Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ހަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 1, 2015 6 Mins Read
21 Comments

ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން”

ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ ކޮޓަރިފެނިފައި ފަޔާޒަށް އެ ކޮޓަރިއާ ދިމާލަށް ދެވުނެވެ. ކޮޓަރީގެ ތަޅުގައި ހިފާލި ނަމަވެސް ފަޔާޒަށް ޝިޔާނާއާއި ކުރިމަތިލެވޭ ފަދަ ހިއްވަރެއް ނެތުމުން ފަހަތަށް ޖެހިލީ އެކޮޓަރީގެ ދޮރާއި ޖެހިގެންހުރި ދިގުމިނުގައި 4 ފޫޓު އަދި ފުޅާމިނުގައި 6 ފޫޓުގެ ބިއްލޫރިގަނޑާ ދިމާލަށެވެ. އެ ބިއްލޫރިގަނޑުން އެތެރޭގައި ހިނގާ ހުރިހާ ކަމެއް ސާފްކޮށްފެނެއެވެ. ޝިޔާނާ އޮތީ މޭޒުމަތީގައި ބޯ ޖަހާލައިގެން ލޯގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަޔާޒަށް ހީވީ ޝިޔާނާއޮތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހެންނެވެ. އެ މޫނުމަތިން އަދިވެސް ފަޔާޒަށް ސިފަ ވަނީ މައުސޫމް ކަމެވެ. ޝިޔާނާގެ ދެލޯވަނީ ވަޅުވަދެފައެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ފެންނާކަށް ނެތެވެ. މުޅި މީހާވަނީ މިލާ މޯޅިވެފައެވެ. ފަޔާޒްގެ ރަތް ފިނިފެންމާ އެވަނީ މިލާ މޯޅިވެފައެވެ.

ވަދާޢީ ސަލާމް

ފަޔާޒަށް ލޯހުޅުވުނީ ފޯނު ރިންގުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށް ފަހު އެނދުގެ ހެޑްބޯޑް މަތީގައި ބާއްވާފައިވާ ފޯނު ނަގާ ބަލާލިއެވެ. ފަޔާޒް ފުންމައިގެން ތެދުވެ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ހަލޯ… ބައްޕާ… ކިހިނެއްވީތޯ.. މިހާ ހެނދުނާ ތި ގުޅުއްވީ!”

ފަޔާޒް އަވަސް އަވަހަށް ތެދުވެ ކުޑަދޮރާއި ކައިރިވެލިއެވެ. ބައްޕަ އެކޮޅުން ވާހަކަދެއްކީ ވަރަށް ހާސްވެ ހުރެއެވެ. “ދަރިފުޅާ ފަޔާޒް… މަންމަގެ ހާލު ވަރަށް ސީރިއަސް އެހެންވެ ވީ އެންމެ އަވަހަކަށް ދަރިފުޅު މިކޮޅަށް ގެނައުމަށް ބައްޕަ ޓިކެޓް ހަމަޖައްސައިފިން…. ޓިކެޓްގެ ރިފަރެންސް ނަންބަރ ބައްޕަ މެސެޖް ކޮށްލާނަން…. “

ފަޔާޒަށް ހުރީ ގޮތްހުސްވެފައެވެ. “މަންމައަށް ކިހިނެއްވީ؟ ބައްޕާ.. އިއްޔެވެސް އަޅުގަނޑު ކޮއްކޮޔާ ސްކައިޕުން ވާހަކަ ދެއްކިން… އެކަމަކު މަންމަ ބަލި ވާހަކައެއް ނުބުނޭ…. ދެން…..”

