ހިތަކުން ނުފިލާނެ 43
” ސެލީ… އަހަރެން އެކްސިޑެންޓްވެފަ ހޭއެރި ދުވަހު ބައްޕަ އަހަރެންނަށް ކޮންމެވެސް އަންހެންކުއްޖެއްގެ ފޮޓޯގަނޑެއް ދައްކާފައި އެހީ ކާކުހޭ އެއީ… އިނގޭތަ.. އެއަންހެންކުއްޖާ އަހަރެން ދެކުނިން އިއްޔަ މިތަނުންވެސް… އަހަރެންގެ ހިތަށް ސިފަވާ މަންޒަރުތަކާ އެމީހުނާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް… މިހެން މިބުނީ މިރިޒޯޓުގެ ބައެއް ސުޓާފުންވެސް އަހަރެން ފެނުނީމަ ވަރަށް ބަލާކަން ސެލީއަށްވެސް ފާހަގަ ކުރެވެއެއްނު… އަހަރެން ބޭނުން މިކަންތައްތަކުގެ ހަގީގަތް ކޮންމެ ގޮތެއް ހަދާފައިވެސް ބަލަން… ސެލީ އަހަރެންނަށް އެހީތެރިވެދީފާނަންތަ…؟ އެކަމަކު އަހަރެން ބޭނުމެއް ނޫން ބައްޕަމެންނަށް މިކަމުގެ އެއްވެސް އިށާރާތެއް ވާކަށް… ” ޒެދީން ސެލީނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ. ސެލީނާއަށް އިތުރު އެއްޗެއް ނުބުނެވުނު ތާގައި ހަމައެކަނި ބޯޖަހާލެވުއިރު އެދެލޯވަނީ ކަރުން ފުރިފައެވެ.
” ކޮކީ ހިނގާ ދެން ރޫމަށް ދާން… ދޮންތަ ވަރަށް ބަނޑުހައިވެއްޖެ… ކޮކީ ބަނޑުހައެއް ނުވޭތަ..؟ ” ފައިހާ ފިޒާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ފިޒާން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ފައިހާ ދާންބޭނުންވި ނަމަވެސް ފިޒާން ނުދާނެކަން އެނގުމުން ފައިހާ ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ފައިހާއަށް ވިސްނެމުން ދިޔައީ ޒެދީންއާ ދޭތެރޭގައެވެ. އެއީ ފާޒިން ނޫންނަމަ އެގޮތަށް ފައިހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ… ނޫނީ ގަސްދުގައި ނުދަންނަ ކަމަށް ހަދާނީ ހެއްޔެވެ.. ފާޒިންއަކީ ފައިހާމެން ފެނުމުން ނުދަންނަ ކަމަށް ހަދައިގެން ހުންނާނެހާ ނުލަފާ މީހެއްވެސް ނޫނެވެ. ފައިހާ ސިއްސައިގެން ދިޔައީ މައިޝާ ފަހަތުން ގޮވާލިއަޑަށެވެ. ފައިހާ ބަލާލިއިރު މައިޝާ ދާދި ގާތުގައި ހުއްޓިލައިގެން ހުރީ ސީދާ ފައިހާގެ މޫނަށް ބަލަހައްޓައިގެންނެވެ. ފައިހާއަށް ހިނިތުންވެލެވުނީ ގަދަކަމުންކަހަލަ ގޮތަކަށެވެ.
” މަންމިގެ ދޫނީ… ހިނގާ ސައިބޯންދާން.. އަދި އެކައްޗެއްވެސް ނުކައެއްނު ތީނީ… ތިހެން އިންދާ ބައުކަލޯ އައިސް ކޮކީ ގެންގޮސްދާނެ… ” މައިޝާ ގޮސް ކުޅެން އިން ފިޒާންނަގާ އުރާލިއެވެ. އެވަގުތު ފައިހާއަށް އެދިމާލަށް އަތިރިމަތިން ހިނގާފައި އައި ޒެދީންއާއި ސެލީނާ ފެނުނެވެ. ފައިހާއަކަށް ހާދާނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. މައިޝާއަށް ޒެދީން ފެނިއްޖެނަމަ ވާނެ ގޮތެއްވެސް ނޭގެއެވެ. އެވަގުތު އަރުޝަދު އެތަނަށް އައިސް މަޑުކޮއްލީ ކާކުގެ ނަސީބުން ކަމެއް ނޭގެއެވެ. އަރުޝަދު ހުރީ އޭނަގެ ޑިއުޓީ ގަޑިކަމުން އޭނަގެ ޔުނީފޯރމުގައެވެ.
