Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (15 ވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 14, 2015 9 Mins Read
46 Comments

ރާކިން ދިމްޔާގެ މޫނަށް ބަލާލިއިރު ދިމްޔާވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ދިމްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ރާކިންގެ ގައިން ދޫކޮށްލަމުން ދިމްޔާ މާފަށް އެދުމަށްފަހު ޝުކުރުވެސް އަދާކޮށްލިއެވެ. ނަމަވެސް ރާކިން އަނގައިންވެސް ނުބުނެ އޭނާގެ ތޫނު ދެލޮލުން ދިމްޔާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ދިމްޔާގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވެފައެވެ.

“ރެކް އަހަރެންގެ އަތް….” ރާކިން ދިމްޔާ ވެއްޓެންދާންފެށުމުން އަތުގެ މުލައްދަނޑީގައި އޭރު ހިފެހެއްޓިގޮތަށް ދޫކޮށްނުލާ ހުރުމުން ދިމްޔާ މަޑުމަޑުން ބުނެލިއެވެ. ދިމްޔާ މިހެން ބުނުމުން ރާކިން ކުއްލިއަކަށް ދިމްޔާގެ ދެއަތުން ދޫކޮށްލުމަށްފަހު ދުރުބަލާލަމުން ހިންދިރުވާލީ ދެލޯ ފެންކަޅިވާންފެށުމުންނެވެ. ދިމްޔާގެ މަތިން ހަނދާން ނައްތާލެވޭތޯ ރާކިން މަސައްކަތް ކުރިވަރު މާތް ﷲ ދެނެވޮޑިގެންވާނެއެވެ. ނަމަވެސް އަދިއަދަށް ދާންދެންވެސް ރާކިނަކަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަދި އަމުދުން މިގޮތަށް އަބަދު ދިމްޔާ ފެންނަން ވެއްޖިއްޔާ އޭނާ ދިމްޔާ މަތިން ހަނދާން ނައްތާލާނީވެސް ފަހެ ކިހިނަކުންހެއްޔެވެ.؟ ރާކިނަށް އެގޮތަށް ބޭވަފާތެރިވެ އޮޅުވާލާފައި އޭނާގެ ކުރިމައްޗަށް ދިމްޔާ އައިސް އުޅެން ކެރޭބާއޭ ރާކިންގެ ހިތަށް އެރިއެވެ.

ރާކިންގެ ގާތުގައި ހުރެފައި ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު ދިމްޔާ ރާކިންގެ ފުރަގަހަށްވަނީ އީމަން އަންނަ އަޑު އިވުމުންނެވެ. ދިމްޔާގެ ހޫނު ނޭވާތައް ރާކިންގެ ބުރަކަށްޓަށް އެޅެމުން ދިޔައެވެ. އެހާގާތުގައި ދިމްޔާ ހުރުމުން ރާކިނަށް އުނދަގޫވާންފެށިއެވެ. ދެއަތް މުށްކަވާލަމުން ރާކިން އަނގަމެޅީ އެއްޗެއް ބުނުމަށެވެ. ނަމަވެސް އެވަގުތު އީމަން އެތަނަށް އައުމުން ރާކިން ހަމަޖެހޭގޮތް ދައްކާލިއެވެ.

“ރެކް…. މިތާތަ….؟؟؟ ފާހާނާއަށް ވަދެފައި މިއަންނަނީއޭ ބުނިމީހާވިއްޔަ…. ލަސްވީމަ އަހަރެން ހީކުރީ މިރޭވެސް ދެން ކޮޓަރިން ނުނިކުންނާނެ ކަމަށް….” އީމަން ވާހަކަ ދެއްކުމުންވެސް ރާކިން އަނގައަކަން ނުބުނެއެވެ. އޭނާ ހުރީ އީމަނާއިވެސް ކުރިމަތިލާން އުނދަގޫވެފައެވެ. ނަމަވެސް އީމަން އެކަމަކާ މާބޮޑަކަށް އަޅައެއް ނުލައެވެ.

“މާޔާ ދެކުނިންތަ..؟؟؟” އީމަން މިހެން އަހާލުމުން ރާކިން ލޮލުގެ ކޮޅުން ފަހަތް ފެންނާނެހެން ކަނާތްފަޅިއަށް ބަލާލީއެވެ. ރާކިން ދެންވެސް އަނގައަކުން ނުބުނެއެވެ. އެއްފަރާތްވެލީއެވެ. އެވަގުތު އީމަނަށް ރާކިންގެ ފުރަގަހަށް ވަދެހުރި ދިމްޔާ ފެނުމުން ހޭންފެށިއެވެ. ދިމްޔާވެސް ހެމުން ހެމުން އައިސް އީމަންގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ރާކިނަށް މިތަންފެނުމުން އެހެން ދިމާއަކަށް ބަލާލީ އެމަންޒަރު ބަލައިގެން ހިތަށް އިތުރު ވޭނެއް ދޭންބޭނުން ނުވާތީއެވެ.

“ރެކްވެސް މިހާރު ތިހުންނަނީ މާޔާއާއި އެއްކޮޅަށް ދޯ…” އީމަން މަޖާވެލާފައި މިހެން ބުނެލީ ރާކިނަށް ބަލާލަމުން ހީލާފައެވެ.
“އޭނަ އަހަންނާ އެއްކޮޅަށް ހުރިނަމަ އެއްފަރާތެއް ނުވީހެންނު…. ދެން އިމޫއާއި ވިއްޔަ ގާތްގުޅުމެއްވެސް އޮތީ… އަހަރެން މީދުރުމީހާ… އެހެންވީމަ އޭނާ ހުންނާނީ އިމޫގެ ކޮޅަކަންނު…” ދިމްޔާވެސް މަޖާވެލާފައި ރާކިނަށް ބަލާލަމުން ބުނެލިއެވެ. ދިމްޔާ މިހެން ބުނުމުން ރާކިން ދިމްޔާއަށް ބަލާލިއެވެ.

“ކޮބާ މަންމަ…؟؟؟” އިތުރަށް އެތާގައި ހުންނަން ބޭނުން ނުވުމުން ބޮޑުކޮޓަރިއަށް ދާން ހިނގައިގަންނަމުން ރާކިން އަހާލީ އީމަންގެ ގާތުގައެވެ.
“ކޯކް ފުޅިއެއް ގަންނަންށޭ ކިޔާފަ ދިޔައީ… މިހާރު އަންނަން އުޅޭނީ….” ދިމްޔާގެ އަތުގައި ހިފާލައިގެން ހުރެ ރާކިންގެ ފަހަތުން ދަމުން އީމަން ޖަވާބުދިނެވެ.

