Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ….(ފަހު ބައި )

writer Level 310 Stories100 Comments
September 13, 2015 7 Mins Read
23 Comments

ލައުހާ ރޮނީކަން އެނގުމުން ހައިކަލް ދެރަވިއެވެ. އެއްވެސް ބަހެއް ނުބުނު އެތަނުން ދާން އުޅުމުން ހައިކަލް އަނެއްކާވެސް ކުރި ބެއްދިއެވެ.
” ހައިކަލް… ޕްލީޒް.. އަހަރެން ދިޔަދީ… ލޯބިވާ އެހެން މީހަކުހުއްޓާ… ކީއްކުރަން އަހަރެން ދެކެ ލޯބިވެޔޭ ބުނީ… ކީއްވެ އަހަންނަށް އޮޅުވާލީ… އަހަރެން އެކަނިވެރިއަކަށް ވީމަ ދޯ…”
ލައުހާ ހުރީ ވަރަށް ވެސް ބޮޑަށް ހިތުގައި ޖެހިފައެވެ. ހައިކަލް ލައުހާއަށް މިހެން ހަދައިފާނެކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެެއެވެ. ލައުހާ ހީކުރީ ހައިކަލް އެހެން މީހުނާ ތަފާތުވާނެ ކަމުގައެވެ..
” އޯއް ޕްލީޒް ލައުހާ… ދެން ތިފެށީ އަނެއް ވާހަކަ… މިކޮޅަށް އައިސް އަހަރެން ބޭނުންވާނެ އެއްނު ޓައިމް ޕާސް ކޮށްލަން… އެކަމަށް އެންމެ ބެސްްޓް މީހަކަށް ފެނުނީ ލައު.. އެހެންވެ.. އެހެންނޫނސް ކިހާ ނޯމަލް ކަމެއް އެއީ”
ހައިކަލް އަނެއްކާވެސް ވާޙަކަ ކުރިއަށް ގެންދިޔައެވެ. ލައުހާ އަށް ކުރިއަށް ވުރެ ވެސް ބޮޑަށް ރޮވުނެވެ. ހައިކަލް ކޮށްޕާލާފައި ދުއްވައިގަތީ އިތުރަށް އެތާ އެންމެ މިނިޓަކު ވެސް ހުންނަން ބޭނުން ނުވާތީއެވެ. ވީ ލޯބީގެ އަގު މިގޮތަށް ލިބޭނެ ކަމަކަށް ލައުހާ ހިއެއް ނުކުރެއެވެ.
ހައިކަލް އެކަމަށް ތައްޔާރުނުމުން ހައިކަލް ވެއްޓުނެވެ.އެހެނަސް މިރޭ ހައިކަލް ހުރީ ލައުހާ އެހާ ފަސޭހައިން ފޮނުވަން ބޭނުންވާ ހިތަކުނެއް ނޫނެވެ. އަނެއްކާވެސް ލައުހާ އާ އަރައި ހަމަކުރިއެވެ. ލައުހާ ހުއްޓުވިއެވެ.
ލައުހާގެ ކޮންޑުގައި ދެއަތުން ހައިކަލް ހިފެހެއްޓުމުން ލައުހާއަށް ހީވީ ބިޗުލެއް ކަށިޖެހީހެނެވެ. އަވަސް އަވަހަށް އެ ދެއަތް ދުރުކުރުވިއެވެ. އަދި ގައިގައި އަތްނުލުމަށް ބުނެ ދާން އުޅުނެވެ. އެހެނަސް ހައިކަލްއެއަށް ވުރެ މާ ހުށިޔާރެވެ. ލައުހާގެ އުނަގަނޑުގައި އަތް އަޅުވައި ލައުހާ ގަޔާ ކައިރިކޮށްލިއެވެ. ހައިކަލްގެ ހޫނު ނޭވާ ލައުހާގެ މުނަށް އެޅޭހާ ގާތަށެވެ. ލައުހާ ހައިކަލް އާ ދުރަށް ދާން ކިތަންމެ މަސައްކަތެއް ކުރިއަސް ހައިކަލް ގެ ބާރުގަދަ އަތުގެ ތެރޭ ލައުހާައަށް ޖެހުނީ އަމާންދޭށެވެ.
“ޕްލީޒް ހައިކަލް…ލެޓް މީ ގޯ..”ހައިކަލްއަށް އައިސްފައިވާ ބަދަލުން ލައުހާގެ ހިތްބިރުގަންނަންފަށައިފިއެވެ.
“ޝޫޝްޝްޝް….” ހައިކަލް ލައުހާގެ ތުންފަތުގައި އިނގިލި ޖައްސަމުން ބަހެއް ނުބުނެ ހުރުމަށް އިޝާރަތްކޮށްލިއެވެ.
” ހައިކަލް ޕްލީޒް… އަހަރެން ދެކެ ލޯބި ނުވާ އިރު ދެން ކޮން….” ލައުހާއަށް ވާހަކަ ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ. ރޮވޭވަރުން ލައުހާ ދައްކާ ވާހަކައެއްވެސް އެހާ ސާފެއް ނޫނެވެ.
“އަަހަރެން ލައު ކައިރީ ކިތަށް ދުވަހު ބުނިންތަ ލޯބިވެޔޭ..؟” ހައިކަލް ލައުހާއާއި ސުވާލެއްކޮށްލިއެވެ. ލައުހާގެ މޫނަށް ނަޒަރު ހުއްޓިފައިވާއިރު އެލޮލުގައި އަދިވެސް ވަނީ ހަމަ އެ ސީރިއަސް ކަމެވެ. ލައުހާކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ.
” ހުދު އަހަންނަކަށްވެސް ނޭނގެ ބުނެދޭކަށް ކިތަށް ފަހަރު ކަމެއް… ދެން…” ހައިކަލް އަޑު ބާރުވަމުން ދިޔައެވެ. އަޑުގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރު މޫނުންވެސް ސާފުކޮށް ދޭހަ ވަމުން ދިޔައެވެ.
