Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ްއިންތިޒާރު (ފުރަތަމަ ބައި)

saarah
September 13, 2015
4 Mins Read
61 Comments

 

ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. މަދުން ނަމަވެސް ދުއްވާ އެއްޗެއް ފެނިލިޔަސް މާލޭގެ ބާރު ބޮޑު މަގުތައް އޮތީ ހަމަހިމޭންވެފައެވެ. ވިއްސާރަ މޫސުމެއް ކަމުން މުޅި ފަޒާ އެއްކޮށް އޮތީ ފިނިހިފާލާފައެވެ. މި ފިނި ރޭ އެންމެން އަރާމު ތަންމަތީގައި ނިދީގެ ފޮނިކަން ލިބިގަންނަމުން ދިޔައިރު “ހެވެންލީ” ގޯތިތެރެ ގުގުމާލައިފައިވަނީ ޕިޔާނޯގެ ހިތްގައިމު މިޔުޒިކުގެ އަޑުންނެވެ. ފަރިތަކަމާއެކު މާޔާ ޕިޔާނޯގެ ފިތްތަކާ ކުޅެމުން ދިޔައީ ދެލޯ މަރާލައިގެން އިނދެއެވެ. ކޮޓަރީގެ ވަށައިގެން ހުރި ކުޑަދޮރުތައް ހުޅުވާލައިފައި ހުރުމުން ފިނި ވައިރޯޅިތަށް އައިސް އެ މޫނުގައި ބީހިލައެވެ. ދޫ ކޮށްލެވިފައިވާ ފަން އިސްތަށިގަނޑު އެގޮތް މިގޮތަށް ވިހުރެމުން ދިޔައެވެ. ސިކުނޑީގައި އެތައް ހިޔާލު ތަކެއް އެނބުރެމުން ދިޔައިރު މިޔުޒިކުގެ އަޑު އިރުއިރު ކޮޅާ ބާރުވަމުން ދިޔައެވެ. އިސާހިތަކު އެ ދެލޯ ފުރިގެން އައީ ތާޒާ ކަރުނައިންނެވެ. ހިފެހެއްޓުމެއް ނެތި އެ ދިގު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތަށް ކޯތާފާތް މައްޗަށް ދެމިގެންފިއެވެ.

“މާޔާ!..” ޕިޔާނޯ ކުޅެން ގެއްލިފައި އިން މާޔާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނަގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ސިއްސައިގެން ދިޔަ ވަރުން މާޔާއަށް އެނބުރިލެވުނީ ކަރުނަތައް ނުވެސް ފޮހެއެވެ. މާޔާގެ ކަރުނުން ފުރިފައި ހުރި ދެލޯ ފެނުނު ހިނދު މަލީހާ ގެ ހިތް ހިނދުކޮޅަކަށް ނަމަވެސް މަޑުޖެހިލި ފަދައެވެ. “މަންމާ” ކުރެހިފައިވާ އަޑަކުން މާޔާ މަންމައަށް ގޮވާލީ ކަރުނަ ފޮހެލަމުންނެވެ. މަލީހާ ހިނިތުންވެލަމުން މާޔާގެ އިސްތަށިގަނޑުގައި ފިރުމާލީ އޯގާތެރިކަމާއެކުގައެވެ. “ކީއްވެ ނުނިދާ ތިއުޅެނީ؟ މިއޮތް ފިނިރޭ ދަރިފުޅު ކުޑަދޮރުތައް ހުޅުވާލައިގެން އިންނަ އިރު ފިންޏެއްވެސް ނުވަނީތަ؟” މަލީހާ ދޮރުތައް ލައްޕަމުން ސުވާލުކޮށްލިއެވެ. “ނިދަން އުޅެއުޅެ ނިދި ނައިސްގެން ބޭރަށް ނުކުމެލިއިރު ޕިޔާނޯ ފެނުނީމަ ކުޅެލާ ހިތްވީ. ޕިޔާނޯގެ އަޑަށް ދޯ މަންމަ ތިހޭލީ؟ ސޮރީ.. ” މާޔާ އަތުގައި އޮތް ވޫލްކޮޅު އިސްތަށިގަނޑުގައި އައްސާލަމުން މަންމަ އަށް ނަޒަރެއް ދިނެވެ. އޭރު މަލީހާ ދޮރުތައް ލައްޕާލާފައި ފޮތިގަނޑުތައް ދަމާލަނީއެވެ. “މަންމަ ދޭ ނިދަން. އަހަރެންވެސް މިދަނީ ދާން. މިހާރު ނިދި އެބައާދޭ.” މާޔާ މަންމައަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ހިނގައިގަތެވެ. ފަހަތުން މަލީހާ ވެސް ހަމަ އެކަނި ގުޑް ނައިޓް އޭ ކިޔާފައި ހިނގައިގަތެވެ.  މާޔާ ކޮޓަރިއަށް ވަންނަންދެން މަލީހާ ދުރުގައި މަޑުކޮށްލައިގެން ބަލަން ހުއްޓެވެ.

