Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (3ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 5, 2015 4 Mins Read
14 Comments

ެ. އެއީ އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އިސްކޮޅުން ހަފޫޓަށް ވުރެ ކުރެއް ނުވާނެ އެވެ. ބޯ ފަންކަމުން ގޮސް ބައެއް އިސްތަށި ފަންކަލުގެ ވަޔާއެކު ވިހުރެމުން ދެއެވެ. ލޮލުގައިވަނީ ހޭޒަލް ކުލައެވެ. ބޮޑަށް ވައްތަރީވެސް ބޭރު ކުއްޖަކާ އެވެ. ވާނީވެސް އެހެންތާ އެވެ. ދިނާޔާ އަކީ ޖަރުމަނު މީހެއް ވިއްޔާ އެވެ.

މިކްޔާލް ފެނުމާއިއެކު ދިނާޔާގެ ލޯ ކަރުނުން ވިދަން ފަށައިފި އެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު އެއައީ ޖަރުމަން ވިލާތުގައި ހަތް އަހަރު ވަންދެން ކިޔަވަން ހުރެފަ އެވެ. މަޔަކަށް އެހާ ދުވަސް ކޮށްފައި ދަރިފުޅު ފެނުމުން މައިވަންތަކަމުގެ އިޙްޞާޞް ވެސް އުތުރި އަރާނެ އެވެ. އެއީ ކަން ހިނގާ ގޮތެވެ.

“މިކްޔާލް ދަރިފުޅާ… ހަމަ ކުރިޔެކޭ އެއްފަދަ ދޯ… މިހާރު ހާހިކި ވެއްޖެހެން ހީވޭ…. ދަރިފުޅު ނުކަނީތަ…؟” ދިނާޔާ ކަރުނަ ފުހެލި އެވެ. އެވަގުތު މިކްޔާލް އައިސް ދިނާޔާގެ ކަރުގައި އެލިގަތެވެ. ވަރަށް ލޯބިން މަންމަގެ ނިތްކުރީގައި ބޮސްދިނެވެ.

“މަމް… މަންމަ އަށް ހީވާނެ އަހަރެން ފަލަ ބެރަކަށް ވެފަހުއްޓަސް ހިކިކަމުން ހޯލި ކޮޅެއް ހެންނޭ…” މިކްޔާލް މަޑުމަޑުން އެހެން ކިޔާލީ ސުޖާޢު އެތާ އިނުމުންނެވެ. ޢާންމުކޮށް މިޒާޖުގައި ސަކަ ގޮތެއް ހުއްޓަސް ބައްޕަގެ ލޮލުގެ ކުރިމަތީގައި މިކްޔާލަކީ ހަމަހިމޭން ކަމުގެ އެއްވަނަ އެވެ. ޝެރިން ވެސް ހަމަ އެފަދަ އެވެ. ނަމަވެސް ދާނިޔާ ބައްޕަގެ ކުރިމަތީގައިވެސް ހަލަބޮއްޔެވެ.

“ޔާލްބޭބެ ދޮނާ ކައިރީ ބުނި އަންނަންވީމަ އަންގާލާނަމޭ… އެކަމަކު ޚަބަރެއް ދަބަރެއް ނުވެލާ ހަމަ ކުއްލިއަކަށް އެފެނުނީ…” ދާނިޔާ މިކްޔާލްގެ ބޮލުގައި މަޑުމަޑުން ފުއްޓައްކެއް ޖަހާލީ ހެމުންނެވެ. “މޮމް މެންނަށް އަންގާފަ ދޮނާމެންނަށް ނޭނގީ ދޮނާމެން މުހިއްމު ނުވީ ދޯ… އައި ހޭޓް ޔޫ…” ދާނިޔާ ދޫ ނެރިލާފައި އަނގަޔަށް ޖައްސާލި ވައްތަރަކުން އެންމެނަށް ހެވުނެވެ.

