Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Esfiya Level 310 Stories100 Login
October 6, 2015 6 Mins Read
16 Comments

އާއިޒު ގާތަށް އައި ރުޅީގައި ކުއްލި އަކަށް ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ފެހިކުލައިގެ ބިލަބޮންގް ޓީޝާޓްގެ ފަސްބަޔަށް ދަމައިލިއެވެ. ގަޔަށް ހިފިފައި ހުރި ޓީޝާޓުން މީހާގެ ބިޔަ ކަމާއި ބޮޑުކަން ހާމަވެ ފިރިހެން ވަންތަކަން އިތުރު ކޮށްދީފައިވެއެވެ. މަޑުމަޑުން ޖާހަތުއާ ދިމާއަށް އަންނަން ފެށުމުން ޖާހަތުއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އަދި އެއްފަރާތުގައި ހުރި ހުމާމަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހުމާމު ޖާހަތު ދެކެ ލޯބިވާ ކަމަށް ދައުވާ ކުރާއިރު އެހެން މީހެއް އޭނާއާ އެގޮތަށް މުޚާތަބުކުރަމުން ދާއިރު އެކަން ނުހުއްޓުވައި އެހުރީ ކީއްވެބާއެވެ؟

“ބުނަން ގަދަ ދައްކަން އުޅޭނެ ކަމެއް ނެތް. އަހަރުމެންނާ ކުޅެން އުޅެންޏާ ދުވަހަކުވެސް ހިތުން ނުފިލާވަރުގެ ބޮނޑިއެއް ލިބިދާނެ.” އާއިޒު ރުޅިވެރިކަމާއެކީ ޖާހަތުގެ މޫނާ މޫނު ކައިރި ކޮށްލަމުން ބުނެލިއެވެ.
އާއިޒު އެތަށް ގޮތަކުން ބިރު ދެއްކުމުންވެސް ޖާހަތުގެ އަޒުމަށް ގުޑުމެއް ނައެވެ. އެހެން ކަމުން ކޮޓަރިން ނުކުމެގެން ދަމުން ހުމާމަށް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއީ ކޮންކަމެއްގެ އިޝާރާތެއްކަން ނޭނގުނަސް އެއިޝާރާތުގެ މައިގަނޑު އަމާޒަކީ ޖާހަތުކަން ވިސްނި ކުޑަކޮށް ހިތްބިރުގަންނަ ގޮތްވިއެވެ. އާއިޒު އެބުނީ ކީއްކުރަން ބާވައެވެ.

“ޖާހަތު، ދޫނީ! އާއިޒު ބުނާ ގޮތެއް ހަދާބަލަ. އެކަމުން ޖާހަތުއަށް އެއްވެސް ގެއްލުމެއް ނެތެއްނު.” ހުމާމު ކުރިއަށް ހިނގައިގަންނަމުން ޖާހަތުއަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.

“މިބުނީނު ނުކުރާނަމޭ. އަހަރެންލައްވާ ތިގޮތަށް ކަންކަމެއް ނުކުރެވޭނެ. އަހަންނަކީ މީހަކު ބުނާއިރަށް ގޮސް ތަނެއްދޮރެއް ނުބަލަ މީހުން ތަންތަނަށް ގެންދާ ކަހަލަ މީހެއް ނޫން.” ޖާހަތު ރުޅިވެރި ބަސްތައް ހުމާމަށް އަމާޒު ކުރަމުން ވާހަކަ ދެއްކިއެވެ. ޖާހަތު އެދެއްކީ އޭނާގެ ވާހަކަކަން ހުމާމަށް އެނގުނެވެ. ރުޅިވެރިކަމެއް ހިތުގައި ދުވެލި ނަމަވެސް ހުމާމު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.

“އަހަރެންނަކަށް ވެސް ބޭނުންހާ ގޮތެއް ހަދައެއް ނުލެވޭނެ. ހީކުރީތަ އަހަރެން އަބަދު ފަހަތުގައި ދުވާނެޔޭ؟ އަހަރެންނަށް ތިއަށްވުރެ މާރީތިކުދިން ވާނެ. ޗި…” ހުމާމު އަނގަހަދާލާފައި ވާހަކަ ދެއްކިއެވެ. ޖާހަތު ގާތަށް ރުޅިއައިވަރުން ދަތްކުނޑި ވިކާލެވުނެވެ. އޭނާ އެހާ ދަށްކޮށްލީތީ ހުމާމުގެ މޫނު ނޮޅާލަން ބޭނުންވިއެވެ. ނަމަވެސް ހިމޭންވެލިއެވެ.

