Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 18 )

saarah
October 16, 2015
9 Mins Read
27 Comments

މާޔާ ޝަހާދަތް އިނގިލިއާ މެދު އިނގިލި ހުރަސް ކޮށްލައިގެން އިނދެ ހިތާހިތުން ކިޔާން ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އެދި ދުއާކޮށްލެވުނެވެ. އަނެއް އަތުން ކިޔާންގެ އަތްތިލައިގަ ހިފާލެވުނީ ނުތަނަވަސްވެފަ ހުރިވަރުންނެވެ. ” ހޫމްމްމް… މާޔާ ވެއްޖިޔާ ދޯ… ކޮމްޕްރޮމައިޒް ކޮށްލާނީ.. ” ކިޔާން ކުޑަކޮށް ވިސްނާލާފައި ބުނެލި ޖުމުލައިން މާޔާއަށް ބޭ އިހްތިޔާރުގައި ކިޔާންގެ އަތުން ދޫކޮށްލެވުނެވެ. އަވަހަށް މޫނު އަނެއް ފަރާތަށް އަނބުރާލީ ކަރުނަ ފައިބައިގަންނާނެ ހެން ހީވުމުންނެވެ. ތިރީ ތުންފަތުގައި ދަތްއަޅާލީނުން ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ދިޔަޔަސް އެކަމެއް ވާ ގޮތެއް ނުވުމުން މާޔާ ލޮލަށް އެއްޗެއް އެޅުނު ކަމަށް ހެދިގެން ލޯ އުނގުޅަން ފެށިއެވެ. ކިޔާން މާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލޮލަށް ތުބުން ފުމެލިއެވެ.

މާޔާ ކަޅިޖަހާނުލާ ކިޔާންގެ ދެ ލޮލަށް ބަލަން އިން އިރު ކަރުނަ ފައިބައިގަތެވެ. ކިޔާނަށް ހީވީ އެއީ ލޮލަށް އެޅުނު އެއްޗެއްގެ ސަބަބުން ފައިބާ ކަރުނަތައްކަމަށެވެ. ކިޔާން އެބައަންނަމޭ ކިޔާފަ ދިޔައީ ފެންފުޅިއެއް ގަންނާށެވެ. މާޔާ ކިޔާން ދިޔަ ދިމާލަށް ބަލާލީ ހިތްދަތި ނަޒަރަކުންނެވެ. ކިޔާން އޭނައަށްޓަކާ ” ކޮމްޕްރޮމައިޒް ” ކުރާތަން ބެލުމަކީ މާޔާ އެދޭނެ އެންމެ ފަހު ކަމެވެ.

ކިޔާން ފެންފުޅި ގެނެސްދިނުމުން މާޔާ ލޯ ދޮވެލިއެވެ. ދެން އެތާ އިންނަން ބޭނުންނުވާތީ މާޔާ ދާން ހިނގާށޭ ބުނުމުން ކިޔާން ހާދަ އަވަހަކަށްހޭ އަހާލިއެވެ. މާޔާ ހީލަމުން މިހާރު އިރުއޮއްސިއްޖެއޭ ބުނެލިއެވެ. ދެމީހުން އެކީ ހިނގާލާފަ ދިޔައިރު މާޔާ އިރުއިރުކޮޅާ ކިޔާނަށް ބަލާލައެވެ. ” ތިހާ ވަރަށް ނުބެލިޔަސް އަހަރެން ނުގެއްލޭނެޔޭ.. މިހުރީ ހަމަ މާޔާއާ އެންމެ ކައިރީގަ ” ކިޔާނަށް މާޔާ މާ ވަރަކަށް ބަލާކަން އެގިގެން ބުނެލީ  ލާނެތް ގޮތަކަށް ހީލަމުންނެވެ. މާޔާ އިސްޖަހާލަމުން މަޑުމަޑުން ގެއްލިދާނެހެން ހީވަނީއޭ ބުނެލިއެވެ. ކިޔާނަށް މާޔާ ކީ އެއްޗެއް ސާފު ނުވެގެން ކީކޭހޭ އަހާލިއެވެ. މާޔާ ދެފަރާތައް ބޯ ހޫރާލަމުން ކުޑަކޮށް ހިނިތުންވެލީ އެއްޗެއް ނުކިޔަމޭ ބުނާ ގޮތަށެވެ. ކިޔާން ހީލަމުން މާޔާގެ އަތުގައި ހިފާލިއެވެ. މާޔާ އެދެމީހުންގެ ގުޅުވާލެވިފައިވާ އަތަށް ބަލާލީ ދެރަވެފައެވެ. ހިތް ބުނާ ފަދައެވެ. ދެން މި ވަގުތެއް ނުލިބޭނެއެވެ. މާޔާ މާނަވީ ގޮތަކަށް ހީލަމުން ކިޔާންގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފާލިއެވެ. މާޔާ ގެއަށް ލާފަ ކިޔާން މިރޭ އަދި ފަހުން ގުޅާނަމޭ ބުނެފަ ދިޔައީ ކާރަށް އަރަންށެވެ. މާޔާ ކިޔާންދިޔަ ދިމާލަށް ބަލަން ހުރިއިރު ފެންކަޅިވިއެވެ. ހީވާފަދައެވެ. ކިޔާން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭނައާ ދުރުވާ ފިޔަވަޅެކެވެ. ” ކިޔާން! ” މާޔާގެ އަޑަށް ކިޔާން ފަސްއެބުރި ބަލާލިހިނދު މާޔާ ދުވެފައި އައިސް ކިޔާންގެ ގައިގަ އޮޅުލައިގަތެވެ. ނުވިސްނާ ހުރުމުން ބެލެންސް ނުވެވި ފާޑަކަށް ވެއްޓެން ދިޔަހިނދު ކިޔާން ހުޝީޔާރުކަމާއެކީ ކާރުގެ ދޮރުފަތުގައި އަތް ވިއްދާލާ ބެލެންސް ކޮށްލަމުން މާޔާގެ އުނަގަނޑުގައި ދެއަތުން ވަށާލީ ހިނިތުންވެފައެވެ. މާޔާ ކިޔާންގެ ކޮނޑުގައި މޫނު ފޮރުވައިގެން ހުރި އިރު ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. މާޔާ އަވަހަށް ބޮޑުވާއިނގިލިން ކަރުނަތިކި ފޮހެލަމުން ހީލިއެވެ. ހިނދުކޮޅަކަށް ދެމީހުން އެ ގޮތުގައި ތިބެފަ ދުރުވެލަމުން ކިޔާން މާޔާގެ ކޮލުގައި ބޮސްދިނެވެ. މާޔާ ގުޑްނައިޓް ބުނެލަމުން ދުރަށް ޖެހިލިއެވެ. ކިޔާން ކާރަށް އަރާ ދުއްވާލަމުން ގޮސް ލޯ މަތިން ގެއްލެންދެން މާޔާ ބަލަން ހުއްޓެވެ.

