ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 4
“އީމަން” ޔާނާއަށް އަތް ދިއްކޮށްލުމަށްފަހު ގޮވާލެވުނެވެ. ކުލާހުގައި ތިބި ހުރިހާ އެންމެން އެއްކޮށް ޔާނާއަށް ބަލައިލިއެވެ. ޖާހަތު ޔާނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ބަލައިލި ގޮތުން ޔާނާގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ފަދަ ނަޒަރަކުންނެވެ. އެވަގުތަކީ ލެކްޗަރަރ ކްލާސްވެސް ނިންމާލެއްވި ވަގުތެވެ. ޔާނާ އަވަސް އަވަހަށް ފޮތްބައި ހިފައިގެން ކިލާހުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުތެވެ. ޔާނާގެ ފަހަތުން ޖާހަތު ދުވަމުން އައިސް ޔާނާ ހުއްޓުވިއެވެ. އެވަގުތު ޔާނާގެ ދެލޮލުން ހޯސްލާފައި މުތީތަކެއްފަދަ ކަރުނަ ފައިބަމުން ދިޔައެވެ. ޔާނާގެ ހާލަތުފެނި ޖާހަތު ވަރަށް ބޮޑަށް ދެރަވިއެވެ.
“ޖާހަތު! މިއަދު އަހަރެން އުފާ ކުރަންވީ ކަމެއް ނުވަތަ ރޯންވީކަމެއް ނޭނގުނު. އީމަން ފެނުމުން އަހަރެން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އައި ކަހަލަ. ނަމަވެސް އަހަރެން ކިހިނެއް އީމަންގެ ކުރިމައްޗަށް ދާނީ. އޭނަ މިހާރު އަހަރެންނާ މެދު ދެކޭނެ ގޮތެއްވެސް ނޭނގޭ.” ޔާނާރޮވިފައިހުރެ ވާހަކަ ދެއްކިއެވެ.
ޖާހަތު އަށް ބުނާނެ އެއްޗެއް ނޭނގެއެވެ. ޔާނާ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ބުނާނީ ވަކި ކީކޭ ހެއްޔެވެ. ތަޤްދީރު މިވަނީ އަނެއްކާ އެދެމީހުން ދިމާކުރުވާފައެވެ. ޔާނާ އީމަންދެކެ އަދިވެސް އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އީމަންގެ މިހާރު ހުރި ހިޔާލެއް ޖާހަތުއަކަށް ނޭނގެއެވެ.
“ޔާނާ ދެރަނުވެބަލަ! މާތްﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ. ޔާނާ އީމަން އާ ބައްދަލުކުރުމަށް ކިހާ މަސައްކަތެއް ކުރިން. އެކަމަކު ބައްދަލެއް ނުވެވުނެއްނު. ނުފެނި އެތައް އަހަރެއްވެފައި މިއަދު އީމަން ފެނުނީވެސް ހަމަ އެކަލާނގެ އެކަމަށް އިރާދަކުރެއްވީތީ. ދެން ދެރަނުވޭ! ހިނގާ އަވަހަށް ގެއަށް ދާން. މަގުންދާމީހުންވެސް އެދަނީ ބަލަމުން ޔާނާ ރޯތީ. ދެން މޫނު ފޮހެލައިގެން އަވަހަށް ހިނގާ.” ޔާނާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ޖާހަތު ގެއާ ދިމާއަށް ހިނގައިގަތެވެ.
ގެއަށް ދިޔަ މަގުމަތީގައި ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެކެވެ. ޔާނާގެ ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް ބަޔާންކޮށްދޭން ޚުދު ޔާނާއަށްވެސް ނޭނގޭ ކަހަލައެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ މައުސޫމުކަމެވެ. މާލޭގެ އެ ހަލަބޮލި މަގުމަތިން ދިޔައިރު ޔާނާއަށް އެއްވެސް އަޑެއް އަދި އެއްވެސް ތަނެއް ނުފެންނަ ކަހަލައެވެ.
ޔާނާގެ ހަމަ ހިމޭންކަން ފާހަގަވެ ޖާހަތު ވާހަކަ ދައްކަންފެށިއެެވެ. “ޔާނާ! ކޮންކަމަކާތަ ތިޔަ ކަންބޮޑުވަނީ. އީމަން އަށް ޔާނާ ނުފެނެއެއްނު. ފެނިފަ އަޅާނުލާ ދިޔަނަމަ އެއްނު ތިޔަހާ ދެރަވާންވީ. އެހެން ނޫނަސް އަހަރެންނަށް ޔަގީން އީމަންއަށް ޔާނާ ފެނުނުނަަމަ ވާހަކަ ދެއްކީސް.” ޔާނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން ޖާހަތުވެސް އިތުރަށް ވާހަކަ ދައްކާކަށް ނޫޅުނެވެ. ޖާހަތު ގެއާއަރާ ހަމަވުމުން ޔާނާވެސް އައިސް ގެއަށް ވަނެވެ.
ޔާނާ ދިޔަގޮތަށްގޮސްވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން ބާލީސްތެރޭގައި މޫނު ފޮރުވާލައިގެން އޮތްއިރު ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ޔުނިވަރސިޓީން ފެނުނު މަންޒަރަށެވެ. ތަފާތު އެކި އެއްޗެހި ޔާނާގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ހަމަ އީމަން ހެއްޔެވެ. މިހުރިހާ ދުވަހު އީމަން އުޅުނީ ކޮންތަނެއްގައި ހެއްޔެވެ. ޔާނާ އީމަން ފެނޭތޯ ކުރި ހުރިހާ މަސައްކަތް ވީ ނާކާމިޔާބެވެ. މިއަދު އެފެނުނީ އީމަން ނަމަ އީމަން އަށް ޔާނާ ފެނުނު ބާވައެެވެ. ނުވަތަ ނުފެންނަ ކަމަށް ހެދިގެން ދިޔައީހެއްޔެވެ؟ އެކަމަކު އީމަން ޔާނާދެކެ ލޯބިވައިރު އެހާ ގިނަ ދުވަސްކޮށްފަ ކުއްލިއަކަށް ފެނުމުން ހިތުގެ ޝުޢޫރުތައް އެހާފަސޭހައިން ޔަޤީނުންވެސް ނުފޮރުވޭނެއެވެ.