“އާއިޒު އެބުނާ ކަންތައް އޭނާއަށް ކޮށްދީ! އެހެން ނޫނީ ދެރަވާން ޖެހޭނީ ޖާހަތު.” ހުމާމު އަނެއްފަރާތަށް އެނބުރި ލަމުން ވާހަކަ ދެއްކިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޖާހަތުއާ އެފަދަ ރާގަކަށް ވާހަކަ ދެއްކުނީތީ އޭނާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ރިހުމެއް އުފެދުނު ކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ. ބޮޑު އޮޅުވާލުމަކާއެކީ ޖާހަތު މިތަނަށް ގެނެވުނީތީ އަމިއްލަ ނަފުސުދެކެ ހިތްހަމަ ނުޖެހެވޭހެން ހީވާންފަށައިފިއެވެ.

“ދެރަވާންޖެހޭނީ އަހަންނޭ.؟ އެކިހިނެއް؟ ކޮންގޮތަކުން؟ އޭނ. ޖަވާބު ދީބަލަ.” ޖާހަތުގެ ރުޅި ކޮންޓްރޯލުން ނެއްޓި ބާރަށް އައިސް ހުމާމު އޭނާ އާއި ދިމާއަށް އަނބުރާލާފައި ރުޅިވެރި ކަމާއެކީ ވާހަކަ ދައްކަން ފެށިއެވެ. “ކޮންކަމެއް ކުރާނީ.؟ ކަލޭގެ ހުރި ފިރިހެންވަންތަ ކަންތަ ދައްކާލާނީ؟ އަހަރެމެން އަންހެނުންނަކީ ބަލިކަށި ބަޔަކަށް ހަދައިގެން ބޭނުންހާ ގޮތަކަށް ހަދާއިރު ހީވޭ ދޯ ތިމަންނަ މެންނަކީ ފިރިހެނުންނޭ. ބުނަން.. އަހަރެން ނޫޅެން ކަލެޔާ ހެދިއެއް. ކިތަންމެ ވަރެއް ކުރިނަމަވެސް އަހަރެން އާއިޒު ބުނިކަންތަކެއް ނުކޮށްދޭނަން. ކަލޭ އިނދޭ އޭނާއަށް އަޅުވެގެން.” ޖާހަތު ރުޅިވެރި ކަމާއެކީ ދޮރާދިމާއަށް ހިނގައިގަތެވެ. ދޮރާ އަރާ ހަމަވުމުގެ ކުރިން ހުމާމު ދުވެގޮސް ދޮރުމަތީގައި ހުއްޓުނީ ދޮރުހުޅުވުމަށް ހުރަސް އަޅަމުންނެވެ.

“ސޮރީ ޖާހަތު. އަހަންނަކަށް ޖާހަތު ދޫކޮށެއް ނުލެވޭނެ. އާއިޒުގެ އެދުމުގައި ކޮޅުފައިން ޖެހި މީހަކަށް ސަލާމަތެއް ނުވެވޭނެ. އަދި ހާއްސަކޮށް އަންހެންކުއްޖަކު ތިހެން ހެދުމުން.. އެހެންވެ މިބުނަނީ. އަދިވެސް ވަގުތު އެބައޮތޭ. އެއްބަސްވޭ.” ހުމާމު ދޮރުގެ ދެފަރާތަށް އަތް ހުރަސް ކޮށްލަމުން ބުންޏެވެ.
އައިރުޅީގައި ޖާހަތު ހުމާމުގެ މޫނުމަތީގައި އަތްވީއްލައިލި އިރު ޚުދު ޖާހަތުގެ އަތުންވެސް ދިލަ ނެގިއެވެ.