ބޮޑު ކޮޓަރިއަށް ގޮސް ޓީވީ ހުޅުވާލުމަށްފަހު ރާކިން ސޯފާގައި އިށީނެވެ. އީމަންމެން އައިސް އިށީނީ އޭނާގެ ކުރިމަތީގައި ހުރި ސޯފާގައެވެ. ޓީވީއަށް ބެލުމަށްވުރެ ގިނައިން ރާކިން ބަލަމުންދިޔައީ އޭނާގެ ކުރިމަތީ އިނދެ ސަކަރާތްޖަހަމުން ދިޔަ އީމަންމެންނަށެވެ. ކިތަންމެ ފަހަރަކުވެސް އެމަންޒަރު ބަލަން ބޭނުން ނުވާތީ އެތަނުން ތެދުވެގެން ހިނގައިދާނަމޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ކެތްތެރިވެލައިގެން އިނީ ދިމްޔާއަށް އޭނާއަކީ ފިނޑިއެއްނޫންކަން އަންގައިދިނުމަށެވެ.

މާގިނައިރުތަކެއް ނުވެ ކޯކް ފުޅިއެއް ގަނެގެން ރާނިޔާއައެވެ. އޭނާގެ ފަހަތުންހެން ކަހަލަ ގޮތަކަށް ރީހާންވެސް ގެއަށް ވަދެގެން އައެވެ. އެންމެން ހަމަވުމުން ރޭގަނޑުގެ ކެއުމަށް އިންސާފް ކުރެވެން ފެށުނެވެ. މޭޒުމަތި ފުރާލެވިފައިވަނީ ތަފާތު ވައްތަރުގެ މީރު ކާއެއްޗެހިންނެވެ. ދުވަމުން ދިޔަ މީރުވަހުންއެކަނިވެސް ބަނޑުފުރޭހާވެއެވެ. މޭޒުގެ އެއްފަރާތުގައި ރީހާންގެ ދެމަފިރިން އިށީނދެލައިގެން އިންއިރު މޭޒުގެ އަނެއްފަރާތުގައި ރާކިނާއި އީމަން އަދި ދިމްޔާ އިށީނދެލައިގެން އިނެވެ. އީމަން އިނީ މެދުގައެވެ. އެކިކަހަލަ މަޖާ ވާހަކަ ދައްކަމުން ކެއުން ކުރިއަށް ދިޔައެވެ. ނަމަވެސް ރާކިން އެއިން އެއްވެސް ވާހަކައެއްގައި ބައިވެރިއެއް ނުވެއެވެ. އެހެން އިނދެފައި ރާކިނަށް އެއްލުނު ކަޅިއަކުން ދިމްޔާގެ ފައިގައި އީމަން ފައިން ޖަހާލިތަން ފެނުނެވެ. ދިމްޔާވެސް ބަދަލުގައި އީމަންގެ ފައިގައި ޖަހާލިއެވެ. ދެމީހުން މަޑުމަޑުން ތިބެގެން އެގޮތަށް އެކިސަކަރާތް ޖަހަމުން ދިޔައެވެ. ރާކިނަށް ކެތްކޮށްލެވުނީ އެހިސާބަށެވެ. އޭނާގެ ރުޅިގަދަވާންފެށިއެވެ. އެންމެފަހުން ކެތް ނުވެގެން އަތުގައި އޮތް ސަމްސަލާއި އޫ ތަށިތެރެއަށް ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. ރާކިންގެ މިހަރަކާތުން އެންމެންވެސް ހައިރާންވެފައި ރާކިނަށް ބަލަހައްޓައިގެން އިނެވެ.

“ދަރިފުޅާ ކިހިނެއްވީ؟؟؟ ކީއްވެ ތިތެދުވީ…؟؟؟ އަދި ނުވެސް ނިމެއެއްނު….” ރާކިންގެ ކުރިމަތީ ހުރި ތަށްޓަށް ބަލާލަމުން ރާނިޔާ ބުނެލީ ވަރަށް ލޯބިންނެވެ.
“ދެން ނުކެވޭނެ… ވަރަށް ބޮލުގައި ރިއްސާއެބަ…؟؟؟” މިހެން ބުނެފައި ރާކިން އެތަނުން ނުކުމެގެން ދިޔައީ އެއްވެސް މީހެއްގެ މޫނަށް ބަލާލުމެއް ނެތިއެވެ.
“އަހަންނަކަށް ނޭނގެ މިހާރު ރެކްއަށް ވެފައި ހުންނަ ގޮތެއްވެސް… ހަމަ ތެދެއް މިބުނީ ރެކް އެއުޅޭ ގޮތުން އަހަރެންގެ ބޯގޮވާވަރުވެއްޖެ….” ރާކިން ދިޔަ ދިމާއަށް ބަލަން އިނދެފައި ދެފަރާތަށް ބޯހޫރާލަމުން ރާނިޔާ މިހެން ބުނެލީ އެންމެނަށް ބަލާލަމުންނެވެ.

ކޮޓަރިއާއި ހަމައަށް ދެވުންއިރު ރުޅިއައިސްގެން ގޮސް ރާކިން ތުރުތުރު ލަނީއެވެ. އޭރު އޭނާގެ ދެއަތްވެސް ހުރީ މުށްކަވާލެވިފައެވެ. ކޮޓަރިއަށް ވަން ގޮތަށް ބަން ލާފައި ދޮރުލެއްޕުމަށްފަހު ރީތިވާ މޭޒުމަތީ ހުރި އެއްޗެހިތަކުގައި އަތުން ޖެހިޖެހީނުން ހުރިހާ އެއްޗެއް ތަޅުން މައްޗަށް ވަރާލިއެވެ. އެވަރުންވެސް ހިތްހަމަ ނުޖެހިގެން އަތް މުށްކަވާފައި އަލަމާރީގައި ދެތިންފަހަރު ޖަހާލިއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާގެ އަތަށް ތަދުވިހެންވެސް ހިއެއް ނުވެއެވެ. އޭރު އޭނާގެ ދެލޯވެސް ހުރީ ފެންކަޅިވެފައެވެ. ރުޅިއާއި ހިތާމަ އެކުވުމުން އޭނާއަށް ކެތްކުރުންވީ އުންދަގޫކަމަކަށެވެ. އިރުކޮޅަކު އަލަމާރީގައި ބޯޖަހާލައިގެން ހުރުމަށްފަހު ރާކިން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ގައިގައި އެއްވެސް ވަރެއް ނެތް މީހެއްހެން ހިނގާލާފައި ގޮސް އެނދުގެކޮޅުގައި އިށީނދެ ދެކަކުލުގައި އަތްވިއްދާލަމުން މޫނުގައި ދެއަތް އަޅާލިއެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