ކޮޓަރީގެ ދޮރު ލައްޕާލަމުން މާޔާ މަޑުމަޑުން ހިނގާލާފައި ގޮސް އެނދުގެ ކޮޅުގައި އިށީދެލިއެވެ. މަންމަ ހިތްހަމަޖައްސާލަން ނިދި އާދެޔޭ ބުންޏަސް، ހަގީގަތަކީ އަދި ނިދީގެ އަސަރެއް ވެސް ނެތްކަމެވެ. އިރުކޮޅަކު އެއިން ގޮތަށް އިނދެފައި މާޔާ ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓިފައި ތިރީގައި އިށީދެލިއެވެ. އަލަމާރީގެ ތިރީ ވަތްގަނޑުން ނެގި ފޮޓޯގަނޑުގައި ހިފަހައްޓާލަމުން އެއް އަތުން އެ ފޮޓޯގައި ފިރުމާލީ މީހަކު ކައިރީގައި ހުރިނަމަ އެމީހެއްގެ މޫނުގައިވެސް ފިރުމާލާނެހާ ލޯބިންނެވެ. ފޮޓޯގައި ތިބި ދެމީހުން ކުރެ އެކަކަކީ ހުދު މާޔާއެވެ. ދެން ހުރީ ފިރިހެން ކުއްޖެކެވެ. ދެ މީހުން ޕިޔާނޯ ކުޅެން ތިއްބާ ނަގާފައިވާ ފޮޓޮއެކެވެ. މާޔާ ޕިޔާނޯގެ ފިތްތަކާ ކުޅެން އިން އިރު ފިރިހެން ކުއްޖާ މާޔާއާ ޖެހިގެން އިށީދެ އިނީ މާޔާގެ މޫނަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. މާޔާވެސް ހުދު ދަތްތައް ދައްކާލައިގެން އިނީ ހެވިފައެވެ. އެ ފޮޓޮއަށް ބަލަހައްޓައިގެން އިންދާ ދެލޮލަށް ކަރުނަ އައީ ކޮންއިރަކު ކަމެއްވެސް މާޔާއަކަށް ނޭގުނެވެ. ކަރުނައިގެ ތެރެއިން މާޔާ ހިނިތުންވެލީ އެ ދުވަސް ހަނދާން ކުރަމުންނެވެ.