ބައްޕަގެ ޖަވާބު ކުރުކޮށްލިއެވެ. “ދަރިފުޅު މިކޮޅަށް އާދޭ، ބައްޕަ މިއުޅެނީ ހޮސްޕިޓަލްގަ… އެކަމު ފްލައިޓް ޖައްސާ ގަޑިއަށް އެއަރޕޯޓަށް ދަރިފުޅު ބަލާ ދާނަން…. އަވަހަށް ރެޑީވޭ މިކޮޅަށް އަންނަން…. ފްލައިޓް ޗެކިން ހެނދުނު ދިހަ ގަޑި ބައިގަ ފެއްޓޭނެ”

ބައްޕަގެ ކޯލު ނިމުމުން ގަޑި ބަލާލި އިރު ގަޑިން ހެނދުނު ހަގަޑި ބައިވަނީއެވެ. އަވަސް އަވަހަށް ފޯނު ނަގާ ނާއިފަށް ގުޅާލީ އޭނާއާއި އެކު އެއަރޕޯޓަށް ދިޔުމަށެވެ. ނާއިފް އެ ގެސްޓް ހައުސަށް އައިއިރު ފަޔާޒް ހުރީ އޭނާގެ ދަބަސް ތައްޔާރު ކުރުމަށް ފަހު ޑްރެސިންގް ޓޭބަލް ކައިރީ ބޮޑީ ސްޕްރޭ ޖަހާށެވެ.

“ހާދަ އަވަހަކަށް ތި ފުރަނީ…. ވަރަށް މިސް ވާނެ… މަށަށްގުޅާތި…. މަގޭ ކޮންމެ ބާތުޑޭއެއްގައި އޮރިޖިނަލް ސެންޓުފުޅިއެއް މަށަށް ފޮނުވަން ވާނެ” ނާއިފްވެސް ހުރީ ވަރަށް ދެރަވެފައެވެ. އެކުވެރިޔާ އަވަހަށް ފުރަންޖެހުމުންނެވެ.

ފަޔާޒް ހިނިތުންވެލާފައި ފޮށީގެ އަތްގަނޑުގައި ހިފާ ދޮރާއި ދިމާލަށް ހިނގައި ގަންނަމުން ބުންޏެވެ. “އެއްފުޅިން ވާނެތަ؟… ހެހެހެ…”

ދެމީހުން އެކީގައި ލިފްޓުން ފޭބިއެވެ. އެވަގުތު ގެސްޓް ހައުސްގެ ދޮރު މައްޗަށް ޓެކްސީއެއް އައިސް މަޑުކޮށްލިއެވެ. ޑިކީއަށް ދަބަސްލުމަށްފަހު ކާރުގެ ފަހަތު ސީޓަށް ފަޔާޒު އަރާ ހަމަޖެހިލި ވަގުތު ނާއިފް ހައިރާންވެ ހުރެ އަހާލިއެވެ. “އޭ… ކޮބާ ޝިޔާނާއަކަށް ނުގުޅަންތަ؟”

ފަޔާޒަށް ޝިޔާނާ މަތިން ހަނދާންވީ ދެނެވެ. ޓެކްސީ ޑްރައިވަރު ގާތު ހުޅުލޭ ޖެޓީކައިރިއަށޭ ބުނުމަށްފަހު، އަވަސްއަވަހަށް ފޯނު ނަގާ ޝިޔާނާގެ ނަންބަރަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ.

ފޯނުން އިރުއިރުކޮޅާ ޝިޔާނާއަށް ގުޅަން މަސައްކަތް ކުރަމުން ރޭގަވީ ކަންތައް ނާއިފަށް ކިޔައިދިނެވެ. ހުޅުލެއަށް ދިޔުމަށް ފެރީގައި ހުރިއިރުވެސް ޝިޔާނާއަށް ގުޅުން ފިޔަވާ އިތުރުކަމެއް ފަޔާޒް ނުކުރެއެވެ. ފަޔާޒްހުރީ ވަރަށް ދެރަވެފައެވެ. ރާއްޖެން ބޭރަށް ގިނަ ދުވަސްތަކަކަށް ފުރަން ދާން ޖެހުނު އިރު ޝިޔާނާއާއި ބައްދަލުކޮށްނުލެވި ދާންޖެހޭތީއެވެ. ހުޅުލެއަށް އައިސް ދޯނި ލެފުމުން ދަބަސް ޓްރޮލީއަށް ލައިގެން ދުއްވާލީ އެމިރޭޓްސްގެ ކައުންޓަރާ ދިމާލަށެވެ. ފަޔާޒްގެ ބައްޕަފޮނުވި ރިފަރެންސް ނަންބަރ ދައްކާލުމަށްފަހު ފަޔާޒްގެ ޕާސްޕޯޓް އެކައުންޓަރަށް ހަވާލުކުރިއެވެ. މާގިނައިރުތަކެއްނުވެ އެމިރޭޓްސްގެ ޔުނީފޯމުގައި ހުރި އަންހެން ރެޕް ފަޔާޒަށް ދިއްކޮށްލީ އޭނާގެ ބޯޑިންގްފާހާއި ޕާސްޕޯޓެވެ. “ހޭވް އަ ނައިސް ޑޭ ސަރ…”

