Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (13 ވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 10, 2015 7 Mins Read
49 Comments

“އެބުނާހެން… ދީބަލަ ތިދަމާ ރޮށިތައް ހުރީ ކޮންގޮތަކަށްތޯ ބަލާލަން…” މިހެން ބުނެފައި އާޔަން ހިނގައިގަތީ އެމީހުނަށް ފުރަގަސްދީގެން ހުރި ދިމްޔާގެ ގާތަށެވެ. އާޔަންގެ ފަހަތުން ދެއަތް ފުރަގަހަށް ލައިގެން ހުރެ އީމަންވެސް ދިޔައެވެ. ކިބާރުމަތީގައި ދަމާފައި އޮތް ފުށްގަނޑު ފެނިފައި އާޔަންގެ އިތުރުން އީމަންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިބާރުމަތީގައި އޮތް ފުށްގަނޑު އޮތީ ބުރުހަމައަށް ވަރަށް އެއްވަރަށް ދަމާލާފައެވެ. އީމަންއާއި އާޔަން އެކަކު އަނެކަކަށް ބަލާލުމަށްފަހު ނިއްއަރުވާލަމުން ދާން ހިނގައިގަތެވެ.
“ކީއްވެ ތިދަނީ…؟؟ ތިމީހުން ހީކުރަނީ އަހަރެމެން މިއީ އެއްވެސްކަމެއް ކުރަން ނުދަންނަ ބައެއްކަމަށްދޯ…..” ދާން ހިނގައިގަތް އީމަންގެ އަތުގައި ހިފައި ހުއްޓުވަމުން ދިމްޔާ މިހެން ބުނުމުން އާޔަންވެސް ހުއްޓުނެވެ. އީމަން ބޯކަހާލަމުން އާޔަންއަށް ބަލާލުމުން ދިމްޔާއާއި ރައުނާ އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ.
“ސާބަސް ތިކުދިންނަށް…. މީއޮތީވާ ކަމެއް… މިހާރު ތިކުދިންގެ ކަމަކީ އަބަދު ޒުވާބު ކުރުން ދޯ… ދެންދޭ ކޮފީ ބޯން… ބާކީހުރި ރޮށިކޮޅު މަންމަ ފިހެލަފާނަން…. ” ރައުނާގެ އަތުން ދޭފަތް އަތުލަމުން އަތީފާ ބުނެލިއެވެ. އަތީފާ މިހެން ބުނުމުން އެންމެން އެކީ ހިނގައިގަތީ ކާމޭޒުދޮށަށެވެ.
“އަނެއްކާ ޒުވާބުކުރަން ފަށާނީކީ ނޫން….” އާޔަން ރައުނާގެ ބޮލުގައި ޖަހާލިތަން ފެނުމުން އަތީފާ ބުނެލިއެވެ. ނަމަވެސް އެމީހުނަށް ކާމޭޒުދޮށުގައިވެސް މަޑުން އިނދެވޭކަމަކަށް ނުވިއެވެ.
އެކުދިންގެ އުޅުން ފެނުމުން އަތީފާއަށްވެސް ނުހީއެއް ނުހުރެވެއެވެ. އެމީހުންގެ ސަބަބުން އަތީފާގެ ގޭގެ ފަޅުކަން ފިލައިގެން ގޮސް ހީވަނީ ގެއަށް ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެކަމާ އަތީފާ ހުންނަނީ ނުހަނު އުފާވެފައެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެވެ. މެންދުރު ނަމާދުކޮށްލައިގެން އައިސް ކައިގެން އީމަންމެން ބޮޑުކޮޓަރިއަށް ދިޔައިރު އަތީފާ އިނީ ޓީވީ ބަލާށެވެ.
“މަންމާ ކޮބާތަ ރައުމެން؟؟؟ ނޫޅެނީތަ ގޭގައި….؟؟؟” ފޯއްތަބަށް އުނގަށްލަމުން ގޭތެރެ މާ ހިމޭންކޮށް އޮތުމުން އާޔަން އަހާލިއެވެ.
“ދިމްޔާ ކޮންމެވެސް ފޮތެއް ގަންނަން ބޭނުންވެގެން އުޅޭތީ އޭނާއާއި އެކީ ބުކްޝޮޕަށް ދިޔައީ….” ސޯފާއިން ތެދުވަމުން މިހެން ބުނެފައި އަތީފާ ދިޔައީ ބަދިގެއަށެވެ. އެވަގުތު އެތާއިން އީމަން ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން ފުއްމައިގެން ކޮޅަށް ތެދުވެފައި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ހީވީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވިހެންނެވެ. އީމަން ކަންތައް ކުރިގޮތުން އާޔަން އިނީ ވާނުވާ ނޭނގިފައެވެ.
“މިހާރު ތީކޮންކަމެއް…؟؟؟” ކޮޓަރިއަށް ވަދެފައި މާގިނައިރެއް ނުވެ ނުކުމެގެން އައިއިރު އީމަންގެ އަތުގައި ވާހަކަ ފޮތެއް އޮތުމުން އާޔަންއަށް އަހާލެވުނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ނުކުތީ ގެއިންބޭރަށެވެ. ބޭރަށް ނުކުތްކަމެއްނޭނގެ ދުވަމުން ދުވަމުން އައިސް ސޯފާގައި އިށީނެވެ.
“އިމޫ…. ކީއްތަ ތިކުރަނީ….” ހަމަރަނގަޅަށްވެސް އީމަން ކުރަން އުޅޭކަމެއް ނޭނގުމުން އަނެއްކާވެސް އާޔަންއަށް އަހާލެވުނެވެ. ހައިރާންވެފައި އިންނަމަވެސް އީމަން އުޅޭގޮތުން އޭނާގެ ގާތަށް ހިނިވެސް އާދެއެވެ.
“ޝްޝްޝް….” ތުންފަތުގައި ޝަހާދަ އިނިގިލި ޖައްސާލަމުން ވާހަކަ ނުދެއްކުމަށް ބުނެފައި އަތުގައި އޮތް ފޮތް ހުޅުވާލައިގެން އީމަން އިނީ އެއަށް ބަލަހައްޓައިގެންނެވެ. ދެންވެސް އާޔަންގެ ސުވާލަކަށް ޖަވާބުދޭކަށް އޭނާ ނޫޅެއެވެ. އާޔަންވެސް އިތުރަށް ސުވާލުނުކޮށް އީމަން ކުރަން އެއުޅޭކަމެއް ބެލުމުގެ ބޭނުމުގައި މަޑުމަޑުން އިނެވެ.
ދެންފެނުނީ ރައުނާއާއި ދިމްޔާ ގޭތެރެއަށް ވަދެގެން އައިތަނެވެ. އާޔަން އެމީހުނަށް ބަލާލިއެވެ. ދިމްޔާ ތުންކޮޅު ހަދާލައިގެން އިސްޖަހައިގެން ހުރިގޮތުން ހީވީ ކަމަކާ ފުއްވާލާފައި ހުރިހެންނެވެ. ދިމްޔާގެ އުޅުން ޅަކުއްޖެއްގެ ގޮތަށް ހުންނާތީ އާޔަންގެ ގާތަށްވެސް ބައެއްފަހަރު ވަރަށް ހިނިއާދެއެވެ. ރައުނާ ބަލާލުމުން ލޮލުގެ އިޝާރާތުން ދިމްޔާއަށް ކިހިނެއްވީތޯ އާޔަން އަހާލިއެވެ. ރައުނާ އައިސް އާޔަންގެ ގާތުގައި އިށީންނަމުން އޭނާގެ ކަންފަތްދޮށުގައި ވެގެން އުޅޭގޮތް ބުނެލިއެވެ. އާޔަންއަށް ބަލާލެވުނީ އީމަންއާއި ދިމާއަށެވެ. އޭރު އީމަން އިނީ ފޮތް ހުޅުވާލައިގެން ވައްކަޅިން ދިމްޔާއަށް ބަލަހައްޓައިގެންނެވެ. އެވަގުތުވީ ދިމްޔާއަށްވެސް އީމަންއާއި ދިމާއަށް ބަލައިލެވުނު ވަގުތަށެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ބާރަށް ހިނގާލާފައި ގޮސް އީމަންގެ އަތުގައި އޮތް ފޮތް ޖަހައިގަންނަން އުޅުނެވެ. ނަމަވެސް އީމަން އިނީ ކުރިން އެކަމާ ވިސްނައިގެންކަމުން ދިމްޔާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“ހަމަ މިހާރު ތިފޮތް ދޭންވީ…؟؟؟ ތީ އަހަރެން ގަންނަންވެގެން އުޅުން ވާހަކަފޮތް…. އަހަންނަށް އެނގޭ އަހަންނާ ޖެއްސުމަށްކަން ތިފޮތް ގަނެގެން ތިއުޅެނީ….” ފޮތް އަތުލަން ކުރިހާ މަސައްކަތެއް ބޭކާރުވުމުން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ދިމްޔާ މިހެން ބުނެލީ އީމަންއަށް ލޯއަޅާލަމުންނެވެ. އޭރު އާޔަންއާއި ރައުނާ މަޖާވެފައި ކުޅިބަލަން އިނެވެ.
