Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 19 )

saarah Level 210 Stories100 Comments
October 18, 2015 9 Mins Read
18 Comments

ނިހާން އަނެއްކާ އެދެން އެ އުޅެނީ ކޮންކަމަކަށް ބާއޭ ހިތަށްއެރިއެވެ. ޔަގީނުންވެސް ރަނގަޅު ކަމަކަށް ނޭދޭނެއެވެ. ” ކިޔާނަށް ނޫނެކޭ ބުނޭ! ”

ނިހާންގެ ޖުމުލައިން މާޔާގެ މޫނުމަތީގައި މީހަކު ޖެހިހެން ހީވިއެވެ. ދެ އަތް ތިރިކޮށްލެވުނީ ލިބުނު ހައިރާންކަމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލަން ހުރެވުނީ ބަސް ހުއްޓިފައެވެ. ” އަހަރެން ބޭނުންވަނީ މާޔާ ކިޔާނާ ދުރަށް ދާން. އިތުރު އެއްވެސް ކަމެއް ބޭނުން ނޫން. ޖަސްޓް ސްޓޭ އަވޭ ފްރޮމް ހިމް.. ޕްލީސް.. ” ނިހާން  ލޯ ހަނިކޮށްލައިގެން މާޔާއަށް ބަލަން ހުރެލާފައި އަނެއްކާވެސް އިއްވާލިއެވެ. ” އެންޑް ވައި ވުޑް އައި ޑޫ ދެޓް؟ ” މި ފަހަރު މާޔާ ހިތްވަރުކޮށްލާފައި ވާހަކަ ދެއްކީ ނިހާނާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. ނިހާން ހިނިގަނޑެއް ޖަހާލިއެވެ. ” އަހަރެން ބުނީތީ.. އަހަރެންގެ އެހީތެރިކަމުގެ ބަދަލުގަ ނަމަވެސް..” ހަގީގަތުގައި ނިހާން މާޔާއަށް ވީ އެހީތެރިކަމުގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. އެހީތެރިކަމޭ ކިޔާފަ މާޔާގާތު މިއަދު ކަމަކަށް އެދެން ޖެހުނީތީ ނިހާން ހުރީވެސް ފުދޭވަރަކަށް އުނދަގޫވެފައެވެ. އެހެންނަމަވެސް މިއަދު މި ނޫން އިތުރު ގޮތެއްވެސް ނެތެވެ. ނިހާން އިސްޖަހާލިއެވެ. މާޔާ ގަބޫލުކުރަން ދަތިވިއެވެ. ނިހާން އެހީތެރިކަމުގެ ބަދަލު އެދޭނީ މިގޮތަށް ކަމަށް ދުވަހަކުވެސް މާޔާ ހުވަފެނުގަވެސް ހީކޮށްފައެއް ނެތެވެ. ” ނިހާން ގެ އެހީތެރިކަމުގަ ބަދަލުގަ އެހެން ކަމަކަށް އެދޭ. އަހަރެން ކޮންމެ ކަމެއްވެސް ކޮށްދޭނަން… އެކަމަކު ކިޔާނާ ދުވަހަކުވެސް ދުރަކަށް ނުދާނަން. ދުވަހަކުވެސް ނުދާނަން. އަހަރެން ކިޔާނަށް ނޫނެކޭ ނުބުނާނަން.. ” މާޔާ އަކުރުތަކަށް ބާރުލާފަ ބުނެލި އިރު މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ނިހާން ގޮތް ހުސްވި ފަދައެވެ. ނިހާން ދެން އެއްޗެކޭ ނުބުނުމުން މާޔާ ނިހާނަށް ލޯ އަޅާލަމުން ހިނގައިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކުން މާޔާ ހުއްޓިފައި އެނބުރިލިއެވެ. ” ނިހާން ބުނަން.. އަހަންނާ ކިޔާނާ ދެމީހުން ދެމެދަށް ވަންނަން މަސައްކަތް ވެސް ނުކުރާތި. ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރަމެން ދެމީހުން ވަކި ނުކުރެވޭނެ. ހަނދާން ބަހައްޓާތި އެކަން. ” މާޔާ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލީ ރުޅިވެރިކަމާއެކީއެވެ. ނިހާން މާޔާއަށް ބަލާލަމުން އަނގައަށް ވައްތަރެއް ޖައްސާލިއެވެ. މާޔާ އެނބުލިތަނާ ނިހާން އެއްޗެކޭ ކިޔާލިއެވެ. އެހެންނަމަވެސް މާޔާއަށް އެ އެއްޗެއް ސާފުނުވުމުން އެނބުރިފައި ކީކޭހޭ އަހާލީ ލޯ ހަނިކޮށްލަމުންނެވެ.