*****

އެއީ މީގެ 12 އަހަރު ކުރީގެ ފޮޓޮއެކެވެ. މާޔާގެ 13 ވަނަ އުފަންދުވަހުގައި ނަގާފައިވާ ފޮޓޮއެކެވެ. އާއިލާގެ އެންމެންގެ ހާޒިރުގައި ކޭކު ފަޅާ ނިންމާލައިފައި މާޔާ އަތުގައި ހޭކިފައި ހުރި އައިސިން ދޮންނަން ބަދިގެއަށް ދަނިކޮށް އައިނައި ތަނެއް ނޭނގި ކުއްލިއަކަށް ކޮންމެވެސް މީހަކު އައިސް މާޔާގެ ދެލޯމަތީގައި އަތް އަޅާލިއެވެ. ސިއްސައިގެން ދިޔަވަރުން މާޔާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭލައްވައިގަންނަމުން އެމީހެއްގެ އަތުގައި ބާރަކަށް ދަތް އަޅައިގަތެވެ. ވީ ތަދުން އެމީހާ އަތްދޯއި އޭ ކިޔާފައި އަތް ނައްޓުވާލައިފައި މާޔާ ދަތް އެޅިތަނުގައި ފިރުމަންފެށިއެވެ. “ކިޔާން…..” މިނިވަން ވުމުން މާޔާ އެނބުރިފައި ކުރިމަތީގައި ހުރި މީހާ ފެނުމުން ދަތްތަކަށް ބާރުލާފައި ކިޔާލިއިއެވެ. “ގޮވާނެ ކަމެއް ނެތޭ ދެން. މިނިކާ މީހެއްތަ ތީ؟ އަހަރެން އެއޮތް ވަރުން ސަޕްރައިޒް އެއް ދޭން އުޅުނީމަ ދަތްއަޅާލީ.. ” ކިޔާން މާޔާއަށް ދެލޯ އަޅާލަމުން ހިނގައިގަތެވެ. “ތީ މީހުން ސަޕްރައިޒް ދޭ ގޮތްތަ؟ އަހަރެން ހީކުރީ މީހަކު އަހަރެން ކިޑްނެޕް ކުރީ ކަމަށް.. ވަރަށް ތަދުވޭތަ އެބަ؟ ” މާޔާ ދެރަވެފައި ހުރެ ކިޔާން ގެ ފަހަތުންގޮސް އެއަތުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. ކިޔާން ދެރަވެފައި ބޯ ޖަހާލީ މާޔާ އިތުރަށް ދެރަކޮށްލުމުގެ ނިޔަތުގައެވެ. “އެއްކަލަ ދެމީހުން ފެއްޓީދޯ.. ޕިސް ޕިސް.. ކިޔާން ބުނެބަލަ ދެން. ކޮން ސަޕްރައިޒް އެކޭ؟” މަލީހާ ހެވިފައި ހުރެ އައިސް ކިޔާންއާ ސުވާލުކޮށްލިއެވެ. މާޔާވެސް އެއްބާރުލުމުގެ ގޮތުން ކިޔާންގެ މޫނަށް ބަލާފައި ބުމަ އަރުވާލީ ޝައުގުވެރިކަން ދައްކާލަމުންނެވެ. “ހިނގާ ދާން. އެކަމަކު މިފަހަރު ދަތް ނާޅައްޗޭ!” ކިޔާން މާޔާގެ ދެލޮލުގައި އަތްއަޅާލަމުން ހިނގައިގަތެވެ. ފަހަތުން އާއިލާގެ އެހެން މެންބަރުންވެސް ހިނިތުންވެފައި ތިބެ ހިނގައިގަތެވެ.

ކިޔާން އެއް އަތުން މާޔާގެ ލޮލުގައި އަތްއަޅާލައިގެން ހުރެ އަނެއް އަތުން މާޔާގެ އަތުގައި ހިފައިގެން ހުރެ ހިނގަމުން ގޮސް މަޑުކޮށްލީ މާޔާ އުޅޭ ކޮޓަރީގެ ކުރިމައްޗަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ކިޔާން މާޔާގެ ލޯމަތިން އަތް ނަގާލައިފައި ކުޑަކޮށް ފަހަތަށް ޖެހިލާ ޖީބަށް އަތް ޖަހާލިއެވެ. މަޑުމަޑުން މާޔާ ދެލޯ ހުޅުވާލައިފައި ކުރިމަތީ ހުރި ހުދު ފޮތި ގަނޑުން  ބަންދުކޮށްފައި ހުރި ބޮޑު އެއްޗަށް ބަލާލީ ހައިރާންވެފަ ހުރެއެވެ. ފަހަތަށް އެބުރި ކިޔާން އަށް ބަލާލީ ކޯއްޗެއްހޭ އަހާލާ ފަދައިންނެވެ. “ގޮސް ފޮތިގަނޑު ނަގާބަލަ. އޭރުން އެގޭނެ އެއްނު.” ކިޔާން މާޔާގެ ދެކޮނޑުގައި ހިފާ ކުޑަކޮށް އެތެރެއަށް ކޮށްޕާލިއެވެ. މާޔާ ހިނގާލާފައި ގޮސް ފޮތިގަނޑު ނަގާފައި، ކޯއްޗެއްކަން އެނގުމުން ބާރަކަށް ހަޅޭލަވައިގެންފައި އަނގަ މަތީ އަތް އަޅާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. “ޕިޔާނޯ”  މާޔާ ހެވިފައި ހުރެ އައިސް ކިޔާންގެ ގައިގެ އޮޅުލައިގަތެވެ. “ތެންކިއު ސޯ މަޗް ބެސްޓް ފްރެންޑް.. އެކަމަކު އަހަންނަކަށް ނުވެސް އެނގޭ މިއާ ކުޅޭކަށްވެސް.” މާޔާ ކިޔާންގެ އަތުގައި ހިފައިގެން ގޮސް ޕިޔާނޯކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީދެލިއެވެ. “ދެން ދަސްކުރާނީއޭ. އަހަރެން ޕިޔާނޯ ކުޅެން ދަސްކޮށްދޭ މީހަކު ވެސް ހޯދައިފިން. ޑޯންޓް ވޮރީ ވެން ކިޔާން އިޒް ހިއަރ..” ކިޔާން އެއްލޯމަރާލަމުން މާޔާގެ އިސްތަށިގަނޑާ ކުޅެލިއެވެ.

