Skip to content
އެސްފިޔަ

ދިމްޔާ (14 ވަނަ ބައި)

ދިމްޔާއަށް އުނދަގޫކޮށްނުލާ ހުންނަހިތް ނުވުމުން އީމަން ދިމްޔާގެ ކަރުގައި އޮޅާފައި އޮތް ރަތް ކުލައިގެ ޝޯލްގެ ފުރަގަހަށް އެއްލާފައި އޮތް ބަޔަށް ދަމާލިއެވެ. ދިމްޔާ ފަސްއެނބުރި ބަލާވެސް ނުލާ ފަހަތަށް އެއްލާފައި އޮތްބައިވެސް ގެނެސް ކުރިމައްޗަށްލިއެވެ. ދެންވެސް އީމަން މަޑަކުން ނުހުއްޓެވެ. އިރުއިރުކޮޅާ ދިމްޔާގެ އިސްތަށިގަނޑަށް ދަމާލައެވެ. ކިތަންމެ ކެތްކޮށްލައިގެން ހުރިކަމުގައި ވިޔަސް އީމަންގެ އުނދަގޫ ބޮޑުވުމުން ދިމްޔާއަކަށް މަޑަކުން ނުހުރެވުނެވެ.
“ކިހާ ދެރަކަމެއް… އަހަރެންގެ އިސްތަށިގަނޑު އުފުރާލަންތަ ތިއުޅެނީ….؟؟؟” އީމަންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ދިމްޔާ މިހެން ބުނުމުން އީމަން ދެކޮނޑު ހިއްލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު ދިމްޔާގެ އަތުގައި ބާރަކަށް ހިފަހައްޓާލަމުން އޭނާއާއިއެކު އައުމަށް ބުންޏެވެ. އެތާގައި މާގިނަބަޔަކު ނެތްކަމުގައި ވިޔަސް ދުރުގައި މީހުން ތިބުމުން ދިމްޔާއަކަށް ގަދަ ހަދާކަށް ނުކެރުނެވެ. އެހެންކަމުން ސުލްހާގައި އީމަނާއިއެކު ދިޔައެވެ. ނަމަވެސް އޭނާ ހުރީ ރުޅިއައިސްގެން ގޮސް ދަތްވިކާލައިގެންނެވެ.

“އީމަންގަނޑާ… ކިހިނެއް ވެގެންތަ ތިއުޅެނީ…؟؟؟” މީހުން ތިބި ހިސާބު ފަހަނައަޅާ ދިޔުމުން އީމަންގެ އަތް ފޮޅުވާލަމުން ދިމްޔާ ބުނެލީ އީމަން އޭނާގެ އަތުގައި ހިފެހެއްޓި ހިސާބުގައި ފިރުމާލަމުންނެވެ.
“ވެގެން މިއުޅޭ ގޮތަކީ އަހަންނަށް ތިލޯބި ލޯބި ކުޑަކުޑަ ކުއްޖާދެކެ ލޯބިވެވުނީ….” ދިމްޔާގެ މަޑުމަޑު އަތްތިލާގައި ހިފަހައްޓާލައިގެން ހުރެ އީމަން ބުނެލީ ސީދާ ދިމްޔާގެ ދެލޮލަށް ބަލަން ހުރެއެވެ.
“އަހަރެން މީ ކުޑަކުއްޖެއް ނޫން…؟؟؟” ދިމްޔާ އުޅުނީ އީމަންގެ އަތުތެރޭގައި އޮތް އޭނާގެ އަތްދަމާގަންނާށެވެ. ނަމަވެސް އީމަން ހިފަހައްޓާލައިގެން ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އީމަން ދިމްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ ފިނިވާންފެށިއެވެ. އީމަންއަށް އެކަން ފާހަގަވީ އޭނާގެ އަތުތެރޭގައި އޮތް ދިމްޔާގެ އަތް ފިނިވާންފެށުމުންނެވެ.
“އަސްލުވެސްތަ… ތީކުޑަކުއްޖެއް ނޫންވެއްޖާ މާރަނގަޅެއްނު… އަހަންނަށް ގިނަދުވަހު އިންތިޒާރު ކުރާކަށް ނުޖެހޭނެއެއްނު….” ލާނެއް ގޮތަކަށް ހީލަމުން އީމަން މިހެން ބުނުމުން ދިމްޔާ ދެލޯ ބޮޑުކޮށްލިއެވެ.
“ހަމަ ރަނގަޅަށްވެސް ތިހުރީ މޮޔަވެފަ ދޯ…. އަހަރެންގެ އަތުން ދުކޮށްލާ….” އަތްދަމާގަންނަން މަސައްކަތްކުރަމުން ދިމްޔާ ބުނެލިއެވެ.
“ހޫމް… ތިކުއްޖާގެ ލޯބީގެ އަވާގައި ޖެހިފައި ހަމަރަނގަޅަށްވެސް މިހުރީ މޮޔަވެފައި…. އަތުން ދޫކޮށްލެވޭނީ ރައްޓެހިވާން އެއްބަސްވީމަ….” ހީލަމުން އީމަން ބުނެލިއެވެ.
“ހަނދާން ނައްތާލާ….” މިހެން ބުނެފައި އީމަން ނުވިސްނާ ހުއްޓާ ދިމްޔާ އޭނާގެ އަތުގައި ދަތްއެޅުމުން ވީތަދުން ހަޅޭލަވައިގެންފައި އީމަންއަށް ދިމްޔާގެ އަތުން ދޫކޮށްލެވުނެވެ.

ދަނޑިވަޅުބަލާފައި ދިމްޔާ ދުއްވައިގަތެވެ. އަދި ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލާލަމުން ވައްތަރު ޖައްސާލިއެވެ. ދިމްޔާ ދަތްއެޅިތަނުގައި އަތުން ފިރުމާލަމުން ދިމްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ އީމަން ހީލިއެވެ.