” އަހަރެން ބުނީ ކިޔާންގެ ފުރާނަ ދިޔަސް ހަމަ އާއެކޭހޭ ބުނާނީ؟ ” ނިހާން ސީރިއަސް ވެލާފައި އެހެން ބުނެލީ އިތުރު ގޮތެއް ދެން ނެތުމުންނެވެ. މާޔާ ކިޔާނާ ވަކި ކުރެވޭނެ ދެން އޮތް ހަމަ އެކަނި ގޮތަކީ މާޔާއަށް ބިރުދައްކައިގެނެވެ. ކިޔާނަށް ޓަކާ މާޔާ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މާޔާ ގަބޫލުނުކުރެވިފައި ނިހާނަށް ބަލަން ހުރިއިރު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދައެވެ. ” މާޔާއާ ކިޔާނާ ދެމީހުން ދުރުކުރަން ކިޔާނަށް އަނިޔާ ދޭން ޖެހުނަސް އަހަރެން ފަސް ނުޖެހޭނަން. މާޔާވެސް އެކަން ހަނދާން ބަހައްޓައްޗޭ! ” ނިހާން މާޔާއާ ދެމީހުންގެ ދެމެދު ފޫޓެއްހާ ދުރުމިން ހުންނަ ވަރަށް ކައިރިވެލިއެވެ. މާޔާ ރުޅިއައިސްގެން ކެކިގަތެވެ. ” ޑޯންޓް ޔޫ ޑެއަރ.. ކިޔާންގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް….. ” މާޔާ ދަތްތަކަށް ބާރުލަމުން ބުނެލީ ނިހާންގެ ޓީޝާޓްގައި ހިފާ އަތަށް އޮޅާލަމުންނެވެ. މާޔާގެ ޖުމުލަ ނުނިމުނީ ނިހާން ވާހަކަ ދެއްކުމުންނެވެ. ” ކީއްކުރާނީ.. މާޔާއަށް އެއްކަމެއްވެސް ނުކުރެވޭނެ…” ނިހާން މާޔާގެ އަތުގައި ހިފާ ޓީޝާޓުން އަތް ވަކިކޮށްލަމުން ބުނެލީ ބާރަށެވެ. މާޔާ ނިހާންގެ އަތް ފޮޅުވާލަމުން ދުރަށް ޖެހިލިއެވެ. ” ޔޫ އާރ ބްލަފިންގް.. ނިހާން ތިހެން ބުންޏަސް އަހަންނަށް އެނގޭ ނިހާނަށް އެއް ކަމެއްވެސް ކުރާކަށް ނުކެރޭނެކަން. އައި ނޯ ޔޫ.. ނިހާން މީހުންނަށް ބިރު ދެއްކިޔަސް އަނިޔާއެއް ނުކުރާނެ.. އެކަމަކު ވެސް މި ބުނަނީ ކިޔާނަށް ނިހާންގެ ވައިވެސް އެޅިޔަކަ ނުދޭތި! ” މާޔާ ހަމަޖެހިލަމުން އެހެން ބުނެލާފައި ދާން ހިނގައިގަތެވެ. ” މާޔާ.. ކުށްހީއެއްގަ ނުހުންނަށްޗޭ.. މާޔާއަށް އަހަރެން އެނގުނީ މީގެ 7 އަހަރު ކުރިން. މިހާރު މާޔާގެ ކުރިމަތީ ހުރި ނިހާނެއް މާޔާއަކަށް ނޭގޭނެ. އަހަރެންގެ މަންމަ މަރުވެގެން ވަޅުލި އިރު މަންމައާ އެކީ އަހަރެންގެ އިންސާނިއްޔަތުކަންވެސް ވަޅުލައިފިން. މިހާރު އަހަރެން މީހަކަށް އަނިޔާއެއް ދޭން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނަން.. އަދި އަހަންނާ މާޔާއާ ވަކިކުރަން އުޅޭ މީހަކު މަރާލަން ވެސް އަހަރެން ފަސްނުޖެހޭނަން….” މާޔާ ދިޔަދިމާލަށް ބަލަން ހުރެ ނިހާން ވާހަކަ ދެއްކީ ބާރަށެވެ. މާޔާ ހުއްޓިލަމުން ނިހާނަށް ލޯ އަޅާލަމުން ” ގޯ ޓު ހެލް ” އޭ ބުނެލީ ރުޅިވެރިކަމާއެކީއެވެ.

ހަލުވިފިޔަވަޅުތަކެއްގައި މާޔާ މަގުމަތީ ހިނގަމުން ދިޔައިރު ނިހާންގެ ފަހު ޖުމުލަތައް ސިކުނޑީގައި އެބުރެމުން ދިޔައެވެ. ހަގީގަތުގައިވެސް ނިހާން ކިޔާނަށް އަނިޔާ ކޮށްފާނެހެއްޔެވެ؟ ނޫނެކެވެ. ނިހާނަކީ އެހާ ގޯސް މީހެއް ނޫނެވެ. ނިހާން މަސްތުވާތަކެތި ބޭނުންކުރިޔަސް، މީހުންނަށް އިންޒާރު ދިނަސް، މީހުންގެ ކުރިމަތީ ނުބައި މީހަކަށް ހެދިގެން އުޅުނަސް ނިހާން ހަގީގަތުގައި މީހުންނަށް އަނިޔާއެއް ދޭން ބޭނުމެއް ނޫނެވެ. ނިހާން އަބަދުވެސް މީހުނާ ދޭތެރޭ ރަނގަޅަށް ވިސްނައެވެ. އޭނައާ ދޭތެރޭ ކަންތައް ކުރި ގޮތް ބަލާށެވެ. މާޔާ ދެ ފަރާތަށް ބޯ ހޫރާލަމުން ނިހާން އެއްވެސް ކަމެއް ނުކުރާނެޔޭ ބުނެލީ އަމިއްލަ ހިތަށް ހަމަޖެހުން ހޯދަންށެވެ. އެހެންނަމަވެސް ހިތް ހަމަޖެހޭ ގޮތެއް ނުވިއެވެ. ހިތް ތެޅެމުން ދިޔައެވެ. ބިރުގަންނަމުން ދިޔައެވެ. ހިތުގެ ކަނަކުން ނިހާން އެހެން ހަދާފާނެޔޭ ބުނަނީއެވެ. މާޔާގެ ދެލޯ ކަރުނުން ފުރިގެން ދިޔައިރު ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުން ދިޔައެވެ. ފައިން ވާގި ދޫވެގެން ހިނގާނޭ ހިތްވަރެއްވެސް ނުލިބުމުން މާޔާ ހުއްޓި ކައިރީގަ ހުރި ގަހެއްގައި ބުރަކަށި ޖައްސާލިއެވެ. މޫނު މަތީ ދާ ތިކިތައް ބަބުޅަމުން ދިޔައެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ފުން ނޭވައެއް ދޫކޮށްލަމުން ލޯ މަރާލި ވަގުތު މީހަކު ކޮނޑުގައި އަތް ބޭއްވުމުން ސިހިފައި ފަހަތް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. މާޔާގެ ކަރުނުން ފުރިފައި ހުރި ދެލޯ ފެނުމުން ކިޔާންގެ ހިތް މަޑުޖެހިލި ފަދައެވެ. ހާސްވެފައި ކިހިނެއްވީހޭ އަހާލީ މާޔާގެ މޫނުގައި ދެ އަތުން ހިފާލަމުންނެވެ. މާޔާ ކަރުނައިގެ ތެރެއިން ހީލަމުން ކިޔާންގެ ކަރުގައި ދެއަތް އަޅުވާލަމުން ބައްދާލީ ކިޔާން ސަލާމަތުން ހުރީތީ ހެއްދެވި ފަރާތަށް ޝުކުރުކުރަމުންނެވެ. ” ވަޓްސް ރޯންގ؟ މީހަކު ކަމެއް ކުރީތަ؟ ” ކިޔާން ހާސްވެފައި މާޔާ ދުރުކޮށްލަމުން ސުވާލު ކުރީ އަނެއްކާވެސް އެ މޫނުގައި ދެ އަތުން ހިފާލަމުންނެވެ. މާޔާ އެއްޗެކޭ ނުބުނެ ކިޔާންގެ މޫނަށް ބަލަން ހުރީ ހިތްހަމަޖެހިފައެވެ. ” ބުޅަލެއް ފެނިގެން ބިރުގަތީ ” މާޔާ ހަމަޖެހިލަމުން ބުނެލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. ކިޔާން ކައިރީ ނިހާން އިންޒާރުދިން ވާހަކަ ބުނަން މާޔާ ބޭނުންނުވީއެވެ. ކިޔާން ހީލަމުން އެ ވަރުކަމަކާ ތިހާ ބިރުގަތީ ހޭ ބުނެލިއެވެ. ކިޔާން މާޔާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރުވަމުން ހިނގާލާފަ ތި އުޅެނީ ކީއްވެހޭ އަހާލިއެވެ. މާޔާ ވިސްނާލަމުން މިއަދު ހިނގާލާފަ ދާ ހިތްވީއޭ ބުނެލިއެވެ. މާޔާ ގެއަށް ލާފަ ކިޔާން ދާން އުޅުމުން މާޔާ ކިޔާން ހުއްޓުވާފައި ” ޓޭކް ކެއަރ ” އޭ ބުނެލީ އެހެންނާ ނުބުނާ ފަދައިންނެވެ. ކިޔާން ހީލަމުން ޔޫ ޓޫ އޭ ބުނެލަމުން ހިނގައިގަތެވެ.