” ކޮބާ ސައިބޯން ދާކަށް ނުވޭ… ލަސްވެގެން ބަލާލަން މިއައީ.. ” ހިނިތުންވެލަމުން އަރުޝަދު ބުނެލިއެވެ. ފައިހާ ފިޒާން ކުޅެން ގެނައި ދަބަސް ހިފައިގެން އެންމެންނަށް ވުރެން ކުރިން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން އައި ޒެދީންމެން މައިޝާއަށް ނުފެންނާނެތީ ހިތާ ހިތުން ﷲ ޝުކުރުކުރަމުންނެވެ.
” ސެލީ.. އެހުރީ މަބުނި އަންހެން ކުއްޖާ… މަބުނީމެއްނު ބައްޕަ ފޮޓޯގަނޑެއް ދެއްކި ވާޙަކަ… ” ފިޒާން އުރާލައިގެންހުރި މައިޝާ ފެނުމުން ފާޒިން ބުނެލިއެވެ. ސެލީނާ ވަރަށް ރަނގަޅަށް މައިޝާއާއި ދިމާލަށް ބަލާލިއެވެ.
” ދަރިފުޅާ ކޮންއިރަކު އަންނަނީ… ދަރިފުޅުމެންނެތީމަ މަންމަ ވަރަށް ފޫހިވޭއެބަ.. ” ފައިހާގެ ފޯންރިންގުވާން ފެށުމުން ނަގާކަންފަތުގައި ޖައްސާލަމުން ވަދީފާ ބުނެލިއެވެ.
” މިއަދު ހަވީރު ދާނަމޭ… ” ފައިހާވެސް ހުރީ ދާންބޭނުންވެފައި ނަމަވެސް އެކަން އޭނަގެ މޫނުމަތިންނެއް ނުދައްކައެވެ. މައިޝާއަށް ޒެދީން ފެނުމުގެ ކުރިން ރިޒޯޓުން ފުރަން ފައިހާ ބޭނުންވެއެވެ. ފައިހާމެން ރެސްޓޯރެންޓަށް ލާފައި އަރުޝަދު ދިޔައީ ނިމެން ވާއިރަށް އަންނާނެ ވާހަކަ ބުނެފައެވެ.
ފާޒިން ރޫމަށްގޮސް ޖައްސާލީ ބޮލުގައި ރިއްސަން ފެށުމުންނެވެ. އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ސެލީނާވެސް ފާޒިން ރޫމަށް ވަނުމުން ޒޮބީދުމެން ކައިރިއަށް ދިޔައީ އޭނަ ކުރަން ބޭނުންވާ ބައިވަރު ސުވާލު ހުރުމުންނެވެ. ރޫމުގެ ދޮރު ކައިރީގައި ހަރުކޮއްފައި އިން ބެލް ޖަހާލުމުން މަލީސާ އައިސް ދޮރުހުޅުވާލިއެވެ.
” ކޮބާ ދީން..؟ ” ޒެދީން ފެންނަން ނެތުމުން މަލީސާ އަހައިލިއެވެ.
” ދީން ގޮސްފި ބޮލުގައި ރިއްސާތީ ރޫމަށް.. ” ރޫމްތެރެއަށް ވަންނަމުން ސެލީނާ ބުނެލިއެވެ. އޭރު ޒޮބީދު ލެޕްހިފައިގެން އެނދުމަތީގައި އިށިންދެލައިގެންއިނެވެ.
” ބޭބޭ.. އަހަރެން ސުވާލެއް ކޮއްލަންތަ… ދީން މީ ކާކުގެ ދަރިއެއް…؟ ” އެނދުކައިރީގައި ހުރި ސޯފާ ގޮނޑީގައި އިށީންނަމުން ސެލީނާ އަހާލިއެވެ. ޒޮބީދުއަށް ސެލީނާގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރުންނެވެ.
” ކިހިނެއްވެގެން ދަރިފުޅު ކުރި ސުވާލެއްތީ…؟ ” މަލީސާ އައިސް ސެލީނާގެ ބޮލުގައި ފިރުމާލަމުން އަހާލި ޒޮބީދުއަށް ބަލަހައްޓައިގެން ހުރެއެވެ.