މާޔާ އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތީ ނުނިދިފައެވެ. ކިޔާންގެ ޖަވާބާ މެދުގައި ވިސްނެމުން ދިޔައީ ހިތަށް އުނދަގޫ ވާ ވަރަށެވެ.   ހިތުގައި ހައިޖާނެއް އުފެދިފައި ވާ ފަދައެވެ. އެންމެ ފަހުން ނުނިދުމުން މާޔާ ފޯނު ހިފައިގެން ދިޔައީ ބޭރަށެވެ. ބަގީޗާގެ ބެންޗުގައި މާޔާ އިށީދެލައިގެން އިނީ ލޯ މަރާލައިގެންނެވެ. ހިތުގެ އުދާސްކަން ދުރުކުރަން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން މާޔާ ބޭނުންވިއެވެ. އެކަމަކު ކާކާ ހެއްޔެވެ. މާޔާ ވިސްނާލަމުން ގުޅާލީ ޝާނިމް އަށެވެ. ކުޑައިރުވެސް މާޔާ ކަމެއްގައި ދެކޮޅަށް ވިސްނެން ފަށައިފިއްޔާ އެހީ ހޯދަނީ ޝާނިމްގެ ފަރާތުންނެވެ. ބޮޑުބޭބެއެއް ހެން ޝާނިމް މާޔާގެ ހުރިހާ މައްސަލައެއްގެ ހައްލު ހޯދާދެއެވެ. ” މާޔާ. މިހާ ދަންވަރު ތި ގުޅީ ކަމެއް ވީތަ؟ އެންމެން ރަނގަޅުތަ؟ ” ދެ ފަހަރަކު ރިންގްވިތަނާ ޝާނިމް ފޯނު ނެގިގޮތަށް ސުވާލު ކޮށްލީ ހާސްކަމާއެކީއެވެ. ” އެންމެންވެސް ރަނގަޅު.. އަހަރެން ޝާނިމްބެ ކައިރީ ވާހަކައެއް ދައްކާލަން. އެކްޓުއަލީ ހިޔާލެއް ހޯދަން.. ” މަޔާ ކުޑަކޮށް ހިނިތުންވެލާފައި ބުނެލިއެވެ. ޝާނިމް ހީލާފައި އަވަހަށް ބުނާށޭ ބުނެލިއެވެ. މާޔާ ވިސްނާލާފައި މި ކަހަލަ ވާހަކަ ދައްކަން އެންމެ ރަނގަޅު ވާނީ ބައްދަލު ކޮށްލައިގެންނޭ ބުނެލިއެވެ. ޝާނިމްއަށް ވެސް ރަނގަޅުވީ އެގޮތެވެ. ” އޯކޭ.. އެހެންވީމަ އަހަރެން މާދަން ދާނަން ތި ގެއަށް.. ބައިދަވޭ.. މިހާ ދަންވަރު ހޭލާ ތި އުޅެނީ ކީއްކުރަން؟ ޝާނިމްބެ އަޑުގަ ނިދީގެ ކަންފުޅެއް ވެސް ނެތީމަ މިހެން މިބުނީ.. ” މާޔާ ހީލަމުން ޝާނިމްއާ ދިމާކޮށްލިއެވެ. ޝާނިމް ހީލަމުން މާޔާމެންގެ ވާން އުޅޭ ފަހަރިއާ ވާހަކަދައްކަނީއޭ ބުނެލުމުން މާޔާ އުފާވެލާފައި ކާކުހޭ އަހާލިއެވެ. ޝާނިމް ހީލަމުން އަދި ހަމަ ވާހަކަ ދައްކަނީއޭ ބުނެލިއެވެ. ރަނގަޅު ގޮތެއް ވުމުން މާޔާއާ އެ ކުއްޖާ މީޓް ކުރުވާނެ ކަމަށް ބުނެލިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފަ ފޯނު ބޭއްވި އިރު މާޔާ ހުރީ ފުދޭވަރަކަށް ހަމަޖެހިފައެވެ.

އޭގެ އަނެއް ދުވަހެވެ. އޮފީހުގައި އުޅެލާފަ ބްރޭކް ގަޑީ މާޔާ ސަމިރާމެންގެއަށް ދިޔައެވެ. ސަމީރާއަށް މާޔާ ފެނުމުން ހުރިހާ ދަތްތަކެއް ދައްކާލަމުން އައިސް ކުޑަކޮށް ބައްދާލިއެވެ. ޝަހާ އެ މަންޒަރު ބަލަން ދުރުގައި ހުރި އިރު ބޭ އިހްތިޔާރުގައި ހިނިތުންވެލެވުނެވެ. މަންމަ އަބަދުވެސް މާޔާދެކެ ބޮޑަށް ލޯބިވާކަން ޝަހާއަށް އެނގެއެވެ. އެކަމަކު އެހެނޭ ކިޔަފަ ޝަހާ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. މަންމައަށް މާޔާ ފެނުމުން އެ ލިބޭ އުފާވެރިކަމަކީ ފަހަރެއްގެ އެމީހުންނަށް ވެސް މަންމައަށް ނުދެވޭ ހިތްހަމަޖެހުމެކެވެ. ދެވަނަ ސުކުންތުގައި ޝަހާ ބައްޕަމަތިން ހަނދާންވުމުން ބުމަ ގޮށްޖަހާލަމުން ގޮސް ކޮޓަރިތެރެއަށް ދެމިގަތެވެ. މާޔާ ސަމީރާއާ ވާހަކަ ދައްކަން އިދެފަ ދިޔައީ ޝާނިމްގެ ކޮޓަރިއަށެވެ.