“ދެން…” ލައުހާވެސް ހައިކަލް އާއި ކެރިގެން ކުރިމަތި ލެވޭތޯ މަސައްކަތްކުރިއެވެ.
” އަދިވެސް އަހަނީތަ ދެން ކިހިނެތް ހޭވީ… ” ހައިކަލް ލައުހާ ތަޅުވައިގަތެވެ. ” އަހަރެން މިއޮތް ހުރިހާ ދުވަހު ކޮންމެ ދުވާލަކު ސަތޭކަ ފަހަރު ލޯބިވެޔޭ ބުނަނީ މިތަނުން ގަހަކާތަ… ނޫނީ މިތުނޑިއާތަ…” ހައިކަލް މިހާ ރުޅިގަދަވެފައި ހުރި ތަނެއް ދުވަހަކު ވެސް ލައުހާ ނުދަކެއެވެ. އެހެންކަމުން އެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓުމެެއްނެތި ފައިބަން ފެށިއެވެ. “ސޮރީ..” ލައުހާ ވަރަށް ވެސް ދެރަވެފައި ބުނެލިއެވެ.
“އެންމެ ފަހަރަކު ލޯބި ނުވެޔޭ ބުނީމަ ގަބޫލުކޮށްފަ މިއޮތް ހުރިހާ ދުވަހު ބުނި ބަހަށް އިތުބާރު ޖެއްލުނީ ކީއްވެތަ ލައުހާ..” ހައިކަލްގެ އަނޑުގައިވެސް ވަނީ ވޭނީ ރާނގެކެވެ. ލައުހާ އަނެއްކާވެސް ސޮރީ އޭ ބުނެލިއެވެ.
“އަހަރެން ލައުހާ އާއި ސަމާސާއެއްކޮށްލީ.. ލައުހާ ތަޅުވަން ވެގެން… ދެން ދުވަހަކުވެސް އެހެން ނަހަދާނަން… އައި ޑޯންޓް ވޯންޓް ޓު ލޫސް ޔޫ..”ހައިކަލް ލައުހާގެ ގައިގއިބައްދައިގެތެވެ. ލައުހާ މިރޭ އެހާބޮޑަށް ދެރަކޮށްލެވުނީތީ ހައިކަލް ވަަރަށް ދެރަވިއެވެ. ހައިކަލް އާއި ލައުހާ އެރޭ ވަކިވީ ދުވަހަކުވެސް ވަކިނުވާނެކަމަށް އެތަކެއް ވައުދުތަކާއި އަހުދުތަކެެއް ކުރުމަށް ފަހުގައެވެ. ހައިކަލް އަށް އިންތިޒާރުކުރާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ.
……………………………………………………………………………………………………
” އާ ޔޫ އޯކޭ.. ޑރ ހައިކަލް..” ނަރުސް ކުއްޖެއް ގޮވާލާ އަޑު އިވުމުން ހައިކަލް އަށް ބަލައިލެވުނެވެ. ބޮލުގައި ރިހުމަށް ކުޑަކޮށް ލުއެއް ލިބިފައި ވުމާއި އެކު ހައިކަލް ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ބޮލުގެ އިޝާރާތުން ރަގަޅު ކަމުގައި ބުނެލިއެވެ.
މާ ގިނަ އިރުތަކެއް ނުވެ ލައުހާ ހޭއަރައިފިއެވެ. މަޑުމަޑުން ދެ ލޯ ހުށުވައިލި އިރު ހީވަނީ އަރާމު ނިންޖަކުން ހޭލި މީހެއް ހެނެވެ. ލައުހާ މަޑުމަޑުން މާހައުލަށް ނަޒަރުހިންގައިލިއެވެ. ކައިރީގައި ލައުހާގެ އަތުގައި ހިފައިގެން ލައުހާއަށް ބަލަން އިން ހައިކަލް ފެނުމުން ވަރަށް ބަލި އަޑަކުން ހައިކަލްއާށް ގޮވާލިއެވެ. ހައިކަލް ލައުހާ ކައިރީ ވާހަކަ ނުދެއްކުމަށް އެނދުނެވެ.
“މީ… އަހަރެން… މީ… މީ ކޮންތަނެއް..” ލައުހާ ހައިކަލްއާ ސުވާލުކޮށްލިއެވެ. ހައިކަލް ލައުހާއަށް ކަންތައްވީގޮްތް ކިޔައިދިނެވެ. ލައުހާ މިއޮތީ ހިސްޕިޓަލްގައި ކަމާއި އިރާދަކުރެއްވީތީ ހުރިހާކަމެއްވެސް ރަގަޅުކަމަށް ބުނެލިއެވެ. އަދި ލައުހާ އަރާމުކުރުމަށް އެނދުނެވެ. އެހެންނަމަވެސް ަލައުހާގެ ހިތުގައި އުފެދިވާ ސުވާލުތަކަށް ޖަވާބު ބޭނުންވެފައި ލައުހާ އިނެވެ. ހައިކަލް ލައުހާ ކައިރީ ލުހުޝާން ކަންތައް ކުރިގޮތް ކިޔައިދިނުމަށް އެނދުނެވެ. ލައުހާ އެކަން ސިއްރުކުރަން އުޅޭހެން ހީވުމުން ހައިކަލް ހުރިހާ އެއްޗެއްވެސް އިނގޭ ކަމަށާއި ލައުހާ އަށް ތިހެން ހެދީތީ އޭނައަށް އޭގެ ހައްޤު އަދަބު ލިބެން ޖެހޭނެ ކަމަށް ބުންޏެވެ.އަދި އެހެން ވާނީ ލައުހާގެ އެހީއާއި އެކުކަން ވިސްނައިދިނެވެ.