“ބުނަން. އަހަރެން އެއްވެސް ބިރެއް ނުގަނޭ ކަލޭދެކެވެސް. އަދި އެ އާއިޒު ދެކެވެސް. ހަމަ މިހާރު ދޮރު ހުޅުވާ. މިބުނީނު ހުޅުވާށޭ. ދުރައްދޭ ދޮރުކުރިމަތިން.” ޖާހަތު ހުމާމާ ތޮޅިގަތީ ދޮރު ހުޅުވުމަށެވެ. ނަމަވެސް ހުމާމު ޖާހަތު އެނދާ ދިމާއަށް ހޫރާލީ ލުއި ފަތްކޮޅެއް ހެނެވެ. ޖާހަތު ވިއްސައިގެން ގޮސް ޖެހުނީ އެނދު ކައިރީގައެވެ. ހުމާމު ފަހަތުން އައިސް ޖާހަތުގެ އެއް އަތުކުރީ ހިފާ އެނދުމައްޗަށް ހޫރާލިއެވެ. އަދި ފަހަތުން އަރައި ޖާހަތު އުއްޑުން ބާއްވައިލި އިރު އެގަދަފަދަ ހަމަލާތަކަށް ޖާހަތުއަށް ދެވޭ ރައްދު އެއީ އެއްވެސް އެއްޗަކަށް ނުވިއެވެ. ޖާހަތު ބިރުން ހަޅޭއް ލަވައިގަތެވެ. ސަލާމަތަށް އެދި ގޮވަން ފެށިއެވެ. ހުމާމު ޖާހަތުގެ ހެދުމުގެ އެތަންމިތަނުގައި ހިފައި ދަމަންފެށިއެވެ. އިސާހިތަކު ކޮނޑުމަތިންނާ ބުރަކަށިން ހެދުން ވީދި ހަށިގަނޑުގެ ބައެއް ހާމަވިއެވެ. ޖާހަތު ފައި ކުރުކޮށްލާފައި ހުމާމުގެ ބަނޑުގައި އަޅުވާފައި ގަޔަށް ލެވުނުހާ ބާރެއްލާފައި ފަހަތަށް ހޫރާލިއެވެ. ނަމަވެސް އަނެއްކާވެސް ހަމަ ފުންމައިގެން އައިސް ޖާހަތުގެ ބޮލުގައި އޮތް ބުރުގާ ދަމާ ބޭލިއެވެ. އެ ރާޅުބާނި އިސްތަށިގަނޑު ހޭވިގެން ދިޔައެވެ. ޖާހަތު ރޯން ފެށިއެވެ. ދޫކޮށްލުމަށް އެދި އާދޭސްކުރިއެވެ. ހުމާމު ޖާހަތުގެ މޫނުގައި ދެއަތުން ހިފިއެވެ. އަދި ގުދުވެލާފައި ދެއަތުގެ ބޮޑުވާ އިނގިލި ތުންފަތުގައި ބާރަށް ކާއްތަން ފެށިއެވެ.

ހުމާމު މިކުރަނީ ކީއްހެއްޔެވެ؟ ޖާހަތުގެ ހިތުގައި ސުވާލު އުފެދުމާއެކު ކުޑަކޮށް ހިމޭންވެލެވުނެވެ. އެއުޅެނީ ޖާހަތުއަށް ކީއްކުރަން ހެއްޔެވެ؟ ތުންފަތުގައި ބޮޑުވާ އިނގިލި ކާއްތައިގަތުމާއެކު ތުންފަތުގައި ހުރި ފަނޑުފަނޑު ލިޕްސްޓިކް މުޅި އަނގަމަތީގައި ހޭކުނެވެ. ހުމާމުގެ ހަރަކާތްތައް ކުއްލިއަކަށް ހިމޭންވިއެވެ.
ހުމާމް މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި އަނެއް ފަރާތަށް އެނބުރެލިއެވެ. ޖާހަތު ހައިރާން ކަމާއެކީ ތެދުވެ ފަހަތުގައި ހުއްޓުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ހުމާމު ކުއްލިއަކަށް އެނބުރިގެން އައިސް ޖާހަތުގެ އަނގަމަތީގައި ޖެހިޖެހީނުން ތުންފަތް ފަޅައިގެން ގޮސް ލޭއައެވެ. ޖާހަތު އެނދު ކައިރިއަށް ވެއްޓުނީ އަރި އަޅާލައި ގެންނެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔަ ޖާހަތުއަށް އިސްއުފުލާ ހުމާމަށް ބަލައިލެވުނީ އަނގަ މަތީގައި އަތްއަޅައިގެން އިނދެއެވެ. ބާރު ބާރަށް ރޮވެން ފެށުނެވެ. އޭނާއަށް މިއަނިޔާ ލިބެން ޖެހެނީ ކީއްވެހެއްޔެވެ.

“ސޮރީ ޖާހަތު . ހީ އޯރޑާރޑް މީ ޓު ރޭޕް ޔޫ. ބަޓް އައި ކުޑްންޓް. އައި ލަވް ޔޫ މޯ ދޭން ދެޓް.” ހުމާމުގެ ދެލޯ ކަރުނުން ފުރިފައިވީ އިރު ކަކޫމައްޗަށް ތިރިވެ ޖާހަތު ކުރިމަތީ އިސްޖަހައިލައިގެން އިނީ ކަރު އެލުވާލައިގެންނެވެ. ޖާހަތު ހުމާމަށް ބަލައިލީ ހައިރާންވެ އިނދެ ދެލޯ ބޮޑުކޮށްލައި ގެންނެވެ. ހުމާމު އިސް އުފުލައިލި އިރު އެދެލޮލުން ފެންނަނީ މޮޅިވެރިކަމެވެ. އޭނާ އެދައްކަނީ ތެދު ވާހަކައެއް ބާވައެވެ. އެހެންވެއްޖެނަމަ މިތަނުން ފޮނުވާލަ ނުދިނީ ކީއްވެހެއްޔެވެ؟ މިއަނިޔާ ދިނީ ކީއްވެހެއްޔެވެ.

