Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (އެގާރަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 14, 2015 6 Mins Read
26 Comments

“ދެން އެންމެ ރަގަޅު ކޮއްކޮ ދިޔަޔަސް…. ބޭބެ މިތާ މަޑުކޮށްލާނަން…” ފުއާދު މިހެން ބުނުމުން ފަޔާޒް މަޑުނުކޮށް ހިނގައިގަތީ ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއާއި ދިމާލަށެވެ.

ޝިޔާނާގެ ހާލު އަދިވެސް ހަމަ އެފަދައެވެ. ކިރިޔާ ލޯހުޅުވި ހޭ އަރާ އިރަށް ސްޓްރޯކު ޖެހެނީއެވެ. އެހެން ކަމުން މިހާރު ޝިޔާނާ ބާއްވަނީ ނިދާ އިންޖެކްޝަން ޖަހާ ނިންދަވާފައެވެ. 5 ދުވަސް ވުމުން ކުރިން ކުރި ހުރިހާ ސްކޭންތަކާއި ޓެސްޓުތައް ތަކުރާރު ކުރުމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ބަދަލުވުން

ދުވަސްތައް ފާއިތުވަމުން ދިޔަ ނަމަވެސް ޝިޔާނާގެ ބައްޔަށް އިތުރު ޝިފާއެއް ލިބޭކަމަށް ފާހަގަ ނުކުރެވޭތީ ޑޮކްޓަރ އަމީލިޔާގެ އެދުމުގެމަތިން ސްރީލަންކާގައި ހުންނަ އާސްރީ ހޮސްޕިޓަލަށް ޝިޔާނާ ނަޤުލު ކުރުމަށް ހަމަޖައްސައިފިއެވެ.

ފަޔާޒް ބޭނުންވަނީ ވީހާވެސް އަވަހަށް ޝިޔާނާ މިކަމުން ސަލާމަތްވުމަށެވެ. ސަބަބަކީ ޝިޔާނާގެ ފަރާތުން މި ހާދިޘާއާއި ބެހޭ ގޮތުން އެތަކެއް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވާތީއެވެ. މި ތަޙްޤީޤުގެ މައްސަލަ ނިންމުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަން ފަޔާޒަށް މަޖުބޫރު ކަމަކަށް ވާތީ ލަންކާއަށް ދެވޭގޮތެއް ނުވިއެވެ. ނަމަވެސް ޝިޔާނާއާއި އެކު ހަވާލުވެގެން ލަންކާއަށް ފުރާ ފުލުހެއްގެ ގޮތުގައި އައިންތު ހަމަޖެއްސީ، މި ކޭސްގައި ނާއިފް ދިޔުމަކީވެސް ވަރަށް ދަތިކަމަށް ވެފައި ދެން މިކަމުގައި އެންމެ އިތުބާރުކުރެވޭ އެންމެ ރަގަޅު އެއް ފުލުހަކީ އައިންތު ކަމަށް ވާތީއެވެ.

ޝިޔާނާ ހުޅުލޭ އެއާރޕޯޓަށް ގެންދިޔައީ އެމްބިއުލަންސްގައެވެ. ހުޅުމާލެއާއި ހުޅުލެއާއި ގުޅިފައިވާމަގުން އެމްބިއުލަންސް މިސްރާބުޖެހި އިރު، އެ އެމްބިއުލެންސާއި އެކު ފުލުހުންގެ ޖިޕެއްވެސް ދިޔައެވެ. ޖިޕު ދިޔައީ ޝިޔާނާ ގޮވައިގެން ލަންކާ އަށް ދާ ފުލުހުންގެ ހަތަރު މީހުންގެ ޓީމް ގޮވައިގެންނެވެ.

މިއަދަކީ ހުކުރު ދުވަސް ކަމުން ހެދުނުގެ ފްލައިޓުން ޝިޔާނާ ފޮނުވާލުމަށް ހަމަޖައްސާފައި ފަޔާޒް ގެއަށް ދިޔައީ ފެންވަރައިގެން ހުކުރަށް ދިއުމަށެވެ.