” ހައިކަލް.. ކީއްވެ އަހަރެން ލުހުޝާން އާ ހަވާލުކޮށްލީ…؟ “ލައުހާގެ އެސުވާލު އަމާޒުވާނެކަން ހައިކަލް އަށް ކުރިންވެސް އެނގެއެވެ. ތެދެކެވެ. ލައުހާގެ ހަޔާތަށް ދެވަނަ ފަހަރަށް ލުހުޝާން ގެނައީވެސް ހައިކަލް އެވެ.
” އަހަންނަށް އެނގޭ ލައުހާ ލުހުޝާން އަށް ބޭނުން ވާ މިންވަރުު.. ލައުހާ ލުހުޝާންގެ ހަދާނުގައި ރޯތަން ވަރަށް ދުށިން… އެހެންވެ… އެކަމަކު ކުރިން މިހެން ވާނެކަން އެނގުނުނަމަ ދުވަހަކުވެސް ނުކުރީމުސް..” ހައިކަލް ޖަވާބުދިނެވެ. ލައުހާގެ ހިތުގައި ހައިކަލްއާއި މެދު ކިތަންމެ ޝާކުވާއެއް އުފެދިފައި ވިއެއްކަމަކު ހައިކަލްގެ ކުށެއްނެތްކަން ވެސް ޤަބޫލުކުރެވުނެވެ. ލައުހާ ކައިރީ އިރުކޮޅަކުން އެބަ އަންނަކަމަށްބުނެ ހައިކަލް ބޭރަށް ޖެހިލަން ވެގެން ގޮނޑިން ތެދުވިއެވެ.ލައުހާ ހައިކަލްގެ އަތުގައި ހިފިއެވެ.
” އަހަރެން ސުވާލެއްކުރަންތަ..”ލައުހއާއި ދިމާލަށް ހައިކަލް ބަލައިލާި ލައުހާ ކުރަން އުޅޭ ސުވާލުކޮންމެވެސް ވަރަކަށް އެނގޭތީއެވެ.އެ ސުވާލުން ކިތަންމެ ސަލާމަތްވާން ބޭނުންވިޔަސް ލައުހާ އެސުވާލު ކުރިމަތިކުރާނެ ކަން އެނގެއެވެ. ހައިކަލް ނޫނީ އެހެންމީހަކާއެވެ. ހައިކަލް ގޮނޑީގައި އިށީނެވެ. އަދި ލައުހާގެ އަތް ގެނެސް ހައިކަލްގެ އަތުތެރެއަށް ލިއެވެ.
” އަހަރެންގެ ބޭބީ… ބޭބީ.. ކޮބާ… ރަގަޅުތަ… ކަމެއް ނުވޭދޯ…” ލައުހާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ހިތާހިތުން އެސުވާލުގެ ޖަވާބު ލައުހާއަށްވެސް ކޮންމެވެސް ވަރަކަށް ވިސްނެއެވެ. އެހެނަަސް އުއްމީދުކުރެވެނީއެވެ.
ހައިކަލްއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. އެހެންވެ ފޯނު ހިފައިގެން ބޭރަށް ޖެހިލީ ލައުހާގެ އޮޕަރޭޝަން ކުރި ޑޮކްޓަރަށް ގުޅާލުމަށެވެ. ހައިކަލް ދިޔަތަން ބަލަން ލައުހާ އޮތެވެ. ލޮލުގައި ރައްކާކޮށްފައި ބެހެއްޓި ކަރުނަތަށްް މިނިވަންކުރަމުންނެވެ.
އަންހެނުންގެ ޑޮކްޓަރ ވަދެގެން އައި އިރު ފަހަތުން ހައިކަލްވެސް އެތެރެއަށް ވަނެވެ. ގެނައި އިރުވެސް ބޭބީ މަރުވެފައި އޮތްކަމަށާއި އެއީ ބަޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވީކަމެއްކަން ވަރަަށް ސާފުކޮށް ލައުހާއަށް އެ ޑޮކްޓަރު ކިޔައިދިނެއވެ. އަދި ހިތްވަރުކުމަށް އެނދުނެވެ. ލައުހާ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތަށް ފައިބަމުން ދިޔައެވެ. ހައިކަލްއަށް ލައުހާ ރޯތަން ބަލަން ކެތްވަނީކީއެއް ނޫނެވެ. އެހެނަސް ވަކި ހައިކަލް އަށް ވެސްް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. ދަރިފުޅު މަރުވުމުން ލައުހާއަށް ލިބުނީ ވަރަށްވެސް ފުން ހިތާމައެކެވެ. އެހެނަސް ހައިކަލް ލައުހާއަށް ކެތްތެރިވުމަށް ނަސޭހަތްތެރިވިއެވެ. ދަރިފުޅުގެ ހައްޤުގައެވެ. ލައުހާވެސް ހިތާހިތުން އަޒުމްކަނޑައެޅީ ލައުހާގެ ދަރިފުޅުގެ ޤާތިލަށް ހައްޤު އަދަބު ދިނުމަށެވެ. އެއިރުން އިންސާފު ހޯދައިދެވުނީ ކަމުގައި ނިންމިއެވެ.
ލައުހާގެ ސިއްހަތު ދުވަހެއް ދުވަހަކަށް އައީ ރަގަޅުވަމުންނެވެ. ލައުހާގެ ބަޔާނުގެ އަލީގައި ލުހްޝާން އާއި އޭނާގެ މަންމައަށް ހައްޤު އަަދަބުލިބުނެވެ. ލައުހާ ދުވަހަކުވެސް ލުހުޝާން އަކަށް މާފެއް ނުކުރާނެވެ. މިއަދަކީ ލައުހާ ގެއަށް ދޫކޮށްލަން ހަމަޖެހިފައިވާ ދުވަސްކަމުން ހައިކަލްވެސް އުޅުނީ ވަަރަށް އަވަދިނެތިކޮށެވެ. ލައުހާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރި ތައްޔާރުކުރުމުގައެވެ.