އެ އަންހެން ކުއްޖާ ބުނި ލަފްޒު އަޑު އިވިފައި ފަޔާޒްގެ ފަހަތުގައި ހުރި ނާއިފް ބުނެލިއެވެ. “ނައިސް ޑޭޔޭ….. ވޯސްޓްޑޭ ދޯ ފަޔާ”

*** *** *** *** *** ***

ސިއްސައިގެންގޮސް ފަޔާޒް ފަސްއެނބުރި ބަލާލީ ފަހަތުން ކޮނޑުގައި މީހަކު ހިފާލުމުންނެވެ. ފަހަތުގައި މިހުރީ ނާއިފެވެ. “ކޮން ޚިޔާލަކަށް ގެއްލިފައި؟” ނާއިފަށް ފަޔާޒްގެ މޫނުމަތިން ފެނުނު ހާސްކަމުން ސުވާލުކޮށްލިއެވެ.

“ކަމެއް ނުވޭ… ނާއިފް ނުފެނިގެން މިހުރީ މިތާމަޑުކޮށްލައިގެން….” ފަޔާޒް މަސައްކަތްކުރީ އޭނާގެ އިޙްސާސްތައް ބޭރުނުކޮށް ހިފަހައްޓާށެވެ. ނަމަވެސް ފަޔާޒްގެ ކަޅިއަމާޒުވީ ބިއްލޫރިގަނޑުގެ އަނެއް ފަރާތުން ފެންނަން ހުރި ޝިޔާނާއަށެވެ. ކޮންމެވެސް ކަމެއް ފަޔާޒް ސިއްރުކުރާކަން ނާއިފަށް ފާހަގަ ކުރެވުނެވެ. އަދި ކުރިޔަށް ފިޔަވަޅެއް އެޅުމަށްފަހު ފަޔާޒްގެ ކަޅި އަމާޒްވެފައިވާ ބިއްލޫރިގަނޑަށް ބަލާލެވުނެވެ.

“ޝިޔާނާ…..” ނާއިފަށް ލިބު ހައިރާންކަމުން ޝިޔާނާގެ ނަން ބާރަށް ކިޔުނެވެ. ފަޔާޒް ވަގުތުން ނާއިފްގެ އަނގަމަތީ އަތްއެޅިއެވެ. އަދި ނާއިފް ގޮވައިގެން ސިޑިން ފައިބަން ހިނގައިގަތެވެ. ނާއިފް އިނީ އާގަމަ ކައިފައެވެ. މިވަނީ ކިހިނެއްކަން އޭނާއަށް ނުވިސްނެއެވެ. ހިތުތެރޭގައި އެތައް ސުވާލެއް އެނބުރެން ފެށިއެވެ. ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން ނާއިފް އަތުގަ ހިފައިގެން ފަޔާޒް މިސްރާބުޖެހީ އޭނާގެ ކާރާ ދިމާލަށެވެ.

ކާރަށް އަރާ ކާރުތެރޭގައި ފަޔާޒް މަޑުކޮށްގެން ހުރީ ނާއިފްގެ ދުލުން އެއްޗެއް ބުނޭތޯއެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުންލާފައިވާ ހާލުގައި ނާއިފް އަނގަހުޅުވާލިއެވެ. “ފަޔާޒް… މީތަ މިއަދު….. މީހަކު މަރާލައިގެން ހައްޔަރު ކުރި މަންޖެއަކީ…. ކިހިނެއްވީ ކަމެއްބާ މީ…. މީ ހަމަ ޝިޔާނާ ކުރިކަމެއްތަ؟” ނާއިފް އެއްފަހަރާ ހިތުގައިވާ ސުވާލުތައް ބަންޑުން ކޮށްލިއެވެ.