“އަހަރެން މިފޮތް ގަންއިރަކު މީގަ ނެތް މީ ވަކިމީހަކު ގަންނަން އުޅުން ފޮތެކޭ ޖަހާފައެއް….” އަތުގައި އޮތް ފޮތް ފުރަގަހަށްލަމުން އީމަން ބުނެލިއެވެ. ދިމްޔާ ދަތްކުނޑި ވިކާލިއެވެ.
“ތީ ކުޑަކުދިންގެ ވާހަކައެކޭ… އިމޫ ތީ ކުޑަކުއްޖެއްވެސް ނޫނެއްނު… ޕްލީޒް ދީބަލަ އަހަރެން ކިޔާލަން ތިފޮތް…” އީމަންއާއި ޖަދަލުކޮށްގެން ފޮތް ނުލިބޭނެކަން އެނގުމުން ފޭކު ހިނިތުންވުމެއް ތުންފަތަށް ވެރިކުރިވަމުން މަޑުމައިތިރިކަމާއިއެކު އާދޭހުގެ ރާގެއްގައި ދިމްޔާ ބުނެލިއެވެ. އީމަންގެ ގާތުގައި އާދޭސް ކުރަންޖެހުނު ކަމުގައިވީނަމަވެސް ދިމްޔާ ހުރީ އެފޮތް ކިޔަން ނުހަނު ބޭނުންވެފައެވެ. އޭނާ އެހުންނަނީ އެވާހަކަ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެޔަށް ވާވަރު ބަލަބަލައެވެ.
“އޯހް…. ހާދަ ލޯބިންނޭ އަހަރެންގެ ނަން ތިކިޔާލީ…. ހަމަ މިފޮތް ބޭނުންވެފައި ހުރިވަރުންތަ….؟؟؟ އަލަށް އަހަންނަށް އެނަމުން ގޮވާލީތީވެސް އަހަރެން މިހުރީ ވަރަށް ހިތްހަމަ ޖެހިފައި…” ހިތާއި ދިމާލުން މޭގައި އަތްޖައްސާލަމުން އީމަން ބުނެލިއެވެ.
“އެކަމަކު އަހަރެން މިހިތަށް އަރަނީ އަހަންނާ ދިމާއަށް “ތީ ކުޑަކުއްޖެއް ނޫނޭ” ބުނި އިރު މާޔާތީ ކުޑަކުއްޖެއްބާއޭ…. އަނެއްކާ އަދި ބޮޑު ނުވަނީތަ….؟؟؟” ދިމްޔާގެ މޫނާ ހަމައަށް ތިރިވެލުމަށްފަހު ލާނެއްގޮތަކަށް ހީލައިގެން ހުރެ އީމަން މިހެން އަހާލުމުން ދިމްޔާގެ ގާތަށް އައި ރުޅިން އީމަންގެ އަތުގެ މުލައްދަނޑީގައި ވިކައިގަންނަން އުޅުނެވެ. ނަމަވެސް މުލައްދަނޑީގައި ބާރުގަދަވެފައި މަސްތައް ހަރުކަމުން ވިކައިގަނެވޭ ގޮތެއް ނުވިއެވެ.
“އީމަންގަނޑާ… ހެޔޮނުވާނެ… އަހަރެން ވަރަށް އާދޭސްކޮށްފައި މިބުނީ…. ދީބަލަ އަހަރެން ކިޔާލަން ތިފޮތް….. ތިފޮތް ކޔާހިތުން އަހަންނަށް މިހާރު ހުރެވެނީއެއްވެސް ނޫން…” ދިމްޔާ އޭނާގެ ރުޅިގަނޑު މައިތިރިކޮށްލަމުން އަނެއްކާވެސް ވަރަށް އާދޭހާއިއެކު އީމަންގެ ގާތުން އެފޮތް ދިނުމަށް އެދުނެވެ. އީމަންއަށް ދިމްޔާ ރުޅިއަރުވާލެވުނީ އެހިސާބަށެވެ. އެހާރީތި ކުއްޖެއް އިތުރަށް ރުޅިއަރުވާލާ ހިތް ނުވުމުން އީމަން ވަރަށް ރީތިކޮށް ދިމްޔާއަށް ބަލާލިއެވެ.
“ފޮތް ދީފާނަން… އެކަމަކު ބަދަލުގައި އަތުގައި އަޅާފައި ތިއޮތް ތަނޑި ދޭންޖެހޭނެ…” ދިމްޔާގެ އަތުގައި އަޅާފައި އޮތް ހުދާއި ކަޅުކުލައިގެ ތަރިތަކެއްޖެހި ތަނޑިގަނޑަށް އިޝާރާތްކޮށްލަމުން އީމަން ބުނެލިއެވެ.
“ވަރެއްގެ މީހެއް… މިތަނޑިގަނޑުން ދެން އޭނައަށް ކުރެވޭނީ ކޮންބޭނުމެއްތަ… ހަމަ އަހަރެން ގޮއްވާހިތުން….” ދިމްޔާ އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުމަޑުން މިހެންބުނެލިއިރު އެނާގެ ހިތާހިތުން އީމަންއަށް ކުދިކިޔަމުން ދިޔައެވެ.
“ކީކޭ ތިބުނީ….” ދިމްޔާ އެއްޗެއް ބުނިހެން ހީވެގެން އީމަންއަށް އަހާލެވުނެވެ. އީމަން މިހެން އަހާލުމުން އެއްވެސް އެއްޗެއް ނުބުނަމޭ ބުނެ ގަދަކަމުން ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އަތުގައި އޮތް ތަނޑިގަނޑު ނަގާ އީމަންގެ އަތަށް ލައިދިނުމަށްފަހު އޭނާގެ އަތުގައި އޮތް ފޮތް ޖަހައިގަނެގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދިމްޔާގެ ފަހަތުން ހެމުން ހެމުން ރައުނާވެސް ދިޔައެވެ. ދިމްޔާ ދިޔަ ދިމާއަށް ބަލާލަމުން އީމަން އޭނާގެ އަތުގައި އޮތް ތަނޑިގަނޑަށް ބަލާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ހިނިތުންވެލިއެވެ.
“އޭ ރޯމިއޯ… ތީދެން ބޮޑުވަރު…. ތިހާވަރަށް އެމަންޖެ ރުޅިއަރުވާކަށް ނުވާނެއެއްނު….” އީމަންގެ ކޮނޑުގައި ޖަހާލަމުން އާޔަން ބުނެލިއެވެ.
“ހަހަހާ… ހާދަ މަޖައޭ އޭނަ ރުޅިއަރުވާލެވުނީމަ….” އާޔަންއަށް ބަލާލަމުން އީމަން ސޯފާއަށް ވެއްޓިގަތެވެ.
“ތިހާވަރަށް ރުޅިއަރުވާފަ ފަހުން އިންނަން އެހީމަ އެއްބަސް ނުވެދާނެ….” އާޔަންވެސް އީމަންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
“އައްދޭ… ތީ ހީވާ ގޮތް…. މިތަނޑިގަނޑު އަހަންނަށް ލިބުންހެން މާތް ﷲ އިރާދަކުރެއްވިއްޔާ އަދި އަހަންނަށް އޭނަގެ ހިތްވެސް ލިބޭނެ….” ތަނޑިގަނޑަށް ބަލަހައްޓައިގެން އިނދެ ހިނިތުންވެލަމުން އީމަން ބުނެލިއެވެ.