މާޔާއާ ޝާނިމްއާ ދެމީހުން ތިބީ ކޮޓަރީގެ ބެލްކަނީގައެވެ. މާޔާ ވެގެން އުޅޭ ގޮތް ކިޔައިދިން އިރު ޝާނިމް އިސްޖަހާލައިގެން އަޑުއަހަން ހުއްޓެވެ. ކިޔާނަށް ހިގީގަތް ކިޔައިދޭން ބޭނުންވާ ކަމަށާ އެކަމަކު ހަގީގަތް އެނގިގެން ކިޔާން އޭނަ ދޫކޮށްފާނެތީ ބިރުގަންނަ ކަމަށް މާޔާ ބުނެލީ ދެރަވެފައެވެ. އިއްޔެ ކިޔާނާ ދުރުން ސުވާލު ކުރުމުން ކިޔާން ދިން ޖަވާބުގެ ވާހަކައާ އޭނައަށްޓަކާ ކިޔާން ދިރިއުޅުން ” ކޮމްޕްރޮމައިޒް ‘ ކުރާތަން ބަލަން ބޭނުންނުވެޔޭ ބުނެލިއެވެ. މާޔާ ވާހަކަ ދައްކާ ނިމުނު އިރު ހުރީ ފެންކަޅިވެފައެވެ. ޝާނިމް މާޔަގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކުޑަކޮށް ބައްދާލިއެވެ. ” ހަގީގަތަށް ބުނަންޏާ އެދުވަހު ބައްޕަ މާޔާ ރޭޕް ކުރީއޭ ބުނުމުން އަހަރެން މާޔާ ދެކެ ވަރަށް ރުޅި އައި. އޭގެ ފަހުން މާޔާ ޑްރަގްސް ޔޫސް ކުރާކަން އެނގުމުން އިތުރަށް ރުޅި އައި.. އަހަރެންގެ ހިތަށް އެރި މާޔާ ކުށެއްގެ މައްޗަށް ކުށެއް ގަސްތުގަ ކުރަމުން ދަނީއޭ ލަދެއް ނެތި. މާޔަދެކެ އަހަރެން ވަރަށް ފޫހިވި. އެކަމަކު ހަގީގަތް އެނގުނު ދުވަހު އަހަރެން އަމިއްލަ ނަފްސް ކުއްވެރިކުރިން. މާޔާ ދޭތެރޭ އެހާ ނުބައިކޮށް ވިސްނުނީތީ.. އެދުވަހަށް ފަހު އަހަރެންގެ ހިތުގައި މާޔާއަށް އޮތް ގަދަރު އެތައް ގުނައެއް އިތުރުވި.. މާޔާއަށް ޑްރަގްސް ބޭނުންކުރަން ފެށުނީ އަހަރުމެންނާ ހެދި. އެ ދުވަހު އަހަރަމެން މާޔާއާ އެއްކޮޅަށް ތިބިނަމަ މާޔާ ޑްރަގްސް ބޭނުން ނުކުރީސް.. އެދުވަހު މާޔާގެ ކުރިމައްޗަށް މާފަށް އެދެން ދާނެ ހިތްވަރެއްވެސް އަހަންނަށް ނުލިބުނު. އުމުރު ދުވަހު އަހަރެން ކަމަކަށް ރިގްރެޓް ވަންނާ އެ ދުވަހު މާޔާގެ ވާހަކަތައް ގަބޫކުނުކުރެވުނު ކަމާ މެދު ވާނަން..” ޝާނިމް މާޔާއާ ދުރުވެލަމުން ވާހަކަދެއްކީ އެ އަތުގައި ހިފާލަމުންނެވެ. މާޔާ ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ.

” ސޯ.. ކިޔާން ވަކި މާޔައަށް ނަފްރަތު ކުރަންވީ ކީއްވެ؟ ކިޔާން އެއީ މާޔާގެ އެންމެ ގާތް އެކުވެރިޔާ. އަހަރުމެންނާ ނެތް ވަރުގަދަ ގުޅުމެއް މާޔާއާ ކިޔާނާ ދެމީހުން ދޭތެރޭ އޮތް. އަހަންނަށް ހަގީގަތް އެނގިގެން މާޔާއާ މެދު ގަދަރު އިތުރުވީ ފަދައިން ކިޔާނަށް ހަގީގަތް އެނގިގެންވެސް ކިޔާންވެސް މާޔާއާ މެދު ފަހްރުވެރިވާނެ. އެ ހާލުގަ ހުރެފަވެސް މާޔާ އަމިއްލައަށް ރަނގަޅުވީ ކަމަށްޓަކާ ކިޔާން ފަޙްރުވެރިވާނެ.. ކިޔާނަށް ހުރިހާ އެއްޗެއް ކިޔައިދީ.. އެހެން މީހެއްގެ ފަރާތުން އަޑުއިވުމުގެ ކުރިން މާޔާ އަމިއްލައަށް ހުރިހާ އެއްޗެއް ކިޔައިދީ.. ކިޔާނަކީ ވަރަށް ރަނގަޅު މީހެއް.. ކިޔާން އަންޑަސްޓޭންޑް ވާނެ.. އައި އެމް ޝުއަރ.. ” ޝާނިމް އަނެއްކާވެސް ހިނތުންވެލަމުން ވާހަކަ ދެއްކިއެވެ. މާޔާ ފެންކަޅިވެފައި ހުރެ ބޯ ޖަހާލަމުން ވީހާވެސް އަވަހަކަށް ކިޔާދޭނަމޭ ބުނެލިއެވެ. ޝާނިމް ހީލަމުން މާޔާގެ ކޮލުގައި ހިފާލަމުން ލޯބިވާ ވާހަކަވެސް ބުނެލާށޭ ބުނެލިއެވެ. މާޔާ ހައިރާންވެފައި ޝާނިމްއަށް ބަލާލުމުން މާޔާގެ ލޮލުން އެކަނިވެސް ކިޔާން ދެކެ ވާ ލޯބި ފެންނަ ކަމުގައި ބުނެލިއެވެ. މާޔާ ހީލަމުން ހުރިހާ އެއްޗެއްވެސް ބުނާނަމޭ ބުނެލިއެވެ. އެއްފަހަރާ ހިތުން ބޮޑު ބަރެއް އުފުލިގެން ދިޔަހެން މާޔާއަށް ހީވިއެވެ. އިސްޖަހާލަމުން ލަދުރަކިގޮތަކަށް މާޔާ ހީލީ ކިޔާން ކައިރީ ލޯބި ވާހަކަ ބުނަން ހިތަށް އެރުމުންނެވެ.