“ތިޔޭ މަށަށްވެސް ނުވިސްނިގެން މިއުޅޭ އެއްޗަކީ…. އަހަރެންގެ ޒަމީރުވެސް ޤަބޫލެއް ނުކުރޭ މީ ޝިޔާނާ ކުރި ކަމެކޭ… އެކަމަކު އޭނާ މިކަމަށް އިއުތިރާފްވެސް ވެއްޖެ…. އަހަރެން ހިޔެއްނުކުރަން މިހެން އަހަރެންނާ ޝިޔާނާއާއި ދިމާވާނެ ކަމަކަށް… ރާއްޖެއައި ފަހުން ޝިޔާނާއާއި ބައްދަލުވޭތޯ ކުރިން އެމީހުން އުޅުނު ގެޔަށްވެސް ދިޔައިން…. ނޭނގެ ދެން މަށަކަށް” ފަޔާޒް އޭނާގެ ދެ އަތުން ކާރުގެ ހުންގާނުގާ ޖަހާލިއެވެ. ފަޔާޒަށް ކޮށްފައިހުރި ފުން އަސަރު ނާއިފަށް އިޙްސާސްކުރެވުނެވެ.

“ނަމަނަމަ ޝިޔާނާއަކީ އަހަރެމެން ދަންނަ މީހަކަށް ނުހަދާތި… އެހެން ނޫނީ މި ކޭސް އަހަރެން އަތުން ގެއްލި ދާނެ… އަހަރެން ބޭނުން މިކަމުގެ ހަޤީޤަތް ހޯދަން…. ޝިޔާނާ މީހަކު މެރިޔަސް މިކަމުގައި އަދި ފޮރުވިފައިވާ އެހެން ސިއްރެއް ވާނެ… ނާއިފްގެ އެހީތެރިކަން އަހަރެން ވަރަށް ބޭނުން…” ފަޔާޒް އިނީ ވަރަށް ދެރަވެފައެވެ. ޝިޔާނާއަށް މިދިމާވި ކަންތަކުގައި އޭނާއަށް އެހީތެރިވެދޭން ބޭނުންވިއެވެ.

**** **** **** **** ****

ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައިއިން ޝިޔާނާއަށް ހޭވެރިކަންވީ ފުލުހުންގެ ތެރެއިން މީހަކު އޭނާއަށް ރޭގަނޑުގެ ކެއުން ގެނެސްދިނުމުންނެވެ. މޭޒުމަތީގައި ޕްލާސްޓިކް ކާތައްޓަކާއި އެކު ފެންފުޅިއެއް ބެހެއްޓިއެވެ. އަދި ތަށިމުށި މަތީ ކުނަލަކާއި އެކު ބާލިހަކާއި ހުދު ފޮތިގަނޑެއްވެސް ބޭއްވިއެވެ. ތަށީގައި ހުރީ ބަތާއި މުގުރިހައެވެ. ޝިޔާނާ ފާހާނައަށް ވަދެ އަތްދޮވެގެން އައިސް ކާންވެގެން ބަތްތައްޓަށް އަތްލިއެވެ. އަނގަޔަށް ބަތްސުވަލާން މަސައްކަތްކުރި ނަމަވެސް އޭނާއަށް އޭނާގެ އަތުން ލޭފެންނަހެން ހީވިއެވެ. މިހާ ތެޅިގަނެ ބިރުން ފަހަތަށް ޖެހެވުނެވެ. ދެއަތަށް ބަލާލެވުނީ އެ ޙާދިޡާ ހިތައް އެރުމުންނެވެ. ދެވަނަ ފަހަރަށް ފާހާނައަށް ވަދެ ސައިބޯނި ލައިގެން ރީއްޗަށް އަތްދޮވުނެވެ. ދެން އައިސް ގޮނޑީގައި އިށީންދެ ބިސްމި ކިޔައި ކާން ފެއްޓި އިރު އޭނާގެ ސިކުނޑީގައި އެތައް ޚިޔާލްތަކެއް އެނބުރެމުން ދިޔައެވެ.

