަމައިގަނެ އޭގެން މޫނުމަތީގައިވާ ފެންތިކިތައް ފޮހެލަމުން ސިޑިން މައްޗަށް މިސްރާބުޖެހިއެވެ.

ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން”

ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ ކޮޓަރިފެނިފައި ފަޔާޒަށްއެ ކޮޓަރިއާ ދިމާލަށް ދެވުނެވެ. ކޮޓަރީގެ ތަޅުގައި ހިފާލި ނަމަވެސް ފަޔާޒަށް ޝިޔާނާއާއި ކުރިމަތިލެވޭ ފަދަ ހިއްވަރެއް ނެތުމުން ފަހަތަށް ޖެހިލީ އެކޮޓަރީގެ ދޮރާއި ޖެހިގެންހުރި ދިގުމިނުގައި 4 ފޫޓު އަދި ފުޅާމިނުގައި 6 ފޫޓުގެ ބިއްލޫރިގަނޑާ ދިމާލަށެވެ. އެ ބިއްލޫރިގަނޑުން އެތެރޭގައި ހިނގާ ހުރިހާ ކަމެއް ސާފްކޮށްފެނެއެވެ. ޝިޔާނާ އޮތީ މޭޒުމަތީގައި ބޯ ޖަހާލައިގެން ލޯގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަޔާޒަށް ހީވީ ޝިޔާނާއޮތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހެންނެވެ. އެ މޫނުމަތިން އަދިވެސް ފަޔާޒަށް ސިފަ ވަނީ މައުސޫމް ކަމެވެ. ޝިޔާނާގެ ދެލޯވަނީ ވަޅުވަދެފައެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ފެންނާކަށް ނެތެވެ. މުޅި މީހާވަނީ މިލާ މޯޅިވެފައެވެ. ފޔާޒްގެ ރަތް ފިނިފެންމާ އެވަނީ މިލާ މޯޅިވެފައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ގޮތް ހުސްވެފައި – ޗެޕްޓަރ 2: އިންތިޒާރު ކުރާނެބާ؟….

Next

ޔާރާއޭ…. (13) ވަނަ ބައި

Next
August 30, 2015

ޔާރާއޭ…. (13) ވަނަ ބައި

Previews
August 30, 2015

ގޮތް ހުސްވެފައި – ޗެޕްޓަރ 2: އިންތިޒާރު ކުރާނެބާ؟….

40 Comments!

  1. shara says:
    August 30, 2015 at 11:40 am

    v reethi..

  2. Shabee says:
    August 30, 2015 at 11:42 am

    i think dis is my 1st time commenting to dis story… vrh habeys story eh mee… hama comment nukoh neendhevunu… shax lyn… ur a grt writer… masha allah… n vrh reethi name eh shax lyn… love it 🙂 like eh…. do ur bst.. gud luck .. jazakillah khairan 😀 hope dhen anna bai bex v emme avahakah up kohdheyne kamah 😉

    1. Shax Lyn says:
      August 30, 2015 at 11:45 am

      Alhamdhu Lillah…. Thanks Shabee…. 🙂 mulhi vaahaka nimen dhen evvarehggai hifahattaaleveytho masakkaiy kuraanan…. varah ufaavejje… 🙂 😉

  3. Shabee says:
    August 30, 2015 at 11:42 am

    n m the 2nd… yipppeeeee 😛

  4. Shabee says:
    August 30, 2015 at 11:54 am

    ur most wc shax lyn…. 😀 love dis story a lot 🙂

  5. naja says:
    August 30, 2015 at 11:58 am

    reythii 🙂

  6. Adam says:
    August 30, 2015 at 12:18 pm

    Salhi varah salhi..

  7. ifaa says:
    August 30, 2015 at 12:53 pm

    Nice

  8. Naaji says:
    August 30, 2015 at 12:57 pm

    V rythi. Waiting waiting ???

  9. zai says:
    August 30, 2015 at 1:02 pm

    Salhi kamaa eve..?

  10. mee says:
    August 30, 2015 at 1:07 pm

    Reeth

  11. rishu says:
    August 30, 2015 at 1:11 pm

    v v v v v nice ingey…next part kniraku up kohlany…?????

    1. Shax Lyn says:
      August 30, 2015 at 3:27 pm

      Tuesday…. ?

  12. hana says:
    August 30, 2015 at 1:12 pm

    V reethi…waiting for the next part..