*** *** *** *** *** ***

މި ހާދިޘާއަށް ދިހަ ދުވަސްވީ އިރު ސާނިޔާގެ ފަރާތުން ފެންނަނީ މުޅިން އާދަޔާ ޚިލާފް ކަންތައްތަކެކެވެ. އެކަހެރިކޮށް ކޮޓަރީގައި ހުރުމާއި، އިރު އިރުކޮޅާ މީހާ ސިއްސައިގެން ދިޔުމެވެ. ދޮރު ހުޅުވާލާ އިރަށް މީހާ ފުންމައިގެން ތެދުވެ އެއީ ކާކުތޯ ބަލަން އަވަސްވެގަނެއެވެ. ނިދަން އުނދަގޫ ވުމާއި، ކެއުމާއި ދުރުވެ ސާނިޔާގެ ހަށިގަނޑު އިތުރަށް ހިކި އަނަރޫފަ ވަމުން ދިޔައެވެ. މިހުރިހާ ކަމެއް އެންމެ ގާތުން ބަލަމުން އައީ މަތީނެވެ.

ސާނިޔާ ހިތް ހަމަޖައްސައި ދިނުމަށް އެކި ފަހަރުމަތިން އޮފީހަށް ގެންދެވުނެވެ. ގޭތެރޭގައި ހުރެގެން އެ ހާދިޘާ މަތިން ހަނދާންވުން ނޫން ކަމެއް ނުވާނެއެވެ. އެކަން މަތީނަށް އިނގޭތީ ގޭގެ މަހައުލާ ދުރުގައި ދެ ދުވަސް ހޭދަކުރަން ރިސޯޓަކަށްވެސް ގޮވައިގެން ދިޔައެވެ.

ރިސޯޓުގައި ހޭދަކުރި ދެ ދުވަހު ސާނިޔާގެ ފަރާތުން މަޑު މަޑުން އުފާވެރިކަން ފާޅުވަމުން އައި ނަމަވެސް ގެއަށް އައުމަށް ފަހު އަނބުރާ އެ އުޅުމަށް އޭނާ ރުޖޫއަވެއްޖެއެވެ.

ނަމަވެސް މަތީނުމެންގެ އޮފީހަށް އަލަށް ވެއްދި އަންހެން ކުދިންނާއެކީ ވަގުތު ހޭދަ ކުރަން ސާނިޔާ ދާން ފެށުންވީ މަތީނަށް ލިބެންފެށި ހިތްހަމަޖެހުމެކެވެ. ސާނިޔާ ރޭގަނޑު ގެއަށް އަންނަނީ ވަރަށް ދަންވާ ފަހުންނެވެ. ކޮފީތަކުގައްޔާއި އެކި ކަހަލަ ޕާޓީތަކުގައި އެނާ ވަގުތު ހޭދަކުރަން ފެށިއެވެ. އެ ބިރުވެރި ހާދިޘާ މަތިން ހަނދާންކޮށް ރޯން ބޭނުން ނުވާތީއެވެ.

އެއީ ކުރިން ސާނިޔާގެ ފުށުން ދުވަހަކުވެސް ފެނުނު ކަންތައްތަކެއް ނޫނެވެ. މިކަމާއި މަތީނު ހައިރާނެއް ނުވެއެވެ. މަތީނު ބޭނުންވީ ސާނީޔާ މީހުންގެ ތެރައަށް ނިކުމެ އާދައިގެ މީހެއް ފަދައިން އުޅޭށެވެ. ސާނިޔާ ގޭތެރޭގައި ހުރެ ކަންތައްތަކާއި ވިސްނާ ބޯ ގޮއްވާ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވާން ބޭނުން ނުވާތީއެވެ.

**** **** **** ****

ފަޔާޒް މިއަދު އޮފީހަށް ދާން ބޭނުން ނުވާތީ ގޭގައި މަޑުކޮށްލީ އެވެ. އެނދުގައި އޮށޯވެގެން އޮތް އިރު އޭނާ ވަނީ ފުން ޚިޔާލެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ފަޔާޒް ވިސްނާ ފިކުރު ނުކުރާ ވަގުތެއް ނާދެއެވެ. ކުރިއަށް ކަންތައް ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ.

ޝިޔާނާ ލަންކާއަށް ގެންދެވުނުތާ 20 ދުވަސްވީއެވެ. މި ހާދިޘާއަށް 27 ދުވަސް ވީ އިރު އަދިވެސް މިއުޅެނީ މި ކޭސްގައި އުފެދޭ ސުވާލުތަކަށް ފުރިހަމަ ޖަވާބު ނުހޯދިގެންނެވެ.

