ހިތަކުން ނުފިލާނެ 40
ދުރުދުރުން ފެންނަން އޮތް ރިސޯޓާ ދިމާލަށް ޒެދީން ނަޒަރު ހުއްޓާލައިގެން އިންއިރު ސެލީނާ ޒެދީންގެ ކޮނޑުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. ކަނޑު މަޑުކަމުން ހީވަނީ ސާލެއް އަޅާލާފައި އޮތްހެނެވެ. އުޑުމަތީގައި މަދުން ނޫނީ ފުސްކޮޅެއްވެސް ނެތެވެ. ލޯންޗު ބާރުދުވެލީގައި ލޮނުގަނޑު ކަފަމުންދިޔައިރު ދޭތެރެއަކުން ފުޅަނގި އުދުއްސައިގެންގޮސް ލޮނުގަނޑަށް ތިރިކުރާ މަންޒަރު ވަރަށް ހިތްގައިމެވެ. ލޯންޗުގޮސް ރިސޯޓުގެ ޖެޓީގައި މަޑުކޮއްލިއިރު ޒެދީންއަށް އިނދެވުނީ ހައިރާންވެފައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ކުރީގެ ހަނދާނެއް ކުލަނުވާ މަންޒަރެއްގެ ގޮތުގައި ސިފަވެގެން ދެއެވެ. ޖެޓީމަތީގައި ޒޮބީދުމެންގެ އިސްތިގުބާލަށްގޮސް ހުރި ކުއްޖާއަށްވެސް ޒެދީން ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ މީގެ ތިންއަހަރު ކުރިން އެކްސިޑެންޓެއްގައި މަރުވެފައިވާ އެރިޒޯޓުގެ ބޮޑުމީހާގެ ދަރިފުޅެވެ.
ޖެޓީމަތީގައި ހުރި ކުއްޖާ އަމިއްލައަށް ތާރަފްވެލިއިރުވެސް ޒެދީންގެ ފަރާތުން ހިނިތުންވުމެއްނޫން އިތުރު އެއްޗެއް ނުލިބުނެވެ. ހިނގަމުން ދިޔައިރު ވަށައިގެން ފެންނަން އޮތް މާހައުލުންވެސް ފެންނަނީ ދެކެފަރިތަކަމެވެ. ސިކުނޑީގައި އުފެދެމުންދިޔަ ހައިޖާން ބޮޑުކަން އެނގެނީ މޫނުމަތިން ހިއްލަމުންދިޔަ ދާތަކުގެ ސަބަބުންނެވެ. ރިޒޯޓު ތެރެއިންވެސް ފެނުނު ގިނަ ސުޓާފުން ޒެދީންއަށް ބަލާލަނީ ހައިރާންކަމާއެކުއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުގައި ހުރި ބާރ މެނޭޖަރ އަރުޝަދަށްވެސް ކުއްލި ޝޮކެއް ލިބުނީ ޒެދީން ފެނިފައެވެ. ކަންފަތުގައި ޖަހާލައިގެން ހުރި ފޯނުވެސް ތިރިކޮއްލެވުނީ ބޭއިހްތިޔާރުގައެވެ. ޒެދީން ބަލަހައްޓައިގެން އިނުމުން ޒެދީންއަށް ހިނިތުންވުމެއް ހަދިޔާކުރަމުން އެނބުރި އައިކޮޅަށް ހިނގައިގަތީ ތިރިކޮއްލި ފޯނުވެސް ކަންފަތުގައި ޖަހާލަމުންނެވެ.
” ބޭބޭ… ދީންއަށް ކިހިނެއްވެގެންތަ މިއުޅެނީ…؟ މިގައުމަށް އައިފަހުން މުޅިމީހާ އެހުންނަނީ ފާޑަކަށް މޮޔައަރާފަ… އަހަރެންނަކާވެސް ވާހަކައެއް ނުދައްކާ.. ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނަސް ބުނީމަތާ އަހަރެންނަށްވެސް އެނގޭނީ…! ” ޒެދީން ރެސްޓް ރޫމަށް ދިޔަވަގުތު ސެލީން ވާޙަކަ ދައްކަމުން ދިޔައީ ކައިރީގައި އިން ޒޮބީދުއާއެވެ. މަލީސާ އެއްވެސް ބަހެއް ނުބުނެ އިނީ ނޭގި ތިއްބާ ފުންމާލެވުނު ފުންވަޅުގަނޑެއްގެ ސަބަބުންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޒެދީންގެ މީހަކަށް ނުފެންނަނީސް ރާއްޖެއިން ފުރަން ޒޮބީދު ހިތް ބުނަމުންދިޔަ ނަމަވެސް އަވަސް އަރުވާލާފައި ދާންއުޅެފިނަމަ ޒެދީންއަށް ޝައްކެއްވެދާނެތީ އެގޮތަށް ކަންތައްކުރާކަށްވެސް ޒޮބީދަކަށް ނުކެރުނެވެ.