  13. sau says:
    August 30, 2015 at 1:13 pm

    Waiting for the next part

  14. I.sarree says:
    August 30, 2015 at 1:18 pm

    Vvvv reethi

  15. naff says:
    August 30, 2015 at 1:24 pm

    Vaahaka varah reethi nd keep it up shax lyn. Vaahakaige enme kiyaa hihvaa than kolhah aadhevuni ma abadhu ves mi jeheni inthizaaru kuran… waiting 4 nxt prt… 🙂

  16. Anonymous says:
    August 30, 2015 at 1:27 pm

    Fahkaa eh noon Fanka..alif sukun jahaafa inee.. Dhen lock ah kiyany thalhu.. Dhivehi bas iskurehvun edhen

    1. Shax Lyn says:
      August 30, 2015 at 3:26 pm

      Shukuriyyaa…. kuriyah huribaithakugai… varah balaanan…. mikahala kuhthah faahaga kohdhevvumakee alhugandu varah ufaavaa kameh…. rangalhu kuraanan… ??

  17. pary says:
    August 30, 2015 at 1:30 pm

    Vvvv nice waiting for next part . Avaha up kolathi

  18. naj says:
    August 30, 2015 at 2:46 pm

    Vara mysterious n vara reethi

  19. shaaru says:
    August 30, 2015 at 3:01 pm

    Vvvv salhi

  20. Niyu says:
    August 30, 2015 at 3:38 pm

    Hama habeys ???

  21. Steven says:
    August 30, 2015 at 4:39 pm

    Nyc story

  22. shx says:
    August 30, 2015 at 5:35 pm

    wowwwwww…shaxu mi vaahaka vvvvvvvvvv reeethi…nd bunelaane thankolhehvx nehh..kuriah huribaithakakyvx mihaa reethi shauguveri vaane baithakeh kamuga ummeedh kurann..

    1. Shax Lyn says:
      August 30, 2015 at 6:40 pm

      Thanks…..kiyuntherin shauguverikan nimen dhen evvarakah hifehetteytho masakkaiy kuraanan…..☺

  23. ken? says:
    August 30, 2015 at 5:36 pm

    Nice? if its possible for u dn plz gavaidhun up kohdheythi…eyrun readers will follow till end insha allah…? btw grt job n keep de hard work..?❤

    1. Shax Lyn says:
      August 30, 2015 at 6:41 pm

      Thanks…..❤❤❤

  24. ink says:
    August 30, 2015 at 7:24 pm

    Varah varah reethi.manzaruthah sifavegen Dhaa Iru varah salhi.Keep it up.u r the best.

  25. Faeyluvs says:
    August 30, 2015 at 8:25 pm

    Vvvv reethi… 🙂

  26. Samy says:
    August 30, 2015 at 9:06 pm

    Varah habeys. Varah ves reethi. pls avahah up kohdheythi

  27. Curious says:
    August 31, 2015 at 12:59 am

    Mi story thi up kurany ehkoh liye nimmaafatha?? Or liyaa varakah up kuran dhanytha? Mihen mi ehy baeh faharu complete nuvaa vaahakathah meehunge comment thah base kohfa badhalu kohlaathyy.. dont do tgat ingey..write your own story, dont change it for people..

    1. Shax Lyn says:
      August 31, 2015 at 2:07 am

      Kiyun theringe comments anna gothah balaafa vaahakayah evves badhaleh nugennaanan…. ?? alhuganduge hiyaalee vaahaka kiyuntherinnah kamudhaane kamah heekuran….. ❤

    2. Shax Lyn says:
      August 31, 2015 at 2:11 am

      curious dhevvi hiyaal ufalaai ekee balaigannan… mi vaahaka vanee liyumuge kurin liyan vee goiy plan koffai… ehen kamun e plan thakah badhaleh aisiyyaa vaahakaige ebbai anehbayaa gulhuvan varah undhgoovaane… mi vaahaka liye nimmaalaanee alhugandu plan koffa in gothah….. kiyuntheringe hiyaalu negetive viyas badhaleh nugennaanan… ???

    3. zainee says:
      September 1, 2015 at 12:41 pm

      story v reethi
      curious buni hen story change nukurahche.
      kiyuntherin hiyaalu husha halhaany story ga vaane goi neygi. ehn v ma writer beynunvaa gothah gendhiya eema reethi vaany

    4. gurey says:
      September 1, 2015 at 1:40 pm

      Asluves….. ebunee thedheh… varah gina writers story fahukolhuga badhal kollaathy varah foohivey

  28. ash says:
    August 31, 2015 at 12:57 pm

    V nice

  29. bush says:
    September 1, 2015 at 3:28 am

    Varah reethi..

  30. azhan says:
    September 1, 2015 at 8:46 am

    v habeys….

  31. ammmday says:
    September 30, 2015 at 7:51 am

    V reeethi story eh.. Nice nice..

Comments are closed.

Next Episodeނަޖާ (ހަވަނަ ބައި)←


All Right Reserved!