ކައިނިމުމުން ތަށިތައް ނެގުމުގައި ދިމްޔާ ރާނިޔާއަށް އެހީވެދެން އުޅުމުން ރީހާނާއިއެކު އީމަން ދިޔައީ ބޮޑުކޮޓަރިއަށެވެ.
“ދައްތާ.. ކީއްކުރަން ތިއުޅެނީ….؟؟؟” ތަށިތައް ފޮހެނިންމާލުމަށްފަހު ރާނިޔާގެ ގާތަށް ގޮސް މަޑުކޮށްލަމުން ދިމްޔާ އަހާލިއެވެ. އޭރު ރާނިޔާ ހުރީ ލުނބޯ ފަނި ގިރާށެވެ.
“ރެކް އެދިޔައީ ނުވެސްކައެއްނު…. އެހެންވެ އޭނައަށް ފަނިތަށްޓެއް ގިރާލަނީ މި….” ދިމްޔާއަށް ހިނިތުންވެލަމުން ރާނިޔާ ބުނެލިއެވެ.
“ގެނޭ އަހަރެން އަތަށް… އަހަރެން ތިފަނި ތަށި ރެކްއަށް ގެންގޮސްދީފާނަން….” ރާނިޔާ ފަނިތަށި ހިފައިގެން ދާންއުޅުމުން ދިމްޔާ ބުނެލިއެވެ. ރާނިޔާ ދިމްޔާގެ އަތަށް ފަނިތަށި ދިނުމުން ދިމްޔާ ހިނގައިގަތީ ރާކިންގެ ކޮޓަރިއާއި ދިމާއަށެވެ.

ދެފަހަރަކު ޓަކިޖެހުމުންވެސް ޚަބަރެއް ނުވުމުން ދިމްޔާ މަޑުމަޑުން ތަޅުގައި ހިފާލިއެވެ. ދޮރުހުރީ ތަޅުނުލާކަމުން ތަޅަށް އަނބުރާލިހާއިރަށް ދޮރުހުޅުވުނެވެ. އެހެނަސް އެކޮޓަރި ތެރެއިން މަރުހަބާކީ ކަޅުއަނދިރިކަމެވެ. ތަނެއް ދޮރެއް ވަކިކުރަން އެނގޭވަރު ނުވުމުން ދިމްޔާ ފާރުގައި އަތްހާކާލިއެވެ. އަތުގައި ފުރަތަމަ ޖެހުނު ސުވިޗަށް ފިތާލުމާއިއެކު މުޅި ކޮޓަރިތެރެ އެކީ އަލިވެގެން ދިޔައެވެ. ހައިރާން ކަމާއިއެކު ކޮޓަރީގެ އެކި ދިމަދިމާއަށް ދިމްޔާއަށް ނަޒަރު ހިންގާލެވުނީ ކޮޓަރިތެރެ އޮތްގޮތް ފެނުމުންނެވެ. އެތަންމިތަނަށް އުކާލާފައި ހުރި އެއްޗެހިތަކަށް ބަލާލަމުން އޭނާ ދެން ބަލާލީ އެނދުގެ ކޮޅުގައި އިށިނދެލައިގެން އިން ރާކިނަށެވެ. އޭރުވެސް ރާކިން އިނީ ކަކުލުގައި ދެއަތްވިއްދާލައިގެން ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ދިމްޔާ ލަސްލަހުން ހިނގާލާފައި ގޮސް ރާކިންގެ ގާތުގައި މަޑުކޮށްލުމަށްފަހު މަޑުމަޑުން ރާކިނަށް ގޮވާލިއެވެ. ދިމްޔާގެ އަޑަށް ރާކިން އިސްއުފުލާ ބަލާލިއެވެ. އެވަގުތުމެ ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައީ ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވާ ރާކިންގެ ދެލޯ ފެނުމުންނެވެ. މޫނުމަތިވެސް ރަތްކަމުންގޮސް ހީވަނީ ލޭކޮޅެއް ހެންނެވެ. ދިމްޔާއަށް އަނގަމަތީ އަތްއަޅާލެވުނީ ހައިރާންވީވަރުންނެވެ. އޭނާގެ އުމުރުން ބާވީސް އަހަރުވީއިރު އަދި މިނޫނީ ފިރިހެނަކު ރޮއެފައިވާތަނެއް ނުދެކެއެވެ. ހައިރާންވުމުގެ އިތުރަށް ރާކިންގެ ހާލު ފެނުމުން ދިމްޔާ ދެރަވެސްވިއެވެ. ރާކިނަށްޓަކައި އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

ކުއްލިއަކަށް ނުވެސް ވިސްނާ ހުއްޓާ އެކޮޓަރިއަށް ދިމްޔާ އައުމުން ރާކިންގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އަދިއެވެސް އޭނާ އެހާލުގައި ވަނިކޮށެވެ. އޭނާ އެހާލުގައި އިންދާ އެއްވެސް މީހަކަށް ފެންނާކަށް ރާކިން ނޭދެއެވެ. ޚާއްސަކޮށް ދިމްޔާއަށެވެ. ރާކިން ކޮޅަށް ތެދުވަމުން ދިމްޔާއަށް އޭނާގެ ތޫނު ދެލޯ އަމާޒުކޮށްލިއެވެ.
“މިތާ ކީއްކުރަނީ…..؟؟؟؟” ހަމައެގޮތަށް ދިމްޔާއަށް ބަލަހައްޓައިގެން ހުރެ ރާކިން ބުނެލީ ވަރަށް ހަރުކަށިގޮތަކަށެވެ. ދިމްޔާ ކުޑަކޮށް ސިހުންވާގޮތްވިއެވެ. ރާކިން ހިތްހަމަނުޖެހިފައި ހުރުމުން ދިމްޔާހުރީ ޖެހިލުންވެފައެވެ.
“ފަ..ފަނި… ލުނބޯ.. ފަނި….” އަޅައަޅާގަންނަމުން ދިމްޔާ މިހެން ބުނެލީ އަތުގައި ހުރި ފަނި ތަށި ރާކިނަށް ދިއްކޮށްލަމުންނެވެ. ރާކިންގެ ރުޅިވީ ހައްތަހާ ގަދައެވެ. ދިމްޔާގެ އަތުން ފަނިތަށި އަތްލުމަށްފަހު ގެންގޮސް ރީތިވާ މޭޒުމަތީ ބެހެއްޓުމަށްފަހު އެނބުރި ބަލާލިއިރު ދިމްޔާއިނީ ތަޅުންމަތީ ވެރިފައި ހުރި ސާމާނުތައް ހޮވާށެވެ. އުނަގަނޑުގައި އެއްއަތް ވިއްދާލަމުން ރާކިން ދިމްޔާއަށް ބަލަން ހުރެފައި ދިޔަގޮތަށްގޮސް ދިމްޔާގެ އަތުގެ މުލައްދނަޑީގައި ހިފައި ކޮޅަށް ނެގިއެވެ. ރާކިން ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ތަދުވީނަމަވެސް ބުނަން ނުކެރިފައި ހުރެ ދިމްޔާ ރާކިނަށް ބަލާލަމުން ހިންދިރުވާލީ ރާކިންގެ ތޫނު ދެލޯ އޭނާގެ ދެލޮލާ އަމާޒުވުމުން ޖެހިލުންވެގެންނެވެ.
” މިހާރު މާރަނގަޅު މީހަކަށް ވެގެން ކޮންކަމެއް ސާބިތުކޮށްދޭންތަ ދިމްޔާ ތިއުޅެނީ….؟؟؟” ދިމްޔާގެ މޫނުގައި މޫނު ޖެހޭހާގާތްކޮށްލަމުން މިހެން ބުނެލިއިރު ރުޅިއައިސްގެން ގޮސް ރާކިން ތުރުތުރުލަނީއެވެ. ރާކިންގެ ހަރަކާތްތައް ހުރިގޮތުން ބިރުންގޮސް ދިމްޔާގެ ދެލޯ ފެންކަޅިވިއެވެ.
“އަހަންނަކަށް… އަހަންނަކަށް ނޭނގެ ރެކް ތިކިޔާ އެއްޗެއް….” ރާކިން ކިޔާއެއްޗެއް ނުވިސްނުމުން ދިމްޔާ ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަތިއްކެއް ފައިބައިފިއެވެ.
“ހައް… ރަނގަޅަށް ތިބުނީ… އަހަރެން މީ ކާކުކަން ނޭނގޭކަމަށް ހަދައިގެން އުޅޭމީހަކަށް އަހަރެން މިކިޔާ އެއްޗެއްވެސް ނޭނގޭނެއެއްނު….” ކުއްލިއަކަށް ދިމްޔާގެ އަތުން ދޫކޮށްލަމުން ރާކިން މިހެން ބުނެލީ މަލާމާތުގެ ރާގެއްގައެވެ. ދިމްޔާ ހައިރާންވެ ހުރެ ރާކިނަށް ބަލާލިއިރު އޭނާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. މިނޫނީ އަދި ދުވަހަކުވެސް އެއްވެސް މީހަކު އޭނާއާއި ދޭތެރޭ އެގޮތަކަށް ކަންތަކެއް ނުކުރެއެވެ. ދުވަހަކުވެސް އެއްވެސް މީހަކު އޭނާދެކެ ރުޅިއައިސްގެން އަޑުލާ ހެދިހަނދާނެއް ދިމްޔާ ނުވެއެވެ. ނަމަވެސް ރާކިން އެނާދެކެ އެހާ ރުޅިއަންނަނީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ.

“އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނިސް މިތަނުންދޭ…” މިހެން ބުނެފައި ރާކިން ދިމްޔާއަށް ފަސްދިނެވެ. އޭރު ރާކިންގެ ދެލޮލަށް ޖަމާވެފައިވާ ހޫނު ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތްމަތީ ފިރުކިގެންގޮސް ފައިބައިގެންފިއެވެ. ދިމްޔާއަށް ކިތަންމެވަރަކަށް ނަފްރަތުކުރަން ބޭނުންވި ކަމުގައި ވިޔަސް އެރީތި ދެލޮލުން ކަރުނަ އޮހޭތަން ބެލުމަކީ ރާކިނަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ.
އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދިމްޔާ އެކޮޓަރިން ނުކުތެވެ. ރޮއެފައި ހުރެ އީމަންގެ ކުރިމައްޗަށް އަރަން ބޭނުން ނުވުމުން އޭނާ ދިޔައީ ގޭގެ އަނެއްފަރާތުގައިވާ ބަގީޗާއަށެވެ.

ދިމްޔާގެ ޚަބަރެއް ނުވުމުން ގޭގެ އެތަން މިތަން ހޯދަމުން ގޮސް ބަގީޗާއަށް ނުކުތް އީމަނަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ބަގީޗާތެރޭގައި ހުރި ރަތްކުލައިގެ ކުދި ބޯގަންވިލާމާ ގަސްކައިރީގައި އޭނާއަށް ފުރަގަސްދީގެން ހުރި ދިމްޔާ ފެނުމުންނެވެ.
“އަދި އަލަށް މިގެއަށް އައީ… އެހާއަވަހަށް ދެފައި ދިގުވެގެން މުޅި ގޭތެރެ ހޯދާ ބެލީ ދޯ….” އަވަސް ހަރަކާތަކާއެކީ ދިމްޔާ ދެލޯ ފުހެލީ ފަހަތުން އީމަންގެ އަޑު އިވުމުންނެވެ. އޭރު އީމަން ހުރީ ދިމްޔާގެ ފުރަގަހުގައި ހުއްޓިލައިގެންނެވެ.
“މާޔާ ނުފެނިގެން އަހަރެން މިއައީ މުޅި ގޭތެރޭގައި އަތްފުނާއަޅާފައި….” ދިމްޔާގެ ކުރިމައްޗަށް އަރާ އީމަން މިހެން ބުނެލީ ދިމްޔާގެ ކޮލުގައި ހިފައިލަމުންނެވެ.
“ހުއް އަހަރެން ހޯދަންށޭ ކިޔާފަ ދެން އަތްފުނާއަޅަން ޖެހޭތަ…؟؟؟” ރުޅިއައިކަމަށް ހަދާލާފައި ދިމްޔާ މިހެން ބުނެލީ މީހާ ހަމައަކަށް އެޅިލަމުންނެވެ. ކުޑަވަގުތުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާ އީމަނަށް ފަހުމްވާކަށް ދިމްޔާ ނޭދެއެވެ. އެހެންކަމުން އޭނާބެލީ އާދައިގެ މަތިން އީމަނާއި ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކޭތޯއެވެ. ކަންތައް ވީވެސް އޭނާ ބޭނުންވިގޮތަށެވެ. ދިމްޔާ ވާހަކަ ދެއްކި ރާގުން އޭނާއަށް ބަދަލެއް އައިސްފައިވާކަން އީމަނަށް ފާހަގައެއް ނުކުރެވުނެވެ.