ތިންދުވަސް ފަހެވެ. ކިޔާން ލޯލާ މާ ފިހަރާއިގަ ކޭޝިއަރ އާ ވާހަކަދައްކަން ހުއްޓާ އެހެން ލާފަ ދިޔަ ނިހާނަށް ފެނިގެން ކިޔާނަށް ނޭގޭނެ ހެން ގޮސް މާތައް ކައިރީގައި ކިޔާނާ ފުރަގަހަށް ހުއްޓިލިއެވެ. ” ހަމައެކަނި ލިލީ އިނގޭ ޔޫސް ކުރާނީ.. މުޅި ތަނުގެ ޑެކޮރޭޝަނަށް ލިލީސް ބޭނުންކުރާނީ.. ޑޯންޓް ވޮރީ އެބައުޓް ދި ޕޭމަންޓް.. ޖަސްޓް މޭކް ޝުއަރ އެވްރިތިންގް އިޒް ޕާރފެކްޓް.. އޯކޭ؟ ” ކިޔާން ކޭޝިއަރ އާ ވާހަކަދައްކަމުން ދިޔައީ ކުޑަކޮށް ހިނިތުވެލަމުންނެވެ. ” އޯކޭ.. އެކަމަކު މޭޒުމަތީ ބާއްވާ މާ ބޮނޑީގަ ވެސް ހުސް ލިލީ ތަ ބޭނުންކުރަންވީ؟ ” ކޭޝިއަރ ވެސް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. ” ނޫން.. އެއް ލިލީ މެދުގަ. ދެން ވަށައިގެން ރެޑް ރޯސް.. 33 ރޯސް. އޯކޭ؟ ” ކިޔާން ހުރިހާ އެއްޗެއް އޮޅުންފިލުވައިދެމުން ދިޔައެވެ. ކޭޝިއަރ ހިނިތުންވެލާފައި ” ޝީ އިޒް އަ ލަކީ ގާރލް ” އޭ ބުނެލުމުން ކިޔާން ހިނިތުންވެލާފައި ” އައި އެމް ލަކީ ” އޭ ބުނެލިއެވެ. ކިޔާން ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔަގޮތުން ކިޔާން އެ އުޅެނީ މާޔާއަށް ޕްރޮޕޯސް ކުރަންކަން ނިހާން ދެނަގަތެވެ. ރުޅިއައިވަރުން ލޭ ކެކިގަތްފަދައެވެ. ކިޔާން ހުރިހާ އެއްޗެއް އޮޅުން ފިލުވާދީފަ ނުކުމެގެން ދިޔުމުން ކޭޝިއަރ ތިމަންނައަށްޓަކާވެސް މީހަކު އެހާ ވަރުކޮށްދޭނެ ނަމައޭ ބުނެލިއެވެ. ނިހާން ނުކުމެގެން ދިޔައިރު މޫނުމަތީގައިވެސް ވީ ނުރުހުމުގެ ކުލަވަރެވެ. ނިހާންގެ ކުރިމަތީ ކިޔާން މާޔާ ހާސިލްކުރަމުން ދާ އިރު ނިހާންވީ ބަލަން ހުންނަން ހެއްޔެވެ؟ ކޮންމެވެސް ކަމެއް ކުރަން ވެއްޖެއެވެ. މާޔާ ގެއްލިގެން ދާތަން ބަލަން ނިހާނަށް ނުހުރެވޭނެއެވެ. ” މާޔާއަކީ ހަމައެކަނި އަހަރެންގެ މީހެއް. އެހެން އެއްވެސް މީހަކަށް މާޔާ ލިބުނަކަ އަހަރެން ނުދޭނަން.. ޔޫ އާރ އޮންލީ މައިން. ” ނިހާން އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައީ ހިތުންނެވެ.