*** *** *** *** *** ***

ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ކާމޭޒުދޮށުގައި ތިބީ ޝިޔާނާގެ އާއިލާއާއި އެކު މަތީނާއި މަތީނުގެ ބައްޕަ ހަލީމެވެ. ޝިޔާނާ އިނީ އޭނާގެ މަންމަ ކައިރީ އިށީނދެގެންނެވެ. މޭޒުމަތީގައި ތަފާތު އެއްޗެހި އަތުރާފައި ހުއްޓެވެ. ހުނިލި ރޮށްޓާއި، މަސްހުންޏާއި، މުގުރިހަޔާއި، ތެޔޮ ރޮއްޓެވެ. ޝިޔާނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. ރޮއްޓާ މުގުރިހަޔާ ޖައްސައިގެން ކާންއިންއިރު އޭނާއިނީ ކެއުމާ އެހާ ގަޔާވެގެން ނޫނެވެ.

ހަމަހިމޭންކަން ފިލުވާލުމަށް ފުއާދު ވާހަކަ ދައްކަން ފެއްޓިއެވެ. “ހިނގާދޯ ކައިވެނީގެ ކަންތައް އަވަސްކުރަން…. ޝިޔާނާގެ ކިޔެވުންވެސް ނިމުނީ…. ދެކުދިން މިކަމާއި ޤަބޫލިއްޔާ ލަސްކުރުމުގެ ބޭނުމެއްނެތް…”

ޝިޔާނާ އަނގައިން އެއްވެސް ބަހެއް ނުބުނެ އިނުމުން މަތީނު ވާހަކަ ދައްކަން ފެއްޓިއެވެ. “އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް… ހައުސިންގް ޕްރޮޖެކްޓްއިން ދޫކުރި ފޯމު ހުށައެޅުމުން، ބައްޕަގެ ގޯތިން ލިބޭ ކުޑަ ބިންކޮޅު ދޫކޮއްލާގޮތަށް އަޅުގަނޑަށް ހުޅުމާލޭން ފްލެޓެއް ލިބިފަ އިނީ… މިހާރު އެތަނަށް ފަރުނީޗަރު ވައްދަމުން މިދަނީ…. ކައިވެންޏަށް ފަހު ހުޅުމާލެއަށް ދޯ ބަދަލުވާނީ… ސާނިޔާވެސް ގާޒީ ސްކޫލަށް ބަދަލު ކުރާނީ….”

ޝިޔާނާ ބޯ ޖަހާލުމަށް ފަހު ކާ މޭޒުދަށުން ތެދުވެ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެވުނުއިރު ޝިޔާނާއަށް ރޮވިއްޖެއެވެ. ކައިވެނީގެ ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅުގައި ޝިޔާނާގެ ހިތުން ޖާގަ ދެވިފައިވަނީ އެހެން ފަރާތަކަށެވެ. އޭނާ ފަޔާޒްދެކެ ލޯބިވެއެވެ. މިހާ އުނދަގޫމިވަނީ ފަޔާޒްގެ ލޯބި ހާމަކުރީމައެވެ. ކުރިން ހީކުރީ ފަޔާޒް ދެކެމުންއައީ ހަމައެކަނި ގާތް ރަޙްމަތްތެރިއެއް ފަދައިން ކަމަށެވެ. އެނދުގައި އިށީނދެ މޫނުމަތީގައި އަތްއަޅާ ރޯންފެށިއެވެ.

ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަނީ ވަހީދާއެވެ. “ދަރިފުޅާ، ކިހިނެއްވީ… މަންމައަށް ކުރިންވެސް ހީވި ދަރިފުޅު މިކައިވެންޏާ ޤަބޫލު ނޫންހެން…. މަތީނު ކަމުނުދަނީތަ؟… މަންމައާއި ބައްޕަވެސް ކައިވެނިކުރީ ލޯބިން… މަންމަ ބޭނުމެއްނޫން ދަރިފުޅު ލޯބިނުވާ މީހަކާ އިންނާކަށް….” ވަހީދާ ވާހަކަ ދެއްކީ ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ. އަދި އައިސް ޝިޔާނާ ގާތުގައި އިށީނެވެ.