” ހިނގާ ދާން.. ހުރިހާ ކަމެއް ވެސް ރެޑީ… ލައު ރެޑީތަ…” ހައިަކލް ލައުހާގެ އެއްޗޗެހިތަށް ނަގަމުން ލައުހާ ކުރެން އަހައިލިއެވެ. ވޭތުވެ ދިޔަ މަސްތެރޭ ލައުހާ އަށް ހައިކަލް ގެ ފަރާތުން ނުހަނު އޯގާތެރިކަން ލިބުނެވެ. އަދި އެދެމީހުންގެ ދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެހެނަސް ކިތަންމެ ގާތްކޮށްވާހަކަ ދެއްކިއެއްކަމަކު ދުވަހަކުވެސް ލައު އޭ ކިޔާފައި ހައިކަލް ނުގޮވައެވެ. ހައިކަލްްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެެހެންވެއެވެ. އެއީ ހައިކަލް ކުރިން ލައުހާއަށް ގޮވައި އުޅުނު ގތެވެ. އަނެއްކާވެސް ހައިކަލް ގޮވާލުމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ހައިކަލްއަށް އެއްވެސް އެއްޗެތް ހަދާން ނުވާނީ ބާވައެވެ. ނޫނީ ލުހުޝާން ބުނި އެކްސިޓްގެ ސަބަބުން ވީކަމެއް ބާވައޭ ލައުހާ ހިތަށް ފުރަތަަމަ ފަހަރަށް އެރިއެވެ. އެހެން ނޫނީ އެހާ ނޯމަލް ކޮށް ހައިކަލް އުޅެނީ ކިހިނެތް ހެއްޔެވެ.
ލައުހާ ގެއަށް ބަދަލްކުރިފަހުން ހައިކަލް ގިނައިރު ގޭގައި ހޭދަކުރެވޭތޯ މަސައްކަތްކުރިއެވެ. ހައިކަލްގެ އޯގާތެރިކަން ފެނިފައި ލައުހާ ހުންނީ ބަސްހުއްޓިފައެވެ. ބައެއް ފަހަރު އަމިއްލަ ތަޤްދީރާއި މެދު ޝަކުވާކުރެވއެވެ. ހައިކަލް ފަދަ ރަގަޅު ބައިވެރިއަކު ނުލިބުނީތީއެވެ. ހައިކަލްގެ އެހީތެރިކަމާއި އެކު ލައުހާ ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް ނިންމިއެވެ. އަމިއްލަ ފައި މައްޗަށް ތެދުވުމަށް ނިންމީ މާޒީގެ ހިތި ހަދާންތަކާ ދުރުވުމަށެވެ.
………………………………………………………………………………………………….
ހަތަރު މަސް ފަހެވެ. ލައުހާވެސް މިހާރު ގޭގައި ފަހާ މަސައްކަތް ކުރެއެވެ. އަމިއްލަ އަށް ލާރި ލިބެން ފެށުމުން ދިރިއުޅުމުގައި ކުރިއަށް ދެވޭނެ މަގު ލައުހާއަށް ތަނަވަސްވިއެވެ. ކޮންމެ ފަހަރަކު ހައިކަލް ކައިރީ ބޭނުންވާ އެއްޗެހި ހޯދަން ބުނަން ލައުހާއަށް އުދަނގުލެވެ. ހއިކަލްވެސް ބޭނުންވަނީ އެގޮތެވެ.
ރޭގަނޑުގެ ވަގުތެވެ. ބޭރުގައި ހަދާފައިވާ ސާފު ފަތާފެންގަނޑު ކައިރީ މަޑުކޮށްލައިގެން ހައިކަލް ހުރީ ހިޔާލަކަށް ގެއްލިފައެވެ. ހައިކަލް ވިސްނަމުން ދިޔައީ ލައުހާއާއި މެދުގައެވެ. މިހާރަކަށް އައިސް ފެންނަމުންދާ ހުވަފެންތަކާއި ހައިކަލްގެ ހަޔާތާއި ކޮންމެވެސް ގުޅުމެއްވާހެން ހައިކަލް އަށް ހީވެއެވެ. ޖީބުން ފޯން ރިންގް ވާން ފެށުމުން ހައިކަލް ފޯނުނަގައި ސްކްރީންގައި އިން ނަންބަރަށް ބަލައިލިއެވެ. ގުޅަނީ ހައިކަލްގެ އަންކަލް އާތިފް އެވެ.
” ހަލޯ… އަންކަލް… ކިހިނެތް…” ހައިކަލް ފޯނަށް ޖަވާބުދާރީވިއެވެ. އެކޮޅުން ވާހަކަދައްކަމުން ދިޔަ އަންކަލް އާތިފް އަށް ހައިކަލް ކަމަކާ ފިކުރުކުރާހެން ހީވިއެވެ. ހިނިތުންވުމަށް ފަހު ކަމެއް ނުވެޔޭ ބުނުމުންވެސް އާތިފްކިޔަދިނުމަށް އެދުނެވެ. ހައިކަލްގެ މައިންބަފައިން އެކްސިޑެންޓްގައި ނިޔާވިފަހުން ހައިކަލްގެ ހުރިޙާ ކަމެއްވެސް ބަލަމުންދިޔައީ އާތިފްއެވެ.
“އަންކަލް… އަޅުގަނޑު ބޭނުން ސުވާލެއް ކުރަން… އަންކަލް އަޅުގަނޑު ދުވަހަކުވެސް ރާއްޖެއަކަށް ނާންނާންތަ…؟” ހައިކަލް ކޮށްލި ސުވާލަކުން އާތިފް އަށް ސިހުން ލިބުނެެވެ. އަދި ޖަވާބުގައި އާއެކޭ ބުނެލީ ކަމެއް ސިއްރުކުރަން އުޅޭފަދަ ގޮތަކަށެވެ.