އޭގެ އަނެއް ދުވަހެވެ. މާޔާ އޮފީހުގައި އުޅުނު އިރު އިރުއިރުކޮޅާ ކިޔާނަށް ގުޅާލައެވެ. ކިޔާން ސަލާމަތުން ހުރީތީ ހެއްދެވި ފަރާތައް ޝުކުރު އަދާކޮށްލައެވެ. މާޔާ ގުޅާވަރުން ކިޔާން ކަމެއްވީހޭ ވެސް އަހާލިއެވެ. މާޔާ ހީލަމުން މާ ބޮޑަށް ހަނދާންވަނީއޭ ބުނެލިއެވެ. މާޔާ އެ ދުވަހު އޮފީހުގައި އުޅުނު ގޮތުން އޮފީހުގެ މުވައްޒަފުންވެސް ކަމެއްވީހޭ ކިޔާފަ ސުވާލުކޮށްލައެވެ. އެއްވެސް މަސައްކަތެއް ރަނގަޅަކަށް ކުރެވޭކަމަކަށް ނުވެއެވެ. އެންމެ ފަހުން މާޔާ ބަލިވެ އޭ ކިޔާފަ ގެއަށް ދިޔައީ އެއްވެސް ކަމެއް ނުކުރެވޭނެކަން އެނގޭތީއެވެ. ކިޔާން ކައިރިއަށް ދާން ވެގެން ގުޅާލުމުން ޑިއުޓީގައޭ ބުނުމުން މާޔޫސްވިއެވެ. ފޯން ބޭއްވުމުގެ ކުރިން އަނެއްކާވެސް ބަލައިގެން އުޅޭށޭ ބުނެލިއެވެ. ގެއަށް ދާން ވީމަ ތިމަންނައަށް ގުޅާށޭ ބުނުމުން ކިޔާން ހައިރާންވެފަ މާޔާ އޯކޭހޭ އަހާލިއެވެ. މާޔާ އާ އެކޭ ބުނެފަ ބަލާލާ ހިތްވަނީއޭ ބުނެލުމުން ކިޔާން ގުޅާނަމޭ ބުނެލިއެވެ.  ރޭގަނޑު ވަގުތެވެ. ކިޔާން ޑިއުޓީ ނިންމާލާފަ މާޔާ އެދުނު ފަދައިން ގުޅާލިއެވެ. ގެއަށް ދެވެންދެން މާޔާ ހުރީ ފޯނުން ކިޔާނާ ވާހަކަދައްކާށެވެ. ކިޔާން މާޔާ އުޅޭގޮތުން ހައިރާންވިޔަސް ސުވާލުކުރަން ނޫޅުނީ މާޔާއާ އަބަދު ވާހަކަދެއްކޭތީ އުފާވާތީއެވެ. ކިޔާނަށް ގެއަށް ދެވުމުން މާޔާ ފޯނު ބޭއްވީ ދެން ގެއިން ބޭރަށް ނުނުކުންނާށޭ ބުނެފައެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް މާޔާގެ ހަރަކާތްތައް ހުރީ އެ ގޮތަށެވެ. ނިހާން ގުޅައިފިއްޔާ މާޔާ ފޯނު ނުވެސް ނަގައެވެ. ނިހާން ގުޅާ ނިމޭއިރަށް ކިޔާނަށް ގުޅާފަ ހާލު ބަލާލައެވެ. ކިޔާން ލޯލާއަށް ދިޔައީ ދުވަހާ ހުރިހާ އެއްޗެއް ކިޔައިދީ ހުރިހާ ކަމެއް ފައިނަލް ކުރާށެވެ. އެ ދުވަހުވެސް އެ ސަރަހައްދުގައި އުޅުނު ނިހާނަށް ކިޔާން ފެނިގެން ގޮސް ފަހަތުން ފިހާރައަށް ވަދެ ގޮސް މާތައް ކައިރީ ކިޔާނާ ފުރަގަހަށް ހުއްޓިލިއެވެ. ” އޮކްޓޯބަރ 20 އަށް ހުރިހާ ކަމެއްވެސް ރެޑީ ކުރަށްޗޭ.. 20 ވަނަ ދުވަހުގެ ރޭ އަށެއް ޖަހަށް ވާ އިރަށް މުޅިތަން ޑެކޮރޭޓް ކޮށްނިމެންވާނެ އިނގޭ..” ކޭޝިއަރ ކުއްޖާ ހީލަމުން ހުރިހާ ކަމެއްވެސް ރެޑީވާނާޔޭ ބުނެލިއެވެ. ކިޔާން ހީލަމުން ވަރަށް ރީއްޗަށް ހަދާށޭ ބުނެފަ ނުކުމެގެން ދިޔައީ ލިލީ މާ ބޮނޑިއެއް ހިފައިގެންނެވެ. ” 20 އޮކްޓޯބަރ.. މާޔާގެ އުފަންދުވަސް.. ކިޔާން މާޔާއަށް ޕްރޮޕޯސް ކުރަން އެހެންވީމަ އެ އުޅެނީ މާޔާގެ އުފަންދުވަހުގަ.. އިމްޕްރެސިވް. ” ނިހާން ވިސްނާލަމުން އަމިއްލަ ނަފްސާ ވާހަކަދެއްކީ ބުމަ އަރުވާލަމުންނެވެ.