” ހަލޯ…! ކީއްވެ ފައިގެ ތިއްތި މަރުވީއޭ ކިޔައިފަ އަހަރެން ކައިރީގައި ދޮގުހެދީ…؟ ” އަރުޝަދުގެ އަޑުގައި ކުޑަކޮއް ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.
” ކާކުތަ ބުނީ ތިއްތި މަރެއްނުވޭ… ތިއްތި މަރުވިތާ މިހާރު ތިންއަހަރުވެއްޖެ އެއްނު… ” އަރުސަދު ވާހަކަ ދެއްކިގޮތުން ފައިހާ ކުޑަކޮއް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” ދެން އެދުވަހު ފައި އަހަރެންނަށް ދެއްކީ ކާކުގެ ފޮޓޯއެއް ތިއްތިގެ ފޮޓޯއޭ ކިޔާފަ… ” މިފަހަރުވެސް އަރުސަދުގެ އަޑުގައި ކުރިންހުރި ހިތްހަމަ ނުޖެހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.
” އެއީ ތިއްތިގެ ފޮޓޯއެއް… އެފޮޓޯ ކިހިނެއްވީތަ…؟ ކީއްވެތަ ފައިދެކެ ރުޅިއައިސްގެން ތިއުޅެނީ…؟ ފުރަތަމަ ވީކަމެއް ބުނެބަލަ…؟ ” އޭރު ފައިހާގެ އަޑުގައި ކޮއްމެވެސް ވަރަކަށް ހިތާމައިގެ އަސަރު އެކުލެވިފައި ހުރިއިރު އެދެލޮލަށް ކަރުނަވެސް ޖަމާވެގެން ދިޔައެވެ. ފަހަރެއްގައި އަރުސަދު ވާހަކަ ދެއްކި ގޮތުން ނޫނީ ފާޒިންގެ ހަދާންވެފައި އެހިތަށް އަސަރު ކުރީއެވެ.
” އެހެންވެއްޖިއްޔާ ދެންމެ އަހަންނަށް އެފެނުނީ ކާކު…؟ މަށަށް ހަމަ ޔަގީން އެއީ ފައިގެ ތިއްތިކަން… އެކުސިޑެންޓްވެގެން އޭނަ މަރެއް ނުވެއެއްނު… ގެއްލުނީނު… އޭނަ ހާދަ ވައްތަރޭ ފައިގެ ތިއްތިއާ… ” އަރުސަދު ދެއްކި ވާހަކަތައް އަޑުއިވުމުން ފައިހާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއޮމާން ކޯތާފަތްމައްޗައް ފައިބައިގަތެވެ.
” ފައި ކީއްވެ ތިރޮނީ..؟ ހުއްޓާލަބަލަ.. ވެދާނެއެއްނުދޯ ހަމަ ފައިގެ ތިއްތިއާ ވައްތަރު މީހެއްކަމަށްވެސް… އަހަރެން ބަލާދޭނަށް އެއީ ކާކުތޯ… މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުދައްކާތި އަހަރެން ނުބުނަނީސް… ” އަރުސަދުވެސް ވާޙަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ފައިހާގެ ހިތައް ކުރާނެ އަސަރު އަރުސަދަށް އިހްސާސް ކުރެވޭކަހަލައެވެ.
” އަޅެ އަވަހަށް ބަލާދެއްޗޭ… ” ފައިހާ އާދޭސްކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ. އަރުސަދުއަށް އެރިޒޯޓުން ވަޒީފާ ހޯދައިދިނީ ފައިހާ މައިޝާ ކައިރީގައި ބުނެގެންނެވެ. ފައިހާއާއި އަރުސަދުގެ ގުޅުން ފައިހާ ހަމައެކަނި ހިއްސާކުރީ މައިޝާއާއެވެ. އެހުރިހާ ދުވަސް ވަންދެން އެގުޅުން ސިއްރުކޮއްފައި ބޭއްވީ އަރުސަދުގެ އެދުމުގެ މަތިންނެވެ. އަރުސަދު ބޭނުންވަނީ ފައިހާގެ މައިންބަފައިން ނުގަބޫލުގައިވެސް އަމިއްލައަށް އުޅެވޭވަރު ވުމުން އެކަން އަންގާށެވެ. ފައިހާގެ އެއްވެސް އުފަލަކަށް ވަދީފާމެން ހުރަސް ނާޅާނެ ވާހަކަ ފައިހާ އެވަރަށް ދެއްކުމުންވެސް އަރުސަދު ގަބޫލެއްނުކުރިއެވެ. އެކަމާ ކިތަންމެ ދެރަވެ ހިތްހަމަ ނުޖެހުނަސް ކެތްކޮއްލައިގެން ހުންނަނީ އަރުސަދު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
މެންދުރު ކައިގެން ރޫމަށް ދިޔަގޮތަށްގޮސް ޒެދީން ނިދީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނެއްގެ ސަބަބުންނެވެ. ނިދިފައި އޮތް ޒެދީންއަށް ހޭލެވުނީ ސައިޑް ޓޭބަލް މަތީގައި ހުރި ފޯން ރިންގްވާ އަޑަށެވެ. ދެލޯ ހުޅުވާލަމުން ތެދުވެ ގަޑި ބަލާލިއިރު އިރުއޮއްސި ހަތެއް ޖަހައިފިއެވެ. ޒެދީން އަވަސް އަވަހަށް ރިންގުވެ ރިންގުވެ އޮތް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.