ލޯމަރާލިޔަސް ފެންނަނީ މުއާޒް މަރާލާފައިވާ ރަހުމްކުޑަގޮތެވެ. އޭނާގެ އަރިކަށީގެ ދެ ދިމާލެއް ވަނީ ފުންމިނުގައި ދޮޅު އިންޗި އަދި ފުޅާމިނުގައި 4 އިންޗި ހުންނާނެ ވަރަށް ޒަޚަމްވެފައެވެ. ބުރަކަށިން މައިބަނދައާއި ދިމާލަށް އެއް ފޫޓުގެ ބޮޑު ވަޅި ހެރުމުގެ ސަބަބުން ވަނީ މައިނާރު ބުރިވެފައެވެ. ޑޮކްޓަރުންގެ ރިޕޯޓްތަކުން ބުނާގޮތުގައި މުއާޒް މަރުވެފައިވަނީ މައިނާރު ބުރިވެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފޭބުމުގެ ސަބަބުންނެވެ.

މުއާޒްގެ މަރުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސުވާލެއް ވާކަން އިނގެއެވެ. ކުށުގެ ވެށިން ނެގިފައިވާ ހެކިތަކުގައި ތިންމީހެއްގެ އިނގިލީގެ ނިޝާން ފެންނަން ހުއްޓެވެ. އެ ކޮޓަރިން ނެގުނު މޯބައިލް ފޯނުގަޔާއި، ބެޑްޝީޓް އަދި މުއާޒް މަރާލުމަށް ބޭނުންކޮށްފައިވާ ހަތިޔާރުގައިވެސް ޝިޔާނާގެ އިނގިލީގެ ނިޝާން ފެންނަން ހުއްޓެވެ. ފުލުހުން ބެލި ބެލުމުން އެ މޯބައިލް ފޯނަކީ މުއާޒްގެ ފޯނުކަމާއި އެ ފޯނުގައި މުއާޒުގެ އިނގިލީގެ ނިޝާން ހުރުން އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ފޯނުގަޔާއި ވަޅީގައި އިތުރު އެހެން ތިންވަނަ މީހެއްގެ އިނގިލީގެ ނިޝާން ފެންނަން ހުރުމުން ފަޔާޒްގެ ހިތުގައި ގިނަ ސުވާލުތަކެއް ފެންމަތިވަމުން އައެވެ.

ޝިޔާނާއާއި ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިނަމަވެސް އޭނާގެ ޙާލަތު ތަން ނުދޭތީ އެކަމުގެ އިންތިޒާރުގައި މަޑުކުރުން ނޫންގޮތެއް ނެތެވެ.

އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އައިންތު ހެދުނު 10 ޖަހާއިރު ފަޔާޒަށް ގުޅައެވެ. ފޯނަށް ބަލަހައްޓައިގެން ފަޔާޒް އޮތީ އައިންތު ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ.

ކޮންމެ ދުވަހެއްގެ އެއްގަޑިއަކަށް އަންނަ ފޯނުކޯލް ލަސްވުމުން ފަޔާޒަށް ހީވި ކަހަލައެވެ. ކޮންމެވެސް ނުބައެއް އެބަ އުޅެއެވެ. މިހެން އެކި ޚިޔާލުތަކަށް ގެއްލިފައި އޮވެ ފޯނުން ގަޑިބަލާލި އިރު އޭރު ގަޑިން މެންދުރު 12 ޖަހަނީއެވެ. އަދިވެސް އައިންތުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން އޮއްވާ ފޯނު ރިންގުވާން ފެށިއެވެ. އެއީ އައިންތުގެ ކޯލެއް ކަމަށް ހީކޮށް ފޯނު ނެގިއެވެ.

“ހަލޯ…. ބަޑީ… އޮފީހަށް ނާންނަ ދުވަހެއްތަ؟” އެކޮޅުން ވާހަކަ ދެއްކީ ނާއިފެވެ. “ޔާ…. މިއަދު އޮފީހަށް ދާހިތެއް ނެތް… އެކަމަކު އެމާރޖެންސީކަމެއް ޖެހިއްޖިއްޔާ ގުޅާތި…؟” ފަޔާޒް ވާހަކަ ދެއްކީ ވަރަށް މޯޅި ގޮތަކަށެވެ.

“މަށަށް ފެންނަނީ ރެޑީ ވެގެން މިކޮޅަށް އަންނަން….. ޝިޔާނާގެ……” ނާއިފްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ފަޔާޒް ފުންމައިގެން ތެދުވިއެވެ.