ކިޔާން މާޔާގެ އޮފީހަށް ދިޔައެވެ. މާޔަގެ ކެބިންއަށް ވަން އިރު ކުޑަދޮރުކައިރީ މާޔާ ހުއްޓިލައިގެން ހުރުމުން ކިޔާން ކުދިފިޔަވަޅުތައް އަޅަމުން ދަނިކޮށް ކުއްލިއަކަށް މާޔާ އެނބުރިލަމުން އައިސް ކިޔާންގެ އަތުގައި އޮތް މާ ބޮނޑި ޖަހައިގަތެވެ. ކިޔާން ހީލަމުން ގޮސް ގޮނޑީގައި ޖައްސާލިއެވެ. މާޔާ މޭޒުމަތީ ހުރި ވާސްގައި މާތައް ޖަހަން ހުރެ ކިޔާނަށް ބަލާލަމުން ތެންކިޔު އޭ ބުނެލިއެވެ. ކިޔާން ތޫނު ދެލޮލުން މާޔާއަށް ބަލަން އިނދެފަ ތެދުވެގެން މާޔާއާ ދިމާލަށް ހިނގައިގަތެވެ. މާޔާ ހުއްޓުން އަރާފައި ބަލަން ހުރިއިރު ތުންފަތުގައި ދަތް އަލާލެވުނެވެ. ކިޔާން ކައިރިއަށް އައިސް މާޔާގެ މޫނާ މޫނު ކައިރިކޮށްލަމުން ކަންފަތް ދަށުގައި ތުންފަތަށް އަނިޔާ ނުކުރާށޭ ބުނެލީ ވައި އަޑުންނެވެ. މާޔާ ލޯ މަރާލީ ހީލިކަރުވައިގެނެވެ. ކިޔާން މާޔާގެ މޫނަށް ނަޒަރު ހުއްޓާލަމުން އެއް އަތުން މާޔާގެ އުނަގަނޑުގައި އަތް ވަށާލަމުން ކައިރިކޮށްލީ ދެމީހުންގެ ދޭތެރޭ ވީ ދުރުމިނެއް ދުރު ކޮށްލާފައެވެ. އަނެއް އަތުގެ ނުފުށުން ކިޔާން މާޔާގެ މޫނުގައި ފިރުމާލިއެވެ. އޭރުވެސް މާޔާ ހުރީ ލޯ މަރާލައިގެންނެވެ. މާޔާ ކިޔާންގެ ޓީޝާޓްގައި ބާރަކަށް ހިފާލިއެވެ. ކިޔާންގެ ހޫނު ނޭވާތައް މާޔާގެ މޫނަށް އެޅެމުން ދިޔައެވެ. ކުއްލިއަކަށް ކިޔާންގެ ފޯން ރިންގް ވާން ފެށުމުން މާޔާ ފޯނެކޭ ބުނެލިތަނާ ކިޔާން ޝަހާދަތް އިނގިލި މާޔާގެ ތުންފަތުގައި ޖައްސާ ހުއްޓުވިއެވެ. އެކަމަކު އަނެއްކާވެސް ފޯނު ރިންގް ވާން ފެށުމުން ކިޔާން ކުޑަކޮށް ބުމަގޮށްޖަހާލަމުން ދުރުވެލިއެވެ. މާޔާ ދުރަށް ޖެހިލަމުން އިސްޖަހާލިއިރު ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ކިޔާން މާޔާގެ މޫނަށް ބަލާލަމުން ފޯނު ނެގިއިރު ގުޅަނީ މަންމައެވެ. މަންމަ ތަނަކަށް ގެންގޮސްދޭން އާދެބަލާށޭ ބުނެލިއެވެ. ކިޔާން ކުޑަކޮށް ހީލަމުން ބޭޑް ޓައިމިންގ އޭ ބުނެލިއެވެ. މާޔައަށް އެއީ ޒީނަތުކަން އެނގުމުން ސަލާމް ބުނާށޭ ބުނެލިއެވެ. ޒީނަތުއަށް މާޔާގެ އަޑުއިވުމުން ހީލާފައި މީ ދޯ އޭ ވާ އެއްޗަކީ ބުނެލިއެވެ. ކިޔާން ހީލަމުން އެބަދަމޭ ބުނެފަ ފޯނު ބޭއްވިއެވެ. ކިޔާން ދާންވެއްޖެއޭ ބުނުމުން މާޔާ އޯކޭއޭ ބުނެލިއެވެ. ދިއުމުގެ ކުރިން ކިޔާން ކުޑަކޮށް މާޔާގެ ގައިގަ ބައްދާލިއެވެ. މާޔާ ހީލަމުން ބަލައިގެން އުޅޭށޭ ބުނެލިއެވެ.