“އާއިޒު ބޭރުގައި އެބަހުރި. އޭނާގެ އަމުރަށް ކިޔަމަންވުން ނޫންގޮތެއް އަހަންނަކަށް ނެތް.” ހުމާމުގެ އަޑުގައި ރިހުމެއް އުފެދިފައިވެއެވެ. ޖާހަތު އެއްވެސް އެއްޗެކޭ ނުބުނެ އަޑުއަހަން އިނެވެ. ހުމާމު އެގޮތަށް ކަން އެކުރީ އާއިޒުއަށް އޮޅުވާލުމުގެ ނިޔަތުގައިކަން ޖާހަތުއަށް ވިސްނުނެވެ. ހުމާމު އޭނާގެ ވާހަކަ ކިޔައިދެމުން ދިޔައިރު ޖާހަތު އިނީ ގަބޫލުކުރަން ދަތިވެފައެވެ. ލޯބިވާ މަންމައަކާ ބައްޕައެއްގެ އާދޭހުގައި ކޮޅުފައިން ޖެހުމަށްފަހު ފުރާވަރުގެ ޅަވިސްނުމުގައި ތިމާގެ މުޅި ހަޔާތް ބަރުބާދު ވެގެން ދާފަދަ ކަންތައް ތައް ކުރަމުން ގެންދިޔަ ގޮތުގެ ވާހަކައެވެ. މަޑުމަޑުން ނުބައި މަގަށް އެޅެމުން ގޮސް އެންމެ ނުބައި އަމަލުތަކަށް ދާންދެން ކުރި ކަންކަމެވެ. މާލޭގައި ހިނގާ ބޮޑެތި މާރާމާރީގައި އިސްކޮށް އުޅުމާއި އޭގެ އިތުރުން ބަދަލު ހިފުމުގެ ގޮތުން އަންހެންކުދިންގެ މުޅި ދިރިއުޅުން ވިއްސިވިހާލި ކޮށްލިގޮތެވެ.

ތިމާގެ އަމިއްލަ ނަފްސާމެދު މިއަދު ވިސްނާލެވުނު އިރު ހުރެވުނީ އިއާދަ ނުކުރެވޭވަރަށް ވުރެ މާދުރަށް ދެވިފައެވެ. ކުރެވިފައިވާ ކުށްތަކަށް ތަޢުބާވުން ފިޔަވައި އެހެންކަމެއް ނުވެވުނެވެ. ފައިސާގެ ދަޅައަށް ހެއްލި އެތަށް އަންހެންކުދިންނެއްގެ ދިރިއުޅުން ބަރުބާދު ކޮށްލެވިފައި ވެއެވެ.

ހުމާމުގެ ވާހަކަ ތަކަށްފަހު ޖާހަތުގެ ކިބައިން މަޢާފަށް އެދުނެވެ. އޭނާ އެހުރިހާކަމެއް ހުއްޓާލާނެ ކަމަށާ ޖާހަތު ބުނެފިނަމަ ކުރެވިފައިވާ ހުރިހާ ކުށަކަށް އަދަބު ލިބިގަންނަން ތައްޔާރުކަމަށް ބުންޏެވެ. އަދި އޭނާ ތަޢުބާވެ ރަނގަޅުވާން ބޭނުން ކަމަށާއި ޖާހަތު އާއި އެކީ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް ޖާހަތު ނަފްރަތާއެކީ އެއްފަރާތަށް މޫނު އަނބުރާލިއެވެ. މިރޭ ޖާހަތު އެ ސަލާމަތްވީ ހުމާމުގެ އަމިއްލަ އެދުމެއް އޮތުމުންނެވެ. ލޯބި ވާތީއެވެ. އޭނާ ފަދަ ނިކަމެތި ކިތަށް ކުދިންގެ ދިރިއުޅުން ހުމާމު ހަލާކުކޮށްލައިފި ހެއްޔެވެ. އެކުދިންދެކެވެސް ހަމަ ގައިމުވެސް ލޯބިވާނެ ކޮންމެވެސް ބައެއް ތިބޭނެއެވެ. ވީއިރު މިއަދު ހުމާމަށް މަޢާފުކުރުމުން އެހިސާބުން ނިމުނީ ހެއްޔެވެ؟ އޭނާ އަށް ހައްގު ސަޒާ ލިބެވެން ޖެހޭނެއެވެ. އޭނާގެ ޝިކާރައަކަށް ވި ކުދިންނަށް އިންސާފު ލިބެވެން ޖެހޭނެއެވެ.