ނާދިރުކަމެއް ފެނިގެން އަޖައިބުވެހުރެ ވާހަކަ ދައްކާ ބީދައިން އަވަހަށް އަހާލިއެވެ. “ޝިޔާނާއަށް ކިހިނެއްވީ؟…. އޭރުވެސް ހިތަށް އެރި ކޮންމެވެސް ކަމެއް ވެއްޖެޔޭ… އައިންތު މަށަށް ނުގުޅައިގެން މި ހުރީވެސް….. ޝިޔާނާއަށް ކިހިނެއްވީ؟…”

“ބަލަ ޝިޔާނާގެ ޚަބަރެއް މަށަކަށް ވެސް ނޭނގޭ…. މަމި ބުނަން އުޅެނީ…. ޝިޔާނާގެ މަންމަ ހޭ އަރައިފިޔޭ….. ހިނގާށޭ ހޮސްޕިޓަލަށް ދާން…” ނާއިފަށް ހުރެވުނީ ފަޔާޒު ބޯކޮސްވެފައި ހުރިވަރު އެނގި ނިހާޔަތަށް ދެރަވެފައެވެ. އެހެންކަމުން ފަޔާޒް ބަލާ ގެއަށް އެބަ އަންނަމޭ ބުނެ ފޯނު ބޭއްވިއެވެ.

ހިތާހިތުން މާތް ﷲ އަށް ހަމްދުކޮށްލިއެވެ. ފަޔާޒަށް އެ ލިބުނީވެސް ހިތްހަމަޖެހޭ ކަހަލަ ޚަބަރެކެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތުގައި ބިރުވެރި ޚިޔާލުތަކެއް އެނބުރެނީއެވެ. “ކީއްވެތަ އައިންތު ނުގުޅައިގެން މި އުޅެނީ؟؟…..”

ފާހާނައަށް ވަދެ ފެންވަރައިގެން ނުކުތް އިރު ފަޔާޒުގެ ފޯނު ރިންގު ވަނީއެވެ. މި ފަހަރުވެސް ފަޔާޒް އުންމީދު ކުރީ އެއީ އައިންތުގެ ކޯލެއް ކަމަށެވެ.

‘ގުޑް މޯނިންގް ފަޔާ…… އައި ހެވް ގުޑް ނިއުސް…” އެކޮޅުން ވާހަކަ ދެއްކީ ރިފްދާއެވެ. ފަޔާޒު އެނދުގައި އިށީނދެ ހަމަޖެހިލުމަށްފަހު ރިފްދާއަށް ޖަވާބު ދިނެވެ. “ގުޑްމޯނިން….. ކިހިނެއްވީ ރިފޫ؟؟…..”

‘އަހަރެން މިހުރީ މާލޭގައި…. ޑްރަގް މައްސަލައެއްގައި ކުދިންތަކެއް ހައްޔަރު ކޮށްފިން… މިކޭސްގައި ވަރަށް އެހެން ކަހަލަ ހެކިތަކެއް ފެންނާތީ…. އަހަރެންނަށް ފެންނަނީ ފަޔާޒާއި ނާއިފް ވީ އެންމެ އަވަހަކަށް މާލޭ ފުލުސް އޮފީހަށް އަންނަން…..” ރިފްދާ އެއް ފައްޗަކަށް މިދެއްކި ވާހަކަތައް އަޑުއަހަން ހުރި ފަޔާޒް ފޯނު ކަނޑާލުމަށް ފަހު ތައްޔާރުވުމަށް އަވަސް ވެގަތެވެ.