“ނޯ، ދޮނާ… ދޮނާމެންނަށް ސަރޕްރައިޒެއް ދޭން ވެގެންނޭ ޔާލްބޭބެ ނާންގާ އައީ… ދެން މިހާރު އެވަރު ކޮއްލީމަވެސް ޔާލްބޭބެ އަށް ތި ބްލޭމް ކުރަނީ…” ދިނާޔާ މިކްޔާލް އަށް ގޮނޑި ދީފައި ގޮނޑީގެ ފުރަގަހުގައި ހުއްޓިލައިގެން ހުއްޓެވެ. އަދި މިކްޔާލް އަށް ތަށިތައް ގާތްކޮށްދޭން ފެއްޓި އެވެ. ޝެރިން އިނީ މިކްޔާލްގެ ކަނާތް ފަޅީގަ އެވެ. ކައިލް އިނީ ވާތް ފަޅިގަ އެވެ. އެދިގު މޭޒުގެ އެއްކޮޅު ޚާއްޞަ ކުރެވިފައިވަނީ ސުޖާޢުއަށެވެ. އަނެއްކޮޅު ގައި އިންނާނީ ދިނާޔާ އެވެ. ކާކޮޓަރީގެ ތަނަވަސް ކަމުންނާއި، ކުޑަދޮރުތަކުން ވަންނަ ވައިގެ ސަބަބުން ދުވަނީ ވަރަށް ތާޒާ ވަހެކެވެ. ކާތަކެތީގެ މީރު ވަހުގެ އިތުރުން ކުޑަ ބޮރުތަކުގެ ބޭރުން ފެންނަ ލެވެންޑާ މާ ބަގީޗާގެ މީރުވަސް މާހައުލު އިތުރަށް ތާޒާކޮށްދެ އެވެ. ރޭގަނޑުގެ ރާނީ އަޑުގައި ވެރިކަން ކުރަމުންދާ މަންޒަރު އެތަނަށް ފެންނަނީ ކުޑަ ދޮރު ތަކުގެ ބޮޑުކަމުންނާއި އުސްކަމުންނެވެ.

“މަންމާ… އަހަރެން ބިހެއް ނުކަމޭ މިހާރު… ޖަރމަނީ ގައި އުޅުންއިރު ކޮންމެ ހެނދުނަކު ބިސްކާތީ ބަނޑެއްވެސް ލި… ދެން އެންމެ ފަހުން ޖިމަށް ދާން ފެށީ…” މިކްޔާލް މަޑުމަޑުން ބުނެލި އެވެ. އެއާއެކު އެންމެނަށް އަނެއްކާވެސް ހެވިއްޖެ އެވެ. މިކްޔާލަކީ ފަލަ މީހެކޭ ބުނާނެ ޖާގައެއް އެ ހަށިގަނޑަކު ނެތެވެ. ނަމަވެސް ހިކިކަމުން ފިރިހެން ވަންތަކަން ނެތިދާވަރެއް ނޫނެވެ. ވަރުގަދަ ހަށިގަނޑެކެވެ. ރީތި ވަރަކަށް ހުރުމުން ވަރަށް ސްމާޓް ގޮތެއް ހުރެ އެވެ. ޢުމުރުން ބާވީސް އަހަރު ގެ ޒުވާނާ އަށް ލިބިފައިވާ އެ ދިގު އިސްކޮޅުގެ ސަބަބުންވެސް އެރީތިކަން އިތުރު ވެއެވެ.

“ދަރިފުޅާ ބައްދަލުވިތަ ރާނީމެންނާ…” ސުޖާޢު އެއްސެވި އެވެ. “ރަނގަޅުދޯ އެއެންމެން…”

ރާނީއަކީ އިންޑިއަނެކެވެ. ސަލްމާން ޚާންމެންނާއި ވާދަކުރެވޭ ހަށިގަނޑެއްގެ ވެރިއެކެވެ. ރާނީއަކީ މިހާރު މޮޑެލިން ދާއިރާގައި އުޅޭ މީހެކެވެ. ސުޖާޢުއާއި އެއް ޢުމުރަކަސް ހީވަނީ ވިހީގެ އަހަރުތައް ގުނަމުންދާ ޒުވާނެއް ހެނެވެ. އެއީ ސުޖާޢުގެ ކޮލެޖް ދުވަސްވަރުގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ރާނީއަކީ މަޖާ މިޒާޖެއްގެ، އަދި އެންމެންނާއިވެސް ގުޅޭ މިޒާޖެއްގެ މީހެއްމެ އެވެ. އެހެންކަމުން ރާނީ އަކީ އެންމެންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޒުވާނެކެވެ.

“ލައްބަ ބައްޕާ… ވަރަށް ގިނައިން އަޅުގަނޑުމެން ހޮޓާ ތަކުން ބައްދަލުވޭ… އަދިވެސް މީހަކާ ނީނދޭ އެކަމަކު…” މިކްޔާލް އޭނާގެ ބައްޕަ އަށް ޖަވާބު ދިނީ ޝެރިންގެ ބޮލުގައި ފިރުމާލަމުންނެވެ.