އީމަންގެ ގާތުގައި މާނޫންކަމުގައި ހެދިކަމުގައިވޔަސް އެރޭ ނިދަން އޮވެގެން ދިމްޔާއަށް އީމަންއާއި ދޭތެރޭ ވިސްނުނެވެ. އީމަން ކިތަންމެ ވަރަކަށް ދިމްޔާ ރުޅިއަރުވާ ޖެއްސުން ކުރިކަމުގައިވިޔަސް ދިމްޔާއަށް އީމަން ކަމުދެއެވެ. ޙަޤީގަތަށް ބުނަންޏާ ދިމްޔާ ހުންނަނީ އީމަންގެ އެފަދަ ޖެއްސުންތަކަށް މިހާރު އާދަވެފައެވެ. ދިމްޔާއަށް އެރޭ ނިދުނީވެސް އީމަންގެ ޚިޔާލްގައި އޮއްވައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އީމަންމެން އިނީ ހެނދުނުގެ ނާސްތާ ކުރާށެވެ.
“އިމޫ އަތަށް މިހުރީ ކިހިނެއްވެފައި…..؟؟؟” ރޮށިކަހަނބުން ރޮށްޓެއް ނަގަން އަތް ދިއްކޮށްލި އީމަންގެ އަތުގައި ހިފަހައްޓާލަމުން އާޔަން އަހާލިއެވެ. އީމަން ބަލާލީ ދިމްޔާއަށެވެ. އޭރު ދިމްޔާގެ އިތުރުން ރައުނާވެސް އިނީ އީމަންގެ އަތަށް ބަލަހައްޓައިގެންނެވެ. އީމަންގެ އަތް ފެނުމުން ދިމްޔާއަށް ތުންފަތުގައި ދަތްއަޅާލެވުނީ ތަންތަންކޮޅު ރަތްވެފައި ހުރުމުންނެވެ.
“އަހަންނަށް ހީވަނީ ރޭގަ ބޮޑު މަކުނެއް ހަފައިގެންފާހެން….” ވަށްކަޅިން ދިމްޔާއަށް ބަލާލަމުން އީމަން ޖަވާބުދިނެވެ.
“އަހަންނާ ދިމާއަށްތަ މަކުނެކޭ ތިބުނީ….؟؟؟؟” އީމަން އެހެން ބުނުމުން ދިމްޔާއަކަށް މަޑަކުން ނީނދެވުނެވެ. ދިމްޔާ މިހެން ބުނުމުން އާޔަންއަށާއި ރައުނާއަށް ވީގޮތް ވިސްނުމުން އެއްފަހަރު ދިމްޔާއަށް އަދި އަނެއްފަހަރު އީމަންއަށް ބަލާލަމުން ދެމީހުން އެއްފަހަރާ ހޭންފެށިއެވެ.
“މިހާރު ތިދެމީހުންގެ ޒުވާބުގަނޑު ގަޔަށް ބޮލަށް އަރާ ހިސާބަށްވެސް ދިޔައީތަ….؟؟” އަނގަޔަށް ރޮށިކޮޅެއްލަމުން އާޔަން މިހެން އަހާލުމުން ދިމްޔާއާއި އީމަން އެކަކު އަނެކަކަށް ބަލާލިއެވެ.
“އެކަމަކު މާޔާވެސް އެވަރު ކޮށްލާކަށް ނުވާނެއެއްނު…. ބަލާބަލަ އެފަކީރުގެ އަތަށް ކޮށްލާފަ ހުރިވަރު….” ރައުނާ މިހެން ބުނުމުން ދިމްޔާއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.
” އަދި ރައުވެސް ތިހުރީ އޭނާއާއި އެއްކޮޅަށްތަ….؟؟؟ ހުއް… އެހެންނޭވާނީ… އޭނަ ކީއްކުރަންތަ މަގޭ އަތުގައި ހިފެހެއްޓީ…” ދިމްޔާ އޭނާގެ ދިފާއުގައި ބުނެލީ އީމަން ކުށްވެރިކުރަމުންނެވެ.
“އެބުނާހެން އިމޫ ކީއްކުރަންތަ އޭނަގެ އަތުގައި ހިފެހެއްޓީ….” އާޔަންވެސް ދިމްޔާއާއި އެއްކޮޅަށް ހިފާލިއެވެ.
“ލޯބިވާތީއެއްނު….” ވަރަށް ހަމަޖެހިލައިގެން އިނދެ އީމަން މިހެން ބުނުމުން ރައުނާ ހައިރާންވެފައި އިނދެ ދިމްޔާއަށް ބަލާލިއިރު ދިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްގެން އީމަންއަށް ބަލަހައްޓައިގެންނެވެ. ދިމްޔާގެ ގާތުގައި އެކަހަލަ ވާހަކައެއް ބުންޏަސް އާޔަންއާއި ރައުނާގެ ކުރިމަތީ އީމަންއަށް އެހެން ބުނަން ކެރޭނެކަމަކަށް ދިމްޔާ ހިޔެއްނުކުރެއެވެ. އާޔަންވެސް އިނީ އެއްވެސް ހާސްކަމެއްނެތި އެހާ ފަސޭހައިން އީމަން އެހެން ބުނެލުމުން ހައިރާންވެފައެވެ.
“ދެން އިތުރު މީހަކަށް އަޑުއިވޭހިސާބުގައި ތިހެން ބުނެގެން ނުވާނެ…. ލަދުން ބޯހަލާކު….” އީމަން އާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން މިހެން ބުނެފައި ދިމްޔާ އެތަނުން ތެދުވެގެން ދިޔައެވެ.
“ބުރޯ… ހާދަ އަވަސްއަރުވާލައިގެން ތިއުޅެނީ….” ދިމްޔާ އެތަނުން ދިޔުމުން އާޔަން އީމަންއާއި ދިމާއަށް މިހެން ބުނެ ދިމާކޮށްލިއެވެ.