” ދަރިފުޅާ ކީއްތަ ތިކުރަނީ ފޯނުނުނަގާ…؟ ހާދަވަރަކަށް ގުޅިއްޖޭ… މިހާރު ސެލީނާވެސް ދަރިފުޅުގެ ހަބަރެއް ނުވެގެން އުޅޭތާ ކޮންއިރެއް… ތައްޔާރުވެލައިގެން ނިކުމޭ އަވަހަށް ކާންދާން…! ” ޒޮބީދު ވާހަކަ ދެއްކި އިރު އަޑުން ހުރީ ހިތްހަމަ ނުޖެހިފައިކަން ޒެދީންއަށް އިނގުނެވެ. ފޯނު ބާއްވާފައި ޒެދީންވެސް އަވަސް ކޮއްލައިގެން ދިޔައިރު ޒޮބީދުމެން ރޫމްގައި އެންމެންތިބީ ޒެދީންގެ އިންތިޒާރުގައެވެ.
ބީޗު ބާބެކިޔުއަށް އެރީތި ބޮޑު ދޮންވެލިގަނޑުމަތީގައި މޭޒުޖަހާ މުޅިތަން ދިއްލާލާފައި އޮތްއިރު ވަރަށްވެސް ފުރިހަމައެވެ. މަޑުމަޑު މިއުޒިކެއް ޖަހާލާފައި ހުރިއިރު ވައިވެސް ޖެހެމުންދަނީ ވަރަށް ހިތްފަސޭހަ ވަރަކަށެވެ.
” ޒެދީން… ކަމަކާ ހިތްހަމަ ނުޖެހިފައިތަ…؟ ހިތްހަމަ ނުޖެހޭ ކަމެއް އަހަންނަށް ކުރެވުނަސް ބުނީމައެއްނު ދޯ އެނގޭނީ… ” ސެލީނާ ފާޒިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ފާޒިން ބޯހަލުވާލަމުން ހިނިތުންވެލީ އެއްވެސް ކަމެއް ނުވޭ ބުނުމުގެ ގޮތުންނެވެ. ތަފާތު ވާހަކަ ތަކުގައި ތިބެގެން ކައިނިމުނުއިރު ދިހައެއް ޖަހައިފިއެވެ. ކައިނިމިގެން ރޫމަށްގޮސްފައި ތަފާތު ވާހަކަ ތަކުގައި ތިބެފައި ޒޮބީދުމެން ރޫމަށް ދިޔައީ ބާރަވެސް ޖެހިފަހުންނެވެ. ޒޮބީދުމެން ދިއުމުން ނިދާހެދުން ލައިގެން އައިސް އެނދުގައި ޒެދީން އޮށޯވެލިއިރުވެސް ސެލީނާ އެނދުމަތީގައި ޒެދީންގެ ލެޕްހިފައިގެން ރިޒޯޓުގައި ނަގާފައި ހުރި ފޮޓޯތައް ބަލަންއިނެވެ.
” ތިއްތިބޭދައްތާ… ހިނގާބަލަ ފައިއާއެކު ރިޒޯޓަށް ގޮސްލަން.. ހަވީރުން އަންނަގޮތަށް… ” ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ފައިހާ ބުނެލިއެވެ. އޭރު މައިޝާ ފިޒާން ރީތިކުރަން އެނދުމަތީގައި އިނެވެ.
” ހަމަ މިއަދުތަ…؟ ” ހިނިތުންވެލަމުން މައިޝާ އަހައިލިއެވެ. ފައިހާ ބޯޖަހާލަމުން އައިސް މައިޝާ ކައިރީ އެނދުގައި އިށިންދެލިއެވެ.