*****

ކުއްލިއަކަށް ޖަހާލި ބާރު ގުގުރިއާއެކު މާޔާ ސިއްސައިގެން ގޮސް އަތުގައި އޮތް ފޮޓޯ ވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ބާރު ވަޔާއެކެ ދޮރުފޮތިގަނޑުތައް ވެސް އެގޮތް މިގޮތަށް އެބުނރެމުން ދިޔައެވެ. މާޔާ ކަރުނަ ފޮހެލަމުން ބިންމަތީގައި އޮތް ފޮޓޯގަނޑު ނަގައިގެން ގޮސް ކުޑަދޮރުތައް ލައްޕާލިއެވެ. އިރުކޮޅަކު ވެހޭ ވާރެއަށް ބަލަން ހުރެލާފައި މާޔާ ފޮތި ގަނޑު ދަމާލައިފައި ގޮސް އެނދުގައި އިށީދެލިއެވެ. “ވެއާރ އާރ ޔޫ؟… ކަމް ބެކް… އައި ނީޑް ޔޫ” ފޮޓޯ ގަނޑަށް ބަލަން އިނދެ މާޔާ ވާހަކަ ދެއްކިއެވެ. ދެފައި ތިރިއަށް ބާލައިގެން އިނދެ މާޔާ އެނދުގައި އުއްޑުން  އޮށޯވެލިއެވެ. އެހެން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއް ވެސް ނޭގެއެވެ.

ހެނދުނު ދިހައެއް ޖެހިއިރުވެސް މާޔާ ކޮޓަރިން ނުނިކުމެއެވެ. ބަންދު ދުވަހެއް ކަމުން މަލީހާވެސް މާޔާއަށް ގޮވާކަށް ބޭނުމެއް ނުވިއެވެ. ރޭ ނިދީ ކިހާއިރަކުކަމެއްވެސް ނޭގެއެވެ. މާޔާ ނިދިއައިސްގެނޭ ކިޔާފަ ދިޔަޔަސް މާޔާ ނުނިދާނެކަން މަލީހާއަށް ރަނގަޅަށް އެނގެއެވެ. “މަލީހާ. އަދިވެސް މާޔާ ނުހޭލަނީތަ؟ ރޭގަ ކަމެއްވީތަ އަނެއްކާ؟ މާޔާއަކީ މިހާ އިރުވަންދެން ނިދާ ކުއްޖެއްވެސް ނޫނެއްނު.” ފާއިޒު ސައިބޯން އިނދެފައި ސުވާލުކޮށްލިއެވެ. ފާއިޒުގެ ސުވާލަށް ސައިބޯންއިން މާޔާގެ ކޮއްކޮ މާއިޝާގެ ވެސް ސަމާލުކަން މަލީހާއަށް ހުއްޓުނެވެ. މަލީހާ ރޭގެ ވާހަކަ ފާއިޒު އަށް ކިޔައިދިނެވެ. “މާދަމާއަކީ އެ ހާދިސާ އަށް ހަތް އަހަރު ފުރޭ ދުވަސް.” ވިސްނުމަކަށް ގެއްލިފައި އިނދެ މާއިޝާ މަޑުމަޑުން ކިޔާލިއެވެ. މަލީހާއާއި ފާއިޒު ދެމީހުން ސިހިފައި މާއިޝާގެ މޫނަށް ބަލާލީ ހާސްކަމާ އެކުގައެވެ. އެމީހުން އެދުވަސް މަތިން ހަދާން ނެތުނީ ކިހިނެއްހެއްޔެވެ. މާޔާ ނުނިދިގެން އުޅުނު ސަބަބަކީ އެއީއެވެ.