” ކަމެއްނުވޭ.. އަހަރެންނަށް ހީވަނީ ދީންގެ ފެމެލީ އެބައުޅޭހެން މިތަނުގައި… މިއަދު ހެނދުނު ފެނުނު ކުޑަކުޑަ ފިރިހެންކުއްޖާވެސް ނެތްހަމަ ދީންއާ ކަނޑާލާނެ ތަންކޮޅެއްވެސް… ވަރަށް ވައްތަރު ” ސެލީނާ ބުނެލީ ޒޮބީދުއަށް ބަލަހައްޓައިގެން ހުރެއެވެ. ދޮބީދު ލެޕްޓޮޕް އެނދުމަތީގައި ބަހައްޓާފާއި އެނދުން ފައިބައިގެން އައިސް އެނދުކޮޅުގައި އިށީނީ ސީދާ ސެލީނާ އާއި ކުރިމަތި ވާ ގޮތަށެވެ.
” ބޭބެ ބޭނުމެއްނޫން ޒެދީން ގެއްލޭކަށް… ބޭބެމެންނަށް ލިބުނު ހަމައެކަނި ދަރިފުޅުވަނީ މީގެ ވިހިއަހަރު ކުރިން ބާސްކޭޓްބޯޅަ ކުޅެން އުޅެނިކޮއް ބޮލުގައި ބޯޅައިން ޖެހި ސިކުނޑިއަށް ލިބުނު ގެއްލުމެއްގައި މަރުވެފައި… އޭނައަށްވެސް ކިޔާނީ ޒެދީން… އެކަމަކު އޭގެ ފަހުން ބޭބެމެންނަކަށް ދަރިއަކު ނުލިބޭ… މީގެ ތިންއަހަރު ކުރިން ކޯރުގެ އައްސޭރިއަށް ބާބަކިއު ހަދަން ބޭބެ ދިޔައީ ދައްތަ ކީވަރުން… އެދުވަހު އެތަނުގެ އަތިރިމައްޗައް ލައްގާފައި އޮތް ގަސްގަނޑެއްގެ ތެރެއިން ޒެދީން ފެނުނީ… ދެން އަވަހަށް ހޮސްޕިޓަލަށް ގެންދިއުމުން އެގުނީ މަރުނުވާކަންވެސް… އޭގެ އެއްމަސް ފަހުން ޒެދީން ހޭއެރުމުން އެނގުނީ އޭނަގެ ހުރިހާ ހަދާންތަކެއްވަނީ ފުހެވިފައިކަން… އެދުވަހު ބޭބެ ނިންމީ ޒެދީންގެ ނަމުގެ ފަހަތައް ބޭބެނަން ދީގެން އަމިއްލަ ދަރިއެއް ފަދައިން ގެންގުޅެން… އަދި ބޭބެއާއި ދައްތަ ނެތް ދުވަހަކުން ބޭބެގެ ހުރިހާ މުދަލެއްގެ ވެރިމީހަކީ ޒެދީން ކަމަށް ހެދީވެސް… މިގައުމަށް އާދެވުނު ފުރަތަމަ ދުވަހުވެސް ބޭބެއަށް އެނގުނު ޒެދީންގެ އުފަންތަނަކީ މީކަން… އޭނަގެ އާއިލާ ވީ މިތަނުގައިކަން… ދަރިފުޅުމެންނަށް ވުރެން ކުރިން ބޭބެމެން ދެކުނިން ތިކިޔާ ކުޑަކުޑަ ފިރިހެންކުއްޖާވެސް… އަދި އޭނަގެ މަންމަވެސް.. ތިބުނާ ކުޑަކުޑަ ފިރިހެންކުއްޖާގެ މަންމަގެ ފޮޓޯއެއް ޒެދީން ގަސްގަޑުގެ ތެރެއިން ފެނުނު އިރު ލައިގެންހުރި ޖިންސުގެ ޖީބުގައި އޮތް ވޮލެޓުންވެސް ފެނުނު… އޭރު އޭނަގެ ވޮލެޓުގައި އޮތީ ހަމައެކަނި 830 ޑޮލަރާއި އެފޮޓޯގަނޑު އެކަނި… ބޭބެއަށް ޔަގީން އެކުޑަކުޑަ ފިރިހެންކުއްޖާގެ ބައްޕައަކީ ޒެދީންކަން… ” ޒޮބީދު އެވާހަކަ ކިޔައިދެމުން ދިޔައިރު ސެލީނާގެ ލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ޒޮބީދު މަލީސާގެ އަތްދަބަހުންނަގާ މައިޝާގެ ފޮޓޯގަނޑު ސެލީނާގެ އަތައްދިނެވެ. ސެލީނާއަށް އެފޮޓޯގަނޑަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
” އަހަރެން އަންނާނަން ބޭރަށް ގޮސްލާފައި… ” އިރުކޮޅެއް ވަންދެން ފޮޓޯގަނޑަށް ބަލަހައްޓައިގެން އިނދެފައި އެފޮޓޯގަނޑު ޒޮބީދުގެ އަތަށް ދެމުން ސެލީނާ ރޫމުން ބޭރަށް ނިކުންނާން ހިނގައިގަތެވެ. މަލީސާ ސެލީނާ ހުއްޓުވަން އުޅެފައިވެސް އަޅާނުލީ ޒޮބީދު އިށާރަތް ކޮއްލުމުންނެވެ.