“އަސްލުވެސްތަ… އޭނަ ހަމަ ތިގެއަށް ދިޔަތަ…؟؟؟” ދެލޯ ބޮޑުކޮށްލައިގެން އިނދެ ޖަޒްލީ މިހެން ބުނެލީ ރާކިންގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. ރާކިން ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމަށްފަހު ވެނީލާ މިލްކްޝޭކް ތަށިން އެތި ފޮދެއް ބޯލިއެވެ. އެމީހުން ތިބީ އޮރިގާނޯ ރެސްޓޯރެންޓުގައެވެ.
“އޭނާގާތުގައި އެގޮތަށް ކަންތައްކުރީ ކީއްވެތޯ އެހިންތަ…؟؟؟” ރުހާގެ ސަމާލުކަން ރާކިނަށް ދެމުން މިހެން އަހާލީ ވަރަށް ބޮޑަށް އޮޅުން ފިލުވަން ބޭނުންވެފައި އިންފަދައަކުންނެވެ.
“އެހިތްވަރެއް އަހަންނަކަށް ނުލިބުން…. ނޭނގެ ކީއްވެ ކަމެއް… އޭނާއާއި ދިމާއަށް އެގޮތަށް އެއްޗެހިކިޔުނީމަ ވަރަށް ދެރަވި…. އަދިވެސް އަހަރެންގެ ހިތަކަށް އެކަމުން ތަސައްލީއެއް ނުލިބޭ… ހައްތަހާ އުނދަގޫވަނީ… ދިމް އަހަންނާ ދޭތެރޭ އެގޮތަށް ކަންތައްކުރިޔަސް އަހަންނަށް ވަރަށް އުނދަގޫ އޭނައާއި ދޭތެރޭ ގޯސްކޮށް ކަންތައްކުރަން….. އަހަރެންގެ ހިތަށް ވަރަށް ތަދުވޭ އޭނަ ރޯތަން ބަލަން….” ދުރު ބަލަހައްޓައިގެން އިނދެ ރާކިން ބުނެލިއެވެ.
“ރެކްއަށް ބޭވަފާތެރިވި މީހަކު ކީއްވެތަ ރެކްގެ ކުރިމަތީ ހުރެގެން ރޯންވީ….؟؟؟ އަހަންނަށް އަދިވެސް ޝައްކު…. އަހަރެންގެ ހިތް އަދިވެސް އެއްބަހެއް ނުވޭ އެއީ އަހަރެމެންގެ ދިމްކަމަށް ޤަބޫލުކުރާކަށް….” ލޮލުގެ ހިމަކޮޅުން ރާކިނަށް ބަލާލަމުން ރުހާ އެހެން ބުނެލީ ރާކިން އޭނާގެ ވާހަކަ ޤަބޫލުނުކުރާނެކަން އެނގިހުރެއެވެ. ކަންވީވެސް އެހެންނެވެ. އެކަމާ ބެހޭގޮތުން ރާކިން އިތުރަކަށް އެއްޗެއް ނުބުނެއެވެ. ދަތްދޮޅީގައި އަތްވިއްދާލައިގެން އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ.
“ރެކް ރޫ އެބުނާހެން އެއީ އަހަރެމެންގެ ދިމްއަށް ނުވެހިނގާދާނެ… ފަހަރެއްގައި ވެދާނެއެއްނު އެއީ ދިމްއާއި އެއްމާބަނޑު ކުއްޖެއް ކަމަށްވެސް….” ރާކިންގެ އަތުގައި ހިފާ ތަޅުވާލަމުން ޖަޒްލީ ބުނެލީ ރުހާގެ ވާހަކައާއި އެއްބައިވެލަމުންނެވެ.
“އަހަންނަކަށް ނޭނގެ ދެން ތިމީހުނަށް ވިސްނައިދޭނެގޮތެއް… އެއީ ދިމްއާއި އެއްމާބަނޑު ކުއްޖެއްވިއްޔާ ދެން ކޮބާތަ އަހަރެމެންގެ ދިމް… އޭނަ އަންނައިރަށް ހަމަ ކުއްލިއަކަށް ހުރެފައި ވީނުވީއެއް ނޭނގި އަހަރެމެންގެ ދިމް ގެއްލެންވީ ކީއްވެތަ….؟؟؟ އެއީ އެއްމާބަނޑު ދެމީހުންވިއްޔާ ދެމީހުން އެއްފަހަރާ ނުފެންނަންވީކީއްވެތަ….؟؟؟ އަޅެ ބުނެބަލަ…. އެހެންނޫނަސް އިންޑިޔާގައި ހުރެފައި އިމޫ ބުނިހަނދާނެއްވޭ އިމޫ ރައްޓެހިވެގެން އުޅެނީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅާއޭ…. ދެން ބުނެބަލަ…. އަދިވެސް ހީވޭތަ އެއީ އެއްމާބަނޑު ދެމީހުންހެން….؟؟؟” ރާކިން މިހެން ބުނުމުން ޖަޒްލީ ރުހާއަށް ބަލާލުމަށްފަހު ރާކިނަށް ބަލާލަމުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ވެދާނެއެއްނު އަހަރެމެންގެ ދިމްއެއީ ޖިންނިއެއްކަމަށްވެސް…. އިދާމާއިއެކު އައިސް ރާކިންމެންގެ ގާތުގައި ހުހަށް ހުރި ގޮނޑީގައި އިށީންނަމުން އާހިލް ބުނެލީ ދެލޯ ބޮޑުކޮށްލައިގެންހުރެ އެމީހުންނަށް ބިރުދައްކާލަން އުޅޭ ފަދައަކުންނެވެ. އިދާމްވެސް އެހެން މޭޒެއްގެ ދޮށުގައި ހުރި ގޮނޑިއެއް ދަމާލަމުން ރުހާއާއި ރާކިންގެ މެދުގައި އިށީނދެލިއެވެ.