“މަންމާ… މަތީނަކީ ވަރަށް ރަގަޅު މީހެއް…. ކަމުވެސް ދޭ… އެކަމަކު… އަޅުގަނޑު….” ޝިޔާނާއަށް އެ ޖުމްލަ ފުރިހަމަ ނުކޮށް ބާރަށް ރޮއެގަތެވެ. ވަހީދާ ކަންބޮޑުވިއެވެ. “ކިހިނެއްވީ މަންމަ ގާތު ބުނެބަލަ…..”

“މަންމާ….. އަޅުގަނޑު ފަޔާޒް ދެކެ ލޯބިވޭ… ކުރިން ޝިޔާ ހީކުރީ ފަޔާޒް ލޯބިނުވާކަމަށް… އެކަމަކު ރޭގަ އޭނަ ލޯބި ހުށައަޅައިފި… ފާޔާޒް އެ އުޅެނީ 4 އަހަރުގެ ކޯހަކަށް އޮސްޓްރޭލިޔާއަށް ދާން… ޝިޔާ ބޭނުމެއް ނޫން މަންމަމެން ދެރަ ކުރާކަށް… އަނެއްކޮޅުން މަތީނަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް…” ޝިޔާނާ ރޮމުން ވާހަކަ ދެއްކީ އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރެއެވެ. ވަހީދާގެ އޯގާތެރި ފިރުމުންތަކުގެ ސަބަބުން ޝިޔާނާ ހިތުގައިވާ ހުރިހާ ސިއްރުތައް ހާމަކުރިއެވެ.

“ނޫން ދަރިފުޅާ… ފަޔާޒަށް ގުޅާ…. ދަރިފުޅު ލޯބިވާ މީހަކާ ދަރިފުޅު އިންނަން ވާނީ…. މަންމަމެން މާ ދެރަވާނެ މަންމަމެންނަށްޓަކައި ދަރިފުޅުގެ ލޯބި ޤުރުބާން ކޮށްފިއްޔާ…. ދެން ނުރޮއި ހުއްޓާލައިގެން ދޭ ފާޔާޒް ކައިރިޔަށް…” ޝިޔާނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަހީދާ ފޮހެލިއެވެ.

ޝިޔާނާ ގެއިން ނުކުމެ ޓެކްސީއަށް ގުޅުމަށް ދަބަހުން ފޯނު ނެގިއެވެ. ފޯނުގައި ފަޔާޒްގެ 33 މިސްޑް ކޯލްއިނެވެ. އަދި ފަޔާޒްގެ މަންމަ ބަލިވެގެން ވަރަށް އަވަހަށް ފުރަންޖެހޭތީ ފުރަނީއޭ ކިޔައި މެސެޖެއް ފޮނުވާފައި އިނެވެ. އެ ވަގުތު އެހިސާބުން ދިޔަ ހުސް ކާރަކަށް ޝިޔާނާ އަތް ހޫރާލުމުން ކާރު މަޑު ކުރިއެވެ. އަދި ހުޅުލޭ ޓަރމިނަލަށް ދިޔުމަށް ބުނެ ފޯނުން ފަޔާޒްގެ ނަންބަރަށް ގުޅާލިއެވެ. ކަންފަތުގައި ފޯނު ޖަހާލުމުން އިވުނީ “ދަ ނަންބަރ ޔޫއާރ ޓްރައިންގް ޓު ރީޗް އިޒް ސްވިޗްޑް އޮފް އޯ އައުޓް އޮފް ކަވަރޭޖް” މި އަޑެވެ.

ދެވަނަ ފަހަރަށް ގުޅާލީ ނާއިފްގެ ނަންބަރަށެވެ. ފޯނު ރިންގް ވުމާއިއެކު ނާއިފް ފޯނު ނެގިއެވެ. “ހަލޯ… ޝިޔާ މީނީ އެއަރޕޯޓްގަ…………………..”

ފޯނުން އިތުރު އަޑެއް ނައުމުން ޝިޔާނާ ގޮވާލިއެވެ. “ހަލޯ… ހަލޯ ނާއިފް” ނާއިފްގެ ކޯލް ޑިސްކަނެކްޓް ވީއެވެ.