ހަވީރު ވަގުތެވެ. މާޔާ ޑިއުޓީ ނިންމާލާފައި ބޭރަށް ނުކުތް އިރު ނިހާން ކާރުގައި ލެގިލައިގެން ހުއްޓެވެ. ނިހާން އަސްލު ހުންނަ ގޮތަށް ފަށްތަކާ އެއްޗެހި އަޅައިގެން ހުރުމުން މާޔާ ހިތްހަމަޖެހުނެވެ. ނިހާން ހިނގާލާފައި އައިސް މާޔާ ކައިރިއަށް ހުއްޓިލަމުން ހިނގާށޭ ބުނެލިއެވެ. މާއިޝާ ބަލާ އެބައާދެއޭ ބުނެލަމުން މާޔާ ނިހާން ކައިރީ މާދަން ބަލާ އަންނާށޭ ބުނެލިއެވެ. މާޔާގެ ޖަވާބުން ނިހާން އެއްވެސް އެއްޗެކޭ ނުބުނެ މާޔާގެ އަތުގައި ހިފާލަމުން ގޮސް ކާރަށް އެރުވިއެވެ. މާޔާ ހައިރާންވެފައި ނިހާނަށް ބަލާލިއިރު ބިރުވެސްގަތެވެ. ނިހާން މި އުޅެނީ އަނެއްކާ ކީއްކުރަން ބާވައޭ ހިތަށް އެރިއެވެ. ނިހާން ކާރަށް އަރާ ދުއްވާލުމުން މާޔާ ކިހިނެއްވީހޭ އަހާލީ މަޑުންނެވެ. ނިހާން ދެންވެސް އެއްޗެކޭ ނުބުނެއެވެ. ނިހާން ގޮސް ކާރު މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. މާޔައަށް ކުރިން މިގެ ފެނެއެވެ. ކާރުގަ ދާ އިރުވެސް މިގެ ރީތިކަމުން ބަލާލެވެއެވެ. އެކަމަކު ނިހާނާ މި ގެއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ގޭޓް ކުރިމަތީ ހުރި ސެކުއިރިޓީ މީހާ ގޭޓް ހުޅުވާލުމުން ނިހާން ކާރު އެތެރެއަށް ވެއްދި އިރު މާޔާ އާޝޯހުވެފައި ބަލަން އިނެވެ. ބޮޑު ގަނޑުވަރެއް ކަހަލަ ރީތި ގެއެކެވެ. ބޮޑު ބަގީޗާއެއް އޮތް އިރު ރީތިގޮތަކަށް ފެންއަރުވާ ބޮޑު ވަޑާމެއް މެދުގައި ހުއްޓެވެ. އެކި ކަހަލަ މާ ގަސްތައް އިނދާލާފަ ހުރި އިރު ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. ނިހާން ކާރުގޮސް މަޑުކޮށްލުމުން ސެކުއިރިޓީ މީހާ އައިސް ކާރުގެ ދޮރު ހުޅުވާލަދިނެވެ. ކާރުން ފައިބައިގެން އައިސް ނިހާން މާޔާ ކާރުން ބޭލުވީ އަތުގަ ހިފާލަމުންނެވެ. ނިހާން މާޔާ ގޮވައިގެން ދިޔައިރު މާޔާއަށް އަދިވެސް ބެލެނީ މި ރީތި ގެއަށެވެ. ވަކި ހިސާބަކުން ފަސްވަރަކަށް ހަރުފަތްލީ ސިޑިއެއް ހުއްޓެވެ. މާރބްލްސް ޖަހާފައި ހުރި ސިޑިން އަރައިގެން ގެއަށް ވަދެވެން ދިގު މަގެއް ހަދާފަ އޮތް އިރު އެ މަގުގެ ދެ ކޮޅުގައި އޮތީ ޕޫލެކެވެ. ދެތިން ފޫޓް ހުންނާނެހާ ވަރުގެ ރެއިލިންގް އެއް މަގުގެ ދެފަރާތުގައި ވެއެވެ. ބަލާ ބެލުމަށް ވައްތަރީ ކުޑަވަރެއްގެ ބްރިޖްއަކާއެވެ. ގޭގެ މައިދޮރުން ތިންފޫޓެއްހާ ދުރުމިން ޕޫލާ ހަމައަށް އޮތެވެ. އެ ދޭތެރޭގައި ހިތްގައިމު ވަށް އުނދޯލިއެއް އެލުވާފައި އޮތެވެ.

ގޭ އެތެރެ ވެސް އެހާ ރީއްޗެވެ. ބޮޑު ސިޓިން ރޫމުގައި ބޮޑެތި ސޯފާ ގޮނޑިތައް ބަހައްޓާފަ ހުރިއިރު ގޮނޑިތަކުގެ މެދުގައި ބިއްލޫރި މޭޒެއް ހުއްޓެވެ. ފާރުގައި ބޮޑު ފަތި ޓީވީއެއް ހަރުކޮށްފައި ހުރިއިރު އެންމެ ޒަމާނީ ހޯމް ތިއޭޓާރ ސިސްޓެމް އެއް ހުއްޓެވެ. ސިޓިންރޫމުގެ މެދުގައި ދެފަރާތުން އެރޭ ގޮތަށް މެދުގައި ހުސްޖާގައެއް އޮވެފަ ސިޑިއެއް ހުއްޓެވެ. އެ ހުސް ޖާގައިގަ ފައިދިގު ކުޑަމޭޒެއް ބަހައްޓާފަ ހުރި އިރު ތާޒާ ފިނިފެންމާ ޖަހާފަ ހުރި ވާސްއެއް ހުއްޓެވެ. މާޔާ ގެއަށް ބަލަން ހުއްޓާ ބޭރު އަންހެނަކު އައިސް ފެންތައްޓެއް ދިއްކޮށްލިއެވެ. މާޔާ ފެންތަށީގައި ހިފާލަމުން ޝުކުރު އަދާކޮށްލިއެވެ. އެ އަންހެންމިހާ ހިނިތުންވެލާފައި ގޮސް ކަނާތްފަރާތުގައި ހުރި ބޮޑު ކަހާލެވޭ ދޮރެއް ކަހާލަމުން އެތެރެއަށް ވަނެވެ. މާޔާއަށް ކުޑަކޮށް އެތެރެ ފެނުމުން އެއީ ބަދިގެކަން އެގުނެވެ. ” މީ ކާކުގެ ގެއެއް؟ ” އެންމެ ފަހުން މާޔާ ސުވާލުކޮށްލީ ނިހާނަށް ބަލާލަމުންނެވެ. ” އަހަރެން އަންނާނީ އަހަރެންގެ ގެއަށެއްނު..” ނިހާންގޮސް ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. ނިހާންގެ ޖަވާބުން މާޔާ ހައިރާންވެފައި ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. މާޔާ ބަލަން ހުރި ގޮތުން ނިހާން ހީލާފައި އިށީންނާށޭ ބުނެލިއެވެ.   ” އެކަމަކު ކުރިން އުޅުނީ މި ގޭގައެއް ނޫނެއްނު.. ” މާޔާ ގޮނޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ. ” ބައްޕަގެ ގެ.. ދޮންމަންމަ އަމިއްލައަށް ހުރިހާ ކަމަކަށް އެއްބަސްވީ. ބައްޕައަށް ގަދަކަމުން ޑްރަގްސްދީ އޯވާޑޯރސް ކޮށްލީކަމަށް. އަދި މިގެވެސް އަހަންނަށް އޮޅުވާލައިގެން އަމިއްލަ ނަންމަތީ ކުރިކަމަށް.. އަހަންނަށް މި ގެ އަނބުރާ ދިނީ އޭނަ.. އޭނަވީ މިހާރު ޖަލުގަ. ” ނިހާން ގޮނޑީގެ އިށީދެލައިގެން އިނީ ލޯ މަރާލައިގެންނެވެ. މާޔާ އުފާވިއެވެ. ނިހާނަށް އޭނަގެ ހައްގު އަނބުރާ ލިބުނީއެވެ. ބައްޕަގެ މަރުގެ ހަގީގަތްވެސް އެނގުނީއެވެ. މާޔާ ހިނިތުންވެލާފައި ދެޓްސް ގްރޭޓް އޭ ބުނެލިއެވެ.