” މަޑުކުރޭ.. ބައްޕައަށް ގުޅާފައި ބުނާނަން… މަންމިގެ ދޫނިވެސް ދާނަންތަ ދޮންތަޔާ އެކީ ރިޒޯޓަށް… ” އެނދުމަތީގައި އިށިންދެލައިގެން އިން ފިޒާންގެ ބޮލުގައި ފިރުމާލަމުން މައިޝާ ބުނެލިއެވެ. ފިޒާންވެސް ޅަގޮތަކަށް އާނއެކޭ ބުނެލިއެވެ. މައިޝާވެސް ރިޒޯޓަށް ނުދާތާ ގިނަދުވަސްވުމުން ހުރީ ދާން ބޭނުންވެފައެވެ. އެދުވަހު ހެނދުނު ދިހައެއް ޖެހިއިރު ފުރާލޯންޗުން ރިޒޯޓަށް ދާންހަމަ ޖެހިފައި އޮތުމުން ނުވަގަޑި ބައިވިއިރު އާމިރު ފައިހާމެން ބަލާ ކާރުގައި އައެވެ.
ކަނޑުގައި އެއްވެސް ރާޅެއްނެތް އިރު ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރުދުވެލީގައި ދިޔަ ލޯންޗުގެ ފަހަތު ސީޓުގައި މައިޝާއާއި ފައިހާ އަދި ފިޒާން ތިބިއިރު އިތުރު ފަސްގެސްޓުންވެސް ލޯންޗުގައި ތިއްބެވެ. ފިޒާން މަޖާވެގެން އުޅޭމަންޒަރު ފައިހާ ފޮޓޯނަގަމުން ދިޔައިރު މައިޝާއިނީ އެއޮމާން ސާލެއްފަދަ ކަނޑަށް ނަޒަރު ހުއްޓައިލައިގެންނެވެ. ތިރީސް ފަސްމިނެޓުގެ ދިގުދަތުރަކަށްފަހު ލޯންޗު ރިޒޯޓުގެ ބަނދަރުގައި މަޑިކުރިއެވެ. އޭރު ޖެޓީމަތީގައި ގެސްޓުންގެ އިސްތިގުބާލުގައި ހަތަރު މީހުންތިއްބެވެ. ފައިހާމެން ބަލާގޮސްހުރި އަންހެންކުއްޖާއާ އެކު ރިޒޯޓަށް އަރައިގެން ގޮސް މަޑުކޮއްލީ ރެސްޓޯރެންޓް ކައިރީގައެވެ. އިރުކޮޅަކުން ލަގެޖު ހިފައިގެން އަންނާނެ ކަމަށް ބުނެފައި މައިޝާމެން ތިބެން ޖެހޭ ރޫމްގެ ތަޅުދަނޑި ދީފައި އެއަންހެންކުއްޖާ ދިޔައީއެވެ. ބަގީ ޑުރައިވަރ މައިޝާމެންގެ ދަބަސް ހިފައިގެން އައުމުން ބަގީއަށް އަރައިގެން ގޮސް މަޑުކޮއްލީ 108 ނަމްބަރ ރޫމް ކައިރީގައި އެވެ. މައިޝާމެން ރޫމަށް ވަތްވަގުތު ޖެހިގެން ހުރި ރޫމްއިން އިން ޒެދީން އާއި ސެލީނާ ނިކުތެވެ. މައިޝާމެން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް އެމީހުނަށް ޒެދީންމެން ފެންނާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.


Hmm first tha
Story really beautiful…..
Mee kon zedheen akaa zobodh akaa haadha kiyanves undhagoo name thakekay dho
3 folhuvai haadha kurey alhe…thankolheh dhigu kohlabala plx dhn faharaku…..
Story vvvvv salhi…
Haadha kurey mihaaru genes dheyleh
Kihvetha part thah dhigu nukurevigen thi ulheny. 2 dhuvas 3 dhuvas kohfa genna iru vess haraan fadhavaane dhiguvaa nama. Ekam vess story hama v salhi.
dhigukoh liyan beynunvaa kudhin, try typing ONE page in dhivehi copying from something else… a writer has to think, create and then write, m sure he/she would actually want to write many many pages. but a good length of an online page is about 5 A4 pages.
??????
noon alhey vaahaka hama best kon irakun next ep
vvvv reethi kurakas ok konme dhuvahaku thankolhey up kolladhee bala waiting 4 next part★
kuruviyas v lwbi mashallah plz next part avahah up kohdhyba ihthuuu
Woowww…vrh rythi story ehh..dhn oi bai avahah up khdhehche.. 🙂
Alhey aneh bai awahah up kohdhiiba kiyaa hithun keith madhuvefa
Varah reethi mi vaahaka.. aneh part avahah upload kohdhehchey … storyy is vvvvvv nice
Varah varah reethi aneh part kon irakun up vaany
Vara reethi.but haadha kurey
ihthu konirakun tho vaahaka up kolla dheyneemihaaru kiyaahithun vara belijje up kuritho unmeedhu kuran avaha up kohdheyne kamah
vaahaka v salhi
Koba mi adhuge bai????
Dhen mi hisaaabun vaahaka huttaanulachey ..