އެދުވަހުގެ މެންދުރުފަހު އާޔަންމެން ވަލުތެރެއަށް ވަނީ ރައުނާމެން މަދުކާހިތުން މަދުބިންނަން ދާން ކިޔާ ވަރުންނެވެ. ދިޔަ މަގުމަތީގައިވެސް އީމަން އަވަސްއަވަހަށް ދިމްޔާއަށް ޖެއްސުންކޮށްލައެވެ. ދަތްކުނޑިވިކާލަމުން ބައެއް ފަހަރު ދިމްޔާ އީމަންގެ ގައިގައި ބޮނޑިއެއްވެސް އަޅުވާލައެވެ. ފުދޭވަރަކަށް އެތެރެއަށް ވަދެވުމުން މަދުގަސްތަކަކާ ދިމާވިއެވެ. އާޔަން ހަލުވިކަމާއިއެކު ގަހަކަށް އެރުމުން އީމަންވެސް އެހެންގަހަކަށް އެރިއެވެ. އާޔަންހާ ފަރިތަ ނޫންކަމުގައިވިޔަސް އީމަންވެސް ގަހަށް އަރާކަށް ވަކިދެރައެއް ނޫނެވެ. އީމަންމެން މަދު ބިނދެފައި ވަރަމުން ދިޔަވަރަކަށް ރައުނާމެން ދިޔައީ މަދުތައް ހޮވަމުން އެމީހުންގެނައި ކޮތަޅަށް އަޅަމުންނެވެ. އެވަގުތު އޮފިގަނޑެއް މަތީ ހުރެފައި އީމަންއަށް ފައި އެޅުނު ގޮތަކުން ކައްސާލައިގެން ވެއްޓެން ދާންފެށުމުން ބާރަށް ހަޅޭލަވައިގަނެވުނެވެ. މިއަޑަށް ދެންތިބި ތިންމީހުނަށް އެއްފަހަރާކަހަލަ ގޮތަކަށް ބަލާލެވުންއިރު އީމަން ބިންމައްޗަށް ވެއްޓެނީއެވެ. ތޫލި އަޑަކުން ހަޅޭލަވައިގަންނަމުން ރައުނާ ދެލޯ މަރާލަމުން ކަންފަތުގައި އަތް އެޅީ އެމަންޒަރު ބަލަން ނުކެރިގެންނެވެ. އަތަށް މަދުތަކެއް އަޅައިގެން ހުރި ދިމްޔާ އެއެއްޗެހިތަށް އުކާލުމަށްފަހު އީމަންއަށް ގޮވާލަމުން އެދިމާއަށް ދުއްވައިގަތެވެ. އާޔަންވެސް ހަލުވިކަމާއިއެކު ގަހުން ފައިބަން ފެށިއެވެ.