ޖާހަތު މަޑުމަޑުން ތެދުވަން އުޅުނެވެ. ނަމަވެސް އެތަން މިތަނުން އޭނާގެ ހަށިގަނޑު ހާމަވާން ފެށުމުން ދެކަކޫ ގެނެސް މެޔާލާ ފިތްތާލައި ބާރު ކޮށްލިއެވެ. ހުމާމް އެނދު މަތީގައި އޮތް ދަނބުކުލައިގެ ބަނާތެއް ނަގައިގެން އައިސް ޖާހަތުގެ ކޮނޑުމަތީގައި އަޅައި ހަށިގަނޑު ނިވާކޮށްލިއެވެ. އަދި އެނދު މަތީގައި އޮތް ބުރުގާ ނަގައިގެން އައިސް ޖާހަތުއަށް ދިއްކޮށްލިއެވެ. ޖާހަތު އަވަސްއަވަހަށް ބުރުގާ އަޅާލިއެވެ.

ހުމާމުގެ ފޯނު ރިންގްވާން ފެށި އަޑުއިވުމުން ޖާހަތު އިސްއުފުލާ ބަލައިލި އިރު ހުމާމު ޖީބުން ފޯނުނަގައިގެން ކަންފަތުގައި ޖަހާލިއެވެ.

“އެއްބަސް ކުރެވުނުތަ؟” އެކޮޅުން ވާހަކަ ދެއްކީ އާއިޒު އެވެ.
“ނޫން” ހުމާމު ޖަވާބު ދިނެވެ.
“ވަރުގަދަ ކަމެއްނު. ކަލެއަށް ނޭނގޭތަ އޭނާ އެއްބަސް ކުރުވަންވި ގޮތެއް. ބިރު ދެއްކުމުންވެސް އެއްބަސް ނުވީމަ ދެން ޖެހޭނީ ހޭއަރުވާލަން. މިއީ ކަލޭ އަލަށް ކުރާ ކަމެއް ނޫނެއްނު؟” އާއިޒު ހިތްހަމަ ނުޖެހި ވާހަކަ ދެއްކިއެވެ. ހުމާމު އެއްޗެކޭ ނުބުންޏެވެ. އަދި ހިމޭން ނަޒަރަކުން ޖާހަތުއަށް ބަލައިލަމުން ފޯނު ބޭއްވިއެވެ.
“ސޮރީ ޖާތު. އަނިޔާ ކުރަންޖެހުނީ ހަމާ ޖާތުއަށް ރަނގަޅަކަށް. އަހަރެން ޖާތު ސަލާމަތުން މިތަނުން ނެރެދޭނަން.” ހުމާމު ކޮޓަރި ތެރެއިން ވާހަކަ ދެއްކި އަޑު އެވަގުތު ކޮޓަރީގެ ދޮރުގައި ހިފަންވެގެން އަތް ދިއްކޮށްލި އާއިޒަށް ވަރަށް ސާފުކޮށް އިވިގެން ދިޔައެވެ. މޫނުމަތި ބަނަވެގެން ދިޔައީ ރުޅިގަދަވި ވަރުންނެވެ. ދޮރުވެސް ނުހުޅުވާ އެނބުރި ފަހަތަށް ގޮސް އެ ކުޑަ ސިޓިން ރޫމު ކޮޅުގައި ދެފަހަރު ދެކޮޅަށް ހިނގަހިނގާ ހުރީ ފުން ވިސްނުމެއްގައެވެ. ހުމާމުގެ އުޅުން މިފަހަކަށް އައިސްގެން ބަދަލުވެފައިވާކަމާއި އޭނާއަކީ އާއިޒުއަށް ހުރި ބިރެއްކަމުގެ އިހުސާސް ކުރެވުނެވެ.