**** **** **** ****

ހުޅުމާލެ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި އެނދުމަތި ކުރެވިފައިވާ ވަހީދާ ހޭ އެރުމުން ވަނީ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކޮށްފައެވެ. ފަޔާޒްއާއި ނާއިފް އެކީގައިގޮސް އެ ކޮޓަރިއަށް ވަނެވެ. އެވަގުތު ފުއާދު ހުރީ އޭނާގެ އަންހެނުންނާ އަތް ގުޅުވާލައިގެން ވާހަކަ ދައްކާށެވެ. ވަހީދާއަށް ރަގަޅުވުމަށް ހިތްވަރު ދެމުން ދިޔައެވެ. ފުއާދު އޭނާގެ ލޯބިވާ އަނބިމީހާގެ އަތުގައި ފިރުމާލަ ފިރުމާލަ އޭނާ ހިތް ހަމަޖައްސައި ދޭން ވާހަކަ ދައްކަމުން ދިޔައެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ފަޔާޒް ފެނުމާއި އެކު ފުއާދު ތެދުވެ އޭނާއާއި ސަލާމްކޮށްލިއެވެ. ފަޔާޒް ކުޑަ ވަގުތުކޮޅެއް ވަހީދާއާއި ވާހަކަ ދައްކާލަން ބޭނުންވާ ވާހަކަ ބުނުމުން ފުއާދު ހުރީ ވާނުވާ ނޭނގިފައެވެ. އެވަގުތު ނާއިފް އެމީހުންނަކީ ޝިޔާނާގެ މި މައްސަލަ ތަޙުޤީޤު ކުރާ ޓީމް ކަމަށް ބުންޏެވެ. އަދި ވަހީދާއަށް އެ އެޕާރޓްމަންޓް ތެރެއިން ފެނިފައިވާ މަންޒަރުތައް ކިޔައިދީފި ނަމަ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަން ފަސޭހަވެގެން ދާނެ ކަމަށް ބުންޏެވެ.

ވަހީދާ ބާއްވާފައިވާ އެނދާ ކައިރިއަށް ޖެހިލިއެވެ. ފުއާދު އެމީހުންނަށް ތަން ދެއްކުމަށް ފަހު ފަޔާޒުމެންގެ ފަހަތުގައި ހުރި ފާރުގައި ލެގިލިއެވެ. ފަޔާޒް ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިކަމަށް ބުނުމުން ވަހީދާ ބޯޖަހާލިއެވެ.

“ވަހީދާ މި ހާދިޘާ ހިނގިއިރު ހުރީ ކޮންތާކުތޯ؟” ނާއިފްގެ އަތުގައިވާ ޓެބްލެޓަށް ބަލަހައްޓައިގެން ހުރެ ފުރަތަމަ ސުވާލުކޮށްލިއެވެ.

“އަޅުގަނޑު….. ހުރީ ޝިޔާނާ ކޮޓަރި ތެރޭގައި ހެދުމެއް ފަހަން،…..” ވަހީދާގެ ޖަވާބު ވަރަށް ކުރެވެ. ދެވަނަ ސުވާލުވެސް ކުރީ ނާއިފެވެ. “އެހެންވީއިރު އެވަގުތު ޝިޔާނާ ހުރީ ކޮންތާކުކަން އެނގޭތޯ؟”

“ޝިޔާނާ ހުރީ އަޅުގަނޑާ އެކީ އެ ހެދުމުގައި މިނައާއި އެސް ތަތް ކުރަން…” ވަހީދާގެ ޖަވާބުން ފަޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ.

“އެ ވަގުތު ސާނިޔާ ވީ ކޮންތާކުތޯ؟” ފަޔާޒް ސުވާލުކޮށްލިއެވެ.

“ޝިޔާނާ އަޅުގަނޑާއި އެކު މަސައްކަތުގައި އިނީމަ….. ޒާން ހުކުރަށް ފޮނުވަން ސާނިޔާ އޭނަ ރީތި ކުރީ….. ދެން ފުއާދު ޒާން ގޮވައިގެން ހުކުރަށް ދިޔައިމަ….. އަހަރެން ބުނެގެން ސާނިޔާ ދިޔައީ ސަޓަނި ހަދަން ކެރެޓް ކޮށަން” ވަހީދާއަށް މިހިސާބަށް ބުނެވުނު އިރު ދެލޮލަށް ފެން ޖަމާވެއްޖެއެވެ.

“ދެން ކިހިނެއްތޯ ވީ؟” ނާއިފަށް މިހެން އަހާލެވުނީ ހިތުގައި ފެންމަތިވަމުން އަންނަ ސުވާލުތަކުން ޝިޔާނާގެ ބަޔާނުގައި ދެވިފައިވާ މަޢުލޫމާތާ ދިމާނުވާތީއެވެ.