“އިމޫ… އިމޫ…” ވެއްޓުންގޮތަށް ބަންޑުން އޮތް އީމަން ފުރޮޅާލަމުން އޭނާގެ ބޯ ދިމްޔާގެ އުނގުމަތީ ބާއްވާލުމަށްފަހު ކޮލުގައި ދެފަހަރަކު ޖަހާލަމުން ދިމްޔާ އީމަންއަށް ގޮވާލިއެވެ. ވެއްޓުން ގޮތުން އެތާގައި އޮތް ގައުގަނޑެއްގައި ޖެހިފައި އީމަންގެ ނިއްކުރިން ތަންކޮޅެއް ފަޅައިގެން ގޮސް އޭރު ލޭއަންނަމުން ދިޔައެވެ. އަތުންނާއި ފައިންވެސް ދެތިން ތަންކޮޅެއް މަށައިގެން ގޮސްފައި ވެއެވެ.
“އިމޫ ޕުލީޒް ލޯހުޅުވާލަބަލަ….” ދެލޯ މެރިފައި އޮތް އީމަންއަށް ދިމްޔާ އަނެއްކާވެސް ގޮވާލިއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެފައިވުމުގެ ސަބަބުން ދިމްޔާގެ އަޑު ހުރީ ކުރެހިފައެވެ. އާޔަންވެސް އެތަނަށް އައިސް އީމަންއަށް ގޮވަމުން ދިޔައެވެ. އޭނާވެސް ހުރީ ހާސްވެފައެވެ. ގޮވާގޮވާވެސް އީމަން ލޯނުހުޅުވުމުން ދިމްޔާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އިސާހިތަކު އޭނާއަށް ރޮވެން ފެށުނެވެ.
“އިމޫ… ހެޔޮނުވާނެ ދެލޯ ހުޅުވާލަބަލަ….. އިމޫއަށް ކަމެއްވެއްޖިއްޔާ އަހަންނަށް ކިހިނެއްވާނީ… އަހަރެންވެސް އިމޫ ދެކެ ލޯބިވެޔޭ… އިމޫއާއި ނުލާ އަހަންނަކަށް ނޫޅެވޭނެ…. އިމޫ… ދެލޯހުޅުވާލަބަލަ…. އޭރުން އަހަރެން އިމޫއާއި ރައްޓެހިވާނަމޭ….. އިމޫ…..” އީމަންގެ ދެކޮލުގައި އަތުން ޖަހަމުން ރޮވިފައިވާ އަޑަކުން ދިމްޔާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނައަންނަމުން ދިޔައެވެ. ދެންވެސް އީމަންގެ ޚަބަރެއް ނުވިއެވެ. ދިމްޔާ އީމަންއަށް ގޮވަމުން އޭނާގެ މޭމަތީގައި ބޯއަޅާލިއެވެ. އޭރު މީހަކު ފެނޭތޯ ބަލާލާފައި އަންނާނަމޭބުނެ އާޔަންވެސް އެތަނުން ތެދުވަނީއެވެ.
“އަހަރެން ދެކެ ހަމައެހާ ލޯބިވޭތަ….؟؟؟” ރިހުން އެކުލެވިފައިވާ އަޑަކުން އީމަން މިހެން ބުނެލުމުން ދިމްޔާ ބޯހިއްލާ ބަލާލިއެވެ. އޭރު ވަރުދެރަ ގޮތަކަށް އީމަން އޮތީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. އެތަނުންދާން ހިނގައިގަތް އާޔަންވެސް އަނބުރާލާފައި އައިސް އީމަންގެ ގާތުގައި އިށީނެވެ. ކަންފަތުގައި އަތްއަޅައިގެން ދެލޯމަރާލައިގެން ހުރި ރައުނާވެސް އައިސް ދިމްޔާގެ ގާތުގައި ކަކޫ ޖަހާލިއެވެ.
“އިމޫ ރަނގަޅުތަ…؟؟؟ އަހަރެން ކިރިޔާ ބިރުން ގޮސް މަރުނުވީ….” މިހެން ބުނެލިއިރުވެސް ދިމްޔާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
“އަހަންނަކަށް ކަމެއް ނުވެއޭ…. ވެއްޓުންތަނާ މާޔާ ދުވެފަ އަންނަތަން ފެނިގެން ދެލޯމަރާލައިގެން އޮތީ މާޔާ ކަންތައްކުރާގޮތެއް ބަލާލަން….” މިހެން ބުނިއިރުވެސް އީމަންގެ މޫނުމަތީގެ ކުލަވަރުތަކުން ތަންތަނަށް ތަދުވާތީ އުޅޭކަން އެނގުނެވެ. ޙަޤީގަތުގައި އޭނާ ދެލޯމެރީ ގަސްތަކު ނޫނެވެ. ވެއްޓުންބޮނޑީގައި ބަނޑަށް އެރި ތަދަށް ކެތްނުވެގެން އޭނާއަށް ދެލޯމަރާލެވުނީއެވެ. ދެންވެސް އޭނާ ދެލޯ ހުޅުވާލީ ތަދު މަޑުވެގެން ނޫނެވެ. ދިމްޔާ ރޯއަޑުއަހަން ހިތަށް ކެތް ނުވެގެންނެވެ.
“ނުލަފާ މީހާގަނޑު…. ތިހެން ހެދީމަ އެހެން މީހުން ބިރުގަންނާނެ ވަރެއް ނޭނގޭތަ…. ހަމައަސްލުވެސް އިމޫއަށް ކަމެއްވީނަމައޯ….” ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން އަތުގެ އުޅަބޮށިކޮޅުން އީމަންގެ ބަނޑުގައި މަޑުމަޑުން ޖަހާލަމުން ދިމްޔާ އީމަންއަށް ލޯއަޅާލިއެވެ.
“އައްދޯއި….” ދިމްޔާ ޖަހާލިތާ އަތްބާއްވާލަމުން އީމަން މިހެން ބުނުމުން އާޔަން އީމަންގެ ޓީޝާޓް ހިއްލާ ބަލާލިއެވެ. އޭރު ބަނޑުންވެސް ތަންގަނޑެއް އޮތީ ނޫފައިގެންފައެވެ.
“އެހެން ހެދީމަ އެހެންމީހުން ބިރުގަންނާނެވަރު ނޭނގުނަސް ކުއްޖަކު ލޯބިވާވަރު އެނގިގެން ހިނގައްޖެ….” އެހާލުގައިވެސް އީމަން ބެލީ ދިމްޔާއާއި ދިމާކޮށްލެވޭތޯއެވެ.
“ހިތުން ވަރަށް މޮޅުކަމެއް ދޯ ތިކޮށްލެވުނީ… މާޔާ އެކަންޏެއް ނޫނޭ ބިރުގަތީކީ… އަހަރެންވެސް ވަރަށް ބިރުގަތް އިމޫއަށް ގޮތެއް ވެދާނެތީ…. ދެން ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު…” އީމަންއަށް ތެދުވަން އެހީވަމުން އާޔަން ބުނެލިއެވެ. ބަނޑަށް ތަދުވާވަރުން އީމަންއަށް ރަނގަޅަކަށް ކޮޅަކަށްވެސް ނުހުރެވެއެވެ. އީމަން އަރިއަޅާލުމުން ދިމްޔާއާއި އާޔަން އީމަންގެ ހަށިގަނޑުގައި ހިފަހައްޓާލިއެވެ. އީމަން މުޅިން ރަނގަޅު ނޫންކަން ދިމްޔާމެންނަށް އެނގުނީ އެހިސާބުންނެވެ.
“ހަމަ އަސްލުވެސް އަހަރެން ހީކުރީ އިމޫއަށް ކަމެއްވީކަމަށް.. ވަރަށް ބިރުގަތް… އިމޫއަށް ކަމެއް ވީނަމަ ނޭނގެ އަހަންނަށް ވާނެގޮތެއްވެސް….” އީމަންގެ އަތުގައި މަޑުމަޑުން ހިފަހައްޓާލަމުން ދިމްޔާ ބުނެލިއެވެ.
“އަހަރެން ދެކެ ހަމައެހާ ލޯބިވޭތަ….؟؟؟” އީމަން މިހެން އަހާލީ ދިމްޔާގެ ދެލޮލަށް ބަލަން ހުރެއެވެ. ދިމްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން އީމަންގެ ކޮނޑުގައި ބޯއަޅާލިއެވެ.
“އައްދޭ…. ދެހަތުރުން އެންމެފަހުން ލޯބިވެރިންނަށް ވީދޯ…” މިމަންޒަރު ފެނުމުން ރައުނާ އެމީހުންނާ ދިމާކޮށްލިއެވެ. އާޔަންއާއި ދިމްޔާ އީމަންގެ ގައިގައި ދެފަރާތުން ހިފަހައްޓާލައިގެން ހުރެ ވަލުން ނުކުންނަށް އެހީވެދިނެވެ.
***********************