” ދެން ކީއްވެތަ އަޅުގަނޑަށް ކޮންމެ ފަހަރަކު ބޮލުގަ ރިއްސާފަ ފާޑުފާޑު ހުވަފެން ފެންނަނީ.. ކީއްވެތަ ކޮންމެ ފަހަރަކު ލައުހާ ފެންނަނީ… އަންކަލް ޕްލީޒް…” ހައިކަލްގެ އަޑުގައި ވާ ނުތަނަވަސްކަން އާތިފްއަށް ކިތަންމެ ރަގަލަށްވެސް ފާހަގަވިއެވެ. ހައިކަލްއަށް ހަޤީޤަތް އެނގޭ ވަގުތު ކައިރިވެއްޖެކަން އާތިފްއަށް ވިސްނެން ފަަށއިފިއެވެ.
” ލައުހާ އޭ ތަ…” ބޭ އިހްތިޔާރުގަައި އާތިފް އަށް ބުނެވުނެވެ. ހައިކަލް އންްކަލް ކައިރި ލައުހާ ދަންނަންތޯ ސުވާލުކުރަން ފެށުމުން އެންމެ ފަހު އަންކަލް ނިންނީ އެއްވެސް ކަމެއް ސިއްރުނުކުރާށެވެ.
” ހައިކަލް… އަންކަލްއަށް އެނގޭ އަންކަލް ބުނަން މިއުޅޭ ވާހަކައިން ހައިކަލް ވަރަށް ރުޅި އަންނާނެކަން… އެކަމަކު އަންކަލް އެގޮތަށް ކަންތައް ކުރީ ހައިކަލް އަށް ލިބިދާނެ ދެރައަކުން ސަލާމަތް ކުރަން..” އާތިފްްގެ ވާހަކަ ހުރިގޮތުން ހައިކަލްްގެ ހިތުގައި އެތަށް ސުވާލެއް އުފެދުނެއެވެ. އެހެންނަމަވެސް ބަހެއް ނުބުނެ ހުރީ އަންްކަލް އަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
” ހައިކަލް.. ހައިކަލް އެކްސިޑެންވުމުގެ ކުރިން ހައިކަލް ޗުއްޓީއަށް ރާއްޖެ އައީ…އާއިލާ އާއި އެއްކޮށް… އެދަތުރު ނިންމާފަ ކިޔަވަން ދިޔައިރު ހައިކަލް ދިޔައީ އެހެން ކުއްޖަކާށް ހިތްދީފަ… މިބުނި ކުއްޖަކީ ލައުހާ.. ހިއެއް ނުވޭ ހައިކަލް މީގެއިން އެއްވެސް އެއްޗެއް ހަދާންް ހުންނާނެ ހެނެއް.. އެކުއްޖާގެ އާއިލާގެ ނިކަމެތިކަމުންނާއި ހައިކަލްއަށް ލިބިދާނެ ދެރައަކަށް ޓަކައި ހައިކަލްގެ މަންމަ އާއި ބައްޕަ ހައިކަލްގެ އެގުލުމާއި ވަރަށް ދެކޮޅު ހެދި… އެކަމަކުވެސް ހައިކަލް ހުރީ އެ ލޯބީ ގައި ސާބިތުކޮށް… ހައިކަލްގެ އެކްސިޓެންޓްވީ ދުވަހަކީ ލައުހާ އެހެން މީހަކާއި ކައިވެނި ކުރި ދުވަސް … ލައުހާ އަށް މަޖްބޫރުން ކުރުވި ކައިވެންޏެއް އެއީ … ހައިކަލްގެ މައިންބަފައިން ލައުހާގެ ދައްތައާއި ބޭބެއަށް ލާރިދީގެން ކުރުވި ކަމެއް އެއީ… އެހެންވެ ހުރިހާ ކަމެއް ހައިކަލް އަށް ސިއްރުކުރީ…ހައިކަލް އަށް ހުރިހާ ހަޤީޤަތެް އެނގޭ ދުވަހަކުން ދެރަވާނެ ވަރު އެނގޭތީ..” އަންކަލް އާތިފް ފޯނުން ހުރިހާ ވާހަކައެއް ހައިކަލްއާއި ހިއްސާކުރިއިރު ހައިކަލް އަށް ހުރީ ރޮވިފައެވެ. މަންމަމެން މިހާ ބޮޑު ލަޑެއް ދީފާނެ ކަމަކަށް ހައިކަލް ހިއެއް ނުކުރެއެވެ. އެކަމަކު ވެސް މައިންބަފައިންނަށް ހިތުން ރުހުމުން މާފު ދިނެވެ. އަންކަލް އަށް ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ސިކުނޑިއަށް ޖަމާވާން ފެށި ހިޔާލުތަކުން ބޮލުގައި ރިހުން ގަދަވާން ފެށިއެވެ. ހައިކަލް ދވެފައިގޮސް ޓެރަސް މައްޗަށް އެރިއެވެ. ކޮންމެ ރެއަކު މިގަނޑީގައި ލައުހާ އެތާ އިންނަކަން ހައިކަލްއާށް އެނގޭތީއެވެ. ލައުހާ އިނީ އުދޯލީގައި ލެނގިލައިގެންނެވެ. ހައިކަލް ކުއްލިއަކަށް އައުމުން ހައިކަލްއާއި ދިމާލަށް ބަލާލިއެވެ.