އެދިގު ފާލަމުން ހިނގަމުން ދިޔައިރު ސެލީނާގެ ހިތްވަނީ މުޅިން ހަލާކުވެފައެވެ. ސެލީނާގެ ހުރިހާ ހުވަފެންތަކެއް މިއަދުވަނީ ފެނަށް ވެގެން ގޮސްފައެވެ. ދިރިހުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް ސެލީނާ ނުދެކެއެވެ. މުޅިއުމުރުގައިވެސް ލޯބިވެވުނީ ހަމައެކަނި ޒެދީން ދެކެއެވެ. އެއީވެސް އެހެންމީހެއްގެ ހައްގެކެވެ. ތުއްތު ތުއްތު ކުއްޖެއްގެ ބައްޕައެކެވެ. އެކި ހިޔާލު ތަކުގައި ހުރެ ހިނގަމުން ދިޔައިރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. ހިނގާފައި ދިޔަ ސެލީނާ ކުއްލިއަކަށް ހުއްޓުނީ ރެސްޓޯރެންޓްގެ ބޭރުގައި ހުރި މޭޒެއްގައި ސައިބޯން ތިބި މައިޝާމެން ފެނިފައެވެ. އޭރު މައިޝާ ފިޒާންއަށް ކޮންމެވެސް އެއްޗެއް ކާންދެނީއެވެ.
” މާ މީރުކޮއް ކޯޗެއް ތިކާލަނީ…؟ ” މޭޒުކައިރީގައި މަޑުކޮއްލަމުން ސެލީނާ އެހެން ބުނެލީ ފިޒާންގެ ކޮލުގައި ހިފާލަމުންނެވެ. މައިޝާ ބަލާލިއިރު ކުރިމަތީގައި ހުރީ ގެސްޓެއް ކަމުން މައިޝާ ހިނިތުންވެލިއެވެ. ފައިހާއަށް ސެލީނާއާއި ދިމާލަށް ބަލާލާފައި ވަށައިގެން ހޯދާލީ އެހިސާބުގައި ޒެދީން ފެންނަން ހުރިތޯއެވެ. ފަހަރެއްގައި ސެލީނާ އާއެކު ޒެދީންވެސް އައިސް ހުރެދާނެތީއެވެ.
” އަހަރެން މިތާގައި އިށީނަސް އޯކޭތަ…؟ ” ސެލީނާ އިށާރަތްކޮއްލީ ކައިރީގައި ހުރި ގޮޑިއަށެވެ. މައިޝާ ހިނިތުންވެލަމުން ބޯޖަހާލީ ވާންމިއުޅެނީ ކީއްކަން ނޭގިއިނދެއެވެ. ފައިހާ ކުޑަކޮއް ހާސްވިނަމަވެސް އެއްބަހެއްވެސް ނުބުނެ ސެލީނާގެ މޫނަށް ބަލަހައްޓައިގެން އިނީ ސެލީނާ ދައްކާނެ ވާހަކައެއް ނޭގޭތީއެވެ.
” ތީ ކޮކީގެ މަންމަ ދޯ…؟ ” ސެލީނާ ހިނިތުންވެލަމުން ބުނެލިއެވެ. މައިޝާ ހަމައެކަނި ބޯޖަހާލީއެވެ.
” އެކަމަކު ވައްތަރެއްނޫން… ކޮކީގެ ޑެޑީއާ ދޯ ވައްތަރީ… ކޮބާ ކޮކީގެ ޑެޑީ…؟ ” ސެލީނާ ކުރި ސުވާލަކުން މައިޝާއަށް ސެލީނާގެ މޫނަށް ބަލައިލެވުނީ ސިހިފައެވެ. އެއާއެކު މައިޝާގެ މޫނުމަތީގައި ހުރި އުފާވެރިކަން ނެތިގެން ދިޔައެވެ. ސެލީނާ ނިތް އަރުވާލީ އެއްވެސް ކަމެއް ނޭގޭކަމަށް ހަދަމުންނެވެ.