“ދެން ޝިޔާނާ ހެދުމުގެ އެއްބައިގައި މިނާ ތަތްކޮށްފަ ނުކުތީ ބޭރަށް……. ހުކުރުން އެންމެން އަންނަން ވާއިރަށް މޭޒުމައްޗަށް ކާން ހަދަން…. އަޅުގަނޑު އިނީ އެ ހެދުން ނިންމަންވެގެން ކޮޓަރީގައި…. އޭރު ޓީވީން ހުކުރު ޚުތުބާގެ އަޑު ސާފުކޮށް އިވޭ… ހެދުން ނިންމަން ހުއްޓާ ސާނިޔާ ކޮޓަރިއަށް އައިސް ފާހާނައަށް ވަނީ…. ” ވާހަކަ މިހިސާބަށްގޮސް މެދުކަނޑާލިއެވެ. ވަހީދާއަށް އޭރު ހަމަ ރަގަޅަށްވެސް ރޮވިއްޖެއެވެ. ލޮލުގެ ކަނުން އޮހެމުން އައި ކަރުނަތިކި ކަންފަތުގެ ވޮށްޓަށް އެޅިގެން ދިޔައިރު ފޮހެލާކަށް ވަހީދާ މަސައްކަތެއް ނުކުރެއެވެ.

އެވާހަކަ އަޑުއަހަން ފަޔާޒްގެ ފަހަތުގައި ހުރި ފުއާދަށް ކުރި އަސަރުން މޫނުމަތީ އަތް އަޅާ ރޯން ފެށިއެވެ. “ހުއްޓާލާ… ހުއްޓާލާ…. އަހަރެން ތިވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫން….” ފުއާދަށް ވަނީ ކެތްކުރަން ދަތިވެފައެވެ.

ވޭތުވެދިޔަ އެއް މަސްތެރޭ އެކި މީސް މީހުންގެ ހަރުބަސްތަކާއި މަލާމާތުގެ ބަސްތައް އޭނާ އަޑު އަހައިފިއެވެ. އެތައް ރެޔެއްގައި ނުނިދާ ހޭލާ ހަމަނިދި ނުލިބި ވަހީދާއަށް އަވަސް ޝިފާއެއް ލިބޭތޯ ދުޢާކޮށްފިއެވެ. ހިތާމައިގައި ނުކައި ނުނިދާ މިހާ ދުވަހު އުޅެފައި ވަހީދާ ހޭއަރައި ރަގަޅު ވަމުން އައުންވީ ފުއާދަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ނަމަވެސް އަނދިރި ވެފައިވާ މާޒީގެ ވާހަކަ އަޑުއަހަން އޭނާއަށް އެ ދަނޑިވަޅުގައި ކެތް ނުކުރެވުނީއެވެ.

ނާއިފް ފުއާދާއި އެކު އެކޮޓަރިން ބޭރަށް ދިޔުމަށް ހިނގައިގަތެވެ. އަދި ހިނގަމުން މިދާ ކަންތައްތައް ފުއާދަށް ވިސްނައި ދޭން މަސައްކަތްކުރިއެވެ. “ބޭބޭ، މި މައްސަލައިގަ އަހަރެމެން އެއްކުރި ހެކިތަކުގައި ޝިޔާނާއަކީ މުއާޒްގެ ޤާތިލްކަމަށް ޤަބޫލެއް ނުކުރެވޭ… މީގައި ފޮރުވިފައިވާ ސިއްރުތަކެއްވޭ….. މިހާރު މަސައްކަތް މިކުރަނީ އަސްލު ޤާތިލް ހޯދުމަށް….. މިކަން ކުރުމަށް ވަހީދާގެ ބަޔާނަކީ ވަރަށް މުހިއްމު އެއްޗެއް….” ކޮޓަރީގެ ބޭރުގައި ޖަހާފައިވާ ގޮޑިތަކުން ގޮނޑިއެއްގައި ފުއާދު އިށީނެވެ.ާ

“ދެން ތި ބުނަނީ ޝިޔާނާއަކީ ކުށްވެރިއެއް ނޫނޭތަ؟” ފުއާދަށް މިހެން އަހާލެވުނީ އަންތަރީސްވެފައިވާ ޙާލުގައެވެ.

“އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ އެހެން…. މިކަން ޔަޤީން ކުރަން އެބަޖެހޭ….. އެހެންވެ މިހިސާބަށް މިތަޙުޤީޤު ގެންދަން މި ޖެހުނީ…. އެއްގޮތަކަށްވެސް މި ސުވާލުތައް މިކުރަނީ ތި ދެމަފިރިން ނިކަމެތިކޮށް ހިތްދަތި ކުރާކަށެއް ނޫން….” ނާއިފް މިދެއްކި ވާހަކަތައް އަޑުއަހަން ހުރި ފުއާދަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ.