ހައިކަލް އައިސް ލައުހާގެ ކައިރީގައި އިށިންދެލިއެވެ. ހައިކަލްގެ ލޮލުގައި އަޅައިގަތީ ލއުހާގެ އަތުގައި އޮތް އަގޮޓިއެވެ.
” މީ ކާކު ދިން އެއްޗެއް..” ހައިކަލް ލައުހާގެ އަގޮޓީއަށް އިޝާރާތްކުރަމުން ސުވާލުކޮށްލިއެވެ.
“މީ… ވަރަށް ކުރިންވެސް އޮންނަ އެއްޗެއް މީ… ” ލައުހާ ހައިކަލް އަށް ބާލލިއެވެ. ހަމަ ރަގަޅަށްވެސް މީކާކު ދިން އެއްޗެއްކަން ނޭނގެނީހޭ ބުނާފަދައަކުންނެވެ.
” ތީ ކާކު ދިން އެއްޗެއްހޭ..” ހައިކަލް އަނެއްކާވެސް ސުވާލުތަކުރާރު ކޮށްލިއެވެ. ލައުހާ އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ހައިކަލް ލައުހާގެ އަތުގައި ހިފައި އެ އަގޮޓި ދަމައިގަތެވެ.
” ހައިކަލް ތީ އެއްވެސް ގޮތެއް ނޫން… އަމިއްލާއަށް ދީފަ ބޭނުން އިރަކުން ނުނެގޭޭނެ ..” ލައުހާ ހިތްހަމަ ނުޖެހިގައި ޝަކުވާކޮށްލިއެވެ. އެވަގުތު މިބުނެވުނު އެއްޗެއް ހަދާންވުމުން ލައުހާ އަގަމަތީގައި އަތް އެޅުނެވެ. ބުނަން ނުޖެހޭ ކަހަލަ އެއްޗެއް ބުނެވުނު ހެން ހީވުމުންނެވެ. ހައިކަލް ގާތަށް ހިނިއައެވެ. ލައުހާ ވަރަށް ދުވަސް ވަންދެން ސިއްރުކޮށްފިތާއޭ ހައިކަލް ހިތަށް އެރިއެވެ.
” އަހަރެން ކޮން އިރަކުން ދިނީ… ” ހައިކަލް ނޭނގޭކަމަށް ހަދާފައި ސުވާލުކޮށްލިއެވެ. ލައުހާ އުޅޭގޮތުން ހީވަނީ ވަރަށް ބޮޑު ކުށެއް ކުރެވިގެން އުޅޭމީހެއް ހެނެވެ.މީހާގެ މޫނުމަތިން ދާހިއްލަން ފަށާއިފައިއެވެ.
” ތީ ލުހުޝާން ދިން އެއްޗެއް…” ވަރަށް އުދަނގުލުން ލައުހާއަށް ބުނެވުނެވެ. ހައިކަލް ލައުހާގެ މުނަށް ބަލަހައްޓައިގެން ހުރުމުން ލައުހާ އިސްޖަހާލިއެވެ.
” ލައު… މީ އަހަރެން ލައު އަށް ޕްރޮޕޯޒްކުރި އަގޮޓިއެއް ނޫންތަ..” ހައިކަލް ލައުހާއަށް އަގޮޓި ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ. ލައުހާއަށް ލިބުނީ ހައިރާންކަމެކެވެ.
” ކިހިނެތް ހައިކަލް އަށް އެނގުނީ… އަހަރެން ހީކުރީ ..” ހައިކަލްް ލައުހާއަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދިނެވެ.
” އަހަރެން ހަމަ ގަސްދުގަ އޭތަ ނޭނގޭ ކަމަށް ހަދާފަ އުޅުނީ.. ނޫނީ ލައުހާ މަތިން ފޫހިވީމަ.. ނޫނީ އެހެން މީހަކާއި އިނދެގެން ހުރީމަ…؟ ” ހައިކަލް އެއްފަހަރާ ސުވާލުތަށް އަމުނައިލިއެވެ.