ޖަރުމަންގެ އެކި ހިސާބުތަކުގެ ވާހަކަތަކާއި، ތަންތަނުގެ ރީތި ވާހަކަތައް މިކްޔާލް ކިޔާދެމުން ގެންދިޔައިރު، ދާނިޔާ އާއި ޝެރިނާއި، ނީމް އެކިއެކި ސުވާލު ކުރަމުންގެންދިޔަ އެވެ. މިކްޔާލް ޖަރުމަންގެ ރޮމޭންޓިކް ރޯޑުގައި ހިނގާލި ވާހަކައާއި، އެއީ ވަރސްބަރގުން ފުސެންއަށް އޮންނަ 400 ކިލޯމީޓަރ ގެ މަގެއް ކަމަށް ކިޔާދިނެވެ. ޗޮކްލެޓް ބޮކްސް ޓައުންގެ ގެތަކުގެ ރީތިކަމާމެދު މިކްޔާލް ތަޢުރީފް ކުރި އެވެ. އަދި ކޮލެޖްގެ ހޮލިޑޭ ޓްރިޕެއްގައި ޑްރެސްޑެން އަރޓް ގެލެރީސަށް ޒިޔާރަތް ކުރިވާހަކަ ކިޔާދިނެވެ. އެތަނުގައި މީހުން މަދުކަމުން އަރޓް މަސައްކަތްތައް ވަރަށް ފަސޭހައިން ބަލާލެވުނު ކަމަށް މިކްޔާލް ބުއްޏެވެ. ނަމަވެސް މިކްޔާލް ކަމެއް ސިއްރުކުރި އެވެ. އޭނާ ޖަރުމަނުގައި ހުރި އިރު ސައިކަލް އެކްސިޓެންޓެއް ދިމާވި ވާހަކަ އެވެ. އެއެކްސިޑެންޓްގައި އޭނާގެ އަރިމައްޗަށް ގެއްލުން ލިބުން ވާހަކަ އެވެ. އެ އުފާވެރި މާހައުލު ނިމުމަކަށް ގެންނަން މިކްޔާލް ބޭނުން ނުވީ އެވެ.

މިކްޔާލް އައި ކަމުގެ ޚަބަރު އެނގެނީ ހަމައެކަނި އެ ޢާއިލާ އަށެވެ. ސަބަބަކީ މިކްޔާލް އައީ އެހާ ދަންކޮށްފައި ކަމުންނާއި އެކު، އަދި ދަތުރުގެ ވަރުބަލިކަން އިޙްޞާޞް ކުރެވޭނެތީ އެވެ. މިހެންވެ ސުޖާޢު ނިންމެވީ މިކްޔާލް އައި ޚަބަރު ޖެހިގެން އަންނަ ދުވަހު ދެއްވާށެވެ.

ކާކޮޓަރީގައި ގިނައިރު ނުކޮށް ކައި ނިންމައިގެން އެންމެން އެރީ ޓެރަސް މައްޗަށެވެ. އެތަން ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެންނެވެ. ކުލަކުލައިގެ މާގަސްތައް އެބޮޑު ބެލްކަނީގައި އަތުރާލާފައިވާއިރު މީހަކު އާޝޯޚުވެދާނެ އެވެ. ބެލްކަނީއަށް ނިކުމެވޭއިރު ފެންނަނީ މަޑު ފެހި ކުލައިގެ ލޭސްފޮތިގަނޑެއް އަޅާފައިވާ ވަށް ބިއްލޫރި ކޮފީމޭޒެކެވެ. މަޑު ޕީޗް ކުލައިގެ މުށި ޖަހާފައިވާއިރު ބެލްކަންޏަށް އަލިވަނީ ދިއްލާފައިވާ މަޑު ފެހި ކުލައިގެ އަލިންނެވެ. ޓެރަސް ތެރޭގައިވެސް ވަނީ މަޑު ޕީޗްކުލައެއްގެ މުށިޖަހާފައެވެ. އެއްފަރާތެއްގައި ހުރި ގުރާކޮށި ވަނީ ހަމަ ހިމޭންވެފަ އެވެ. ހީވާގޮތުން އޭއްޗިހިންނަށްވެސް މާހައުލުގެ ނަލަކަން އިޙްޞާޞް ކުރެވުނީ އެވެ. އެހެންނޫންނަމަ އެއީ ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއްޗެއްގެ ކުކުރުމުގެ އަޑުނަމަވެސް ހުންނާނީ އިވިއިވި އެވެ. ބެލްކަނީ ފިނި ކަމުން އެންމެން ތިބީ ޓެރަސްތެރޭގަ އެވެ. އާއިލީ އެއްވުމެކެވެ. ވަރަށްވެސް އުފާވެރި އެވެ. މުޅި މާހައުލު އެއްވަސްވެފައިވަނީ ލެވެންޑާ އުއްބައްތީގެ މީރުވަހުންނެވެ. މިގޭގައި އެއާ ފްރެޝްނަރ ފަދަ ޤުދުރަތީ ނޫން އެއްޗެހި ބޭނުމެއް ނުކުރެ އެވެ. ޝެރިންމެން އާއިލާ ދައްކާ ވާހަކައިންނާއި، އެކަކު އަނެކަކާމެދު ދެކޭ ނަޒަރުން އެއީ ދުނިޔޭގައިވި އެންމެ އުފާވެރި އާއިލާހެންވެސް ބައެއް ފަހަރު ހީވެ އެވެ.