ހަނދާނަށް އައީ ފުލުހުންގެ ބެލުމުގެ ދަށުގައި ޝިޔާނާ ހުރިއިރެވެ. ޝިޔާނާއާއި ދިމާލަށް ބުނެވުނު ހަރުކަށި ބަސްތަކެވެ. އެއީ ދުވަހަކުވެސް ފުއާދު އޭނާގެ ދަރިންނާއި މުޢާމަލާތްކުރި ގޮތެއް ނޫނެވެ. ޝިޔާނާގެ ބަލީގެ ޚަބަރު ލިބުނީމަވެސް ފުއާދު އޭނާ ދެކިލަން ދާންވެސް ބޭނުންނުވީ އެހެންވެއެވެ. ވަހީދާގެ ހާލަތުގެ ސަބަބުން ހަމަ ނިދި ނުލިބި ބޯގޮވާފައި ހުރުމުން ފުއާދަށްވެސް ހަމައަށް ރަގަޅަށް ނުވިސްނުނީމައެވެ. އެ އާއިލާއަށް އެހީވެ އަޅާލާނެ އިތުރު ބައެއް ނެތީމަ ވާނީވެސް އެހެނެވެ. އެދުވަހު ޝިޔާނާ ކުށްވެރިކޮށް ދެއްކުނު ވާހަކަ ހިތަށް އެރުމުން މޭގައި އަތް ކާއްތާލެވުނެވެ.

“ކޮބާ ޝިޔާނާ؟ ….” ފުއާދަށް ބާރަށް ރޮއެގަނެވުނެވެ. ފުއާދަށް ހިތްވަރު ދިނުމުގެގޮތުން ނާއިފް އައިސް ގާތުގައި ހުރި ގޮނޑީގައި އިށީނދެ ވާހަކަ ދެއްކިއެވެ.

“ބޭބޭ… ޝިޔާނާއަށް މިކޮޅުން ފަރުވާދީގެން ރަގަޅު ނުވާތީ އޭނާ އެވަނީ ލަންކާގެ ހޮސްޕިޓަލަކަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައި…. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެ….”

އެހިސާބަށް ވާހަކަ ދިޔައިރު ވަހީދާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް އެކޮޓަރިން ނުކުތީ ދެލޯ ނިއްކުރި މައްޗަށް ލައިގެން ހުރެއެވެ. މީހާ ވަނީ ހާސްވެފައެވެ. ނިއްކުރިމަތިން ފެންނަމުން ދިޔަ ދާ ތިކި ތަކުން ފަޔާޒް ހާސް ވެފައިވާ މިންވަރު ރަގަޅަށް ސިފަވަމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެ އޭނާއަށް އެހެން ހުރެވުނީއެވެ. ކަރު އެލުވާލައިގެން ހުރި ފަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

ފަޔާޒަށް ވެފައި ހުރިގޮތް ފެނި ކަމެއް ގޯސް ވެއްޖެކަން ނާއިފަށް ކަށަވަރު ވެއްޖެއެވެ. ފަޔާޒު ނުކުތް ކޮޓަރީގެ ދޮރު ނުލެއްޕެނީސް ނާއިފް ތެދުވެ އެދޮރުގައި ހިފާ އެތެރެއަށް ދެމިގަތެވެ. ފަހަތުން ފުއާދުވެސް އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިއަށް ވަނެވެ.

= ނުނިމޭ =

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ .. [21]

Next

ދިމްޔާ (15 ވަނަ ބައި)

Next
September 14, 2015

ދިމްޔާ (15 ވަނަ ބައި)

Previews
September 14, 2015

ދީވާނާ ލޯބިން ވެއްޖޭ .. [21]

26 Comments!

  1. mary says:
    September 14, 2015 at 2:04 pm

    Waiting for next part

  2. Anonymous says:
    September 14, 2015 at 2:05 pm

    Naaifah.. Naaif ah mihenneh noon.. mee kuh gotheh..