” ކޮބާ މަންމަ؟ ” މާޔާ ކުއްލިއަކަށް އެއްޗެއް ހަނދާންވީ ފަދައިން ސުވާލުކޮށްލީ ގޮނޑިން ތެދުވެފައެވެ. ނިހާން އެއްވެސް އެއްޗެކޭ ނުބުނެ އެ އިންގޮތަށް ލޯ މަރާލައިގެން އިނުމުން މާޔާއަށް ހީވީ ނިހާން ނިދީ ކަމުގައެވެ. މާޔާ ފާޑަކަށް އަނގަ ހަދާލަމުން ގޮސް ނިހާންގެ ލޯ ކުރިމަތިން ދެ ފަހަރަކު އަތް ހުރަސްކޮށްލިތަނާ ނިހާން ކުއްލިއަކަށް ލޯ ހުޅުވާލަމުން މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މާޔާ ސިއްސައިގެން ދިޔަވަރުން ކުޑަކޮށް ހަޅޭލައްވައިގަންނަމުން ފަހަތަށް ފިޔަވަޅެއް އަޅާލި ވަގުތު ބިންމަތީގައި އޮތް ކާޕެޓްގައި ފައި އެޅިގެން ވެއްޓެން ދިޔައެވެ. ނިހާން ހުޝިޔާރުކަމާއެކީ މާޔާ ވެއްޓުނަ ނުދީ އަތުގައި ހިފާލަމުން ދަމާލިއެވެ. މާޔާ ގޮސް ޖެހުނީ ނިހާންގެ އުނގުގައެވެ. މޫނަށް އެޅިފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން ބަލާލި އިރު ނިހާންގެ ތޫނު ދެލޯ އަމާޒުވެފައި ހުރިތަން ފެނުމުން ހީބިހި ނަގައިގެން ދިޔަފަދައެވެ. އިނދެވުނު ތަނާ މެދުވެސް ވިސްނުނީ ދެނެވެ. މާޔާ އަވަހަށް ނިހާންގެ އުނގުން ތެދުވެގެން ދުރަށް ޖެހިލިއެވެ. އޭރުވެސް ނިހާންގެ ތޫނު ދެލޯ އޭނައަށް އަމާޒުވެފަ ހުރިތަން ފެނިގެން މާޔާ އިސްޖަހާލަމުން މަންމަ ކޮބާހޭ ސުވާލުކޮށްލިއެވެ. ” މަންމަ ނެތް ” ހިނދުކޮޅެއްގެ ހިމޭން ކަމަށް ފަހު އެއްވެސް އަސަރެއް ނެތި ނިހާން އެހެން ބުނެލަމުން ތެދުވެގެން ހިނގައިގަތެވެ. ” އެގޭގަ ތަ ވީ؟ ނިހާން ތީ ކޮންކަހަލަ މީހެއް. މަންމަ އެކަނިމާއެކަނި އެގޭގަ ބަހައްޓާފަ ނިހާން ތި އުޅެނީ މި ގޭގަ.. މަންމަ ކި…… ” މާޔާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިއަކަށް ނިހާން އެބުރިލަމުން ބުނެލި ޖުމުލައިންނެވެ. ” މަންމަ މަރުވެއްޖެ ” . މާޔާ ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައި ހުރީ ގަބޫލުނުކުރެވިފައެވެ. އެންމެ ފަހުން ފަރީޝާއާ ދެއްކުނު ވާހަކަ ސިކުނޑީގައި ތަކުރާރުވެގެން ދިޔައެވެ. ފަރީޝާ އޭނަ ކައިރީ އެދުނު ކަންތައް ވެސް އޭނައަށް ނުކޮށްދެވުނެވެ. މާޔާ އަމިއްލަ ނަފްސް ކުއްވެރިކުރުވިއެވެ. ” ކޮންއިރަކު؟ ކިހިނެއް؟ ” މާޔާ މަޑުމަޑުން ސުވާލުކޮށްލިއިރު އަޑުގައި ތުރުތުރުލުމެއް ވިއެވެ. ” ދެއަހަރު ކުރިން. ބަލިވެ އުޅެނިކޮށް..” ނިހާންގެ ޖަވާބު ކުރެވެ. ” ސޮރީ ” މާޔާ އިތުރަށް އެ ވާހަކަ ދައްކަން ނޫޅުނެވެ. ނިހާން މާޔާއަށް ބަލާލަމުން މަޑުހިނގުމެއްގައި ގޮސް ސިޑިން އަރައިގެން ދިޔައިރު ތިމަންނަ މަޔާ ގެނައީ ވާހަކައެއް ދައްކަންށޭ ބުނެލިއެވެ.