ޓަރމިނަލްއާއި އަރާ ހަމަވުމުން ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު، އެވަގުތު ފުރަން އޮތް ލޯންޗަކަށް އަރާ އަނެއްކާވެސް ނާއިފްގެ ނަންބަރަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް މިފަހަރު ފޯނު އޮތީ ނިއްވާލައިފައެވެ. ޝިޔާނާގެ ހިތް ތެޅި ފޮޅެނީއެވެ. ލޯންޗް ދުއްވާފައި ދާލެއްވެސް އޭނާ އަށް މަޑެވެ. އިރު އިރުކޮޅާ ފޯނަށް ބަލާލެވެއެވެ.

ފަސް މިނިޓްތެރޭގައި ލޯންޗްއައިސް ހުޅުލޭ ޖެޓީއަށް ކައިރިކޮށްފިއެވެ. ޝިޔާނާ ލޯންޗުން ފޭބުމަށްފަހު މިސްރާބުޖެހީ ޑިޕާޗާރ ޓަރމިނަލް އާއި ދިމާލަށެވެ. ޝިޔާނާއަށް މީހަކު ބާރަށް ގޮވާލިއަޑަށް ފަސް އެނބުރި ބަލާލެވުނެވެ. ފަހަތުގައި ހުރީ ނާއިފެވެ. ޝިޔާނާ އިޝާރާތުން ފަޔާޒް ކޮބާހޭ އަހާލުމުން ނާއިފް ޝިޔާނާގެ ކަނާތްފަރާތަށް އިޝާރާތްކޮށްލިއެވެ. ވީ އުފަލުން އެނބުރުނީ ފަޔާޒަށް ޖަވާބު ދިނުމުގެ ނިޔަތުގައެވެ. ނަމަވެސް އެވަގުތު މި ފެންނަނީ އެމިރޭޓްސްގެ މަތިންދާބޯޓް ޖައްވުގެ ތެރޭން ދުއްވާފައި އޭގެ މިސްރާބަށް ދަތުރު ފެއްޓި މަންޒަރެވެ.

އުފަލުން އެނބުރުނު ޝިޔާނާ ކުރިޔަށް ދިއްކޮށްލި އަތް ވައިގެ ތެރެއިން ހަނާއަޅާ ފަޔާޒަށް ވަދާޢީ ސަލާމް ކޮށްލިއިރު ލޮލުން އޮހެމުން ދިޔަ ކަރުނަތަކަކީ އެ ލޯބި ގެއްލުމުން ކުރި ފުންއަސަރަށް ކެތްނުކުރެވިގެން އޮހުނު ކަރުނައެވެ.

*** *** *** *** *** ***

ރޭގަނޑުގެ ކެއުމަށް ގެނައި ބަތާއި ރިހައިން ޝިޔާނާއަށް ކެވުނީ މަދު އެތިކޮޅެކެވެ. ދެން ފެންފޮދެއް ބޯލުމަށްފަހު ތަށިމުށިމަތީ ކުނާއަޅައި ބާލީސްމަތީ އޮށޯތީ ފުން ނިންޖަކުން ނިދާލާށެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެނީއެވެ. ފަޔާޒް ފެނުނުފަހުން ހިތަށް އިތުރު އުނދަގޫތަކެއް ކުރުވައިފިއެވެ. މި ޚިޔާލުތަކާއި ފިކުރުތަކަށް ގެއްލިފައި ޝިޔާނާ އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. ހަނދާނަށް އަންނަމުން ދިޔަ މާޒީގެ އެކި ޞަފްޙާތަކުން ޝިޔާނާގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެއެވެ.

*** *** *** *** *** ***

“ފަޔާ ހޯދަން އެދުވަހު ޝިޔާނާ އެއަރޕޯޓަށް އައި… އަހަރެން މިހުރިހާ ވާހަކައެއް މެއިލްވެސް ކުރިން…. ފަޔާގެ ޚަބަރެއް ނުވެ ހުއްޓާ ޝިޔާނާގެ ކައިވެނީގެ ކާޑް ލިބުނީމަ އެވާހަކަވެސް އަހަރެން މެއިލްކުރިން….. ފަޔާގެ ޖަވާބެއް ނުލިބުނު!” ނާއިފް މާޒީގައި ކަންތައްވީގޮތް ފަޔާޒަށް ކިޔައިދިނެވެ.

ފަޔާޒްހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔަ އިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމުފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެންޖެހުނީ….. ދެތިންމަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް އޭނާއަށް ކަންތައް ދިމާވިގޮތް ނާއިފަށް ކިޔައިދިނެވެ.

ކާރު ސްޓަރޓްކޮށްލި އިރުވެސް މެދުކެނޑުމެއްނެތި ވާރޭވެހެމުން ދިޔައެވެ. ކާރުގެ ވިންޑް ސްކްރީން ވައިޕާރ ޖައްސާލުމަށްފަހު ކާރު ދުއްވާލީ ނާއިފް އޭނާގެ ގެއަށް ލުމަށްފަހު ގެއަށް ދިޔުމަށެވެ. މާދަމާ ޝިޔާނާއާއި ބައްދަލުކުރުމަށްފަހު ކަންތައްވީގޮތުގެ މަޢުލޫމާތު ހޯދާނީއޭ ހިތާ، ނުތަނަސްވެފައިވާ އޭނާގެ ބަލިކަށި ހިތަށް ވިސްނައިދެމުންނެވެ.

= ނުނިމޭ =

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ވޭން ލިބުނަސް…

Next

ހިޖުރަ (ވިހިވަނަ ބައި)

Next
September 1, 2015

ހިޖުރަ (ވިހިވަނަ ބައި)

Previews
September 1, 2015

ވޭން ލިބުނަސް…

21 Comments!

  1. Shabee says:
    September 1, 2015 at 1:10 pm

    vrh salhi… 🙂 bst of luck 😀

  2. Mishal says:
    September 1, 2015 at 1:17 pm

    v salhi .. kon dhuavhakun aneh bai ??? . cant wait dhn vaa gotheh kiyaalan .. v thafaathu story eh mi .. gud luck shax.. 🙂

  3. shif says:
    September 1, 2015 at 1:31 pm

    Woow!!!! Nice… waittin for next part..

  4. saadhu says:
    September 1, 2015 at 1:35 pm

    V v reethi

  5. lee says:
    September 1, 2015 at 1:38 pm

    gud

  6. Shax Lyn says:
    September 1, 2015 at 1:48 pm

    Thanks….. ???? dhen oiy baives varah furihama koh genesdheveytho balaana… ❤❤❤❤

  7. Ainth says:
    September 1, 2015 at 1:55 pm

    V salhi

  8. Anonymous says:
    September 1, 2015 at 2:16 pm

    Hadi

  9. pary says:
    September 1, 2015 at 2:31 pm

    Nice avaha up kolati

  10. naff says:
    September 1, 2015 at 3:19 pm

    Thanks for a beutiful story and keep writing plz don’t stop ur story at the end of the story…. up sooon…

  11. ken? says:
    September 1, 2015 at 5:01 pm

    V reethi..??ekam thankolhei kuru..next part dhigukohlaathi..☺

  12. Ary says:
    September 1, 2015 at 6:09 pm

    Warah reethi…

  13. bush says:
    September 1, 2015 at 8:40 pm

    Nice

  14. Anonymous says:
    September 2, 2015 at 8:58 am

    Nice but ehbaifaharu vaanuva olhe goiyve.

  15. aria says:
    September 2, 2015 at 11:03 am

    Nice

  16. shx says:
    September 2, 2015 at 8:52 pm

    ohh shax vvvv salhi mi vaahaka vxx.. i lyk it..

  17. zai says:
    September 2, 2015 at 9:25 pm

    V habeys

  18. reesha says:
    September 2, 2015 at 10:57 pm

    Reeethi…

  19. mee says:
    September 5, 2015 at 9:09 am

    Reethe

  20. Shax Lyn says:
    September 6, 2015 at 2:54 am

    7 vana bai upload koffin…. pls read…. <3

  21. HabeyzZ says:
    September 7, 2015 at 1:16 pm

    Reethi inge

Comments are closed.


All Right Reserved!