އިރުއޮއްސެމުން ދިޔަގަޑީ މާޔާ ގޭގެ ބަގީޗާގެ އިށީދެލައިގެން އިނީ ކޮފީއެއް ބޯންށެވެ. އުޑުމަތީގައި ރަތް ވިލާތަކުން ފެތުރިފައިވީއިރު ނިކަން ހިތްގައިމެވެ. އިރުއޮއްސޭ މަންޒަރަކީ މާޔާއަށް އަބަދުވެސް ރީތި މަންޒަރެކެވެ. މާޔާ ފޯނު ނަގައިގެން ފޮޓޯތަކެއް ނަގާލިއެވެ. މާއިޝާ ކައިރީގަ ވާހަކަ ފޮތެއް ނަގައިގެން ކިޔަން އިނެވެ. މާޔާ ފޯނާ ކުޅެމުން ކޮފީގެ ކޯވަރުތައް ބޮމުން ދިޔައިރު ސިކުނޑި ތާޒާވިއެވެ. އިންސްޓްގްރާމްއަށް ފޮޓޯތައް އަޕްލޯޑްކޮށްލިއެވެ. މާޔާ ފޯނަށް ގެއްލިފަ އިންދާ މީހަކު އައިސް ކައިރީގަ އިށީދެލަމުން މާޔާ ހީކުރީ ބައްޕަކަމަށެވެ. އޭރު މާއިޝާ ލޯ ބޮޑުކޮށްލަމުން ދޮންތައަށް ގޮވާލިއެވެ. މާޔާ ކިހިނެއްވީހޭ އަހާލީ އަދިވެސް ފޯނަށް ބަލަން އިދެއެވެ. ” މާޔާ ކިހިނެއް؟ ” މާޔާ ލޯ ބޮޑުކޮށްލަމުން އިސްއުފާލަލަމުން އެމީހަކަށް ބަލާލީ އެމީހެއްގެ އަޑުއިވުމުންނެވެ. ” ވަޓް ދި ހެލް އާރ ޔޫ ޑުއިންގ ހިއަރ؟ ” މާޔާ ކޮޅަށް ތެދުވެ ބުނެލީ ދަތްތަކަށް ބާރުލާފައެވެ. ނިހާން ހީލަމުން ތެދުވެ މާޔާއާ ހަތަރުކަލި ހަމަކޮށްލިއެވެ. ” ވާހަކައެއް ދައްކަން ” ނިހާން މަޑުން ބުނެލިއެވެ. މާޔާ ބުމަ އަރުވާލީ ބުނާށޭ ފަދައިންނެވެ. ނިހާން ފާޑަކަށް މާޔައަށް ބަލާލަމުން މާއިޝާއަށް ބަލާލިއެވެ. މާޔާއަށް އެތާގަ މާއިޝާ ހުރިކަންވެސް އެނގުނީ ދެނެވެ. ” މާއިޝާ އެތެރެއަށް ދޭ! ” މާއިޝާ ބޯ ޖަހާލަމުން އަވަހަށް އެތެރެއަށް ދާން ހިނގައިގަތެވެ. ” މާޔާއަށް އޯކޭ ވިއްޔާ އައި ޑޯންޓް މައިންޑް މާއިޝާ މިތާ ހުއްޓަސް ” ނިހާން ލާނެތް ގޮތަކަށް ހީލަމުން ބުނެލި ޖުމުލައިން މާއިޝާ ހުއްޓިފައި ބަލާލިއެވެ. މާޔާ ރުޅި ގަދަވެގެން ގޮސް ކެކޭ ވަރުވިއެވެ. ” ޝަޓް އަޕް!!! މާއިޝާ އެތެރެއަށް ދާށޭ! ” މާޔާ ތަންކޮޅެއް ބާރަށް ބުނުމުން މާއިޝާ ބިރުން ހުރެ ކުޑަކޮށް ދުވެލާފައި ގޮސް އެތެރެއަށް ވަނެވެ. މާޔާ މާއިޝާ އެތެރެއަށް ވަންތަން ބަލަން ހުރެފަ އެނބުރިލަމުން މެއާ ހިސާބުން ދެ އަތް ހުރަސް ކޮށްލަމުން ކިޔާ އެއްޗެއް ކިޔާށޭ ބުނެލިއެވެ. ނިހާން އެއްމިޔަކަނުން ހީލަމުން ބެންޗްގައި އިށީދެލިއެވެ.