މާޔާ ދުވެލާފައި ގޮސް ނިހާނާ އެއް ހަމައެއްގައި ސިޑިން އަރައިގެން ދިޔައިރު އެއްޗެކޭ ނުކިޔައެވެ. ނިހާން ގޮސް ކޮޓަރިއަށް ވަނުމުން މާޔާ ދޮރުކުރިމަތީ ހުއްޓިލިއެވެ. ނިހާން އެތެރެއަށް ވަދެފައި މާޔާ ނާންނަކަން އެނގިގެން ފަހަތް ބެލިއިރު ސީދާ ދޮރުކުރިމަތީ ހުއްޓިލައިގެން ހުރިތަން ފެނިގެން ބުމަ އަރުވާލާފައި ކިހިނެއްވީހޭ އަހާލިއެވެ. މާޔާ ފާޑަކަށް ބަލާލަމުން ވާހަކަދައްކަން ބޭރަށް ހިނގާށޭ ބުނެލީ އަނެއް ފަރާތަށް އެނބުރިލަމުންނެވެ. ނިހާން ނުވިސްނިފައި ބަލަން ހުރިއިރު ދެކޮނޑު އަރުވާލިއެވެ. ދެވަނަ ސުކުންތުގައި މާޔާ އެ ވިސްނީ އެ ދެމީހުންގެ ދޭތެރޭ އެރޭ ހިނގި ކަމާ ބެހޭގޮތުންކަން އެނގުމުން މަޖާވިއެވެ. ނިހާން އެއްމިޔަކަނުން ހީލަމުން ތިމަންނަ ވާހަކަ ދައްކަން ބޭނުންވަނީ ކޮޓަރީގައޭ ބުނެލީ ގަސްތުގައި މާޔާ ތަޅުވާލަން ވެގެނެވެ. ވީ ވެސް އެހެނެވެ. ދެލޯ ބޮޑުކޮށްލަމުން މާޔާ އެނބުރި ނިހާނަށް ބަލާފައި އެހާމެ އަވަހަށް ދާން ހިނގައިގަތެވެ. ނިހާން ހީލާފައި ފަހަތުން ގޮސް މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މާޔާ އަތްފޮޅުވާލީ އަތުގައި ވިހަގަދަ ސުތްޕެއް ކަށިޖެހިހެންނެވެ. ނިހާން ހައިރާންވެފައި މާޔާއަށް ބަލާލިއިރު ދެރަވިއެވެ. ” މާޔާ ކީއްވެތަ އަހަންނަށް ތިހާ ނަފްރަތު ކުރަނީ؟ ” ނިހާން ދެ ފިޔަވަޅު ފަހަތަށް އަޅާލަމުން ޖީބަށް އަތް ޖަހާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. މާޔާ އިސްޖަހާލަމުން އެއްވެސް އެއްޗެކޭ ނުބުނެ އަނެއްކާވެސް ހިނގައިގަތެވެ. ސިޑީގ ހަރުފަތްތަކުގެ މެދަކާ ހިސާބުން ކުއްލިއަކަށް މާޔާ ހުއްޓި އެނބުރިލިއެވެ. ނިހާން މަތީގައި ބަލަން ހުރެފަ ބުމަ އަރުވާލިއެވެ. ” އަހަރެން ނިހާނަށް ނަފްރަތު ނުކުރަން.. ދޮގެއް ނަހަދާނަން.. އެރޭ އަހަރަމެން ދެމީހުން ދޭތެރޭ ހިނގިކަމަކަށް ފަހު އަހަރެން ނިހާންދެކެ ފޫހިވީ. ގަބޫލުކުރަން އެރޭ ވި ކަމެއް ވިއްޔާ ވީ ދެމީހުންގެ ވެސް ރުހުމުގަ. އެކަމަކު އަހަރެން ހުރީ ހަމައަކު ނޫން..  ނިހާން ބޭނުންވިނަމަ އެކަން ހުއްޓުވެން ވެސް އޮތް.. އެކަމަކު ނިހާން ނުހުއްޓުވާ……….. އެކަމަކު އަހަރެން އަބަދުވެސް ނިހާންގެ އެހީތެރިކަން ހަނދާން ބަހައްޓާނަން.. ” މާޔާ ވާހަކަ ދައްކަމުން ގޮސް މެދުކަނޑާލަމުން ފަހު ޖުމުލަ ބުނެލީ ކުޑަ ހިނިތުންވުމަކާ އެކީއެވެ. ނިހާން މާޔައަށް ބަލަން ހުރެލާފައި އިސްޖަހާލިއެވެ. އުފާވާންވީކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭގުނެވެ.

މާޔާ ބަލަން ހުރެލާފައި މަޑުމަޑުން ދަނީއޭ ބުނެލިއެވެ. އެހެންނަމަވެސް ސިޓިންރޫމުގެ މެދަކާ ހަމައަށް ދެވުނުތަނާ މާޔާގެ ފިޔަވަޅުތައް އަނެއްކާވެސް ހުއްޓުނީ ނިހާން ބުނެލި ޖުމުލައިންނެވެ. ” ކިޔާން އުޅެނީ މާޔާއަށް ޕްރޮޕޯސްކުރަން ” މާޔާ ސިހިފައި ފަހަތަށް އެބުރިލިއިރު މޫނު މަތީގައިވީ ސުވާލުމާކްތަކެވެ. އޭރު ނިހާން އަދިވެސް ހުރީ މަތީގަ ކުރިންވެސް ހުރިހެން ޖީބަށް އަތް ޖަހާލައިގެންނެވެ. ނިހާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެނގެންނާ ވެސް ނިހާން މާޔާ ގާތު އެ ވާހަކަ އެ ބުނީ ކީއްވެ ހެއްޔެވެ؟ މާޔާގެ މޫނުމަތިން ފެނުނު ކުލަވަރުން ނިހާނަށް މާޔާގެ ހިތުގެ ސުވާލު އެނގުނު ފަދައެވެ. ” އަހަންނަށް އެނގުނު ގޮތެއް މާޔާ ކޮންމެހެން އެނގެން ނުޖެހޭ..” ނިހާން ވާހަކަދައްކަމުން ތިރިއަށް ފައިބާ އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” ދެން ކިޔާން އަހަންނަށް ޕްރޮޕޯސް ކުރިޔަސް ނިހާން ތި ވާހަކަ ތި ދައްކަނީ ކީއްވެ؟ އަހަންނަށް ޔަގީން ކިޔާނަށް އެހީވާން ނޫންކަން ތި ބުނީ. ވަޓް ޑު ޔޫ ވޯންޓް؟ ” މާޔާ މެއާ ހިސާބުން ދެ އަތް ހުރަސްކޮށްލައިގެން ހުރެ ސުވާލު ކުރީ ބުމަ އަރުވާލަމުންނެވެ. މާޔާގެ ސުވާލުން ނިހާން ހެވިލާފައި ” ޔޫ ގޮޓް މީ ” އޭ ބުނެލިއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިޔަސް އޭރު މާޔާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ.. ނިހާން އަނެއްކާ އެދެން އެ އުޅެނީ ކޮންކަމަކަށް ބާއޭ ހިތަށްއެރިއެވެ. ޔަގީނުންވެސް ރަނގަޅު ކަމަކަށް ނޭދޭނެއެވެ. ” ކިޔާނަށް ނޫނެކޭ ބުނޭ! ” .