ޖެހިގެން އައިދުވަހަކީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ. ޢީދުނަމާދަށް ވަގުތުގާތްވުމުން ތަކްބީރުކިޔަން ފެށުނެވެ. އެކަހަލަ ކުޑަ ރަށެއްގައި އަޟްޙާޢީދު ހޭދަކޮށްލަން ލިބުމުން ދިމްޔާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ތައްޔާރުވަމުން ދިޔައީ އަތީފާއާއި ރައުނާއާއިއެކު ޢީދު ނަމާދަށް ދިޔުމަށްޓަކައެވެ. އެއީ އޭނާގެ މުޅި އުމުރުގައިވެސް އެންމެ ފުރަތަމަ ޢީދު ނަމާދަށް ދިޔަދުވަހެވެ. މާލެއަށް އުފަންވުމުގެ ބަދަލުގެ އެކަހަލަ ރާއްޖެތެރޭގެ ކުޑަ ރަށަކަށް އުފަންވިނަމައޭ ދިމްޔާގެ ހިތަށް އެރީ އޭނާގެހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑު ކަމުންނެވެ. މާލޭގެ އަރާމު ދިރިއުޅުމަށްވުރެ ރަށްފުށުގެ ދިރިއުޅުން ދިމްޔާއަށް މާބޮޑަށްވެސް ކަމުދިޔައެވެ. ދިމްޔާމެންނާ އެކުއެކީ ކަހަލަ ގޮތަކަށް އީމަންމެންވެސް ޢީދުނަމާދަށް ދާން ގެއިން ނުކުތެވެ.