“އިމޫ…. އިމޫ….” ދެލޯ މަރާލައިގެން ދިމްޔާގެ ހަނދާނަށް ގެއްލިފައި އޮތް އީމަން ސިހިގެން ދިޔައީ ރާނިޔާގެ އަޑަށެވެ. ދެލޯ ހުޅުވާ ބަލާލިއިރު ރާނިޔާ ހުރީ އެނދު ކައިރީގައި ހުއްޓިލައިގެންނެވެ. އީމަން ރާނިޔާއަށް ހިނިތުންވެލަމުން ތިރިއަށް ދެފައިލަމުން އެނދުގައި އިށީނދެ ރާނިޔާއަށްވެސް އިށީންނަން ތަން ދެއްކިއެވެ.
“ކޮން އިރަކުތަ އިމޫ މީގެ އެއްޗެހި އަޅަން ފެށީ…؟؟؟” އީމަންގެ އަތުގައި އޮތް ތަނޑި އަތްލަމުން ރާނިޔާ އަހާލީ ހިނތުންވެ އިނދެއެވެ.
“ތީ އަހަރެންގެ އެއްޗެއް ނޫން….” ބޯކަހާލަމުން އީމަން މިހެން ބުނެލީ ރަކިވެފައި އިނދެއެވެ. އީމަން ބުނެލިގޮތުންވެސް ރާނިޔާގެ ގާތަށް ހިނިއައެވެ.
“ކޮން އިރަކުންތަ ދައްތައަށް ދައްކާލަން މިގެއަށް ގެންނާނީ…؟؟” ރާނިޔާ މިހެން ބުނުމުން ހައިރާންވެ އިނދެ ރާނިޔާގެ މޫނަށް ބަލާލަމުން ކާކުހޭ އީމަން އަހާލިއެވެ.
“އަދިވެސް ފޮރުވަންދޯ ތިއުޅެނީ… މިކަހަލަ އެއްޗެހި ގެންގުޅޭނީ ޙަޔާތަށް އަންހެންކުދިން އައީމަކަން ދައްތައަށް އެނގެއޭ…. މިރޭ އޭނަ ގެނެސްދެންވީނު ދައްތައަށް ދައްކާލަން….” އީމަންގެ އަތްމަތީ އަތްބާއްވާލަމުން ހިތްހެޔޮކަމާއިއެކު ރާނިޔާ މިހެން ބުނުމުން ބޮލުގެ އިޝާރާތުން އީމަން އާނ އެކޭ ބުނެލިއެވެ.
“އަސްލު ދައްތަ މިއައީ ރެކްއާއި ބެހޭގޮތުން ވާހަކަ ދައްކާލަންވެގެން… ކިހިނެއްތަ މިހާރު އޭނަ އެއުޅެނީ…؟؟؟ ގޭގަ އުޅެންޏާ ގިނަވަގުތު އެއުޅެނީ ކޮޓަރީގައި… ރަނގަޅަށް ކަނީކީ ނޫން… އެއްދުވަހުން އަނެއް ދުވަހަށް މީހާ އެދަނީ ހިކެމުން… އަނެއްކާ މީހުނާ ވާހަކަ ދައްކަނީވެސް އެހާ މަދުން… ހީވަނީ އަބަދުވެސް ކަމަކާ ދެރަވެފައި ހުންނަހެން… ދައްތަ ވަރަށް ކަންބޮޑުވޭ އޭނަ އެއުޅޭ ގޮތުން….” ކަންބޮޑުވެފައި އިނދެ ރާނިޔާ އެތަނަށް އައި އަސްލު ބޭނުން ހާމަކޮށްލިއެވެ.

“ކީއްވެތަ އެންމެން އަހަރެންގެ ދަރިފުޅަށް އެހެން އެހަދަނީ…؟؟؟” އީމަން ރާނިޔާއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ރާނިޔާ މިހެން ބުނެލީ ދެރަވެފައި އިނދެއެވެ.
“ދައްތާ ކަންބޮޑުނުވޭ…. މާތް ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ…. ރެކް އެކުއްޖާދެކެ ވަރަށް ލޯބިވޭކަންނޭނގެ… އެހެންވީމަ މިފަހަރު ހަމައަކަށް އެޅެން ދުވަސްކޮޅެއް ނަގާނެ….” ރާނިޔާއަށް ބަލާލަމުން އީމަން މިހެން ބުނުމުން ރާނިޔާ ބޯޖަހާލިއެވެ. ރާނިޔާ ނުކުމެގެން ދިޔައީ ރާކިންއަށް ވިސްނައިދީގެން އޭނާ ހަމައަކަށް އަޅުވައިދިނުމަށް އީމަންގެ ގާތުގައި ބުނެފައެވެ.

އީމަން ރާކިންގެ ކޮޓަރިއަށް ވަންއިރު ރާކިންއޮތީ ލެޕްޓޮޕުން ފިލްމް ބަލާށެވެ. އީމަން ފެނުމުން ހީލަމުން ލެޕްޓޮޕް އެނދުމަތީ ބެހެއްޓުމަށްފަހު އެނދުގައި އިށިނދެލިއެވެ. އީމަންވެސް އައިސް ރާކިންގެ ގާތުގައި އިށީނެވެ.

“މިހާރު ދެން އަބަދު ކަމަކީ ކޮޓަރީގައި އޮވެގެން ފިލްމް ބެލުންދޯ…. ރެކް ތިއުޅޭ ގޮތުން ދައްތަވެސް ކަންބޮޑުވެގެން މިއަދު އަހަރެންގެ ގާތުގައި އެވާހަކަ ދައްކައިފި…. ތިހެން ނޯވެ ހިނގާބަލަ އަހަންނާ އެކީ ރާޒުވާ ކުޅެންދާން… އީމަން ކޮޅަށް ތެދުވެ ރާކިންގެ އަތުގައި ހިފައި ދަމާލުމުން ރާކިންވެސް ގަދަހެދުމެއް ނެތި ކޮޅަށް ތެދުވިއެވެ. އަދި ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލަމުން އަލަމާރިއާއި ދިމާއަށް ހިނގައިގަތީ ރާޒުވާ ކުޅިބައ ނަގާށެވެ.