“ލައުހާ… އަހަންނަށް މާފުކުރޭ… އަހަރެންގެ ސަބަބުން ލައުހާގެ ދިރިއުޅުން ބަރުބާދުވީ… ކޮންމެ ގޮތެއްވިޔަސް ކުށްވެރިއަކީ އަހަރެން…” ހައިކަލް ކަކޫމައްޗަށް ތިރިވެ ލައުހާއަށް ބަލަން ހުރެ ކުރިއަށް ގެންދިޔައެވެ.
” އެކްސިޑެންޓް ގެ ސަބަބުން އަަހަރެންގެ ހަދާނުން ބައެއް ފޮހެވިގެން ދިޔައީ…. އެދުވަހު ކަމަށް ވަނީ ލައުހާ އެހެން މީހަކާއި އިނީ… އެހެންވެ ހޭ އެރުމުން އަންކަލް އަހަންނަށް ސިއްރުކުރީ… އަހަންނަށް ކުޑަކޮށްވެސް ހަދާން ހުރިނަމަ ލައުހާ މީހެއްގެ ހައްޤަކަށް ވިޔަސް އަހަރެންގެ ހައްޤަކަށް ހެދީމުސްް… އައި އެމް ސޮރީ..” ހައިކަލްގެ ވާހަކަތަކުން ލައުހާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ލައުހާގެ ހިތް އަބަދުވެސް ބުނަނީ ހައިކަލް ލައުހާއަށް ދޫކޮށްފައި ނުދާނޭ ކަމުގައެވެ. ތަގްދީރުގެ ރޭވުމުގައި ދެމީހުން ދުރުވާން މަޖްބޫރު ވީއެވެ.
“ނޫން.. ހައިކަލް… އޓްސް އޯކޭ.. އެއީ އަހަރުމެންނަށް ހުރިގޮތް… ވަރަށް އުފާވެއްޖެ ހައިކަލްއަށް ހުރިހާ އެއްޗެއް ހަދާންވީތީ … އެކަމަކު.. އަހަރެން ކަހަލަ މީހަކު ހައިކަލް އަށް އެކަށީގެންނުވާނެ…” ލައުހާ ހައިކަލްއަށް ފަސްދިނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފުހެލަމުންނެވެ. ހައިކަލް ކޮޅަށް ތެދުވެ ލައުހާގެ ކުރިމައްޗަށް ހުއްޓުނެވެ.
” އަހަންނަކަށް އަދިވެސް ނޭނގެ އަހަރުމެންގެ ދިރިއުޅުމުގައި ހިނގީ ކަމެއް އެހާ ރަގަޅަކަށް… އެނގޭކަށް ވެސް ބޭނުމެއް ނޫން… އަހަންނަށް އެނގޭހާވެސް އެއްޗަކީ އޭރުވެސް މިހާރުވެސް އަހަރެން ލޯބިވަނީ ހަމައެކަނި ލައު ދެކެކަން… ތި ނޫން އެެހެން މީހެއް އަހަންނާއި އެކަށީގެން ނުވާކަން… ވިލް ޔޫ މެރީ މީ ލައު..” ހައިކަލް ލައުހާ އަށް އެ އަގޮޓި ދިއްކޮށްލިއެވެ. ލައުހާ ވެސް އަތް ކުރިއަށް ލުމުން ހައިކަލް ލައުހާގެ އަތުގައި އަގޮޓި އަޅުވައި ދިނެވެ. ވަރަށް ލޯބިން ލައުހާ މެޔާލައި ބޮޑި ކޮށްލީ ދެން ދުރަށް ދާން ބޭނުން ނުވާ ގޮތަށެވެ.
” އައި ލަވް ޔޫ ހައިކަލް… ޕްލީޒް ދެން ދުވަހަކު ވެސް އަހަންނާ ދުރަށް ނުދައްޗޭ.. ” ލަައުހާވެސް ހައިކަލްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އެތަށް ޒަމާނެއް ވަންދެން ބީވުމަށް ފަހު ދެ ލޯބިވެރިން އެއްތަން ވީއެވެ.
ހައިކަލް އާއި ލައުހާ އެރޭ މުސްތަޤްބަލަށް ފޮނި އުއްމީދު ތަކެއް ކުރަމުން ހަނދުވަރުގެ އަލިކަން ދެކިލަން އެތަށް އިރެއް ވަންދެން ތިއްބެވެ. މާޒީގައި ވީ ކަމަކުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ތަން ރަގަޅުކުރުމުގެ އަޒުމުގައެވެ. ބުނާ ކަހަލައެވެ. ޔާރާއެވެ.. ދެން ދުވަހަކުވެސް ކަލާއާއި ވަކިނުވާނަމެވެ. މުޅި އުމުރަށް ވެސް ޔާރާ އާއި އެކީ ވާނަމެވެ…
ނިމުނީ