ޢީދުނަމާދުން އައިސް ކުޑަގޮތަކަށް ސައިބޯލުމަށްފަހު ރައުނާއާއިއެކު ދިމްޔާ ދިޔައީ ރައުނާގެ މާމަގެއަށް ހެދިކާކޮޅެއް ހިފައިގެންނެވެ. މާމަގެއަށް ހެދިކާކޮޅު ލާފައި ނުކުތްތަނާހެން އައި ނައި ތަނެއް ނޭނގި ފެންކޮތަޅެއް އައިސް ޖެހުނީ ދިމްޔާގެ ފައިތިލައަށެވެ. ވާނުވާ ނޭނގި ހުރެ ފަޔަށް ބަލާލަމުން ދިމްޔާ ކުރިމަތި ބަލާލިއެވެ. އޭރު ޒުވާން އުމުރުގެ ފިރިހެން ކުދިންތަކެއް އަތަށް ފެންކޮތަޅުތަކެއް ލައިގެން ދިމްޔާމެންނާއި ދިމާއަށް އަންނަނީއެވެ.
“މާޔާ ބާރަށް އާދޭ….” ކުއްލިއަކަށް ރައުނާ ދިމްޔާގެ އަތުގައި ހިފައިފައި ދުވަމުންގޮސް މާމަގެއަށްވަދެ ގޭގެ ދޮރުލައްޕާލިއެވެ.
“ރައު.. ކިހިނެއްވީ….؟؟؟ އެއީ ކޮންބައެއް؟؟؟؟” ހައިރާންވެފައި ހުރެ ދިމްޔާއަށް އަހާލެވުނެވެ.
“ފެންކުޅި ފެށުނީ….” މިހެން ބުނެފައި ރައުނާ ދިމްޔާއަށް ފެންކުޅީގެ ވާހަކަ ކިޔާދިނެވެ. ރައުނާ އެވާހަކަ ކިޔައިދިނުމުން ދިމްޔާ ހުރީ މަޖާވެ އެކުޅިވަރު ކުޅޭ ހިތްވެފައެވެ. ރައުނާމެން ދެން ގެއަށް ދާން ނުކުތީ މާމަ ގޭގެ ވަލުދޮރާށިންނެވެ. ނަސީބަކުން އެއްވެސް ފިރިހެން ގުރޫޕެއް އެވަގުތު އެމަގަކު ނެތެވެ. ދިމްޔާމެން ގެއާއި ހަމައަށް ދިޔައިރު އެމީހުންވަރުގެ އަންހެން ގުރޫޕެއް ގޭދޮށުގައި އަޑުގަދަކޮށްލައިގެން އުޅެއެވެ. ދިމްޔާއާއި ރައުނާ އެމީހުންނާއި ގާތަށް ޖެހިލިއިރު ކަމަކު ދާކަށްނެތެވެ. އެގުރޫޕު އުޅެނީ އާޔަން ވަށައިލައިގެންނެވެ. އާޔަންގެ މުޅިމޫނާއި ގައިގައި ކުލަ އުނގުޅަނީއެވެ. ދިމްޔާއަށް މިމަންޒަރު ފެނުމުން ޕަކަޕަކަލާފައި ހޭންފެށުނީ އާޔަން ހުރިގޮތް ފެނުމުންނެވެ. ރައުނާވެސް މަޖާވީވަރުން އެގުރޫޕާއި ބައިވެރިވެގެން އާޔަންގެ ގައިގައި ކުލަ އުނގުޅަން ފެށިއެވެ.

މަގުމަތީ މާއަޑުގަދަވެގެން ބޮޑުކޮޓަރީގައި އިން އީމަން މަގުމައްޗަށް ނުކުތްއިރު އާޔަންގެ ހާލުފެނުމުން އޭނާގެ ގާތަށްވެސް ހިނިއައެވެ. ސޯޓުގެ ޖީބަށް އަތްޖަހައިލައިގެން މަޖާވެފައި އީމަން އެމަންޒަރުބަލަން ހުރީ އެމީހުނަށް ނުފެންނާނެހެން އެތާހުރި ބަނބުކެޔޮގަހާއި ކުޑަކޮށް ނިވާވެލައިގެންނެވެ. ގެއަށް ވަންނަންއައި ދިމްޔާއަށް މިމަންޒަރު ފެނުމުން ޚިޔާލު ބަދަލުވިއެވެ. އަދި އަނބުރާލާފައި އައިކޮޅަށް ގޮސް އެގުރޫޕްގެ ތެރޭގައި ހުރި ކުއްޖެއްގެ އަތުން ކުލަކޮޅެއް ހިފައިގެން އީމަންއަށް ނުފެންނާނެހެން އޭނާގެ ފުރަގަހުން ގޮސް އީމަންގެ މޫނުގައި ކުލައުނގުޅާލިއެވެ. އީމަން ސިހިފައި ފަހަތް ބަލާލިތަނާ ދިމްޔާ ވައްތަރު ޖައްސާލަމުން ދުއްވައިގަތެވެ. އީމަންވެސް ބަލަން ނުހުރެ ދިމްޔާގެ ފަހަތުން ދުއްވައިގަތެވެ. އީމަންއަށް ނުކުމެވުނީ ބޮޑު ފިރިހެން ގުރޫޕެއްގެ ކުރިމައްޗަށެވެ.

“އޭ ބުރޯ… މިހިފައިގެންދޭ….” ދިމްޔާގެ ފަހަތުން އީމަން ދުވެފައި ދާންފެށުމުން އެތަނުން ފިރިހެންކުއްޖަކު އީމަން އަށް ގޮވާލާފައި ފެންކޮތަޅެއް ދިއްކޮށްލިއެވެ. އާޔަންގެ ވަށައިގެން ތިބި އަންހެން ގުރޫޕް އެކިދިމަދިމާއަށް ދުއްވައިގަތީ ފިރިހެން ގުރޫޕް އެތަނަށް އައުމުންނެވެ. އާޔަންވެސް އެގުރޫޕާއި ބައިވެރިވަމުން އަންހެންކުދިންގެ ފަހަތުން ދިޔައެވެ.