“އާލްގަނޑާ…. މިކަހަލަ ވަގުތެއްގައިވެސް ތިކަހަލަ އެއްޗެއް ނޫނީ ބުނާކަށް ނޭނގުން ދޯ…. ކީއްވެ ލަސްވީ…..؟؟؟؟” އާހިލްގެ އަތުގައި ޖަހާލަމުން ޖަޒްލީ ބުނެލިއެވެ.
“މީނދަ ބޭފުޅާއާއި ހެދި ލަސްވީ…. މާލެގައި ހުރިއްޔާ ހުރި ފިހާރައަކަށް ވަންނަން ވެއްޖިއްޔާ ކޮބާ ސަލާމަތް…” އިދާމާއި ދިމާއަށް އާހިލް މިހެން ބުނުމުން އެންމެން އެކީ ހޭންފެށިއެވެ. ރާކިން ފިޔަވައެވެ. އޭނާ އިނީ އެއްގޮތަކަށްވެސް މަޖާކުރާހިތްވާކަހަލަ މޫޑެއްގައެއް ނޫނެވެ. ދުރުބަލަހައްޓައިގެން އިން ރާކިންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިޔަސްކަން ފެނިފައި ރުހާ ހުނުން ހުއްޓާލަމުން އެހެންމީހުން ގާތުގައިވެސް ސިއްރުން މައިތިރިވުމަށް ބުނެލިއެވެ.
“ރެކް… ދެން ދިމް މަތިން ހަނދާން ނައްތާލަންވީނު….” ރާކިންގެ ކޮނޑުގައި އަތް ބާއްވާލަމުން އިދާމް މިހެން ބުނުމުން ރާކިންވެސް އިދާމަށް ބަލާލިއެވެ.
“ތިކަން ނުވެގެންނު މިއުޅެނީ…. އަހަރެންވެސް ބޭނުންވަނީ މިހާރު އޭނަ މަތިން ހަނދާން ނައްތާލަން…. އެކަމަކު ދެން ފަސޭހައިން އެކަމެއް ނުވާނެ… ދެން ޖެހޭނީ އަބަދުވެސް އޭނަ ފެންނަ ހިސާބުގައި އުޅެން…” ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ރާކިން މިހެން ބުނުމުން ދެންތިބި މީހުން އެކަކު އަނެކަކަށް ބަލާލިއެވެ. އެކުވެރިޔާގެ އެހާލަށް އެންމެންގެ ހިތުގައިވެސް ހަމްދަރުދީ އުފެދިފައި ވެއެވެ. އެހީވާންވެސް ވަރަށް ބޭނުންވެއެވެ. ނަމަވެސް އެކިގޮތްގޮތަށް ވިސްނައިގެންވެސް ރާކިންއަށް ދިމްޔާ ހޯދައިދޭނެ ގޮތެއް އެމީހުންނަކަށް ނުވިސްނުނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ދިމްޔާއާއި އީމަން ތިބީ ވިލިނގިލީގެ މޫދަށް އެރޭ ސަރަހައްދުގައި ފަސްގަނޑުމަތީ އިށީނދެލައިގެންނެވެ. އޭރު މޫދުގައި އެކިއުމުރުގެ މީހުން ތިއްބެވެ. އެއްބަޔަކު ފަތަމުން ދިޔައިރު އަނެއްބަޔަކު މަޖާވެފައި މޫދު ކުޅިވަރުތައް ކުޅުމައިގެން އުޅެއެވެ. އެއްގަމުގައިވެސް ކޮންމެވެސް ވަރަކަށް ގުރޫޕް ހަދައިލައިގެން ޒުވާން އުމުރުގެ ކުދިން ކުޅިވަރުތައް ކުޅުމައިގެން އުޅޭތަން ފެނެއެވެ. ފަސްގަނޑުގެ ތެރެއަށް އަތްލައިގެން ވެއްޔާ ކުޅެން އިން ދިމްޔާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ރޭގައި ރާކިންގެ ކޮޓަރީގައި ހިނގާދިޔަ ހާދިސާ އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ރާކިނާއި ދޭތެރޭގައެވެ.
“މާޔާ…..” ދިމްޔާ ސިހިގެން ދިޔައީ އީމަން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ދިމްޔާ އިސްއުފުލާ އީމަނަށް ބަލާލިއިރު އީމަންވެސް އިނީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ.
“ކޮން އިރެއް އަހަރެން ވާހަކަ ދައްކާތާ…. ކޮންކަމަކަށްތަ ގެއްލިފައި ތިއިނީ…؟؟؟” އެއިންގޮތަށް ދިމްޔާގެ އަތުން ދޫކޮށްނުލާ އިނދެ އީމަން މިހެން އަހާލުމުން ދިމްޔާ އަވަސްއަވަހަށް ކަމެއް ނުވެއޭ ބުނެލަމުން ހީލިއެވެ. ދިމްޔާ އެހެން ބުނިކަމުގައިވިޔަސް އީމަން އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ.؟ ދިމްޔާއަކީ ހިނދުކޮޅަކަށްވެސް މަޑުމައިތިރިވެގެން އިނދެވޭ ކުއްޖެއް ނޫނެވެ. އަނގައިން އެއްޗެކޭ ނުކީވިއްޔާ ކޮންމެވެސް އެހެން ގޮތަކުން ނަމަވެސް އަބަދުވެސް އިންނާނީ އީމަނަށް އުނދަގޫކޮށްލަ ކޮށްލައެވެ.
“ކަމެއް ނުވަންޏާ ތިހާ މަޑަކުން ނީންނާނެ…. ކޮންމެވެސް ކަމެއް ވީމައި ތިހެން ތިއިންނަނީ….” އީމަން މިހެން ބުނުމުން “އަސްލުވެސް ކަމެއްނުވެއޭ” ބުނެ ދިމްޔާ އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އީމަންގެ ކޮލުގައި ހިފާލީ ހަމަޖެހޭ ގޮތް ދައްކާލަމުންނެވެ.

“އަހަންނަކަށް ނޭނގެ ދެން އެންމެންނަށް ހަދަންވީގޮތެއްވެސް…. ރެކްއަށް ވެސް ވިސްނައިދީދީ ބޯގޮވާވަރުވޭ….” ދިމްޔާގެ އަތުން ދޫކޮށްލަމުން ފަސްގަނޑުގައި ދެއަތްވިއްދާލަމުން މަތި ބަލަހައްޓައިގެން އިނދެ އީމަން މިހެން ބުނުމުން ދިމްޔާއަށް އީމަންގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ރެކްއަށް ކިހިނެއްވީ….؟؟؟؟” ދިމްޔާ މިހެން އަހާލުމުން އީމަން ރާކިނަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އެވާހަކަތަކުން ރާކިނާއިމެދު ދިމްޔާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ބޮޅެއް އިތުރުވެގެންދިޔައެވެ. ދިމްޔާއަށް އަދިވެސް ނުވިސްނޭ ކަމަކީ ރާކިން ދިމްޔާދެކެ އެހާ ރުޅިއަންނަންވީ ސަބަބެވެ. ކޮންމެ ގޮތެއް ވިޔަސް އެސުވާލުގެ ޖަވާބު ރާކިންގެ ފަރާތުން ހޯދަން ދިމްޔާ ބޭނުންވިއެވެ. އޭނާ އިނީ ރާކިންގެ ކޮޓަރީގައި ހިނގާދިޔަ ހާދިސާ އީމަނާއިވެސް ހިއްސާކޮށްލަން ބޭނުންވެފައެވެ. އެހެނަސް އެކަމުގެ ސަބަބުން އީމަނާއި ރާކިންގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދިދާނެތީ އެވާހަކަށް ދައްކަން ފަސްޖެހެވެނީއެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ދިމްޔާއި އީމަން ތިބީ އީމަންމެން ގޭގެ އަނެއް ފަރާތުގައި ހައްދާފައިވާ ބަގީޗާގައި ހުރި މޭޒުދޮށުގައި އައިސްކުރީމް ބޯށެވެ. އެކި ސަކަރާތްޖަހަމުން ގޮސް އައިސްކުރީމް ބޮއެ ނިންމާލިތަނާ ދިމްޔާގެ ލޮލުގައި އަޅައިގަތީ ގަސްތަކަށް ފެންޖަހާ ހޮޅިއެވެ. އެއާއިއެކު އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑުނުކޮށް ދުވެފައި ގޮސް މާގަސްތަކަށް ފެންދޭންފެށިއެވެ. އީމަން ހެވިފައި މިމަންޒަރު ބަލަން އިނެވެ. އެހެން އިންދާ ރާނިޔާ ގޮވާލުމުން އެބަ އަންނަމޭ ބުނެފައި އީމަންދިޔައީ ގޭތެރެއަށެވެ.