ވިސްނާލުމަށްފަހު ޖީބުން ފޯނު ނެގިއެވެ. އަދި ތަނަކަށް ގުޅާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“ހަލޯ ޕޮލިސް ސްޓޭޝަން؟ މިގޭގެ ދެވަނަ ބުރީގައި މީހެއް ގަދަކަމުން އަންހެންކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގަމުން އެބަދޭ” އާއިޒު ފުލުހުންނަށް ޖާހަތު އުޅެމުންދިޔަ އެޕާރޓްމެންޓްގެ މަޢުލޫމާތު ދިނުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

އިސާހިތަކު އެކޮޓަރީގެ ދޮރުގައި ބާރަށް ތަޅައިގަތް އަޑު އިވުނެވެ. ހުމާމު ގޮސް ދޮރު ހުޅުވާލުމާއެކީ ސިހި ދެލޯ ބޮޑުވެގެން ދިޔައީ އެތަނުގައި ފުލުހުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ތިބުމުންނެވެ. މައްސަލަ ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. ޔާނާ އާއި އީމަންއަށްވެސް އެތަނަށް އެވަގުތު އާދެވުނެވެ. ގައިގައި ބަނާތު އޮޅާލައިގެން ހުރި ޖާހަތުގެ އަނގައިގެ އެއްފަރާތުން ލޭއައިސްފައި ވާއިރު އެދެލޯ ދުޅަވެފައި ވީނަމަވެސް ހައިރާންކަން ވެރިވެފައިވެއެވެ. ޔާނާ ދުވެފައި އައިސް ޖާހަތުގައިގައި އޮޅުލައިގަތެވެ. އެތަނުގައި އެއްވެ ތިބި އާންމު ރައްޔިތުން ހުމާމަށް ހަމަލާދޭން އުޅެންފެށުމުން ފުލުހުންގެ އެހީގައި އޭނާ އެތަނުން ގެންދިޔައެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ހުމާމު ފުލުހުންނާއެކީ އިސްޖަހާލައިގެން ދިޔަތަން ބަލަން ޖާހަތުއަށް ހުރެވުނެވެ.

“ޖާތު! ޑިޑް ހީ ރޭޕް ޔޫ؟” ޔާނާގެ ގޭގެ ސިޓިން ރޫމުގައި އިން ޖާހަތުއާ ޔާނާ ސުވާލުކޮށްލިއެވެ.
ޖާހަތު ބޯ ހޫރާލުމަށްފަހު ނޫނެކޭ ބުނެލިއެވެ. އަދި އެއީ އާއިޒުގެ ރޭވުމެއް ކަމަށާ އާއިޒު ބުނެގެން ހުމާމު ކުރަން އުޅުނު ކަމެއްކަމަށް ބުންޏެވެ. ޖާހަތު ޔާނާއަށް ހަޤީޤަތް ސިއްރުކުރިއެވެ. ކައިވެނި ކުރެވޭ ދުވަސް އެހާ ގާތުގައި އޮއްވާ ޔާނާ ހިތްނުތަނަވަސްވެ ބިރު ގަންނަ ކަހަލަ އެއްވެސް ކަމެއް ކުރަން ބޭނުންނުވީއެވެ.
ޖާހަތު ހިތްހަމަ ޖައްސައި ދިނުމަށްޓަކައި ޔާނާއާ އީމަން ވަރަށް ގިނައިރު ޖާހަތުއާއެކީ ތިއްބެވެ. އީމަން ދިޔުމުން ޔާނާވެސް ޖާހަތުގާތު ނިދާލުމަށްބުނެ އެކޮޓަރިން ނުކުމެގެން ދިޔައެވެ.

އަނެއްދުވަހު އެރި އިރާއެކީ އެންމެންގެ ދުލުކުރީގައިވެސް އޮތީ ޖާހަތުއާ މީހަކު ބެހުނު ވާހަކައެވެ. ޖާހަތު ކުރީރޭ ހުރިހާލުގެ ވާހަކައެވެ. ޔާނާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޖާހަތުގެ ކަންފަތާ ހަމައަށްވެސް މިއަޑު ފޯރައިފިއެވެ. ވާހަކައިން ވާހަކަ ފަޅައިގެން ގޮސް ޖާހަތުގެ ރުހުމުގައި ހުމާމު ކުރިކަމަކަށް ވިއެވެ. ނުކުރާކަމެއްގައި ބޭޒާރުވެ މުޅިމާލެއަށް ގިނަވިއެވެ. ބަލާބޮޑުކުރި ދޮންބެވެސް ހިތްހަމަ ނުޖެހި ޖާހަތުއަށް އެތިވަރު ގޮވާލިއެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް ޖާހަތުއަށް ހިތާމަ ނުކޮށް ނުހުރެވެއެވެ. އޭނާގެ ޢިއްޒަތާ އަބުރު ވެއްޔާ މޮޑެވުނު ފަދައެވެ.