ދެވޭ ނުދެވޭ ތަނެއް ނޭނގުނު ކަމުގައިވިޔަސް ދިމްޔާ ކުރިޔަށް ދިޔައީ ފަހަތުން އީމަން އަންނާތީއެވެ. އީމަން ދިމްޔާއަށް އަމާޒުކޮށްލާފައި އަތުގައި އޮތް ފެންކޮތަޅު އެއްލިއެވެ. ނަމަވެސް ސީދާ ވާގޮތެއް ނުވިއެވެ. ވަކި ހިސާބަކަށް ގޮސްފައި ދިމްޔާ ހުއްޓުނީ އީމަން ފެންނަން ނެތުމުންނެވެ. ބަނޑުގައި އަތް އަޅާލަމުން ގުދުވެލީ ވަރުބަލިވެފައި ހުރުމުންނެވެ. އޭރު އޭނާއަށް ހުރީ މައިނޭވާ ލެވިލެވިއެވެ. ވަރަށް ފުންކޮށް ބާރުބާރަށް ދެތިން ނޭވާލުމަށްފަހު ދިމްޔާ ހަމަޖެހިލިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ކަނާތްފަޅީގައި އޮތް މަގަށް ވަނީ އޭނާ އައީ އެމަގުން ކަމަށްވާތިއެވެ. ކުރިއަށް ގޮސްގޮސް ހުރި ދިމްޔާގެ އަތުގައި ކުއްލިއަކަށް މީހަކުހިފައިފައި އެއްފަރާތުގައި ހުރި ހަނިގޯޅިގަނޑަކަށް ދަމައިގަތުމުން ދިމްޔާއަށް ހަޅޭލަވައިގަނެވުނެވެ. ދިމްޔާ ހަމަޔަކަށް އެޅިލަމުން އެއީ ކާކުތޯ ބަލާލިއެވެ. ދިމްޔާގެ ކުރިމަތީގައި ލާނެއް ގޮތަކަށް ހީލައިގެން އެހުރީ އީމަންއެވެ. އީމަން ކުރިއަށް ޖެހިލާ ދިމްޔާގެ ދެފަރާތުން އަތްގެންގޮސް ފާރުގައި އަތްވިއްދާލީ ދިމްޔާއަށް ނުދެވޭނެހެން އޭނާ ހައްޔަރުކޮށްލަމުންނެވެ. ދިމްޔާ ހުރީ ފާރާއި އީމަންއާއި ދޭތެރޭގައެވެ. ދިމްޔާ ގަދަހަދާލާފައި އީމަންގެ މޭގައި ދެއަތްއަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް ދިމްޔާގެ އެހަރަކާތުން އީމަންގެ ވަރުގަދަ ހަށިގަނޑު ގުޑާވެސް ނުލުމުން ދިމްޔާ އީމަންއަށް ލޯއަޅާލަމުން ވައްތަރު ޖައްސާލިއެވެ.
“ހީކުރީތަ އަހަރެންގެ މޫނުގައި ކުލަ އުނގުޅާފަ ތިހާ ފަސޭހައިން ސަލާމަތްވެވޭނެކަމަށް…..” ނިއް އަރުވާލަމުން މަޖާވެލާފައި އީމަން ބުނެލިއެވެ. އަދި އެއަށްފަހު އެތާހުރި ގޮނޑިއެއްގެ މަތީ އޭނާ ބަހައްޓާފައިހުރި ފެންޖަގު ނަގާ ދިމްޔާގެ ބޮލަށް އޮއްސާލިއެވެ. ދިމްޔާ ތެޅިގަންނަމުން ބޮލުން ފެންތަން ފޮޅާލަމުން އީމަންއަށް ލޯއަޅާލިއެވެ. ދެންވެސް ދިމްޔާ ދާން އުޅުމުން އީމަން ދިމްޔާ ހައްޔަރުކޮށްލައިގެން ހުއްޓެވެ.
“މިހާރު ބަދަލު ހިފިއްޖެއެއްނު…. ދެން އަހަރެންދާން ތަންދައްކާ…. ތީ ބޮޑު ސިންގާ ފިރިހެނަކަށް ވެފަ އަހަރެންމީ އާރެއް ބާރެއް ނެތް އަންހެންކުއްޖަކަށް ވީމަ ބޭނުން ގޮތެއް ހެދިދާނެކަމަށްތަ ތިހީކުރަނީ…؟؟” އީމަން އަށް ލޯއަޅާލަމުން ދިމްޔާ ބުނެލިއެވެ.
“އަހަރެންމީ ބޮޑު ސިންގާ ފިރިހެނަކަށްވެފައި ތީ އާރެއް ބާރެއް ނެތް އަނެހެންކުއްޖަކަށް ވެއްޖިއްޔާ ކީއްވެ އަހަންނަށް ކަމެއް ނުކުރެވެންވީ..؟؟؟؟” ދިމްޔާގެ މޫނުގައި ޖެހޭވަރަށް އޭނާގެ މޫނު ގާތްކޮށްލަމުން އީމަންއަހާލީ ލާނެއްގޮތަކަށެވެ. ދިމްޔާ އީމަންއާއި ދިމާއަށް ވައްތަރުޖައްސާލަމުން ދެންވެސް މަސައްކަތްކުރީ އީމަން ކޮށްޕާލުމަށެވެ. އޭރު އޭނާހުރީ އެހާގާތުން އީމަންގެ މޫނު ފެނުމުން ފާޑަކަށް ރަކިވެފައެވެ. ނަމަވެސް އޭނާބެލީ އެކަން ނުދައްކާވޭތޯއެވެ. އީމަން ވަރަށް ފަރުވާތެރިކަމާއިއެކު ދިމްޔާގެ މޫނަށް ބަލާލިއެވެ. ދެންމެ އޭނާ ދިމްޔާގެ ބޮލަށް ފެންޖަގު އޮއްސާލުމުން ދިމްޔާގެ މުށިކުލައިގެ އިސްތަށިގަނޑު ތެމިގެން ގޮސް ކުރުއިސްތަށިތައްއޮތީ އޭނާގެ ދޮން ކަނދުރާގައި ތަތްލާފައެވެ. މޫނުގައި ފެންތިކިތައް ބަބަޅަމުން ދިޔައެވެ. ފިޔާތޮށުކުލައިގެ ކުޑަކުޑަ ތުންފަތުގައި ހަރުލާފައި އިން ފެންތިކި ފެނުމުން އީމަންއަށް ހިންދިރުވާލެވުން ހިނދު ހަށިގަނޑުގައި ކަރަންޓްގެ ރާޅުބާންޏެއް ދުވެލިހެން ހީވިއެވެ.