“ރެކް… ދައްތަގެ އެދުމަށް އަހަރެން މިއުޅެނީ މިރޭ މާޔާ މިގެއަށް ގެންނަން….” އީމަން މިހެން ބުނުމުން ރާޒުވާ ކުޅިބައި ހިފައިގެން އެނބުރުނު ރާކިންގެ އަތުން އޭތި ވެއްޓި އެކިއެއްޗެހި އެކިދިމާއަށް ބުރުއްސައިގެން ދިޔައެވެ.
“ސާބަސް ރެކްއަށް…. މީތި ހިފައިލާނެ ވަރެއްވެސް މިހާރު ރެކްގެ ގަޔަކުނެތް ދޯ… އެހެންނުވާނީ އަންހެންކުއްޖަކަށްޓަކައި ނުކައި ނުބޮއެ ވިއްޔަ ތިއުޅެނީ…” އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވާ ރާޒުވާ ކުޅިބައިގެ އެއްޗެހިތައް ހޮވަމުން އީމަން ބުނެލިއެވެ. އޭރުވެސް ރާކިން ހުރީ ހުރި ފިޔަވަޅު މަތީ ގުޑާލަންވެސް ނޭނގިފައެވެ. ރާކިން މަސައްކަތް ކުރަމުން އެދަނީ ދިމްޔާ މަތިން ހަނދާން ނައްތާލެވޭތޯއެވެ. ނަމަވެސް ދެން ގިނަގިނައިން ދިމްޔާ އެގެއަށް އަންނާނެއެވެ. އެހެން މީހެއްގެ އަތުގައި ހިފައިލައިގެން ދިމްޔާ އުޅޭތަން ބަލަން ކެތްވާނެބާއޭ ރާކިންގެ ހިތަށް އެރިއެވެ.
“ރެކް… ހިނގާދާން….” ހުއްޓުން އަރާފައި ހުރި ރާކިންގެ ގައިގައި ޖަހާލަމުން އީމަން މިހެން ބުނުމުން ރާކިން އީމަންއަށް ބަލާލިއެވެ. އީމަންގެ މޫނުމަތީގައިވާ އުފާވެރިކަން ފެނުމުން އީމަން އެހުންނަނީ ވަރަށް ހިތްހަމަޖެހިފައިކަން ރާކިންއަށް ޔަގީންވިއެވެ. ނަމަވެސް ރާކިން ދިމްޔާގެ ޙަޤީގަތް އީމަންއަށް ކިޔައިދީފިއްޔާ އީމަންގެ އެއުފާވެރިކަން އެކީ ފުޑުފުޑުވެގެން ހިނގައިދާނެއެވެ. ކޮންމެ ގޮތެއްވިޔަސް އީމަންގެ އުފަލަށްޓަކައި ރާކިން ހިތާހިތުން އަޒުމްކަނޑައެޅީ ދިމްޔާއާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް އީމަންގެ ގާތުގައި ނުދެއްކުމަށެވެ.

އެރޭގެ ވަގުތެވެ. ގޭތެރެއަށް ވަދެގެން އައި ރާކިންގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ބޮޑުކޮޓަރީގައި ރާނިޔާގެ ގާތުގައި އިށީނދެލައިގެން އިން ދިމްޔާ ފެނުމުންނެވެ. އެވަގުތުވީ ދިމްޔާއަށްވެސް ރާކިނާއި ދިމާއަށް ބަލާލެވުން ވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވުމުން ދިމްޔާ ހިނިތުންވެލިއެވެ. ދިމްޔާގެ އެހިނިތުންވުމުން ރާކިންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ.
“ރެކް…. ކޮންތާކުން ތިއައީ…؟؟ އާދެބަލަ މިކޮޅަށް….” ރާނިޔާ މިހެން ބުނުމުން ފާހާނާއަށް ވަދެލާފައި އެބަ އަންނަމޭ ބުނެ ރާކިން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ރާނިޔާއަށް ބަލާލެވުނީ އީމަންއާއި ދިމާއަށެވެ. އީމަން ލޮލުގެ އިޝާރާތުން ކަންބޮޑުނުވުމަށް ބުނެލިއެވެ.

ފާހާނާއިން ނުކުމެގެން ބަދިގެއަށް ވަދެ ފެންބޮއުމަށްފަހު ބޭރަށް ނުކުންނަށް ދިޔަ ވަގުތު ރާކިން އަރިއަޅާލީ ދުވެފައި އައި ދިމްޔާ އޭނާގެ ގައިގައި ޖެހުމުންނެވެ. އޭރު ވެއްޓިދާނެތީ ދިމްޔާވެސް ހުރީ ރާކިންގެ އުނގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓާލައިގެންނެވެ. ރާކިން ހުށިޔާރުކަމާއިއެކު އޭނާގެ ހަށިގަނޑާއެކު ދިމްޔާގެ ހަށިގަނޑުވެސް ތެދުކޮށްލިއެވެ.
ރާކިން ދިމްޔާގެ މޫނަށް ބަލާލިއިރު ދިމްޔާވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ދިމްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ރާކިންގެ ގައިން ދޫކޮށްލަމުން ދިމްޔާ މާފަށް އެދުމަށްފަހު ޝުކުރުވެސް އަދާކޮށްލިއެވެ. ނަމަވެސް ރާކިން އަނގައިންވެސް ނުބުނެ އޭނާގެ ތޫނު ދެލޮލުން ދިމްޔާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ދިމްޔާގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވެފައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (74)

  1. shyn

    Vrh salhi n me first..hehehe.

  2. marry

    Varah reethi
    Avahah up kohdhechey plz

  3. haashima

    Alhey!dhen haadha hadi yey vaaahakaa
    Neyge dhoa vaahaka liyaakahves
    Eves ottareh nei
    Old fashioned story!mihaaru mulhin foohi vejje mi vatharu vaahaka kiyaa kiyaa!thi eemiyaa huttalan v nun dhoa vaahaka liyun!vv hadi!adhives bunaanan!vvvvvvvvvvvv hadi

    1. Shaany
      haashima

      Vaahaka v reethi…myhakah hiyvareh nudevenya dhera bas vx nubunebw..thyna ah vaahaka hadiyaa kykuran thi kiyany?