ޔާނާގެ އެތަށް މަސައްކަތަކުން ޖާހަތު ދެތިން ދުވަހެއްތެރޭ ކުޑަކޮށް ހަމައަކަށް އެޅުނެވެ. ކައިވެނީގެ ކަންތައްތަކުގެ ޒިންމާ ޖާހަތުއާ ހަވާލު ކުރީ ބިޒީކޮށްފައި ބެހެއްޓުމަށެވެ.

ކައިވެނިކުރަން ހަތަރު ދުވަހަށް ވީއެވެ. ޖާހަތު އީމަން އަދި ޔާނާ ސިޓިންރޫމުގައި ތިބީ ކައިވެނީގެ އެންމެފަހުގެ ތައްޔާރީ ތަކުގެ ވާހަކަ ދެއްކުމަށެވެ. ޖާހަތު ވަރުބަލިވެފައި ވުމުން އިރުކޮޅަކު އިނދެލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އީމަން ޔާނާއަށް ބަލާލުމަށްފަހު އައިސް ކައިރީގައި އިށީންނިއެވެ.

“މިހާރު ތައްޔާރު ވެވިއްޖެތަ؟” އީމަން ޔާނާގެ އަތްތިލައިގައި ހިފާލަމުން ސުވާލުކޮށްލިއެވެ.
“ތައްޔާރު ވަމުންނެއްނު މިދަނީ. ހަމަ ނޭނގިގެން ކުރި ސުވާލެއްތަ ތިއީ؟” ޔާނާ ހިނިއައިސްފައި އިނދެ ވާހަކަ ދެއްކިއެވެ.
“މިއީ ކައިވެނިކުރުމަށްވާ ތައްޔާރީ އެއްނު. އެއަށްފަހުވެސް ހުންނާނެއްނު ތައްޔާރުވާންޖެހޭ ކަންކަން.” އީމަން ކަތިނަޒަރަކުން ޔާނާއާ ދިމާއަށް ބަލައިލިއިރު އެތުންފަތުގައި ލާނެތް ހިނިތުންވުމެއް ހުއްޓެވެ. ޔާނާއަށް އީމަންގެ އިޝާރާތް އެނގުމުން ލަދުގަނެ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ޔާނާގެ މޫނު ރަތްވެގެން ދިޔަތަން ފެނުމުން އީމަންއަށް ހީގަނެވުނީ މަޖާވީމައެވެ. ޔާނާ ހިނިތުންވެ އިނދެ މޫނު ހަދާލިއެވެ. އީމަން ހެމުން ހެމުން ތެދުވިއެވެ. ޔާނާވެސް ތެދުވެގެން އީމަންއާއެކީ ބޭރު ދޮރާ ހަމައަށް ދިޔައެވެ. އީމަން ނުކުމެފައިވެސް ތައްޔާރުވައްޗޭ ބުނެ ހީގަތެވެ. ޔާނާވެސް ގަދަކަމުން މޫނު ހަދާލައިގެން ހުއްޓާ ހީގަނެވުނީ އީމަންގެ ލާނެތްކަން ހިތަށް އެރުމުންނެވެ. އީމަން ދިޔުމުން ގޭ ތަޅުލުމަށްފަހު ޔާނާ ގޮސް ކޮޓަރިއަށްވަނެވެ.

ދެލޯބިވެރިންގެ ސަމާސާތައް ދޮރު ދޭތެރެއިން ބަލަން ޖާހަތު ހުއްޓެވެ. އެރޭ ޖާހަތުއަށް ނިދި އަންނަ ގޮތެއް ނުވިއެވެ. އާއިޒުގެ ހީލަތްތެރިކަން ސިފަވަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ހުމާމަށްވެސް އެދިނީ ވަރުގަދަ ލަނޑެކެވެ. ހެއްކެއް ނެތުމުގެ ސަބަބުން އާއިޒު ބެދޭނެ އެއްވެސް މައްސަލައެއް ނެތެވެ. އެހެން މީހުންގެ ދިރިއުޅުމާ ކުޅެމުންދާއިރު އެމީހުންގެ ވެސް އިހްސާސްތަކެއް ވާކަން އޭނާއަށް ނުވިސްނެއެވެ. އާއިޒުއަކީވެސް ކުށްވެރިއެކެވެ. އޭނާއަށް އަދަބު ލިބެންޖެހޭނެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ.؟