“ހާދަ ލޯތްބޭ….” ދިމްޔާއާއި ދިމާއަށް ލޯބިވެތިގޮތަކަށް ބަލަހައްޓައިގެން ހުރެ އީމަންއަށް އެހެން ބުނެލެވުނީ ބޭއިޚުތިޔާރުގައެވެ.

“ކީކޭ….” އީމަންއަށް ހަމަހޭވެރިކަންވީ ދިމްޔާ ތަންކޮޅެއް ބާރަށް މިހެން އަހާލުމުންނެވެ.

“އައި ލަވް ޔޫ….” ދިމްޔާގެ ކަންފަތްދޮށުގައި ސިއްރުން އީމަން މިހެން ބުނެލުމުން ދިމްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭނާ ހުރީ އެސްފިޔަޖަހާލަންވެސް ނޭނގިފައެވެ. ދިމްޔާއަށް ވީގޮތް ފެނިފައި އީމަން މަޑުމަޑުން ހީލިއެވެ. އަދި ދިމްޔާގެ ކޮލަށް ބޮސް ދިނުމަށްފަހު އެއްލޯ މަރާލަމުން އެތަނުން ހިނގައިގަތެވެ. އީމަން ދެންކުރިކަމަކުން ހަލުވިކަމާއިއެކު އެސްފިޔަޖަހާލަމުން ދިމްޔާއަށް އޭނާގެ ކޯތާފަތުގައި އަތްހާކާލެވުނެވެ. ޖީބަށް އަތްޖަހާލައިގެން ހުރެ ކުރިއަށް ދަމުންވެސް އީމަން ފަސްއެނބުރި ބަލާލިއެވެ. އޭރުވެސް ދިމްޔާ އެހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގިފައި ހުއްޓެވެ.

“އޭ މާޔާ…. މިތާ ކިހިނެއްވެފައި ތިހުރީ…؟؟؟” އީމަން ކުރިކަމަކުން ހުއްޓުންއަރާފައި ހުރި ދިމްޔާ ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން ރައުނާ ގޮވާލުމުންނެވެ. އޭރުވެސް އޭނާހުރީ ކޮލުގައި އަތްޖައްސައިލައިގެންނެވެ.
“ކޮބާ އިމޫ…. އޭނަ ދޯ ތެންމާލީ….” ދިމްޔާ ތެމިފައި ހުރުމުން ރައުނާ އަހާލިއެވެ. އޭނާ ހުރީ އަދިވެސް ދެންމެ ހިނގައިދިޔަ ހާދިސާ ޤަބޫލުކުރަން ދަތިވެފައެވެ. ދިމްޔާ ޖަވާބެއް ނުދީ ހުރުމުން ރައުނާ އަނެއްކާވެސް އެސުވާލުތައް ތަކުރާރުކޮށްލުމުން ދިމްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެފައި އީމަން ގޮއްސިއޭ ބުނެލިއެވެ. ދިމްޔާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ރައުނާއާއިއެކު ދިމްޔާ ގޭދޮށަށް ދިޔައިރު ފިރިހެން ގުރޫޕަކާއެކީ އީމަންވެސް އަންހެން ކުދިންތަކެއް ގަޔަށް ފެން ޖަހަން އުޅޭތަން ފެނުމުން ފުރަތަމަ ފަހަރަށް ދިމްޔާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އީމަންއަށް ގެއަށް ވަންނަން ދިޔަ ދިމްޔާ ފެނުމުން އަނެއްކާވެސް އެއްލޯ މަރާލަމުން ހީލިއެވެ. ދިމްޔާއަށް ގޮތްތަކެއް ވީނަމަވެސް ނުވާކަމަށް ހެދިލާފައި އާދައިގެ މަތިން އީމަންއާއި ދިމާއަށް ލޯއަޅާލުމަށްފަހު ގެއަށް ވަނެވެ. މެންދުރު ނަމާދު ވަގުތު ގާތްވުމުން ފެންކުޅި ހުއްޓާލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ދިމްޔާމެން ތިބީ ރަށުގެ އެއްފަރާތުގައި އޮތް ހުސްބިމެއްގައި ބޮޑުމަސް ކުޅޭތަން ބަލަން ގޮހެވެ. މީހުން ގިނަކަމުން ދިމްޔާމެން ތިބީ ތަންކޮޅެއް ދުރުގައެވެ.
“އަހަރެން އެބަ އަންނަން….” ރިންގް ވަމުން ދިޔަ ފޯން ދައްކާލަމުން ރައުނާ އެއްފަރާތަށް ހިނގައިގަތެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓްވީއިރުވެސް ރައުނާ ނައުމުން އޭނާ ކޮބައިތޯ ބަލާލަން ދިމްޔާ ފަހަތަށް އެނބުރުނެވެ.
އެއާއިއެކު އޭނާގެ މޫނުގޮސް ޖެހުނީ މީހެއްގެ މޭމަތީގައެވެ. ދިމްޔާއާއި އެހާކައިރީގައި މީހެއް ހުރިކަމެއް ދިމްޔާއަކަށް ކުރިޔަކު ނޭނގެއެވެ. ދިމްޔާ އިސްއުފުލާ ބަލާލިއިރު ރީތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ދެޖީބަށް އަތްޖަހާލައިގެން އެހުރީ އީމަންއެވެ. އެގޮތަށް ހިނިތުންވެލައިގެން ހުންނައިރު އީމަން ނުހަނު ރީތިވެފައި ފިރިހެންވަންތަކަން ކުރިއަށްވުރެ ފުރިހަމަހެން ހީވެއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖީންސެއް ލައިގެން ހުރިއިރު އޭނާއާއި ވަރަށް ގުޅެއެވެ. ގަމީހުގެ އަތް އަތުގެ އުޅަބައްޓާއި ހަމައަށް އޮޅާލާފައި ހުރިއިރު ބޮލުގެ އިސްތަށިގަނޑުވެސް ހުރީ ރީތި ސްޓައިލަކަށް ހަދާލާފައެވެ. އީމަންގެ ރީތިކަން އެރޭ ދިމްޔާއަށް ފުރަތަމަ ފަހަރަށް ފާހަގަކުރެވުމުން އޭނާގެ ހިތް ތެޅެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތް އޮބިއަޅުވާލަމުން އާދައިގެ މަތިން އީމަންއަށްލޯއަޅާލިއެވެ.
“އަހަރެންގެ ނޭފަތަށް ވަދެ ހުންނަންވީނު…. މިހާ ގާތުގައި ނޫނީ ހުންނާކަށް ހަމަ ނޭނގުންދޯ….” މިހެން ބުނެފައި ދިމްޔާ ބަލާލީ ރައުނާ ކޮބާތޯއެވެ. އޭރު ތަންކޮޅެއް ދުރުގައި ރައުނާ ހުރީ ފޯނެއްގައެވެ.
“ދަގައްފާނަށް ދަގަނޑު ދަމާހެން މާޔާ ހުންނަ ތަނަކަށްވެސް އަހަންނަށް އާދެވެނީއޭ…. ކީއްކުރާނީ… ގަސްތަކު ނޫން….” ދިމްޔާގެ މޫނަށް ޝައުގުވެރިކަމާއިއެކު ބަލާލަމުން އީމަން ބުނެލިއެވެ. ދިމްޔާ ތުން އަނބުރާލަމުން ކުޅިވަރު ބަލަން ފެށިއެވެ.