  4. haashima

    Alhey!dhen haadha hadi yey vaaahakaa
    Neyge dhoa vaahaka liyaakahves
    Eves ottareh nei
    Old fashioned story!mihaaru mulhin foohi vejje mi vatharu vaahaka kiyaa kiyaa!thi eemiyaa huttalan v nun dhoa vaahaka liyun!vv hadi!adhives bunaanan!vvvvvvvvvvvv hadi

    1. Naj
      haashima

      Egotha hama ekani heyvaney haashimaa ah..ehen meehuna mi story vv salhi..now pls shut up

    2. eemiyaa
      haashima

      haashima eem dhivessakah ehaa molheh nuvaane ehn v ma vaahakaiga ottaru nethi hingaidhaane.. ekam vaahaka liyun huttaalaakah eem gasdheh nukuran… a e baeh kudhinnah eem ge vaahaka kamudhaathee..
      enmenah vaahaka reethi nuvaanekan ves ingey.. fas ingilives evvareh nunthaa.. ekm haashima thedhah buneethee v ufaavejje 🙂

    3. friend
      haashima

      i think eem is very sad dhw??????
      dnt say such things infront of anyone…that is not good….if u dnt want to read this, then dnt read……bt dnt say such things….komme meehakuves dheravaane…..HAASHIMA ves dheravaane meeheku ehen bunyma……so dnt say negetive things….say positive things…..THIS IS AN ADVICE I WANT TO GIVE TO HAASHIMA>>>>

    4. eemiyaa
      haashima

      nuney friend eem dhera eh nuvey.. 🙂
      Eem ah ingey ehves kameh enmenah kamudhaa gothah nukureveynekan.. ehn v ma its nt a problem if she says such a thing.. nd i dnt mind it 🙂
      negetive comments ves eem balaigannaanan.. ekujjakah fenna gothakah ekujjaku bunaanee.. eem heyo hithun hurihaa kudhinge comment balaigannaanan
      Thank You my dear friend 🙂

    5. seyfu
      haashima

      Eem ehaa molhah vaahaka liyaathy j vtha….

    6. AANI
      haashima

      shaany bunihen vaahaka hadi iruga keehvetha thi kiyany???dhen vaahaka liyan ingey meehunge vaahaka kiyaabala….dhen bunelan othy eemiyaa vaahaka liyun huttaalan veema ingeny haashimaa ah hey

  5. shaahy

    Varah reethi

  6. Nahthu

    I second… V nice mi part ves…. I love this story…..

  7. SOMEONE

    nice. ae rek ulhunee ehen v ma dimya ekee eh noon dho. i think that is a goast

  8. nukko

    Eemooo this part vs habeyx..nxt part mnday ga dww.. hama inthixaaruga mihuryy… dhn aslu mi vaagoii kudakoh olhun filuvaalabaa.. mean rek ah ehn hedhyy kyhvetho , dhen dhim ge frnds aa gulhun kandaaly kyhvethoa??? Nxt part ga ekan olhun filuvaalacheyy plx…. v v v rythi Ingeyy…

    1. mash
      nukko

      And thankolheh kuru. Nxt part dhigukohllacheyy

    2. nukko
      nukko

      Eemoo mi part nukko ah hyvanyy kuru hn dhigu kohlacheyy dhenn oii part….overall storyy ryth vvv vv v v rythi.. 🙂 🙂 🙂 🙂 🙂 🙂 🙂 🙂

    3. eemiyaa
      nukko

      yeah mi part ehn part thakah vure kurukamah eem vs gaboolkuran.. nd sorry for tht… next part dhigukohla dheynan In Sha Allah 🙂 🙂

  9. Princess Noddy

    Mihaaru kihinehbaa mi vany…vaanuvaa olhihjje…maayaa aa dhimyaa aa dhimyaa aa maayaa aa. Ooooops Noddy moya nuvanis avahah mi vaagotheh bunedhyba..waiting 4 next part.

    1. eemiyaa
      Princess Noddy

      Noddy v avahah dhn vaanuvaa engigen dhaane… 🙂

  10. zai

    Vvv loabi mibaivex..????

  11. Aai

    Vrh reethii mi part vex…dhimyaa ge twins eh dhw eulheny dhn…next part thankolheh avahah up kohladhehchey… 🙂

  12. ken?

    thanks eem….yes dats not dhim dhw…cuz edhuvahu eemoo male’ genairuga rec n dhim thiby eikoh n egadyga rec ge 4n ah eyna mon gulhaafa evaahaka buneema he left…dn efahun rec n dhim ge relationship faadakah weak vaan feshee eemoo govaigen beyrah dhaan jehunyma fahun dn dhim vanished..?

    1. eemiyaa
      ken?

      ken thi bunee fahuge haadhisaa ehge vaahaka.. ehaadhisaaga imoo male’ gena ee imooge rashah gos ulhenikoh rukakun vettigen.
      ekm mi part ga genesdhyfa a iny 1 year kureege haadhisaa ehge vaahaka.

    2. ken?
      ken?

      ehentha..i got over excited…dhim noom kamah heekurevunee..hehe..yeah dhw kurin part eiga bunin dhw 1 yr kurinney..sowreeeeee 4 dat.??

    3. eemiyaa
      ken?

      ehntha ken hehe

  13. ken?

    btw story vvvv reethi ingey…❤❤❤waiting for monday vvvv curious to know aslu kihinei thw vee….?
    u r a grt writer…go ahead with more writings. ..???

  14. Mish

    Next part ves mihaaru kiyaahihvany…

  15. Mish

    Haashimaa gadaa neygey kanthakaa anga nihulhuvachey dhn..vaanuvaa neygenna vaahaka kiyun huttaalumaky mish ge edhumeh:p

  16. nuzoo

    Alhey adhives rangalhakan neyge mi story ga vaa gotheh.. than kolheh dhigukoh genesdheebala part thah…

  17. ammu

    Aslu I think they are twins. Kudairu 2 kudhin vakivefa.

  18. sweet heart

    very nice…

  19. nuzoo

    Raakin ah dhimyaa libeynetha.. nooneee mi story ga mi ulhany twins tha… varah heevey..

  20. eemiyaa

    Thanks all 🙂 🙂 🙂

  21. Anonymous

    Ma bunaany eemiyaa aky garahithaekey.. ehenyaa… raakin aa, eeman aa.. mihenneh nooneve. raakinaa, Eemanaa.. eky.. Adhives ethan ragalhu nukurey.. Kamanaage hunnany AB positive ley tho maa avahah hadhaan bali vany? ??