” މަރުވެފަ… ” މައިޝާ އެހެންބުނެލީ ވަރަށް މަޑުމަޑުންނެވެ. ސެލީނާއަށްވެސް މައިޝާގެ ހިތުގައި އަޅާނެ ވޭން އެވަގުތު އަންދާޒާކޮއްލެވުނެވެ.
” ސޮރީ… ކޮންއިރަކު..؟ މިބުނީ ކިހިނެއްވީ…؟ ” ސެލީނާއަށް އަހާލެވުނީ ބަލަންބޭނުންވި ވަރުންނެވެ. ފައިހާވެސް އިނީ ސެލީނާ އެކަހަލަ ސުވާލެއް ކުރުމުން ހާސްވެފައެވެ.
” މީގެ ތިންއަހަރު ކުރިން ލަންޑަނުގައި ހިނގި އެކްސިޑެންޓެއްގައި… ” މައިޝާ ފިޒާންއަށް ޖޫސްކޮޅެއް ދެމުންބުނެލިއެވެ. އަދި ސެލީނާއަށް ބަލާލަމުން ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ނަމަވެސް މައިޝާގެ ދެލޮލަށް އިންތިހާ ވޭން ސެލީނާއަށްވެސް ފެނުނެވެ.
” ކިހިނެއް ހިނގި އެކްސިޑެންޓެއް… މަރުވެފައި އޮއްވާތަ ފެނުނީ..؟ ” ސެލީނާ މައިޝާގެ އަތުގައި ހިފާލަމުން ބުނެލީ ވަރަށް މަޑުމަޑުންނެވެ.
” އޭނަ އިން ބަސް ފޮރޮޅާލައިގެން ކޯރެއްގެ ތެރެއަށް ވެއްޓި ގެއްލުނީ…! ” ވަރަށް ހިތްވަރުކޮއްލާފައި މައިޝާ ބުނެލިއެވެ. ސެލީނާއަށް އިތުރު ސުވާލެއް ކުރާނެހާ ހިތްވަރެއް ނުލިބުނެވެ. އެހެންވެ އިތުރު އެއްޗެއް ނުބުނެ ފިޒާންއާއި ދިމާލަށް ބަލަހައްޓައިގެން އިނީއެވެ.
” މިތާގައިތަ މަސެއްކަތްކުރަނީ…؟ ” ސެލީނާ ދައްކާނެ ވާޙަކައެއް ނޭގުމުން އެންމެ ފަހުން ބުނެލިއެވެ.
” ނޫން… ހަމަ މަޖާކޮއްލަން އައީ… ” ސެލީނާއަށް ހިނިތުންވުމެއް ހަދިޔާކުރަމުން މައިޝާ ހިނގައިގަތީ ފިޒާންގެ އަތުގައި ހިފައިގެންނެވެ.
” އަދި ނަންވެސް ނުބުނެވޭ ދޯ… އަހަރެންނަށް ކިޔަނީ ސެލީނާ.. ” ސެލީނާ ދިއްކޮއްލިއަތުގައި ހިފާލަމުން މައިޝާވެސް އޭނަގެ ނަން ބުނެލީ ހިނިތުން ވަމުންނެވެ.
މަޑުމަޑުން ހިނގާފައި ދިޔަ ސެލީނާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ހިތުގައި އުފެދިފައިވާ ރިހުމެއްގެ ސަބަބުން ހިތް ހީވަނީ ކުދިކުދިވެގެން ހިނގައިދާނެހެންނެވެ. ނަމަވެސް މިލާ މޯޅިވެފައި ހުރި މޫނު އުޖާލާ ވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ދިޔަ ސެލީނާގެ ހިޔާލް ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީން ހާސިލް ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ސެލީނާ ފަހަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ޒެދީން އެއީ އޭނަގެ ލޯތްބެވެ. ސެލީނާއަށް ވިސްނުނު ގޮތުގައި އެމީހެއްގެ ލޯބި އަނެކާއަށް ޓަކައި ގުރުބާން ކުރާނީ މޮޔައިންނެވެ.
38 Comments!
Comments are closed.
vv reethi vaiting for the next part
Maa lahun thi up koranee avaha up kolati vvv nice waiting for next part
Thanks. Ekm vrh kuru dho, cant wait for the next part, when will it be uploaded.