ބާރަ ގަޑި ބައިހާއިރުން، ލަސްވާތީ ސުޖާޢު އާއި ދިނާޔާ ދިޔައީ އެމީހުންގެ ކޮޓަރިއަށެވެ. ކޮންމެހެންވެސް ސުޖާޢު މާދަމާ އޭނާގެ ކުންފުނީގައި ފުރަންޖެހޭ ގިނަ ޢަދަދެއްގެ ފޯމުތަކަކާއި ކޮންޓްރެކްޓު ތަކެއްވެސް ހުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ޒުވާން ގުރޫޕުގެ ފޯރި ފެށުނީ އެހިސާބުންނެވެ. އާންމުކޮށް ބައްޕަމެން ތިބޭއިރު ކައިލްމެންނަކަށް އެހާގިނައިން ސަކަރާތް ޖަހާކަށް ނުކެރެ އެވެ. މުޅި އެޚާންދާނަށް ސުޖާޢުގެ ޤަދަރާއި މުއްސަނދިކަން މަޤުބޫލު ވެފައިވެ އެވެ. ސުޖާޢުމެން ދިޔުމާއިއެކު ކެރަމްގެ ފޯރި މާހައުލުގައި އުފަންވި އެވެ. އެކުޅިވަރު އެތައް ދަމަކަށް ކުރިއަށް ގެންދިޔަ އެވެ.

ޝެރިނަށް އޭނާގެ ކޮޓަރިއާ ހަމައަށް ދެވޭވަރުވީ ގަޑިން ތިންގަޑި ބައިވެ ބޮޑުވީ ފަހުންނެވެ. އެންމެ ފުރަތަމަވެސް އޭނާ އެފް.ބީ އަށް ވަދެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޔައިނަށް މިކްޔާލް އައިކަމުގެ ޚަބަރު ދިނެވެ. ޔައިން އޮފްލައިންގައި އިން ނަމަވެސް މާދަމާ އެހެން މީހުންނަށްވުރެން ކުރިން ފެންނާނެ ކަމަށް ޝެރިން އުންމީދު ކުރި އެވެ. މިރޭ މިކްޔާލް އައުމާއިއެކު ހެން ޝެރިންގެ ނިދި އޭނާއަށް ފިލައިފި އެވެ. އެހެންކަމުން ޝެރިން އެރޭގެ ވަގުތުތައް ހޭދަކޮއްލަން ބޭނުންވީ އިންޓަރނެޓް ގައެވެ. ޔޫޓިއުބުން އޭނާއަށް ވަރަށް ކަމުދާ މިއުޒިކެއް ޖަހާލި އެވެ. އެވަގުތު މުޅި ކޮޓަރީގެ ހަމަހިމޭންކަން ދުއްވާލީ މަޑުމަޑު ރާގެކެވެ. އެއީ އައި ވިލް ބީ ދެއާ ފޮރ ޔޫގެ ލަވައެވެ.