އޭގެ އިރުކޮޅެއްފަހުން ފޯނާ ކުޅެމުން ރާކިން ބަގީޗާއަށް ނުކުތެވެ. ފޯނަށް ބަލަހައްޓައިގެން އެއަށް ގެއްލިފައި ހުރުމުން އެތާގައި އިތުރު މީހަކު އުޅޭކަމެއް ރާކިނަކަށް ނޭނގެއެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށުމުން ގަސްތަކަށް ފެންދޭންހުރި ދިމްޔާގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. އަދި ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު އަތުގައި އޮތް ހޮޅި އަނބުރާލީ ފިޔަވަޅު އައި ދިމާއަށެވެ. އެއާއިއެކު ކުރިމަތިން ފެންތަކުން ރެކިގަންނަން މަސައްކަތް ކުރަމުން ދިޔަ ރާކިން ފެނުމުން ދިމްޔާގެ އަތުން ހޮޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭރު ރާކިން އޭނާގެ މޫނާއި ތަންތަނުން ފެންތައް ފޮޅާލުމަށްފަހު އޭނާގެ ތޫނު ދެލޮލުން ދިމްޔާއަށް ބަލަހައްޓައިގެން ހުރީ ދެބުމަގާތްކޮށްލައިގެންނެވެ. ދިމްޔާގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ގޮސް މޫނުމަތިން ޖެހިލުންވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

ދިމްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެފައި ރާކިނަށް ބިންމައްޗަށް ބަލާލެވުނީ ހޮޅިން އަންނަމުންދިޔަ ފެންތަކުން އެތާގައި ފެންގަނޑު ބޮޑުވާންފެށުމުންނެވެ. ދިމްޔާވެސް ހޮޅިއަށް ބަލާލުމަށްފަހު ދުވަމުން ކަހަލަ ގޮތަކަށް ގޮސް އިސްކުރު ބަންދުކޮށްލުމަށްފަހު ހަށިފުރާނޭވާއެއްލިއެވެ. އެއަށްފަހު ލަސްލަހުން ފަހަތަށް އެނބުރުމާއިއެކު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ އޭނާއާއި ދާދި ގާތުގައި ރާކިން ހުރިތަން ފެރުމުންނެވެ. ދިމްޔާ ދެއަތްދެއަތާ މޮޑެމުން އިސްޖަހާލީ ރާކިންގެ ތޫނުދެލޮލަށް ބަލަން ނުކެރިގެންނެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ….؟؟؟ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އަހަރެންގެ ދިރިއުޅުމަށް ނުވަދެ ނުހުރެވޭ ދޯ…..” ދިމްޔާގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން ރާކިން މިހެން ބުނުމުން ދިމްޔާއަށް އިސްއުފުލާ ރާކިންގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ ފެންނައިރަށް ރާކިން އެކަހަލަ ވާހަކަ ދައްކަނީ ކީއްވެބާއޭ ދިމްޔާގެ ހިތަށް އެރިއެވެ. މީގެ ކުރިން އެދެމީހުން ދިމާވީ ދެފަހަރުއެވެ. އެއީ އެއަރޕޯޓުންނާއި އެންމެ ފުރަތަމަ ދިމްޔާ އެގެއަށް އައި ދުވަހުއެވެ. ނަމަވެސް އެގެއަށް އައި ފުރަތަމަ ދުވަހުވެސް ރާކިން ދިމްޔާއާއި ވާހަކަ ދެއްކި ގޮތުން ދިމްޔާއަށްހީވީ ރާކިން މާކުރިންވެސް އޭނާ ދަންނަހެންނެވެ. ދިމްޔާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ވީ އިތުރެވެ.
“ރެކް ކިހިނެއް ވެގެންތަ ތިއުޅެނީ…؟؟؟ އަހަރެންގެ އަތުން ދޫކޮށްލާ އިމޫ އައިސްދާނެ….” ވަރަށް ހިތްވަރުކޮށްލާފައި ދިމްޔާ މިހެން ބުނެލީ އީމަނަށް އެތަނަށް އާދެވިއްޖާ ގޯސް ގޮތަކަށް ހީކޮށްފާނެތީއެވެ.
“ކުރިން އަހަންނާ ރައްޓެހިވީއިރު ހިތަކަށް ނާރާތަ މިދުވަސް އައިސްދާނެއޭ…. އިމޫއަށް ޙަޤީގަތް އެނގިދާނެއޭ އޭރު ހިތަކަށް ނާރާދޯ…؟؟؟” ކުރިއަށް ވުރެ ދިމްޔާއާއި ގާތްވެލަމުން ރާކިން މިހެން ބުނެލީ މަލާމާތުގެ ރާގެއްގައެވެ. ރާކިންގެ ދުލުން ބޭރުވެގެން އެދިޔަ ޖުމްލަތަކުން ހައިރާންވީވަރުން ދިމްޔާއަށް ދެލޯބޮޑުކޮށްގެން ރާކިންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ގަނޑުވެފައިކަހަލަ ގޮތަކަށެވެ.

“ކީކޭ….؟؟؟؟؟؟؟” އީމަންގެ އަޑަށް ސިހިފައި ރާކިން ދިމްޔާގެ އަތުން ދޫކޮށްލަމުން ފަސްއެނބުރުންއިރު އެމީހުންނާއި މާދުރުނޫން ހިސާބެއްގައި ހުއްޓިލައިގެން ދިމްޔާގެ މޫނަށް ބަލަހައްޓައިގެން އީމަން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން ދެންމެ ދެކެވިގެން ދިޔަ ވާހަކަތައް އަޑުއިވުނުކަން ހާމަވާން ހުއްޓެވެ. ދިމްޔާއަށް ދުރުގައި ހުރި އީމަން ފެނުމުން އިސާހިތަކު އޭނާގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގަތީ ދެން ކަންތައް ވެގެންދާނެގޮތަކާއިމެދު ޖެހިލުންވީވަރުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނަޖާ (އެގާރަވަނަ ބައި)

Next

އިންތިޒާރު (ދެވަނަ ބައި)

Next
September 14, 2015

އިންތިޒާރު (ދެވަނަ ބައި)

Previews
September 14, 2015

ނަޖާ (އެގާރަވަނަ ބައި)

46 Comments!

  1. ken? says:
    September 14, 2015 at 6:06 pm

    vvvv reethi…❤❤❤ eem alhe dn kobaatha rec ge dhim…eyna ah vee gothei knirakuntha angaalaanee..?

    1. eemiyaa says:
      September 14, 2015 at 9:38 pm

      V avahah engeyne ken 🙂

  2. sim says:
    September 14, 2015 at 6:09 pm

    Ye Me first… Va nice mi part ves.good work eemiyaa. Waiting for the nxt part….

  3. shaahy says:
    September 14, 2015 at 6:18 pm

    Varah reethi

  4. shx says:
    September 14, 2015 at 6:22 pm

    vvvvvv rythi..wowwww.