ޔާނާ ސިހިގެން ގޮސް ބޯހިއްލާލީ ދޮރުގައި ޓަކި ދޭ އަޑު އިވިގެންނެވެ. ޔާނާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހާމިޒާ ހުރީ ޔާނާ ސައިބޯން ނައިސް ލަސްވުމުން ވީގިތެއް ބަލަން ވެގެންނެވެ.
“މަންމާ! ރޭގަ ނުނިދުނީމަހެން ހީވަނީ، ވަރަށް ބޮޑަށް ބޮލުގަ އެބަ ރިއްސާ. ސައިބޯ ހިތެއް ނެތް. މަންމަ ސައިބޯލާ.” ޔާނާ މިހެން ބުނެ ގަދަކަމުން ހިނިތުންވެލަމުން ދޮރު ލައްޕާލިއެވެ. ހާމިޒާ އެއްޗެކޭ ބުނަން އުޅެފަވެސް ޔާނާ ދޮރު ލެއްޕުމުން ދިޔައީއެވެ.
ޔާނާ ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުތެވެ. އަދި ފިޔާތޮށިކުލައިގެ އަތްދިގު ގަމީހަކާއި ހުދު ޖިންސް ބެލްއެއް ލައިގެން ކަޅުބުރުގާއެއް އަޅައި އާދައިގެ ގޮތަކަށް ގޮށެއް ޖަހާލިއެވެ. ޔާނާ ކޮޓަރީގައި އެކަނި އުޅޭއިރު އާންމުކޮށް އުޅެނީ ބުރުގާ ނާޅައެވެ. ނަމަވެސް ގޭތެރަށް ނުކުތުމަށް ގަސްތުކޮށްގެން ބުރުގާއެޅީއެވެ. ބޭރަށް ނުކުތުމަށް ދޮރާ އަރާ ހަމަވެފައިވެސް ކުއްލިއަކަށް މިއަދު ހިނގި ކަންތައްގަނޑު ހަނދާންވިއެވެ. އަދި އެކަނި ވެލަން ބޭނުންވިލެއް ބޮޑުކަމުން އަނބުރާލާފައި އައިސް ކުޑަ ދޮރުކައިރީގައި ހުއްޓިލިއެވެ. ހަވީރުގެ ފިނި ވައިރޯޅިތައް ޔާނާގެ މޫނުގައި ބީހިލުމާއެކު ހިތަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ވެރިވިކަހަލައެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް ބަލަހައްޓައިގެން އިން އިރުވެސް ޔާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އީމަންގެ ހިޔާލުތަކެވެ.
އެކޮޓަރީގެ ދޮރު ހުޅުވުނު އަޑު ޔާނާއަށް އިވުނެވެ. ސައިނުބޮއެ ހުރުމުން ހާމިޒާއަށް ނުހުރެވިގެން އަނެއްކާ ހޯދަން އައީކަން ޔަޤީނެވެ. ޔާނާ ހުރިގޮތަށްހުރެ ވާހަކަ ދައްކަން ފެށިއެވެ.
”މަންމާ. އަހަރެން އަދި ބަނޑުހައެއް ނުވެޔޭ. ފަހުން ސައިބޯނީ. ނިދަން އުޅުނީމަވެސް ނުވެސް ނިދުނު.” ޔާނާ ބުނެލިއެވެ.
“އެހެންތަ؟ އާދޭ އަހަރެން ނިންދަވައިދޭނަން. މިއަތު ތެރޭގަ ބާއްވައިގެން ޔާނުއާއެކީގަ މުޅި އުމުރަށްވެސް ނިދަން ބޭނުން.” ޔާނާ ސިހިގެންގޮސް ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރެލިއެވެ. އާނއެކެވެ! ޔާނާއަށް ހީވީ ހަމަ ރަނގަޅަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



haadhakurey…. kiyan inthizaar kohgen ulhey part adhives up nuvaneetha thankolheh dhigukoh upload kohdhy bala….
Maa bodah vz kuruu..
Aharun vany hiydhathiii..
Thi varun vaahaka nuliyuner aa rangalhu vaanyy.m
nice but up vaagoh lasvefa maa bodah vex kuru
Mi Vaahaka Kurin Ehn Site ehga inn vaahka kuhjeh buni
plxx let me know the Link
Btw Story Awesome hama
mi site ga hama mi vaahaka up vee ehkam mihaar mi vaahaka up kuran feshifahun kuryge baithah nufene
den vvv foohi …maa kuru story…
liye nimmaafa kurin up kohfa oi vaahakaeh genes dhey iru mihaa kuruve las vanee keevve?? mee admin ge kanthah dho?
ajaibeh fahe nuvaanetha? liyefa ph vaahakaeh ekam dhefolhu vai! aee ves aharakun! ehen authors komme dhuvahaku liyegen up kura iru ves miah vure dhigu!!!!?
e thedheh. liye nimifa oi vaahakaeh mihaa lahun genes dhenee keevve? adhi ehaa kuru. admin mikan rangalhu kuraane kamah ummeedhu kuran’
liye nimmaafa kurin up kohfa oi vaahakaeh genes dhey iru mihaa kuruve las vanee keevve?? mee admin ge kanthah dho?