    1. Anonymous says:
      September 14, 2015 at 2:06 pm

      eh than ebain nubai koh.. ragalhu kohlan feney

    2. Shax Lyn says:
      September 14, 2015 at 2:50 pm

      އެނޮނިމަސް ތިޔަ ވިދާލުވަ ކުށް ހޯދަން އަޅުގަނޑު މި އެޕިސޯޑް 3 ފަހަރު ކިޔައިފިން… ތި ވިދާޅުވާ ކުށް ނުފެނުނަސް ‘ކޮޓަރި’ ލިޔަން ޖެހޭ ތަނެއްގައި ‘ކޮތަރި’ މިހެން ޖެހިފައި އިން ކުށެއް ފުނުން….. ނާއިފްއަށް ޖަހާފައިވާ ތަން އިން ޕެރެގްރާފް ހާމަކޮށްދެއްވައިފިއްޔާ ވަރަށް ރަގަޅު…. އަޅުގަނޑުގެ ވެސް ބޭނުމަކީ ކުށް އިސްލާހު ކުރަން. ތިޔަ ހާމަކުރާ ފާޑުކިޔުމަށް އަޅުގަނޑު ވަރަށް ތާއީދު ކުރަން… ޝުކުރިއްޔާ!….

    3. Anonymous says:
      September 14, 2015 at 3:16 pm

      dhevana ah tharithakeh jahaafa in baige furatahama feshey paragraph gai Fayaaz ah jahaafa inee.. Naaif ah ehen mi dhennevy misaalakah..
      Ragalhu kiyaairu inna hus noonu neikan faahanga kohlan.

    4. Anonymous says:
      September 14, 2015 at 3:18 pm

      Hedhunu kiyaairu inna hus noonu ves nei..

    5. Shax Lyn says:
      September 14, 2015 at 5:05 pm

      Thank you so much… Ebai ves rangalhu kollaanan…. 🙂 thank you for reading…..

  3. Tigrious says:
    September 14, 2015 at 2:07 pm

    Masha allah varah reethi

  4. sharu says:
    September 14, 2015 at 2:26 pm

    Vvv salhi waiting4 nxt part

  5. risha says:
    September 14, 2015 at 2:47 pm

    masha allah varah varah salhi .. waitna 4 next part.varah innthizaaru kohfin

  6. Shax Lyn says:
    September 14, 2015 at 2:52 pm

    @mary.. @anonymous… @rishi.. @sharu.. @tigrious… thanks for reading…. 🙂 🙂 :*

  7. isha says:
    September 14, 2015 at 3:14 pm

    ainnnnn!!! 5 fooot valhiekeyyyyyy….. my God…. ??????

    1. Shax Lyn says:
      September 14, 2015 at 3:29 pm

      Its a mistake…. 1 footuge…

    2. Shax Lyn says:
      September 14, 2015 at 5:05 pm

      Thank you so much… Isha…. 🙂

  8. Ab says:
    September 14, 2015 at 3:20 pm

    Haaadha kureyy ..
    Thankolheh dhigu kohlaaa dhebala plZZ..

  9. dhatha says:
    September 14, 2015 at 5:21 pm

    shaaz dhatha buni mihaaru haadha kuray kihinae vee mihaa kuree haadha reechay kiyaa laa hithun in na iru vaahaka nimanee

    1. Shax Lyn says:
      September 14, 2015 at 5:33 pm

      Kuruhen heevanee…. Aslu hama Dhaadhi evvarakah Gina episodethah hunnaanee….. Dhen huri baithah dhigu kureveytho balaanan…. 🙂

  10. ken? says:
    September 14, 2015 at 6:18 pm

    aneikkaa waheedhaa maruveetha…i guess saaniyaa n matheenuge knmes nubaei mi maruge fahathuga vaahen..
    btw v furihama..keep de hard work..???

  11. zai says:
    September 14, 2015 at 8:22 pm

    Good work shax..v obi mi baivex

  12. Shau says:
    September 14, 2015 at 11:51 pm

    Vvvvvvv reethi mi part vx.. Waiting for the nxt part. Alhe ekm Shax waheedha Mara nulahchey!!!

  13. mee says:
    September 15, 2015 at 7:43 am

    V reethi mibaeyas

  14. sana says:
    September 15, 2015 at 9:30 am

    mibaives v rythi..next part when

  15. azim says:
    September 16, 2015 at 2:41 am

    Vvvvv salhi next bai avaha

  16. Anonymous says:
    September 16, 2015 at 2:43 am

    V furihama

  17. muna says:
    September 16, 2015 at 2:47 am

    V Nice, ???

  18. nooora says:
    September 16, 2015 at 9:41 pm

    Wow nice waiting waiting

Comments are closed.


All Right Reserved!