    1. eemiyaa
      Anonymous

      Anonymous mi part ga innaaney eh thanko ehn liyefa.. dhn baeh thankolhuga huri dw thibunahen goas koh liyevifa.. dhethankolheh rangalhu kohlaafa mihaaru innaany.. aslu vaagothakee handhaan hure ekm liyamudhaairu maa bodah samaal nuveveny.. dhn baeh faharu lolun kassaalaigen ves dhey.. hehe ekm eem ge hunnany AB positive leyeh nun..
      Anonymous ge sababun eem ah vaahaka liyumuge therein rangalhu goi thakeh dhasvejje.. 🙂 🙂 Thank You Anonymous..

  22. Zahuu

    One year kuri..so that must not be dhimya!! Alheyy..haadha curious ve eyy eba..kon irakun aneh bai?,

    1. eemiyaa
      Zahuu

      next part monday ga 🙂

  23. aalll

    Dhimya mi twins kah neynge dw emmm….
    story v salhi… N i love ur all stories eeemmm

    1. eemiyaa
      aalll

      aalll lets see dw hehe
      Thanks 🙂 🙂 🙂

  24. Jannath

    Faith ve diya baithah vx adi mi bai vx v reeti…..Vaahakaige ottareh hurikan engeynee vaahaka ekkoh kiyai nimuneema….
    Anyways ,keep it up…..eemiya

    1. eemiyaa
      Jannath

      Thanks Jannath 🙂
      Eem heekuran kuriah huri baithahves reethi vaane kamah 🙂 🙂 🙂

  25. Greeny

    Dhimyaa n maayaa twins dhwww

    1. eemiyaa
      Greeny

      greeny lets see if they r twins or not hehe

  26. Samko

    vara vara reethi…! Keep it Up!

  27. zeek

    Emaan ge luv stry vx haadha salhi a dhw..
    Vaahaka v salhi hama ?

  28. Schawho mer

    v salhi. daniya avahah up kohdhechey. miee emme kiyaa hiyva eh vaahaka

  29. Crazi

    Vahaka kiyaa iru ragalha kiyaabala..faadukiyan ehgifen kiyaanee this stry is v v nice hama

  30. dimple

    Dhen thivaru gas gahah naaraba imoo… imoo ah kam3h vehjjia aharenvex kihaa dhera vaane… … he he.

    . V nice…. waiting 4.next part

  31. Isha

    V v reethi……..

  32. Naaee

    Alhe miha heyluntheri zamanehga haashima kahala thandhoru nudhanna kudhin ulhey kamakah naaee hee eh nukuran, adhi vaahaka liyan jeheynee hama ekani ekamuge maahirun kamah dhekun e ii haashimage visnumuge koshi kan kamah naaee qaboolu kuran, vaahaka kiyahihva myhunnakii liya faraiy thakah bina kuranivi faadu kiyan jehey baeh, thikee faadeh noon , thikuree malaamaiy, naaee umeedhu kuran musthaq baluga mifadha kankama visnane kamah, alhugandakee mivaahaka feshuneensure kiya myheh, adhi eves raajje in beyruga hure, dhuvaheh dhuvahakah ottaru laakan faahaga kuran, eemiyaa ah vaahaka liyumugai kurimagu ujala vumah edhen.

  33. Ab

    Salhii

  34. maahy

    v reethi waitin for d next part 🙂

  35. eemiyaa

    vakivakin name nubunevunu kamugai viyas hurihaa kudhinnah ves varah bodah shukuriyyaa 🙂 🙂 🙂
    Heekuran kuriah huri baithahves kiyuntherinnah kamudhaane kamah.. 🙂

  36. Yushiii

    I just want to say dhn inna dhimya goast akah nahadhahchey eeem okii. I lov ur story

  37. sharu

    Vvv salhi mi part ves.plxx upload nxt part.waiting.eemiya v bodu stry liyan

  38. zeek

    Kn daniya eh ge vaahaka e iny

  39. sweet heart

    waiting for the next part……plus when is the next???

  40. Dhooriyaan

    Story vvvvvv nice….. Waitin 4next part .. Love u eem

  41. Dhooriyaan

    Koba tha ehkala shabee… Haadha habareh nuveyey eynage

  42. mwah

    Dhooriyaan shabee fennaane esfiya chat page in… vrh ginain log in ga indhey 🙂 😀

  43. Ab

    Varh salhiii..
    Maaa bodahh vz kureee….

    1. eemiyaa
      Ab

      aslutha Ab 🙁
      bt dnt worry next part dhigukoh genesdheynan In Sha Allah k 🙂 🙂
      btw Thanks 🙂

  44. Shau

    This story is awesome Eem.. Assu Eem vrh molhey bunevuni hama.. Keep it up! Ekm rek ah eh nuhadhaba dhn dhw.. 🙁

  45. aria

    Hi eem….v v reethi mi part ves…grt job…waiting for the next part….miothy comment kohlaafa eem…hehe..ok ehnu dhw…

    1. eemiyaa
      aria

      aria.. brw dhiyakan engunee dw mi.. haha.. miss u alttt… come back sooon k 🙂 🙂 🙂

    2. aria
      aria

      Haha..yaaa…miss u tooo eem…Insha Allah ll see u sooon…

  46. Mishya

    Two dhimya dhw miulheny aslu…salhi vaahaka

  47. eemiyaa

    Thanks alll 🙂 🙂 🙂
    next part Monday ga up kohladheynan In Sha Allah

  48. baby gurl

    Mi haashimaa aee buraancheh ? wahaka liyan nengeythy jealous waa wahtharu jahanyh .. ? hama jahsain dhe jumla es liyan engihjeyer rangalhu .. Eem is the best .. !! Nd will be always .. Insha allah

  49. anna

    reethi

  50. mine

    Hey dont wory meehun kiyaane ekehala ehchihi alhaa nulaa…..me ah fennany haashima story eh liyan….anyway v intresting….keep it up

  51. Sam

    Kobaatha stry…dhn alhe mihaavarah inthizaar kuran nujahsabaaaa…waitin waitin..

  52. eemiyaa

    Thanks alll 🙂

Comments are closed.