  5. shif says:
    September 14, 2015 at 6:23 pm

    Waiting for the next part. Reethi

  6. mishko says:
    September 14, 2015 at 6:23 pm

    Værst reethi

  7. mishko says:
    September 14, 2015 at 6:24 pm

    Varah*

  8. Mish says:
    September 14, 2015 at 6:30 pm

    Plss rec ge dhim ah vy gotheh nxt part ga genesdhy bah

    1. eemiyaa says:
      September 14, 2015 at 9:40 pm

      Mish u dnt hav to wait too long.. u will know it soon 🙂 🙂

  9. friend says:
    September 14, 2015 at 6:40 pm

    good

  10. xee says:
    September 14, 2015 at 6:49 pm

    vvv reethi.. recge dhimya eii jinni ehtha alhe?? Haadha hiy thelhey gothakashey thi ninmaaly.. cnt wait to read the nxt part..
    Veehaaves awahakah up kolladhehchey ingey..

    1. eemiyaa says:
      September 14, 2015 at 9:41 pm

      xee.. lets see.. hehe 🙂

  11. fareeaa says:
    September 14, 2015 at 6:50 pm

    Nice

  12. Princess Noddy says:
    September 14, 2015 at 7:29 pm

    Alhe dhen noddy hama rangalhah ves moya vedhaane. maayaa dhimyaa.v ginain vaahaka kiyan mivaruge vaahaka eh adhi nukiyey…kobaatha rec aa eky ulhun red hedhun laa dhimyaa.. eyna yah vee gotheh angaalabala avahah. eyy jinni eh tha twin sister eh tha.. kihineh tha mi vany.. btw v reethi mi part vess. hope kuran next part ga red hedhun laa dhim ge habareh vaane kamah. waiting 4 next part. gudluck writer.

    1. eemiyaa says:
      September 14, 2015 at 9:44 pm

      hehe noddy anekka moya nuvahche..
      noddy moya vumuge kurin red hedhun laa dhimyaage khabareh vaane.. In Sha Allah 🙂 🙂

  13. Crazi says:
    September 14, 2015 at 7:31 pm

    Jinni ehkey nubunaathi eyrun rek varh dera vaane..stry reethi vaane dim fenijeyaa…

    1. eemiyaa says:
      September 14, 2015 at 9:47 pm

      ehentha crazi
      🙂 🙂 🙂

  14. saadhu says:
    September 14, 2015 at 7:34 pm

    V v v reethi

  15. aria says:
    September 14, 2015 at 7:59 pm

    “Oregano” :p ..well this part is superb ingey….waiting for the next part….

  16. zai says:
    September 14, 2015 at 8:11 pm

    V salhi mipartvex☺

  17. Luvna says:
    September 14, 2015 at 8:37 pm

    Vrh reethi.. hope to c de nxt prt soon.. wen is de nxt prt..???????????

  18. Dhooriyaan says:
    September 14, 2015 at 8:57 pm

    Mi part ves vvv reethi,, eem kon irakun next part watin 4 next part,,, Gus luck eem, ur the best

  19. Dhooriyaan says:
    September 14, 2015 at 8:58 pm

    Gud*

  20. shahu says:
    September 14, 2015 at 9:00 pm

    V v v v reethi

  21. mary says:
    September 14, 2015 at 9:15 pm

    Vvv nice.next part avahah up khla dhybaa… plx plx… dhen nidhivs naahnaane anehbaikiyaa hiyvaa varun

  22. eemiyaa says:
    September 14, 2015 at 9:35 pm

    Thank u allll 🙂 🙂 🙂
    Next part Thursday ga In Sha Allah

  23. Shaafy says:
    September 14, 2015 at 11:29 pm

    Varah loabi mipaetves. Dhim raakin aa dhimaavi iru rahtehivegen ulhunu kuhjaa aa ehkoh dhiya ey kanneyge majuboo rakun.

  24. wershe says:
    September 15, 2015 at 12:05 am

    Varah rythi ingey…keep it ??

  25. tho says:
    September 15, 2015 at 12:06 am

    V reethi.waiting for next part

  26. Shau says:
    September 15, 2015 at 12:25 am

    I think aneh dhimya aky ghost eh hen becox she wears red dress dho.. 😉 Maybe they both are twins, one is a ghost and the other one is human dhn they were separated by their parents since they were kids so Maya akah vx vaanuva neyngeyne.. It’s my guess.. Am I Right Eem? Anyways mi part vx hama vrh habeys! <3

  27. Ayaa says:
    September 15, 2015 at 12:59 am

    Cool story ever .. Bt haadha lahey Thursday v ma .. Moya vaa myhaku hama moya vaane .. Wat to do if I can’t wait ??

  28. maashal says:
    September 15, 2015 at 7:54 am

    V nice mi part. Gd luck

  29. shiha says:
    September 15, 2015 at 11:53 am

    V salhi… dhn kn irakun nxt part up kohdheyny… eem w8n nge…

  30. Anonymous says:
    September 15, 2015 at 3:42 pm

    Dhemafirin isheedhelaigen in iru.. mee kusheh.. Dhemafirin isheedhelaigen thibi iru.. ekaku vejjeyya inee beynun kuraany.. dhemeehun nuvatha eah vure gina nama thibeyny

  31. nazi says:
    September 16, 2015 at 10:52 am

    vvv reethi buraasfathi dhuvaha inthizaaru kolla kolla mihurevenee heevanee dhuvas dhaaleyves vara lashen

  32. Yushiii says:
    September 16, 2015 at 11:37 am

    Eeeemm kobatha. Hendhunn feshignn mi balaniii ????

  33. xee says:
    September 16, 2015 at 4:20 pm

    Miadhu ehkoh mi balany up veytho… eem fast!!! Waitin waitin… kiyaa hithun hureveny ehvx nun

  34. lai says:
    September 16, 2015 at 8:30 pm

    hmm .. eem .. lookin forward for next part …dhn anna part ga rec ge jinni dhim fennanetha??? .. v nice mi part vess .. thnx eem 🙂

  35. nazi says:
    September 17, 2015 at 8:47 am

    eemi mihaaru miadhu vaahaka up kuritho belunu adhadhuves neyge plz avaha up kolladheebala

  36. Yushiii says:
    September 17, 2015 at 12:15 pm

    Nazi is ryt. Hama site iru iru kolhaa belenii. Kobatha eeem. ???

  37. Raff says:
    September 17, 2015 at 4:15 pm

    Eem alhe avahah up kohdheyba…inthizaaru mikurany hendhunun feshigen…plzz eem..

  38. Kiyuntheriyaa says:
    September 17, 2015 at 6:39 pm

    Eem, mee Thursday avahah up koh dhee… vaahakaige inthixaarugai vaguthu thah gunamun midhany…

  39. aish says:
    September 17, 2015 at 6:52 pm

    Eem avahah up kohdheebala iru irukolhun eba beley vaahaka up vitho

  40. saamy says:
    September 17, 2015 at 7:01 pm

    eem miadhu kihineh v. ehaa las vany

  41. eemiyaa says:
    September 17, 2015 at 11:27 pm

    Thanks alll 🙂

Comments are closed.

Next Episodeދިމްޔާ (16 ވަނަ ބައި)←


All Right Reserved!