ޖާހަތު ފޯނުނަގައި މެސެޖްތައް ހުޅުވާލާފައި އާއިޒު އޭނާއަށް ފޮނުވާފައި ތިބި މެސެޖްތަށް ކިޔައިލިއެވެ. އެއީ ފާއިތުވެ ދިޔަ ތިންދުވަހު އާއިޒު ފޮނުވާފައިވާ މެސެޖުތަކެވެ. އެއްބައި މެސެޖްތަކުގައި އިންޒާރު ދީފައިވީ ނަމަވެސް އަނެއްބައި މެސެޖްތަކުގައި ނަސޭހަތްވެސް ދީފައި ހުއްޓެވެ. އޭނާ ޔާނާ ދެކެ ލޯބިވާ ކަމާއި އޭނާއަށް ޔާނާ އުފަލުގައި ގެން ގުޅެވިދާނެ ކަމުގައި ބުނެފައި އޮތެވެ. އަދި ޖާހަތު ކަހަލަ އެކަނިވެރި ކުއްޖަކަށް އީމަންކަހަލަ މުއްސަނދި ކުއްޖެއް ލިބިއްޖެނަމަ މުޅި އުމުރުވެސް އުފަލުގައި އުޅެވޭނެ ކަމުގައިވެސް އޮތެވެ. ޔާނާވެސް އީމަންއާ ކައިވެނި ކޮށްގެން ހިނގައްޖެނަމަ ޖާހަތުގެ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި އެއްވެސް މީހަކީ އަނެއް މީހާއަށް ހެޔޮ އެދޭނޭ މީހެއް ނޫންކަމުގައި އޮތެވެ. ޖާހަތު އެނދުގައި ފޯނު ބާއްވާލާފައި ވިސްނާލިއެވެ. ތެދެކެވެ. ކައިވެންޏަށްފަހު ޔާނާ ޖާހަތުގެ ހަޔާތުން ވަރަށް ދުރަށް ހިނގައިދާނެއެވެ. އެހިސާބުން ޖާހަތުގެ ދިރިއުޅުމާމެދު ވިސްނަން ޖެހޭނީ ޖާހަތުއެވެ.

“އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތް އެނގިއްޖެ؟” ޖާހަތު އަމިއްލަ ނަފްސާ މުހާތަބުކޮށްފައި ބުނެލިއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރު ( ތޭރަވަނަ ބައި )

Next

ހިތަކުން ނުފިލާނެ 40

Next
October 7, 2015

ހިތަކުން ނުފިލާނެ 40

Previews
October 6, 2015

އިންތިޒާރު ( ތޭރަވަނަ ބައި )

16 Comments!

  1. a$! says:
    October 6, 2015 at 12:47 pm

    V reethi mi part vx

  2. nym says:
    October 6, 2015 at 1:00 pm

    Vrh reethi mi part vxx.. ?
    Bt dhn yaana n eman dhuru nukurahchey plxx..
    B nxt part avahah up kohdhehchey

  3. sofoo says:
    October 6, 2015 at 1:10 pm

    Interesting….kondhuvahakun next part upkuraany……

  4. Nyna says:
    October 6, 2015 at 1:11 pm

    Very nice next part avahah kiyaahihvaniee

  5. Pearl says:
    October 6, 2015 at 1:37 pm

    Noon… jaath aai eemaan aai nugulhuvaathi… pls pls

    1. me says:
      October 7, 2015 at 10:38 am

      they dont get together. dont worry. : p … spoiler alert!

  6. ifa says:
    October 6, 2015 at 4:15 pm

    Jaath eemaan aa gulhihjeya dhn v hadivaane mi vaahaka

  7. zai says:
    October 6, 2015 at 6:30 pm

    V fahkaa mi baivex

  8. nee says:
    October 6, 2015 at 8:30 pm

    Vaahaka dhigukuran visneedhw

  9. neha says:
    October 6, 2015 at 9:10 pm

    Hmm vaahaka dhigukuran eeman aa jaathu gulhuvaifiyya v hadivy vaahaka

  10. jenny says:
    October 6, 2015 at 10:32 pm

    Jaathu and aaiz marry kurany

  11. loabi says:
    October 7, 2015 at 4:11 pm

    Mi story up vany kon irakuntha? Konmes kuhjaku bunedhybala

  12. ninth says:
    October 7, 2015 at 5:32 pm

    msg thah thiby ey nukiyane dhw… msg thah hury ey bunaany…

  13. loabi says:
    October 7, 2015 at 9:45 pm

    Plz.. Kon irakutha mivaahaka up kurany.. Evaru bunedheyne kuhjakuves neh???

  14. lovely girl says:
    October 8, 2015 at 3:16 pm

    Mi vahakaiga jaathu ai eeman nugulheyne read this story long time ago

  15. cuty pie says:
    October 8, 2015 at 8:26 pm

    dhn konirakun tha dhn oh part up kurany????

Comments are closed.


All Right Reserved!