ސޯ ނޯވަން ޓޯލލްޑް ޔޫ ލައިފް ވޯޒް ގޮނަ ބީ ދިސްވޭ…

ޔޮއަ ޖޮބްސް އަ ޖޯކް… ޔޫއަރ ބޮރޯކް… ޔޮއަ ލަވްސް ޑީ އޯ އޭ…

އިޓްސް ލައިކް ޔޫއަރ އޮލްވޭޒް ސްޓަކް އިން ސެކަންޑް ގިއަރ

ވެން އިޓް ހެޒެންޓް ބީން ޔޮއަ ޑޭ، ޔޮއަ ވީކް، ޔޮއަ މަންތް، އޮރ އިވަން ޔޮއަ އިއަރ، ބަޓް

އައި ވިލްބީ ދެއަރ ފޮރ ޔޫ

ވެން ދަ ރެއިން ސްޓާޓްސް ޓު ޕޮއަރ

އައިވިލް ބީ ދެއަރ ފޮރ ޔޫ

ލައިކް އައިހެވް ބީން ދެއަރ ބިފޯރ

ކޯޒް ޔޫއަރ ދެއަރ ފޯރ މީ ޓޫ…………..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

KANDU FEN – ކަނޑުފެން

Next

ﷲ މަތިން ހަނދުމަކުރުން (1ވަނަ ބައި)

Next
October 5, 2015

ﷲ މަތިން ހަނދުމަކުރުން (1ވަނަ ބައި)

Previews
October 5, 2015

KANDU FEN – ކަނޑުފެން

14 Comments!

  1. Faxoo says:
    October 5, 2015 at 8:39 pm

    ދެން އަންނަ ބައި ތަކުގައި އަސްލު ޙާދިޘާ ފެށިގެން ދާނީ………. ފަޒޫ އުންމީދު ކުރަން ރީތިވާނެ ކަމަށް ???

  2. shaakko says:
    October 5, 2015 at 8:44 pm

    V haasaru gina kama faahagavey

  3. girl says:
    October 5, 2015 at 10:24 pm

    Agree with shaakko

  4. een says:
    October 5, 2015 at 10:29 pm

    Sherin ei kuda kujjeh dhw..

  5. neha says:
    October 5, 2015 at 11:06 pm

    Eha eha eh noon mi vaahaka eh

  6. Anonymous says:
    October 5, 2015 at 11:09 pm

    Warah obi story ei ingey next part awahah up kohdhehcheyy ingeyyy waiting for next part

  7. Crazi says:
    October 6, 2015 at 12:15 am

    Shalhi

  8. confuse says:
    October 6, 2015 at 2:46 pm

    vaanuwaa..age thah kiyaalaba..eyrah vx thankolheh easy vaane thwche mi get vaan…ai naithaneh neygi character thakeh ossaalaifi viyya…

  9. ifa says:
    October 6, 2015 at 4:12 pm

    Maa beykaaru vaahaka gina e

  10. Anonymous says:
    October 6, 2015 at 6:15 pm

    hurihaa siblings ge therein emme body kaaku?adhi huriha siblings ge tharutheebu kiyaadheeba

    1. Faxoo says:
      October 8, 2015 at 8:12 pm

      Anonymous: 🙂
      i think i wrote some years of characters
      “އޭނާގެ އެންމެ ބާރަ އަހަރުގެ ކޮއްކޮ ޝެރިން އާއި ގަރލް ފްރެންޑް ނީމް އާއެކު އިރު އޮއްސޭގަޑިގައި ބުރުޖަހަން ދިޔުމަކީ އޭނާ މަންމަމެންނާއި ވަގަށް ކުރާ ކަމެކެވެ.”
      Sherin = 12yrs
      Kail = 19
      Mikyaal = 22
      Dhaaniyaa = 17
      dhen ulheyny Neem, Dhinaayaa (mom) Sujaau (Dad), yain (sherin ge best friend)
      thankuu thihen bunythy. faxu ah libunu improvemennt eh thi huriha comment thakakyvx. ^_^ ehenvyma balaanan improve kureveythw ingey. btw, mihen characters liyunyma varah faseyha vaane dhw. 🙂 thanks again all

  11. Saamee says:
    October 9, 2015 at 9:16 am

    Dhaanuyaa akee mom bt still she is 17???

    1. maaya says:
      November 19, 2015 at 4:32 pm

      Dhaaniya aky dhiyaanaa ge dharifulhu.. dhiyana aky mom

  12. iraa says:
    October 9, 2015 at 10:29 am

    saamee dhinaayaa akee mom.. not dhaaniyaa.. btw nyc

Comments are closed.

Next Episodeޝެރިން (4 ވަނަ ބައި)←


All Right Reserved!