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ހިމަފޮދުވާރޭ(ވަރަށް އަވަހަށް ނިކުންނަނީ! އިންތިޒާރު ކުރައްވާ!)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Next
September 13, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Previews
September 12, 2015

ހިމަފޮދުވާރޭ(ވަރަށް އަވަހަށް ނިކުންނަނީ! އިންތިޒާރު ކުރައްވާ!)

23 Comments!

  1. writer says:
    September 13, 2015 at 1:00 am

    thank you readers… mi story mihaa hisaabun mi kuru kohly writer ge ehn story eh genes dhinumuge ummedh ga… sorry for the delay

  2. eem says:
    September 13, 2015 at 1:25 am

    🙂 nice masha allah

  3. Bablicious says:
    September 13, 2015 at 1:47 am

    Maasha allah carah furihama vaaharh .
    Hoping for more stories from you

  4. zai says:
    September 13, 2015 at 2:15 am

    Mi story nimendheka kiyaa hithun hama kiyaa levun story eh..hop writter ge ehen story eh v avahah fennaane kamah.. ?

  5. aria says:
    September 13, 2015 at 8:34 am

    Wow..vvvvv reethi mi story…

  6. sharu says:
    September 13, 2015 at 8:57 am

    Vvv salhi fahu part ves

  7. saamy says:
    September 13, 2015 at 9:46 am

    v salhi vaahakaeh mee. kiyaahithun hurihaa baeh ves kiyunu. @-}–:-)

  8. nazi says:
    September 13, 2015 at 11:29 am

    vara vara reethi

  9. ainth says:
    September 13, 2015 at 11:37 am

    Varah reethi mivaahaka. Kiyaahithun kee

  10. ainth says:
    September 13, 2015 at 11:37 am

    Varah reethi mivaahaka. Kiyaahithun kee

  11. ainth says:
    September 13, 2015 at 11:37 am

    Varah reethi mivaahaka. Kiyaahithun kee

  12. lnaya says:
    September 13, 2015 at 2:42 pm

    Lauhaage bappa aky kaaku

  13. haaa says:
    September 13, 2015 at 2:46 pm

    lauha ge mamma maruvumun lauha ehn myhaka havaal kohfa balai dhinyma mudaa libey gothah agreement kohfa dhiyae nu. efahun habareh nuwaa kamah dhw vany.
    v nyc mi story

    1. writer says:
      September 14, 2015 at 11:10 pm

      thank you

  14. @ says:
    September 13, 2015 at 3:00 pm

    nice

    1. writer says:
      September 14, 2015 at 11:01 pm

      thank you

  15. Faathun says:
    September 13, 2015 at 7:02 pm

    V v v salhi vaahaka eh

    1. writer says:
      September 14, 2015 at 11:00 pm

      thank you

  16. kiyuntheriyaa says:
    September 14, 2015 at 2:00 pm

    v reethi vaahakeh…hope to read a tory written by you soon writer…

    1. writer says:
      September 14, 2015 at 10:59 pm

      thank you … insha allah v avahah writer ge aa story eh genesdhevey tho massakai kuraanan… 😀

  17. yaaara says:
    September 15, 2015 at 10:34 am

    salhi..:)

  18. rau says:
    September 15, 2015 at 1:29 pm

    asluves varah fahkaa….

  19. Nuu says:
    September 21, 2015 at 9:44 am

    salhi

Comments are closed.


All Right Reserved!