ދިމްޔާއަށް އުނދަގޫކޮށްނުލާ ހުންނަހިތް ނުވުމުން އީމަން ދިމްޔާގެ ކަރުގައި އޮޅާފައި އޮތް ރަތް ކުލައިގެ ޝޯލްގެ ފުރަގަހަށް އެއްލާފައި އޮތް ބަޔަށް ދަމާލިއެވެ. ދިމްޔާ ފަސްއެނބުރި ބަލާވެސް ނުލާ ފަހަތަށް އެއްލާފައި އޮތްބައިވެސް ގެނެސް ކުރިމައްޗަށްލިއެވެ. ދެންވެސް އީމަން މަޑަކުން ނުހުއްޓެވެ. އިރުއިރުކޮޅާ ދިމްޔާގެ އިސްތަށިގަނޑަށް ދަމާލައެވެ. ކިތަންމެ ކެތްކޮށްލައިގެން ހުރިކަމުގައި ވިޔަސް އީމަންގެ އުނދަގޫ ބޮޑުވުމުން ދިމްޔާއަކަށް މަޑަކުން ނުހުރެވުނެވެ.
“ކިހާ ދެރަކަމެއް… އަހަރެންގެ އިސްތަށިގަނޑު އުފުރާލަންތަ ތިއުޅެނީ….؟؟؟” އީމަންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ދިމްޔާ މިހެން ބުނުމުން އީމަން ދެކޮނޑު ހިއްލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު ދިމްޔާގެ އަތުގައި ބާރަކަށް ހިފަހައްޓާލަމުން އޭނާއާއިއެކު އައުމަށް ބުންޏެވެ. އެތާގައި މާގިނަބަޔަކު ނެތްކަމުގައި ވިޔަސް ދުރުގައި މީހުން ތިބުމުން ދިމްޔާއަކަށް ގަދަ ހަދާކަށް ނުކެރުނެވެ. އެހެންކަމުން ސުލްހާގައި އީމަންއާއިއެކު ދިޔައެވެ. ނަމަވެސް އޭނާ ހުރީ ރުޅިއައިސްގެން ގޮސް ދަތްވިކާލައިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޔާރާއޭ…. (18)

Next

އަހަރެން މަރުވަނީ!!! ފަހު ބައި

Next
September 10, 2015

އަހަރެން މަރުވަނީ!!! ފަހު ބައި

Previews
September 10, 2015

ޔާރާއޭ…. (18)

49 Comments!

  1. lau says:
    September 10, 2015 at 7:29 am

    Raakin ge vaahaka nugeneveythytha eaman ge name innan vaa thanthanah raakin name jahaalaafa iny

    1. eemiyaa says:
      September 10, 2015 at 3:24 pm

      hehe lau.. sorry.. a e hama olhigen jehifa.. bt nw rangalhu kohlaafa innaany.. thanks ingey 🙂

  2. wershe says:
    September 10, 2015 at 7:51 am

    Warah furihama .. Hama kiyaa hiyy wanii ..

  3. Anonymous says:
    September 10, 2015 at 8:41 am

    V salhi

  4. Sam says:
    September 10, 2015 at 8:54 am

    Yey me third…vrh salhi egey…dhn avahah raakin ge bai genes dhy..raakin ah v goi vrh kiyaalaahith veyba…

    1. eemiyaa says:
      September 10, 2015 at 3:25 pm

      next part ga rakin ge bai genesdheynan In Sha Allah 🙂

  5. aria says:
    September 10, 2015 at 8:56 am

    V reethi…i like the way they r fighting…eem raakin mathin miss vaathy kahneynge raakin ge name jehifa eyny dhw eem…btw story is owsum….

  6. hadhee says:
    September 10, 2015 at 9:34 am

    Wow… V v v nice.. Plx next part avahah upload kohba… Plx Plx plx

  7. Isha says:
    September 10, 2015 at 9:38 am

    V v v salhi Ingey, adhives kiyaa hith vanee…..gud luk

  8. xee says:
    September 10, 2015 at 9:56 am

    Awesome 😀 plss upload the nxt part soon .. hope u wont keep us waitin for so long!