” އަދިވެސް އަހަރެން ބުނި އެއްޗަށް މާޔާ ޖަވާބެއް ނުދޭތީ ޖަވާބު ހޯދަން މި އައީ.. ގުޅައިގެންވެސް ހޯދިދާނެ. އެކަމަކު ސޭޑްލީ މާޔާ ފޯނެއް ނުނަގާ. އެހެންވިމަ ގެއަށް އަންނަން ޖެހުނީ.. ސޯ ކޮބާ މާޔާގެ ޑިޒިޝަންއަކީ؟ ” ނިހާން ބެންޗުގައި ބުރަކަށި ޖައްސާލަމުން ދެއަތުގެ އިނގިލިތައް މަހާލަމުން ބޮލުގެ ފަހަތުގައި އަޅުވާލަމުން މާޔާއަށް ބަލާލީ ކުޑަ ހިނިތުންވުމަކާއެކީއެވެ. ” އައި ތިންކް އައި ހޭޑް އޯލްރެޑީ ޓޯލްޑް ޔޫ މައި ޑިޒިޝަން.. އެކަމަކުވެސް އަދިވެސް އަޑުއަހަން ބޭނުންވަންޏާ ބުނެދީފާނަން. އަހަރެން ދުވަހަކުވެސް ކިޔާނަށް ނޫނެކޭ ނުބުނާނަން. ގެޓް ދެޓް ކްލިއަރ ” މާޔާ ހުރި ގޮތަށް ހުރެ އެހެން ބުނެލީ ސާބިތުކަމާއެކީއެވެ. ނިހާން ފާޑަކަށް ހީލަމުން ކޮޅަށް ތެދުވެ ހިންދެމިލިއެވެ. ” އޯކޭ.. ކްރިސްޓަލް ކްލިއަރ.. ބަޓް ޔޫ އާރ ގޮންނާ ރިގްރެޓް ދިސް… އަހަންނަށް މާޔާއަށް ވަގުތުވެސް ދެވިއްޖެ.. އެކަމަކުވެސް މާޔާގެ ޑިޒިޝަން ޗޭންޖްނުވުމަކީ އަހަރެންގެ ކުށެއް ނޫން. ދެން ކިޔާނަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ މާޔާ!.. ” ނިހާން ބޭނުންވާ އެއްޗެއް ބުނެލާފަ ނުކުމެގެން ދިޔައީ މާޔާ ކިޔާއެއްޗެއް އަޑުވެސް ނާއަހައެވެ. މާޔާ ހުއްޓުން އަރާފައި ނިހާން ދިޔަ ދިމާލަށް ބަލަން ހުރީ ލޯ ބޮޑުކޮށްލައިގެނެވެ. މަތީގަ ކޮޓަރީގެ ކުޑަދޮރުކައިރީ ކުޑަކޮށް ދޮރުފޮތިގަނޑާ ނިވާވެލައިގެން ހުރި މާއިޝާ އެ މަންޒަރު ބަލަން ހުއްޓެވެ. ކިޔާ އެއްޗެއް ސާފު ނުވިޔަސް މާޔާގެ މޫނުމަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. މާޔާގެ ހިތް ތެޅެމުން ދިޔައެވެ. ނިހާނަށް ކަމެއް ކުރަން ނުކެރޭނެޔޭ ބައެއް ފަހަރު ހިތަށް އަރާފަހަރުވެސް ކަމެއްކޮށްފާނެއޭވެސް ހިތަށް އަރައެވެ. މާޔާ އަތުން ބޮލުގައި ހިފާލަމުން ކުރާނެ ކަމަކާ ދޭތެރޭ ވިސްނާލިއެވެ. ފޯނު ނަގައިގެން ކިޔާނަށް ގުޅާލީ ކިޔާން ހުރިތަނެއް ބަލާލަންށެވެ. ކިޔާން ފޯނު ނެގިތަނާހެން މާޔާ ކޮންތާކުހޭ އަހާލީ ހާސްކަމާއެކީއެވެ. ކިޔާން މި އުޅެނީ ގޭގައޭ ބުނުމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ދެން ބޭރަށް ނުދާށޭ ބުނެލިއެވެ. ކިޔާން ހައިރާންވެފައި ކީއްވެހޭ އަހާލުމުން މާޔާ ހިތްހަމަނުޖެހިފައި ނުދާށޭ ބުނީމަ ނުދިޔައީމަވީ ނޫންހޭ ބުނެލިއެވެ. ބުނެވުނު އެއްޗާމެދު ވިސްނުމުން މާޔާ މަޑުމަޑުން ސޮރީއޭ ބުނެފަ ބޭރަށް ނުދާށޭ އަނެއްކާވެސް ބުނެލިއެވެ. ކިޔާން އޯކޭ ބުނުމުން މާޔާހިތްހަމަޖެހިފައި ހުރެ ފޯނު ބޭއްވިއެވެ. އެހެންނަމަވެސް އޭރުވެސް ހިތް ތެޅެމުން ދިޔައެވެ. ހިތުގެ ކަނަކުން ކޮންމެވެސް ކަމެއް ވާން އުޅެނީއޭ ބުނަމުން ދިޔައެވެ.

ރޭގަނޑު އެގާރަ ގަޑި ބައިވީއެވެ. ކިޔާން އެނދުގައި އޮށޯވެލައިގެން އޮތީ ލެޕްޓޮޕް އާ ކުޅޭށެވެ. ކުއްލިއަކަށް ފޯން ރިންގް ވާން ފެށުމުން ބެލިއިރު ގުޅަނީ ހޮސްޕިޓަލް އިންނެވެ. އިމަޖެންސީ އެއް ކުރިމަތިވެގެން ކިޔާނަށް ހޮސްޕިޓަލް އަށް ދާން ޖެހުނީއެވެ. ކިޔާން އަވަހަށް ރެޑީވެގެން ނުކުމެގެން ކާރުގައި ދިޔައިރު އެގޭ މަގުގެ އެއްކައިރީގަ ކާރު ޕާރްކް ކޮށްލައިގެން އޮތް ނިހާން ބަލަން އިނެވެ. ކިޔާންގެ ކާރުގެ ފަހަތުންހެން ނިހާން ކާރު ދުއްވާލާފައި ދިޔައެވެ. ކިޔާން ކާރު ހޮސްޕިޓަލާ ތަންކޮޅެއް ދުރުގަ މަގުގެ އެއްފަރާތެއްގައި ޕާރކް ކޮށްލާފައި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ހޮސްޕިޓަލް ތެރެއަށް ވަނެވެ. ނިހާން ކާރުގައި މަޑުކޮށްގެން އިނީ ކިޔާން ނުކުންނާނެ އިރަކަށެވެ. މާޔާ އެނދުގައި އޮށޯވެލައިގެން އޮތީ ނުނިދިފައެވެ. ހިތް ބިރުގަންނަމުން ދިޔައެވެ. މިރޭ ކޮންމެވެސް ގޯސް ކަމެއް ވާނެ ކަމުގައި ހިތް ބުނަމުން ދިޔައެވެ. ކިޔާނަށް ގުޅަން ހިތަށް އަރާފަވެސް މިގަޑިގަ ކިޔާން އޮންނާނީ ނިދަން ކަމުގައި ހީކޮށް އެ ހިޔާލު ދޫކޮށްލިއެވެ. ފެން ބޯންވެގެން ބެލިއިރު ޖަގުގައި ފެން ނެތުމުން ތިރިއަށް ދިޔައީ ފެން ބަލައެވެ. ބަދިގެއަށް ވަދެ ފޮން ބޮއެގެން އައިސް ސޯފާގައި އޮށޯވެލީ ޓީވީ ހުޅުވާލައިގެންނެވެ. އެހެން އޮއްވާ ނިދުނީ ކޮންއިރަކުކަމެއްވެސް ނޭގެއެވެ.