Mi vaahaaka up vey tho bala balaa mee nee
dhn mivaahaka maa dhigu vany .. mai ah faaxin dhyfa .. seleena ah ehn firihen kuhjeh dhy … dhn mi vaahaka ninmaalaa hissbah gohssi … avahaha faaxin and maishaa gulhuvaafa mi vaahaka ninmaa laa … cux i cant wait anymore …. avahah beynumy faxin n maisha alun gulhen … 🙁 .. anyways mi part vess salhi dhn .. seleena hageegaiy kiyaidhin nama zedhyn ah … v foohi vhje seleena dheke mi vy gothun .. dhn emyhun raahajeyn furaigen dhiyaima dhn anehkaa faaxin n maishaa dhuruvaane .. ehn vehjehyaa kada vaane …. anyways reethi .. looking forward for the next part
Ihthu noon ehen nuhadhaa.. selyna ah heyo visnun dhee :'(
Mihaaru dhen story dhigu dhamman ulheyhen heevany
Ma beynun gothakau kiriyah gendhaany…thy adhi kn baeh goi kiyadheyn???
mee Ihthu kohfa in comment eh noon… mee Ihthuge name beynun kohgen kuraa vrh dhashu dharajaige kameh… Ihthu ge name beynun kohgen comment nukurumaky Ihthu ge vrh bodu edhumeh… Mithaaga Ihthu ah ingey kuhjakah ulheny Naufal ekani…
Vvvvvvvvv dheravejjjjje?
Next part monday ga upload kohdhevey thw balaaanan… Thanks all
i love this story vara reethi your the best
Vara Vara reethi
Adhivx monday naannany tha.. Ajjjaibeh .. Ehcheh nubunevey vareh nun.. Aharaku bayeh nerey nama .. :p
please avaha upload kohdheeba…………
Haadha lahey mi story up vaaleh.
Ihthu kobaa plz avaha vaahaka upkolladheebala plz plz plz
Ihthu kobaa plz avaha vaahaka upkolladheebala plz plz plz
mi story up kurany garunakun eh faharu tha?
Vaahaka up kura monday aee kon month ehga anna monday ehgabaa. E eh buneladhinun v edhen
Kobaa next part koniraku up vaany?
koniraku up vany ? avas kohbaa..mi dhen boduvaru
Vahaka liyaa meehaa ves hadaan
nethu nee tha
Mi story liyaa kujja kobaa tha? Up nukurevey sababeh ves bunelaafa baavaanama.
pls vahaka up kohdhy bala.
KYVEH THA ALHEH UPDATE NUVANY PLXXX IHTHU UPDATE KOH DHYBALA
Alhe dhn thankolheh avahah dhn oiy bai up kolladhyba. Kiyaahithun keiy madhuvefa mihiry ?
vaahaka nimmmaaalytha…????? 😮
Mere dhn up nuvaane vaahakae tha????????? ???
waiting waiting for the next part.story varah salhi hisaabaka gosa stuck vefa miothy. avaha next part fenaane kama umeedhu kuran
Nufennaane. Hus thimanna mee liuntheriekey hithah araameehun
Mihaaru one month mivee. adhives up kurevey varu nuvaneetha? Adhi kihaadhuvaheh naagaanetha Ihthu….. Still waiting waiting waiting waiting waiting…………………………………..
kobaatha story… adhives up kohdheyvareh nuveytha… vaahaka kiyaa hithun huhnathaa kon dhuvaheh… please avahah up kohdheebala
kihaa dhera kameh dhw . up nukuraane vaahaka ves bunyma dhw engeyny
mi vaahaaka liyaa meehun fahathun kiyaameehun aadheys kuramun dhuvan jeheyny abadhuves.
vaanuvaa eh ves angaaleema dhw engeyny. next year ga upload vanyaa next year ga ey vaany. noony yaaamin verikamun feybeemaey .
mi vaahaka dheneh upload eh nukuraane… kuru kamun , upload kuraaleh las kamun kiyun therin abadhuves ehchehi kiyaany… liyuntherin kuraa masehkatheh dhuvahakuves appreciate eh nukuraane… mee liyun theringe job namaves ok… ihthu buni vrh avahah upload kohdhevey thw eba balamey…
misite ga mihaaru nuliyaa kiyaa hiyvaa eves vahakaeh…kiyaa hithun fetivahakathah up nukure varah foohi