    1. eemiyaa says:
      September 10, 2015 at 3:26 pm

      next part saturday ga up kohladheynan In Sha Allah 🙂

  9. Saamee says:
    September 10, 2015 at 10:06 am

    Vaahaka feshi iru i feel like imu akee varah dhen hikikoh dhigu koh huhna boy eh kamah bt um wrong dhw.hhahaaahha

    1. eemiyaa says:
      September 10, 2015 at 3:27 pm

      ehentha saamee.. hehe 🙂

  10. j boat says:
    September 10, 2015 at 10:10 am

    i m missing sumone cox of maaya. story gendhaa goiy varah salhi. eem u r a talented writer. Insha Allah!

    1. sweet heart says:
      September 10, 2015 at 3:20 pm

      j boat….

    2. eemiyaa says:
      September 10, 2015 at 3:29 pm

      oh really j boat.. ehn v iru thikujjehves ulheynee maya ulhey hen thaa dw.. 🙂

  11. ken? says:
    September 10, 2015 at 11:48 am

    aslu up vaane kamah noon mi check kohlee..will comment after reading…thnkzz☺☺

  12. ken? says:
    September 10, 2015 at 12:15 pm

    v reethi…??? in some places raakin jehifa aee olhigen dhw..hehe.☺ waiting for saturday…hithah aranee mee hama dhim baaey… ? all de best eem..????

    1. eemiyaa says:
      September 10, 2015 at 3:30 pm

      yeah ken hama olhigen a e.. bt rangalhu kohlaifin nw.. 🙂

  13. Nuha says:
    September 10, 2015 at 1:09 pm

    v salhi mi bai vs….. <3

  14. zai says:
    September 10, 2015 at 1:16 pm

    Wow salhikamaa eve..?

  15. elyy says:
    September 10, 2015 at 1:33 pm

    bohot ahchaaa haii… thaaaliyaaa ????????

  16. nish says:
    September 10, 2015 at 1:35 pm

    superrrrrrrrrrrr!!!!!!!! ❤?????????????

  17. Anonymous says:
    September 10, 2015 at 1:46 pm

    Vv obi mi vaahaka I love u biskeemiyaaa

    1. eemiyaa says:
      September 10, 2015 at 3:34 pm

      Ain.. biskeemiyaaa ey..

  18. ko'ko says:
    September 10, 2015 at 1:58 pm

    eem raakin kon kameh tha maayaa ah kuri fen eid ga e dhe meehun ves dimaa vitha erashun. eeman ge nan liyan ulhefa olhigen liye vuni dho… other wise the story was awsome

    1. eemiyaa says:
      September 10, 2015 at 3:35 pm

      hehe sorry it was a mistake..

  19. rivaa says:
    September 10, 2015 at 2:06 pm

    V reethi igey

  20. eemiyaa says:
    September 10, 2015 at 3:37 pm

    Thanks hurihaa kudhinnah.. 🙂 🙂

  21. Anonymous says:
    September 10, 2015 at 3:50 pm

    meehege nan jahaairu misaalakah eeman aa ehen nukiyaane.. eemanaa eky ehen kiyaany.. raakinaa eky.. raakin aa eky ehenneh noon.. mee mihaarakah ais gina liyuntherin beynun kuraa kusheh

    1. eemiyaa says:
      September 11, 2015 at 2:08 pm

      yeah u r right Anonymous.. balaanan ekahala kuhthah rangalhu kurevytho

  22. Mish says:
    September 10, 2015 at 3:53 pm

    Eemiyaa haadha molhey vaahakaliyan u r my favourute:*

  23. Jui says:
    September 10, 2015 at 4:01 pm

    Hahahhahhahahahaha! E dhemyhun ulhey gotheh dhw… Hahhaha… Nice. I’m missing someone cox of eaman… 🙁 I miss him. And love him… My super hero.

  24. naax says:
    September 10, 2015 at 6:00 pm

    Eemiyaa thy hama best ingae.. V rythi mi vaahaka.. Masha allah

  25. Imoo says:
    September 10, 2015 at 7:10 pm

    V reethi

  26. shif says:
    September 10, 2015 at 7:37 pm

    V reethi vaahakeh.

  27. Shaafy says:
    September 10, 2015 at 8:19 pm

    Hey. Mipart ves varah loabi. Eem haadha molhey vaahaka liyan. Next part kiyaagithun
    Kenmadhu vefa mihury. Sunday vyma haadha dhuvahekey. Eem ur grt

  28. shx says:
    September 10, 2015 at 9:10 pm

    wow..v v v v v salhi mi part vx..dhn in part kiya hithunnnnnn….

  29. eemiyaa says:
    September 11, 2015 at 2:09 pm

    Thank you alll… 🙂 🙂 🙂

  30. nukko says:
    September 11, 2015 at 2:29 pm

    V habeyx mi part vs… im lovin it.. waiting for the nxt part on Saturday….. eemooo thanks

    1. sweet heart says:
      September 11, 2015 at 10:02 pm

      nukko

    2. nukko says:
      September 12, 2015 at 11:26 am

      Labba sweetheart

    3. sweet heart says:
      September 12, 2015 at 12:57 pm

      missin u gys

  31. Ayaa says:
    September 11, 2015 at 11:32 pm

    V salhi mi part vz .. ?
    Raakin ah vaagotheh balailaa hithun hurevenyky nun .. Hehehe

  32. nukko says:
    September 12, 2015 at 11:26 am

    Eemoo kn irakun nxt part???? Tym bunebaa….nukko mihaaru kiyaa hithun hurevenyky nooon…

  33. Yushiii says:
    September 12, 2015 at 12:38 pm

    Eemm kobatha vaahaka. Whn uploadinn waitinnggg

  34. aalll says:
    September 12, 2015 at 2:04 pm

    Eemm are waiting for the story…

  35. yoolin says:
    September 12, 2015 at 2:36 pm

    VR NYC STORY PLX NEXT PART UP KOHBA AVAHAH???????????

  36. eemiyaa says:
    September 14, 2015 at 9:50 pm

    Thanks alll 🙂 🙂 🙂 🙂

Comments are closed.


All Right Reserved!