(ނުނިމޭ)

28
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

saarah

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Next

ބުނަން ނުކެރުނަސް…

Next
September 14, 2015

ބުނަން ނުކެރުނަސް…

Previews
September 13, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

61 Comments

  1. Aai says:
    September 13, 2015 at 10:26 pm

    Vrh reethii mi vaahaka… 🙂

    1. saarah says:
      September 14, 2015 at 12:31 am

      Thank you 🙂

  2. ♡♡♡ says:
    September 13, 2015 at 10:27 pm

    Feshun v reethi hama…. story vx nyc vaanehn hyvanii…..

    1. saarah says:
      September 14, 2015 at 12:31 am

      Thank you 🙂

  3. mwah says:
    September 13, 2015 at 10:28 pm

    Interesting… go ahead Sarah 🙂

  4. mwah says:
    September 13, 2015 at 10:28 pm

    Interesting… go ahead Sarah 🙂 inthixaar kiyaa vahaka eh dhw anehka vx..

    1. saarah says:
      September 14, 2015 at 12:30 am

      Thank you 🙂 kurin ves liyunutha inthizaaru kiyaa story eh?

  5. aabhy says:
    September 13, 2015 at 10:32 pm

    Varah salhi..

    1. saarah says:
      September 14, 2015 at 12:29 am

      Thank you 🙂

  6. Ary says:
    September 13, 2015 at 10:39 pm

    Warah reethi…migothah kuriah gendhahchey…

    1. saarah says:
      September 14, 2015 at 12:29 am

      Thank you 🙂

  7. ? says:
    September 13, 2015 at 10:43 pm

    V reethi vaanehen heevanee salhi

    1. saarah says:
      September 14, 2015 at 12:28 am

      Thank you 🙂

  8. Hhh says:
    September 13, 2015 at 11:17 pm

    Inthizaaru heekuree olhigen kamah furathama bai jehiifa inee varah inthizaaru kuran jehey ne dhw mi vaahaka ah ves
    Adhi mi vaahaka nukiyan kiyaalafa cmmnt eh hohlaanan

  9. sim says:
    September 13, 2015 at 11:25 pm

    V rythi vaane hen hyvey mi story. Kon dhuvahaku dhevana part up vaany. Inthizaaruga mi hury.

    1. saarah says:
      September 14, 2015 at 12:35 am

      Thank you 🙂
      Iraadhakurehviyya maadhan upload kohdheynan 🙂

  10. Hhh says:
    September 13, 2015 at 11:27 pm

    Feshun v reethi good luck saarah 🙂
    ..

    1. saarah says:
      September 14, 2015 at 12:28 am

      Thank you 🙂

  11. maya says:
    September 13, 2015 at 11:29 pm

    reethi. ekam kiyaahih vaanee gavaidhun up kuranya. daily update kuraa authors dheke kiyuntherin loabi vaane.! so gavaidhun kiyan libeyne kamah ummeedhu kuran!

    1. saarah says:
      September 14, 2015 at 12:25 am

      I will try my best to upload the story everyday 🙂 insha allah

  12. pole says:
    September 13, 2015 at 11:30 pm

    nice! kondhuvas thakehga update kuraanee! komme dhuvahaku genesdhenya vara happy vaane!

    1. saarah says:
      September 14, 2015 at 12:22 am

      Thank you. I will try my best to upload the story everyday 🙂 insha allah

  13. Ryn says:
    September 13, 2015 at 11:45 pm

    grt job saarah.. frst stry aai balaafa vrh salhi.. keep it up.. n waiting fr nxt part 😉

    1. saarah says:
      September 14, 2015 at 12:27 am

      Thank youryn. 🙂

  14. sharu says:
    September 13, 2015 at 11:52 pm

    Vvv sakhi story go ahead.inthixar kurany nxt part eh

    1. saarah says:
      September 14, 2015 at 12:15 am

      Thank you dear 🙂

  15. Axoo says:
    September 14, 2015 at 12:39 am

    Varah reethi mibai. Furathama vaahakayah viyas heevany v vaahakaliyaa kuhjehhen. Sifakurunves goaheh noon.

    1. saarah says:
      September 14, 2015 at 6:23 pm

      thank you Azoo.. hehe

  16. rivaa says:
    September 14, 2015 at 1:31 am

    V nice keep it up saarah

    1. saarah says:
      September 14, 2015 at 6:22 pm

      thank you 🙂

  17. neem says:
    September 14, 2015 at 1:35 am

    Next part ge inthizaaruga mi huree

  18. gurey says:
    September 14, 2015 at 1:53 am

    Wow…..I wud say its a good start…. Keep it up…..