( ނުނިމޭ )

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

saarah

Other Articles

Previous

ހިތަކުން ނުފިލާނެ 43

Next

ނަންބަރު

Next
October 17, 2015

ނަންބަރު

Previews
October 16, 2015

ހިތަކުން ނުފިލާނެ 43

27 Comments

  1. Annhaa says:
    October 16, 2015 at 10:24 pm

    Mi part vs v nice…..when is the next part. ….

    1. saarah says:
      October 16, 2015 at 10:31 pm

      Thank you Annhaa. Next part dayafter tomorrow insha allah 🙂

  2. Kaira says:
    October 16, 2015 at 10:25 pm

    What’s gonna happen??????

    1. saarah says:
      October 16, 2015 at 10:32 pm

      Lets see. Keep reading 🙂

  3. Thoo says:
    October 16, 2015 at 10:26 pm

    Mi prt vx varah salhi kon irakuntha nxt prt up kuraanee

    1. saarah says:
      October 16, 2015 at 10:33 pm

      thank you thoo 🙂 next part day after tomorrow insha allah 🙂

  4. dark princess says:
    October 16, 2015 at 10:53 pm

    Noon… kiyaanah yes buney… v nice…

  5. shima says:
    October 16, 2015 at 10:56 pm

    Warah Salhi ey buneweynee. …it’s really nice….waiting for the next part….I like that you write it long….. every part is amazing….keep up the good work….. ☺

  6. Aal~ says:
    October 16, 2015 at 11:05 pm

    alhe noon..maya kiyaan ah nooney bunefiyya vaahaka hadi vaane..please maya aa kiyaan gulhuvadhyba.. 🙁

  7. Hasy says:
    October 16, 2015 at 11:41 pm

    Mi pat vv salhi

  8. sofoo says:
    October 17, 2015 at 12:35 am

    Nyce……waiting……waiting

  9. neha says:
    October 17, 2015 at 12:54 am

    Hmm maaya noonekey bunefiyya dhen vaahaka hadivy

  10. bestfriend says:
    October 17, 2015 at 1:06 am

    Wow v v nice?
    Kyp it up saarah
    Nihaan aa maya nugulhuvahchey?

  11. shaz says:
    October 17, 2015 at 1:09 am

    v reethi mi part vxx.
    nihaan bunaa gothe hadhaane kameh neiii.
    kiyan ah yes buney
    waiting for the next part…….

  12. aisha says:
    October 17, 2015 at 1:10 am

    No bunay nihaanan mayaa libuninyaa mi vaahaka reethi vaani nihaan mayaa haalu ga jayhunu dhuvahu alhaali a e lobi vaa meehun .kiyaan maaya oulhay goy balaa ves nulaa

  13. Kii says:
    October 17, 2015 at 2:53 am

    Alhe.. kiyaan propose kuryma maaya kiyaidhy maayaa ge hageegai.. dhn kiyaan maayaa accept kuraanii.. eyrah rythivaanii.. kiyaahih vaanii assu vaahaka rythiviima. Maayaa aa kiyaan aa gulhuvyma. Plx kiyuntherin foohi nukurahche.

  14. shiu says:
    October 17, 2015 at 3:08 am

    plx maaya aa nihaan gulhuva. nihaan maya aa emme help v. keevve nihaan villain akah mi vanee?? kiyaan lowbi viyas huriha faharegga lowbbakah noon balaanee

  15. meen says:
    October 17, 2015 at 3:14 am

    finer cross kurani cristians . solibu simbl ehgothah”ޝަހާދަތް އިނގިލިއާ މެދު އިނގިލި ހުރަސް ކޮށްލައިގެން

  16. Red Rose says:
    October 17, 2015 at 8:17 am

    Kiyaanah hagygaiy kiyaanudhy yes nubunaathi. Varah rythi mi part ves. Waiting for next part

  17. luyoo says:
    October 17, 2015 at 9:48 am

    Nice. Waiting for the next part of this story☆★

  18. Crazi says:
    October 17, 2015 at 10:52 am

    Alhe noon eh hen nuhadaa..plzkiyaan ah maya dhee…

  19. eenal says:
    October 17, 2015 at 12:34 pm

    Alhey emme rythi vaani nihaan & maayaa gulhu v ma ..

  20. nazi says:
    October 17, 2015 at 1:50 pm

    vvv reethi I♥this storryyyyy

  21. MarSha says:
    October 17, 2015 at 2:26 pm

    Salhi… i like nihaan more than kiyaan. But i will accept maaya’s n saarah’s choice. Anyways maaya, tell the whole story before saying yes or no ingey… Waiting waiting….

  22. story says:
    October 17, 2015 at 9:58 pm

    Wow v v salhi mi part ves

  23. 4f!4h says:
    October 18, 2015 at 8:51 am

    propose kurumuge kurin hageegai kiyaadhee maayaa. or else he will be shocked. v nice. I LIKE IT! ^-^ nxt part imagining…… 😀

  24. shery says:
    October 18, 2015 at 6:01 pm

    kobaa next part?

Comments are closed.

All Right Reserved!