ދެތިންގަޑިއިރެއްހާ ފަހުން ކިޔާން ނުކުމެގެން އައިތަން ފެނުމުން ނިހާން އިސްޖަހާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ދަންވަރު ވަގުތު ކަމުން މަގުމަތި އޮތީ ހިމޭންކޮށެވެ. ކިޔާން ކާރަށް އަރަން އައިސް ދޮރު ހުޅުވާލި ވަގުތު ފަހަތުން މީހަކު ބޮލުގައި އެއްޗަކުން ބާރަކަށް ޖަހާލިއެވެ. ކިޔާން ކުޑަކޮށް ހަޅޭލައްވައިގަންނަމުން ފަހަތް ބަލާލީ ބޮލުގައި އަތް އަޅާލަމުންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަހިނދު ކިޔާންގެ މެރެމުން ދިޔަ ލޮލުގެ ދޭތެރެއިން މޫނުމަތީގައި އެއްޗެއް އަޅައިގެން ހުރި މީހަކު ފެނުނެވެ. ކަނޑާލި ރުކެއްހެން ކިޔާން ގޮސް ބިންމައްޗަށް ވެއްޓުނެވެ. ” ސޮރީ ކިޔާން.. ” ވެއްޓިފައި އޮތް ކިޔާނަށް ބަލަން ހުރެ ނިހާން އެހެން ބުނެލީ ދެރަވެފަހުރެއެވެ. މޫނުގައި އަޅާފަ އޮތް ފޮތިގަނޑު ނަގާލަމުން ނިހާން ކިޔާންގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ޕާސްކޯޑެއް ޖަހަން އެރުމުން ނިހާން މާޔޫސްވިއެވެ. ވިސްނާލަމަން މާޔާގެނަން ހިތަށް އެރިއެވެ. 6292 ނިހާން ޖަހާލިއެވެ. ނަސީބަކުން ފޯނު ހުޅުވިއްޖެއެވެ. ނިހާން ފޯނުން ކޮންމެވެސް މީހަކަށް ގުޅާލަމުން އަވަހަށް ގޮސް ކާރަށް އަރައިގެން ދުއްވާލިއެވެ. އެ މަގުން ލާފަ ސައިކަލުން ދިޔަ ދެ މީހަކަށް ވެއްޓިފައި އޮތް ކިޔާން ފެނުމުން އަވަހަށް ގޮސް ކިޔާން ހޮސްޕިޓަލްއަށް ވެއްދިއެވެ.

” ކިޔާން ” މާޔާއަށް ކުއްލިއަކަށް ހޭލެވުނީ ފެނުނު ހުވަފެނަކުންނެވެ. ކިޔާން މަރުވެގެން އުޅުނު ހުވަފެނެކެވެ. މުޅި މީހާ ދަލުން ފެންވެރިފައި ހުރި އިރު ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މާޔާ ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެ ކިޔާނަށް ގުޅަން ފެށިއެވެ. އެހެންނަމަވެސް ފަސް ވަރަކަށް ފަހަރު ގުޅިއިރުވެސް ކިޔާން ފޯނު ނުނެގުމުން މާޔާ އިތުރަށް ބިރުގަތެވެ. އޭރު މާޔާއަށް ރޮވެމުން ދިޔައެވެ. އަނެއްކާވެސް މާޔާ ކިޔާނަށް ގުޅަން އުޅުނުތަނާ ކިޔާން ގުޅާލުމުން މާޔާ އަވަހަށް ފޯނު ނެގިއެވެ. ” ތޭންކ ގޯޑް.. ފޯނު ނުނަގާ ކީއްތިކުރަނީ؟ ކިތައް ފަހަރު ގުޅައިފިން.. އައި ވޯސް ސޯ ސްކެއާރޑް ކިޔާނ…. ” މާޔާ އެއްފައްޗަކަށް ހުރިހާ އެއްޗެއް ކިޔަމުން ދަނިކޮށް ހުއްޓާލެވުނީ ޒިޔާންގެ އަޑު އިވިގެންނެވެ. ޒިޔާން ކިޔާންގެ ފޯނުން ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟ މާޔާގެ ބިރުވެރިކަން އިތުރުވިއެވެ. ” ދޮންބޭ! ކ.. ކިޔާ. ކިޔާން ކޮބާ؟ ” މަޔާއަށް ވާހަކަ ދެއްކުނީ އުދަގުލުންނެވެ. ” މާޔާ.. ކިޔާންގެ ބޯ ފަޅައިގެން ގޮސްގެން ހޮސްޕިޓަލްގަ.. އަދި ހޭ ނާރާ.. ” ޒިޔާންގެ ޖުމުލައިން މާޔާގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މޫނު ދޮވެލާ ހެދުން ބަދަލުކޮށްލައިގެން މާޔާ އަވަހަށް ހޮސްޕިޓަލް އަށް ދިޔައެވެ. ޒިޔާނަށް ގުޅައިގެން ކިޔާން ބާއްވާފަ އޮތް ތަނަށް ދިޔައިރު ހިތް ތެޅެމުން ދިޔައެވެ. އެތެރެއަށް ވަން އިރު ކިޔާން އޮތީ ލޯ ހުޅުވާލައިގެންނެވެ. މާޔާ ފެނުމުން ކިޔާން ހީލި ގޮތުން މާޔާވެސް ކުޑަކޮށް ހިނިތުންވެލިއެވެ. ބޯ ވަށައިގެން ބެންޑޭޖް އަޅާފަ އޮތެވެ. ކުދި ފިޔަވަޅުތައް އަޅަމުން މާޔާގޮސް ކިޔާންގެ ކައިރިއަށް ހުއްޓިލި އިރު ފެންކަޅިވެއެވެ. ” އައި އެމް ފައިން.. ޑޯންޓް ވޮރީ..” މާޔާ ފެންކަޅިވެފައި ހުރިތަން ފެނުމުން ކިޔާން މާޔާ ހިތްހަމަޖައްސާދޭން ބުނެލިއެވެ. ” އެބަ ފެނެޔޭ ފައިން ވަރު.. ކިހިނެއް ވީ ކަމެއް؟ ” މާޔާ ކިޔާންގެ އަތުގައި ހިފާލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. ކިޔާންގެ އާއިލާ މީހުންވެސް ކިޔާންގެ ޖަވާބަކަށް އިންތިޒާރުކުރަމުން ބަލަން ތިއްބެވެ.