    1. saarah says:
      September 14, 2015 at 6:22 pm

      thank you 🙂

  19. zai says:
    September 14, 2015 at 4:55 am

    Finally u upload a story.?.v salhi feshun..keep it up

    1. saarah says:
      September 14, 2015 at 6:21 pm

      hehe thank you 🙂

  20. baby gurl says:
    September 14, 2015 at 8:13 am

    Saarah best !! ? waraaah salhii waahaka .. Ebunaahn awahah up kohdhehchey.. Btw emmn kyhwe thr abadhu huriha wahaka eh ger maayaa eh gengulhenyh ?

    1. saarah says:
      September 14, 2015 at 6:21 pm

      thank you 🙂
      heheh. abadhuves maya aky varah reethi name eh. ehnve hithah ery first storyga use kurany maya mi name ey 🙂

  21. hana says:
    September 14, 2015 at 8:16 am

    Feshun reethi…seems its going to b a nice story…all the best saarah…

    1. saarah says:
      September 14, 2015 at 6:20 pm

      thank you 🙂

  22. Zee says:
    September 14, 2015 at 12:17 pm

    Varah salhi feshunn.. Try to upload as soon as you can.. Good Luck 🙂 🙂

    1. saarah says:
      September 14, 2015 at 6:19 pm

      thank you 🙂

  23. naj says:
    September 14, 2015 at 1:01 pm

    Vv best gud luck Sara dhooni ???

    1. saarah says:
      September 14, 2015 at 6:19 pm

      thank you 🙂

  24. zuzzu says:
    September 14, 2015 at 1:54 pm

    V v reethi vaahaka

    1. saarah says:
      September 14, 2015 at 6:17 pm

      thank you 🙂

  25. nahu says:
    September 14, 2015 at 1:55 pm

    vv reethi vaanehen hyvany.. waiting..:)

    1. saarah says:
      September 14, 2015 at 6:17 pm

      thank you 🙂

  26. Zee says:
    September 14, 2015 at 3:19 pm

    Hama perfect… v salhi..

    1. saarah says:
      September 14, 2015 at 6:17 pm

      thank you 🙂

  27. Anonymous says:
    September 14, 2015 at 3:47 pm

    kihineh mihen kiyaairu alif sukun innany kihinekey mihen kiyeythy kihineshey mihen nukiyaane.. mashah mihen kiyaa iru mashashey kiyeythy shaviyani sukun innany.. mashakey mihen nukiya ehnu
    ehen veema shey adhi key ah visnaigen liyuneema sukun jahan v faseyha vaane
    ??????

    1. Anonymous says:
      September 14, 2015 at 3:49 pm

      Dhen thafaathu nanthakeh himanaalinama.. mihaaru hurihaa vaahaka ehga ves hunnany hus eh nanthakeh.. vaahakaige namah ves thafaathu nameh dhin nama dhoa.. ?

    2. saarah says:
      September 14, 2015 at 6:16 pm

      thank you for helping. i would keep that in my mind next time 🙂
      varah visnin ehn name eh jahan. but ended up with this name.

  28. saamy says:
    September 14, 2015 at 3:59 pm

    v reethi. hykuran ehaadhigu inthixaareh nukh kiyan libeyne kamah. 🙂

    1. saarah says:
      September 14, 2015 at 6:14 pm

      thank you 🙂 masahkaiy kuraanan ehaa dhigu inthizaareh nukuruvan 🙂

  29. Nady says:
    September 14, 2015 at 4:17 pm

    Nice. Good luck

    1. saarah says:
      September 14, 2015 at 6:13 pm

      thank you 🙂

  30. mishko says:
    September 14, 2015 at 4:55 pm

    Very nyc story

    1. saarah says:
      September 14, 2015 at 6:12 pm

      thank you 🙂

  31. sumone says:
    September 15, 2015 at 9:55 pm

    13 aharugaves mamma balany dharifulhu meehunnaa thaihh kureveythw dw

  32. jeyys says:
    October 12, 2015 at 7:48 pm

    Ow … this is perfect story i ever readed sarah i love this one… best of luck… i appreciate ur hard work…

  33. ފާއްޓޯ says:
    November 5, 2015 at 9:35 am

    އަސްލު ވަރައްރީތި މިވާހަކަ

Comments are closed.

All Right Reserved!