” އަހަރެން ގެއަށް ދާން ވެގެން ކާރަށް އަރަން ދޮރު ހުޅުވިތަނާ ފަހަތުން ކޮންމެވެސް މީހަކު އައިސް ބޮލުގަ ޖެހީ. އެމީހަކު ހުރީ މޫނުގަ އެއްޗެއް އަޅައިގެން.. ކާކު ކަމެއް ނޭނގެ. ދެން ވީ ގޮތެއް ނޭނގެ.. މިތާގަ އޮއްވާ ހޭ އެރީ.. ” ކިޔާން ލޯ މަރާލަމުން ކިޔައިދިނެވެ. މާޔާ ދެލޯ ބޮޑުކޮށްލިއެވެ. މީ ނިހާންގެ ކަމެއްކަން ވަގުތުން އެނގުނެވެ. އަމިއްލަ ނަފްސް ކުއްވެރިކުރެވުނެވެ. ނިހާންގެ ބަސް ގަބޫލު ކުރެވުނު ނަމައެވެ. އޭނައާ ހެދި ކިޔާން މިއަދު މިއޮތީ ހޮސްޕިޓަލްގައެވެ. ” އަހަރުމެންނަށްވެސް އެނގުނީ ކިޔާންގެ ފޯނުން ކޮންމެވެސް މީހަކު ބައްޕައަށް ގުޅާފަ ބުނީމަ.. ކާކު ކަމެއް ނޭނގެ. ” ޒިޔާން ވާހަކަދެއްކި އަޑަށް މާޔާ ބަލާލިއެވެ. ” އައި އެމް ސޮރީ ” މާޔާ މަޑުމަޑުން ކިޔާނަށް އަޑުއިވޭވަރަށް ބުނެލީ ދެރަވެފައެވެ. ކިޔާން މާޔަގެ އަތަށް ފިތާލަމުން މާޔާ ސޮރީ ތި ބުނަނީ ކީއްކުރަންހޭ އަހާލިއެވެ. މާޔާ ހިތުގައި ކިތަންމެ އެއްޗެއް ވިޔަސް ހިމޭންކަން ހިޔާލުކުރަމުން ދެފަރާތަށް ބޯ ހޫރާލީ ކުޑަކޮށް ހީލަމުންނެވެ. މާޔާގެ ފޯނު ރިންގްވާން ފެށުމުން ބެލިއިރު ގުޅަނީ ނިހާނެވެ. މާޔާ ރުޅިގަދަވިއެވެ. ކިޔާނަށް ބަލާލަމުން މާޔާ ދުރަށް ޖެހިލަމުން ފޯނު ނެގިތަނާ ނިހާން ބުނެލި ޖުމުލައިން އިތުރަށް ރުޅިގަދަވިއެވެ. ” ހޮސްޕިޓަލްގަތަ؟ މިހާރު ކިޔާންގެ ހަބަރު އޮންނާނީ ލިބިފައެއްނު. އައި ރިއަލީ ހޯޕް ހީޒް ޑުއިން ފައިން.. މާ ބޮޑު ވަރެއް ނުވޭދޯ؟ ” .

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 23

Next

އޮޔާ (1)

Next
October 19, 2015

އޮޔާ (1)

Previews
October 18, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 23

18 Comments!

  1. saarah says:
    October 18, 2015 at 6:11 pm

    unmeedh kuran mibaives enmenah kamudhaane kamah. next part day after tomorrow.. have a good day 🙂

  2. Ifthish... says:
    October 18, 2015 at 6:35 pm

    Very nice waiting 4 the next part.

  3. Aal~ says:
    October 18, 2015 at 6:57 pm

    maayaa aa kiyaan dhuru nukurah chey please….noony vaahaka hadi vaane…btw mi part varah reethi..

  4. NAAI says:
    October 18, 2015 at 7:03 pm

    ASSU VESS VARAH HEART TOUCHING …….WAITNG FOR NEXT PART

  5. dark princess says:
    October 18, 2015 at 7:15 pm

    Vvv nice… anehka maya nihaan aa gulhuna nudhehchey… maya ves dhen hiyvarukohfa huriha vaahaka eh kiyaa dheyn vejje ehnu… waiting 4 next part.. maya n kiyaan dhuru nukurahchey..

  6. Anonymous says:
    October 18, 2015 at 7:15 pm

    mi vaahakaige badeyri haadha hadi ey.. kiyaa hitheh ves nuve.. badeyrigadakaa hedhi..

    1. dark princess says:
      October 18, 2015 at 7:17 pm

      Anonymous ah kamudhaa gothakah mithaanga story eh up nukureve ehnu..

    2. Aisha says:
      October 18, 2015 at 8:43 pm

      Anonymous bunedyfaanantha mi vaahakaige badeyri aky koahchehkan?

    3. Anonymous says:
      October 18, 2015 at 10:53 pm

      dhivehi nudhanna meehunnakah neygeyne..

    4. Aisha says:
      October 18, 2015 at 10:57 pm

      Dhn thi enme molhah dhivehi dhanna meeha bunedheynvnu

  7. Red Rose says:
    October 18, 2015 at 7:31 pm

    Kiyaan aa maaya dhurunukoh nihan aky maaya ge beybe kan angaba. dhen maaisha ah nihan. Eyrun varah salhi vaane. Waiting for next part.

  8. Crazi says:
    October 18, 2015 at 7:57 pm

    Kiyaan n maya dhuru nukurey eyrun vrh sad vaane

  9. nuzoo says:
    October 18, 2015 at 8:02 pm

    Kiyaan and mayaa gulhuvaabala…

  10. kairas says:
    October 18, 2015 at 9:27 pm

    Maayaa n nihan gulhuvaba …eyrun v salhivane

  11. shima says:
    October 18, 2015 at 10:49 pm

    Like always it’s nice ….it’s getting better every time. … ☺

  12. Kii says:
    October 18, 2015 at 11:24 pm

    Alhe kiyaan aa maayaa dhuru nukuracche plx eyrah story ehkoh hadivaane. Plx plx saarah

  13. shaz says:
    October 19, 2015 at 2:01 am

    mi nihaan dheke v foohi vey…
    maaya hiyvaru kohfa kiyan ah kiyaaadhyba..
    v touching mi PART….
    waiting for the next part…

  14. 4f!4h says:
    October 19, 2015 at 9:18 am

    kiyaan and maayaa is the perfect couple. e dhe meehun dhuru kohfiyyaa story hadi vy. nihaan fonuvaalaa islaahiyyaa ah. maayaa kiyaan ah avahah hageegaih kiyaa dhee, dhevana hamala eh naannanees. eyrun dho kiyaan ah engeyny mi vaa goih. salaamathun hunnan ves. but over all nihaan ge style genes dheefa inna goih varah salhi. this story is gonna be a big hit saarah! I LIKE IT! ^_^

Comments are closed.

Next Episodeއިންތިޒާރު ( 20 )←


All Right Reserved!